top of page
ސިޔާސީ
މިވަނީ ކިހިނެތްތޯއެވެ؟
ފަހެ، ދަންނާށެވެ! ދިވެހި ރައްޔިތުންތިބީ، ރައީސް މައުމޫނުގެ ވެރިކަމާ ވަރަށްބޮޑަށް ނުރުހިފައެވެ. ނަފްރަތުކަން އުފެދިފައެވެ. އެންމެބޮޑު ސަބަބަކީ، ވެރިކަމުގައި މާގިނަދުވަސް ވުމެވެ. މީސްތަކުން ހިތުގެއަޑިން ނަފްރަތު ކުރާލެއް ކުޑައެއްނޫނެވެ. މަޑުންތިއްބަސް ވަރަށް ބޮޑެވެ. އެހެނަސް އެކަން އަމަލުން ފާޅުކުރުމުގެ ހިތްވަރު އަދި ނެތީއެވެ. މާއްދީގޮތުން ލިބެމުންދާ ފައިދާތަކެއްގެ ސަބަބުން ދެއަތަށް ކިރިލަކިރިލާ ތިބެން ޖެހިފައިވާ ބަޔަކު އެބަތިއްބެވެ. ދިރިހުރުމަށް، އާންމުދަނީ ލިބޭނޭއެހެން ގޮތްތަ
ilyashusein
Dec 9, 20095 min read
ރައްޔިތުން ބައިބައިކޮށްގެން ވެރިކަން ހިންގުމުގެ ސިޔާސަތު.
ދިވެހިރާއްޖޭން މިފެންނަނީ، ދުނިޔެމަތީގެ އެންމެ ގަދީމީ ދުވަސްވަރަށް ވާރުތަކުރާ، ވަރަށް ޖާހިލުކަން ބޮޑު، ވެރިކަން ކުރުމުގެ ވަށްތަރެކެވެ. ޖާހިލިއްޔަތާ ސީދާކޮށް ގުޅުންހުރި ރައްޔިތުން ބައިބަޔަށް ބައިތިއްބައި ގެން ވެރިކަން ހިންގުމުގެ ނިޒާމު ދިވެހި ރާއްޖެއަށް، ވާރުތަކޮށް ފައިވަނީ، މިޞްރުންނެވެ. މިއީ ވަރަށް ގަދީމީ އަދި އަނިޔާވެރިކޮށް ވެރިކަންކުރުމުގެ ސަގާފަތެކެވެ. އަޒްހަރު ޔުނިވަރސިޓީގެ ޢިލްމުވެރިންގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން، ދިވެހި ރައްޔިތުން ދޫކޮށްލީ، ވަރަށް އުފަލާއެކު ހިތްހ
ilyashusein
Dec 3, 20092 min read
ރާއްޖޭގެ ސިޔާސީ މަސްރަހަށް ވާންމިއުޅެނީ ކިހިނެއްތޯއެވެ؟
ފަހެ ދަންނާށެވެ! ދިވެހި ރާއްޖޭގެ ސިޔާސީ މުފައްކިރުންގެ ވިސްނުން މިދުވަސްވަރުގައި ހުއްޓިފައިވަނީ، އެއް އަމާޒަކަށެވެ. އެއް ޓާގެޓަކަށެވެ. ގާނޫނު އަސާސީގައި ލިޔުމަށް ނިންމާފައިވާ އިންތިގާލީ މަރްހަލާ، ނުވަތަ “އިންތިގާލީ ބާބު” އަސާސީގައި ލިޔެވިގެންދާނެ ގޮތަކާމެދުގައެވެ. 2008 ފެބްރުއަރީ 14 ވި ބުރާސްފަތި ދުވަހުއޮތް ބޮޑުމަޖިލީހުގެ 253 ވަނަ ޖަލްސާގައި ނެގުނު ވޯޓަކީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިސްނާކޮންމެ ދިވެހި ދަރިއަކު މުތޯލިއާކުރުން ލާޒިމުނަތީޖާ އެކެވެ. ދުވަހު ނޫސްތަކުން، ޚާއްސަކޮށް
ilyashusein
Dec 3, 20095 min read
އިސްތިބްދާދީ އަނިޔާވެރި ވެރިކަމެއްގައި ވުޖޫދަށްގެނެވުނު ސިޔާސީޕާޓީ، އެމްޑީޕީން ޙަޤީޤީމަޤްޞަދު ދަމަހައްޓާއި ޙާޞިލްކުރުން ވަރަށް މުހިންމެވެ.
ދިވެހި ރާއްޖޭގެ މުޅިސިޔާސީ ހަޔާތުގައިވެސް، ސުމުއްވުލް އަމީރު މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަމިއްލަފުޅަށް އުފެއްދެވި ސިޔާސީޕާޓީ ކަމުގައިވާ “މުތަގައްދިމުޕާޓީ” އަށްފަހު، ދިވެހި ޖައްވަށް ނޭވާލި ހަގީގީ ސިޔާސީޕާޓީއަކީ، “މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ” (އެމްޑީޕީ) އެވެ. މިކަން ހަގީގަތަކަށް ހެދުނީ، އެއްވެސް ޝައްކެއް ވަސްވާހެއްނެތް ގޮތުގައި އެތައްދިވެހި ދަރީންނެއްގެ ގުރުބާނީތަކާއި މިންނަތް މަސައްކަތުންނެވެ. ޒަމާންތަކެއް ވަންދެން ވެރިކަމުގެ އަމިއްލަބާރާއި ނުފޫޒު ދެމެހެއްޓުމުގެ
ilyashusein
Nov 30, 20094 min read
ރައީސް މައުމޫނު ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ވެރިކަންކުރާ ޕާޓީއެއްގެ ގޮތުގައި ގެންގުޅުއްވާ ޑީއާރުޕީގެ މާމުއި ހަނދުގެ ދޯދިތައް!
ނޯޓް: މިމަޒްމޫނަކީ، ސިޔާސީ ފިކުރުހުންނަ ޒުވާން ކިޔަވާކުދިން ތަކުރާރުކޮށް ކިޔާއި ރައްޖޭގެ ސިޔާސީ މަސްރަހު އެދުވަސްވަރު އޮތްގޮތް ދެނެގަނެ ދިރާސާކޮށް ލުމަށް ވަރަށް ރަނގަޅު ފިލާވަޅު ތަކެކެވެ.
އާދެ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! އަދި ލޮބުވެތި ޒުވާން ކިޔަވާ ކުދިންނޭވެ! ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިންނާވަޑައި ގަންނަވާށެވެ! ގައުމާމެދު ސިޔާސީފިކުރު ކުރުމަކީ، މުހިންމު ކަމެކެވެ. ވަރަށް ބޭނުންތެރި ކަމެކެވެ. ފަހެ، ދަންނާށެވެ! ދިވެހި ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީ ކުރެވުނު ސިޔާސީޕާޓ
ilyashusein
Nov 29, 20095 min read


ދުވަސްވީ އިސްތިބްދާދީ ވެރިކަމެއްގައި ސިޔާސީޕާޓީއެއްގެ ފެށުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން، ސިޔާސީޕާޓީ އުފެއްދުމާ ބެހޭ ޚާއްސަގާނޫނެއް ފާސްކޮށް އަދި ތަސްދީގު ކުރެވިފައި ނެތަސް، “ސިޔާސީޕާޓީ ގަވާއިދު 2005″ ސަރުކާރުން ނެރުއްވައި، އަމަލުކުރަން ފެއްޓެވި ހިސާބުން، ރާއްޖޭގައި ސިޔާސީޕާޓީ އުފައްދައި ހިންގުމުގެ ގާނޫނީބާރު ލިބުނީއެވެ.
އާދެ! މިހައްގު ލިބިގެންދަނީ، ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭބާރުގެ ދަށުން، އެކަށައަޅާ ގަރާރެއްގެ މަތިންނެވެ. ފަހެ، 42 ވަނަ މާއްދާއަކީ، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކާ
ilyashusein
Nov 26, 200910 min read
ބޮޑުމަޖިލީހުގައި މަޖިލިސް ރޯގާ އަޅައިފިއެވެ.
އާދެ! ދިވެހިދައުލަތުގެ ބޮޑުމަޖިލިސް ކަމުގައިވާ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރެވޭނީ، އެމަޖިލިސް އެއްކުރަން ބޭނުންވާކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގަޔާއި ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރުމަށް ފާސްކޮށްފި ހިނދެއްގައެވެ. މިދެ ދަނޑިވަޅުގައި ވެސް މަޖިލިސް އެކުލަވާލުމަށް އަންގާނީ، ރައީސުލް ޖުމްހޫރިއްޔާއެވެ.
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން، ބޮޑުމަޖިލިސް އެކުލަވާލެވޭނީ، މިދެގޮތުންކު
ilyashusein
Nov 22, 20096 min read
ބޮޑު މަޖިލީހުގައި، ދެއަންހެނުންގެ މަސައްކަތް ނާކާމިޔާބު ވެއްޖެ، އަދި ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް ފާހެއް ނުވޭ.
ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ގާނޫނު އަސާސީގައި ލިއުމަށްޓަކައި ބޮޑުމަޖިލީހުގައި ކުރެވެމުން ދިޔަ ދިގުލީ ބަހުސް ނިމި ވޯޓަށް އެހުން އޮތީ، 20 ނޮވެމްބަރ 2006 ވީ ހޯމަ ދުވަހު އޮތް އެމަޖިލީހުގެ 123 ވަނަ ބައްދަލުވުމު ގައެވެ. މި ބަހުސްގައި އެންމެ ހޫނުގަދަކޮށް ބަހުސްކުރެވުނު މައުޟޫއަކަށް ވެފައި އޮތީ، ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ކޯޓާއެއްގެ ދަށުން ވަކި ޢަދަދަކަށް، ވަކި މުއްދަތަކަށް ޚާއްޞަ ކުރެވޭ ގޮނޑިތަކެއް ބެހެއްޓުމަށެވެ. މިކަމުގައި އިސްކޮށް އުޅުއްވ
ilyashusein
Nov 4, 20096 min read
ޚިޔާނަތްތެރިން ހިފާހައްޔަރުކޮށް ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެކެވެ.
އޭ! ލޮބުވެތި ރައްޔިތުންނޭވެ! ޝައްކެއްނެތް ގޮތުގައި ޚިޔާނަތްތެރިންނަކީ، ބޮޑެތި މުޖްރިމުންނެވެ. ހިފާހައްޔަރުކޮށް އެކަހެރިކޮށް ބައިތިއްބައިގެން ތަހުގީގު ހިންގަންޖެހޭ ބައެކެވެ. އެމީހުންގެ އެތެރެފުށް ރައްޔިތުންނަށް ފާޅުވާންޖެހޭ ބައެކެވެ. އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ބައެކެވެ. އަދި އަމުދުން ދައުލަތަށް ޚިޔާނަތްތެރި ވެފައިވާ މީހުންނާމެދު، ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކޮންމެހެން ވެސް ކުރަންޖެހޭ މަޖުބޫރުކަމެކެވެ. އެފަދަ އެއްވެސް މުޖްރިމަކު މިނިވަންކަން މަތީގައި ދޫކޮށްލާފ
ilyashusein
Nov 2, 20093 min read
ސަރުކާރު ހަރުދަނާވުން ވަރަށް ބޭނުންތެރިއެވެ.
އޭ! ރައްޔިތުންނޭވެ! ދަންނާށެވެ! މިވާނުވާ އޮޅުން ފިލުވާށެވެ! ކޮންމެގައުމެއްގައި ވެސް ހަރުދަނާ ސަރުކާރެއް އޮތުމަކީ، އެންމެ ބޭނުންތެރިކަމެވެ. ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ރައްޔިތުންގެ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކާ އެއްގޮތަށް ސަރުކާރު ހަރުދަނާ ކުރަންޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އެކަން ފުރިހަމަ ނުވާ ސަރުކާރެއްނަމަ ވީހާއަވަހަށް އެކަން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އެކަމާ ޒިންމާވާން ޖެހޭނެއެވެ. ރައްޔިތުންގެ ތެޅެމުންދާ ވިންދާއި ކެކުޅެމ
ilyashusein
Nov 2, 20093 min read
ކޮސޯވޯ މިނިވަން ދައުލަތެއްގޮތުގައި ގަބޫލުކުރުވުމަށް ރާއްޖެއަށް ދެމިލިޔަންޑޮލަރުގެ ރިޝްވަތު.
ފަހެ ދަންނާށެވެ! ސަރުކާރުން ސިޔާސީ ކަންކަމުގައި ރައްޔިތުން ވެބޫހައްދައިގެން ނުވާނެއެވެ. އަދި އެބީދައިން ސިޔާސީ އެއްވެސްކަމެއްގެ ހަގީގަތް އޮޅުވާލައިގެން ނުވާނެއެވެ. އެކަން ކުރެވޭނަމަ އެއީ ވަރަށްބޮޑު ގޯހެކެވެ. ރައްޔިތުންނަށް ދެވޭ، އަނިޔާއެކެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުން ތިލަވި، އެންމެނާޒުކު ސިޔާސީ ކަމަކީ، ދުނިޔެއަށް ވިދާލި ޖޯސެފްޓީޓޯގެ ބާރުގަދަ ސޯސިއަލިސްޓް ފެޑަރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިޔާ ރޫޅިކުދިކުދި ވެގެންގޮސް، 2008 ފެބްރުއަރީ 17 ގައި އަމިއްލަ ދައުލަތެ
ilyashusein
Nov 2, 20095 min read
ދުރުރާސްތާގެ ޚިޔާލީފޮލާ ކެއްކުމުގެ ވާހަކަތައް މަދުކޮށް، ކުރުރާސްތާގެ ކަންކަމަށް އަމަލީސިފަގެންނަން ވެއްޖެއެވެ.
ފަހެ ދަންނާށެވެ! ދިވެހިރައްޔިތުންގެ އެންމެމަތީ “ގެ” ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުންބޭރު ޖަލްސާތަކެއް ބާއްވައިގެން ހާސިލުކުރެވުނު ނަތީޖާ، ރައްޔިތުންނަށް އެއްގޮތަކަށް ވެސް ނުފެނުނެވެ. ޖެހުނީ ހަމަޖެހުނު ތަނުގައެވެ. ކުރިފައިދާއެއް ނެތެވެ. ބޭކާރު ވާހަކަތަކެއް ދެކެވިއްޖެއެވެ. އަރާރުންތަކެއް ވެއްޖެއެވެ. ބައެއް ސިޔާސީ މީހުންގެ އިހުސާސްތަކަށް ވަގުތީގޮތުން ފިނިކަމެއް ލިބިއްޖެއެވެ. ޖުމްލަކޮށް ރައްޔިތުންނަށް ހާސިލުވި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ފަހެ ޗުއްޓީގެ ދުވަސްވަ
ilyashusein
Nov 2, 20094 min read
އާސަރުކާރަށް މަރުހަބާ!
ފަހެ، ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! 2008 ނޮވެމްބަރ 11 ވީ އަންގާރަދުވަހުން ފެށިގެން ހިނގަމުންދަނީ، ރައީސް ނަޝީދުގެ ސަރުކާރެވެ. މުޅިންއާ ސަރުކާރެކެވެ. އެމްޑީޕީ އިއްތިހާދުން އުފައްދާފައިވާ ސަރުކާރެވެ. މިއިއްތިހާދާއެކު އިތުރުފަސް ސިޔާސީ ޕާޓީއެއް ގުޅިފައިވެއެވެ. ނޮވެމްބަރ 25 އަށް އާސަރުކާރަށް ބަރާބަރު 15 ދުވަސްވާނެއެވެ. އަޅުގަނޑު މިމަޒްމޫނުގައި އަލިއަޅުވާލަން ބޭނުންވަނީ، އާސަރުކާރުގެ ފުރަތަމަ 7 ދުވަހަށެވެ. އަޅުގަނޑު ހިމެނިގެންވާ ރައްޔިތުންގެ އާސަރުކާރަށް ހިތުގެއަޑިން މަރުހަ
ilyashusein
Nov 2, 20093 min read
ރައީސްމައުމޫނުގެ ވެއްޓުން.
ޝައްކެއް ވަސްވާހެއްނެތެވެ! ހަމަކަށަވަރުން ހައްގު އަތުވެއްޖެއެވެ. މިއަދަކީ ނަސްރުގެ ދުވަހެވެ. ﷲ ނަސްރާއި ފަތަހަ ދެއްވައި ފިއެވެ. މީސްތަކުން ބައިބަޔަށް އުފާކުރަން ފަށައިފިއެވެ. މިމަހު، (ނޮވެމްބަރ) އެގާރަވަނަ ދުވަހު ބޮޑުއީދު އަންނަނީއެވެ. އުފަލުން ފުރިގެންނެވެ. ނަސްރާއި ކާމިޔާބުން ފުރިގެންނެވެ. ދުވަސްވީ އަނިޔާވެރި ސަރުކާރަކުން، ތާހިރު ޑިމޮކްރަސީއަށް ބަދަލުވަނީއެވެ. އަނެއް ރާއްޖެއަށް ވާސިލުވަނީއެވެ. ވަތަންއެދޭގޮތަށެވެ. ފަހެ، މިހިނދު ހައްދަވައި ބޮޑުކުރެއްވި ﷲ އަށް ހަމްދުސަނާއިން ތ
ilyashusein
Nov 2, 20094 min read
ޢަދުލު އިންސާފުގެ ބާރު.
ދަންނާށެވެ! ރައްޔިތުންގެ ވެރިކަމެއްގައި އެންމެ އިސް ބާރަކީ ޢަދުލުއިންސާފުގެ ބާރެވެ. ޢަދުލު އިންސާފުގެ ބާރަކީ ވަކި މުސްތަޤިއްލު ބާރަކަށް ނުވެއްޖެނަމަ، މުޅި ސަރުކާރުގެ ބާރުގެއްލި ގަދަ މީހާއަށް ގަދަ ވެގަނެވުނީއެވެ. ބަލިމީހާ ނިކަމެތިވީއެވެ. ހައްގުތައް ގެއްލުނީއެވެ. މިއީ ރޫޅުމާއި ހަލާކުގެ ފެށުމެވެ. މިހިސާބުން ޢަދުލު އިންސާފު ގެއްލި ރައްޔިތުންގެ ޙައްޤުތައް ފުޑުފުޑުވީއެވެ. ބަރުބާދުވީއެވެ. މާސިންގާ ކަނޑުގެ އާދަކާދައާއި އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ ސަރުކާރުގެ ހަމަތަކާއި އުސޫލުތ
ilyashusein
Nov 2, 20096 min read
މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ އެވޯޑް ދިނީ، ރެލިޖަސްފްރީޑޮމް ހޯދުމުގެ ބޭނުމުގައެވެ.
އޭ! ލޮބުވެތި ރައްޔިތުންނޭވެ! ދެކެދެނެތިބެ ދަންނާށެވެ! މުސްލިމުންނާ ޒާތީގޮތުންނާއި ރޫޙީގޮތުން އެންމެދެކޮޅުވެރި، ޔާހޫދީންނާއި ނަސާރާއިންގެ ފަސްގަނޑުން އިސްލާމުންނަށް، އިސްލާމުން ގެންގުޅެންވީ ފްރީޑޮމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ތަމްސީލު ކުރުމަށް އަޑީގައި އެމެރިކާގެ ސަރުކާރު އޮވެގެން މުސްލިމް ޖަމާއަތެއް ލައްވާދެމުން ގެންދާ، “މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ” އެވޯޑް 2009 ލިބިގެން މިދިޔައީ، ދިވެހިރާއްޖޭގެ ދަރިއަކަށެވެ. ކުޅަދާނަ ޑިޕްލޮމޭޓަކަށެވެ. މީސްތަކުން ތެރޭގައި މަތީފަށަ
ilyashusein
Oct 30, 20098 min read
ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 9
ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ލޯނާއި ހިލޭލޯނާއި އެހީތަކާއި ބޭރަށާއި އެތެރޭގެބައެއް ކަންކަމަށް ގަނޑުކޮށް ނަގުދު ފައިސާޚަރަދު ކުރުމުގެ އިތުރުން ދެންހުރިހުރިހާ ހިސާބުތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވަރަށްރަނގަޅަށް ބެލެހެއްޓިފައި ހުރިކަމަށް އޮޑިޓަރޖެނެރަލްގެ ރިޕޯޓުގައި ވިދާޅުވެފައި ވެއެވެ. ނަގުދުފައިސާގެ ކަންތައް އޮޅުންބޮޅުން ތެރޭގައި ހުރެފައި ދެންހުރިހާ ހިސާބުތަކެއް ފުރިހަމަކޮށް ރަނގަޅަށް ހުރުމުން އެނގެނީ، މިފަދަގޮތަކަށް ދައުލަތުގެ ފައިސާގަނޑުކޮށް ޚަރަދު ކުރެއްވުމ
ilyashusein
Oct 30, 20094 min read
ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 8
އޭ! ލޮބުވެތި ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ސަރުކާރުގެ އިދާރާތަކާއި ވަޒީފާތަކަށް ސިޔާސީގޮތުން ގެންނަބަދަލުތައް ފާހަގަ ކުރައްވާފައި ވެއެވެ. މިގޮތުން ވޭތުވެދިޔަ ތިންއަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތިބަދަލުތައް ސިޔާސީގޮތުން ގެނެސްފައި އެބަހުއްޓެވެ. މީހުންގެ ގާބިލިއްޔަތަށް ބަލާލުމެއްނެތި ބޮޑެތިމަގާމުތައްދީ އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތައް އަލުން ބަލުން ވުޖޫދަށް ގެނެސް، އުފައްދަވާފައި އެބަހުއްޓެވެ. އެއިދާރާތަކަކީ،
ilyashusein
Oct 30, 20095 min read
ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 7
ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ރައީސް މައުމޫނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ޚަރަދުތައް ވެސް ވަރަށް ތަފްސީލުކޮށް ބެލެހެއްޓެން ޖެހޭނެއެވެ. މިފަދަ ދަތުރުތަކުގެ އެންމެހާ ބައިވެރިންގެ އެއާޓިކެޓާއި ހުންނެވުމާއި ފަރިއްކޮޅާއި ދަތުރުގެ ހުރިހާޚަރަދެއް ކުރައްވާފައިވަނީ ރައީސް އޮފީހުންނެވެ. މިގޮތުން ދަތުރުތަކުގެ ބައިވެރިންގެ ތިއްބެވުމަށާއި ފަރިއްކުޅުއް ވުމަށާއި އަދި ދަތުރުގެ އެހެނިހެން ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ، ނަގުދުފައިސާއިން ގަނޑުކޮށް ބޭރުފައިސާގެ ގޮތުގައި
ilyashusein
Oct 30, 20095 min read
ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓް ރިޕޯޓަށް ބަލާލުމެއް – 6
ފަހެ ދަންނާށެވެ! 2008 އޮގަސްޓް މަހުގެނިޔަލަށް ރައީސް މައުމޫނު ދިހައަތޮޅަށް ޑީއާރުޕީގެ ފަރާތުން ކެންޕޭން ކުރެއްވުމަށް ދަތުރު ކުރައްވާފައިވާ ކަމަށް އޮޑިޓަރޖެނެރަލް ފާހަގަ ކުރައްވާފައި ވެއެވެ. މައްސަލައަކީ، މިދަތުރުތަކަށް ރައީސް އޮފީހުން އެއްވެސް ޚަރަދެއް ކުރައްވާފައި ވާކަމުގެ ލިޔުމެއް ފެންނަން ނެތުމެވެ. އެހެނަސް ދައުލަތުގެ އެހެން މުއައްސަސާ ތަކުން މިދަތުރުތަކަށް ޚަރަދު ހިނގާފައި ވެއެވެ. މިއިން އެއްވެސް ހިސާބެއް ރައީސް އޮފީހުގައި ބެހެއްޓިފައެއް ނުހުރެއެވެ. އެކައުންޓިންއާއި އެކައ
ilyashusein
Oct 30, 20095 min read
bottom of page