ރިޔާސީ ނިޒާމުގެ ފޮނިރަހައާއި މީރުކަން.
- ilyashusein
- Oct 17, 2009
- 23 min read
އިލްޔާސް ހުސައިން އިބްރާހިމް. (ލިޔުނީ: 2006 ޖުލައި ގައި.)
ރިޔާސީ ނިޒާމެއްގައި ވެރިމީހާއާއި ސަރުކާރު، ބަލަހައްޓައި މަސްއޫލުކުރުވާ، ޒިއްމާދާރު ފަރާތަކީ އެންމެހާ ރައްޔިތުންނެވެ. ރިޔާސީ ނިޒާމެއްގައި، ހުރިހާ ބާރެއް އޮންނާނީ ސީދާކޮށް ރައްޔިތުންގެ އަތުގައެވެ. ރައީސް ހޮވާނީ ސީދާކޮށް ކޮންމެ މީހަކު އަމިއްލައަތުން ދޭވޯޓުންނެވެ. ފަސާދަ ވެފައިވާ ވަރުގަދަ ސައުދާ ގަރުންނާއި ނުލަފާ ޑްރަގްލޯޑުން ފަދަ ޓައިކޫނުންނާއި މާފިއާގެ އަތުން ބާރުތައް އޮންނާނީ، ނެއްޓި އެންމެހައި މުޅި ރައްޔިތުންނަށް ހިއްސާވާ ގޮތަށް ބެހިފައެވެ.
އަދި މިހާލަތުގައި އެމީހުންގެ މައްޗަށް ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ އަމުރުތައް ހިންގަން ފަސޭހަވާނެއެވެ. މަޖިލިސްތެރޭގެ ހުރަސްތަކާއި ނުފޫޒު ކުޑަވާނެއެވެ. ފަހެ، ރައްޔިތުން މަޖިލީހުގައި ތިބޭ މަދު ބައެއްގެ ނުފޫޒާއިބާރު މުޅިގައުމުގެ މައްޗަށް ސީދާކޮށް ހިންގޭނެ ގޮތެއް މެދުވެރިއެއް ނުވާނެއެވެ. ހުރިހާ ރައްޔިތުންގެ ބަހެއްނެތި މަޖިލިސް ތެރޭގައި ތިބޭ މަދުބަޔަކަށް ހުރިހާ ކަންކަން ނުނިން މޭނެއެވެ.
އަދި، ވެރިމީހާ ހޮވުމުގައި އެންމެހާ ރައްޔިތުންގެ ހިއްސާ ހަމަހަމައަށް އެއްވަރަށް ބެހިގެންދާނެ އެވެ. ކޮންމެ ބޮލަކީ ވޯޓެކެވެ. ވެރިމީހާ އާއި ސަރުކާރަކީ، އަބަދުވެސް ރައްޔިތުންގެ ފައިސާއިން އުޖޫރައެއް ދީގެން ވަކި މުއްދަތަކަށް، ސީދާކޮށް ރައްޔިތުންގެ ވޯޓަކުން އެހެން މެދުވެރިވާ ފަރާތެއް ނެތި ވަކި މީހަކައި، ހަވާލުކުރާ ޒިންމާދާރު ކުރުވުމެކެވެ. މިނިޒާމުގައި ވިޔަފާރުވެރި ބާރުގަދަ މީހާއަށް ނުފޫޒާއި ފައިސާއިން ވޯޓުގަނެލުން މާބޮޑުތަން އުނދަގުވާނެއެވެ. ކުރަން ޖެހޭ ޚަރަދު ވެސް މާބޮޑުވާނެއެވެ.
ﷲ ގަންދީ ހުވާކުރާގޮތުގެ މަތިން އެންމެ ފުރިހަމަ ގޮތުގައި، މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށެވެ. އެންމެހާއި ރައްޔިތުންނާއި ހުރިހާ ސިޔާސީޕާޓީތަކެއްގެ ފާރަވެރިކަމުގެ ދަށުންނެވެ. އެންމެންގެ ބަލަދުވެރިކަން އަރާ ގޮތަށެވެ. މަސްއޫލިއްޔަތާއި ޒިންމާތައް އުފުލުމާއެކު، ހުރިހާ ކަމަކަށް އެންމެ ފުރިހަމައަށް އަޅާލާއި މަސްއޫލުވާން ޖެހޭގޮތަށެވެ. އެންމެ ފުރިހަމަގޮތުގައި ސީދާކޮށް ރައްޔިތު މީހާއަށް ޖަވާބުދާރީ ވާންޖެހޭ ގޮތަށެވެ. އަދި ރައްޔިތުންގެ މަންދޫބުން ކަމުގައި ތިބޭ މަޖިލީހުން ސުވާލު ކުރެވޭ ގޮތަށެވެ. ޚުދު ރައީސަށް ކޮރަޕްޝަނާއި ފަސާދަތައް ހުއްޓުވޭ ގޮތަށެވެ.
ވާރުތަވާ ދަރިއަކު ބަލަހައްޓާހެން އަދަބުދީ، ހަމަމަގަށް އެޅުވާގޮތަށް ވެރިމާހާ ހަމަމަގަށް ގެނައުމުގެ ހުރިހާ އިޚްތިޔާރެއް ސީދާކޮށް ރައްޔިތުން ނަށް އޮންނާނެ އެވެ. ވެރިކަމުގެ ކޮންމެ ނިޒާމެއްގައި ވެސް ބާރުތައް ވަކި ވެފައި އޮތުމަކީ، އެންމެ ވަރުގަދަ، އަދި އެންމެބޮޑު އަސާސެވެ. ބިންގަލެވެ. ހާކިމާ އައި ސީދާކޮށް ސުވާލު ކުރެވޭނެއެވެ.
މިއިން ކޮންމެ ބާރަކީ، ވަރަށް މުސްތަގިއްލު ޒިންމާދާރުވާން ޖެހޭ މުޅިން ވަކި ބައެކެވެ. ވަރުގަދަ ބިނާއެއް ފުހިހަމަ ކަންމަތީ ދެމިއޮތުމުގެ އަސްލެވެ. މަޖިލީހުގެ ބާރަށް ރިޔާސީ ނިޒާމުގައި ހަމައެކަނި ނަގާލާ ވޯޓަކުން ވެރިމީހާ ބޭރުކޮށެއް ނުލެވޭނެއެވެ. ޝަރުއީ ބާރު އެކަމުގައި ބަހެއް ބުނަން މަޖްބޫރުވާނެއެވެ. މަޖިލިސް ތެރެއިން އެންމެން އެއްގަލަށް އަރާފައި ބޮޑުވަޒީރު އެއްލާލާހެން ރައީސުލް ޖުމްހޫރުއްޔާ އަކީ އޮފީހުން ބޭރުކޮށްލެވޭނެ މީހެއްނޫނެވެ.
ފަހެ، ދަންނައެވެ. ރިޔާސީ ނިޒާމެއްގެ ބިންގަލަކީ މިއެވެ. އެންމެ މުހިއްމު ކަމަކީ، ދައުލަތުގެ ބާރުތައް ވަކިކޮށް މުސްތަގިއްލު ކޮށް އޮވެފައި، މިއިން ކޮންމެ ބާރެއް އަމިއްލަ ޒާތުގައި މެޝިނެއް ހެން ގަވާއިދުން، ބަރާބަރަށް ހިނގަ ހިނގާ އޮތުމެވެ. އަދި ކޮންމެ ފަރުދަކީ އިޚްތިޔާރުތަކެއް ލިބިފައިވާ ވަކިބާރެކެވެ. ބަރުލަމާނީގައި މަޖިލިސްއަތުގައި އޮންނަ ގަދަ ބާރަކުން ބައެއް ކަންކަން ވެރިމީހާއަށް ތަންފީޒު ނުކުރެވޭ ހާލަތު ހުޅުވިފައި އޮވެއެވެ. މަޖިލިސް ތަންފީޒީ އިދާރާއަކަސް ބަދަލުވެ ދެއެވެ. އެހެނަސް ރިޔާސީ ނިޒާމުގައި މަޖިލީހަށް ދެވޭނީ، އަދި އެރުވޭނީ ލަފައެވެ. ރައީސް އަށް މަޖްބޫރެއް ނުކުރެވޭނެއެވެ. ދަންނަންވީ، ރިޔާސީ ވެރިކަމުގައި ރައީސަށް ދެވިފައިވާ ދުސްތޫރީ ބާރުގެ ދަށުން ކަންކަން ނިންމޭނެކަމެވެ. އެއީ އެންމެމަތީ ހާކިމާއެވެ. އިމާމެވެ.
އަދި، އިދާރީ ކަންކަމުގައި ހަރަކާތްތެރި ވުމުގައި އެންމެހާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލްވެ، ހިމެނޭނެއެވެ. ވެރިކަމުގެ ދީވާނުގެ ކަންކަން ނިންމަން ވާނީ ރައްޔިތުންގެ މަޝްވަރާ އާއި ލަފާ ހޯއްދަވައި ގެންނެވެ. ރައީސަށް ބޭނުންވާ ވަކި މަޝްވަރާ މިޖިލީހެއް ކައުންސިލެއް ބޭއްވިދާނެއެވެ. އާންމު ރައްޔިތުންނާއި ބައިވެރިވެ އެކުގައި ވާހަކަ ދެކެވޭނެ ފުރުސަތުތައް ހުޅުވިފައި އޮންނަން ވާނެއެވެ. ރިޔާސީ ގަނޑުވަރުންނައި މިސްކިތުންނާއި މީހުން އިޖްތިމާއީ ކަންކަމަށް އެންވާ ތަންތަނުން ސަލާމްގަލަން ކުރެވި ވާހަކަ ދެކެވެން ޖެހޭނެއެވެ.
ދައުލަތުގެ ކޮންމެ ބާރެއް ވެސް އޮންނަން ވާނީ، ރައްޔިތުން ހަވާލުކުރާ އަސާސެއްގެ މަތިން، އެބާރެއްގެ އަމިއްލަ ޒާތުގައި އަމުރު ނެރެ ހިންގާ ތަންފީޒު ކުރެވޭ ގޮތަށް، ވަރަށް މިނިވަން ކޮށް ދޫކޮށްލެވި ފައެވެ. އެއްވެސް ކަހަލަ ނުފޫޒެއް، ހުރަހެއް ނެތިނެތިއެވެ. މެޝިން ތަކެއްހެން އަމިއްލަ ޒާތުގައި ހިނގަމުން ދާގޮތަށެވެ. ސިވިލްޚިދްމަތް އޮމާންކޮށް ހުއްޓުމެއް ނެތި ބުރޫނާރާހެން އަބަދު ހިނގަން ޖެހޭނެއެވެ. މެޝިންތަކަށް އެކިބާވަތުގެ ތިޔޮއަޅައިގެން ހަކަތަ ލިބިގެންނާއި ފެނާއި ގޭސްތައް އަޅައި ވައިގެ އެހީލިބިގެން ފިނިކަން ލިބެމުންދާ ބީދައިން ރައްޔިތުންގެ ހުރިހާ ކަމެއް އޮމާންކޮށް ހިނގަމުން ދާގޮތަށް ރޭވިފައި އޮންނަން ޖެހޭނެވެ.
އެންމެ ފުރިހަމައަށް ހިނގުމަށް ބޭނުންވާ ހުރިހާ އެހީއެއް އެވެއްޓަކާ ގުޅޭގޮތަށް އެވެށީގެ އަސަރުތަކުންނާއި އެހީތެރިކަމުން، ފުރިހަމައަށް ލިބިގެންނެވެ. މި ފަދައިން ވެރިކަމުގެ ދީވާނުގެ މެޝިންތައް ހިނގަމުން ދާއިރު، ރައްޔިތުން ފާރަވެރިވެ، ޑިއުޓީކޮށް ބަލަހައްޓަން ޖެހޭނެއެވެ. ފަރުދީގޮތުން ވެސް މައްސަލަ ހުށަހެޅޭނެއެވެ. ސީދާ ރައީސް އަރިހަށް ގެންދިއުމުގެ ދިރު ހުޅުވިފައި އޮންނަން ވޭނެއެވެ.
ހަމަ މިމިސާލުގައި، ރިޔާސީ ވެރިކަމެއް އެވެއްޓެއްގައި އެމާހައުލެއްގައި އެގައުމަކާ ގުޅޭގޮތަށް، ހިނގަމުންދާއިރު ރައްޔިތުން ތިބޭނީ ފާރަވެރިވެ، ޑިއުޓީކޮށް ބަލަހައްޓާ ފާރަވެރި ބައެއްގެ ގޮތުގައެވެ. މިއީ މަޖްބޫރު މާއްދާއެކެވެ. ދީނީ ގޮތުން ވެސް އަދާކުރަން ޖެހޭ ވާޖިބެކެވެ. އެހެން ނޫނީ ހަމައިން ނެއްޓިގެން ހިނގައިދާ ނެއެވެ.
އެހެންވުމާއެކު، ދައުލަތްތައް ހިންގުމުގައި އަމަލުކުރުން އެންމެ މޮޅުއިތުރު ވެގެންވަނީ ރިޔާސީ ނިޒާމުގެ ދަށުންނެވެ. ޚާއްސަކޮށް މީސްކޮޅު މަދުގައުމު ތަކުގައެވެ. އެއީ މިނިޒާމުގައި ވެރިކަން ހަމައެކަނި މަޖިލިސް ތެރޭގައި ކުރުގެޅިފައި ނޯންނާނެތީއެވެ.
ތިއަރީއެއްގެ ގޮތުގައި ރަނގަޅަށް ތަމްސީލުކޮށްދެވޭ، އަދި ޢަމަލުކުރުމާއި ތަންފީޒުކޮށް ހިންގުމުގައި ފަސޭހައިން ގިނަ މީހުންގެ ޙައްގުތައް ދިފާޢުކޮށް ހިމާޔަތް ކުރެވޭ ނިޒާމަކަށް ވަނީ، ރިޔާސީނިޒާމެވެ. މިއީ ހުކޫމަތުގައި އަމުރުމައުރޫފު ހިންގުމާ އެންމެގުޅޭ ގޮތެވެ. ރައްޔިތުންގެ ހުރިހާ މައްސަލަ ތަކެއް ފަސޭހައިން ހައްލުކޮށް ދެވޭނެ ނިޒާމަކަށް، ސީދާގޮތުގައި މިނިޒާމުވެއެވެ.
އަމުދުން ރައްޔިތުން މަދު ކުދި ގައުމުތަކުގައި މިނިޒާމު ސީދާމަގުން ފަސޭހަކަމާ އެކު ހިނގަމުން ދާނެއެވެ. މަދީނާގައި ކީރިތި ރަސޫލާ ހިންގެވީ މިބާވަތުގެ ސަރުކާރެކެވެ. ބޮޑުވަޒީރު މަޖިލީހުގައި އިނދެ ކުޅޭކަހަލަ އެއްވެސް ކުޅިގަނޑެއްގެ ހުރަސްތަކެއް ކުރިމަތި ވުމެއް ނެތިއެވެ. ރުޅިގަދަވެ ރުންކުރުވެ ސަރުކާރު ވައްޓާލުމެއް ނެތިއެވެ. ވެރިކަމުގެ އިދާރީ ކަންކަމުގައި ރައްޔިތުންގެ ހުރިހާ ދިމާއަކަށް އަމާޒު ކުރެވިގެން ހިނގަމުންދާ ކޮމިޓީތަކެއް ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ޢަމަލީގޮތުން މަސައްކަތް ކުރަމުން ގެންދާނެއެވެ. ވަރަށް ފާރަވެރި ކޮށެވެ. ހެޔޮލަފާތައް އެރުމަނުން ދާނީ ވަރަށް އަމަލީ ސިފައެއް ގައެވެ.
އަދި، މިނިޒާމުގެ ކޮންމެ ބާރަކަށް ވަކި މުސްތަގިއްލު މުއައްސަސާއެއް އަމިއްލަ ޒާތުގައި ފަސޭހައިން ހަރަކާތްތެރި ވެވޭނެ ގޮތަށް އަސާސީގައި ލިޔެވިފައި އޮންނަން ވާނެއެވެ. ރައްޔިތުންގެ ގާނޫނުހަދާ މަޖިލީސް މެދުވެރިކޮށް، އެފަދަ މުއައްސަސާތައް ފާރަވެރި ކަމާއެކު، ބަލަހައްޓަމުން ގެންދާއިރު، އިސް ވެރިޔަކު، ހިންގުމުގެ ފުރިހަމަ އިޚްތިޔާރާއެކު ކޮންމެ މުއައްސަސާ އެއްގައި ޒިންމާދާރު ކުރެވިފައި ހުންނަން ޖެހޭނެއެވެ.
ފަހެ، ޒިއްމާދާރު ވާންޖެހޭ އެކަކު ވެސް މަސްއޫލުވާން ޖެހޭ، މިންގަނޑުތަކަ ކާއި ހަމަތަކެއް ނެތި ދޫކޮށްލެވިފައި އޮވެގެން ނުވާނެއެވެ. ދީވާނުގައި ހުރިހާ ކަމެއް ލިޔުމުން ލިޔެވިފައި ހުންނަންޖެހޭ ނެއެވެ. މުސްތަގިއްލު މުއައްސަސާ ތަކުގެ ކޮންމެ ވެރިއަކީވެސް ފުރިހަމަ ޒިންމާ އުފުލަންޖެހޭ މަސްއޫލުވެރި އެކެވެ. ވަރަށް ފުރިހަމައަށް ޒިއްމާދާރުވާން ޖެހޭނެ މީހެކެވެ. ބަރާބަރަށް މަސްއޫލުވެ ޒިއްމާ އުފުލަން ޖެހޭނެމީހެކެވެ.
މިނޫން ގޮތަކަށް ބައިތުލް މާލުން މުސާރައެއް ނުވަތަ ޚަރަދެއް ކުރެވިއްޖެނަމަ، އެކަން ބަލާނެ ބާރެއް މިނިޒާމުގައި އޮންނާނެއެވެ. ފަހެ، ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހަރަކާތަށް އައިސް، އެއިދާރާއެއް ހަމައަކަށް އަޅުވަން ޖެހޭނެއެވެ. މިވެރިކަމުގެ ދީވާނުގެ އީދާރާތަކަށް އެންމެ އެކަށީގެންވާ މީހާ އައްޔަން ކުރާނީ ސީދާރައީސެވެ. މަޖްލީހުގައި ތިބޭ ވަކިބާރުގަދަ ބައެއްގެ ނިފޫޒާއި ބާރަކުން ނޫނެވެ.
ފަހެ، ދަންނާށެވެ! ބޮޑު މަޝްރޫޢެއްގެ ނުވަތަ ބޮޑު މުނައްޒަމާ އެއްގެ ނުވަތަ މުސްތަގިއްލު އިދާރާއެއްގެ ވެރިކަން ލިބޭއިރަށް، މުދަލާއި އޭތިމީތި އެއްކޮށް ބައްކުރުމުގެ ވަބާ ޖެހޭނީ، ވެރިކަމުގެ ބާރުތަކުގެ ޒިއްމާ ފުރިހަމައަށް ބޮލުގައި ނާޅާތީއެވެ. އެ ބާރެއްގެ ޒިންމާތައް އެބާރަކުން ނޫފުއްލާތީ އެވެ. ސިކުނޑީގައި ބަދުނިޔަތް ވެރިވެފައި އޮންނާތީއެވެ. ދީވާނުގެ ކޮންމެ ޚާދިމަކީ ނިޔަތް އިޚްލާސްތެރި މީހަކަށް ހަދަންޖެހޭނެއެވެ.
ފަހެ، މިއީ ވެރިކަން ހިންގުމުގައި ގެންގުޅޭ ނިޒާމެއްގެ ވައްތަރުންނާއި ނަމުން، ވަމުންދާ ކަމެއް ނޫންކަން ކަށަވަރެވެ. ޒިއްމާ ނުއުފުލާ ކޮންމެ ވެރިއަކީ، ވަގުތުން ފިޔަވަޅު އެޅުމަށް ފަހު، ވަކިކުރެވެން ޖެހޭނެ މީހެކެވެ. އިހުމާލެއް ވެއްޖެ ނަމަ، ގަވާއިދުން ފިޔަވަޅު އެޅެން ޖެހޭނެ މީހެކެވެ. ރައްޔިތުންނަށް ޝަކުވާތައް ހުށައެޅޭނެ އެވެ. އަދި އެންމެ މަތީ ވެރިމީހާއަށް ޒިންމާދާރު ނުވެވޭ ކަމުގައި ވާނަމަ، ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަންޖެހޭނެ އެވެ.
ސަރުކާރު ހިންމުމަށް އަބަދު ވެސް ލަފާދެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބާރުހިންގޭނެ އެއްވެސް ފަރާތެއް، ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގައި އޮވެގެން ނުވާނެއެވެ. މަޖިލީހުގެ މައްޗަށް ވެރިމީހާއަށް ވެސް، އެއްވެސް ކަހަލަ ބާރެއް ނުފޫޒެއް ނުހިންގޭނެ އެވެ. އޮންނާނީ އަދުލްވެރި އިންސާފުގެ ބާރެވެ. އެއީ ފަހުގެ ބަހެވެ. އޭގެ މައްޗަށް އެއްވެސް ކަހަލަ އަމުރެއް ނުކުރެވޭނެ އެވެ. މަޖްލީހުން ވަކި ގޮތެއް ފާސްކުރިޔަސް އިންސާފުގެ ބާރު އެދޭތެރެއަށް ވަންނާނެއެވެ. އިމާމަތަކީ މިއެވެ. ވެރިކަމަކީ މިއެވެ. މިފެންނަނީ ރިޔާސީ ނިޒާމެއްގެ ފޮނި ރަހައެވެ. މީރު ކަމެވެ.
ފަހެ، ދަންނާށެވެ! ދުނިޔޭގެ ތަޖްރިބާ ތަކުން ދައްކުވައިދީ، ކަށަވަރު ކޮށްދީފައިވާ، އަދި ޢިލްމުވެރިން އިއްތިފާގުވާ އެންމެ މުހިއްމު އެއްކަމަކީ، ވެރިކަން އަދުލުވެރިކޮށް ހިންގުމަށް ހަމަތަކާއި އުސޫލުތަކެއް ކަނޑައެޅި ލިޔެވިފައި ހުރުމެވެ. އިސްލާމްދީނާއި ފުށުނާރާ ގޮތަށެވެ. އިސްލާމްދީން މިދުނިޔެއަށް ދަސްކޮށްދީފައިވާ ވެރިކަމުގެ މަގަކީ، ހެޔޮގޮތުގައި އަދުލު އިންސާފުވެރި ވެރިކަމެއް ގާއިމުކުރު މެވެ. ވެރިކަމުގެ ނިޒާމެއް ވައްތަރެއް ފޮތާއި ސުންނަތުގައި ވާރިދުވެފައެއް ނެތެވެ. ނަމޫނާއަކަށް ފެންނާން އޮތީ މަދީނާ މުނައްވަރާގެ ސަރުކާރެވެ.
އެހަމަތަކަށް، ވަކި ވައްތަރެއްގެ ނަމެއް ޚާއްޞަ ކުރައްވާފައެއް ނެތެވެ. ބާރުތައް ފެށިގެން އަންނަ ހިސާބުން ފެށިގެން ތަންފީޒުކުރުމުގެ އިޚްތިޔާރު އެބާރަކަށް ދީފައި އޮވެއެވެ. ހުރިހާބާރެއްގެ މައްޗަށް ވަކިބާރެއް އިސްކޮށް ހުންނާކަށް ނުވަތަ އޮންނާކަށް ނުޖެހެއެވެ. މިނިޒާމުގެ ކޮންމެ ބާރަކީ، އަމިއްލަ ޒާތުގައި މުސްތަގިއްލުކޮށް އޮންނަ އަމިއްލަ ތަންފީޒީ ބާރަކަށް ވާންޖެހޭނެއެވެ. ޢަދުލު އިންސާފުގެ މައްޗަށް ބިނާކުރެވޭ ވެރިކަމަކީ، މިގޮތަށް ބާރުތައް ވަކިކޮށް ހިންގޭ ގޮތަށް ރޭވިފައި އޮތުމެވެ. މިޒަމާނުގައި މިހާރަކަށް އައިސް ހުޅަނގުން މަޝްހޫރުކޮށްގެން މިގެންގުޅޭ ވެރިކަމުގެ އެންމެ މަތީ ނިޒާމުތަކުގައި ވެސް އެއްކަމެއް އޮންނަނީ، މިދަންނަވާ ގޮތާޚިލާފަށް އެއްކަމެއްގައި އިއްތިފާގު ވެފައެވެ. އެއީ އިމާމާއަށް، އާދެ ހާކިމާއަށް ހުންނަ މީހާއަށް ހުރިހާ ބާރުތަކެއް ނުދޭ ގޮތަށް ވެރިކަން ބޭއްވުމެވެ.
އާދެ! އެއީ، ޝަރީޢަތް ތަންފީޒުކޮށް ހައްދުތައް ގާއިމު ކުރުމުގެ އެންމެ އިސްވެރިއަކީ، ސަރުކާރުގެ އެންމެ މަތީ، އިސްވެރިޔާ ކަމުގައި ނުހެދޭނެ ގޮތަށް އޮތުމެވެ. އެހެނަސް ސައްތައިން ސައްތަ އިސްލާމުންގެ ވެރިކަމެއްގައި ވެރިކަމުގެ ބާރާއި ސިޔާދަތު އޮންނާނީ މުޅި ކާއިނާތުގެ ވެރިފަރާތަށެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އެފަރަތަކީ ﷲ އެވެ. މިއީ ހުރިހާ އިސްލާމުން ތަބާވާން އޮތް ތެދުމަގެވެ. ﷲ ގެ ޢަމުރުފުޅުތައް މިބިމުގައި ހިންގައި ތަންފީޒުކުރުމުގެ ހައްގުވެރި ފަރާތަކީ އެކަމަށް އެންމެ ލާއިގު، ގާބިލު، ދީންވެރި، ވަރަޢަވެރި އަމާނާތްތެރި އިޚްލާސްތެރި ޢިލްމުވެރިއާއެވެ.
މި ޝަރުޠުތައް ހަމަވާ މީހަކު ވެރިކަމަށް އިސްކުރަން ޖެހޭނެއެވެ. އެއީ އެންމެހާ ރައްޔިތުންނަށް ލާޒިމުކަމެކެވެ. އަދި ރުހޭނެ ކަމެކެވެ. މިފަދަ މީހަކީ، އިސްލާމްދީން ފުރިހަމައަށް އުނގެނިގެން ހުރި ރައްޔިތުންގެ ލޯތްބާއި ރުހުން ލިބިފައިވާ އިސްލާމް ދީނުގައި ކަނޑައަޅުއްވާ ފައިވާ ހުރިހާ ޝަރުޠު ތަކާއި ސިފަތަކެއް ފުރިހަމަ ވެފައިވާ މީހަކަށް ވާންޖެހޭނެއެވެ. ރުޅިގަދަ ރުންކުރު މީހަކަށް ވެގެން ނުވާނެއެވެ. އަޑުގަދަކޮށް ނުފޫޒާއި ހައިޖާނުން ވޯޓުހޯދާ ވެރިއަކު ހުންނަހާ ހިނދަކު މިކަންކަމެއް ނުހިގާނެއެވެ.
ވީމާ، އިސްލާމީ ދައުލަތެއްގައި ވެރިއަކު، އިސްކުރުމަށް އޮންނަ މަތިވެރި ގޮތަކީ، މިއެވެ މިގޮތަށް ނަމެއް ދޭނަމަ ބުނަންއޮތީ އިސްލާމީ ރިޔާސަތެވެ. ރިޔާސީ ނިޒާމެވެ. ފަހެ، މިއީ އިސްލާމުންގެ ޑިމޮކްރަސީއެވެ. އެއީ ހުޅަގުގެ ޑެމޮކްރަސީއެއް ނޫނެވެ.
އާދެ! ﷲގެ ބިމުގައި ވެރިކަމުގެ ސިޔާދަތާއި ގިޔާދަތު އޮންނާނީ، މުޅި އުޑާއި މުޅި ބިމުގެ ވެރި ﷲ އަށެވެ. ވެރިކަމަށް އިސްކޮށް ހޮވާމީހަކީ، އެމަސްއޫލިއްޔަތާއި ޒިއްމާ އުފުލުމަށް ހާވާލުކުރެވޭ ޚަލީފާއެވެ. ޚަލީފާއަކީ، ބިމުގައި ﷲގެ ޢަމުރުފުޅުތައް ހިންގާ ތަންފީޒުކުރާ ވެރި މީހާއެވެ. އެންމެ އިސް މީހާއެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. މިއީ ސައްތައިން ސައްތަ އިސްލާމުން ޚިޔާރުކުރަންވީ ވެރިކަމުގެ އެންމެ އައުލާ ކަންބޮޑު ވައްތަރެވެ. ވެރިކަމުގެ ނިޒާމެވެ.
މި ހާލަތުގައި ވެސް އިސްލާމީ ޝަރީޢަތާ، އެއްގޮތަށް އަދުލް އިންސާފުގެ ދާއިރާ އޮންނާނީ މުސްތަގިއްލު ކޮށެވެ. އެންމެ ފަހު ބަސް ބުނާ ފަރާތް ގޮތަށެވެ. އެހެނަސްދައުލަތުގެ ބާރުތައް އޮންނާނީ ބެހިފަ އެވެ. އަދި ވެރިކަން ކުރުމަށް އޮތް އެންމެ ފުރިހަމަ ނިޒާމަކީ މިއީއެވެ.
ފަހެ، ހުޅަނގުން މިނިޒާމު ދެކެ ޖެހިލުންވެ ބިރުގަންނަނީ ވަރުގަދަ ޢަގީދާއަކާއި ރޫޙާނިއްޔަތެއް، މިނިޒާމުގައި އެކުލެވޭތީއެވެ. ފަހެ، ދަންނާށެވެ! މިއޮތްފަދަ އިންސާފުވެރި ޝަރީޢަތް ދޫކޮށް އެއްފަރާތްކޮށް، އެކި ނަންނަމުގައި އުފައްދާއި އީޖާދުކޮށްފައި ހުރި ވެރިކަމުގެ ނިޒާމުތަކާ ދިމާއަށް، އިސްލާމުން އަނބުރާލާ އަމާޒުކުރުވީ ހުޅަނގުންނެވެ.
އެވެރިންގެ ރޭވުންތަކުން ނެވެ. އެވެރިންގެ ހީލަތްތެރި މަސައްކަތުން ނެވެ. ބޭނުންކުރާ އުކުޅުތަކަކުން ނެވެ. އެމީހުން ބޭނުންވާ ބަޔަކު ގައުމުތަކުގެ ވެރިކަމަށް ގެނެސް އެމީހުންގެ ހަންފަތުރާނެ މަގު ހޯދާއި ފަހި ކުރުމަށެވެ. ބަރުލަމާނީ ހަމަތަކަކީ ސީދާކޮށް މިކަންއެންމެފަސޭހަ ގޮތުގައި ފަހިކުރުމަށް އީޖާދު ކުރެވިފައިވާ އުނިނިޒާމެކެވެ. ދުނިޔޭގެ ސިއްރު ދައުލަތުން އެހީއާއި މަދަދު ދެނީ އެކަން ފަތުރާށެވެ. އޭގެ އެންމެ އަސަރުކުރާ ޖަރާސީމަކީ ބަރުލަމާނީ ނިޒާމެވެ. ރަޔާސީ ނިޒާމަކީ ވަރުގަދަ އިމާމެއްގެ އުސޫލީ ހަމަތަކެއް ތަންފީޒު ކުރެވޭނެ ނިޒާމެކެވެ.
ފަހެ، ދަންނައެވެ! އިސްލާމުންގެ ފިކުރުތަކާ ކުޅެލީ ފިކުރީ ހަނގުރާމަ އެއް އީޖާދުކޮށް، މުސްލިމުންގެ ތެރޭގައި ދިރުވައިގެން ނެވެ. ޔަހޫދީން ހިންގި، ޞަލީބީ ހަނގުރާމަ ތަކުން ލިބުނު ހިތި ތަޖުރިބާ ތަކަށް ބަލައި ދިރާސާތަކެއް ކުރުމަށް ފަހު، ވަޒަނާއި ބަޑީގެ ހަތިޔާރުތަކުން ހަނގުރާމަ ކުރުން އެވެރިން ދޫކޮށްލީއެވެ. ވެރިކަމުގެ އާނިޒާމު ތަކެއް ވެސް އީޖާދުކުރީއެވެ. ޤުރްއާނާއި ޙަދީސް ފޮތްތައް ރަނގަޅަށް ދަސްކޮށް، މޮޅަށް ޢަރަބި ބަސް ދަސްކޮށް، އިސްލާމުންގެ މާތް ޢަޤީދާއަށް ލޮޅުން އަރުވާލުމަށް ސިއްރު މަސައްކަތްތަކެއް ފަށައިގަތީ އެވެ.
ދިވެހިރާއްޖޭގައި ވެސް ގިނަދުވަހު އޭގެން ބަޔަކު އައިސްތިބެ ރަނގަޅަށް ދިވެހިބަސް ލިޔެކިޔަން ދަސްކޮށް މިހާރު ދިވެހިބަހުން ފޮތްތައް ނެރެމުން އެބަ ގެންދެއެވެ. މި ފެއްޓި މަސައްކަތުގެ ނަތީޖާއަކީ، އިސްލާމުންނާ، ދެކޮޅަށް އާވަށްތަރެއްގެ ހަނގުރާމަ އެއް އީޖާދު ކުރުމެވެ. ވެރިކަމުގެ ތެރެއަށް އެމީހުންނަށް ވަދެވި ކުޅެވޭނެ ނިޒާމުތަކެއް ހޯދީއެވެ. އެއީ މަޖްލީހުގެ ގޮޑި ނީލަމެއްހެން ގަނެލުމެވެ. ދާއިރާއަކަށް ފަސްހާސް މީހުން ބަހާފައި ދެހާހަކަށް ވޯޓުގަނެގެން މަޖްލިސްގޮނޑި ގަނެލުމެވެ.
ފަހެ، އެހަނގުރާމައަކީ، މިކިޔާ ފިކުރީ ހަނގުރާމަ އެވެ. އިސްލާމުންގެ ސާފު ޠޯހިރު ފިކްރުތަކާ ކުޅެލުމުގެ ހަނގުރާމަ އެވެ. ޔަހޫދީން އީޖާދު ކުރި ފިކުރީ ހަނގުރާމައިން، އެމީހުންނަށް، ޞަލީބީ ހަނގުރާމައިން ނުހޯދުނު ކާމިޔާބުތައް މިހާރު ވަނީ ވަރަށް ފަސޭހައިން ހޯދިއެވެ. އޭގެ ދަށުން މިހާރު ކުރާކަމަކީ ނިއޯއިސްތިއުމާރު ކުރުމެވެ. އެއީ ހުކޫމަތުގެ ހުރިހާ ކަމެއްގައި އެމީހުންގެ އަމުރުމައްރޫފު ހިންގުމެވެ.
ތުރުކީގައި އޮތް، ޢުޘްމާނީ ދަރިކޮޅުގެ، އިސްލާމީ ޚިލާފަތުގެ ނިޒާމު ނައްތާލީ ފިކްރީ ހަނގުރާމައިން ނެވެ. މިހޯދި ކާމިޔާބުގެ އަސްލެއް ކަމުގައި ވީ، އެ އިސްލާމީ ދައުލަތް ވައްޓާލުމަށް ފަހު، އިސްރާއީލީ ދަރިކޮޅުގެ ދައުލަތެއްގެ ބިންގާ މެދުއިރުމަތީގައި އަޅައި ދިނުމެވެ. އަދި މިވަރުން ހުއްޓާލީކީނޫނެވެ.
މިމީހުންނަކީ، ބޮޑު އިސްރާއީލު ދައުލަތް އުފެއްދުމުގެ ފަހަތުގައި ތިބި ސަޔަހޫނީ ޔަހޫދީ އެދުރުންނެވެ. ބޮޑު އިސްރާއީލު ދައުލަތަކީ، ސަޔަހޫނީންގެ ހުވަފެނެކެވެ. ކޮންމެ ހެނެއް ހަދާފަވެސް ކާމިޔާބު ކުރަންޖެހޭ އަމާޒެކެވެ. މިހުވަފެނަށް (ޑްރީމް އޮފް ޒައެނިޒަމް، Dream of Zionism) މިނަމުން ނަން ދީފައި ވެއެވެ. މިދައުލަތުގެ ބައުންޑަރީގައި ހިމެނެނީ، ލެބަނާނުން ފެށިގެން، ފަލަސްތީނުން، ސީނާއިން، މިސްރުން މަދީނާ މުނައްވަރާ އިން ބަޔަކާއި، ކުވޭތުން، އިރާގުން ތުރުކީން ބަޔަކުންނާއި ސީރިއާއިން، ޖޯޑަނާ ހަމައަށެވެ.
ބޮޑު އިސްރާއީލީ ދައުލަތުގެ ވިހަ ގަދަ ހަރުފަ، ވިހަ ލަމުން ދުވާނީ، މިބިންތައް ވަށާލުމަށެވެ. މިލްކުކޮށް ގަތުމަށެވެ. އިސްރާއީލީ ދަރިކޮޅުގެ ބޮޑުދައުލަތް އުފެއްދުމަށެވެ. ސަހްޔޫނީންގެ އެންމެ ގަަދީމީ ޢިލްމުވެރިން ގެ ސައުވީސް ޕްރޮޓޮކޯލްގެ ތެރެއިން، ތިންވަނަ ޕްރޮޓޮކޯލްގައި މިހަރުފައަށް ހަވާލާދީފައި އޮވެއެވެ.
ސަހްޔޫނީ އެދުރުން މިކަން ހިތުގެ އަޑިން ގަބޫލުކުރެ އެވެ. މިޕްރޮޓޮކޯލްތަކަކީ، ސަހުޔޫނީ ފްރީމޭސަނަރީންގެ ބިންގަލެވެ. މުގައްދަސް އަގީދާއެވެ. މިއީ މޭސަނިކް ފޯރފާދާސްގެ އުފެއްދުމެކެވެ. މިއީ ސީކްރެޓް ސޮސައިޓި އެކެވެ. ބޮޑުވަޒީރުގެ ނިޒާމަކީ މިކަން ފެތުރުމަށް ބިނާކުރި ވެރިކަމުގެ ނިޒާމެވެ. ދައުލަތުގެ ޚަޒާނާއިން ފައިސާ ލޫޓުވަން ފަސޭހައަކަށެވެ.
އާދެ! ތިނެސްކަން ގޮޅިއަކީ، މިއަގީދާ ގަބޫލުކުރާ މީހުންގެ ލޮލެވެ. މިލޮލުގެ އަކަ މިހާރު ވަނީ އިސްލާމުންގެ ވަރަށްގިނަ ބިނާތަކަށް ވައްދާފައެވެ. ބައެއް މިސްކިތްތަކައި ހަމައަށް ވަދެފައެވެ. ތިނެސްކަން ގޮޅިއެއްގެ އެއްކަން މައްޗަށްވާ ގޮތަށް ބޭންދީމާ ރަމްޒުކޮށްދެނީ، މާއްދިއްޔަތަށެވެ. އެއްކަން ދަށަށް ތިރިއަށް ވާގޮތަށް ބޭންދީމާ ރަމްޒުކޮށް ދެނީ ރޫޙާނިއްޔަތެވެ. މިވައްތަރުގެ ތިނެސްކަން ދެގޮޅި އެކަތި އަނެކައްޗަށް މަހާލާފައި ކާލި ގަނޑެއްހެން ހަކަން ވާގޮތަށް، ހަފިޔަލީ ތަރިއަކަށް ހަދާލީމާ، މާނަކޮށްދެނީ، ޔަހޫދީންގެ ހައްގުވެރި ތަރިކައަށެވެ.
އެމީހުންގެ މިލްކުގައިވާ މިލްކިއްޔާތަށެވެ. ހަފިޔަލީ މިކާލިގަނޑަށް ބައެއް މީހުން "ނަޖުމުދާއޫދު" ދާއޫދު (ގެފާނު) ގެ ތަރިއޭ ކިޔާއުޅެއެވެ. އަދި ޔަހޫދީ ކާލި ގަނޑޭވެސް ބަޔަކު ކިޔާ އުޅެއެވެ. މިއީ އެމީހުންގެ ހިތްހަމަޖެހުމާއި ނަސީބުކަމުގައި ދެކެއެވެ. އެމީހުން ހިތުގެ އަޑިން މިކަން ގަބޫލުކުރެ އެވެ. އަދި އިސްލާމުން އެކި ކަންކަމުގައި ނޭނގިތިބެ މިކާލިގަނޑު ބޭނުންކުރާތީ، އެމީހުން ވަރަށް ހިތްހަމަ ޖެހެއެވެ. އުފާކުރެއެވެ.
އާދެ! އެނގިގެން ނަމަވެސް ނުވަތަ ނޭގިނަމަވެސް އަޅުގަނޑުމެން އިސްލާމުން، މިހާރު މިތިބީ ސަހުޔޫނީންގެ އަވާގައި ޖެހި ބޮޑު އިސްރާއީލު ދައުލަތް އުފެއްދުމުގެ މަގުކޮށައި ދިނުމުގެ ގޮތުން އަމިއްލަ ގޮތާއި ފޮތް ދޫކޮށްލައި އެމީހުން އުފައްދައި އީޖާދުކޮށްފައި ދިން، ވަޟަޢީ ގޮތްގަނޑުގައި ހިފައިގެން ވެރިކަމުގެ ނިޒާމު ބަދަލުކޮށް ގެންނެވެ. އިސްރާއީލުގެ ދަރީންގެ ބަސްއަހާއި އެމީހުންގެ އެހީތަކަށް ރުހިގެންނެވެ. އެގޮތަކީ، މުގައްދަސް އެއްޗެއްގެ ގޮތުގައި ބަލައި ގަނެގެން ނެވެ. ހިންދުތުވާ އަކީ ސަހްޔޫނިއްޔަތުގެ ދައްތައެވެ. އެއްބަނޑުއެއްބަފާ ދެދީނެވެ. މިއީ އަހްލުކިތާބީންނެއްނޫނެވެ. އަދި އަސްލު ޔަހޫދީންނެއް ނޫނެވެ. މިމީހުންނަކީ މަސްޖިދުލް އަގްސާ ތަޅާލާއި ތިންވަނަ ޓެމްޕަލް ބިނާކޮށް ދައްޖާލީފިތުނަ ވެރިކަން ދުނިޔެއަށް ބަރުޕާކުރާނެ ފިތުނަވެރި ދަރިކޮޅެވެ.
ވާހް! ހާދަހާ ދެރައެވެ! އަމިއްލަ މިނިވަން ވެރިކަން ކުރުމުގައި ގެންގުޅެން މިޖެހެނީ، ސަހްޔޫނީން އީޖާދުކޮށް ދެއްކި ވައްތަރު ތަކެވެ. ހިފަން މިޖެހެނީ، އެނިޒާމުތަކުގަ އެވެ. އޭގެ އެންމެ ކުރީގައި އޮތީ ބޮޑުވަޒީރެއް ހުރެ އޭނާގެ ބާރުގެ ދަށުން މިޖިލިސް ތެރެއިން ހުރިހާ ކަމެއް މިގެން ދަނީ ގާނޫނުންނޭ ބުނެ ނިންމާލުވެ. ފަހެ، ހެޓިލަރު ގާނޫނީ ހަމަބޭނުންކުރީ ހަމަ މިގޮތަށެވެ. ފައިސާއިން މަދު މެންބަރުން ގަނެލައިގެން ބޮޑުވަޒީރަކު ބަހައްޓައިގެން އަމިއްލަ އެދުމަށް ވެރިކަން ކޮށްލުމުގެ ބޭނުމުގައެވެ. ބަރުލަމާނީ ނިޒާމަކީ ފަސާދައަށް އެންމެ ފަހިވާގޮތަށް ގެންގުޅޭ ދަހިވެތި ނިޒާމެވެ.
މިއީ އެއްވެސް ރޫހާނިއްޔަތެއް ނެތް މާއްދީ، ލާދީނީ، އަދި ޢަލްމާނީ ލާދީނީގޮތްތަކެ ކެވެ. މަޝްވަރާގެ ބާރުކަނޑާލުމެވެ. ޖަދުލާއި ރުންކުރުކަމާއި ރުޅިވެރިކަން އިސްކޮށް ކަންކަން ނިންމުމެވެ. ސެކިއުލަރިޓީ، އާދެ ލާދީނިއްޔަތު ހިމެނިފައިވާ ހަމަތަކެވެ. ދީނާ، ދައުލަތް ވަކިކުރާ ގޮތްތަކެވެ. ދުސްތޫރައި ޢަގީދާ ވަކިކުރާ ހަމަތަކެވެ. އަންހެނުން ވަކި އަދަދަކަށް ގިނަކޮށް އިސްކުރުމެވެ. އަންހެނުންގެ މާތް ލިބާސްބާލާއި ތުނބުގައި ސިނގިރޭޓު ޖެއްސުމެވެ. ހާމަކަން ބޮޑުކޮށް ބައިތިއްބައިގެން ރީތީގެރާނީ ހޮވާއި ރަންތާޖު އެޅުވުމެވެ. އަމިއްލަ ފައިސާގެ އަގުވައްޓާލާއި ބިދޭސީ ފައިސާ އިސްކުރުމެވެ. މިސްކިތްތަކައި ތަޢުލީމާ ދުރުކުރާ ވިސްނުމެވެ.
ފަހެ ދަންނައެވެ! ކުޑަކުޑަ ސައްތައިންސައްތަ ދިވެހިރާއްޖެއަށް މިނިޒާމު ފެތުރުމަށް ހުޅަގުން ހެސްކިޔާފައި ބިޔަ މަސައްކަތް ތަކެއް ކުރަމުން އެބަގެންދެއެވެ. ކޮންމެވެސް އެއްދުވަހަކުން އެކަން ކާމިޔާބުކުރާނެއެވެ. އިންޑިއާ ލައްވާ ކުޅުވަނީ ހަމަ އެކުޅިއެވެ. ވީމާ ދިވެހިން ދުރާލައި ވިސްނައި ތިބުން ވަރަށް ބުއްދިވެރިއެވެ.
ފަހެ ދަންނާށެވެ! ދުނިޔޭގައި އެންމެފަހުން ތަޖުރިބާ ކުރެވުނު، ތުރުކީ ކަރާގައި އޮތް އިސްލާމީ ވެރިކަން، އާދެ! އުޘްމާނީ ޚިލާފަތު ފުނޑުފުނޑު ކޮށްލީ ކުރިން ދެންނެވިހެން، މިރޭވުން ތަކުގެ ދަށުންނެވެ. ފިކްރީ ހަނގުރާމަ އަކުންނެވެ. ކަނޑިބަޑިން ހަނގުރާމަކޮށް ގެނެއްނޫނެވެ. ވަޠަނިއްޔަތާއި ގައުމިއްޔަތު ދިރުވުމަށް އެކިއެކި ސިޔާސީ ލީޑަރުންނަށް ލަފައާއި މާލީ އެހީތައް ފޯރުކޮށްދީ ގެންނެވެ.
ވަތަނިއްޔަތާއި ގައުމިއްޔަތު ދިރުވާނެ ޖާމާޢަތްތަކާއި ގާނޫނީ ކަންތައްތަކާއި ގާނޫނުތަކަށް، އިސްލާހު ގެންނާނެ ޖަމާއަތްތައް އުފެއްދުމަށް އެހީތެރިވެ ދިނެވެ. ސިޔާސީޕާޓީތަކަށް އެހީތެރި ވެދީގެންނެވެ. ފިސާރި ކެރިގެން ތިބެ މޮޅަށް ރާވައގެން ނެވެ. ސިއްރު ވާހަކަތައް އެކި ގޮތްގޮތަށް ސިއްރިއްޔާތު ގައި ރޭވިގެން ހިނގައިގަތެވެ.
އެމީހުންގެ ގާތުގައި އަމިއްލައަށް އަރުވާލެވިގެން ދިވެހި ދަރީންގެ ބަޔަކު އުޅުނެވެ. އަނެއްބަޔަކު ގައުމު ތެރޭގައި ހީވާގިކަމާ އެކު އެމީހުންގެ މަދަދާއި އެހީތެރުކަމުގެ ދަށުން، މަސައްކަތް ކުރަމުން ގެންދިޔައެވެ. ބޭނުމަކީ އެމީހުން ބޭނުންވާ ނިޒާމު ފެތުރުމެވެ. ގޮނޑިކޮއްކޮ ސަރުކާރެއް ހެދުމެވެ. އެކި ކުލަތަކަށް ވަޖިދު ކުރުވުމެވެ.
ފަހެ، ގަސް ކަނޑާ ވައްޓާލާނީ، ގަހުގެ އަހުލު ވެރިން ލައްވާކަމުގައި ނިންމުނެވެ. އެގޮތުން، ސުލްޠާނު ޢަބްދުލް ޙަމީދަށް ބަލިމީހާގެ ނަމުން ނަންދީ، މުސްތަފާ ކަމާލު އަތާ ތުރުކު މެންކަހަލަ ލާދީނީ، އިންގިލާބީ ޚިޔާލުގެ ލީޑަރުންނަށް އެއްވަނައިގެ ރިފޯމިސްޓުންގެ ލަގަބު އަރުވައި މެޑެލްތައް ހަދިޔާ ކުރެވުނެވެ. ފާޑުފާޑުގެ ނަންތައް އެރުވުނެވެ. ޒުވާންކުދިންގެ ސިނކުނޑިތަކައި ފަސޭހައިން ކުޅުމަށެވެ. އެގޮތުން އެކިއެކި ލަގަބުތައް އެރުވިއެވެ. އަދި އެމީހުންގެ އިސްނެގުމުގެ ދަށުން، ދުނިޔޭގައި އެންމެ ފަހާ ޖެހެންދެން އޮތް އިސްލާމީ ވެރިކަން ވައްޓާލީއެވެ. ފުނޑުފުނޑު ކޮށްލުވީ އެދައުލަތުގެ އަހުލުވެރިން ލައްވައެވެ.
ފަހެ، ދަންނާށެވެ! ހުޅަގުން، ޚާއްސަކޮށް އިނގިރޭސިން ކުޅުވާ ކުޅިގަނޑަކީ މިއެވެ. މިހާރުވެސް އެކި ނަން ނަމުގެ ވެރިކަމާބެހޭ ނިޒާމުތަކުގެ ދަޅަ ދައްކައިގެން އެހިންގަނީ ހަމަ އެ މަސައްކަތެވެ. އެކަން އެންމެ ބޮޑަށް އަމާޒުކުރެވިފައި އޮތީ ގުދުރަތީ މުއްސަނދިކަން ބޮޑަށް އޮތް ދިވެހިރާއްޖެއަށެވެ. ބޮޑަށް ޕާލަމެންޓްރީ ވެރިކަން އަދި މަސްހުނި ރިޔާސީ ވެރިކަމައި މިވައްތަރުގެ ހުވަފެންތައް އިސްލާމުންނަށް، އިރުގެ އަލީގައި ދަށްކުވައިގެން އެ ހިންގަނީ، ހަމަ އެމަސައްކަތެވެ.
ފަހެ، ދަންނައެވެ! މި ދުވަސްވަރު ރާއްޖެއިން ވެސް ފެނިގެން މިދަނީ، އަޑީގައި ޔަހޫދީ އިނގިރޭސިން ތިބެގެން ހިންގަމުން ގެންދާ ކުޅި ގަނޑެއްކަން ކަށަވަރެވެ. މުގުލުގައި ބާއްވާފައި އޮތީ ހިންދުތުވާއެވެ. އެކިޖަމާޢަތްތައް އުފައްދައިދީ، އެކިނަންނަމުގައި އެކި މަސައްކަތްތައް ކުރެވެމުން އެބަދެއެވެ. ސިޔާސީ ޕާޓީތަކާ ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ފައިސާ ބަހަމުން ދެއެވެ.
ފަހެ، އޭރާއި މިހާރާ އެއްވެސް ތަފާތެއް ނެތެވެ. މިހާރުވެސް ރާއްޖޭގެ ބޮޑު މަޖިލީހުގެ ތަޅުމުންނާއި ސިޔާސީޕާޓީތަކުގެ އިސްވެރިންގެ ފަރާތުން މިފެންނަނީ ސީދާ އެކުލަވަރު ތަކެވެ. އެހެދުމުގައި ޖަރީވެފައި ތިބި މަންޒަރެވެ. އެއްވެސް ތަފާތެއް ނެތެވެ. އެމީހުންގެ ގާތަށް އަމިއްލައަށް އަރުވާލެވިގެން އުޅުނު ބަޔަކާއި ރަށުތެރޭގައި މަސައްކަތް ކުރިބަޔަކު އޭރުވެސް އުޅުނެވެ. މިއަދު މިރާއްޖޭގައި ވެސް އެބަ ތިއްބެވެ.
މިކަންތައް ގަނޑު މިހިންގެނީ، އިނގިރޭސި ވިލާތުގައި އޮންނަ ކަހަލަ ޕާލަމެންޓްރީ ވެރިކަމުގެ ނިޒާމެއްގެ ދަޅައިގެ ކުލަވަރު ތަކުގެ އަވައިގެ ދަށުންނެވެ. ރައީސް މުހަންމަދު އަމީނަށް ވެސް ފެނިވަޑައިގަތީ، މިވަށްތަރުގެ ޕާލަމެންޓްރީ ނިޒާމެކެވެ. އެ ހުވަފެނުގައި ޒަމާނީ ޑެމޮކްރެސީއެއް އާލާ ކުރެއްވުމަށް ގިނަގުނަ ކަންތައްތަކެއް ކުރެއްވިއެވެ. ދެން ދިވެހި މުޖުތަމައުން މިހާރު މިފެންނަނީ އޭގެ ޅަދަރިވަރުންނެވެ. ސިޔާސީ ގުރުޑުންނެވެ. ގިތިންނެވެ.
ފަހެ، ދަންނާށެވެ! ދުނިޔެ ދުށް އިސްލާމީ ވެރިކަން ނައްތާލުމަށް ހިންގިފައި ހުރި ތާރީޚީ ވާޤިޢާ ތަކަށް ވިސްނައި ދިރާސާކޮށްލުމުން، ހުޅަނގުން މިދައްކާ ވެރިކަމުގެ ވައްތަރުތަކަށް ދިއުމަށް ވުރެ، އަދިވެސް މޮޅު އިތުރު ވެގެން ވަނީ، އިސްލާމި ދައުލަތަކަށް ދިވެހި ދައުލަތް އަނބުރާ ރުޖޫޢަކޮށް އިސްލާމީ ޝަރީޢަތާއި ހައްދުތަކާއި ތައުޒީރުތައް އެކުގައި ތަންފީޒު ކުރެވޭނެ ވައްތަރެއްގެ ރިޔާސީ ވެރިކަމަކާ، ދިމާއަށް ދިއުމެވެ. ފަޑިޔާރުންނަށް ހުކުމް ތަކުގައި އިޖްތިހާދު ކުރުމަށް، އިސްލާމީ ޝަރީޢަތް ހުޅުވާލެވިފައި އޮތުމެވެ.
އެހެން ނޫނީ ދެވަނައަށް އޮތް ގޮތަކީ، އަޅުގަނޑުމެން ނަކީ، ސައްތައިން ސައްތަ އިސްލާމުންނަށް ވާތީ، ކޮންމެ ނަމެއް ކިޔާ ވެރިކަމެއްގެ ވައްތަރެއް ވިޔަސް، އިސްލާމީ ޝަރީޢަތާއި ހައްދުތަކާއި ތައުޒީރުތަކުގައި ހިފުމަށްފަހު، ވެރިކަމުގެ މައިގަނޑު ބާރުތައް ވަކިކޮށް މުސްތަގިއްލު ކޮށް ބޭއްވޭނެ އަމިއްލަ ވައްތަރެއްގައި ހިފުމެވެ.
ހުޅަނގުގެ ޢިލްމީ މަރުކަޒުތަކުން ގްރެޖުއޭޓް ވެގެން ތިއްބެވި ޢިލްމީބޭފުޅުން ދެމަޖިލީހުގައި ގިނަކަމާއެކު، އަޅުގަޑު ދަންނަވާލާ ނަމެވެ. އާއްމު ރައްޔިތުންގެ ކުރިމައްޗަށް މިގެންނަ ދެނިޒާމުގެތެރެއިން އިސްލާމީ ދިވެހި ދައުލަތުގެ ވެރިކަމުގެ ބާރާއި ސިޔާދަތު ދެމެހެއްޓުމަށް ފަސޭހަ ވާނީ، ރިޔާސީ ވެރިކަމުގެ ނިޒާމެއްގައި ހިފައިގެންނެވެ. ވަރަށް ކެރިގެން ހުރެ އަޅުގަނޑަށް، މިހެން ދަންނަވަން ކެރެއެވެ.
ރިޔާސީ ނިޒާމުގައި ބާރުތައް ވަކިވެފައި އޮތުމާއި ޒިންމާދާރުވާގޮތް އެހެން ވައްތަރުތަކަށް ވުރެ މާބޮޑެވެ. އެއީ، ވެރިމީހާ ހޮވުމުގެ ބާރު މުޅި ގައުމުގެ އެންމެންނަށް ބެހި، ހިއްސާވާގޮތަށް ރޭވިފައި އޮންނާތީއެވެ.
ފަހެ، މި ގޮތުގެ މަތީން ބާރުތައް ވަކިވެފައި އޮތުމަކީ، އެއްބާރު އަނެއް ބާރުގެ މައްޗަށް ވެރިވެ ނުގަތުމެވެ. މުސްތަގިއްލު ބާރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިއުމެވެ. މިހަމައިގެ މަތިން ބާރުތަކުގެ އުސޫލުތަކާއި ދާއިރާތައް ކަނޑައެޅި ސާފުކޮށް ލިޔެވިފައިވާ އަސާސީ އެއްގެ ދަށުން، ވެރިކަމުގެ ބާރު އެންމެ މީހެއްގެ ދަށަށް (ރައީސުލް ޖުމްހޫރިއްޔާ އެއްގެދަށަށް) ދޫކޮށްލުމަކީ، ފަސާދަ ކަމުގައި ބަލައިގެން ނުވާނެއެވެ. އެންމެ މީހެއްގެ މަސްއޫލިއްޔަތާއި ޒިންމާގެ ދަށަށް ޢުސޫލުތަކަ ކާއި ހަމަތަކެއްގެ މަތިން ވަކި މުއްދަތަކަށް ހަވާލު ކުރެވޭ ވެރިކަމަކީ، ކޮރަޕްޝަން އުފެއްދުމަށް ދޮރެއް ހުޅުވާލެވުނީ ކަމުގައި ދެކިގެން ނުވާނެއެވެ.
ފަހެ، އެއީ ވަކިބާރެކެވެ. އެހެން ބާރުތަކާ މުޅިން ވަކި ބައެކެވެ. އެހެން ބާރެއްގެ މައްޗަށް ބާރާއި ނުފޫޒު ނުފޯރުވޭނެ ބައެކެވެ. ހަމަގައިމުވެސް މިގޮތުން ހިންގާ ވެރިކަމެއްގައި ފަސާދަ ވެފައިވާ، ދައުލަތަށް ވަރުވާއާއި ކުއްޔާއި ޓެކުސް ނުދައްކާ ބޮޑެތި ފައިސާވެރިންގެ ބިރުވެރި ކަމުންނާއި ޑްރަގް ރަސްރަސްކަލުންގެ އަނިޔާވެރި، ބިރުވެރި ކަމުން ރައްޔިތުންނަށް ލުޔެއް ލިބުމުގެ ޗާންސު ބޮޑުވެފައި އިތުރުވާނެ އެވެ. މާފިއާގެ ބާރު ކުޑަކުރެވޭނެއެވެ.
ބޮޑުވަޒީރުގެ އަޣްލަބިއްޔަތު އޮންނަ ދުވަސް ވަރުގައި މުޅި ޕާލަމަންޓަށް ނޫފޫޒާއި ބާރު ހިންގައިގެން އެނާގެ ޕާޓީން، ބޭނުންވާހާ ގޮތަށް، ގާނޫނު ތަކަށް ބަދަލު ގެނެސް ބާރާއި ނުފޫޒު ފޯރުވާގޮތަށް، ރިޔާސި ނިޒާމެއްގައި ބާރުތައް ވަކިވެފައި އޮންނައިރު ރައީސުލް ޖުމްހޫރިއްޔާ އަށް، ޕާލަމެންޓަށް ބާރެއް، ނުފޫޒެއް ނުފޯރު ވާނެއެވެ.
ފަހެ، ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅު ވާހާގޮތެއް ޕާލަމެން ޓަކަށް ހަދައެއް ނުލެވޭނެއެވެ. އަދި ޕާލަމެންޓުން ރައީސަށް ވަކިކަމެއް ކުރުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އަދި ބޭނުންފުޅުވާހާ ގާނޫނަކަށް ބަދަލެއް ވެސް ނުގެނެވޭނެ އެވެ. އެހެނަސް ޕާލަމެންޓްރީ ނިޒާމެއްގައި ބޮޑުވަޒީރުގެ ޕާޓީއަށް، އަޣްލަބިއްޔަތު އޮންނަ އިރު، ޕާލަމެންޓަށް އޭނާގެ ބާރާއި ނުފޫޒު ފޯރުވައި ބޭނުންވެއްޖެ، ގާނޫނަކަށް ބޭނުންވާހަ ބަދަލެއް ގެނެވޭނެ އެވެ.
ފަހެ، މިއީ ރާއްޖެ ކަހަލަ ކުޑަގައުމެއްގައި އަދި މިއޮތް ފެންވަރުގައި، ޕާލަމެންޓްރީ ނިޒާމު ހިންގުމުން ފެންނާނެ ނުބަޔާއި ހަލާކެވެ. ފަސާދަވެފައިވާ، ފައިސާވެރި މަދު ބައެއްގެ ނުފޫޒުން ބޮޑުވަޒީރެއް ކޮންޓްރޯލް ކުރާނެ ގޮތެކެވެ. ރައީސުލް ޖުމްހޫރިއްޔާ ހޮވާނީ އެންމެންގެ ވޯޓުން ކަމަށް ވާތީ، މިފަދަ ނުފޫޒުތައް ހިންގޭލެއް މާދަށް ވާނެކަން ކަށަވަރެވެ.
ފަހެ، މިއީ މީހުންކޮޅު މަދު، ކުދި ގައުމުތަކުގައި ރިޔާސީ ނިޒާމު ހިންގުމުން ފެންނާނެ ފޮނިކަމާއި ލައްޒަތެވެ. އަމާންކަމާއި ފާގަތިކަމާއި މިނިވަންކަމެވެ.
އާދެ! ވެރިކަމުގެ ނިޒާމާބެހޭ މިފަދަ ޚިޔާލުތަކާއި ވާހަކަތަކަކީ، ޕާލަމެންޓްރީ ނިޒާމެއް މެދުވެރިކޮށް، ފަސާދަ ވެފައިހުންނެވި، ސައުދާގަރަކު އޭނާގެ ފައިސާވެރިކަމުގެ ކުޅަދާނަކަމާއި ޗާލާކީގައި މުޅި ގާނޫނުހަދާ މަޖިލީހުގެ މައްޗަށް ނުފޫޒާއި ބާރު ހިންގާލެވި ދާނެކަމުގެ ހުވަފެންތައް ދެކެމުންދާ މީހުން، އަމިއްލަ ދަހިވެތި ކަމެއްގެ ދަށުން ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުން ތަކެވެ.
ޕާލަމެންޓުގެ ގިނަ ގޮނޑިތަކެއް ފައިސާ ބަހައިގެން، މިލްކުކުރެވޭނެ ކަމުގެ އުފަލުގައި އޮޅުވާލާ އޮޅުވާލުން ތަކެވެ. އެފަދަ ފާސިދު، ފައިސާ ވެރިޔާގެ ޚިޔާލާއި ވިސްނުމަކަށް ވާނީ، ނުވަތަ އޭނާނެރޭ ގޮނޑިކޮއްކޮއަކު ވާނީ، ޕާލަމެންޓުގެ ހުރިހާ ގޮނޑިއެއް ގަނެލައިގެން ބޮޑުވަޒީރަކަށް ވުމުގެ ހަވަފެނަށެވެ. ނުވަތަ އޭނާގެ ފުރިހަމަ ނުފޫޒު ހިންގޭނެ ބޮޑުވަޒީރަކު ބެހެއްޓުމެވެ. އާބާދީދަށް، ކުޑަ ގައުމެއްގައި، މަދު ގޮނޑިކޮޅެއްގެ ކުޑަކުޑަ ޕާލަމެންޓެއް ގައި މިއީ، ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
ފަހެ، ދަންނާށެވެ! އެހެންވުމުން މިވާހަކަ ތަކަކީ، އަމިއްލަ އެދުން އިސްކުރުމަށް ދަށްކާ ވާހަކަތަކެވެ. ރާއްޖެ ފަދަ ތިންލައްކަ އެއްހާ މީހުން ދިރިއުޅޭ ގައުމެއްގެ ރައްޔިތުންގެ މަޖިލީސް، އާބާދީގެ ނިސްބަތުން ބޮޑުވަމުން ދާއިރު، ގޮނޑީގެ އަދަދު އެންމެ ގިނަ ވާނެކަމަށް ލަފާކުރެވެނީ، އައްޑިހައިން ފެށިގެން ނުވަދިހައާ، ހަމައަށެވެ. މިފަދަ މަދު ގޮނޑިކޮޅެއްގެ ތެރެއިން ވަޒީރުުންގެ މަޖިލީސް ނަގައި ސަރުކާރެއް ބޮޑުވަޒީރަކާ އެކު، އެކުލަވާލާއިރު ބޮޑުވަޒީރަކީ، މުޅި ޕާލަމެންޓްގެ ތިލަފަތުގެ އޭނާގެ ކޮޅަށް ބަރުކޮށްލާނެ ހުޝިޔާރު މީހެއްކަން ހުރިހާ ރައްޔިތުންވެސް ދަންނަންވާނެ އެވެ.
މިއީ ތިންލައްކަހަތަރު ލައްކައިގެ އާބަދީއެއްގެ ޕާލަމެންޓްރީ ނިޒާމެއްގައި މިކަންވާނެ ގޮތެވެ. ހިނގާނެ ގޮތެވެ. ތަޖުރިބާ ކުރެވޭނެ ގޮތެވެ. މުޅި ޕާލަމެންޓް އޮންނާނީ އެފަދަ ބާރުވެރި ބޮޑުވަޒީރެއްގެ ނުފޫޒާއި ބާރުގެ ދަށުގައެވެ. ދެން އޮންނާނީ، ކޯލިޝަން ހެދުމުގެ ފޯރިގަނޑާއި ޕާޓީތަކުގެ ޒާތީ އަރާރުން ގަނޑެވެ. ބުމަރުން ގަނެވިއްކުމެވެ. ހޯސްޓްރޭޑިންއެވެ.
އަދި ތިންވަނަ ދުނިޔޭގައި ޕާލަމެންޓްރީ ނިޒާމުގެ ނަމުގައި، އަބާދީ ބޮޑު، މީހުންގިނަ ތަންތާގައި، ތަޖުރިބާ ކުރަމުންދާ ކަންތައް ގަނޑު، އަޅުގަނޑުމެން ވެސް، އިޔާދަ ކޮށްލަ ކޮށްލާ ތިބުމެވެ. ކުޑަ ގައުމެއްވީމާ ވަރަށް ފޯރިގަދަވާނެ އެވެ. މަޖިލިސް ތެރޭގައި އަބަދުވެސް ރައްޔިތުންގެ އަޑު، ވަރަށް ގަދަކޮށް އުފުލާ އަޑުފައްގަނޑު އިވެމުންދާނެ އެވެ. ނޫސްތަކުގައި ލިޔާނެ ފާޑުފާޑުގެ ޒަމާނީ ޑިމޮކްރަސީއާ ގުޅޭ ވާހަކަތައް ހުންނާނެއެވެ. އެހެނަސް ކަންތައް ކުރާނީ، ބޮޑުވަޒީރުގެ ޕާޓީއަށް ފައިދާވާ ގޮތަށެވެ. ހުރިހާ ކަމެއްވެސް ނިމޭނީ އެޕާޓީއަށް ފެންނަގޮތަށެވެ.
ފަހެ، ރައްޔިތުންކޮޅު މަދުވީމާ ރާއްޖޭގައި މިކަން ހިނގާނީ، ތަފާތުގޮތަކަށް، މުޅިން އެހެން ސިފައަކަށެވެ. އަނެއް ރާއްޖެ ގޮތަށެވެ. ބޮޑުވަޒީރު ހުންނާނީ، އެންމެންނަށް ވުރެ، ނުފޫޒާއި ބާރުގަދަކޮށް މާމަތިވެރި މީހެއްގެ ގޮތުގައި އިސްކޮށް، އުފުލި ފެންނާށެވެ. ވަކިކުލައެއްގައި ފުއްޕާފައެވެ. ދިއްލިފައި ހުންނަ ބައްތިއެއްހެން އަލިގަދަކޮށް ފާހަގަވެފައެވެ.
ފަހެ، ދަންނާށެވެ! ރިޔާސީ ނިޒާމެއްގައި، ދައުލަތުގެ ބާރުތައް ވަކިކޮށް އޮވެގެން ހިނގަމުންދާއިރު ވަކިބާރެއް އިސްކޮށް ފެންނަން ހުއްޓަސް އިޚްތިޔާރުތަކާއި ޒިންމާތައް އޮންނާނީ، ވަރަށް ހަމަހަމައަށް ބެހިފައެވެ. މުސްތަގިއްލު ކޮށެވެ. ވެރިމީހާ (ރައީސް) އިސްސަފުގައި ފެންނަން ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. އެއީ އިމާމުމީހާއެވެ. ހާކިމާއެވެ.
ފަހެ، ދަންނާށެވެ! މިބަހުސަށް ދާންވެއްޖެ ނަމަ، ބޮޑު ވަޒީރެއް ހުއްޓަސް، އަދި ރައީސަކު ހުއްޓަސް އެދެމީހުންވެސް، އުފުލިފައި އިސްކޮށް ފެންނަން ހުންނާނެ ކަން ޔަގީނެވެ. ރިޔާސި ނިޒާމުގައި، ވެރިމީހާ އެހެން މީހުންނަށް ވުރެ އުފުލިލާފައި ފެންނަން ހުއްޓަސް ކަނޑައެޅިފައި އޮންނަ ހުދޫދުން ބޭރެއް ނުވެވޭ ނެއެވެ. މަޖިލިސް ތެރެއަށް ބާރެއް ނުފޯރުވޭނެއެވެ. އަދި އެހެން ބާރުތަކަށް ވުރެ، މަތިވެރި ދަރަޖައެއް ވެރިކަމުގެ ބާރަށް އެއްގޮތަކަށް ވެސް ނުދެވޭނެ އެވެ. މަޖިލީހުން ބަޖެޓް ފާސްކޮށް ސަރުކާރާ ހަވާލުކުރާނީ އެވެ. އަދި ޚަރަދު ކުރަމުންދާ ގޮތް ބަލަހައްޓައި މަގަށް އަޅުވާނީ، ސީދާ ރައްޔިތުންގެ މަޖިލީހުން ނެވެ. އެކަމަށް ހޮވިފައި ހުންނަ ކޮމެޓީތައް މަޖިލީހުގައި ހަރަކާތްތެރިވާނެ އެވެ.
ބޮޑު ވަޒީރަކަށް ނުވާތީ، ރައީސަށް، މުޅިމަޖިލިސް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ. އެނާ ހަމަހުންނާނީ އެވެ. އަދި، އަދުލު އިންސާފުގެ ދޮރާށީގައި ވެރިމީހާއަށް، ޓަތްކެއް ނުޖެހޭނެ އެވެ. ސިޓީބިޓީން އަމުރެއް ނުހިންގޭނެ އެވެ. ރައްޔިތުންގެ މަޖިލީސް އެކުލަވާލުމުގެ ހުރިހާ މަސައްކަތެއް ހިންގާނީ، އިންތިޚާބާ ބެހޭ ވަކި މުސްތަގިއްލު ކޮމިޝަނަކުންނެވެ. ވެރިމީހާގެ ހިލަމެއް ވެސް ވެގެން ނުވާނެއެވެ. އެއް ގޮތަކަށް ވެސް ގާނޫނުތައް ހެދުމުގެ މަސައްކަތަށް ވެރިކަމުގެ ބާރެއް ނުފޯރުވޭނެ އެވެ.
ފަހެ، ވިސްނާލައްވަންވީ ޕާލަމެންޓްރީ ނިޒާމާއި ރިޔާސީ ނިޒާމާ ދެމެދުގައި އޮންނަ އެންމެ ބޮޑު ތަފާތަކީ، ވެރިކަން ކުރާ ފަރާތުގެ ހުދޫދު ތަކާއި ހަމަތައް ކަމުގައެވެ. ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގަމުން ގެންދަން ޖެހޭނީ ހުރިހާ ޕާޓީ ތަކުންނާއި ސީދާކޮށް ރައްޔިތުން ފޮނުވާ މަންދޫބުން ތަކެއް، އެއްވެ ތިބެގެން މަޖިލީހުން ފާސްކޮށްފައިދޭ ހުދޫދެއްގެ ތެރޭގައި އޮންނަ ހަމަތަކެއްގެ މަތިންނެވެ. މަޖިލީހުގެ ކޮމެޓީތަކުން ސުވާލުކުރެވޭ ގޮތަށެވެ.
ފަހެ، މިއިމުގެ ތެރޭގައިތޯ ކަންތައްތައް ހިނގަމުންދާނީ، ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ޒިއްމާއަކީ، މަޖިލީހުން އަދާކުރަން ޖެހޭ ވާޖިބެއްގެ ގޮތުގައެވެ. ވެރިކަން ހިންގާ އެންމެ އިސްފަރާތަކީ، ނުވަތަ ސަރުކާރުގެ އެންމެ މަތީ ވެރިމީހަކީ، ގާނޫނުހަދާ މަޖިލީހުގެ ބަލަދު އަރާފައިވާ މީހަކަށް ވާންޖެހޭނެ އެވެ.
ފަހެ، އެންމެ ފުރިހަމަ ގޮތުގައި ބަލަދު އަރާގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮންނަ މީހަކަށް ވާން ވާނެއެވެ. އަދި އެންމެހާ ރައްޔިތުންގެ ރުހުމާއި ލޯބި ލިބިފައިވާ މީހަކަށް، އެމީހަކު ވާން ވާނެއެވެ. އަމާންކަމާއި ފާގަތިކަމާއި މިނިވަންކަން އޭރުން އޮންނާނެއެވެ. ފަހެ، މިއީ ރިޔާސީ ނިޒާމުގެ ފޮނި މީރު ރަހައެވެ.
އާދެ! ޕާލަމެންޓްރީ ނިޒާމާ އެއްގޮތަށް ރިޔާސީ ނިޒާމުގައިވެސް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރާނީ ޕާޓީ ތަކުގެ މެދުގައި ވާދަ ކުރެވޭ އިންތިޚާބަކުންނެވެ. އިތުުރަށް މިނިޒާމުގައި ވަކި ޕާޓީއަކައި ނުގުޅިތިބޭ މީހުންގެ ތެރެއިންވެސް ބޭނުން ވާފަރަތަކުން އަމިއްލައަށް މިފަދަ އިންތިޚާބުތަކުގައި ބައިވެރިވެ ވާދަ ކުރެވޭނެއެވެ. ޢާއްމު އިންތިޚާބުން އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީއަކުން ސަރުކާރު އެކުލަވާލުމެއް މިނިޒާމަކު ނޯންނާނެއެވެ.
މިނިޒާމުގައި ސަރުކާރު އެކުލަވާލާނެ މީހަކު ހޮވާނީ، އެންމެހާ ރައްޔިތުންގެ ވޯޓަކުން ނެވެ. ފުރިހަމަ އަޣުލަބިއްޔަތު އެމީހަކަށް ލިބެން ޖެހޭނެއެވެ. ވޯޓުގެ މަރުހަލާ ވާން ވާނީ، ސިއްރު ވޯޓަކަށެވެ. ހަގީގަތަކީ ވޯޓުސިއްރު ކުރުން ނުބޭއްވުމެވެ. އެމީހަކު ތާއީދު ކުރާ މީހަކު ފާޅުގައި ބުނެވެން ޖެހޭނެއެވެ. ބައިއަތު ހިފުމުގައި އޮންނަގޮތަށެވެ.
ޕާލަމެންޓްރީ ޒިނާމަކަށް ވުރެ އެންމެހާ ރައްޔިތުންގެ ބައިވެރިވުން މިނިޒާމުގައި ލިބި ބޮޑުވަނީ މިމަރުހަލާއިން ނެވެ. ވޯޓުގައި އެންމެހާ މީސްތަކުންގެ ބައިވެރިވުން ލިބިގެންދާތީ އެވެ. އިންސާފުވެރިކަން ހަމަހަމަކޮށް، ހުރިހާ ފަންތިއެއްގައި ވެސް މިނިޒާމުގައި އެއް ފެންވަރަކަށް ލިބިފައި އޮންނާތީ އެވެ. އަމާންކަމާއި ފާގަތިކަމާއި މިނިވަންކަމަކީ މިއެވެ. ފަހެ، ދަންނާށެވެ! މިއީ ރިޔާސީ ނިޒާމުގައި އެކުލެވިގެންވާ މީރުކަމާއި ލައްޒަތެވެ.
ފަހެ، ބަރުލަމާނީ ނިޒާމެއްގައި މިދެންނެވި ކުޅިގަނޑު ކުޅޭނީ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. ޕާޓީ ކާމިޔާބު ހޯދުމާއެކު، އެހެން ހުރިހާ ފަރާތެއްގެ ބައިވެރިވުމުން އެކަހެރިވީއެވެ. މުޅި ރައްޔިތުންނަކީ ވަކިބައެކެވެ. އަމުދުން ޕާޓީ އަކާއި ނުގުޅި ތިބި އެންމެހައި ރައްޔިތުންގެ ބާރުން އެމީހުން ވަކިވެ، ނެއްޓުނީއެވެ. އެހެން ޕާޓީތަކުގެ މެންބަރުންނަށް މަޖިލީހު ގައި ތިބެވުނަސް ހުރިހާ ބާރަކާއި ނުފޫޒެއް ހިންގާނީ ސީދާ ބޮޑުވަޒީރެވެ. އަދި އެނާގެ ފާޓީއެވެ.
އޭރުން، އިދިކޮޅު މީހުން މަދުވާނެއެވެ. ފޯރިގަދަ ބަހުސަކަށް ފަހު ނިމޭނީ ބޮޑުވަޒީރު ބޭނުންވާ ގޮތަށެވެ. ފަހެ އެ ހިސާބުން، އެންމެހާ ރައްޔިތުންގެ ފަރާތުން އޮތް ޕްރެޝަރު ފަސް އަހަރުވަންދެން އަނެއްކާވެސް ހަމައެކަނި މަޖިލީހުގެ ތަޅުމާހަމައަށް ކުޑަވެ، ހަނިވެގެން ދިޔައީއެވެ. މަހުޖަނުންގެ މުއްސަނދިކަމުގެ ޗާލާކީ ހުނަރުތައް ކޮޅުކޮޅު މައްޗަށް ރާވާ ހިންގާލުމަށް އޮންނަ ދާއިރާ، މާބޮޑަށް ފުޅާވެގެން ދިޔައީއެވެ. ފަހެ، ސިޔާސީ ރާޒުވާ ކުޅިގަނޑު ކުޅެލުމަށް މާފަސޭހަ ވެގެން ދިޔައީއެވެ.
ފަހެ ދަންނާށެވެ! ރިޔާސީ ނިޒާމުގައި މިފަދަ މަހުޖަނުންގެ ކުޅިގަނޑު، ރަވާއި ހިންގައި ކުޅެންޖެހޭނީ އެންމެހާ ރައްޔިތުންގެ ތެރޭގައެވެ. ގައުމުގެ ހުރިހާ ހިސާބެއްގައި، ހުރިހާ ސަރަހައްދެއްގައި ހުރިހާ ރަށެއްގައެވެ. އޭރުން މަހުޖަނުން ނަށް ކުޅިފަސް ހޯދަން އުނދަގޫވެފައި އިތުރު ފަޟީހަތާއި ދަތިތަކާ ކުރިމަތިވާލެއް ގިނަވާނެއެވެ. އަދި އެހެން ބާރުތަކުންނާއި ފަރުދީ ފެންވަރުގައި އެކި އެކިފަރާތް ތަކުން އެދޭތެރެއަށް ފަސޭހައިން ވަދެގަނެވޭ ނެއެވެ.
މުޅި ޖަމާޢަތަށް އިންސާފު ހޯދައި ދިނުމުގެ މަގު ބޮޑަށް ހާމަވެފައި ފަސޭހަކަމާއެކު ހޯދައި ގަނެވޭނެއެވެ. ނޫސްވެރިންގެ ދައުރު ކުޅެން ފަސޭހަވާނެއެވެ. އުފެދޭ މައްސަލަތައް ފެންމަތިވެ ތިލަވާލެއް ގިނަވާނެއެވެ. އިންސާފަށް ހުށަހެޅި، އިންސާފުގެ ދައުރު ބޮޑުވާއެވެ. އޮންނާނީ މާ އޯޕަން ކޮށެވެ. އެންމެންގެ ތެރެއަށް ހުރިހާ ކަމެއް ހުޅުވާލެވި ފައެވެ.
އިންސާފު ހޯދުމަށާއި ނުކިއްސަރު ކަންތައްތައް ހަމައަކަށް އަޅުވަން ފަސޭހަވާނެއެވެ. ފަރުދީ ފެންވަރުގައި މުސްތަގިއްލު ބާރުތަކުން އަމިއްލަ ހައްގުތައް ދިފާއުކޮށް ހިމާޔަތް ކުރަން ފަސޭހަވާނެ އެވެ. މިއީ ރިޔާސީ ނިޒާމުގެ މޮޅުކަމާއި ފޮނިރަހައެވެ. އަދި މަޖާކަމާއި ހިތްހަމަޖެހުމެވެ. އަމާންކަމާއި ފާގަތިކަމާއި މިނިވަންކަމެވެ.
ފަހެ، ޕާލަމެންޓްރީ ނިޒާމުގައި ވެރިކަން ކުރާފަރާތް ކަމުގައިވާ ބޮޑުުވަޒީރު ކަނޑައެޅުމުގައި ރައްޔިތުންގެ ތާޢީދު އޮތްތޯ ނެތްތޯ އެންމެހާ ރައްޔިތުންގެ ކިބައިން ބަލާކަށް ނުޖެހެއެވެ. ކޮންމެހެން މުޅި ރައްޔިތު، އެންމެންގެ ރުހުން އޮންނާކަށް ވެސް ނުޖެހެއެވެ. ކޮންމެ ފަސްއަހަރުކުން އެއްފަހަރު މަޖިލީހަށް މެންބަރުންކޮޅު ހޮވާލީމާ ހުރިހާކަމެއް ނިމުނީއެވެ. ޕާލަމެންޓްރީ ނިޒާމުގައި ބޮޑު ވަޒީރަށް، ސަރުކާރު ހިންގުމަށް ވަޒީރުންނާއި ބޮޑުން ނެގެނީ ޕާޓީގެ ރުހުމާއެކު ޕާލަމެންޓު ތެރެއިންނެވެ. އޭރުން ދާއިރާ ވަރަށް ބޮޑަށް ހަނިވީއެވެ.
އަދި ވެރިކަމުގެ ތެރޭގައި ބޮޑު ވަޒީރަކަށް ހުންނަ މީހާގެ ބާރު އޮންނަނީ މަތީ ދަރަޖައަކަށް ޚުދުމުޚްތާރުކޮށެވެ. ބޭނުންވާ ގޮތަކަށް ކަންތައްތައް ހަލުވާލަން ފަސޭހަ ވާނެއެވެ. ނިންމާލަން ފަސޭހަވާނެ އެވެ. ބޮޑު ވަޒީރުގެ ކެބިނެޓަށް ނުވަތަ ވަޒީރުކަމަށް، ބޮޑުވަޒީރު ބޭނުން މީހެއް ގެނައުމަށް އޮންނަ ޖާގަ ފުޅާވެފައި ވަރަށް ބޮޑެވެ. އަމިއްލަ ނުފޫޒާއި އެހެނިހެން އަމިއްލަ ކަންތައްތައް ފަސޭހައިން ހިންގާލެވޭނެ އެވެ.
އަދި، ކުދި ގައުމުތަކުގައި، މަހުޖަނުން ނަށް މިނިޒާމުގައި ކާމިޔާބު ހޯދުން ފަސޭހަ ކަމުގައި ތަޖުރިބާ ތަކުން ވަނީ، ދައްކާފަ އެވެ. ކުޅިފަސް ހިންގާއި ނިންމާލުމަށް، އޮންނަ ދާއިރާ ހަނިކަމުންނެވެ. ހަމައެކަނި މަޖިލީސް ތެރޭގައި ރާޒުވާ ބޯޑު ރާވާލުމުން ފުދުނީއެވެ. ފަހެ، މިއީ ކުދިކުދި ގައުމުތަކުގައި ރިޔާސީ ނިޒާމަށް އިސްކަން ދޭންޖެހޭ މުހިންމު ސަބަބުތަކެވެ.
ފަހެ، ދަންނާށެވެ! ރިޔާސީ ނިޒާމުގައި ވެރިކަން ހިންގުމަށް އެންމެ އިސްކޮށް، ހަރަކަތް ތެރިވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން، އެންމެހާ ރައްޔިތުންގެ މެދުގައި ބާއްވާ ޢާއްމު އިންތިޚާބެއްގައި ވާދަކޮށްގެން ކާމިޔާބު ހޯދާ މީހާއެވެ. ފަހެ އެމީހަކު ހަގީގަތުގައި ވެގެންދާނީ، ހުރިހާ ޕާޓީއެއް، އެއްބަސްވެ ރުހުން ލިބޭ ވެރިމީހާ އަށެވެ. އެހެން އެވަނީ، އެމީހަކީ މުޅި ރައްޔިތުންގެ ވޯޓުން ހޮވޭ މީހަކަށް ވާތީއެވެ.
އަދި އޭނާއަކީ، ހަމައެކަނި އެންމެ ޕާޓީއަކުން ހޮވާމީހެއް ނޫންކަމުގައި ވާތީއެވެ. ނުރުހޭ ޕާޓީތައް ޕާލަމެންޓުގައި ތިއްބަސް އެމީހަކީ، އެންމެންގެ ރުހުން ހޯދައިގެން އަޣްލަބިއްޔަތުން ހޮވިފައި ހުންނަމީހާ އެވެ. ފަހެ، މިއީވެސް ރިޔާސީ ނިޒާމުގެ ފޮނި ރަަހައިގެ މީރު ކަމެވެ. އަމާންކަމާއި ފާގަތިކަމާއި މިނިވަންކަމެވެ.
ވެރިމީހާ ހޮވުމުގައި ކުދި ބޮޑު ހުރިހާ ޕާޓީއެއްގެ ހިއްސާއާއި އެންމެހާ ރައްޔިތުންގެ ބައިވެރި ވުމާއި ފުރިހަމަ އެއްބައި ވަންތަކަން އޮންނާނެއެވެ. ހުރިހާ ޕާޓީތަކެއް ވެގެން ގާނޫނު ހަދާ މަޖިލީހުން ގެންދާނީ ސަރުކާރު ހިންގާ ވެރިމީހާއާއި އޭނަގެ ސަރުކާރުގެ އެންމެހާ ވަޒީރުންނާއި އަދި ސަރުކާރު ހިންގުުމުގެ އެންމެހާ ކަންތައްތައް ވަރަށް ގާތުން ބަލަހައްޓާ މޮނިޓަރ ކޮށް ޒިންމާދާރު ވަމުންނެވެ. އަދި ޒިންމާދާރު ކުރުވަމުން ނެވެ.
ސަރުކާރުގެ އެންމެހާ ކަންތައް ވަރަށް ކައިރިން ބަލާ ދިރާސާ ކުރަމުން ގެންދާނެއެވެ. ދުވަހުން ދުވަހަށް މަޖިލީހުން ބޭނުން ވެއްޖެނަމަ، ނުވަތަ ވަކި މެންބަރަކު، ބޭނުން ވިޔަސް ޖަވާބުދާރީ ވާންޖެހޭނެއެވެ. ބޭނުން ވާކޮންމެ ސުވާލެއް ކުރެވޭނެ އެވެ. މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރެވޭނެ އެވެ. މިދޮރު އޮންނާނީ ފުޅާކޮށް ހުޅުވިފައެވެ. ރިޔާސީ ނިޒާމުގައި ގާނޫނުހަދާ މަޖިލީހުން ސުވާލު ކުރުމެއް ނޯންނާނޭ ބުނާ ބުނުމަކީ، ކަނޑައެޅިގެން ރޯމަރު ގޯސްވާހަކަ އެކެވެ.
ސަރުކާރުގެ ވެރިޔާއަށް ވެސް އަދި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ ވެރިންނަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ދޮގެއް ނުހެދޭނެ އެވެ. އޮޅުވާލައިގެން ބަހެއް ނުބުނެވޭނެ އެވެ. އަދި ދޮގު މައުލޫމާތެއް ނުދެވޭނެއެވެ. ހަމަ މިކަމަކީ، ޕާލަމެންޓްރީ ނިޒާމުގައި ކުށަކަށް ވާފަދައިން، ރިޔާސީ ނިޒާމުގައި ވެސް ރައްޔިތުންގެ މަޖިލީހަށް އޮޅުވާލުމަކީ، ވަރަށް ބޮޑު ކުށެކެވެ. ބޮޑުވެގެންވާ ޖުރުމަކަށް ވާނެއެވެ. ގަވާއިދުން އެމަސްއޫލު ވެރި ފަރާތާމެދު ފިޔަވަޅު އެޅޭނެ އެވެ. އަދުލް އިންސާފުގެ ބާރަށް ހުށަހެޅޭނެ އެވެ.
އާދެ! ޕާލަމެންޓްރީ ނިޒާމެއްގައި ވެރިކަމުގެ ފަރާތާއި ރައްޔިތުންނާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ހަނި ވެގެން ދާނެއެވެ. އެ ގުޅުން ބިނާވެފައި އޮންނާނީ ހަމައެކަނި އެޕާޓީގެ މައްޗަށެވެ. އެގުޅުން އެއަށް ވުރެ ފުޅަލެއް ނުކުރެވޭނެ އެވެ. ވަޒީރު ބޭފުޅުންނަކީ ވެސް އަދި ސަރުކާރު ހިންގުމުގެ އެންމެ މަތީ ވެރިޔާކަމުގައި ހުންނަ ބޮޑުވަޒީރަކީ ވެސް އެޕާޓީގެ މީހުންނެވެ. ނުވަތަ އެޕާޓީއާ ގުޅިފަވާ ޕާޓީމީހުންނެވެ. އަދި ހަމަ އެހެންމެ އެހެން ސިޔާސީ ޕާޓީ ތަކާ ވެސް އާއްމު ރައްޔިތުންގެ ދައުރު ޕާލަމެންޓަރީ ނިޒާމުގައި ވަރަށް ކުޑަވާނެއެވެ.
އެހެން ޕާޓީ ތަކުން ދެކޮޅު ހެދިޔަސް ރައްޔިތުންގެ މަޖިލީހުގައި ގަދަކަން ދައްކާ ހަރަކާތްތެރި ވާނީ، ބޮޑުވަޒީރު ހުންނަވާ ޕާޓީއެވެ. އިދިކޮޅު ފަރާތްތަކުގެ ޒިއްމާ އަދާކުރުމުގެ ދައުރު އަބަދުވެސް އޮންނާނީ ދަށުގައެވެ. ވަރަށް ހަނިކޮށެވެ. ފަހެ، ބޮޑު ވަޒީރު ހުންނަވާ ޕާޓީ ތެރޭގައި އުފެދޭ ކޮންމެ ގުގުމާލުމަކީ، ބޮޑުވަޒީރަށް ސީދާކޮށާއި ނުސީދާކޮށް އަސަރު ކުރާނެކަމެ ކެވެ. ޕާޓީއަށް ފެނިއްޖެ ހިނދެއްގައި ބޮޑުވަޒީރުގެ އިތުބާރު ގެއްލިއްޖެކަމަށް ބުނެ ބޭރުކޮށްލުމަށް ފަހު، އެހެން މީހަކު އެމަގާމަށް ގެނެސްފާނެ އެވެ.
މިފަދަ ކޮންމެ ހަލަބޮލިކަމަކީ، މުޅިގައުމަށް އަސަރުފޯރާނެ ކަންކަމެވެ. ސަރުކާރު ހިންގަން އޮންނަ ޕާޓީއަށް އަރާކޮންމެ ލޮޅުމަކީ، މުޅިގައުމުގެ އިގްތިސާދަށާއި ހުރިހާކަމަކަށް އަރާނެ ލޮޅުމެއްކަން ކަށަވަރެވެ. މިސާލަކަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީއަށް މިދޭތެރެއިން ދިމާވިކަހަލަ މަރުހަލާއެއް އެމްޑީޕީ ވެރިކަމުގައި އޮއްްވާ ދިމާވިނަމަ، މުޅިގައުމާއި ދައުލަތަށް ދިމާވެގެންދާނީ، ކޮންކަހަލަ ލޮޅުމެއްކަން ތިޔައިން ކޮންމެ ބޭފުޅަކަށް ވެސް ވިސްނާލެއްވޭ ނެއެވެ. އޭރުން ޕާލަމެންޓްރީ ނިޒާމުގައި ވެގެންދާނެ ގޮތް ތަޞައްވަރު ކޮށްލައްވަން ފަސޭހަފުޅުވާނެ އެވެ.
އާދެ! އެވަގުތު އެމްޑީޕީގައި ނައިބު ރައީސަކަށް ހުންނެވީ ރައީސްގެ މަގާމު ފުރުމަށް އެންމެ ތިން ވޯޓް ލިބިވަޑައިގެންނެވި، އެންމެހާ ރައްޔިތުންގެ ކުޑަވެސް ތާޢީދެއް ނެތް ކުރީ ސަރުކާރުގެ ކޮރަޕްޓް ބޭފުޅެއް ކަމުގައިވާ އަލްފާޟިލް އިބްރާހީމް ހުސައިން ޒަކީއެވެ. ފާޓީގެ ތާއީދާ އެކު ހޮވިފައި ހުރި، ރައީސް ވަކިބަޔަކު ބޭނުންވީމާ ނަގާއެއްލައިލީ އެވެ.
ފަހެ، އެމްޑިޕީގެ ރައީސް އަލްފާޟިލް އިބްރާހީމް އިސްމާޢީލަށް ޖެހިވަޑައިގަތީ އިސްތިއުފާދީފައި ދުރަށް ޖެހިވަޑައި ގަންނަވާށެވެ. ޕާޓީތެރޭގައި ކުޅެދޭ މީހަކަށް ނުވިއެވެ. ޕާލަމެންޓްރީ ނިޒާމުގައި ހުރި ބަލި ފައި ތަކަކީ، އެންމެހާ ރައްޔިތުންގެ ރުހުމާ ދެކޮޅަށް މިފަދަ އަމިއްލަ ޒާތީ އެދުމުގެ ދަނޑިވަޅު ތަކަށް ފުރުޞަތު ލިބި، މާގަދަޔަށް ގަނެވޭނެގޮތް މިނިޒާމު ތެރޭގައި އަށަގެންފައި ވާތީއެވެ.
މިފަދަ ނޭދެވޭ ބަލި ފައިތައް ފެންމަތިކޮށް، ހިލުވާލުމަށްފަހު، އަމިއްލަގޮތް ގަދަކޮށް ގަތުމުގެ ހިތްވަރު، ޕާލަމެންޓްރީ ނިޒާމުން ހޯދައިގަނެވޭ ގޮތަށް އޮންނަ އޮތުމަކީ، ރިޔާސީ ނިޒާމަށް ލިބިދޭ ފުރިހަމަ ކަމެވެ. މީރުކަމެކެވެ. ފޮނިރަހައެވެ. ލައްޒަތެވެ. އަމާންކަމެވެ. ފާގަތިކަމެވެ. މިނިވަން ކަމެވެ.
އާދެ! ޝައްކެތް ވަސްވާހެއް ނެތެވެ! ރާއްޖެއަށް މިވަގުތަށް ގެނައުމަށް މަޖުބޫރު މިވާ ބަދަލުތައް އަންނަމުން މިދަނީ ސިޔާސީ ޕާޓީތައް އުފެދި އެކަމުގެ ސަބަބުންކަން ކަށަވަރެވެ. ވަކިވަކި ފަރުދުން، ޕާޓީ ސިޔާސަތުގެ ޙަރަކާތުުގައި ޢަމަލީ ގޮތުން ބައިވެރިވީ، ޒަމާންތަކެއް ވެފައިވާ އިސްތިބްދާދީ ސަރުކާރެއްގެ ބިރުވެރިކަމާއި އަނިޔަތަކާ ދެކޮޅަށް ފެށުނު ވަރުގަދަ އިސްލާހީ ހަރަކާތަކަށް ވީތީއެވެ.
ފަހެ، މިޚިޔާލާއި ވިސްނުމުގައި އުފެދި ކޮޅަށްޖެހުނު، ފިކުރަކަށް މީސްތަކުން ތަބާވީއެވެ. އަދި، އެގަހުގެ ހިޔަލަށް އެންމެން ޖަމާވީއެވެ. ބިނާކުރެވިފައި އޮތްވަކި ފިކުރެއް އޮވެގެނެއް ނޫނެވެ. 2004 އޯގަސްޓް 12،13 “ކަޅުހުކުރު” ގެ ހާދިސާ މެދުވެރިވީ މިގޮތަށެވެ. މިރޫޙުގައެވެ. މިއޮއިވަރުގަ އެވެ.
ހަމައެކަނި، ސަރަންދީބަށް އަމިއްލައަށް އަރުވާލެވިގެން ތިބި، އެމްޑީޕީއަށް ނިސްބަތްވާ ދެބޭފުޅެއްގެ ކުޅަދާނަ ކަމަކުން އެކަންޏެއް ނޫނެވެ. މިއެއްވުމުގައި އެމީހުންގެ އެއްވެސް އިސްނެގުމެއް، ލީޑެއް ނެތެވެ. ވަކި ޚާއްސަ ދައުރެއް ނެތެވެ.
ފަހެ، މިއީ މިނިވަން ފިކްރު ހުރި އެންމެންގެ ހިތްވަރާއި ކެރުމުން އުފެދުނު ސިޔާސީ އޮއިވަރެކެވެ. އިސްނަގަން ކެރުނު ބައެއްގެ ހިތްވަރެވެ. އަމިއްލައަށް އުފެދިގެން އުޅުނު ވަކިވަކި ފަރުދުން ތަކެއްގެ ހިތްވަރާއި މޮޅުކަމުން ވުޖޫދަށް ގެނެވުނު ސިޔާސީ އޮއިވަރެއް ނޫނެވެ. އަދި އަމުދުން އެމް.ޑީ.ޕީ މިތިން އަކުރުގެ ބާނީންކަމުގައި ދަޢުވާކުރާ ދެބާނީންގެ ފަރުދީ މަސައްކަތަކުން އެކަންޏެއް ވެސް ނޫނެވެ. “އަންނި” އާއި “ގޯގޯ” އަށް ނިސްބަތްކޮށް އެމީހުންގެ ތާއީދުގައި އެލިޔާ ހުރިހާ ވާހަކަތަކަކީ، މުޅިން ތެދު ވާހަކަތަކެއް ނޫނެވެ. ބޮޑު އޮޅުވާލުން ގަނޑެކެވެ. އެއީ ވަޢްތަރެއްގެ ރަހީނު ކުރުމެކެވެ. މަޖިލިސް ގޮނޑިއެއް ދީގެން ޑެމޮކްރަސީފޮތް ލިޔުވާ ހެދި ދޮގުގޮތް ފަތުރާށެވެ.
ފަހެ، އެއީ އޮޅުވާލާއިގެން ލިޔަމުން ގެންދާ ސިލްސިލާތަކެކެވެ. ރާއްޖެ މިދެކޭ ޒަމާނީ ޑެމޮކްރަސީގެ ބާނީ އަކީ، އަންނިއެއް ނޫނެވެ. ގޯގޯއެއްވެސް ނޫނެވެ. އަދި އިބުރާއެއް ވެސް ނޫނެވެ. އެގޮތުން ދެކެވޭ، ގިނަ ވާހަކަ ތަކަކީ، އެމްޑީޕީ ހިސޯރު ކުރުމުގެ ބޭނުމުގައި އެދެމީހުންނާއި އެދެމީހުންގެ ކުލީ ސަޕޯޓަރުން ފަތުރާ ރަބިޝް، ހޮޅި ވާހަކަތަކެވެ. އަސްލެއްނެތް ބޭކާރުވާހަކަ ތަކެވެ.
ފަހެ، 1990މ. ވަނަ އަހަރުތަކުގެ ތެރޭގައި މި ރާއްޖޭގައި އުފެދުނު ބޮޑު ޑިމޮކްރަސީގެ އިސްލާޙީ ހަރަކާތުގެ ބާނީންގެ ލަގަބު، މިދަޢުވާކުރާ އެބުނާ ދެބާނީންނަކަށް އެއްގޮކަށް ވެސް ޙައްގެއް ނުވާނެއެވެ. އެފަދަ އެމަގާމުތައް ޙައްގުވާ ފަރާތްތައް، އެފަދަ ދުވަހެއް އައުމުން ދިވެހި ރައްޔިތުން ހޮވާ، އެފަދަ ލަގަބުތައް ހައްގުވާ ފަރާތަކާ ހަވާލު ކުރާނެއެވެ. އަންނި އަށް އެކަނި، ނުވަތަ ގޯގޯއަށް އެކަނި، ނުވަތަ އިބުރާއަށް އެކަނި އެފަދަ ލަގަބުތައްދީ، އަވަސްވެގަތުމަކީ ވަރަށް ހިތާމަހުރި ނާޖާއިޒު ކަމެކެވެ. ރާއްޖޭގެ ތާރީޚް އޮޅުވާލުމެވެ. ފަހެ، އެއީ އަމިއްލަ ދަހިވެތި ކަމެވެ. ކުލީމަސައްކަތްތަކެއް ފައިސާދީގެން ކުލީބަޔަކު ލައްވާ ކުރުވުމެވެ.
ފަހެ، ދަންނާށެވެ! އަންނިއަކީ ވަރަށް ކެރޭ އެއްވެސް ކަމެއްގައި ފަހަތަށް ޖެހުމެއްނެތް ލީޑަރެއްކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަމެވެ. ވެއްޓުނަސް ތެދުވެ ދުވާނެ ބޭފުޅެކެވެ. އައްދޯތް ގޮވާ އޮށޯންނާނެ ބޭފުޅެއް ނޫނެވެ. އެހެންމެ ބައެއްފަހަރު ކާމިޔާބު ހޯދަނީއެވެ. ކުރިހޯދަނީއެވެ. ހަމަނުޖެހުމާއި ހައިޖާނަށް ތަބާވާމީހުން ގިނަވަނީއެވެ. އަދި މިކަމުގެ ބަދަލުގައި ދުނިޔޭގެ ސުލްހައިގެ އިނާމު އޭނާގެ ޢުމުރު މެދަކަށްދާ ހިސާބުގައި ލިބުމަކީ، އޭނާގެ ރޭވުމެކެވެ. އަދި އަޅުގަނޑުގެ ވެސް އެދުމެކެވެ. އަދި އަޅުގަނޑުގެ ދުޢާއަކީވެސް އެއީއެވެ. އާމީން!
ފަހެ، ދަންނާށެވެ! އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ނިމުމަކާ ވަރަށް ކައިރިވެފައި ވަނިކޮށް، ފަހު ދުވަހު ވަރަށް ހަވީރުގެ ވަގުތެއްގައި އަންނި، އިބުރާކާރީގައި ބުނެގެން، ދަރުބާރުގޭ މަތީ މާލަމެއްގައި ކޮންގްރެސް އަޑުއެހުމަށް، އަޑުއެހުން ތެރީންނަށް ސްކްރީން ބަހައްޓަފައި ހުރި، މާލަމުގައި ބޭއްވި ކޯރަމްނެތް ކުއްލި ޖަލްސާއެއްގައި ގޯގޯ އާއި ޑޮކްޓަރ މުނައްވަރަށް އެމީހުންގެ ދެމަގާމް ދިފާއުކޮށްލީ ވަރަށް އަވަސް އަރުވާލާފައި، ފާޑެއްގެ ކަރުދާސް ގަރާރެއް ފާސް ކޮށްލައި ގެންނެވެ.
އެގަރާރާ، އެންމެބޮޑަށް ދެކޮޅު ހެއްދެވީ، ހެންވޭރު ގޮތްޕެއްގެ ރައީސް ކަމުގައިވާ ރަންކޮކާ އަހްމަދު ނަސީރެވެ. ފަހެ އެއީ އަޅުގަނޑުވެސް ގަބޫލުކުރާ އަދިރުހޭގޮތެއް ނޫނެވެ. އޮޅުވާލުމެކެވެ. ޑިކްޓޭޓްކުރުމެކެވެ. ޓެރަރައިޒް ކުރުމެކެވެ. އެހެނަސް…… ފާސް ކޮށްލީތާއެވެ!
ފަހެ، މިއީ އަމިއްލަ ބާރު ހިންގައި ގަވާއިދާ ޚިލާފަށް އަންނި، އެދެމީހުން ވެރިންގެ ގޮތުގައި އެމްޑީޕީ ތެރޭގައި ގެންގުޅެން ބޭނުންވެގެން ފާސްކޮށްލި ނާޖާއިޒު، ބާތިލު ގަރާރެކެވެ. މިކަން ކުރިއިރު ރަޖިސްޓްރާރ ޖެނެރަލްގެ މަގާމް ދިފާއުކޮށް ނުދީ، މިދެންނެވި ދެމަގާމު ދެމުޝީރުންގެ ގޮތިގައި، ދިފާއު ކޮށްދިނީ ކީއްވެގެންތޯ ބައެއް މެންބަރުން، ސުވާލު އުފެއްދިއެވެ. އަޅުގަނޑު އަދާކުރަމުން ގެންދިޔަ ރަޖިސްޓްރާރ ޖެނެރަލް ގެބަލުގައި ސެކްރެޓަރީ ޖެނެރަލް ކަމަށް ގެނައީ އާނިޔާ ކިޔާ ތިމާގެ އަންހެނެކެވެ.
އާދެ! އެދުވަހާ ހަމައަށް، އެމްޑިޕީ ވަލީކޮމެޓީން ރަޖިސްޓްރާރ ޖެނެރަލްކަން ރަސްމީކޮށް ހާވާލު ކޮށްފައި އޮތީ، މި މަޒްމޫނުގެ ލިޔުންތެރިޔާ، އަޅުގަނޑު “އިލްޔާސް ހުސައިން އިބްރާހީމް” އާއެވެ. ފަހެ، އޭރު އަޅުގަނޑު އޮތީ، ގައުމީ މަޖިލީހަށް އިތުރު 15 މެންބަރުން ހޮވުމުގައި، ގައުމީ މަޖިލީހުގެ މެންބަރަކަށް ހޮވިފައެވެ.
ގޯގޯލަތީފާއި ޑޮކްޓަރ މުނައްވަރަށް މަގާމު ދިފާއު ކޮށްދީފައިވަނީ، އަންނި އާއި އިބުރާ ވެގެން ހިންގި ނަހަމަ ރޭވުމެއްގެ ދަށުން ނާޖާއިޒު ކޮށެވެ. އަންނި މިކަންތައް ނުކުރައްވާ ދޫކޮށްލިނަމަ، މިދެބޭފުޅުންނަށް ގައުމީމަޖިލީހުން އެއްވެސް ޖާގައެއް ނޯތީހެވެ.
ފަހެ އިސްލާހީ ހަރަކާތް ރޫޅުނީ، މިފަދަ ނާޖާއިޒު އެތައްކަމެއް އެމްޑީޕީގެ ގޮނޑީގެ ވެރިޔާ “އަންނި” އަމިއްލަފުޅަށް ކުރެއްވުމާ ގުޅިގެންނެވެ. ޕާޓީރަހީނު ކުރުމުންނެވެ. ފުރަތަމަ ކޮންގްރެސް ގައި ބޭއްވުނު ރައީސަކު ހޮވުމުގައި، ވޯޓުލުމަށް، 24 ގަޑިއިރަށް ވެފައި ވަނިކޮށް، އަންނި އާއި ގޯގޯ، އިބުރާއަށް ތާއީދުކޮށް ތިނަދޫފަދަ ބޮޑެތި ރަށްރަށަށް ގުޅާ، އިބުރާއަށް ވޯޓުދިނުމަށް އެދުނުކަމުގެ ހެކިތައް ފާޅުވެފައި އެބަހުއްޓެވެ.
އަދި ޑޮކްޓަރު ވަހީދަށް ތާއީދު ކުރި ބައެއް ގޮފިތަކުގެ ރައީސުން، ގަވާއިދާ ޚިލާފަށް އިބުރާ އެދިގެން އަންނި މެދުވެރިވެ، އިސްރޯލެއް ކުޅުއްވައިގެން ވަކިކޮށްދީފައި ވެއެވެ. އޭގެ އެއް މިސާލަކީ، އަލްފާޟިލް މުހަންމަދު އާރިފު، "ބޭބެ" މއ.އެވަރގްލޯރީ އެވެ. އޭނާ އޭނާގެ ގޮފީގެ ރައީސް ކަމުން ވަކިކޮށްލީ ކާނަލް އިސްކޮށް ބަހައްޓައިގެން ހިންގި ނޭދެވޭ ރިޕޯޓަކަށް ބަލާފައެވެ. ނަހަމަކޮށެވެ. އިދާރީ ކަންކަން ކުރުމުގައި ހުރީ އަޅުގަނޑެވެ. ފަހެ، މިއީ އެމްޑީޕީގެ ފުރަތަމަ އުފެދުނު އިރުއޮތް ރޫހާނީބާރު ރޫޅިގެން ދިއުމުގެ އަސްލެވެ. ފަހަރަކު މީހަކު ވަކިވާން ފެށީ މީގެ ފަހުންނެވެ.
ފަހެ، ދަންނާށެވެ! މިހާރު މިވަނީ ވަކިވަކި ސިޔާސީ ފަރުދުންގެ ބާރާއި ނުފޫޒު އިސްލާހީ ހަރަކާތުގެ ތެރޭގައި މާވަރުގަދަ ވެފައެވެ. އެމްޑީޕީގެ ނޫހަކަށް އޮތް، “މިނިވަން” ނޫސް ރަޖިސްޓްރީ ކޮށްފައިވަނީ އަންނިގެ ހިއްސާއަކާ އެކުގައެވެ. އަދި މިނިވަންރޭޑިޔޯ ރަޖިސްޓްރީ ކޮށްފައިވަނީ، ހަމަ އެގޮތަށެވެ. ވީމާ އަންނި އަކީ، އެމްޑީޕީއެވެ. އަދި އެމްޑިޕީއަކީ، އަންނިއެވެ. މިދޭއްޗަކީ ލާމެހިފައިވާ، ވަކިނުކުރެވޭނެ ދޭއްޗެވެ. ދުރުވެފައި ވެސް އައިސް ގުޅޭނީ އެއާއެވެ.
ދެން ފަހެ، އަލުން މިހަރަކާތް ކުރިން އޮތް ގޮތަށް އިޔާދަވެ، ބިޔަ ގަހެއް ހެން ދިރިގެނެއް ނުދާނެއެވެ. އެއީ ކަށަވަރު ކަމެކެވެ. ވަރަށް ނާދިރުކަމެކެވެ. މިހާރު އެވަނީ، ގުރުޑު ބަލި ޖެހިފައެވެ. ފަތްތައް ގުރުނޑު ވެފައެވެ. ދެން ކުރިންއޮތް ރޫހުގައި އެބާރާއެކު ހިންދަމައެއް ނުލެވޭނެކަން ކަށަވަރެވެ. ވަކި ހިނދުކޮޅަކަށް އެމްޑީޕީއަށް ނިސްބަތްވާ، މިހަރަކާތް ފުނޑިގެން ދިޔައީ، “އަންނި” ގެ ސަބަބުން ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި، ގަބޫލުކުރަމެވެ. ހެއްދެވި މިސްޓޭކުތައް މާގިނައީ އެވެ.
ދެންޖެހޭނީ، ވަކިވަކި ސިޔާސީ ލީޑަރުން އިސްވެ ތިއްބަވައިގެން، ސިޔާސީ ޕާޓީތަކެއް އުފައްދާށެވެ. އަދި، އެޕާޓީތަކަށް ހަރަކާތް ތެރިވެވޭނެ ދޮރު ވަގުތުން ވަގުތަށް، ރައީސް މައުމޫނުގެ ޤަރާރެއްގެ ދަށުން އެކަށަ އެޅުއްވި “ސިޔާސީ ޕާޓީގެ ގަވާޢިދު 2005″ އަށް ބަދަލު ގެންނަވައި، ވީހާ ގިނަ ޕާޓީތައް އުފެއްދޭނެ ގޮތަށް، އެދޮރު ހުޅުވާލަ ދެއްވާށެވެ. އެކަށީގެންވާ ރަނގަޅު ސިޔާސީ ލީޑަރުން، ގިނައިން އުފެދޭނީވެސް އޭރުންނެވެ.
ފަހެ، ޕާލަމެންޓަރީ ނިޒާމަށް ވެސް އަދި ރިިޔާސީ ނިޒާމަށް ވެސް ފޯރި ލިބިދޭނީ، ގިނަ ޕާޓީތައް ހަރަކާތްތެރި ވުމުންނެވެ. އިންތިޚާބު ތަކުގައި ކާމިޔާބު ނުހޯދޭ ޕާޓީތައް އަމިއްލައަށް ހުލިވެ ރޫޅިގެން ހިނގައި ދާނެއެވެ. ނުވަތަ ވަރުގަދަ ސަޕޯޓެއް އޮތްބަޔަކާ ގުޅިދާނެއެވެ. ސިޔާސީ ޕާޓީތައް އިތުރުވުމަށް އެއްގޮތަކަށް ވެސް ހުރަސް އެޅޭގޮތަށް ގަވާޢިދުތައް ހުރެގެން ނުވާނެއެވެ. އަދަދު ލިމިޓް ނުކޮށް ހުޅުވާލަން ވީއެވެ. ދައުލަތުންދޭ ފައިސާ ދެވޭނީ ވަކިއަދަދެއް ހަމަވުމުން ކަމުގައި ބޭއްވިދާނެއެވެ.
ފަހެ ގައުމީ ސިޔާސަތުގެ ތެރެއަށް ސިޔާސީ ކަންތައް ދިރުވުމަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަގުފަހިކޮށް ދިނުމެވެ. ހުރަސް އެޅުމެއް ނޫނެވެ. ކްލަބް ޖަމުޢިއްޔަތައް އުފެއްދޭ ގޮތަށް، ސިޔާސީ ޕާޓީވެސް ފަސޭހަކަމާއެކު އުފެއްދެން ޖެހޭނެއެވެ. ދައުލަތުން ދޭ ފައިސާއެއް ދިނުމުގައި ކުރިން ބުނެވުނު ހެން ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރެވިދާނެއެވެ.
ވެރިކަމުގެ ނިޒާމުތައް ދަސްކުރުމަށް ފުރުޞަތުދީ ދޮރު ހުޅުވާލުމަކީ މިގަވާޢިދަށް ދޫދިނުމެވެ. ސިޔާސީ ހަރަކާތްތައް ފްރީކޮށް ދޫކޮށްލުމެވެ. ވީހާ އަވަސްކޮށް މިގަވާއިދަށް ސަރުކާރުން ބަދަލުތަކެއް ގެންނަވައި މިކަމަށް ހުރި ހުރިހާ ދޮރުތަކެއް ހުޅުވާލަ ދެއްވުމަށް ހަރު އަޑުން މިފުރުސަތުގައި ގޮވާލަމެވެ.
އާދެ! ގިނަ ޒަމާން ތަކެއް ވެފައިވާ ޚުދުމުޚްތާރު ބާރަކާ އެންމެން އެކުވެ އަތުގުޅާލައިގެން ނުކުމެ، އިސްލާހީ ހަރަކާތެއްގެ ގޮތުގައި އޮވެ، ދިމާކުރުމަށް ލިބުނު ފުރުޞަތު މިހާރު ވަނީ، ބަޔަކު އަމިއްލަ އެދުންތަކެއް އިސްކުރުމުގެ ސަބަބުން ގެއްލިފައެވެ. ރޫޅިފައެވެ. ހީނަރުވެފައެވެ. އޭގެތެރެއަށް ރައީސް މައުމޫނާއި އިލްޔާސް އިބުރާހީމުގެ ނުފޫޒު ގަދަޔަށް ވަދެފައެވެ. އެއީ ރައީސް މައުމޫނު ރާވައިގެން ކުރެއްވި ކަމެކެވެ. ވަރަށް އަރިސްބޭފުޅުން އެމްޑީޕީއަށް ފޮނުއްވިއެވެ. އެންމެން އެކުގައި ނުކުމެ ޖަމާވެ އިސްލާޙީ ހަރަކާތެއްގެ ގޮތުގައި ވެރިކަމުގެ އާރާއި ބާރާ ދެކޮޅަށް، ދެނެއް އެގޮތަށް ކުރިމައްޗެއް ނުލެވޭނެއެވެ. އެރޫހުްވަނީ ގެއްލިފައެވެ.
ދެން ފަހެ، އެރޫހު އާލާކުރުމަށް މުޅިން އާޖީލެއް އުފައްދަން ބޭނުން ވާނެއެވެ. އެހެން ނޫނީ ދެން އޮތްގޮތަކީ، ވަކި ވަކި ސިޔާސީ ލީޑަރުން، ސިޔާސީ ޕާޓީތައް އުފައްދައިގެން އެމީހަކާ ތަބާވާ މީހުންކޮޅު، އާރޫހެއްގައި ކުރިމަތީގައި އޮތް، 2008މ. ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔަބު ކުރެވޭތޯ ބެލުމެވެ. ފޫގަޅާލުމެވެ. ބުރަ މަސައްކަތް ކުރުމެވެ. ފަހަރުގައި ވަކި ހިސާބަކުން އެންމެން އެކެއްޗެއް ކިޔާނެ ފުރުސަތު އަތުވެދާނެ އެވެ. ނުވަތަ އެންމެން ގުޅިގެން އިދިކޮޅަށް ނުކުންނާނެ ފުރުސަތެއް ފެނިދާނެއެވެ. ނެރެވިދާނެއެވެ. ތާޒާވެ އިއާދަ ވެދާނެއެވެ.
އަދި، އޭގެ ކުރިންވެސް، މިއަދުން މައަދަށް، އެޅެން ހުރި އިސްލާހީ ފިޔަވަޅުތައް އެޅުމަށް ސަރުުކާރަށް މަޖުބޫރު ކުރުވަން ޖެހެއެވެ. މުހިންމު މުއައްސަސާތައް މުސްތަގިއްލު ކުރުވުން މުހިންމެވެ. އަދި، ވެރިކަމުގެ ފަރާތުން ހިންގާ ކަންކަމަށް ބިނާ ކުރުވަނި ފާޑުކިޔުންތައް ކިޔާއި ގައުމުގެ ކުރިމަގަށް ބިނާކުރުވަނިވި ހަރުދަނާ ސިޔާސަތު ތަކެއް ލިޔެ ހުށަހެޅުން މުހިންމެވެ.
ގާނޫނީ ގޮތުން ދެވެން ހުރި ހުރިހާ ޕްރެޝަރެއް، މިރޮނގުން ރައީސް މައުމޫނަށް ދިނުން ބޭނުމެވެ. މިއީ އެއްގޮތަކަށް ވެސް ދޫދެވިގެންވާނެ ކަމެއްނޫނެވެ. ވެރިކަން ކުރާނެ ވައްތަރެއް ހޯދުމަށް އާއްމު ރައްޔިތުންނާ ހަމައަށް ގެންގޮސް ވަގުތު ނަގާލުމަކީ، ރައްޔިތުން އެންމެ ރުހޭ ގޮތެއް ނޫނެވެ. މިއަށް ވުރެން ރައްޔިތުން ބޭނުމީ އަވަހަށް ގާނޫނު އަސާސީ އެއް، މުޅި ދައުލަތަށް ފައިދާހުރި ގޮތަށް އިސްލާހުވާށެވެ. އެމަސައްކަތް ވީހާއަވަހަށް ނިމޭށެވެ. ނިޒާމީ ސަކަރާތަށް ދިއުމެއްނޫނެވެ.
އަސާސީ ހެދުމަށް ހޮވާފައި އޮތް މުއައްސަސާ ކަމުގައިވާ ޚާއްސަމަޖިލިސް، އިސްލާޙުކުރަން ފެނޭތޯ ރައްޔިތުންނާ ހަމައަށް ގެނައުން މާބުއްދިވެރި އެވެ. އެތަޅުމުގައި އޮތް ރައީސް މައުމޫނުގެ ބާރު، އެތަޅުމުން ބޭރަށް ނެރުމުގެ މައްސަލަ ރައްޔިތުންނާ ހަމައަށް ގެނައުން މާރަނގަޅުވާނެ އެވެ. އެ 29 މީހުން ނެތި، ހެދޭ އަސާސީއެއް މާފުރިހަމަ ވާނެކަން ކަށަވަރެވެ.
ފަހެ، އަސާސީ އަކީ، އެބައެއްގެ ޝަރީޢަތެވެ. އެގައުމެއްގެ ދުސްތޫރެވެ. ކޮންމެ ރައްޔިތެއްގެ ވިންދާއި ގުޅިފައިވާ ދިރިހުރުމާއި މަރުވުމާ، ލާމެހިފައިވާ ބިންގަލެވެ. ސައްތައިން ސައްތަ އިސްލާމުންގެ އަސާސީ އަކީ އިސްލާމްދީނާއި އިސްލާމީ ޝަރީޢަތެވެ. އަގީދާއެވެ. އަސްލަށް ބަލާއިރު، ޚާއްޞަ މަޖިލީހުގެ މާބޮޑު ބޭނުމެއް ނެތެވެ. އެއީ އަސާސީ އިސްލާހު ކުރުމުގެ ނަމުގައި ދައްކާ ދަޅައެކެވެ. ރައްޔިތުންގެ މަޖިލީހުން ދުސްތޫރާ ޚިލާފު ނުވާގޮތަށް ގާނޫނުތައް ރާވާލާ އިދާރީ ގޮތުން ތަންފީޒުކުރެވޭނެ ގޮތްތައް ހަމަޖައްސައި ދިނުމުން މިހާރުން މިހާރަށް ފުދޭނެއެވެ.
ފަހެ، ބޮޑެތި އިސްލާހުތައް ގެނެވެން އެބަހުއްޓެވެ. މިހާރު މިވާގޮތުން އަދި އެތައްފަހަރަކު ރައްޔިތުންގެ ބަހެއް ހޯދުމަކީ ދުރުކަމެއް ނޫނެވެ. ހަމަގައިމުވެސް ތަސްދީގުކުރުމަށް ރައީސްމައުމޫނު އަރިހަށް ފޮނުއްވުމުން، ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިރުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯގެ ބަހަކަށް އެހުމަކީ ހަމަ ގައިމުވެސް ގެންނަން ޖެހިދާނެ މަރުޙަލާއެކެވެ. މިކަހަލަ އަޑެއް މިހާރުވެސް ވަނީ، ޑީއާރުޕީން އަރުވާފަ އެވެ. ބައެއްމީހުން ބުނާގޮތުގައި އާއްމު ރައްޔިތުންގެ ބަހެއް އޮތުމަކާ ނުލައި އަސާސީ ފާސްކޮށް، ތަސްދީގުކޮށް ނިންމާލައިގެން ނުވާނެއެވެ.
އާދެ! ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމެއް، ބާރުތައް ވަކިކޮށް މުސްތަގިއްލު ކޮށް އޮންނަ ގޮތަށް، އަސާސީ އުސޫލުތަކާއި އަސާސީ ސިފަތަކާއި ހަމަތައް، ގާނޫނުއަސާސީ ގައި ސަރީހަކޮށް އޮޅުން ނާރާއި މާނަ ނޯޅޭ ގޮތަށް ލިޔެވިގެން، އަޅުގަނޑުމެން ދިވެހި ރައްޔިތުން ލިބިގަނެ، އެއަށް އިހުތިރާމު ކުރުމަކީ، އެއް ގޮތަކަށް ވެސް ފެށިތާގައި ޖެހުނީ ކަމުގައި ދެކިގެން ނުވާނެއެވެ.
ރިޔާސީ ނިޒާމެއް ލިބިގަތުމަކީ، ފެށިތާގައި ޖެހި، އަލުން ފެށިތަނުން ފެށުން ކަމުގައި އެބުނާ ބުނުމަކީ، މުޅިން ގޯސްވާހަކަ އެކެވެ. ރައްޔިތުންގެ ހިތްވަރާއި ކެރުމުން އިރާދަ ކުރެއްވިއްޔާ ރިޔާސި ނިޒާމެއްގެ ދަށުން އަމަލުކުރަން ފެށޭ، އާއަސާސީ ވެގެންދާނީ، މުޅިން އާ ފެށުމެއް ކަމުގައެވެ. ބޮޑު ބަދަލެއް ކަމުގައެވެ. ލޭ އޮހުރުމެއް ނެތި ގެނެވޭ ތަހުޒީބާ ގުޅޭ ސަގާފީ އިންގިލާބަކަ ށެވެ.
ފަހެ، ގިނަ ބައެއްގެ ހިތްވަރާއި ބުރަ މަސައްކަތުން ނެވެ. ގިނަ ބަޔަކުވަނީ މިކަމުގެ ސަބަބުން އެތައް އަނިޔާތައް އަމިއްލަ ޖާނާއި މުދަލަށް ލިބިގަނެފަ އެވެ. އަނިޔާވެރި އިސްތިބުދާދީ ވެރިއެއްގެ ގޮށްމުށުގެ ބާރުން ނެވެ. ފަހެ، މިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް ޖާނުން ފިދާވެ، ޝަހީދުވީ މީހުންވެސް، އަބަދަށް ދެމިގެންވާ، ﷲގެ ސުވަރުގެ ތަކުގައި ވެއްޖެއެވެ.
އަދި އަޅުގަނޑުމެން ކަހަލަ އެތައް އަނިޔާތަކެއް ލިބިފައިވާ މީހުން މިކަމުގައި އެބައުޅެ އެވެ. ފަހެ މިކަމުގައި ގުރްބާންވި އެންމެންނަށް، އަޅުގަނޑު މެންގެ ތެރެއިން ދިރިތިބީންގެ ހެޔޮދުޢާތައް އަބަދުވެސް ހައްގުވާ ހުއްޓެވެ. އާދެ! މިކަމުގައި ދެމިތިބި ހުރިހާ ދިވެހިދަރީންގެ ހިތްވަރާއި ބުރަ މަސައްކަތުގެ ސަބަބުން މިގައުމަށް ބަދަލުތަކެއް ގެނެވިއްޖެއެވެ. އަދިވެސް އިތުރު ބަދަލުތަކެއް ގެނައުން މަޖްބޫރުވާނެ އެވެ. ލަސް ކުރުމެއް ނެތި، ދުވަހުން ދުވަހަށް މިފެށުނު ބަދަލުތައް ގެނެވެން ޖެހޭނެއެވެ. އަދި ކުރިޔަށް ވެރިކަން ފުރޮޅިގެން ދިއުމުގެ ބޮޑުބަދަލު އޮތީއެވެ. އަންނާނެ ދުވަހެކެވެ.
އާދެ! އެމްޑީޕީގެ ބައެއް އާއްމު ޖަލްސާތަކުގައި ވަހަކަ ދެއްކެވި ބައެއް މުގައްރިރުންގެ މައުލޫމާތު ދަށްކަމުން ދިވެހިންނަށް ރިޔާސީ ނިޒާމު ސިފަކޮށް ދީފައިވަނީ، މިރާއްޖޭގައި ރައީސް މައުމޫނު ހިންގާ ފިރުޢައުނީ ވައްތަރަކަށް ދާ މަސްހުނިކަން އިންތިހާއަށް ބޮޑު ނިޒާމަށެވެ.
އޭ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! އެއް ގޮތަކަށް ވެސް އެވާހަކަތައް ގަބޫލު ނުކުރައްވާ ށެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގެ ހަރުދަނާ އުސޫލުތައް މިރާއްޖޭގައި މިހިންގާ ވެރިކަމާ އަޅުވާ ވާހަކަ ދެއްކުމަކީ، އެމީހެއްގެ ޖާހިލުކަމާއި، ކަނޑައެޅިގެން ރިޔާސީ ނިޒާމަކީ ކޮބައި ކަން ނުދަތުމެވެ.
ފަހެ، މިފަދަ ފުރުޞަތުތަކަކީ، މައުސޫމު ދިވެހި ރައްޔިތުންނަށް އޮޅުވާލުން ކަމުގައި އެކަކުވެސް ހަދައިގެން ނުވާނެއެވެ. ވެރިކަމުގެ ފަރާތުން ޕާލަމެންޓްރީ ނިޒާމް ރަނގަޅުކަމަށް ގޮވާލީމާ، ރިޔާސީ ނިޒާމު ރަނގަޅުވެފައި، އަނެއްކާ ވެރިކަމުގެ ފަރާތުން ރިޔާސީ ނިޒާމަށް ތާއީދުކޮށް ގޮވާލީމާ، ޕާލަމެންޓްރީ ނިޒާމު ރަނގަޅުކަމަށް ދައުވާކޮށް އަޑު އުފުލުމަކީ، ވަރަށް ހެއްވާ ހަމައެކެވެ. ސާބިތު ކަމެއް ފެންނާން ނެތް ކަމުގެ ހެތްކެކެވެ.
އާދެ! ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަލި ގަދަ ހުދު ފޭރާމެއް ލިބި ގަނެ ނަލަހެދުމަކީ، އިހު ހުރި ދަޅަތަކާއި އޮފު ކަމުގެ ބައެއް ނަމަވެސް ހިފަހައްޓައި ދެމެހެއްޓޭތޯ ރައީސް މައުމޫނު އުޅުއްވަނީ ކަމުގައި ދެކި، މުޅި ރިޔާސީ ނިޒާމަށް ބަދު ބަސް ރައްދުކޮށް އާއްމު ރައްޔިތުންނަށް އޮޅުވާލުމަކީ، ހަރުދަނާ ސިޔާސީ ލީޑަރުންގެ ގޮތެއް ނޫނެވެ. މިފަދަ ގޮތްތައް ހަގީގީ ސިޔާސީ ލީޑަރެއްގައިގާ އަށަގެންފައެއް ނުހުންނާނެއެވެ.
ސިޔާސީ ލީޑަރުން ދަނެގަނެ، ދަސްކުރުމަށް ރައްޔިތުންނަށް ލިބޭނީ މިފަދަ މަދު ފުރުޞަތުތަކެވެ. ބަސްދީގަތުން ތަކާއި ސްޕީޗްތަކުން ހަގީގީ ލީޑަރުން ދަނެގަނެ، ހޮއްވަވަން ލިބިވަޑައި ގަންނަވާ، ފުރުޞަރުތައް ހޯއްދަވައި ދިރާސާ ކުރައްވާ ށެވެ.
ފަހެ، ރަނގަޅު ރިޔާސީ ނިޒާމެއް ގައި ދެނެއް، ރައީސް މައުމޫނަށް ވިޔަސް ދެއްކޭނެ ދަޅައެއް އަދި އެރުވޭނެ އިތުރު އޮފުކަމެއް ނޯންނާނެކަން ޔަގީނެވެ. ހަމަ އެފަދައިން، ރަނގަޅު ހަރުދަނާ ޕާލަމެންޓްރީ ނިޒާމެއްގައި ވެސް އެފަދަ ދަޅައަކާއި އޮފުކަމެއް ހިފެހެއްޓެން ނެތް ފަދައިންނެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ބިކުރު ކެނޑޭނީ، އުމުރުން އެއްފަހަރު އެވެ.
ފަހެ ދަންނާށެވެ! ރައްޔިތުން ވިސްނާލުމަށް މިލިބިދޭ ރަނުގެ ފުރުޞަތުގައި ވަރަށް ރަނގަޅަށް ވިސްނެވުމަށް ފަހު ނޫނީ ވޯޓު ފޮށި ދޮށަށް ވަޑައިގެން މިކަމުގައި ވޯޓެއް ލައްވައިގެން ނުވާނެއެވެ. މި އަންނަ އޯގަސްޓުމަހު، 18 ވަނަ ދުވަހު ވޯޓްލުން އޮންނާނެ ކަމަށް މިހާރުވަނީ އިއުލާނު ކުރައްވާފައެވެ. ނިޒާމީ ވޯޓަކީ ކުޅިވަރެއްނޫނެވެ.
ރަނގަޅަށް ވާނުވާ ނޭގި ވޯޓުގައި ބައިވެރި ވުމަކީ މިކަމުގެ ރޫޙާ ޚިލާފު ޢަމަލެކެވެ. ވޯޓުލާއިރު މިކިޔާ ދެ ނިޒާމުވެސް ވަރަށް ރަނގަޅަށް ދަސްވެ، އެނގެން ޖެހެއެވެ. އަދި ވެރިކަން ކުރުމަށް، ﷲގެ ބިމުގައި އިންސާނުން ޚަލީފާވެރި ކުރެއްވުމަށް ފަހު، ފޮނުއްވާފައި ވަނީ، އެ ބިމުގައި، ﷲގެ އަމުރުފުޅުތައް ހިންގައި ތަންފީޒު ކުރުމުގެ ޒިންމާ ކޮނޑުގައި އަޅުއްވާފަ އެވެ. އެއީ މާތްވެގެންވާ އިސްލާމީ ރިސާލަތެވެ. ކޮންމެ އިސްލާމަކީ އެރިސާލަތު ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރި، ﷲގެ އަޅެކެވެ. މަދީނާގެ ވެރިކަން ދަސްކުރާށެވެ.
އާދެ! ވޯޓުލާން މިއުޅޭ ދެ ނިޒާމު ނޫނަސް ދުނިޔެގައި ވެރިކަން ކުރުމުގައި ބޭނުން ކުރާ ނިޒާމުތައް ބައިވަރު އެބަހުއްޓެވެ. ދިވެހި ދައުލަތަކީ، ޔުނިޓަރީ ދައުލަތެއް ކަމުގައި އަޅުގަނޑުމެން މިތިބީ ނިންމާ ފާސްކޮށް ގެންނެވެ. އަޅުގަނޑު މެންނަކީ އެއް އުއްމަތެއްގެ ގޮތުގައި ތިބި އިލާހީ ޝަރީޢަތެއް އޮތް ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އަހުލު ވެރި ބައެކެވެ. އެހެނަސް “ޔުނިޓަރީ” އާއި “ފެޑެރަލް” މިވަށްތަރުތައް ހުޅަނގުން ދަސްކޮށް ދީފައި އޮތީމާ، އެހެން ލިޔަންށާއި ކިޔަން އަމިއްލައަށް ވާޖިބު ކުރުވަނީއެވެ.
ހަގީގަތުގައި، ވެރިކަމެއްގެ ވައްތަރެއް ހޯދުމަށް ނަގަން މިއުޅޭ ވޯޓަކީ ރައްޔިތުންނާ ހަމައަށް ފޮނުވަންޖެހޭ ކަމެއް ވެސް ނޫނެވެ. ހުރިހާވެސް މަގުޞަދަކީ ވަގުތު ދެންމުން ކަމުގައި ވާތީ ކުރަންޖެހޭހާ ކަންތައްތަކެވެ. ސައްތައިން ސައްތަ އިސްލާމުންނަށް އޮތީ އިސްލާމީ ދައުލަތެއް ގާއިމުކޮށް ބިނާކުރުމެވެ. ދައުލަތާ، ދީނައި ވަކިނުކޮށް ވެރިކަން ކުރާނެ ގޮތް ވަނީ، މަދީނާ މުނައްވަރާގައި އުފެދިގެން ދިޔަ އިސްލާމީ ދައުލަތުގައި އަމަލީގޮތުން ދަސްކޮށް ދެއްވާފައެވެ.
ރިޔާސީ ނިޒާމެއްގައި ދީނީ ޢިލްމުވެރިންގެ މުސްތަގިއްލު ކޮމިޝަނެއް، އެނިޒާމު ފުރިހަމަ ކޮށްލުމުގެ ގޮތުން ބޭއްވިދާނެއެވެ. ފަހެ، އިލާހީ ޝަރީޢަތް ތަންފީޒުކުރުމަށް އެއްވެސް އުދަގުލެއް ނެތި، މިވާހަކަ ދެކެވޭ ދެނިޒާމުގެ ދަށުންވެސް ޖާގަ ބޭއްވިދާނެ އެވެ. މުހިންމު ޝަރުޠަކީ، ދައުލަތާ، ދީން ވަކި ނުކުރުމެވެ. ގާނޫނު އަސާސީއާ، އަގީދާ ވަކި ނުކުރުމެވެ. ގާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތަށް ޖާގަ ދީފައި އޮތުމެވެ. ކޮންމެ ދިވެއްސަކީ، އިސްލާމެއް ކަމަށް ޝަރުޠު ކުރެވިފައި އޮތުމެވެ. އެކަން އުނި ނުކުރުމެވެ.
ފަހެ، ދަންނާށެވެ! ރިޔާސީ ނިޒާމުގެ އުސޫލުތައް އަސާސީގައި ލިޔާއިރު އިސްލާމްދީނުގެ ވާހަކަ އާއި އިސްލާމީ ޝަރީޢަތުގެ ޙައްދުތަކާއި ތަޢުޒީރުތަކުގެ ވާހަކަ ލިޔެވޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ ނޫނީ މިފަދަ ވޯޓެއްގައި ބައިވެރި ވުން ބުއްދި ވެރިއެއް ނުވާނެއެވެ.
އަސާސީ ފެށޭ ތާގައި ފަނޑުފަނޑު ކޮށް ލިޔެލާފައި އޮންނަ، ދިވެހި ރާއްޖެއަކީ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ ދައުލަތެކޭ އޮތުމަކުން ނުފުދޭނެއެވެ. އަދި ހަތްވަނަ މާއްދާގައި އޮންނަ، “ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.” މިހެން އޮތުމަކުން ނުފުދޭނެއެވެ. މިފަހަރު ލިޔަން މިއުޅޭ އަސާސީގައި މިވާހަކަތައް ތަފްސީލުކޮށް ލިޔަން މިޖެހެނީ މިހާރުގެ އަސާސީގައި، ދީނުގެ ވާހަކަ ހަމައެކަނި ނަމަކަށް ލިޔެވިފައި އޮންނާތީއެވެ.
ހަގީގަތަށް ވިސްނާލާއިރު މިކަން މިގޮތަށް ކޮށްފައި މިވަނީ ހުޅަނގު ރުއްސުމަށެވެ. އެމީހުންގެ އެހީގައެވެ. އިނގިރޭސިންނާއި އީޔޫ އަށާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ދެއްކުމަށެވެ. އަދި ޕެރިސް ޕްރިންސިޕަލް ފަދަ އެއްބަސް ވުންތަކާ އެއްގޮތް ކޮށް ހުޅަގުގެ ފަރަންޖީ ހަމަތައް ގެންގުޅެ ރުއްސާށެވެ.
އަދި މިފަހަރު، މިވަރަށް ވެސް އަސާސީގައި ނުލިއުމަށް ބުރަވެ ބާރުއަޅުއްވާ ހުޅަނގުގެ ފަރާތަށް ބުރަވާ ގޮތަށް އެނބުރެމުންދާ ޚިޔާލުތައް ޚާއްޞަ މަޖިލީސް ތެރޭގައި މަދެއް ނޫނެވެ. ޑްރާފްޓިން ކޮމެޓިގެ މުގައްރިރު އަލްފާޟިލް އިބްރާހީމް އިސްމާޢީލްގެ ޚިޔާލު ފުޅާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އިސް ވެރިންގެ ޚިޔާލުތައް ހުރީ ސީދާވެ ދިމާވާ ގޮތަށެވެ. މިވާހަކަތަކަކީ ކޮންމެހެން އަސާސީގައި ލިޔަން ޖެހޭ ވާހަކަ ތަކެއް ކަމަށް އެބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. ބަލައި ގަންނަންޖެހޭ ވާހަކަތަކެއް ކަމަށް ނުހައްދަވައެވެ. އެބޭފުޅުންގެ ވިސްނުމުގައި ހަރުލާފައި ހުރީ، ޕާލަމެންޓްރީ ނިޒާމަކަށް ދެވުނީމާ ހުރިހާ ކަމެއް ފުދުނީ ކަމަށެވެ. ރައީސް މައުމޫނުގެ ސަރުކަރުވެސް ވެއްޓުނީ ކަމަށެވެ.
ފަހެ، މިއީ ހުޅަނގުން ދިއްކުރާ އެހީއަށް ބަދަލުދިނުމުގެ ގޮތުން ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެއްކަން ދަންނަން ޖެހޭނެއެވެ. އަލަށް ލިޔެވޭ އަސާސީގައި އިސްލާމްދީނާ ގުޅޭ މިބައިތަކަށް އިސްކަމެއް ދެވޭނެ ކަމުގެ ގެރެންޓީއެއް ނުލިބި ވެރިކަމުގެ ނިޒާމެއް ނިންމައި އެކަން އެންމެހައި ރައްޔިތުންގެ ބޮލުގައި އެޅުވުމަކީ، ކޮށްގެން ވާނެ ކަމެއް ނޫނެވެ.
ހުޅަނގުން ގޮވާލާ ގޮވާލުމަކީ، ވެރިކަމުގެ މިދެވަައްތަރުގެ ނިޒާމުގައި ވެސް ދައުލަތާ، ދީން ވަކިކޮށް ދީނާއި އަގީދާ، އަސާސީން ބޭރުކޮށް ދުރުގައި ބޭއްވުމެވެ. މިސްކިތްތަކަށް ދޫކޮށް ލުމެވެ. އަސާސީގައި އެއްގޮތަކަށް ވެސް އިސްލާމީ ވަންތަކަމުގެ ވާހަކަތައް ނުލިޔުމެވެ. އަގީދާގެ ބައި އަސާސީގައި ނުލިޔުމެވެ. ކަން މިހެން އޮތަސް އަޅުގަނޑަށް މި ބުރަވެވެނީ ރިޔާސީ ނިޒާމެއްގެ ތަފްސީލުތައް އަސާސީގައި ލިޔާއިރު، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާއި، އިސްލާމީ ހައްދުތަކާއި ތައުޒީރުތަކަށް ޖާގަ ދެވިދާނެ ކަމަށެވެ. އެހެނަސް ވާނެ ގޮތެއް އަދި، ބުނަން އަވަހެވެ.
ހަމަ ކަށަވަރުންވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ، އިސްލާމީ ޝަރީޢަތާއި އިސްލާމީ އަގީދާ އަސާސީން ހިމާޔަތް ކުރުމަށެވެ. ވަކި ކޮށްލިޔަ ނުދޭށެވެ. ވީމާ އަޅުގަނޑު ދަންނަވާނީ، ނަގަން މިއުޅޭ ވޯޓަކީ މާއަވަހަށް، މުޅިން އެހެން މަގުޞަދުތަކެއް ޙާސިލުކުރުމަށް ކުރަން އުޅޭކަމެއް ކަމަށެވެ.
ހަމަ ގައިމުވެސް މިކަމުން އަސްލެއް ނެތް ކަމެއްގައި ބޭކާރު ވަގުތު ތަކެއް ގެއްލިގެން ދާނެކަން ޔަގީނެވެ. އަސާސީ ލަސްކޮށްގެން ހޯދޭނެ ފައިދާއެއް ވިއްޔާ ރައީސް މައުމޫނު ސަރުކާރުން ހޯދާނެއެވެ. ފަހެ، އަޅުގަނޑުމެން ނަށް ހެޔޮ ވިސްނުން ދެއްވައި އަޅުގަނޑުމެންގެ ދީނަށް ނަޞްރު ދެއްވާށިއެވެ! ހުރިހާ ދިވެހިންނަކީ، އިސްލާމުންގެ ގޮތުގައި ގާނޫނީގޮތުން ތިބުމުގެ މަގުފަހިކޮށް ދެއްވާށިއެވެ! އާމީން!


Comments