top of page
All Posts
ރައްޔިތުންގެ ވެރިކަމަކީ ފުރިހަމައަށް ޒިންމާދާރު ވުމެވެ.
އޭ! އިސްލާމުންނޭވެ! ދަންނާށެވެ! ރައްޔިތުންގެ ސަރުކާރެއް އޮތުމުގެ ބޭނުމަކީ، މުޖުތަމަޢުގެ ހަމަހަމަ ކަމާއެކު އެންމެންގެ ހައްގުތައް ފުރިހަމަ ވެގެންދާނެ ސަލާމާތްތެރި ރީތި ދިރިއުޅުމެއް އެންމެހާ ރައްޔިތުންނަށް ލިބިފައި އޮތުމެވެ. ވަރަށް ޒިންމާދާރު ތެދުވެރި ބަޔަކު އިސްކޮށް ބައިތިއްބައިގެން މިފަދަ ދިރިއުޅުމެއް މުޅި ހަޔާތުގައި ހޭދަ ކުރުމެވެ. އުފާވެރި ޒިންދަގީއެއް މުޅިޢުމުރުގައި ހޭދަކުރުމެވެ. އެއަށްފަހު، ދުނިޔެއާއި އާޚިރަތް، އަބަދާއި އަބަދަށް ކާމިޔާބު ކުރުމެވެ. ރައްޔިތުންގެ ޒިންމާދާރު ވެ
ilyashusein
Oct 23, 20097 min read
2008 ގެ ރިޔާސީ އިންތިޚާބަށް ޚިޔާލީ ނަޒަރެއް.
އާދެ! 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 އަށް، މިހާރު މިހިނގަމުންދާ ވެރިކަމުގެ ދައުރު ހަމަވާނެއެވެ. އޭގެ ކުރިން ރައްޔިތުންގެ ޚާއްޞަމަޖިލީހުން، އަސާސީއަށް އެއްވެސް ކަހަލަ ބަދަލެއް ނުގެނެވިއްޖެނަމަ ޖެހޭނީ، މިހާރުވެސް އަމަލު ކުރަމުންގެންދާ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލް ޖުމުހޫރިއްޔާއަކު، އާދައުރަކަށް އަލުން އިންތިޚާބުކުރާށެވެ. ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އެންމެ މަތީވ
ilyashusein
Oct 23, 20095 min read
ދިވެހި ރައްޔިތުން އިންގިލާބެއްގެ ތުންފަތްމަތީގައި.
އިންގިލާބަކީ ބަޔަކުމީހުން ވެގެން، އޮތްގޮތް ނޫން އެހެން ގޮތަކަށް ބަދަލު ކޮށްލުމެވެ. ފުރިހަމަ ބޮޑު ބަދަލެއް ގެނައުމެވެ. ވަރަށް ގިނަ ގޮތްގޮތަށް އިންގިލާބު ގެނެވެއެވެ. ދުނިޔެ ވަނީ، ތަފާތު އިންގިލާބުތައް ތަޖުތިބާ ކޮށްފައެވެ. އެކި ވައްތަރަށެވެ. އެކި ސިފަސިފައަށެވެ. އެބީދައިން ރާއްޖެވެސް ދެކެމުން މިދަނީ، އިންގިލާބެއްގެ ވިއްސާރަ ދުނިތަކެވެ. މިކުލަވަރު ތަކަކީ އިންގިލާބެއްގެ ފެށުންކަން ކަށަވަރެވެ. މިއީ ގައުމު ދެކޭނެ ހަމަހިމޭން އިންގިލާބެއް ކަން ޔަގީނެވެ. ކަށަވަރެވެ. ދިވެހިން ދެކެމުންމި
ilyashusein
Oct 23, 20094 min read
އިޖްތިމާޢީ އަދާލަތު.
ﷲ ތަޢާލާ އިންސާނުން އެންމެ މާތް ސިފައިގައި ހައްދަވައި ބުއްދިދެއްވައި މަޚްލޫޤުތަކުންގެ ތެރެއިން އެންމެ ޝަރަފުވެރި ކުރެއްވުމުގެ، އަޖައިބުތަކުގެ ތެރެއިން އެއް އަޖައިބަކީ، އިންސަނުން ފިތުނަ ފަސާދައާއި ބަރަހަނާ (NUDISM) ކަމާއި ހުރި ދުރުހެލި ކަމެވެ. ފަސާދައާއި ބަރަހަނާ ކަމަކީ އިންސާނާއަށް މަނާކުރެވިފައިވާ ދެކަމެވެ. އެހެން ވުމުން އަބަދުވެސް ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރަމުން ގެންދާނީ އިންސާނުން ގައިގައިވާ ހުސްޠާހިރު ވަންތަކަމުން އެއްކިބާކޮށް މަކަރުވެރިކަމާއި ނަޖިހުން ތަތްތެޅިފަ
ilyashusein
Oct 23, 20094 min read
ރައްޔިތުންގެ މަޖްލީސްގައި އަންހެނުންނަށް ޚާއްޞަ ކުރެވޭ ގޮނޑި ބެހެއްޓުން.
ރައްޔިތުންގެ ބޮޑު މަޖިލީހުގައި، ގާނޫނުތައް ހަދާ ފަރަތް ކަމުގައިވާ ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތުގެ ބަހުސް ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ބޮޑު މަޖިލީހުގެ ރިޔާސަތުން ގެންގުޅުއްވާ ދިގުދެންމުމުގެ ޕޮލިސީގެ ދަށުން، ގޮތެއް ނުނިމި ދިގުލަނީ އެވެ. އެޅޭނެ ފިޔަވަޅެއް ނެތެވެ. އެޖެންޑާ ކުރެވޭ ކޮންމެ ބަހުސެއްގެ ހާލަކީވެސް މިއެވެ. އެންމެ ފަހުން މި މައުޟޫއަށް ހޫނު ގަދަ ބަހުސެއް ކުރެވުނީ، ބޮޑު މަޖިލީހުގެ 6 ނޮވެމްބަރ 2006 ދުވަހު އޮތް 120 ވަނަ ޖަލްސާގައެވެ. އަދިވެސް މިމައ
ilyashusein
Oct 23, 20096 min read
ބޮޑު މަޖިލީހުގެ ހަލަބޮލި ޖަލްސާތައް މަގުގެއްލިފައި.
(މިއީ އަޅުގަނޑު ބޮޑުމަޖިލީހުގެ 116 ވަނަ ޖަލަސާ ނިންމާފާއައިސް ކުރެވުނު އިހްސާސް ތަކުގެ މައްޗަށް ލިޔެފައިވާ މަޒުމޫނެކެވެ.)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 1 އޮކްޓޯބަރ 2006މ، (އާދީއްތަ) ދުވަހު އޮތް 114 ވަނަ ޖަލްސާ އާއި 8 އޮކްޓޯބަރ 2006މ، (އާދީއްތަ) ދުވަހު އޮތް 115 ވަނަ ޖަލްސާއާއި 9 އޮކްޓޯބަރ 2006މ، (ހޯމަދުވަހު) އޮތް 116 ވަނަ ޖަލްސާއައި މިތިން ޖަލްސާއަކީ، އެއް ގޮތަށް ވުރެ ގިނަ ގޮތް ގޮތުން ފާހަގަކުރެވޭ ވަރަށްމުހިންމު، ސިޔާސީ ބައްދަލުވުން ތަކެކެވެ. އަދި ދިވެހި ތާރީޚަށްޓަކައި އެޖ
ilyashusein
Oct 23, 20099 min read
ދިވެހިންގެ ގައުމީ ބަޠަލު…ވެލާނާގޭ ޚާންދާނުގެ ފަޚުރެއްކަމުގައިވި ނާސިރު.
އެޝަޚްސިއްޔަތެއްގެ މަގްބޫލުކަން އެޝަޚްސިއްޔަތަކާ މެދު ޢަމަލުކުރެވުނު ނުބައި ނުލަފާ ކަންތައްތަކެއްގެ ސަބަބުން ފަނޑުވެގެން ދިޔަ ޝަޚްސިއްޔަތަކީ، އެއްދުވަސް ވަރެއްގައި ދިވެހި ރާއްޖެ އުފެއްދި އެންމެ މާތް ދަރިޔާގެ ލަގަބު ދެވެމުން ދިޔަ މިހާރުވެސް އެބޭފުޅަކު ދުނިޔޭގައި (ރާއްޖޭން ބޭރުގައި) ހުންނެވި ރައީސް އިބްރާހިމް ނާސިރެވެ. ގަސްތުގައި ދިވެހި ރާއްޖެދުށް، މިބަޠަލުގެ މާޒީން ސަފްހާތަކެއް ވަނީ، ނަގާލާފައެވެ. އެ ސަފްހާތަކަށް ވަނީ، ފަނޑުކަމެއް ގެނެސްފަ އެވެ.
ފަހެ، އެއީތޯއެވެ. ނިޝާން ޣާޒީގ
ilyashusein
Oct 22, 20095 min read
ދިވެހި ދައުލަތުގެ ދާޚިލިއްޔަތާ އިނގިރޭސިން ބެއްސުން.
ވެހި ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް، އިނގިރޭސި ގަވަރުނަރެއް ޒިޔާރަތް ކުރީ ޝަމްސުއްދީނު ރަދުންގެ ރަސްކަމުގައި، ސަރަންދީބުގައި ބަހައްޓަވާފައި ހުންނެވި ދިވެހި ސަފީރު މެދުވެރިކޮށް ހިންގުނު ކަންތައްގަނޑެއްގެ ދަށުންނެވެ. ބާރުގަދަ ފަރާތްތަކުގެ އިސްތިޢުމާރުގެ ދަށުގައި ތިބުމަށްފަހު، މިނިވަންވި ދައުލަތުގެ ރައްޔިތުންގެ ހިތްތަކުގައި އަދިއަދާ ހަމައަށް ވެސް، އުފެދެމުންދާ ވަރުގަދަ ލޯތްބާއި ކުލުނު ހިނގަ ހިނގާ އޮވެއެވެ. އިސްތިޢުމާރު ކުރި ފަރާތްތަކުން ވެސް އިސްތިޢުމާރުގައި ތިބި ބައެއްދެކެ
ilyashusein
Oct 22, 20094 min read
ސިޔާސީ ޕާޓީތައް ވަނީ ރަތް ބައްތީގެ ކުރިމަތީގައި ހުއްޓުވާލާފައެވެ.
ދިވެހި ރައްޔިތުންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖިހާދުގެ ސަބަބުން ދިވެހި ރާއްޖޭގައި ދިވެހިންނަށް، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ނެރުމަށް ވެރިކަން ކުރާ ފަރާތަށް މަޖުބޫރު ވެއްޖެއެވެ. މިއީ އިސްލާހީ ހަރަކާތުގެ މުގައްދަސް ޖިހާދެކެވެ. ފަހެ މިކަމަކީ، ރައީސް މައުމޫނު، ކޮށްދޭ ހިތުން ކޮށްދެއްވި ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތައް އުފައްދައި ހަރަކަތްތެރިވާން ފެށި ފެށުމަށް މިހާރު، އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާތަނަށް ދިވެހި އުދަރެހުން ދިރި
ilyashusein
Oct 22, 20095 min read
ހޭއަރުވާނުލަނީސް ހޭއަރާށެވެ.
އޭ! އަހަރެމެންގެ ލޯބިވާ ދިވެހި ގައުމާއެވެ! ކައުބަތުއްﷲ ގެފުޅު ކުރިމަތީގައި ތަކުރާރުކޮށް، އެތައް ފަހަރަކު ކޮޅަށް ހުރެ، އަހަރެން މިހުރީ ކަލާއަށްޓަކައި ގުރުބާން ވުމަށް ހިތުގެ އަޑިން ހުވާ ކޮށްގެންނެވެ. ކަލާގެ ފުރިހަމަ ކަމާއި އިންސާފަކީ، ދިވެހި އުއްމަތުގެ ކާމިޔާބުކަން ޔަގީނެވެ. ޝައްކެތް ނެތެވެ! އެންމެހައި މީސްތަކުން އެއްވެ، ރޫޙާނީ ގޮތުން ގަބޫލުކުރާ ދީނަކާއި ވަކި ގޮތް ތަކެއްގެ މަތިން ހިންގާނެ ވެރިކަމެއް ރާވައި، އެއާގުޅޭ އެހެނިހެން ކަންތައްތައް ކަމުގައިވާ، ބަހާއި ވައްޓަފާޅިއާއި އާދަ
ilyashusein
Oct 22, 20095 min read
އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ، ޑިމޮކްރަސީ ސިޔާސަތު.
މި މަޒުމޫނަކީ 1994 ނޮވެމްބަރ މަހު 8 ވަނަ ދުވަހު ލިޔެ “އާފަތިސް” ނޫހުގައި ޖަހައި ދިނުމަށް އެދި އެނޫހުގެ އިދާރާއަށް ފޮނުވިފައިވާ މަޒުމޫނުނެކެވެ. އަދި 1994 ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު، “ހަވީރު” ނޫހުގައި ޝާއިޢުކޮށް ދިނުމަށް އެދި، އެނޫހުގެ އިދާރާއަށް ސިޓީއާއެކު ފޮނުވިފައިވާ މަޒުމޫނެކެވެ. އެހެނަސް މިދެނޫހުން ވެސް، އެދުވަސްވަރު މިމަޒުމޫނު ވަނީ ޝާއިޢުކޮށް ނުދީފައެވެ. އެއިރު ލިބުނު ޚަބަރެއް ބުނާ ގޮތުގައި މި މަޒުމޫނު އާފަތިސް ނޫހުން ފޮނުވާލީ މިނިސްޓްރީ އޮފް ޑިފެންސަށެވެ. ވީމާ، މިއަދ
ilyashusein
Oct 22, 20095 min read
ރައްޔިތުންގެ ބޮޑުމަޖިލީހުގައި ޝަރުޢީ ނިޒާމާއިބެހޭ ބަހުސް.
ސައްތައިން ސައްތަ އިސްލާމީ އުއްމަތެއް އެކުލެވޭ ދައުލަތެއް ކަމުގައިވާ “އައްދައުލަތުލް މަޙަަލްދީބިއްޔާ” ގެ ޤާނޫނުއަސާސީގައި “ޢަދުލު އިންސާފުގެ ބާބު” ލިޔުމަށް ކުރެވޭ ބަހުސް ބޮޑުމަޖިލީހުގެ ތަޅުމަށް، އެޖެންޑާ ކޮށްފައި ވަނީ “ޝަރުޢީ ނިޒާމާއިބެހޭ ބަހުސް ކުރުން” މިގޮތަށެވެ. ދިވެހި ދައުލަތަކީ، ސައްތައިން ސައްތަ އިސްލާމީ އުއްމަތެއްގެ ދައުލަތަކަށްވެފައި، އިސްލާމަކު ނޫންމީހަކު، ދިވެހި ދައުލަތުގެ އަމުރުވެރިކަމާއި ސިޔާދަތުގެ ދަށަށް ގާނޫނީ ގޮތުން ނުގެނެވޭކަމަށް ވާނަމަ، ފަހެ، ދިވެހި ދައުލަތަކ
ilyashusein
Oct 17, 20097 min read
ރިޔާސީ ނިޒާމުގެ ފޮނިރަހައާއި މީރުކަން.
ރިޔާސީ ނިޒާމެއްގައި ވެރިމީހާއާއި ސަރުކާރު، ބަލަހައްޓައި މަސްއޫލުކުރުވާ، ޒިއްމާދާރު ފަރާތަކީ އެންމެހާ ރައްޔިތުންނެވެ. ރިޔާސީ ނިޒާމެއްގައި، ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތުގައެވެ. ފަސާދަ ވެފައިވާ ވަރުގަދަ ސައުދާ ގަރުންނާއި ނުލަފާ ޑްރަގްލޯޑުންގެ އަތުން ބާރުތައް އޮންނާނީ، މުޅި ރައްޔިތުންނަށް ހިއްސާވާ ގޮތަށް ބެހިފައެވެ. އެމީހުންގެ މައްޗަށް ސަރުކާރުގެ ތަންފީޒީ އަމުރުތައް ހިންގަން ފަސޭހަވާނެއެވެ. ޕާލަމެންޓުގައި ތިބޭމަދު ބައެއްގެ ނުފޫޒާއިބާރު މުޅިގައުމުގެ މައްޗަށް ހިންގޭނެގޮތ
ilyashusein
Oct 17, 200923 min read
ރައީސް މައުމޫނު މިހައްދަވަނީ ކިހިނެތްތޯއެވެ!
ދުވަހުންދުވަހަށް ދިވެހި ސިޔާސީޖައްވަށް އަންނަމުންދާ ބަދަލާމެދު، ވިސްނާފިކުރުކުރުމަކީ، ކޮންމެ ދިވެހި ސިޔާސީ މުފައްކިރަކަށް ވާޖިބެކެވެ. ގައުމަށް ހެޔޮއެދޭނަމަ، ކުރަންޖެހޭނެ ކަމެކެވެ. ތިންވަނަ ދުނިޔޭގެ، އެތެރެވަރީގެ ގައުމުތަކުގައި މާދަމާވާނެ ގޮތެއް، ލަފާކޮށް ނިންމާކަށް އެކަކަށްވެސް ނޭގޭނެއެވެ. އެއީ ނުވާނެކަމެކެވެ. ރައީސް މައުމޫނު، ދިވެހި ރައްޔިތުންގެ ހަޒާނާއިން، ރައްޔިތުންގެ ހުއްދައެއްނެތި، އެތައް މިލިޔަން ރުފިޔާއެއް އިނގިރޭސި ކުންފުންޏެއް ކަމުގައިވާ ހިލްއެންޑް ނޯލްޓަނަށް ވަނީ، ހ
ilyashusein
Oct 15, 20093 min read
ﷲ އަކުބަރުގެ އަޑުއުފުލަމުންދިޔަ ބަޔަކަށް އިސްވެޙަމަލާދިނުން.
ﷲ އުޑުތަކާއި ބިން ޙައްޤުގޮތުގައި އުފެއްދެވިއެވެ. ހަމަކަށަވަރުން، އެއީ އެންމެހާ މުއުމިނުންނަށް އެކަލާނގެ ވޮޑިގެންވާކަމަށް ހުރި ދަލީލުތަކެކެވެ. ފަހެ ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.
“ކަލޭގެފާނަށް ބާއްވާލެއްވުނު ޤުރުއާން ކިޔަވާވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަށަވަރުން ނަމާދު، ފާޙިޝްކަންތަކާއި މުންކަރާތްތައް ނަހީކުރެއެވެ. ﷲ ހަނދާންކުރުމަކީ، ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުން ކުރާކަންތައްތައް ﷲ ދެނެވޮޑިގެން ވެއެވެ.”
އާދެ! މިއީ، މުޙަންމަދު ގެފާނަށާއި މުޅިއި
ilyashusein
Oct 15, 20094 min read
އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލާއި ސިޔާސީ ޕާޓީތަކާއިބެހޭބިލް ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ބޭރު ކޮށްލައިފި.
22 ޖޫން2006މ، ވީ ބުރާސްފަތިދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ، ތާރީޚީ ކަމެކެވެ. ތާރީޚީ ހާދިސާއެއް ހިނގާދިޔަ ޖަލްސާއެކެވެ. ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ މެންބަރުން އަމިއްލައަށް ލިޔެ ތައްޔާރުކޮށް ފާސްކުރި މަޖިލީހުގެ ގަވާޢިދުގެ ދަށުން، ހުށަހެޅޭ ބިލްތައް ބަހުސްކުރުމަށް ފަހު، ޖެހެނީ، މަޖިލީހުން ބަލައިގަންނާނެ ބިލެއްތޯ ބެލުމަށް ވޯޓަށް އަހާށެވެ. މިބަހުސްގައި ބަހުސް ކުރުމަށް، ފުރަތަމަ ބުރުގައި ފަނަރަ މިނިޓް ދެއްވައެވެ. ދެވަނަ ފަހަރަށް ވާހަކަ ދެއްކެވުމަށ
ilyashusein
Oct 15, 20096 min read
ވެރިކަމަށް ކިޔާނޭ ނަމަކާމެދު ބަހުސްކުރާނީ މޮޔައިން.
އާދެ! އަޅުގަނޑުމެންނަށް، މިހާރަކަށްއައިސް އިވެމުންދާ އެންމެ، ކަންފަތަށް އުނދަގޫކުރާ އެއްއަޑަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާނޭ ނިޒާމަކާ މެދު، ވަކިގޮތެއް ކަނޑަނޭޅިގެން ކުރެވޭބަހުސްގެ އަޑުފަށްގަނޑެވެ. ބޮޑު މަޖިލީހުގެ ތަޅުމުގައި ކުރެވޭ، ޒުވާބު ތަކުގެ އަޑުފަށް ގަނޑެވެ. ރާއްޖޭގެ ބާރުގަދަ މީޑިއާއިން، ޓީވީ އާއި ރޭޑިޔޯ އިން، އަބަދާއި އަބަދު މިއަޑުފަށްގަނޑު އިއްވުމަކީ، ހާދަ ބޮލަށް އުނދަގޫވާ ކަމެކެވެ. އާދެ! ވެރިކަން ކުރާނެ ނިޒާމެއް ހޯދަނީޔޯލައެވެ.
ފަހެ، ދިވެހިރާއްޖެ ދުށް އާދަޔާ ޚިލާފ
ilyashusein
Oct 15, 20096 min read
ލޯބިވާ ދިވެހި ރައްޔިތުންނެވެ! ހޭއަރާށެވެ!
އޭ! އަހަރެންގެ ލޯބިވާދިވެހި ޤައުމުގެ، ލޮބުވެތި ރައްޔިތުންނެވެ! ހޭއަރާށެވެ! މިދުވަސްވަރު އަހަރުމެންނައި ދިމާވެފައިވާ ފައްތަރަކީ، ހަމަޖެހޭ ވެރިކަމުގެ ނިޒާމެއްނެތި ޚުދުމުޚްތާރު، އިސްތިބްދާދީ ވެރިޔަކު، ވެރިކަމުގައި، ބަގުޑިބައްދައި ވަކިތައް ހިތްޕާލައިގެން ހުންނަކޮންމެ ޤައުމެއްގައި ދިމާނުވެ، ނުދާނޭ މަރްޙަލާއެކެވެ. މިއީ ޒިންމާދާރު މަޤާމުތައް ދައުރުވާ ގޮތަށް އޮނިގަނޑު ހަމަޖެހިފައި ނޯންނަ ޤައުމުތަކުގައި އަންނާނެ ފައްތަރެކެވެ. މިފައްތަރަކީ، އިންތިޤާލީ ފައްތަރެވެ. ބަދަލުވުމުގެ ދުވަސްވަރ
ilyashusein
Oct 13, 200910 min read
ރާއްޖޭގެ ފަޅުތަކުން މަސްމަރުވުން.
ތިމާވެއްޓަކީ، ނާޒުކު އެއްޗެކެވެ. ދިވެހިރާއްޖެއަށް ތިމާވެށީގެ މައްސަލަތައް މަތިވުމާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަކީ، މުޅިދުނިޔެއަށް ތިމާވެށީގެ ނާޒުކުކަމާއި ވެށީގެ މައްސަލަތައް ސަމާލުކަމަށް ގެންނެވި އެދުރުމީހާ ކަމުގައި މަޝްހޫރުވުމުގެ ބޭނުމުގައި މަސައްކަތްތަކެއް ފެށިގެންދިޔައެވެ. ކޮންމެވެސް މިންވަރަކަށް އާއިލީ ތިމާގެކަމެއްހުރި، ދިވެހި އަންހެނަކައި އިނދެގެންއުޅޭ ބިދޭސީއެއް އެކުލަވާލި ދިރާސާމަސައްކަތެއް ރައީސްމައުމޫނަށް މާކަމުގޮސް ގ
ilyashusein
Oct 13, 20095 min read
ޤާނޫނަކުން ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން އޮތުމަށްގޮވާލުން.
“ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ކުރާއެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ.”
އަޅުގަނޑު މަތީގައި މިލިޔުނީ، ރައްޔިތުންގެ ބޮޑުމަޖިލީހުގައި މިހާތަނަށް އެންމެހޫނު ގަދަކޮށް ބަހުސްކުރެވުނު މާއްދާއެވެ. އެއީ ވަރަށްކުރުކޮށް ވަރަށްޞަރީޙަ ބަހުން، ކިޔާލަން ވަރަށް ދުލަށް ފަސޭހަކޮށް ލިޔެވިފައި އޮތްދެޖުމްލައެވެ.
ilyashusein
Oct 13, 200911 min read
bottom of page