top of page

އަދުގެ އިސްލާމީދުނިޔެ، 1914 އިން، 2014 އަށް! (ހަތަރުވަނަބައި)

  • Writer: ilyashusein
    ilyashusein
  • Jun 29
  • 46 min read

*ސޫރިޔާ އަލްޖުނޫބިއްޔާ:

*ލިވާންޓް:

ލެބަނާން:

*ޖޯރޑަން:

*އިސްޠަންބޫލް ހިފުން:

*ބައެއް މުސްލިމުންގެ އުންމީދެއް:

*ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ:

*ސްޕެނިޝް ފުލޫ:

*ފެމިން:

*ފެމިނިޒަމް:

*ދިވެހިފެމިނިޒަމް:

*އެލްއެން (LN) ވުޖޫދަށް ގެނައުން:

*ޝާމްކަރަ:

*މަސްޖިދުލްއަޤްޞާ:

*ޙަރަމް އައްޝަރީފް:

*މަސްޖިދް ޤުއްބަތުއްސަޚްރާ:

*ﷲގެ ވައްދުފުޅު:

*ޤަދީމީ ފަލަސްޠީން:

*ސާމީން:

* ފިލިސްތިޔާ:

*ފީނީޤިއްޔާ:

*ބަނީ އިސްރާއީލް:


ސޫރިޔާ އަލްޖުނޫބިއްޔާ:


ސަދަން ސޫރިޔާ އަކީ، ގްރޭޓަރ ސޫރިޔާ އެވެ. މިއީ އަރަބިބަހުން މިކިޔާ ބިލާދުއްޝާމްއެވެ. އައްޝާމް އެވެ. ބިލާދުއްޝާމް އަކީ މިހާރުގެ ލެބްނާން އާއި ޖޯޑަން އާއި ފަލަސްތީން އާއި އިސްރާއީލް އާއި އަދި ތުރުކީ ހިމެނޭ ބޮޑު ސަރަހައްދެވެ، އަނަތޯލިޔާ ސަރަހއްދު ހިމެނޭ ގޮތަށެވެ. މިއީ އުޘްމާނީ ދައުލަތުގައި އެސަރަހައްދު އިތް ގޮތެވެ.


މި ހުވަފެނަކީ، ހާޝިމީ ދަރިކޮޅުގެ މައްކާޝަރީފް ޙުސައިން ޢާއިލާއަށް އިނގިރޭސިން ދެއްކި ހުވަފެނީ ބޮޑު ދައުލަތް މަންޒަރު ކުރެވޭ ގޮތެވެ. މިސަހައްދުގެ ރަސްކަމުގެ ހުވަފެން ވަރަށް ރީތިކޮށް މައްކާޝަރީފު ހިތުގެ އަޑިން ރުހި ބަލައިގަތެވެ. އެންމެ ފަހުން، އެގޮތް މިގޮތަށް އިނގިރޭސިން ހިފި ބިންތައް ދައްލަތް ތަކަކަށް ބަހައި ދެމުން ގޮސް، ދެކުނު ސޫރިޔާ ވެސް ވަކިވަކި ދައްލަތް ތަކަކަށް ބެހިގެން ދިޔައީއެވެ. ހުވަފެން ދެއްކި ބޮޑުސޫރިޔާ ނެތިގެން ދިޔައީ ދައްލަތް ތަކަކަށް ބެހިގެން ގޮހެވެ. ލެބްނާން އެއް އުފެދުނީއެވެ.


ޖޯރޑަން އެއް ސޫރިޔާ ތެރެއިން ނެގުނީއެވެ. މިދައުލަތްތައް އިނގިރޭސިން ބަހައިދިން އިރު، މައްކާޝަރީފް ޙުސައިންގެ، 3 ބެއިންނަށް، 3 ދައްލަތް އުފަށްދަ އިދީ އެތިން ދައްލަތުގެ ރަސްކަން ހަވާލު ކުރިއެވެ. ކުރިން އެވާހަކަ ވާނީ ގެނެސްދީފައެވެ. އެހެނަސް އިނގިރޭސިން ދެއްކިހުވަފެން ފުރިހަމަ ޙަޤީޤަތަކަށް ހަދައެއް ނުދެވުނެވެ. ޢަރަބި ބޮޑު ދައްލަތް އޮތީ ނަމެއްގަ އެވެ. އުފެދިގެން ދިޔައީ ކުދިކުދި ވަކި ދައުލަތް ތަކެކެވެ.


ލިވާންޓް:


ބޮޑުސޫރިޔާގެ މިސަރަޙައްދަށް،  އާދެ! ކުރީގެ ޝާމް ކަރައަށް، ޤަދީމީނަމުން ނަމަ ކިޔަނީ، ލިވާންޓް (LEVANT) އެވެ. ޖޯގްރަފީ ގޮތުންނާއި ޘަޤާފީގޮތުން މިއީ އީސްޓަން މެޑިޓަރޭނިއަން އެވެ. ފަހެ، ލިވާންޓް ސަރަޙައްދުގެ ޤައްމު ތަކަކީ، ސޫރިޔާ އާއި ލެބަނާން އާއި އިސްރާއީލް އާއި ފަލަސްޠީން އާއި ޖޯރޑަން އާއި ސައިފްރަސް (ޤުބްރުޞް) އާއި ތުރުކީގެ މެޑިޓަރޭނިއަން ސަރަޙައްދު ކަމުގައިވާ ހަޓޭ އާއި މިޞްރުގެ ސީނާ އާއި ޢިރާޤް އެވެ.


މިއީ، 1497 ގައި މެދުއިރުމައްޗަށް އިނގިރޭސި ބަހުން ކިޔާ އުޅުނު ނަމެކެވެ. މާނައަކީ، އިރުމަތި އެވެ. މިބަސް ނެގިފައި ވަނީ، އިރު އެރުމަށް ނިސްބަތް ކޮށެވެ. ފްރާންސް ބަހުން ލިވާންޓް އަކީ، ރައިސިން އެވެ. (އެއްޗެއް) އެރުމެވެ. އިރު އެރުމެވެ.


ފަހެ، ބޮޑު ހަނގުރާމައިގެ ކުރިން މިސަރަޙައްދު އޮތީ، ޢުޘްމާނީ ޚިލާފަތްގެ ދަށުގައެވެ. ބޮޑު ހަނގުރާމައިގާ މިބިންތައް ހިފުމަށް ފަހު، އިނގިރޭސި މޭންޑޭޓްގެ ދަށުން ހިންގާގޮތަށް ޕެރިސް ޕީސް ކޮންފަރެންސް ގައި ބަހާލީ، ކުދިކުދި ވަކި ދައްލަތް ތަކަށެވެ. އެއީ ފަލަސްޠީން (ޖެރޫސަލަމް) އާއި ސޫރިޔާ އާއި ލެބްނާން އާއި ޖޯރޑަން އާއި ޢިރާޤް އަށެވެ. މީގެ ކުރިން ސޫރިޔާ އާއި ފަލަސްޠީން، ޤުދުސްގެ ވާހަކަ ވާނީ ގެނެސް ދީފައެވެ. މިތާގައި ލެބްނާން އާއި ޖޯރޑަންގެ ވާހަކަ ގެނެސް ދޭނަމެވެ.


ލެބަނާން:


މިއީ ދެކުނު ސޫރިޔާގެ ބިމެކެވެ. ބޮޑު ހަނގުރާމަ އަށް ފަހު، އުފާފާޅުކޮށް ބިންތައް ބަހާއި ބައިއެޅުމަށް ބޭއްވި ކޮންފަރެންސް އިން ލެބަނާން ދިނީ، ވެފައިވާ ވަޢްދުއާ އެއްގޮތަށް ފްރާންސް އަށެވެ. ފްރާންސްގެ މޭންޑޭޓްގެ ދަށުން ހިންގާގޮތަށް ދައްލަތް ލެބަނާން އަލްކަބީރް “ސްޓޭޓް އޮފް ގްރޭޓަރ ލެބްނާން” 1920 އިން ފެށިގެން، 1943 އަށް ފްރާންސްއާ ހަވާލުކުރީއެވެ.


22 ނޮވެންބަރ 1943 ގައި މިނިވަން އަމިއްލަ ޖުމްހޫރީ ވެރިކަމަކަށް “އަލްޖުމްހޫރިއްޔަތުލް ލަބްނާނިއްޔާ” އުފެއްދީއެވެ. އަދި، 31 ޑިސެންބަރ 1946 ގައި ފްރެންޗް ފޯރސް ލެބްނާން ދޫކޮށް ފައިބައިގެން ދިޔައީއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގާ މިސަރަޙައްދު ބޭއްވީ މަޑުމައިތިރި ކޮށެވެ.


ލިޔެކިޔުމުން މާވަރުގަދަ އެގްރީމެންޓެއް ނުލިޔުނަސް، 1943 ގައި އަލްމީޘާޤުލް ވަޠޮނީ (NATIONAL PACT) ގެ ނަމުގައި ޢަހްދެއް ވެވުނެވެ. މިޢަހްދު ބުނާގޮތުގައި މަވާރިނާ އިން، ބޭރުފަރާތް ތަކައި ނުގުޅި ލެބްނާންއާ އެކުގައި ޢަރަބިންނާ ގުޅިގެން ތިބުމަށް ޤަބޫލްކުރަން ޖެހެއެވެ.


މަވާރިނާ (MARONITES) އިންނަކީ، ލިވާންޓް ގައި ދިރިއުޅެމުން ދިޔަ ޤަދީމީ ކްރިސްޓިއަން ދަރިކޮޅެކެވެ. މަވާރިނާ އިން ނަގާފައި ލެބްނާންގައި އެންމެ ގިނައީ އޯރތޮޑޮކްސް މަސީޙީންނެވެ. މިއީ ވެސް ކްރީސްޓިއަނުންގެ ޖަމާއަތެކެވެ. ދެން، އެ އަހްދުގައި ވަނީ، މުސްލިމުން ބޭނުން ނަމަ، ސޫރިޔާ އައި ގުޅެވިދާނެ ކަމަށެވެ. އަދި ލެބްނާންގެ ރައީސް އަކަށް، އަބަދުވެސް މަވާރިނާ ދަރިކޮޅުގެ މީހަކު ބެހެއްޓުމަށެވެ.


އަދި ބޮޑުވަޒީރު ކަމަށް ސުންނީންގެ މީހަކު ބެހެއްޓުމާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް ކަމުގައި ޝީޢީ މީހަކު ބެހެއްޓުމަށެވެ. އަދި މަޖްލީހުގެ ނައިބު ރައީސް ކަމާއި ބޮޑުވަޒީރުގެ ނައިބު ކަމުގައި ގްރީކް އޯރތޮޑޮކްސް މަސީޙީއަކު ބެހެއްޓުމަށެވެ. އަދި އަރމީޗީފް އަކަށް ދުރޫޒް ދަރިކޮޅުގެ ޢަސްކަރީ މީހަކު ބެހެއްޓުމަށެވެ.


އަދިމަޖްލީހުގައި ކޮންމެ، 6 މުސްލިމަކަށް، 5 ކްރިސްޓިއަނުން ނަށް ގޮނޑި ބެހެއްޓުމަށެވެ. އިނގިރޭސިން ނާއި ފްރާންސް އިން ބޭނުންވީ، ލެބްނާން އަކީ، އެކި ދީންތަކުގެ މީހުންނަށް ޚާއްޞަ ކުރެވިފައިވާ ޤައްމެއްގެ ގޮތުގައި އޮންނަ ދައްލަތަކަށް ހަދާށެވެ. ޚާއްޞަކޮށް ޢަރަބި މަސީޙީން ނާއި އަޞްލު ޔަހޫދީންނަށް ދިރިއުޅެވޭ ގޮތަށް ބާއްވަން ބޭނުންވި ރަށެކެވެ. އަދި އަދަށް ވެސް ދާޚިލީހަނގުރާމަ އަށް ފަހުވެސް، ލެބްނާން އެއޮންނަނީ އެގޮތަށެވެ.


ލެބްނާންގެ ވެރިރަށުގައި މަޢްހަދުތަކާއި ޔުނިވަރސިޓީ ޤައިމް ކުރެވުނީ ވެސް މިގޮތަށް ބަލައި ގެންނެވެ. ދުނިޔޭގެ އެތަން މިތަނުން އެމެރިކަން ބައިރޫތް ޔުނިވަރސިޓީއަށް ގިނަ ޢަދަދަކަށް ކިޔަވާ ކުދިންނަށް ޖާގަދޭން ފެށުނީ ވެސް މިބޭނުމުގައެވެ. އިސްލާމް ދީނަށް ވުރެ އެހެންދީންތައް މަތިވެރި ކުރުވުމަށެވެ. އެމަގުސަދުގައެވެ. ލާދީނީ، ސެކިއުލަރ މިނިވަން ޚިޔާލްގެ މުސްލިމް ދަރިވަރުން ގިނަކުރުމުގެ ބޭނުމުގައެވެ.


ޖޯރޑަން:


ޖޯރޑަން އަކީ، މިހާރުގެ އުރްދަން އެވެ. މިއީ ވެސް ދެކުނު ސޫރިޔާގެ ބިމެކެވެ. ޕެރިސް ޕީސް ކޮންފަރެންސް އިން، މެކްމަހޮން އާއި ޙުސައިންއާ ދެމެދު ހިންގުނު ލިޔުންތަކުގެ ވަޢްދުގެ ދަށުން މިބިމުގައި ދައްލަތެއް އުފައްދާއި ނަން ދިނީ “އިމާރަތު ޝަރުޤުލް އުރްދަން (EMIRATE OF TRANSJORDAN) އެވެ. ޓްރާންސް ޖޯރޑަން، 1921 އިން ފެށިގެން، 1946 އަށް ދެމިއޮތެވެ. މިއިމާރާތް އުފައްދައިދިނީ ޢަރަބި ހާޝިމީ ދަރިކޮޅަށް އަމިއްލަ ވަޒަނެއް ހޯދައި ދިނުމަށް، އިނގިރޭސިން ނަށް މަޖްބޫރު ވެފައި އޮތުމުން، 1921 ގައެވެ.


އިނގިރޭސިން ނާއި ފްރާންސް ވެގެން، 1946 އާ ހަމައަށް، މައްކާޝަރީފް ޙުސައިންގެ ދެވަނަ ދަރިކަލުން، ޢަބްދުﷲ އެކެއް އަށް ރަސްކަންދީފައި ބެހެއްޓިއެވެ. އަދި، 25 މެއި 1946 ގައި އަމިއްލަ މިނިވަން ހާޝިމީ ވެރިކަމަކަށް ބަދަލުވީއެވެ. އަދި، 25 މެއި 1946 ގައި ޓްރާންސް ޖޯރޑަންގެ ޕަރލަމެންޓުން ޖޯރޑަންގެ ރަސްގެފާނަކީ، ޢަބްދުﷲ އެކެއް ކަމުގައި ނިންމެވުމުން، 20 ޖުލައި 1951 އާހަމައަށް ރަސްކަމުގައި ހުންނެވީ ޢަބްދުﷲ އެކެއް އެވެ. ދެން، 20 ޖުލައި 1951 އިން ފެށިގެން. 11 އޯގަސްޓް 1952 އާހަމައަށް ހުންނެވީ، ޢަބްދުﷲ އެކެއްގެ ދަރިކަލުން ޠޮލާލް ބިން ޢަބްދުﷲ އެކެއް އެވެ.


އަބްދުﷲ އެކެއް ގެ ދަރިކަލުން  ތޮލާލް
އަބްދުﷲ އެކެއް ގެ ދަރިކަލުން ތޮލާލް

އަދި، 11 އޯގަސްޜް 1952 އިން ފެށިގެން، 7 ފެބްރުއަރީ 1999 އާހަމައަށް ހުންނެވީ، ޠޮލާލްގެ ދަރިކަލުން، ޙުސައިން ބިން ޠޮލާލް ބިން ޢަބްދުﷲ އެކެއް އެވެ.


ތިލާލް ގެ ދަރިކަލުން ހުސައިން ރަސްގެފާނު
ތިލާލް ގެ ދަރިކަލުން ހުސައިން ރަސްގެފާނު

ފަހެ، މިއީމަޝްހޫރު ޙުސައިން ރަސްގެފާނެވެ. އިނގިރޭސިންގެ މާ އަރިސް ބޭފުޅެކެވެ. އަދި، 7 ފެބްރުއަރީ 1999 އިން ފެށިގެން މިއަދާ ހަމައަށް ވެސް ހުންނެވީ، ޙުސައިން ރަސްގެފާނުގެ ދަރިކަލުން، ޢަބްދުﷲ ދޭއް ބިން ޙުސައިން ބިން ޠޮލާލް ބިން ޢަބްދުﷲ އެކެއް އެވެ.


މިހާރުގެ ޖީޑުން ރަސްގެފާނު ހުސައިން ރަސްގެފާނުގެ ދަރިކަލުން އަބްދުﷲ ދޭއް
މިހާރުގެ ޖީޑުން ރަސްގެފާނު ހުސައިން ރަސްގެފާނުގެ ދަރިކަލުން އަބްދުﷲ ދޭއް

އުފަންވީ، 30 ޖެނުއަރީ 1960 ގައެވެ. އަދި، ޖޯރޑަންގެ ކްރައުން ޕްރިންސް އަކަށް، ޢަބްދުﷲ ދޭއްގެ ދަރިކަލުން، ޙުސައިން ބިން ޢަބްދުﷲ ދޭއް (CROWN PRINCE HUSSAIN BIN ABDULLAH) ވަނީ، 22 މެއި 2013 ގައި ހަމަ ޖައްސާފައެވެ. ފަހެ، މިބޭފުޅާ، (ކްރައުން ޕްރިންސް ޙުސައިން) ވިހެއީ، 28 ޖެނުއަރީ 1994 ގައެވެ.


މިހާރު، 2014 ގައި ޢުމުރު ފުޅަކީ އެންމެ، 19 އަހަރެވެ. މަންމަފުޅަކީ، ޕްރިންސަސް ރާނިއާއެވެ. އަމީރު ޙުސައިން އަކީ ހާޝިމީ ދަރިކޮޅުގެ ބޭފުޅެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަލުން ފާޠިމަތް ގެފާނާއި ޢަލީގެފާނުގެ ދަރިކޮޅުގެ، 42 ވަނަ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ.


ޙުސައިންގެ ނަމުން ނަން ދެއްވާފައި އެވަނީ، އިނގިރޭސިންގެ ގާތުގައި މަޝްހޫރު ޙުސައިން ރަސްގެފާނުގެ ނަންފުލަށް ނިސްބަތް ކޮށެވެ. ކިޔަވާ ވިދާޅުވީ، އެމެރިކާގެ ވޮޝިންޓަން އިންނެވެ. ކްރައުން ޕްރިންސް ޙުސައިން އަކީ، ޖޯރޑަން އަރމަޑް ފޯރސަސްގެ ފަސްޓްލެފްޓިނަންޓް ރޭންކް ގައި މިއަދު ހުންނެވި ޢަސްކަރީ ބޭފުޅެކެވެ.


އިސްޠަންބޫލް ހިފުން:


ފަހެ، 1918 ވަނަ އަހަރުގެ، 11 ވަނަ މަހުގެ، 11 ޖެހިއިރު ހުއްޓާލި ބޮޑު ހަނގުރާމައިގެ ނަތީޖާނެރުމަށް ހަދަން ބޭނުންވި، ޕީސް ޓްރީޓީތައް ހެދުމަށް މަޑުކުރުމެއް ނެތި، 12 ނޮވެންބަރ 1918 ގައި ފްރެންޗް ސިފައިން ކޮންސްޓަންޓިނޮޕްލް އަށް އެރީއެވެ. ވަދެގަތީއެވެ. ކޮންސްޓަންޓިނޮޕްލް އަކީ، މިހާރުގެ އިސްޠަންބޫލް (CONSTANTINOPLE) އެވެ. އަދި ޤުސްޠުންޠީނިޔާ އަކީ، ޢަރަބިބަހުން އިސްޠަންބޫލް އަށް ކިޔާނަމެވެ.


އިސްތަންބޫލަކީ ތުރުކީގެ އޭރު ވެރިރަށޭވެ. އަންކަރާއަށް ތުރުކީގެ ވެރިކަން ބަދަލު ކުރީ، 1923 ގައި މުސްތަފާ ކަމާލް އަތާތުރުކުގެ ވެރިކަމުގައެވެ.


ފަހެ، އިނގިރޭސި ސިފައިން، ޔޫރަޕްގެ އެހެން ސިފައިންނާ އެކު. އިސްޠަންބޫލް ސިޓީއަށް، 13 ނޮވެންބަރ 1918 ގައި ވަދެ، ޑިސެންބަރގެ ކުރީކޮޅުގައި އިއްތިޙާދީންގެ ޢަސްކަރީން އިދާރީ ހުރިހާ ކަމަކައި ޙަވާލުވީއެވެ. ކާފަރު ސިފައިންތައް އައިސް ޚަލީފާގެ ދީވާނަށް ވަދެގަތީ ހަމައެއް ލަމައެއްނެތި އެވެ. ވަޙުޝީ ޙަލުގައެވެ. އެހިސާބުން ޚިލާފަތުގެ ވެރިރަށް އިސްޠަންބޫލް އިއްތިޙާދީ ލަޝްކަރުގެ ބާރުގެ ދަށަށް ވެއްޓީ، ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދިޔައީއެވެ.


އަދި، 1918 ޑިސެންބަރ އިން، 1919 އޯގަސްޓް އަށް އިސްޠަންބޫލް ގައި ބަހައްޓާފައި ހުރީ، އިނގިރޭސި ޢަސްކަރިއްޔާގެ އެޑްމިރަލް އެކެވެ. މީނާގެ ފުރަތަމަ ފިޔަވަޅަކަށް ކުރިކަމަކީ، ޢުޘްމާނީ ސަރުކާރުގެ ގިނަބަޔަކު މާލްޓާއަށް އަރުވާލެއްވު މަށް ފަހު، ސަރުކާރުގެ އިސް މަޤާމްތަކަށް އިނގިރޭސި ޢަސްކަރީން ޢައްޔަން ކުރުމެވެ.


ޕެރިސް ޕީސް ކޮންފަރެންސް ގައި ޓްރީޓީ އޮފް ސީވްރެސް (TREATY OF SEVRES) ޢުޘްމާނީ ޚިލާފަތާއި އިއްތިޙާދީންނާ ދެމެދު ކުރެވެންދެން، އިސްޠަންބޫލް އޮތީ އިނގިރޭސިންގެ މޭންޑޭޓްގެ ދަށުގައެވެ. ސީވްރެސް އަކީ، ޕެރިހުގެ މެދުގައިވާ އަވަށެވެ.


ފަހެ، މިއެއްބަސްވުން ބުނާގޮތުން، ބަނދަރުތަކާއި ކަނޑުއޮޅިތައް ބައިނަލް އަޤްވާމީ އޭރިޔާތައް ގޮތުގައި ބޭއްވުމަށާއި އިސްޠަންބޫލް އަކީ،  ޢުޘްމާނީ ޚިލާފަތުގެ ވެރިރަށް ކަމުގައި ޤަބޫލްކުރު މަށެވެ. އެހެނަސް، ތުރުކީގައި އުފެދިފައި އޮތް ޤައްމީ އަދި ވަޠޮނީ ރޫޙްގެ ދަށުން، މިސީވްރެސް ޓްރީޓީ ޤަބޫލް ނުކޮށް، ރަށްދުކޮށް، އެތެރޭގެ މިނިވަން ކަމުގެ އަޑުއުފުލާއި މިނިވަން ތުރުކީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް، ތުރުކީގެ ޒުވާނުން ފެށީއެވެ.


އަދި ކާމިޔާބު ކުރީއެވެ. ޓަރކިޝް ވޯރ އޮފް އިންޑަޕެންޑަންސް ބާރަށް ކުރިޔަށް ގެންދަން ފެށީއެވެ. ކުދިބޮޑު ހުރިހާ ޒުވާނުން ބައިވެރި ވެގެންނެވެ. ހަތިޔާރާއެކު، 15 މެއި 1919 އިން ފެށިގެން، 11 އޮކްޓޯބަރ 1922 އާހަމައަށް ވަރުގަދައަށް ހަނގުރާމަ ކުރިޔަށް ގެންދިޔައެވެ. އިނގިރޭސިން ނަށް ހިފާއްޓައި ނުލެވޭވަރަށެވެ. ތިންއަހަރާއި ހަތަރުމަހާއި ތިންހަފްތާ އާއި ފަސްދުވަސް މިހަނގުރާމާގައި ނެގިއެވެ.


ތުރުކީ އިނގިރޭސިން އަތުން މިނިވަންކަން ހޯދަން ކުރި ހަނގުރާމައިގެ ބައެއް މަންޒަރުތައް
ތުރުކީ އިނގިރޭސިން އަތުން މިނިވަންކަން ހޯދަން ކުރި ހަނގުރާމައިގެ ބައެއް މަންޒަރުތައް

ފަހެ، އިސްޠަންބޫލް އާއެކު މުޅި ތުރުކީ، މިނިވަން މުސްތަޤިއްލު ޤައްމަކަށް ހެދުމަށެވެ. ޢުޘްމާނީންނާ އެކު ހެދުނު، ޓްރީޓީ އޮފް ސީވްރެސް އޮތްތާ ވަޅުޖެހިފައި އޮތީއެވެ. ޢަމަލު ކުރެވުނު އެއްޗަކަށް ނުވިއެވެ. ޓަރކިޝްވޯރ އޮފް އިންޑަޕެންޑެންސް، ޙަރަކާތުގެ އިސް ލީޑަރއަކީ ގަލިޕޯލީ ހަނގުރާމައިގާ ވިދާލި ކުޅަދާނަ ހީރޯ ކަމުގައިވާ، މުޞްޠޮފާ ކަމާލް އަތާތުރުކް އެވެ. އަދި ތުރުކީ މިނިވަން ކުރުމުގެ އެތެރޭގެ ހަނގުރާމަ، 24 ޖުލައި 1923 އާހަމައަށް، ދެމިގެން ދިއުމަށް ފަހު، ޞުލްޙައާ ހަމައަށް ވާޞިލްވީ، 4 އަހަރާއި، 2 މަހާއި، 5 ދުވަހުގެ ހިތްވަރުގަދަ ކުރިމަތިލުން ތަކަކަށް ފަހުގައެވެ.


ދެން އިނގިރޭސިން ނަށް ޖެހުނީ، އެހެން ޓްރީޓީއެއް ތުރުކީންނާ އެކު ވަކިން ހަދާށެވެ. ޞުލްޙަވާށެވެ. 24 ޖުލައި 1923 ގައި ތުރިކީންނާ އެކު ޞުލްޙައިގެ އާ ޓްރީޓީއެއް ގައި ސްވިޓްޒަލޭންޑްގެ ލައުޒާން (TREATY OF LAUSANNE) ގައި ސޮއި ކުރެވުނީއެވެ.


އެހިސާބުން ކުރިން ޢުޘްމާނީންނާ އެކު ސޮއިކުރި، ޓްރީޓީ އޮފް ސީވްރެސް އުވިގެން ދިޔައީއެވެ. ތުރުކީ ތެރޭގައި ކުރެވުނު ތުރުކީ މިނިވަން ކުރުމުގެ ހަނގުރާމަ، 1919 އިން ފެށިގެން، 1923 އާހަމައަށް ހިންގުމުގެ ނަތީޖާ އަކަށްވީ، ލައުޒާން އެއްބަސްވުން ވުޖޫދަށް އައުމެވެ. ތުރުކީ އެކުގައި މިނިވަން ވުމެވެ.


ޔަންގް ޓަރކްސް (YOUNG TURKS) އާއި މުޞްޠޮފާ ކަމާލް ޕާޝާގެ މަސައްކަތުން، 23 އެޕްރީލް 1920 ގައި ގްރޭންޑް ނެޝަނަލް އެސެންބްލީ އޮފް ޓަރކީ، މި ނަމުގައި މިނިވަންވުމަށް ފަހު، ތުރުކީގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖްލިސް ބައްޓަންކޮށް ވުޖޫދަށް ގެނައެވެ.


ރައްޔިތުންގެ މިގޭގައި، 550 ގޮނޑިގެ ތެރެއިން، 313 ގޮނޑި ސަރުކާރަށް ކާމިޔާބު ކުރިއެވެ. ފުރަތަމަ މަޖްލިސް ސްޕީކަރއަކީ، މުޞްޠޮފާ ކަމާލް ޕާޝާ އެވެ. މިމަސައްކަތް ހިންގީ އިސްޠަންބޫލް ގައެއް ނޫނެވެ. އަންކަރާ ގައެވެ.


ފަހެ، ޢުޘްމާނީ ދައްލަތުގެ ތެރެއިން މުޅިން މުސްތަގިއްލު އާ ދައުލަތެއް ވުޖޫދު ކުރެވުނީއެވެ. އޭރު އިސްޠަންބޫލް ކޮންޓްރޯލް ކުރަމުން ގެންދިޔަ، އިނގިރޭސި ސިފައިން ނާއި ފްރާންސް ސިފައިން، އިސްޠަންބޫލް އިން ފައިބައި، އިސްޠަންބޫލް ތުރުކީންނާ ޙަވާލުކުރީ، 18 ސެޕްޓެމްބަރ 1922 ގައެވެ. ފަހެ، މިހާހިސާބުން، މުޞްޠޮފާ ކަމާލް ޕާޝާގެ ފުރިހަމަ ބާރުގެ ދަށަށް މުޅި ތުރުކީ ދިޔައީ އެވެ.


ފަހެ، މިހާހިސާބުން، 1453 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އައި، ޢުޘްމާނީ ޚިލާފަތްގެ ނިމުމުގައި ސިއްކަ ޖެހުނީއެވެ. އަދި ރަސްމީކޮށް ހަނގުރާމައިގެ ޙާލަތު ނިމިގެން ދިޔައީ، ސްވިޓްޒަލޭންޑް ގެ ލައުޒާން ގައި ސޮއިކުރެވުނު ޞުލްޙައިގެ ޓްރީޓީގެ ދަށުންނެވެ. އިއްތިޙާދީން ނާއި ތުރުކީއާ ދެމެދު ކުރެވުނު ހަނގުރާމަ މިހާ ހިސާބުން މުޅިން ނިމުނީއެވެ.


މިއެއްބަސް ވުމުގައި ހުރިހާ ބައިވެރިން ސޮއިކުރިއެވެ. މިއެއްބަސް ވުމުގައި ތުރުކީން ނާއި ގްރީސް އިން ނާއި އިޓަލީ އިން ނާއި ޖަޕާން އިން ނާއި އިނގިރޭސި ވިލާތުން ރެޓިފައިކޮށް ތަޞްދީޤް ކުރެވުނެވެ. ފަހެ، ޞުލްޙައިގެ މި އެގްރީމަންޓަށް ޢަމަލުކުރަން ފެށީ، 6 އޮގަސްޓް 1924 ގައެވެ.


އާދެ! މުޞްޠޮފާ ކަމާލް އަތާތުރުކް (MUSTAFA KEMAL ATATURK, 19 MAY 1881 – 10 NOV 1938) އަކީ، ތުރުކީގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ އެވެ. އަދި ފުރަތަމަ ޕްރައި މިނިސްޓަރ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ރައީސް އެވެ. އަދި ތުރުކީގެ ފައުންޑަރ އެވެ. އަދި، ތުރުކީންގެ ބައްޕައެވެ. އަތާތުރުކް ގެ މާނައަކީ، ތުރުކީގެ ބައްޕަ އެވެ.

މުސްތަފާ ކަމާލްއަތާތުރުކް (ޔަންގްޓާކްސްގެ މަޝްހޫރު ކަމާލްޕާޝާ)
މުސްތަފާ ކަމާލްއަތާތުރުކް (ޔަންގްޓާކްސްގެ މަޝްހޫރު ކަމާލްޕާޝާ)

އަދި، 9 ސެޕްޓެންބަރ 1923 އިން ފެށިގެން، 10 ނޮވެންބަރ 1938 އަށް ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރ އެވެ. އަދި މީނާއަކީ އިންތިހާއަށް ލާދީނީ، ސެކިއުލަރ ފިކްރުގެ މީހެކެވެ. ތުރުކީން ޢަރަބިބަސް ފޮހެލާއި ލެޓިން އަކުރު ތަޢާރުފް ކުރިއެވެ. އަދި މުސްލިމުންގެ ބަންގި ބަދަލުކޮށް ހެދިއެވެ. ގިނަގުނަ އަނިޔާތަކެއް މުސްލިމުންނަށް ކުރި، ރައީސް އެކެވެ.


ފަހެ މީނާ، 10 ނޮވެންބަރ 1938 ގައި، އިސްޠަންބޫލް ގައި އަވަހާރަވީ އިރު ޢުމުރަކީ، 57 އެވެ. އަވަހާރަވީ، ލިވަރގެ އާލާސްކަންފުޅެއް ގައި އުޅުއްވާފައެވެ.


ބައެއް މުސްލިމުންގެ އުންމީދެއް:


ޔޫރަޕް އާއި އިނގިރޭސިން ގުޅިގެން ހިންގި ބޮޑު ހަނގުރާމައިގައި، އިސްލާމީ އުންމަތް ކަމުގައިވައި، ޢުޘްމާނީ ޚިލާފަތު ވައްޓާލުމަށް ފަހު، ތުރުކީންގެ ބޮޑު ރައްޔިތުންގެ މަޖްލިސް އިން، 3 މަރޗް 1924 ގައި އިސްލާމީ ޚިލާފަތު ޚަތިމްކޮށް، ނިމުމަކަށް ގެނެސް އެންމެ ފަހުން ހުންނެވި ޚަލީފާ، އަބްދުލް މަޖީދު ދޭއް، ފްރާންސް އަށް އަރުވާލެވުނު އިރު، އޭނާގެ ތިންވަނަ އަނބިކަބަލުން، މެހިސްތީކަޑިން އަފަންދީ (27 JAN 1892 – 1964) އަށް ލިބިލެއްވި ހަމައެކަނި އަންހެން ދަރިކަލުން ކަމުގައިވާ، ޚަދީޖާ ޚައިރިއްޔާ ޢައިޝަތް ދުއްރު ޝެހްވާރު, (1914 - 2006) އަރިހުގައި ޕެރިސް އަށް ގެންދެވިއެވެ.


ޚަދީޖާ ޚައިރިއްޔާ އައިޝަތުދުއްރު ޝެހްވާރު
ޚަދީޖާ ޚައިރިއްޔާ އައިޝަތުދުއްރު ޝެހްވާރު

ޢާއިލާ އެކުގައި ފްރާންސް އަށް އަމިއްލަފުޅު ރުހުމުގައި އަރުވާލެއް ވުނީއެވެ. ދުއްރު ޝެހްވާރް ގެ މަންމަ އަކީ ގަނޑުވަރު ތެރޭގެ ބާންދީއެކެވެ. ޚަލީފާ ޢަބްދުލް މަޖީދް ދޭއް، ހިތްޕުޅާ ވެގެން ކައިވެނި ބައްލަވައި ގަތީ، 16 އެޕްރީލް 1912 ގައެވެ. މިކައިވެންޏަށް ދެއަހަރުގައި ދުއްރު ޝެހްވާރް ލިބިލެއްވީއެވެ. ދުއްރު ޝެހްވާރްގެ ބައްޕާފުޅު އަބްދުލް މަޖީދް ދޭއް އަވަހާރަވުމުން، މަންމާ ފުޅު ޔޫކޭ އަށް ބަދަލުވެ މަރުވީ، ސްޓްރޯކެއް ޖެހިގެން، 1964 ގައި ލަންޑަން ގައެވެ. ފަސްދާނަ ލެވުނީ، ބްރޫކްވުޑް ސެމެޓަރީ ގައެވެ.


ފަހެ، އެދުވަސްވަރު ދުނިޔޭގެ އެންމެ މުއްސަނދި މަހްޖަނަކީ، އިންޑިޔާގެ ޙައިދަރުއާބާދުގެ ޒަމާންވީ ރަސްކަމެއް ކަމުގައިވާ، ނިޒާމް އޮފް ޙައިދަރްބާދުގެ ގޮތުގައި ހުންނެވި، އާޞިފް ޖާހް ހަފްތަމް (ހަތެއް) އެދަރިކޮޅުގެ އެންމެ ފަހުގެ ރަސްގެފާނެވެ. ބާދްޝާހް އެވެ. އެ ރަސްކަލަކީ، މީރް ޢުޘްމާން ޢަލީ ޙައިދަރް (6 APR 1886 – 24 FEB 1967) އެވެ. ރަސްކަމުގައި އޮފީހުގައި އިންނެވީ، 29 އޯގަސްޓް 1911 އިން ފެށިގެން، 17 ސެޕްޓެންބަރ 1948 އަށެވެ.


މީރު އުޘްމާން އަލީ ހައިދަރު
މީރު އުޘްމާން އަލީ ހައިދަރު

މިބަހާދުރް އަކީ، އެދުވަސްވަރު މުޅިދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ. މިވާހަކަ އެމެރިކާގެ ދަޓައިމް މަޖައްލާގެ ބޭރުގަނޑު ސްޓޯރީގެ ގޮތުގައި، 22 ފެބްރުއަރީ 1937 ވަނަ ތާރީޚްގެ ޢަދަދުގައި ޝާއިޢު ކޮށްފައި ވެއެވެ. 1967 ގައި މަރުވަންދެން ވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހުރީ މިބަހާދުރްއެވެ. މިރަސްކަލުންގެ އަނބިކަމަނާ އަކީ، އަދި ޙިމާޔަތް ޢަލީ ޚާން ބަހާދުރްގެ މަންމައަކީ، ޞާޙިބްޒާދީ ޢަޒްމުއްނިސާ ބެއިގަމް އެވެ.


އާދެ! މިދެމަފިރިންގެ ދޮށީ ފިރިހެން ދަރިކަލުން ނަކީ، ޢަޒްމު ޖާހް އަސްލު ނަންފުޅަކީ، އަޢުޒަމް ޖާހް ދާމަތްވާލާ ޝާން ޞާޙިބްޒާދާ ނަވާބް ސަރ މީރް ޙިމާޔަތް ޢަލީ ޚާން ބަހާދުރް ބޭ އަފަންދީ، (1907 - 1970) އެވެ. އެންމެފަހުގެ ޚަލީފާ ޢަބްދުލް މަޖީދް ދޭއްގެ ޢައިލާ އާއި  ޢުޘްމާން ޢަލީ ޚާން ބަހާދުރް ޢާއިލާއައި ގާތް ގުޅުން ކުރީއްސުރެ އޮވެއެވެ.


މީރު އުޘްމާނުގެ ދަރިކަލުން އަޒުމް ޖާހް ޝެހްވާރުގެ ފިރިކަލުން
މީރު އުޘްމާނުގެ ދަރިކަލުން އަޒުމް ޖާހް ޝެހްވާރުގެ ފިރިކަލުން

ފަހެ، މުސްލިމުންގެ ތެރެއިން އޭރުގެ ބައެއް މީހުންގެ ވިސްނުމާއި ފިކްރުގައި އަށަގެންފައި ހުރީ، މިދެ ޢާއިލާ ގުޅެނިކޮށް، ފަހަރުގައި އިސްލާމީ އުންމަތްގެ ޚިލާފަތު އަނބުރާ ރުޖޫޢަކުރެވި ދާނެކަމަށެވެ. އިސްލާމީ އުންމަތަށް ފައިދާތަކެއް ކޮށްފާނެ ކަމަށެވެ. އެގޮތަކީ ހަމަ އެކަނި، މިދެ ޢާއިލާ ކައިވެނީގެ މަގުން ގުޅުމެވެ.


މިފިކްރާއި ވިސްނުމުގެ ދަށުން ޢަބްދުލް މަޖީގެ ދޭއްގެ ހަމައެކަނި އަންހެން ދަރިކަލުންނާއި މީރް ޢުޘްމާން ޢަލީ ޚާން ބަހާދުރްގެ ދޮށީ ފިރިހެން ދަރިކަލުންނާ، ކައިވެނީގެ ގޮތުން ގުޅުވުމެވެ. މިވިސްނުމުގެ ތެރެއިން މިކަން ކުރެވުނީއެވެ. ފަހެ، މިކައިވެނި، 12 ނޮވެންބަރ 1931 ގައި ވުޖޫދަށް ގެނެވުނީއެވެ.


އެހެނަސް މުސްލިމުންގެ ތެރެއިން ބައެއްގެ ވިސްނުން މިގޮތަށް ހުއްޓަސް ޝާހީ ޢާއިލާގެ ބޭފުޅުންނަށް އިނގިރޭސިން އަރުވަމުން ގެންދިޔަ މަތިވެރި ލަޤަބްތަކާއި މެޑެލްތަކާއި ޝަރަފް ތަކުން މިބޭފުޅުން ތިބެން ޖެހުނީ އިނގިރޭސިންގެ އަވާގައި ޖެހިގެން މަޑުންނެވެ. ހަމަހިމޭންކޮށެވެ. މުސްލިމުންގެ ތެރެއިން ބަޔަކު ކުރި އުންމީގުތައް ދިޔައީ ފެނަށް ވެގެންނެވެ. ފަނުފުލުންނެވެ.


ފަހެ، ޚަދީޖާ ދުއްރު ޝެހްވާރް އާއި ޙިމާޔަތް ޢަލީ ޚާން ބަހާދުރް އަށް ފިރިހެން ދެ ދަރިކަލުން ލިބުނެވެ. މިބޭފުޅުންނަކީ، ޞާޙިބްޒާދާ މީރް ބަރްކާތް ޢަލީ ޚާން ބަހާދުރް އާއި ޞާހިބްޒާދާ މީރް ކަރްމާތް ޢަލީ ޚާން ބަހާދުރް އެވެ. 2014 ގައި މިހާރުވެސް ދުނިޔޭގައި މިޢާއިލާގެ ބޭފުޅުންކޮޅު އެބަތިއްބެވެ. އިސްލާމް ދިނުގެ ޙިމާޔަތުގައި މާބޮޑުކަމެއް ނުކުރުއްވައެވެ. އިނގިރޭސިންގެ ހިމާޔަތުގައި ވަޒަންވެރިވެ ތިއްބެވީއެވެ.


އެޒަމާނުގައި މިކައިވެނި މިގޮތަށް ކުރެވިގެން ދިޔައީ، ގިނަބައެއްގެ އެދުމާއި އުންމީދު ތަކެއްގެ މަތިން، މިދަރިކޮޅުގެ ސަބަބުން އިސްލާމީ އުންމަތަށް، އިސްލާމީ ޚިލާފަތު އަނބުރާ ގެނެވިދާނެ ކަމަށެވެ. އެހެނަސް މިކައިވެނިން ކުރި އަސަރެއް ކަމެއް ނެތެވެ. މުސްލިމް އުންމަތަށް ކުރިފައިދާއެއް ނެތެވެ.


އެދަރިކޮޅު ދިރިއުޅެމުން ގެންދަނީ، ފްރާންސް އާއި ޔޫކޭ ގައެވެ. މުއްސަނދި ކަމާއި އަމިއްލަ މަޖަލާއި އަމިއްލަ ހުވަފެން ތަކުގައެވެ. މުސްލިމުން ނަށް ކުރާ ފައިދާއެއް ފެންނާކަށް ނެތެވެ. އެދުވަސްވަރު ބައެއް މުސްލިމުންނަށް ކުރެވުނު އުންމީދުތައް ދިޔައީ ވަޔަށެވެ. ފަޒާ އަށެވެ. ފެނަށެވެ.


ޚަދިޖާ ދުއްރު ޝެހްވާރްގެ ފިރިކަލުން ޙިމާޔަތް ޢަލީ ޚާން މަރުވުމުން، ދުއްރު ޝެހްވާރް ވެސް، އެނާގެ މަންމާފުޅުހެން، ޔޫކޭއަށް ދިރިއުޅުން ބަދަލުކޮށް މަރުވީ، 2006 ގައި ލަންޑަން ގައެވެ. ފަސްދާނު ލެވުނީ މަންމަ ފަސްދާނު ލެވުނު، ބްރޫކްވުޑް ގަބްރުސްތާނުގައި މަންމައާ ޖެހިގެންނެވެ.


ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ:


ބޮޑުހަނގުރާމައަށް ފަހު ދުނިޔެ ދުށީ ވަރަށް ދަތިތަދު ދުވަސްވަރެކެވެ. ހައިހޫނުކަމާއި ތަދުމނަޑުކަމާއި ބަލިމަޑުކަމެވެ. މިތަދާއި ބަލިމަޑުކަމުގެ ތަފްސީލުތައް ކުރުކޮށް ގެނެސްދޭނަމެވެ.


ސްޕެނިޝް ފުލޫ:


ބޮޑު ހަނގުރާމައަކީ، ދުނިޔެ އެއްފުށުން އަނެއް ފުށަށް ޖަހާލި ހަނގުރާމަ އެކެވެ. އެތައްބައިވަރު ޓްރީޓީ ތަކަކާއި އެއްބަސްވުން ތަކަކާއެކު، އެތައް ޤައުމް ތަކެއް އަލަށް ވުޖޫދަށް ގެނެވުނު ހަނގުރާމަ އެކެވެ. އަދި އިސްލާމީ އުންމަތަށް އެންމެ ގެއްލުން ދިން، ހަނގުރާމައެވެ. ބާރުތަކާއި ބޮޑެތި ދައްލަތްތައް ބެހިގެން ދިއުމުގެ އިތުރުން މި ހަނގުރާމަ އަކީ، އިންސާނީ ވަންހަ ތެރޭގައި ހަލުއި ސްޕީޑެއްގައި ބާރަށް ފެތުރިގެންދާ ވަބާއެއް ވާރުތަކުރުވި، މުޞީބާތެއްފަދަ ހަނގުރާމަ އެކެވެ. 1918 ޖެނުއަރީ އިން ފެށިގެން، 1920 ޑިސެންބަރ އަށް، ހަލުއިކޮށް އެންމެންނަށް ފެތުރިގެންދާ، މިވަބާގެ ޝިކާރައަކަށް ސަތޭކަ މިލިއަން މީހުން، ވެގެންދިޔައެވެ.


ގާތްގަނޑަކަށް ސަތޭކަ މިލިއަން މީހުން މިވަބާގައި މަރުވެ ނެތިގެން ދިޔައެވެ. މިވަބާ އަވަސްކަމާ އެކު ފެތުރުނީ، ޢަސްކަރީ ފައުޖްތައް ފްރާންސް އިން ސްޕެއިން އަށް ދަތުރު ކުރުމުގައި ކަމަށް ވާތީ، އޭރު މިވަބާއަށް ދެވުނު ނަމަކީ، ސްޕެނިޝްފުލޫ (SPANISH FLU) އެވެ. ފަހުން ހެދުނު ރިސާޗްތަކުން ދައްކާގޮތުގައި މިވަބާއަކީ، 1990 އިން ފެށިގެން، 2000 ވަނަ އަހަރު ތަކުގައި ފެނިގެން ދިޔަ ދޫނިރޯގާ އައި މާބޮޑު ތަފާތެއް ނެތް ވައިރަސް އެކެވެ.


ސްޕެނިޝްފުލޫ އަކީ، އެޗްވަން އެންވަން (H1N1) ވައިރަސް އެވެ. މިހާރު މިކަންވަނީ، ސާބިތު ކުރެވިފައެވެ. އާދަޔާޚިލާފު އަވަސް މިނެއްގައި އިންސާނުން މަރާލާ، އިންފުލުއެންޒާ އެކެވެ. މިއީ ފުލޫއެކެވެ. ވަބާ އެކެވެ. މިވަބާއަކީ، ވަރަށް ހަލުއިކަމާ އެކު މުޅި ދުނިޔެއަށް ފެތުރި އިންސާނުންގެ ބިޔަ މުޖްތަމަޢު ތަކަށް ޖެހޭ، ނުރައްކާތެރި ވަބާއެކެވެ. ވަރަށް އަވަހަށް ފެތުރިގެންދާ ވަބާއެކެވެ.


ފެމިން:


ބޮޑު ހަނގުރާމަ އަށް ފަހު، ރަޝިޔާއަށް ލައިގަތް ފެމިން (FAMINE) ބަނޑުހައިހޫނު ކަމުގެ ވަބާ އަކީ ވެސް ފާހަގަކޮށްލަން ޖެހޭ ވަބާއެކެވެ. ރަޝިޔަން ސިވިލްވޯރ ތެރޭގައި މިވަބާ ފެށިއްޖެއެވެ. ފެމިން ވަބާއަކީ، ބަނޑުހައިހޫނު ކަމަށް، ކާނާގެ ރައްކާތެރިކަން ނެތިގެންގޮސް ޖެހޭ ވަބާއެކެވެ. އަޞްލަކީ، ދަނޑުގޮވާން މަދުވެ ރައްޔިތުންގެ ބެލެންސް ގެއްލުމެވެ. އަނަރޫފަ ވެގެންގޮސް މަރާކުރިމަތިލާން ޖެހުމެވެ.


ރަޝިޔާދުށް ބަނޑިހަޫނުކަން، 1921 އިން 1922  އަށް
ރަޝިޔާދުށް ބަނޑިހަޫނުކަން، 1921 އިން 1922 އަށް

އިންތިހާއަށް ސަރުކާރުގެ ޕޮލިސީތައް ފެއިލްވުމުގެ އަލާމާތެކެވެ. ސަރުކާރުން ރައްޔިތުންނަށް ދުޅަހެޔޮކާނާ ފޯރުކޮށް ނުދެވުމުގެ ނަތީޖާ އެވެ. ފަހެ، ހަމައެކަނި ރަޝިޔާއިން، 5 މިލިއަން މީހުން، މިވަބާގައި މަރުވެގެން ދިޔަކަމަށް ބައެއް މުއައްރިޚުން ޢަދަދުކޮށްފައި ވެއެވެ.


މި ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ދިވެހިރާއްޖޭގައި ވެސް ބަނޑުހައިހޫނު ކަމުގެ، ފެމިން ވަބާގެ އަސަރުތައް ފެނުނުކަމަށް ބުނެވެއެވެ. ކާޑުގެ ބާވަތްތައް އެތެރެ ކުރެވޭނެ ދޮރުތައް ބަންދުވު ރަށްތަކުގެ ކާޑުގެ ބާވަތްތައް އިންތިހާއަށް މަދުވެގެން ދިޔައެވެ. ތަކެތީގެ އަގުތައް އުފުލިގެންދިޔައެވެ. އެހެނަސް އޭރުގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުން މީހުން މަރުވުމާ އަމައަށް ނުގޮސް އެކަން ނިމުނީއެވެ. ރަށްތަކަށް ދަނޑުގޮވާން ފޮނުވުނެވެ. ކާބޯތަކެތީގެ ދަތިކަން ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.


އެހެނަސް ބޮޑުތަދު ގެ ނަމުން މަޝްހޫރުވި ފެމިން "ދިވެހިފެމިން" ދިވެހިރާއްޖެ ދުށީ ދެވަނަ ބޮޑުހަނގުރާމަ ހިންގި ދުވަސްވަރެވެ. އެއީ މުހައްމައަމީންގެ ދުވަސްވަރެވެ. ރަޝިޔާތަދުގެ ދުވަސްވަރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވީ ހުރާދަރިކޮޅުން ވަޑައިގެން ހުންނެވި ސުލްތޯނު މުހައްމަދު ސަމްޝުއްދީން އިސްކަންދަރު ތިނެއް ރަދުންނެވެ.


ފެމިނިޒަމް:


ބޮޑު ހަނގުރާމަ އަށް ފަހު، ދެން ނެކުތް އެންމެބޮޑު އެނެއް ކަންތަކަކީ، ގިނަ ޢަދަދެއްގެ ފިރިހެނުން ހަނގުރާމައިގައި މަރުވެގެން ދިއުމުން، މުޖްތަމަޢުގައި އުފެދިގެން ދިޔަ، އިޖްތިމާޢީ މައްސަލަ ތަކެވެ. ފެކްޓަރިތަކާއި ގިނަކުންފުނިތަކުގައި މަސައްކަތް ކުރާނެ ފިރިހެނުން ނެތުމުގެ ދަތިކަން ފޯރާންފެށިއެވެ. މަސައްކަތަށް ނުނިކުމެ ތިބި އަންހެން ކަނބަލުންނަށް އެކި ގެއިންބޭރުގެ މަސައްކަތްތަކުގައި އުޅެން މަޖްބޫރުވިއެވެ. ގާތްގަނޑަކަށް އެއްމިލިއަން ފިރިހެނުން މިހަނގުރާމައިގާ މަރުވެގެން ދިޔައެވެ.


ހަނގުރާމައިގެ ކުރިން އަންހެނުންނާއި ފިރިހެނުން ތިބީ، އުފާވެރިކަމާ އެކު އާއިލާތައް ދިރުވުމުގައި ބަދަހި ދީނީ އަސާސެއްގެ މަތީގައެވެ. ރޫހާނިއްޔަތެއް މަތީގައެވެ. އާއިލީ އުޞޫލުތަލެއް އުފެދިފައި ހުއްޓެވެ. ތިބީ ދަރިން ހެޔޮމަގުގައި ތަރުބިއްޔަތުކޮށް އަބަދު ވެސް އެކުވެރިކަމާ އެކު އާއިލާ އާއި ނަސްލު ދެމެހެއްޓުމުގެ ހަރުކަށި ޢަޤީދާއެއްގެ މަތީގައެވެ. ވަރަށް ބޮޑު ހަމަޖެހުމެއްގެ އަސާސްތަކެއް މަތީގައެވެ. ހިތްހަމަޖެހިގެން ދެޖިންސް ހަމަހަމަކޮށް އުފަލާއެކު ގައެވެ. ހެޔޮ މުޖްތަމައެއްގައެވެ.


އެއްވެސް ޒާތެއްގެ އިންސާނީ ތަފާތުކުރުމެއް، ކަމެއް ދިރިއުޅުމުގައި ނުކުމެފައެއް ނެތެވެ. ބޮޑުފަރަގެއް ގޮތުގައި ފާހަގަ ކުރެވިފައެއް ނެތެވެ. ހަމަހަމަކަމާ އެކު އަންހެނުންގެ ކަންކަމުގައި އަންހެނުން ޝާމިލް ވެގެން އުޅުނެވެ. ފިރިހެނުން އުފަލާއެކު ފިރިހެނުންގެ ކަންކަމުގައި މަޝްޣޫލް ވެގެން އުޅުނެވެ. ލިބޭ އާންމުދަނީން ފުދެއެވެ. އާއިލާ އުޅެމުން ދިޔައީ ވަރަށް ހަރުދަނާ ބަދަހިކޮށެވެ. ފިރިހެނުން ފައިސާހޯދުމަށް ބޭރަށް ނުކުމެ ފެކްޓަރިތަކުން ޖޮބު ހޯދާތީ އެގޮތަށް އަންހެނުން ފައިސާހޯދުމަށް ނުކުންނާކަށް ހިތަކަށް ނުގެނެއެވެ.


މާއްދިއްތާއި ފައިސާއަށް ވުރެ އޭރު އިސްކަން ދެވުނީ ހަރުދަނާ އާއިލާއަކަށައި ހަމަޖެހޭ މުޖްތަމައަކަށެވެ. މަންމައިން ގާތުން ކިރުދިނުމާއި ގިނަވަގުތު ދީގެން ކުޑަކުދީން މޮޅެތި މީހުންނަށް ހެދޭތޯ ގަދަޔަށް އުޅެއެވެ. ޢާއިލާތައް އެންމެ ފުރިހަމަ އަށް ތަރްބިއްޔަތު ކުރެވުނެވެ. އެއްވެސް މައްސަލައެއް ނެތެވެ. ކުންޏެއް ނުޖެހެއެވެ. ގޭތެރޭގައި އާއިލާތެރޭގައި ހަމަޖެހުމާއި އުފާވެރިކަން އޮތެވެ.


ފަހެ، ދިރިއުޅެމުން ގެންދިޔައީ، އިންސާނުންގެ އަޞްލު ޢަޤީދާގެ މަތީގައި ވަރަށް ޠަބީޢީ ޙާލަތެއްގައި ތިބެގެން ހަނަޖެހުމުގެ ތެރޭގައެވެ. އަބަދުވެސް ހިނިތުންމަތީގައެވެ. ހާސްވެ، އުދާސްބޮޑުވެގެން ކުރާނެކަމެއް ނޭނގިގެން ރަންބުއްދިވެ އަތުންފައިން ހަދާނުހާދާ ނޭނގޭ ހިސާބަށް ވާސިލުވާކަށް ނުޖެހެއެވެ. ކަމެއް ދިމާވާއިރަށް ހިތްބުރުގަންނާކަށް ނުޖެހެއެވެ.


ހަމަ މިޒަމާނުގައި މިހާރު، މި ދިމާވާ ކަހަލަ ހުރިހާކަމެއް އޭރުވެސް ހުއްޓެވެ. އެހެނަސް ހަމަ ބަރާބަރެވެ. އެއްވެސް މައްސަލައެއް ނުނިކުމެއެވެ. ތަބީއަތުގައި އަބަދުވެސް ކޮންމެ ކަމެއްގައި ވެސް ރުޖޫއަވާނެ، ހެއްދެވި ފަރާތެއް ވާކަން ހިތުގެ އަޑިން ގަބޫލު ކުރެއެވެ. ރުޖޫއަވާނެ ހެއްދެވިފަރާތެއް ގާތުގައި ވެއެވެ. ޝައިތާނާގެ ނުލަފާބާރުން ސަލާމަތްވެ ރައްކާތެރިކަމަށް އަބަދުވެސް އެދެއެވެ. وليس الذكر كا لأنثي ގެ މަތިވެރި އިލާހީ ހަމައިގެ މަތީގައެވެ.


އާލްޢިމްރާންގެ، 36 ވަނަ އާޔަތްބައްލަ ވާށެވެ. (އަދި އަންހެނާ، ފިރިހެނާ އައި އެއް ފަދައެއް ނޫނެވެ.) އެހެނަސް، އޭގެ މާނައަކީ ލިބޭދަރުފުޅަކީ، ފިރިހެނަކަސް، އަންހެނަކަސް ހަމަކަށަވަރުން، ﷲގެ ރަހުމަތުން ބޭރު ކުރައްވާފައިވާ ޝައިތާނާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށް ދެއްވުމަށް އެދި، ﷲގެ ޙަޟްރަތަށް ދުއާ ދެންނެވިއެވެ. ﷲގެ ކުރިފުޅުމަތީގައި އަންހެނެއް ފިރިހެނެއް ހެޔޮއަމަލު ކުރުމާއި ފާފަކުރުމުގައި އެއްވެސް ތަފާތެއް ނެތެވެ.


އޮތީ ތެދުމަގުގައި ސާބިތުވެ ދެމިތިބުމެވެ. އެކަން ވަރަށް ސާބިތުކަމާ އެކު ދަނެގަތެވެ. ފިރިހެން ކުއްޖެއްގެ އެދުމުގައި ހުއްޓާ އަންހެން ކުއްޖެއް، ﷲ ދެއްވިޔަސް މާޔީސްކަމެއް ނެތެވެ. މާއްދިއްތަޔަށް ތަބާވެ، ޝައިތާނާގެ ބާރަށް ހެއްލި ނުދާ ނަމަ ހެޔޮމަގުގައި ސާބިތުވެ ހުރެވުނީއެވެ. އަންހެނަކަސް ފިރިހެނަކަސް ދުނިޔެ އާއި އާޚިރަތް ކާމިޔާބު ކުރެވުނީއެވެ.


ފަހެ، އަންހެން ފިރިހެން ކަމުގެ ޙަޤީޤަތަކީ މިއެވެ. ހިސާބު ބެއްލެވޭނީ ހަމަހަމަކޮށެވެ. އެކަން ވަނީ، ގުރްއާނުންނާއި ސުންނަތުން ސާބިތު ކޮށް ދީފައެވެ. އެހެނަސް ދަރީންނަށް ހުރިހާ ވަގުތެއްގައިހެން މަންމަގެ ފަރާތުން ކުލުނާއި ލޯތްބާއި ގާތްކަން ދޭންޖެހޭ ވަގުތު، ފުރަތަމަ ފަހަރަށް އާއިލާތެރެއިން އަންހެނުން މުޅިދުވަހުގެ ބުރަ ވަޒީފާތަކަށް ނެރެ، ފިރިހެނުން އުޅެމުންދިޔަ ހުރިހާގޮތަކަށް އުޅުމަށް މަޖްބޫރު ކުރުވީ، ބޮޑު ހަނގުރާމަ ފަހަތުން ހިލުނު ނުސީދާ ގިނަގުނަ އޮއިވަރު ތަކެވެ.


ގިނަ ޤައްމުތަކުގައި ސިފައިންގެ ފައުޖްތަކުގެ ތެރެއަށް އަންހެނުން ވެއްދުމަށް ނިންމިއެވެ. ފެކްޓަރީތަކުގެ ބުރަ މަސައްކަތަށް، އަދި އަލިފާން ނިއްވުމުގެ ނުރައްކާތެރި މަސައްކަތަށް އަންހެނުން ނެރުނެވެ. މިމަޖްބޫރީ ވުޖޫދްވި ގޮތަކީ، ފުދުންތެރި ކަމަށް އައިބަދަލުތޯ ނުވަތަ ފިކްރުއަށް އައި ބަދަލުތޯ އެއީ ވިސްނާލަން ޖެހޭ މުހިންމު ނުކުތާއެކެވެ. ނުވަތަ ބަޔަކު ރާވައިގެން ޝައިތާނީބާރުގެ އަވާގައި ރޭވިމެއްގެ ދަށުން ޖެއްސުވީތޯ މިއީ ހުރި ބަހުސްތަކެވެ!


އާދެ! މިހާ ހިސާބުން އަންހެނުނަށް ނުލިބި ގެއްލިފައި އޮތް ޙައްޤުތަކެއް އެގޮތްމިގޮތަށް ފެންމަތިވެ، ވޯޓް ލުމުގެ ޙައްޤު އާއި އެހެނިހެން ގިނަ ޙައްޤުތައް ލިބިގަތުމުގެ ޙަރަކާތްތައް އަޑުކިޔާފަ ފެށުނީއެވެ. އާއިލާ އާއި ފިރިންނާއި ދަރިންގެ ބޭނުންކެނޑި އެކަން ދެވަނަ ދަރަޖައަށް ވެއްޓި، ފައިސާފޮތީގެ ޖާދޫގައި އަންހެނުން ނުކުތީއެވެ. އެއަވާގައި ބޮޑުކޮށް ޖެހުނީއެވެ. އެންމެ އިސްކަމެއް ދެވެން ފެށީ ތިމާއަށެވެ. ހަމަ އެކަނި މާއްދިއްޔަތަށެވެ.


ފަހެ، ފެމިނިޒަމް (FEMINISM) ގެނަމުން މަޝްހޫރު ވެގެން ދިޔައީ މި ދަންނަވާ އަންހެނުންގެ ޙަރަކާތެވެ. އެއީ އަރަބިބަހުން "ނިސްވިއްޔަތް" އެވެ. ދިވެހިބަހުން "އަންހެންކަން" ނޫނީ "އަންހެންވަންތަކަން" ފެމިނިޒަމްގެ ފުރަތަމަ އޮއިވަރު ދުނިޔޭގައި ހިލިގަތީ ބޮޑު ހަނގުރާމަ އަށް ފަހުގައެވެ.


އަމިއްލަ ފެމިނިޒަމްގެ ފަލްސަފާއެއް އުފެއްދީއެވެ. ނުލިބި ހުރި ހައްގުތަކެއް ހޯދުމުގެ ނަމުގައި ހަރަކާތްތަކެއް އެކިހިސާބުގައި ވުޖޫދުކުރެވުނެވެ. އަންހެނުންގެ މިނިވަންކަމަށް އަޑު އުފުލާންފެށީއެވެ. އަމިއްލަ ހަޑިގަނޑުގެ މިނިވަންކަމަށް ގޮވާލީއެވެ. ފިރިހެނަކު އަޅާކޮންމެ ފިޔަވަޅެއް އުޅުމުގެ ގާނޫނީ ހުއްދަތަކަށް އަޑު އުފުލީއެވެ. ފެމިނިޒަމްގެ ގިނަ ވައްތަރުތަކެއް، ބާވަތްތަކެއް ވުޖޫދު ކުރިއެވެ. އޭގެ ތެރޭގައި ހަމައެކަނި އަންހެނުންގެ ޖަމާއަތްތަކާއި ހަމައެކަނި އަންހުނުންގެ ހިތްހަމަޖައްސައިދޭ މަރުކަޒުތަކާއި މިހެންގޮސް އަންހެނުން އަމިއްލައަށް ހިތްހަމަޖައްސައިދޭ ޖިންސީތަންތަނާއި ހުރިބާވަތްތަކެއް ކާރޫބާރު ފިރިހެނުނާ ވަކިން ފަށައިގަތީއެވެ.


ފަހެ، ފެމިނިޒަމަކީ، މިހުރިހާ ޙަރަކާތްތަކުގެ އައިޑިއޮލޮޖީ އަށް އަމާޒުކޮށް އުފެދުނު ބަހެވެ. ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ޘަޤާފީގޮތުން ހަމަހަމަކަން ލިބިގަތުމަށް އުފެދުނު އަންހެނުންގެ ޙަރަކާތްތަކަށް ކިޔުނު ނަމަކީ، މިއެވެ. ފެމިނިޒަމް އެވެ. ނިސްވިއްޔަތެވެ. އަންހެންވަންތަ ކަމެވެ. "އަހުރެންނަކީ އަންހެނެއް" ޝިއާރެވެ. މިއީ މިހާރުގެ އަންހެނުން ނަށް މާރީތި ކަމެކެވެ.


އަންހެނުން އާއިލީ ދަރިފަސްކޮޅުގެ ރޫހާނީ ގުޅުމުން ނުކުމެ ފިރިހެނުންގެ މައިދާނުގައި ހަމަހަމަކޮށް ހުރިހާ މައިދާނަކަށް ގަދަބަދަހިކޮށް ނުކުތުމަކީ އަމިއްލަ ފަޚްރެއް ކަމުގައި ދެކެއެވެ. ތަހުޒީބެއް ކަމުގައި ބަލައިގަނެ ގަބޫލުކުރީއެވެ. މަތިހަށި ދައްކައިގެން ފޫގަޅާލާފައި ނުކުންނަ ހިތްވާ ކަމަކަށް މިހަރަކާތް ހެދީއެވެ.


އަންހެންވަންތަކަމުގެ މިނިވަންކަމަށް، ހަށިގަނޑުގެ މިނިވަންކަމަށް ގޮވާލުން
އަންހެންވަންތަކަމުގެ މިނިވަންކަމަށް، ހަށިގަނޑުގެ މިނިވަންކަމަށް ގޮވާލުން

މިޙަރަކާތުގައި ގެންގުޅޭ ބިލްބޯޑު ތަކަށް، ޝިއާރުތަކަށް ބަލާލުމުން އެކަން ސާފުވެގެން ދާނެއެވެ. ޠަބީޢީގޮތުން އަންހެނުންގެ ޖިސްމުގައި، ފެންނަންނެތް މަސްލްސްތައް އެޕޯސްޓަރ ތަކުން ދައްކުވާފައި ހުއްޓައި ފެނެއެވެ. އަމިއްލަހަށިގަނޑު، އަމިއްލަޖިސްމުގެ މިނިވަންކަމަށް ގޮވާލައެވެ. ހައްދެއްނެތި މިނިވަން ކަމަށެވެ. އުދާސްތައް ފިލުވުމާއި ހިތަށްވަންނަ ކޮންމެކަމެއް ކުރުމުގެ ހުއްދަ އަމިއްލަ ނަފްުސަށް ލިބިގަތުމުގެ މިނިވަންކަމަށެވެ.


ދިވެހިފެމިނިޒަމް:


ފަހެ، ރާއްޖެއަކީ، ބައެއްބޮޑެތި ޤައުމްތަކަށް ވުރެ ކުރިން، 1932 ގައި އަންހެނުންނަށް ހަމަހަމަ ކަމުގެ ޙައްޤުތައް ފިރިހެނެއް އަންހެނެއް ތަފާތު ކުރުމެއް ނެތި ޤާނޫނަކުން ލިބިދިން ޤައުމެވެ. އޭގެ ކުރިން މުސްލިމުންނަށް އިސްލާމްދީނުގައި އެ ހައްގުތައް ވަނީ ދެޖިންސަށް ހަމަހަމަކޮށް ހުޅުވިފައެވެ. ދަންނަބޭކަލުންގެ ބަޔަކު އޮޅުވާލިޔަސް ގުރްއާނާއި ސުންނަތުން އެކަންވަނީ ބުނެދެއްވާފައެވެ. އެހެނަސް އަދިވެސް، ދިވެހި އަންހެން ކަނބަލުންގެ ތެރޭގައި ފެމިނިޒަމްގެ ކުލަވަރު ޖެހިފައިވާ، ކަނބަލުން ތަކެއް އެބަތިއްބެވެ.


ފަހުގެ ރައްޔިތުންގެ ޚާއްޞަ މަޖްލިސްގެ ދުވަސް ވަރުގައި އެފަދަ ކަނބަލުންގެ ގްރޫޕެއް ރަތްލިބާސް ތުރުކުރައްވައިގެން މަޖިލީހުގެ ތަޅުމުގައި ފެމިނިޒަމްގެ މިފަދަ ކުޅިވަރެއް ދައްކައި ދިނެވެ. ހަރަކާތެއް ފާޅުކޮށް ހިންގިއެވެ. މިއީ ދިނިޔޭގެ ދައްޖާލީ ސައިތާނީބާރު، ޑީޕް-ސްޓޭޓުން މިހަރަކާތް ފުޅާކޮށް އަންހެނުން މަގުމައްޗަށް ނެރުމަށް ކުރާ މަސައްކަތާއި ޚަރަދުގެ ކާމިޔާބު ނަތީޖާއެވެ.


ފަހެ، ރައްޔިތުންގެ ވޯޓް އަކައި ނުލާ މަޖިލީހުގެ، ފަންސާސް ޕަސެންޓްގެ ގޮނޑި ތަޅުމުން އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރުމުގެ ޙައްޤު ހޯދުމަށް ޓަކައި ކުރެވުނު އިހްތިޖާޖް އެކެވެ. މިވެރިންނައި އެންމެބޮޑަށް، އެ މަޖްލީހުގައި ކުރިމަތިލައި ރައްދުގައި ވާހަކަދައްކަން ޖެހުނީ އަޅުގަނޑަށަވެ.


އާދެ!މިކަމަށް ޚާއްސަ ކުރެވިފައިވާ އެކި ގައުމުތަކުން ހޮވާލެވުނު އަންހެނުންގެ ބޮޑުވަފުދެއް ބޮޑުހަނގުރާމައަށް ފަހު ޕެރިހުގައި ބޭއްވުނު ލީގް އޮފް ނޭޝަންސް ކޮންފަރެންސުގައި އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި ބައިވެރި ކުރުވިއެފެ.


އެލްެންގައި ބައިވެރިވި ފެމިނިޒަމް ވަފުދު
އެލްެންގައި ބައިވެރިވި ފެމިނިޒަމް ވަފުދު

އެލްއެން (LN) ވުޖޫދަށް ގެނައުން:


މިއީ ބޮޑު ހަނގުރާމަ އަށް ފަހު، ޕެރިސްގައި ބޭއްވި ޕީސް ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން ވުޖޫދަށް ގެނެވުނު ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެކެވެ. ފަހެ، މިބައިނަލް އަޤްވާމީ ޖަމްޢިއްޔާއަށް ދެވުނު ނަމަކީ، ލީގް އޮފް ނޭޝަންސް، އެލްއެން (LEAGUE OF NATIONS. [LN]) އެވެ. މިއީ ދުނިޔޭގައި އުފެދުނު އެކުވެރި ގިނަ ދައުލަޔްތަކުގެ ފުރަތަމަ ޖަމްޢިއްޔާއެވެ.


ދުނިޔޭގެ ބޮޑެތި ޤައްމުތަކާއި ކުދިޤައްމު ތައް މިލީގްގައި ބައިވެރިވެއެވެ. 1919 އިން ފެށިގެން، 1946 އަށް މިޖަމްޢިއްޔާ ދެމިއޮތެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި، ޔޫއެން ވުޖޫދަށް ގެނެވެންދެން މިޖަމްޢިއްޔާ ގަދަޔަށް މަސައްކަތް ކުރިއެވެ. 27 އަހަރު ވަންދެން، މިލީގް ދެމިއޮތެވެ. ކާމިޔާބު ކަމާ އެކު، ޞުލްޙައިގެ މަސައްކަތް ތަކެއް ޤައްމުތަކުގެ މެދުގައި ކުރިއެވެ.


ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އަކަށް ހުންނެވީ، ސަރ ޖޭމްސް އެރިކް ޑްރޫމަންޑް (SIR JAMES  ERIC DRUMMOND, 17 AUG 1876 – 15 DEC 1951) އެވެ. އޮފީހުގައި އިންނެވީ، 1920 އިން ފެށިގެން، 1933 އަށެވެ. އަދި، 1933 އިން ފެށިގެން، 1940 އަށް، ސެކްރެޓަރީ ޖެނެރަލް އަކަށް ހުންނެވީ، ޖޯސެޕް އެވެނޯލް (JOSEP LOUIS ANNE AVENOL, 9 JUN 1879 – 2  SEP 1933) އެވެ. އަދި، 1940 އިން ފެށިގެން، 1946 އަށް، ސެކްރެޓަރި ޖެނެރަލް އަކަށް ހުންނެވީ، ސީންލެސްޓަރ (SEAN LESTER, 28 SEP 1888 – 31 JUN 1969) އެވެ.


ފަހެ، ޕީސް ކޮންފަރެންސް އިން އުފެއްދި ޓްރީޓީތަކުން ނާއި އެއްބަސްވުން ތަކުގެ ދަށުން އުފެދުނު ދައްލަތް ތަކުގެ ޗާޓްކުރަހާއި އިންތައް ބަލަހައްޓައި ދިނީ، މިލީގް އިންނެވެ. އިނގިރޭސިން ފްރާންސް އާއެކުވި ވަޢްދުގެ ދަށުން، ފަސްދައުލަތެއް ފްރާންސް އަށް ލިބިގެން ދިޔައެވެ.


އެއީ، ސްޓޭޓް އޮފް އެލެއްޕޯ އާއި ޢަލްވައިޓް ސްޓޭޓް އާއި ގްރޭޓަރ ލެބްނާން އާއި ސްޓޭޓް އޮފް ދަމަސްކަސް އާއި ޖަބަލް އަލްދުރޫޒް ސްޓޭޓް އެވެ. އަދި ބަލްފޯރ ވައްދުގެ ދަށުން، ޒައޮނިސްޓް ޔަހޫދީންނަށް ފަލަސްޠީން ގައި އިސްރާއީލީ ދައުލަތެއް ވުޖޫދަށް ގެނެސް ދިނެވެ. އަދި އެލްއެން އިން ބަލަހައްޓައި ދިނެވެ.


އަދި، މައްކާޝަރީފް ޙުސައިން އާއެކު ވެވުނު ވަޢްދުގެ ދަށުން، ޙިޖާޒްކަރައިގެ ރަސްކަން ދޮށީދަރިކަލުން، ޢަލީ ބިން ޙުސައިން އަށް އެރުވިއެވެ. އަދި އެލްއެން އިން ބަލަހައްޓައި ދިނެވެ. އަދި، ޓްރާންސް ޖޯރޑަންގެ ރަސްކަން ދެވަނަ ދަރިކަލުން، ޢަބްދުﷲ ބިން ޙުސައިން އަށް އެރުވިއެވެ. އަދި އެލްއެން އިން ބަލަހައްޓައި ދިނެވެ. އަދި، ޢިރާޤްގެ ރަސްކަން އެންމެ ހަގުދަރިކަލުން، ފައިޞަލް ބިން ޙުސައިން އަށް އަރުވާއި އެލްއެން އިން އެދައްލަތްތައް ބަލަހައްޓައި ދިނެވެ. ފަހެ، މޮޑަން މެދު އިރުމަށްޗެއް އަލުން ބަލުން ވުޖޫދަށް ގެނެސްދިނީއެވެ. އުފަންކުރީއެވެ.


ދެން އަޅުގަނޑު ޤަޞްދުކުރަނީ، ފަލަސްޠިންގެ ބިން ހިމެނޭ ސަރަޙައްދުގެ ޤަދީމީ ތާރީޚަށާއި އެބިމުގައި މުސްލިމުންނަށް މުޤައްދަސް ކުރެއްވި މިސްކިތުގެ ޤަދީމީ ތާރީޚުން ފެރިގެން، ޒައޮނިސްޓުން އިސްރާއީލީ ދައްލަތެއް މުސްލިމުންގެ ފަލަސްޠީން ބުމުގައި ވުޖޫދަށް ގެނައުމަށް އެބިމުގައި ހިންގި ޓެރަރިސްޓް ބިރުވެރި ހަރަކާތްތަކަށް ފަހު، ޒައޮނިސްޓް ޔަހޫދީ ދަޢްލަތް އުފެއްދި ގޮތުގެ މައްޗަށް ބަލާލުމަށެވެ.


ޝާމްކަރަ:


އެންމެޤަދީމީ އިހުޒަމާނުގައި އަދި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، ވެސް ކީރިތިޤުރްއާން އާއި ސުންނަތުގައި ބޭނުން ކުރެވިފައިވާ، އަދި މިހާރުވެސް ތަރީޚީ ޢިލްމުވެރިންގެ ލިޔުންތަކުގައި ބޭނުން ކުރެވިފައިވާ، ޝާމްއަކީ، މިހާރުގެ ސޫރިޔާ ހިމެނޭ ސަރަޙައްދު އެކަންޏެއް ނޫނެވެ.


ފަހެ، ޝާމް އަކީ، ވަރަށް ބޮޑު ސަރަޙައްދެކެވެ. އެއީ ބޮޑު ޝާމްއެވެ. ބިލާދުއްޝާމް، އޭ ކިޔުނުޝާމްކަރައެވެ. ލިވާންޓް ކަމުގައި މިމަޒްމޫނުގައި އަޅުގަނޑު ބުނެފައި އެވާ ހުރިހާ ޤައްމުތަކެއް ހިމެނޭ ސަރަޙައްދަކީ، މިދެންނެވޭ ޝާމްއެވެ. ފަހެ، ޝާމްކަރައަކީ، އެއީ އެވެ.


ދުނިޔޭގެ ތާރީޚް އޮޅުންފިލަން ފެށީއްސުރެ، މިއަދާ ހަމައަށް ވެސް، ޝާމްއަކީ ވަރަށް އިސްކަމެއް ދެވިފައިވާ ސަރަޙައްދެކެވެ. ޚާއްޞަކޮށް އިބްރާހީމް ގެފާނުން ފެށިގެން އެސަރަޙައްދުގެ ތާރީޚް އެގެން އެބައޮތެވެ. ފަހެ، އިބްރާހީމް ގެފާނާއި އިސްޙާޤް ގެފާނާއި ދާއޫދުގެފާނު ވަޒަންވެރިވެ އުޅުއްވީ އެބިމުގައެވެ. އިބްރާހީމް ގެފާނު މިހާރު ޢިރާޤްގެ ބިމުގައި އޮންނަ އޫރްޝަހަރުން ޝާމްއަށް ވަޑައިގަތީއެވެ.


ﷲ އެންމެ ފުރަތަމަ އުފެއްދެވި އިންސާނަކީ، އެންމެހާ ބަޝަރުން (އިންސާނުން) ގެ ބައްޕަ ކަމުގައިވާ، އާދަމްގެފާނެވެ. ދެން އާދަމްގެ ފާނުންގެ ފުށުން އުފެއްދެވީ ޙައްވާގެފާނެވެ. އެއީ އިންސާނީނަސްލު ދެމެހެއްޓުމަށް އަންހެނަކު ބޭނުންވާތީއެވެ. އެއަށް ފަހު، އާދަމްގެފާނާއި ޙައްވާގެފާނު ދުނިޔޭގެ ބިމަށް ފޮނުވާލެއްވުމަށް ފަހު، އަޅުގަނޑުމެން އިންސާނީ އުންމަތަށް، ﷲ ވަޢްދުވެ ވަޑައިގަތީ، ﷲގެ ރަސޫލުން ހެޔޮމަގު ދެއްކުމަށް ފޮނުއްވާނެ ކަމަށެވެ.


އެގޮތުން، ﷲގެ ވަޢްދުފުޅު ފުރިހަމަ ކުރެއްވިއެވެ. ދުނިޔޭގެ ބިމަށް ފުރަތަމަ ފޮނުއްވީ، ނޫޙްގެފާނެވެ. އަދި އެންމެ ފަހުގެ ނަބީއަކީ، ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަ އެވެ. ﷲގެ ވަޢްދުފުޅާ އެއްގޮތަށް، ﷲގެ ވަޢްދުފުޅު ފުރިހަމަކޮށް ދެއްވިއެވެ.


ފަހެ، އަޅުގަނޑު މެންނަށްއޮތީ ދަނެގަނެ އެރަސޫލުން ގެނެސްދެއްވި ތެދުމަގަށް ތަބާވެ ކިޔަމަން ގަތުމެވެ. އަޅުގަނޑުމެންގެ ބައްޕަ އާދަމްގެފާނާއި އަޅުގަނޑު މެންގެ ޢަދުއްވު، އިބްލީސް އައި ދެމެދު ހިނގާދިޔަ ކަންތަކަށް ބަލައި ޢިބްރަތް ލިބިގަންނަމުން ނެވެ. އަދި، ނޫޙްގެފާނާއި ހޫދްގެފާނާއި ޞާލިޙްގެފާނާއި އިބްރާހީމް ގެފާނާއި ލޫޠްގެފާނާއި މޫސާގެފާނާއި ޢީސާގެފާނާއި މުޙައްމަދުގެ ފާނާއި މިހުރިހާ ބޭފުޅުންގެ ޤައްމުގެ މީސްތަކުންނާއި އެބޭބޭކަލުންނައި ދެމެދު ހިނގާދިޔަ ހުރިހާ ކަންތަކަކުން ޢިބްރަތް ލިބިގަންނަ މުންނެވެ.


މިއަދު އަޅުގަނޑުމެން މުސްލިމުން މިތިބީ، މުޙައްމަދުގެފާނުގެ ޤައްމުގައި އެކަލޭގެ ފާނުގެ އުންމަތުގައި އެކަން ހިތުގެ އަޑިން ޤަބޫލްކޮށް، ތަބަޢް ވެގެންނެވެ. ކިޔަމަންގަނެ ގެންނެވެ.


އާދަމްގެފާނު އަވަހާރަ ވުމުން، 10 ޤަރްނުވަންދެން، އެކަލޭގެފާނުގެ ދަރިކޮޅު، ބައްޕާފުޅު ގެނެސްދެއްވި ތެދުމަގު ކަމުގައިވާ އިސްލާމްދީންގެ މަތީގައި ދެމިތިއްބެވެ. އެހެނަސް އެއަށްފަހު، ﷲއަށް އުރެދި ކާފަރުވެ، އެމީހުންގެ ތެރެއިން އުފެދުނު ޞާލިޙް މީހުންގެ ބުދުހަދާއި އެޞޫރަތަކަށް އަޅުކަންކުރަން ފެށީއެވެ. ޖިންނި ޝައިތާނުންނާއި އޭގެ ތެރެއިންވާ އިބްލީހުންނަށް ތަބާވީއެވެ. އެ މަޚްލޫގުންގެ ވަސްވާސްތަކަށް ތަބާވީއެވެ.


ދެން، ﷲ ފޮނުއްވީ، ނޫޙްގެފާނެވެ. އެތައް ޒަމާނެއް ވަންދެން، އިސްލާމްދީންގެ މަތީގައި ދެމިތިބުމަށް ފަހު، އެކަލޭގެފާނުންގެ އުންމަތު މީހުންވެސް މަގުފުރެދި ކާފަރުވެ، ﷲ އަށް އުރެދުނީއެވެ. ﷲ އަށް ޝިރްކު ކުރަންފެށީ އެވެ. އަނެއްކާވެސް، ﷲގެ ރިސާލަތައިގެން، ﷲގެ ރަސޫލަކު ފޮނުއްވީއެވެ. ﷲގެ ވަޢްދުފުޅާ އެއްގޮތަށް ބަރާބަރަށް މިކަންތައް ދެމިގެން އެބަދެއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ!


ދެން، ފޮނުއްވީ އިބްރާހީމްގެ ފާނެވެ. އެހިނދު ދުނިޔޭގެ ބިމުގައި މުސްލިމަކު ނެތެވެ. ފަހެ، އެކަލޭގެ ފާނާއި އެކަލޭގެ ފާނުގެ ޤައްމުގެ މީހުންނާ ދެމެދު ހިނގާދިޔަ ކަންތައްތައް ހިނގާދިޔުމަށް ފަހު، ޢިރާޤްގެ ވެރި ޖައްބާރު ކަލޭގެ ބިމުން، މާތް އަންހެނެއް ކަމުގައިވާ، ސާރާ (SARAH) އިބްރާހީމް (ABRAHAM) ގެ ފާނަށް ފެނިވަޑައި ގަތެވެ.


އެކަމަނާ އަކީ، މީސްތަކުންގެ ތެރެއިން އެންމެމަތިވެރި މާތްކަމަނާ އެކެވެ. ދެން ފަހެ، ޖައްބާރު ކަލޭގެ ކިބައިން، އިބްރާހީމް ގެފާނަށް އެކަމަނާ ވެދުމަށް އެރުވުނެވެ. ދެން އެކަމަނާ އިސްލާމްވެ، އިބްރާހީމްގެފާނާ އެކު ނަމާދުކޮށް، އަނބިކަމަނާއަކަށް ވެއްޖެއެވެ. ސާރާއަކީ، އިބްރާހީމްގެފާނުގެ ފުރަތަމަ އަނބިކަމަނާ އެވެ.


އަނެއްކާ ވެސް ދުނިޔޭގެ ބިމުގައި، ﷲގެ (މުސްލިމް) ދެއަޅުން ހަމަވީއެވެ. އެއަށް ފަހު، ލޫޠްގެފާނު އީމާންވިއެވެ. މިނަޞްރާއެކު، ﷲ އިބްރާހީމްގެ ފާނުގެ ޤަދަރު އުފުއްލަވާއި އެންމެހާ މީސްތަކުންގެ އިމާމް އަކަށް ހެއްދެވިއެވެ. ފަހެ، އިބްރާހީމްގެ ފާނަކީ، ޔަހޫދީއެއް ވެސް ނޫނެވެ. ނަޞްރާނީއެއް ވެސް ނޫނެވެ. އެކަލޭގެފާނު ހުންނެވީ ތެދުމަގުގައެވެ. މުސްލިމެއްގެ ގޮތުގައެވެ.


އަދި، އިބްރާހީމްގެފާނު ދުނިޔެއަށް ވަޑައިގެންނެވީސްސުރެ، އެކަލޭގެފާނުގެ ދަރިފަސްކޮޅުން ތަވްޙީދުގެ އެއްކައު ވަންތަކަން މިއަދާހަމައަށް ވެސް ގެއްލިގެނެއް ނުދެއެވެ. ދުނިޔެ، 2014 ގައި އޮތްއިރުވެސް މިގޮތް ދެމިގެން އައިސްފައި ވެއެވެ. އަދި ދެމިގެންދާނީ ވެސް މިގޮތަށެވެ. ފަހެ، ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. ސޫރަތުލް ޒުޚްރުފްގެ، 28 ވަނަ އާޔަތް ބައްލަވާށެވެ!


وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْ‌جِعُونَ


“އަދި، މިވިދާޅުވުން އެއީ އެކަލޭގެ (އިބްރާހީމްގެ) ފާނުގެ ދަރިކޮޅުގައި ދެމިއޮންނާނެ ބަސްފުޅެއް ކަމުގައި ލެއްވީމެވެ. އެއީ، އެމީހުން (ޔަޢްނީ އެ ދަރިކޮޅުން އައިސް ތިބި މީހުންގެ ތެރެއިން ކާފަރުން ޙައްޤު ދީނަށް) އެނބުރި ރުޖޫޢަވޭ ތޯއެވެ.”


ފަހެ، އިބްރާހީމްގެފާނު ފޮނުއްވުނީ ޢިރާޤްގެ ބިމަށެވެ. ހުޅަގުގެ ސަހުޔޫނީ ކާފަރުން، ޢިރާޤްދެކެ ޖެހިލުން ވަނީ، މިސަބަބާ ހުރެއެވެ. އެކަލޭގެފާނާއި އެޤައްމުގެ މީހުންނާ ދެމެދު ދިމާވި ކަންތައްތައް ދިމާވެ ދިޔައެވެ. އަލިފާނަށް އެއްލައި ލެވުމުން އެ އަލިފާންގަނޑު ފިނިއެއްޗަކަށްވެ، ރަޙްމަތަކަށް، ﷲ ބަދަލު ކުރެއްވިއެވެ. އެހެނަސް އެޤައްމުގެ މީހުން އެކަލޭގެފާނަށް މަގުފުރެދުނީ އެވެ. އީމާނެއް ނުވިއެވެ.


ދެން ހިޖްރަ ކުރެއްވީ، ޝާމްކަރަ އަށެވެ. ޝާމްގައި ވަޒަންވެރި ވުމަށް ފަހު، އަވަހާރަފުޅު ވުމާހަމައަށް ވެސް ދިރިއުޅުއްވީ ޝާމްގައެވެ. ދެން ސާރާއަށް، ޖައްބާރުގެ ފަރާތުން ލިބިވަޑައިގެން ފައިވާ، ޚާދިމް ކަމަނާއެއްގެ ގޮތުގައި ގެންގުޅުއްވި، މިޞްރުގެ އަންހެނެއް ކަމުގައިވާ، ހާޖަރް (HAGAR) އިބްރާހީމްގެ ފާނަށް ދެވަނަ އަންބެއްގެ ގޮތުގައި އެރުވުނެވެ. އޭރު އިބްރާހީމްގެ ފާނުގެ އުމުރުފުޅަކީ، 86 އަހަރުކަމަށް ބައެއް މުއައްރިޚުން ލިޔުއްވާފައި ވެއެވެ.


އަދި، އެއަށް ފަހު، ސާރާއާ ދުރުވުމަށް، ﷲ އެންގެވުމުން ހާޖަރްއާއި ތުއްޕުޅު އިސްމާޢީލް (ISHMAEL) ގެފާނު ގޮވައިގެން މައްކާގެ އެންމެތިރި ހިސާބުގެ ބިމަށް، ވަޑައިގެން މައްކާގައި އެދެމައިން ވަޒަންވެރި ކުރުވީއެވެ. އިންސާނީ ތާރީޚްގައި، މައްކާގެ މާތްބިމުގައި ފުރަތަމަ ފަހަރަށް އިންސާނުން ވަޒަންވެރިވާން ފެށުމަކީ މިއީއެވެ. މުޅިމައްކާ އާއި ﷲގެ ގެފުޅު ބެލެހެއްޓުން، އިސްމާޢީލްގެ ފާނަށް ލެއްވުނެވެ. އަދި އެއަށް ފަހު، އެކަލޭގެފާނުގެ ދަރިފަސްކޮޅަށް އެކަން ވާރުތަ ކުރެއްވުނެވެ. އިސްމާޢީލް ގެފާނަށް އެބިމުގައި، 12 ބޭފުޅުން ލިބި ވަޑައިގަތެވެ.


ދެން އެދަރިފަސްކޮޅު މުޅި ޙިޖާޒްކަރަ އަށާއި ޔަމަންކަރައައި ހިސާބަށް ފެތުރި، ޢަރަބީންގެ ބިޔަ ދަރިކޮޅެއް މާތްވެގެންވާ މުޅީއެބިމަށް، އެކިޤަބީލާތަކަށް ފެތުރިގެން ދިޔައީއެވެ. މިބޭފުޅުން ޤައިމްވެތިބީ، އިބްރާހީމްގެ ފާނާއި އިސްމާޢީލްގެ ފާނުގެ ދީންކަމުގައިވާ އިސްލާމްދީނުގެ މަތީގައެވެ. ތެދުމަގުގައެވެ. އެއީ ޔަހޫދީންނެއް ނޫނެވެ. އެއީ ނަޞްރާނީންނެއް ނޫނެވެ. ސާފުތެދު މަގުގައި ތިބި އިސްލާމުންވެ. މުސްލިމުންވެ. އަދިއަދާޖެހެން ދެންވެސް އެތިބި، އެގޮތުގައި އެދީނުގެ މަތީގައި އެތިއްބެވި ގޮތަށެވެ.


ފަހެ، ޢަރަބީންގެ ފެށުމަކީ އިސްމާޢީލްގެ ފާނެވެ. އަދި، ޢަރަބީންގެ ބައްޕައަކީ، އިސްމާޢީލްގެ ފާނެވެ. ޢަރަބީންގެ މަންމައަކީ، ހާޖަރްގެ ފާނެވެ. އަވަހާރަވީ އިރު، އިސްމާޢީލްގެ ފާނުގެ ޢުމުރުފުޅަކީ، 130 އަހަރެވެ. ފަސްދާނު ލެވުނީ، އެކަލޭގެ ފާނުގެ މަންމަ ހާޖަރް ފަސްދާނުލެވުނު ޙިޖްރު ގައެވެ. އައްސިޔަރަތުއް ނަބަވިއްޔާ ގައި އިބްނު ހިޝާމް މިވާހަކަތައް މިގޮތަށް ގެންނަވާފައި ވެއެވެ.


ދެން، އެއަށްފަހު، ﷲ އިބްރާހީމްގެ ފާނާއި ސާރާއަށް، އިސްޙާޤް (ISAAC) ގެފާނު ދެއްވުމުގެ އުފާވެރި ޚަބަރު މަލާއިކަތުން ލައްވާ ދެއްވިއެވެ. މަލާއިކަތުން އިބްރާހީމްގެ ފާނަށް ދެންނެވިއެވެ. ސަލާމްއެވެ! އަމާންކަމެވެ! އިބްރާހީމްގެފާނު ވިދާޅުވިއެވެ. ސަލާމްއެވެ! އަމާންކަމެވެ! މަލާއިކަތުން، އިސްޙާޤްގެފާނު ލިބިވަޑައި ގަންނަވާނެ ކަމާއި އިސްޙާޤްގެ ފާނަށް ޔަޢްޤޫބް (JACOB) ގެފާނު ލިބިވަޑައި ގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު، ދެއްވިއިރު އެތާނގައި ޚިދްމަތް ކުރައްވާން ސާރާ އުޅުއްވިއެވެ.


ދެން، އެކަމަނާ ހިނިފުޅު ވޮޑުވާލެއްވިއެވެ. ސަބަބަކީ އެއްވެސް ބިރުވެރިކަމެއް ނެތްކަމާއި އޮތީ އަމާންކަން އެނގިވަޑައި ގަތުމުންނެވެ. މިވާހަކަތައް ތަފްޞީލްކޮށް ސޫރަތުލް ހޫދްގެ، 69 އިން ފެށިގެން، 72 ވަނަ އާޔަތުގެ ނިޔަލަށް ޤުރްއާނުގައި އައިސްފައި ވެއެވެ. ބައްލަވާ ލައްވާށެވެ!


އިބްރާހީމްގެ ފާނުގެ އިސްމާޢީލްގެފާނު، މައްކާގެ މާތްބިމުގައި ވަޒަންވެރިވީ ފަދައިން އިބްރާހީމްގެ ފާނުގެ އިސްޙާޤްގެފާނު ވަޒަންވެރިވީ، ޝާމްގައެވެ. އެއީ މާތްވެގެންވާ ފަލަސްޠީންގެ ބިމެވެ. އިސްޙާޤްގެ ފާނަށް ޔަޢްޤޫބްގެފާނު ލިބިވަޑައި ގަތެވެ. މިދަރިކޮޅަކީ، ބަނީ އިސްރާއީލް އާއި ރޫމްދަރިކޮޅެވެ. ބަނީ އިސްރާއީލް ދަރިކޮޅުގެ މީހުންގެ ބައްޕައަކީ، ޔަޢްޤޫބްގެފާނެވެ. އަދި، ޔަޢްޤޫބްގެ ފާނަކީ، އިސްރާއީލްއެވެ. އެކަލޭގެފާނުގެ ނަންފުޅު ތަކުގެ ތެރޭގައި، އިސްރާއީލް ހިމެނެއެވެ.


ރޯމްކަރައިގެ މީހުންގެ ބައްޕައަކީ، އިސްޙާޤްގެ ފާނުގެ ދަރިކަލުން، ޢައިޟް ބިން އިސްޙާޤް އެވެ. އެއީ ދުނިޔޭގެ ބިމަށް ކްރިސްޓިއަނުން ފެތުރިގެން ދިޔަ ދަރިކޮޅެވެ. ބަނީ އިސްރާއީލް ދަރިކޮޅު ފެތުރިގެން ދިޔައީ، އިސްރާއީލް (ޔަޢްޤޫބް) ގެފާނު ދަރިކޮޅުންނެވެ. ޔަޢްޤޫބްގެ ފާނަށް ދެއަނބިކަބަލުންގެ ފަރާތުން، 12 ބޭފުޅުން ލިބިވަޑައިގަތެވެ.


މިބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ވެގެން ދިޔައީ ޔޫސުފް (JOSEPH) ގެފާނާއި ޖޫދާ (JUDAH) އެވެ. ޖޫދާއަކީ ޔަޢްޤޫބްގެފާނުގެ ހަތަރުވަނަ ދަރިކަލުން ނެވެ. އޭނާއަކީ ޤަދީމީ ބަނީއިސްރާއީލް ޔުނައިޓެޑް ކިންގްޑޮން އޮފް އިސްރާއީލް އެންޑް ޖޫދާ (UNITED KINGDOM OF ISRAEL AND JUDAH) ގެ މުއައްސިސެވެ. ފައުންޑަރއެވެ.


އިބްރާހީމްގެ ފާނަށް ދެއްވި އެންމެބޮޑު ނިޢްމަތާއި ކަރާމަތަކީ، އިބްރާހީމްގެ ފާނަށް ފަހު، އެއްވެސް ނަބީއަކު އެކަލޭގެފާނުގެ ދަރިކޮޅުން ނޫނީ ނުފޮނުއްވާ ކަމެވެ. ﷲގެ ވަޙީ ބަސްފުޅަކީ މިއެވެ. ސޫރަތުލް ޢަންކަބޫތްގެ، 27 ވަނަ އާޔަތް ބައްލަވާށެވެ!


وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّ‌يَّتِهِ النُّبُوَّةَ وَالْكِتَابَ وَآتَيْنَاهُ أَجْرَ‌هُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَ‌ةِ لَمِنَ الصَّالِحِينَ


“އެކަލޭގެފާނަށް (އިބްރާހީމްގެ ފާނަށް) ތިމަން ﷲ، އިސްޙާޤްގެ ފާނާއި ޔަޢްޤޫބްގެފާނު، ދެއްވީމެވެ. އަދި، އެކަލޭގެ ފާނުންގެ ދަރިކޮޅަށް (ޛުއްރިއްޔަތަށް) ނަބީކަމާއި ފޮތް ދެއްވީމެވެ. އަދި، އެކަލޭގެފާނަށް ދުނިޔެމަތީގައި ސަވާބު ދެއްވެވީމެވެ. ހަމަކަށަވަރުން އެކަލޭގެފާނީ، އާޚިރަތް ދުވަހުގައި، ޞާލިޙް އަޅުވެރީންގެ ތެރެއިން ހިމެނިގެންވާ ބޭކަލެކެވެ.”


ފަހެ، ދުނިޔޭގެ ބިމަށް ފޮނުއްވުނު ހުރިހާ ރަސޫލުންނާއި ނަބީން ފޮނުއްވުނީ، އިސްޙާޤްގެފާނުގެ ދަރިކޮޅުންނެވެ. އިސްމާޢީލްގެ ފާނުގެ ދަރިކޮޅުން ފޮނުއްވުނީ ހަމައެކަނި، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމަ އެކަންޏެވެ. ފަހެ، އެކަލޭގެފާނު ފޮނުއްވުނީ މުޅި ޢާލަމްތަކަށެވެ. ހުރިހާ އިންސާނުންނަށެވެ. ސިދާކޮށް މުޅި އިންސާނިއްޔަތަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި މަސައްލަމަގެ ކުރިން ފޮނުއްވުނު ހުރިހާ ނަބީންނާއި ރަސޫލުން ފޮނުއްވުނީ، އެޤައްމަކަށް ޚާއްޞަކޮށް ގެންނެވެ.


އާދެ! ބޮޑު ޝާމްކަރަ ތެރޭގައި ހުރިހާ ޢަރަބި ރަށްތަކެއް ހިމެނެއެވެ. ޢަރަބި މިލަފްޡު އާ މެދު ބޮޑު ދިރާސާއެއް ކުރެވިފައި ވެއެވެ. ނޯލްޑެކް (NOELDEKE) ލިޔުއްވި، “ހިސްޓޯރިއަންސް ހިސްޓްރީ އޮފްދަ ވޯރލްޑް” ވޮލިއުމް، 8 ގައި، މިވާހަކަތައް ތަފްޞީލްކޮށް ބަޔާން ކުރައްވާފައި ވެއެވެ. ބައްލަވާ ލައްވާށެވެ!


ޢަރަބި މިލަފްޡު އަކީ، ސަޙަރާއެވެ. ޢަރަބިއްޔާ އޭ ބުނުމުން އެއީ، ސޫރިޔާ އާއި ސީނާގެ ގަސްނެތް ހާވިޔާ ސަޙަރާއެވެ. އަޞްލު “ސާމީން” ނަކީ، ޢަރަބިންތޯ ނުވަތަ ފިލިސްޠީން އޭ ކިޔުނު ބިމުން ހިޖްރަކުރި ބައެއްތޯ މުއައްރިޚުންގެ މެދުގައި ޚިލާފް އުފެދިފައި ވެއެވެ. އެހެނަސް ފަލަސްޠީނުގައި އެންމެ ފުރަތަމަ ދިރިއުޅުނު ސާމީ ދަރިކޮޅުގެ ސާމީންނަކީ، ޢަރަބި މުސްލިމުން ނެވެ. އެއާ މެދު ޝައްކެއް ނެތެވެ!


ފަހެ، “ސާމް” އާކީ، އާދަމްގެފާނުގެ ދަރިކަލެކެވެ. ސާމީން ދުނިޔޭގެ ބިމަށް ފެތުރިފައި ވަނީ، އާދަމްގެ ފާނުގެ ދަރިކަލުން، ސާމްގެ ދަރިކޮޅުންނެވެ. ފަލަސްޠީނުގައި ދެން އުޅުނީ ޢިބްރާނީން ނެވެ. އެއީ ޢިރާޤްގެ ދެކޯރު ހުރަސްކޮށް ފަލަސްޠީން އަށް އެރި، ދަރިކޮޅެކެވެ. ޢަރަބި ބަހުން ޢުބޫރް ކުރުމަކީ، ހުރަސްކުރު މަށް ކިޔާބަހެވެ.


ފަހެ، ދަނެ ގަންނާށެވެ! އިންސާނީ ތާރީޚްގައި އެންމެ ޒަމާންވީ ވަޒަންވެރި ވުމެއް ވަނީ، ޝާމްކަރައިގެ ފަލަސްޠީން ގައެވެ. އެދަރިކޮޅެއް ކަމުގައި ބެލެވިފައި ވަނީ، މުސްލިމް ތެދުދީނުގައި ތިބި، ސާމީންގެ ދަރިކޮޅެވެ. އަދި ދުނިޔޭގެ ބިމުގައި އެންމެ ފުރަތަމައަށް، އަޅުކަން ކުރުމަށް ގެފުޅެއް ބިނާ ކުރެވުނީ، މައްކާގެ މާތް ބިމުގައެވެ. އެގެފުޅުބިނާ ކުރެއްވީ، އިބްރާހިމްގެ ފާނެވެ. ދުނިޔޭގެ ބިމުގައި އަޅުކަން ކުރުމަށް ދެވަނަ ބިނާއެއް، ބިނާކުރެވުނީ، ޝާމްގައެވެ. ފަލަސްޠީންގެ މާތް ބިމުގައެވެ.


އެބިނާއަކީ، ދާއޫދު (DAVID) ގެފާނުގެ ދަރިކަލުން ސުލައިމާން (SOLOMON) ގެފާނު، ބިނާ ކުރެއްވި މަސްޖިދުލް އަޤްޞާ އެވެ. މައްކާގެ ގެފުޅު ބިނާކުރުމާއި ފަލަސްޠީނުގެ އަޤްޞާ މިސްކިތް ބިނާކުރުމާ ދޭތެރޭގައި، 40 އަހަރުގެ މުއްދަތެއް ހިނގިއެވެ. އަޤްޞާ މިސްކިތަކީ، އެޒަމާނުގައި އިންސާނީ ތާރީޚްގައި ބިނާކުރުމުގެ ފަންނުގައި އިންސާނުން ދެކިފައި ނުވާހާ ރީތި ފުރިހަމަ ބިނާއެކެވެ.


ސުލައިމާނުގެ ފާނަށް ޖިންނީން ކިޔަމަން ކުރައްވާފައި ވާތީ، އަޤްޞާ މިސްކިތް ބިނާކުރެއް ވުމުގައި ޖިންނީންގެ ހުނަރުވެރި މަސައްކަތް ތެރިކަންވަނީ ހިމެނިފައެވެ. އިންސާނީ ތާރީޚްގައި އިންސާނުންނަށް ދައްކާނުލެވޭ ފަދަ، ޢިމާރާތްކުރުމުގެ ފަންނާއި ހުނަރުތައް މިމިސްކިތް ބިނާކުރުމުގައި ދައްކަލާފައި ވެއެވެ.


ފަހެ، މިދުވަސް ވަރަކީ، ޤުދުސް ޝަހަރު ސުލައިމާންގެފާނު ފަތަޙަކުރެއްވުމަށް ފަހު، އެބިމުގައި އެކަލޭގެފާނުގެ އިސްރާއީލީ ދައުލަތް ހިންގެވި ދުވަސްވަރެވެ. އެކަލޭގެފާ ނަކީ، ޙިކްމަތް ދެއްވިގެންވާ ޙިކްމަތްތެރި ރަސްކަލެކެވެ. ޖިންނީންނާއި ޖަނަވާރު ސޫފާސޫފީންގެ ބަހުރުވަ ދެނެވަޑައި ގަންނަވާ ބޭކަލެކެވެ. އެތަކެއްޗައި ވާހަކަފުޅު ދައްކަވާއި މުޢަމަލާތު ކުރައްވާއި ހެއްދެވި ބޭފުޅެކެވެ.


މައްކާ މަދީނާއަކީ، މުސްލިމުންގެ ބިމެއްފަދައިން ޝާމްކަރައިގެ ފަލަސްޠީން ބިމަކީވެސް މުސްލިމުންގެ މާތްވެގެންވާ ބިމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ މަންމާފުޅު، އައިމިނާ ބިންތި ވަހަބް އެކަލޭގެ ފާނަށް ބަލިވެއިންނެވި އިރު، އެކަމަނާއަށާއި މައްކާގެ މީހުންނަށް އެކި މުޢްޖިޒާތައް ފެނުމުގެ ތެރޭގައި ފެނުނު ކަންކަމުގެ ތަރޭގައި “ޝާމް ކަރައިން ވަރުގަދަ އައްޔެއް ނުކުމެގެން މައްކައާ ދިމާއަށް އަންނަތަން” ވަނީ ފެނިފައެވެ. މިވާހަކަ އިބްނު ހިޝާމް އޭނާލިޔުއްވި “އައްސިޔަރަތުން ނަބަވިއްޔާ” ގައި ގެންނަވާފައި ވެއެވެ.


ފަހެ، މިއިންވެސް ދޭހަވަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޝާމްކަރަ ބޭނުންވެފައިވާ މިންވަރެވެ. އެކަލޭގެ ފާނުގެ ހިތްޕުޅުގައި އެކަރައަށް އަބަދުވެސް މަތީ ދަރަޖައެއް ދެވިފައިވާ މިންވަރެވެ. މައްކާ އާއި މަދީނާއާއި އެއްފަދައިން ޝާމް ކަރައާ މެދު، އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.


عَنِ ابْنِ عُمَرَ رَضِىَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صلي ا لله عليه وسلم، {اللَّهُمَّ بَارِكْ لَنَا فِي مَكَّتِنَا، اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا، اللَّهُمَّ بَارِكْ لَنَا فِي شَامِنَا، وَبَارِكَ لَنَا فِي يَمَنِنَا، وَبَارِكْ لَنَا فِي صَاعِنَا، وَ بَارِكْ لَنَا فِي مُدِّنَا.} …. إ لى آخر الحديث!(رَوَاهُ الْبُخَارِيُّ، وَالتِّرْمِذِيُّ، أَحْمَدُ، وَابْنُ حِبَّانَ، وَالطَّبَرَانِيُّ، وَالْبَغَوِيُّ، وَالرُّويَانِىُّ)


މާނައީ، އެ ދެބައި ކަލުންނަށް، ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން، ޢަބްދުﷲ ގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.


{ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ މައްކާގައި ބަރަކާތް ލައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ މަދީނާގައި ބަރަކާތް ލައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ ޝާމް ކަރާގައި ބަރަކާތް ލައްވާނދޭވެ! އަދި، އަޅަމެންގެ ޔަމަނުކަރާގައި ބަރަކާތް ލައްވާނދޭވެ! އަދި، އަޅަމެންގެ މުއްދާއި އަޅަމެންގެ ޞާޢުގައި ބަރަކާތް ލައްވާނދޭވެ!} …. ޙަދީޘްފުޅު ނިމެންދެން! (ރަވާހުލްބުޚާރީ ވައްތިރްމިޒީ)


އާދެ! ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް އެކުރައްވަނީ، މައްކާ މަދީނާ ފަދައިން ޝާމްކަރަ އަކީ، އަހަރުމެން މުސްލިމުންގެ ބިމެއްކަމުގައެވެ. އެހެންވުމުން ފަލަސްޠީނަކީ، ޝައްކެއްނެތް ގޮތުގައި މުސްލިމުންގެ ބިމެކެވެ. މުސްލިމުންގެ މުޤައްދަސް ބިމެކެވެ. އެބިމަކީ މުސްލިމުންގެ ތިންވަނައަށް މާތް ވެގެންވާ ބިމެވެ. ޒައޮނިސްޓުން ބޭނުންގޮތެއް ހަދަންދޫކޮށް ލައިގެން ތިބެގެން ނުވާނެއެވެ. ކޮންމެ މުސްލިމަކު ވެސް މިކަން ދަންނަން ވާނެއެވެ.


ދެން އަޅުގަނޑު ބަލާލާނީ އެބިމުގައިހުރި މުސްލިމުންގެ މާތް ކުރެއްވިގެންވާ އަޤްޞާ މިސްކިތަށެވެ.


މަސްޖިދުލްއަޤްޞާ:


މަސްޖިދުލްއަޤްޞާ ނުވަތަ އަޤްޞާ މިސްކިތަކީ، މައްކާ އާއި މަދީނާ ފަދައިން މާތް ކުރައްވާފައިވާ ބިމެއްގައިވާ މާތް މިސްކިތެކެވެ. އަޅުކަން ކުރުމަށް ދަތުރުހަދައިގެން ދިއުމަށް މުސްލިމުންނަށް ހުއްދަދެއްވާފައިވާ، ތިން ބިމަކީ، މައްކާ އާއި މަދީނާ އާއި ފަލަސްޠީންގެ ޤުދުސް ޝަހަރުގެ ބިމެވެ.


ފަހެ، ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެންމެ މުޤައްދަސް ތަނަކީ، ޤުދުސް ޝަހަރުގައި ހުރި، މަސްޖިދުލް އަޤްޞާ އެވެ. ފަލަސްޠީނުގެ ޙަރަމް އައްޝަރީފް އެވެ. ޤުރްއާނުގައި، ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ސޫރަތުލް އިސްރާގެ ފުރަތަކަ އާޔަތް ބައްލަވާ ލައްވާށެވެ!


سُبْحَانَ الَّذِي أَسْرَ‌ىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَ‌امِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَ‌كْنَا حَوْلَهُ لِنُرِ‌يَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ‌


މާނައީ “ﷲގެ ހުސްޠާހިރުވަންތަ ކަމާއެވެ! ﷲ އީ، އަލްމަސްޖިދުލް ޙަރާމް (މައްކާގައިވާ ޙަރަމްފުޅު) އިން، އަލްމިސްޖިދުލް އަޤްޞާ (ބައިތުލް މަޤްދިސް، ޤުދުސް) އަށް، ﷲގެ އަޅާ ރޭގަނޑުން ބައެއްގައި ގެންދެވި، ﷲ އެވެ. އެމިސްކިތަކީ، އެމިސްކިތެއްގެ ވަށައިގެން، ތިމަން ﷲގެ ބަރަކާތްލެއްވި ތަނެވެ. އެއީ، (އެއަޅާ ގެންދެވީ) ތިމަން ﷲގެ (ކުޅަދުންވަންތަ ކަމުގެ) ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް (މުޙައްމަދު ގެފާނަށް) ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، ﷲއީ މޮޅަށް އައްސަވައި ވޮޑިގެންވާ، މޮޅަށް ބައްލަވައި ވޮޑިގެންވާ، ﷲ އެވެ،”


ފަހެ، މިއާޔަތުން އަޅުގަނޑު މެންނަށް ސާފުވެ އެނގޭ އެއްޗަކީ، އެމިސްކިތެއްގެ ވަށައިގެންވާ ޙަރަމްފުޅުގައި ބަރަކާތް ލައްވާއި މާތް ކުރެއްވި ހިނދު މަސްޖިދުލް އަޤްޞާ މާތްވެ ބަރަކާތްތެރި ވެގެންވާ މިންވަރާއި ދަރަޖައެވެ. އެކަމާ މެދު ހަމަ އެކަކުވެސް ޝައްކު އުފައްދައިގެން ނުވާނެއެވެ. ބައިތުލްމަގްދިސް އަކީ އަގްސާމިތްކިތް ސަރަހައްދަށް ކީތިރިރަސޫލާގެ ދެއްވި ނަންފުޅެކެވެ. އެއީ އަގްސާމިސްކިތާއި އެބިމުން ހުރުމަތް ކުރެއްވި ބިމެވެ. ޒައޮނިސްޓުން އެބިމުގެ ޙުރުމަތް ކުޑަކުރާ ކުރުމަކީ، ކަނޑައެޅިގެން ފާފައެކެވެ. މުސްލިމުން މަރާއި ކަތިލާއި ބޮންގޮއްވާ ހެދުމަކީ ހުއްދަވާނޭ ކަންކަމެއް ނޫނެވެ. އެއީ މައްކާމަދީނާ ފަދައިން ބަރަކާތްތެރި ބިމެކެވެ.


އާދެ! ﷲގެ މިއާޔަތުން އަޅުގަނޑު މެންނަށް އެނގިގެން މިދިޔައީ އަޤްޞާ މިސްކިތާއި އެމިސްކިތް ވަށައިގެން ހުރުމަތް ކުރައްވާފައި ވާ ބިމަކީ، ﷲ ބަރަކާތް ލައްވާފައިވާ މާތްވެގެންވާ ތަނެއްކަމެވެ. ﷲ ހުރުމަތް ކުރައްވާފައިވާ އަލްމަސްޖިދުލް އަޤްޞާ އަކީ،  ބަނީ އިސްރާއީލުން ނާއި މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަދި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. އެމިސްކިތުގައި ކުރެވޭ އަޅުކަން އެތައް ގުނައަކަށް އިތުރުވެގެންވާ ތަނެކެވެ. މައްކާގެ ގެފުޅާއި މަދީނާގެ ނަބަވީ މިސްކިތާއި އެއްފަދަ، މާތްވެގެންވާ ބަރަކާތްތެރި މިސްކިތެއް ކަމެވެ.


ކުރިން ދެންނެވުނު އާޔަތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ އާއި މިޢްރާޖް ދަތުރުފުޅުގައި އެކަލޭގެފާނު ވަނީ، އަޤްޞާ މިސްކިތުގައި ހުރިހާ ނަބީބޭކަލުންގެ ޖަމާޢަތެއްގައި އިމާމުވެ ނަމާދު ފުޅެއް ކުރައްވާފައެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިދަރުފުޅުން އެނގިގެންދިޔަ އަނެއްކަމަކީ، ޢަރަބިކަރައިގެ މައްކާ މަދީނާއަށް ފަހު، އެންމެމާތް ބިމަކީ، ޝާމްކަރަ ކަމެވެ. ފަލަސްޠީން ކަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްފުޅުގައި އެބިމަށް އޮތްލޯތްބެއްގެ ބޮޑުކަމެވެ.


ތަބޫކް ހަނގުރާމަ އާއި ބައެއް އެހެން ހަނގުރާމަތައް ކުރެއްވީ، ޝާމްކަރަ ފަތަޙް ކުރެއްވުމަށް މަގުކޮށް ޓެވުމަށެވެ. އެކަލޭގެފާނުގެ އަވަހާރަފުޅާ ހަމައަށް ވެސް ޝާމްކަރައަށް ލަޝްކަރެއް ފޮނުއްވުމުގެ ތައްޔާރީތައް ގެންދެވީ ކުރައްވަމުންނެވެ. އެކަލޭގެފާނުގެ ޞަޙާބީއެއް ކަމުގައިވާ، ވަރަށް ޒުވާން، އޭރު އެންމެ އަށާރަ އަހަރުގެ އުސާމާ ބިން ޒައިދް ވަނީ އެހަނގުރާމަ އަށް ފޮނުއްވާ ލަޝްކަރުގެ ވެރިއަކަށް ހޮއްވަވާފައެވެ. އެކަލޭގެފާނު ދުނިޔެދޫކުރެއްވީ، މިއެދުން ނުފުދި ވަނިކޮށެވެ. އެހެންވެ، އަބޫބަކުރުގެފާނު މިހަނގުރާމަ މިގޮތަށް ކުރައްވައި އެބިން ފަތަޙަކުރެއް ވީއެވެ.


އާދެ! މިހާހިސާބުން ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބައޮތެވެ. ފަލަސްޠީންގެ  ޤުދުސް އަށް ވެރިވެގަނެގެން ތިބި ޒައޮނިސްޓުން ގެންދަނީ، ފަލަސްޠީންގެ ބިމުގައި ހުރި މުސްލިމުންގެ އިސްލާމީ ތަރިކަތަކުގެ ތާރީޚް ވަރަށްބޮޑަށް އޮޅުވާލަން މަސައްކަތް ކުރަމުންނެވެ.


އެހެންވުމުން ފަލަސްޠީންގައި ހުރި، މުސްލިމުންގެ އާސާރުތައް ރަނގަޅަށް ދަނެގަނެ، އެތަންތަން ޙިމާޔަތް ކުރުމަކީ، އިސްލާމީ އުންމަތުގެ ކޮންމެ މުސްލިމަކު ވެސް ވަރަށް އިސްކަމެއް ދޭން މަޖްބޫރުވެފައި އޮތްކަމެކެވެ. މިކަމަކީ ދިވެހި ކިޔަވާކުދިން ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމެކެވެ. މިމަޒްމޫނު ލިޔުމުގެ އެންމެބޮޑު އެދުމަކީ ވެސް، ބޭނުމަކީ ވެސް ދިވެހި ކިޔަވާ ކުދިންނަށް މިކަމަށް ހިތްވަރުދިނުމެވެ.


ފަހެ، ފަލަސްޠީނުގެ ބިމަކީ މާތް ކުރައްވާފައިވާ ބިމެކެވެ. އެބިމަކީ ވަރަށްގިނަ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ތާރީޚާއި ޙަޔާތާ ގުޅިފައިވާ ބިމެކެވެ. ފަލަސްޠީނުގެ ރަށްތަކުގެ ތެރެއިން ތާރީޚީގޮތުން އެންމެ މުހިންމު ރަށަކީ، ޤުދުސް (ޖެރޫސަލަމް) އެވެ.


އަދި ޤުދުސްގެ ޤަދީމީޝަހަރް (އަލްބަލްދަތުލް ޤަދީމާ) އަކީ، މުސްލިމުންގެ އެންމެމާތް ޙުރުމަތްތެރި ވެގެންވާ ބިންތައް ހުރި ހިސާބެވެ. ފަހެ، މިސަރަޙައްދު އެންމެޤަދީމީ ޒަމާނުއްސުރެ ވަކިކުރެވެނީ ލެވިފައިވާ ފާރަކުންނެވެ. މިފާރުގެ ވާހަކަ ފަހުން ގެނެސް ދޭނަމެވެ. إ ن شاء الله!


އާދެ! ޤުދުސްގެ ޤަދީމީ ޝަހަރް އެކުލެވިފައި އޮތްގޮތަށް ބަލާއިރު، މަސްޖިދުލް އަޤްޞާގެ ޙަރަމްފުޅު ނުވަތަ ޙަރަމްއަލްޝަރީފް އެކުލެވިފައި އޮތީ، ޤުދުސްގެ ޤަދީމީޝަހްރުގެ އިރުދެކުނު ގައެވެ. އިސްރާއީލީ ޒައޮނިސްޓް ސަރުކާރުން ޙަރަމް އައްޝަރީފްގެ ހަރިންމަތެރެ ވަނީ، އެކިދީންތަކުގެ މީހުންނަށް އެކިބައިތައް އަޅުކަން ކުރުމަށް ބަހައިދީ ހަމަޖައްސާ ފައެވެ.


މުސްލިމުންނަށް (MUSLIM QUARTER) ބަޔަކާއި ކްރިސްޓިއަނުން ނަށް (CHRISTIAN QUARTER) ބަޔެކެވެ. އަދި، އަރްމީނިއަން (ARMENIAN QUARTER) ބަޔާއި ޖުއިޝް (JEWISH QUARTER) ބަޔެވެ. ޤުދުސްގެ މުސްކުޅި ޝަހަރު ބަހާލާފައި ވަނީ، މިހަތަރު ބަޔަށެވެ. މިހަތަރު ބައިގެ ތެރެއިން އެންމެބޮޑީ މުސްލިމުންގެ ބަޔެވެ. މިބައިގައި، 2005 ވަނަ އަހަރު، 22000 (ބާވީސްހާސް) މުސްލިމުން ދިރިއުޅުނެވެ. މިހާރުގެ އާބާދީ މާގިނަވާނެއެވެ.


މިބައިގައި މިހާރު، އިސްރާއީލަށް ހިޖްރަކުރި ޔަހޫދިން އާބާދުވާ ގެތައް އަޅާފައި ވެއެވެ. އަދި ޔަހޫދީން މިބައިގައި ވަޒަންވެރި ވެގެން އުޅެއެވެ. އަދި ވަޒަންވެރި ކުރުވަމުން ގެންދެއެވެ. މިބައި އޮންނަނީ، މުސްކުޅި ޝަހަރުގެ އިރުއުތުރު ކަނުގައެވެ. ލަޔަންގޭޓުން ފެށޭގޮތަށެވެ. މިބަޔަށް ޢަރަބިބަހުން ކިޔަނީ، ޙާރަތުލް މުސްލިމީން އެވެ.


ގަދީމީގުދުސް ސަހުޔޫނީން ބަހާފައިވާ ގޮތް
ގަދީމީގުދުސް ސަހުޔޫނީން ބަހާފައިވާ ގޮތް

ކްރިސްޓިއަން ބައި އޮންނީ، ޤުދުސްގެ މުސްކުޅި ޝަހަރުގެ އިރުއުތުރު ކަނުގައެވެ. ނިއޫގޭޓުން ފެށިގެން މުސްކުޅި ޝަހަރުގެ ޙަރިންމަ ވަކިކުރާފާރުން ގޮސް، ޖާފާގޭޓާ ހަމައަށެވެ. މިބަޔަށް ޢަރަބިބަހުން ކިޔަނީ، ޙާރަތުލްނަޞާރާ އެވެ. މިބައިގެ އިރުދެކުނުގައި “ޗަރޗް އޮފް ހޮލީސެޕަލްޗަރ” ހުރެއެވެ. މިއީ ކްރިސްޗިއަނުންގެ އެންމެމާތް ފައްޅިއެވެ. މިފައްޅީގެ ވާހަކަ ފަހުން ގެނެސްދޭނަމެވެ. إن شاءالله!


އަރްމީނިއަން ބައި އޮންނަނީ، ކްރިސްޓިއަން ބައިން ފެށިގެން ނެވެ. މިއީ ޤުދުސްގެ ޤަދީމީޝަހަރުގެ އެންމެކުޑަ ބަޔެވެ. އަރްމީނިއަން މީހުންނަކީ، ގިނައިން ކްރިސްޓިއަނުން ނެވެ. މިއީ މަދުއާބާދީ އަކަށް އޮންނަ ބިމެކެވެ. މިބަޔަށް ޢަރަބިބަހުން ކިޔަނީ، ޙާރަތުލް އަރްމަން އެވެ.


އަދި، ޖުއިޝްބައި އޮންނަނީ، ޤުދުސްގެ ޤަދީމީޝަހަރުގެ ދެކުނުއިރުމަތީ ގައި ފާރުލެވިފައިވާ ބައިގައެވެ. ޒިއޮންގޭޓާ ހަމައިން ފެށިގެން ދެކުނަށް ދެމިގެންނެވެ. ދެކުނުން އަރްމީނިއަން ބަޔާ އިންވެގެންނެވެ. ފަހެ، މިބަޔަކީ، ތާރީޚީގޮތުން މުއްސަނދި ބަޔެވެ. ދެހާސް ޔަހޫދީންނަށް ވުރެ ގިނައިން މިބައިގައި ދިރިއުޅެމުން ގެންދެއެވެ. މިބަޔަކީ، ޢަރަބިންނާ މުޅިން ގުޅުން ކަނޑާލާފައި އޮންނަބަޔެކެވެ.


އާދެ! ޒައިތޫނި ފަރުބަދަ ހުންނަނީ، ޤުދުސްގެ ޤަދީމީ ޝަހަރުގެ އިރުދެކުނުކަނާ ދިމާގައެވެ. މަރްޔަމްގެ ފާނުގެ މަހާނަފުޅާއި ޒަކަރިއްޔާގެ ފާނުގެ މަޤްބަރާ ހުންނަނީ މިސަރަޙައްދު ގައެވެ. މިދެބޭފުޅުންގެ އިތުރުންވެސް މިތަނުގައި ބައެއް ނަބީބޭކަލުން ފަސްދާނުލެވިފައި ވެއެވެ. އަދި ޞަހްޔޫން ފަރުބަދަ ހުންނަނީ، ޤަދީމީ ޝަހަރުގެ “އަރްމީނިއަން ބައި” ގެ ދެކުނާދިމާ ގައެވެ. ދާއޫދުގެފާނުގެ މަޤްބަރާ ހުންނަނީ މިސަރަޙައްދު ގައެވެ.


ޤުދުސް ޝަހަރުގެ އިތުރުން މުޅި ފަލަސްޠީނަކީ ވެސް، ނަބީބޭކަލުންގެ ތާރީޚާއި މުސްލިމުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ބިމެކެވެ. ޝާމްކަރަ އަކީ، މުސްލިމުންގެ ތަނެއްކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވަނީ އެހެން ވެގެންނެވެ. ޢަރަބިކަރަ ފަދައިން ޝާމްކަރަ އަކީ މުސްލިމުންގެ ބިމެކެވެ. މިގޮތުން ޢީސާގެފާނުގެ އުފަންވެ ވަޑައިގަތްރަށް ކަމުގައިވާ، ބައިތްލަޙްމާއި ތުއްޕުޅުއިރު އުޅުއްވި ރަށް ކަމުގައިވާ ނާޞިރާ އޮންނަނީ، ފަލަސްޠީން ގައެވެ.


މިހާރު ނާޞިރާޝަހަރު އޮތީ، ޒައޮނިސްޓް ޔަހޫދީ ދައްލަތުގެ ދަށުގައެވެ. މުސްލިމުންގެ އެއްވެސް ކޮންޓްރޯލްއެއް ނެތް ރަށެކެވެ. އަދި، އިސްމާޢީލްގެފާނާއި އިސްޙާޤްގެފާނާއި ޔަޢްޤޫބްގެފާނާއި ޔޫސުފްގެފާނު އުފަންވެ ވަޑައިގަތީވެސް ފަލަސްޠީން ބިމަށެވެ. އަދި މޫސާގެފާނާއި ހާރޫންގެ ފާނު، ފަސްދާނު ލެވިފައި ވަނީ، ފަލަސްޠީނުގެ ބިމުގައެވެ.


އަދި، ޔޫޝަޢު (ޠާލޫޠް) ނަބީކަލޭގެ ފާނާއި ދާނިޔާލް ނަބީކަލޭގެފާނާއި އިލްޔާސް ނަބީކަލޭގެފާނާއި އިލްޔަސައުގެފާނު ފަސްދާނު ލެވިފައި ވަނީ ވެސް، މިމާތް ބިމުގައެވެ. ޝާމްކަރައިގެ ބިން މުސްލިމުންނަށް މާތް، ބަރަކާތްތެރި މުޤައްދަސް ބިމަކަށް ވަނީ މިހެންވެގެން ނެވެ. ޢަރަބި ބިމޭ އެއްފަދައިން ފަލަސްޠީނު ބިން ވެސް މުސްލިމުންނާ ގުޅިފައިވާ މިންވަރު ސާފުކޮށް މިހިރީ ފެންނާށެވެ.


ފަހެ، ދަންނާށެވެ! މުސްލިމުންގެ ތާރީޚް އޮޅުވާލުމަށް ޓަކައި ޒައޮނިސްޓް ޔަހޫދީން ބުނަމުން ގެންދަނީ، މަސްޖިދުލް އަޤްޞާއަކީ، ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެ، ޚުލަފާއުއް ރާޝިދޫންގެ ޚިލާފަތު ވެސް ނިމުނުފަހުން، އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލް މަލިކް ބިން މަރްވާން ބިނާކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެނަސް ޙަޤީޤަތަކީ، ކުރިންވެސް ދެންނެވިހެން، މަސްޖިދުލް އަޤްޞާއަކީ، ސުލައިމާނުގެފާނު ބިނާ ކުރެއްވި މިސްކިތެކެވެ.


އަބްދުލްމަލިކް ބިން މަރްވާން ކުރެއްވި މަސައްކަތަކީ، މަސްޖިދުލް އަޤްޞާ ވިރާނަވެ ހަލާކުވެފައި ވަނިކޮށް އެމިސްކިތް އާތުރަފިލުވައި މަރާމާތުކޮށް އާކުރެއްވީއެވެ. އަޤްޞާމިސްކިތުގެ މިމަތާމާތު ކުތުން ހިނގީ މީލާދީން، 710 އިން 715 އަށެވެ. އަދި އޭގެފަހުން މީލާދީން، 1035 ވަނަ އަހަރުވެސް މަސްޖިދުލް އަޤްޞާވަނީ މަރާމާތު ކުރެވިފައެވެ. އެހެނަސް މިސްކިތުގެ އަޞްލުހުރީ، އުމަވީންގެ ވެރިކަމުގެ އިރުގައި ބިނާކުރިއިރު ހުރިގޮތަށެވެ. ބަދަލެއް ނުގެނެއެވެ.


ފާހަގަ ކުރަންޖެހޭ ނުކުތާއަކީ، ޚަލީފާ ޢަބްދުލްމަލިކް ބިން މަރްވާން މުޅިން އަލަށް ބިނާކުރެއްވި މިސްކިތަކީ، ޙަރަމް އައްޝަރީފް ތެރޭގައި މަސްޖިދުލް އަޤްޞައާ މާދުރުނޫން، ހަރިންމަތެރޭގައި ފެންނަން އެހުންނަ ރަންޤުއްބުލީ މިސްކިތެވެ. މިއަދު ގިނަފޮޓޯތަކުން އެފެންނަނީ އެމިސްކިތެވެ. ޒައޮނިސްޓް ޔަހޫދީން މުސްލިމުން ނަށް، މަސްޖިދުލް އަޤްޞާގެ ގޮތުގައި ދައްކަމުން ގެންދަނީ މިމިސްކިތެވެ.


މިމިސްކިތުގެ ނަމަކީ، މަސްޖިދު ޤުއްބަތުއްސަޚްރާ އެވެ. ސަހްޔޫނީން މިމިސްކިތަށް އިސްކަންދެނީ ރަސޫލާ މިއުރާޖު ކުރެވުނު ހިލަފުޅު މިތާގައި އޮންނާތީއެވެ. އަދި މިތަނަކީ އެމީހުން ތިންވަނަ ޓެންޕަލް އިމާރާތް ކުރަން ޕުލޭންކޮށްފައިވާ ތަނެވެ. ޤުދުސް އަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކޮށް އުޅޭމީހުންނަށް ޒައޮނިސްޓް ޔަހޫދީ ޓުއަރގައިޑުން މަސްޖިދުލް އަޤްޞާއޭ ކިޔާފައި ފަތުރުވެރިންނަށް ބުނެދެނީ، ރަންޤުއްބުލީ، ޤުއްބަތުއްސަޚްރާ މިސްކިތެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިންވެސް ގިނަ މީހުންނަށް އޮޅުންއަރާފައި އޮންނަ ކަމެކެވެ.


ފަހެ، މިއީ މަސްޖިދުލް އަޤްޞާ އާއި އެބިނާގެ ތާރީޚް އޮޅުވާލުމަށް ހިންގާ ނުލަފާ ޒައޮނިސްޓް ޔަހޫދީ ޙަރަކާތެކެވެ. އެހެނަސް މިއީ އެއް ހަރިންމައެއްގެ ތެރޭގައި ހުރި ދެބިނާއެއްކަން އަޅުގަނޑުމެން ދަންނަން ޖެހޭ ނެއެވެ. ސުލައިމާނުގެފާނު ޖިންނީންގެ އެހީގައި ހެއްދެވި އަޤްޞާ މިސްކިތަކާއި އުމަވީންގެ ދުވަސްވަރު ބިނާކުރި ޤުއްބަތުއްސަޚްރާ މިސްކިތެވެ.


ޤުއްބަތުއްޞަޚްރާ މިސްކިތް (ޑޯމް އޮފްދަ ރޮކް)
ޤުއްބަތުއްޞަޚްރާ މިސްކިތް (ޑޯމް އޮފްދަ ރޮކް)

ޙަރަމް އައްޝަރީފް:


ދުނިޔޭގެ ބިމުގައި، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ތިންބިމުން އެއްބިމަކީ، ފަލަސްޠީނުގެ ޤުދުސް ޝަހްރުގައި މިއޮންނަ ޙަރަމް އައްޝަރީފް އެވެ. ޝާމްކަރައިގެ ޙަރަމްފުޅެވެ. ނޫނީ ފަލަސްޠީން ބިމުގެ މިޙަރަމް އައްޝަރީފް، "ޙަރަމްފުޅު" އަކީ، މަސްޖިދުލް އަޤްޞާ އާއި މަސްޖިދް ޤުއްބަތުއް ސަޚްރާ (ރަން ޤުއްބުލީ މިސްކިތް) ހުންނަ ޙަރިންމަ ތެރެއެވެ. މިއީ ޤުދުސްގެ ޤަދީމީޝަހަރުގެ، 35 އޭކަރުގެ ސަރަޙައްދެކެވެ. ޒައޮނިސްޓް ޔަހޫދީން ދަޢްވާކުރަމުން ގެންދަނީ، ޙަރަމް އައްޝަރީފް އަކީ، އެމީހުންގެ ފުރަތަމަ ހައިކަލް (ފައްޅި) އާއި ދެވަނަ ހައިކަލް ހުރިތަން ކަމަށް ބުނެއެވެ.


އެމީހުންގެ ޢަޤީދާއަކީ، ދާއޫދްގެފާނާއި ސުލައިމާނުގެ ފާނަކީ، ފައްޅިހައްދަވައި ގެން ބުދަށް އަޅުކަންކުރެއްވި ބޭކަލުން ކަމުގައެވެ. އެހެންހީކޮށް ރަނގަޅު ވަގުތެއް ލިބޭއިރަށް މިޙަރިންމަތެރެ ކޮންނަން ފަށައެވެ. އެކަމުގެ ހެކިހޯދުމަށެވެ. ބުދުތައް ފެނޭތޯއެވެ. އެހެނަސް އެބޭކަލުންނަކީ، ﷲގެ ތެދުމަގުގައި ތިއްބެވި މުސްލިމުން ނެވެ. އެއްކައުތަންތަ، ﷲ އަށް އިމާންވެގެން ތިއްބެވި ބޭކަލުންނެވެ. ﷲ ރުއްސުން ލެއްވި ބޭކަލުންނެވެ. ނަބީންނާއި ރަސޫލުންނެވެ. ބަނީ އިސްރާއީލް ބާގައިގެ މީހުންނަށް ދަޢްވަތު ދެއްވީވެސް ތެދުމަގަށެވެ. އެމީހުންގެ އިދިކީލަކަމުން އެނަބީންނާއި ރަސުލުންނަށް ނުކިޔަމަން ތެރިވެ އުރެދުނީއެވެ.


ޙަރަމް އައްޝަރީފް، (ޓެމްޕަލް މައުންޓް) މިވާހަކަދެކެވޭ ދެމިސްކިތް ފެންނަ މަންޒަރެއް
ޙަރަމް އައްޝަރީފް، (ޓެމްޕަލް މައުންޓް) މިވާހަކަދެކެވޭ ދެމިސްކިތް ފެންނަ މަންޒަރެއް

އާދެ! މިދެމިސްކިތަކީ، އެއް ޙަރިންމައެއްގެ ތެރޭގައިހުންނަ، ދެވަގުތެއްގައި ދެ ބޭކަލަކު ބިނާކުރެއްވި ދެ މިސްކިތެވެ. ޒައޮނިސްޓް ޔަހޫދީން ބޭނުންވަނީ، މިދެ މިސްކިތް ނައްތާލާއި އެޙަރިންމަތެރެ ސާފުކޮށް އެމީހުންގެ ހައިކަލެއް "ޓެމްޕަލެއް" ބިނާކުރާށެވެ. ފައްޅިއެއް އަޅާށެވެ. މިކަން، ފަހުގެ އިސްރާއީލީ ދައްލަތުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޯރިއަން، އިޢްލާނުކޮށް ފައި ވެއެވެ. ބުނެފައި ވަނީ މިފަދައިންނެވެ!


“ޤުދުސްއާ ނުލައި އިސްރާއީލްގެ މާނައެއް ނެތެވެ. ހައިކަލް އާ ނުލައި ޤުދުސްގެ މާނައެއް ނެތެވެ.”


އަދި، ޒައޮނިސްޓް ދައްލަތް އުފެއްދުމުގެ ފިކްރު އެންމެފުރަތަމަ ވުޖޫދުކުރި މޭސްތިރިޔާ ކަމުގައިވާ ތޮޔޮޑޯރ ހާޓްޒުލް ބުނެފައި ވަނީ މިފަދައިންނެވެ!


“އަހަރުމެން ނަށް ޤުދުސް ލިބުމުން އެތަނުގައި ހުރި، ޔަހޫދީ ނޫން ހުރިހާ ބިނާއެއް ނައްތާލާނަ މެވެ.”


ފަހެ، މިއީ ޒައޮނިސްޓް ޔަހޫދީން ބޭނުންވާ ގޮތެވެ. މުސްލިމުންގެ ވަރުގަދަ ކަމުން އަދި އެކަން ނުކުރެވިގެން އުޅެނީއެވެ. މިމީހުންގެ ގާތުގައި ޙަރަމް އައްޝަރީފްގެ ހުޅަގުފާރަކީ ވަރަށް މުޤައްދަސް ތަނެއްގެ ގޮތުގައި ބަލަމުން އަންނަތަނެކެވެ. އެތަނަކީ އެމީހުން ޤަބޫލްކުރާ ގޮތުގައި އެމީހުންގެ ބޮޑުން ބިނާކޮށް ދެއްވި ޓެންޕަލްގެ އަޞްލު ބައެކެވެ.


އަދި އެތަނަކީ އެމީހުންގެ ފައްޅިހަދަން ބޭނުންވާ ތަނެވެ. ބިންބޮޑުކޮށް ބިންހިފުމަށް ބޭނުން ކުރަމުން ދިޔައީ މިފާރެވެ. ފާރުކައިރީގައި އަޅުކަން ކުރަންދާ ކޮންމެ ފެމެލީއެއް އެތާގައި ފޭލިގެއެއް ޖަހައިގެން އެމީހެއްގެ އެޢާއިލާއެއްގެ އަޅުކަންކުރާ ތަނަށް ހަދަމުން ދިޔައީއެވެ. ފާރުގެ ވާހަކައިގައި މިވާހަކަތައް ގެންނާނަމެވެ. إن شاء الله!


މަސްޖިދް ޤުއްބަތުއްޞަޚްރާ:


މިއީ މިހާރު ޤުދުސްއަށް ޒިޔާރަތްކުރާ ބޭފުޅުންނަށް ފެންނަން އެހުންނަ ރަން ޤުއްބުލީ މިސްކިތެވެ. ޢުމަރުގެފާނުގެ އިސްލާމީ ފަތަޙައަށް ފަހު، މި މިސްކިތް ބިނާކުރެއްވީ، އުމަވީ ޚިލާފަތް (ދައްލަތު) ގެ، 5 (ފަހެއް) ވަނަ ޚަލީފާ ޢަބްދުލް މަލިކް ބިން މަރްވާންގެ ދުވަސްވަރުގަ އެވެ. މަރާމާތު ފެއްޓެވީ، 685 މ. ގައެވެ. ނިންމާލެއްވި ތާރީޚެއްކަމަށް ގިނަ މުއައްރިޚުން އެއްބަސްވެލައްވަނީ، 691/92 މ. ގައެވެ.


މިމިސްކިތް މަސްޖިދު ޤުއްވަތުއްޞަޚްރާ، Dome of the Rock ބިނާކުރައްވާފައި ވަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާއާއި މިޢްރާޖް ދަތުރުފުޅުގައި މިޢްރާޖްގެ ދަތުރުފުޅު ފެއްޓެވި މަޤާމްފުޅު ކަމުގައިވާ ހިލަ އަކީ ބިންގަލެއްގެ ގޮތުގައި ބައްލަވައިގެންނެވެ. އެއީ ފައުންޑޭޝަނެވެ. ބިންގަލެވެ.


މިބިންގާހިލައިގެ ދަށުގައި ރޫހާނީބާރެއް އެކުލެވޭ ބިންގަރާހެއް، ނޫނީ ކޭވެއް ވަޅެއްފަދަ ތަނެއް ވާކަމުގައި ޔަހޫދީން ގަބޫލުކުރެއެވެ. އެވަޅަށް އެމީހުން ކިޔަނީ ދަ ވެލް އޮފް ސޯލްސް، Well of Sauls އެވެ. އަދި މިމަގާމަކީ، ސުލައިމާނުގެފާނުގެ މިސްކިތްފުޅު، ފަސްޓްޓެމްޕަލް ހުރިތަނެވެ. އަދި ޔަހޫދީން ބިނާ ކުރި ދެވަނަޓެމްޕަލް ވެސް ހުރީ ހަމަ މިތަނެވެ.


އަދި މިބިންގަލަކީ ކީރިތިރަސޫލާ އުޑުތަކަށް މިޢުރާޖު ކުރެއްވުނު މަގާމަށް ވާތީ މިތަނަކީ، މި ދުނިޔެއިން މަތީ އުޑުތަކަށް ދަތުރުކުރެވޭ ޝިދާދެއް، ކަމުގައި ބެލެވެއެވެ. ޝިދާދަކީ ގަދަފަދައިން އެތެރެއަށް ޖަޒްބާތާ އެކު ދަމައިގަންނަބާރެއް އެކުލެވޭ ހުޅުވުމެވެ. ނޫނީ ދޮރެވެ. މަގެއް، ނޫނީ ހޮރެއްގެ ދޮރެއްކަމުގައި ބެލެވެއެވެ. ގިނައިލްމުވެރިން މި މާނަކުރުން ވަނީ އޮޅުވާލާފައެވެ.


އަލްނަބައު ސޫރަތުގެ 12 ވަނަ އާޔަތުގައި އޮންނަ، وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا "ސަބްޢާޝިދާދާ" މާނަކުރައްވަނީ ގަދަފަދަ ހަތްއުޑުކަމަށެވެ. މިއީ އަހުރެން ގާތުގައި ގޯހެކެވެ. އަހުރެން ގަބޫލުކުރާ ރަނގަޅު ގޮތަކީ އެހެންއުޑުތަކަށް ހުޅުވިފައިވާ މަގެއްގެ ދޮރެއް ކަމަށެވެ. ސައިންސްވެރިންނަށް މިހާރު ހޯދިފައިވާ "ވޯމްހޯލް" ނުވަތަބު "ބުލެކްހޯލް" އަކަށް ވުމަކީ އިލްމީދިރާސާގައި ކުރަން އޮތް ބަހުސެކެވެ.


އަލްމޫމިނޫން ސޫރަތުގެ 17 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ.


وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ


"ހަމަ ކަށަވަރުން ތިމަން ﷲ ތިޔަބައިމީހުންނާ ދިމާމަތީގައި ހަތް މަގު ހެއްދެވީމެވެ. އަދި ޚަލްގުތަކުންގެ ފަރިވާކުޑަކުރައްވާ، ﷲ ކަމުގައި ތިމަން ﷲ ވޮޑިގެނެއް ނުވަމެވެ. އަދި ކިއެއްތަ، ތިމަން ﷲ އެބައިމީހުން ރައްކާތެރުކުރައްޗައި، އެބައިމީހުންގެ ކަންތައް ރާއްވަވައި ހިންގަވަމެވެ."


ޠަރާއިޤު އަކީ ޠަރީޤުގެ ޖަމާއެވެ. ގިނަމަގުތަކަށް އަރަބި ބަހުގައި ބުނާގޮތެވެ. މިއާޔަތުގައި ޠަރާއިޤު އޭ ﷲ ވަހީކުރައްވަނީ އުޑުމަތީގައި އެހެން އުޑެއްވާތީއެވެ. އަދި މަލާއިކަތުން އެއްއުޑުން އަނެއް އުޑަށް އުޑުތަކުގެ އެ މަގުތަކުގައި ދަތުރުކުރައްވާތީއެވެ. މިއީ އަރަބި ބަހުގައި ޔަރީގު މާނަކިރާ ގޮތެވެ. އެހެނަސް މިތާގައި ވެސް ބައެއް އިލްމުވެރިން ޠަރާއިޤުގެ މާނަކުރަތައްވަނީ އުޑިތަކުގެ މާނާގައެވެ.


މިޒަމާނުގެ ސައިސްވެރިން ހޯދާފައިވާ ބުލެކްހޯލް ނޫނީ ވާމްހޯލް ފަދަ އެއްއުޑުން އަނެއް އުޑަށް ދަތުރުކުރެވޭ ޕޯޓަލް އަކަށް ވެދާނެތީ ޠަރާއިޤު އުޑުގެ މާނާގައި އިލްވެރިންގެ ބަޔަކު ކުރަނީއެވެ. އެހެނަސް ހަގީގަތަކީ އަހުރެމެން އެންމެން ދިރިއުޅޭ ކައުނަކީ މިދުނިޔެކަމެވެ. މިދުނިޔޭގެ ބިމާއި ހަނދާއި އިރާއި ތަރިތައް އެފެންނަނީއެވެ. އަދި މިދުނިޔެ މަތީގައި ހަމަ މީގެ މިކަހަލަ، 6 ދުނިޔެ، މުޅިއެކު، 7 ދުނިޔެ، ﷲ ލައްވާފައިވާކަމެވެ.


ބައެއްސައިންސްވެރިން، 7 ބިމާއި، 7 އުޑު ސިފަކުރާގޮތް އަދި އެއްއުޑުން އަނެއްއުޑަށް ހުރި މަގުތައް
ބައެއްސައިންސްވެރިން، 7 ބިމާއި، 7 އުޑު ސިފަކުރާގޮތް އަދި އެއްއުޑުން އަނެއްއުޑަށް ހުރި މަގުތައް

ފަހެ، އަޤްޞާމިސްކިތް ހުންނަނީ، ބައިތުލްމަޤްދިސްގެ ޙަރަމް އައްޝަރީފް ތެރޭގައެވެ. ބައިތުލް މަޤްދިސް އަކީ، މަސްޖިދުލް އަޤްޞާގެ މުޅި ހަރިންމައެވެ. މިމިސްކިތް، މަސްޖިދު ޤުއްބަތުއްޞަޚްރާ ބިނާކުރެވިފައި މިވަނީ، އަޤްޞާ މިސްކިތައި ވަރަށް ކައިރީގައެވެ. އެއްޙަރިންމައެއްގެ ތެރޭގައެވެ. ހަގީގަތުގައި މިއީ ދެމިސްކިތެއްގޮތުގައި ފާހަގަކޮސް ނަންކިޔަސް މިހާރު ފަލަސްތީނުގެ ޙަރަމްޝަރީފްގެ ހަރިންމަތެރޭގައިވާ ބޮޑު އެއްމިސްކިތެވެ.


ދެމިސްކަތެއް ގޮތުގައި ނަން ކިޔާ އުޅެނީ އަދިވެސް ކުޑަގުއްބެއް ހުރެފައި އަޤުޞާމިސްކިތް ފާހަގަވާ ގޮތަށް ހަރިންމަތެރޭގައި ފެންނާން ހުންނާތީއެވެ. ބޮޑު އިމާރަތް، ރަންބޮޑުގުއްބާ އެކު މިހާރުވެސް ފެންނަގޮތަށް އެ ހުންނަނީ މިއުރާޖަށް އަރާވަޑައިގަތްތަނުގައި އިމާރާތް ކުރެވެމުނު ޤުއްބަތުއްޞަޚްރާ މިސްކިތެވެ. ކުޑަމިސްކިތައް ޢުމަރުގެފާނު މިސްކިތޭވެސް ބުނެވެއެވެ. ޢުމަރުގެފާނު މިސްކިތާއި ރަންޤުއްބުލީ އިމާރާތުގެ މިސްކިތް، އަދި މަސްޖިދުލް އަޤްޞާ، "އަޤްސާމިސްކިތް" ހުންނަނީ އެއް ޙަރިންމައެއްގެ ތެރޭގައެވެ.


ޙަރަމްފުޅުގައި ހުންނަ (ކުޑަމިސްކިތް) އަޤްޞާ މިސްކިތް އަދި އުމަރުގެފާނު މިސްކިތް، އަދި ޤިބްލަމިސްކިތް
ޙަރަމްފުޅުގައި ހުންނަ (ކުޑަމިސްކިތް) އަޤްޞާ މިސްކިތް އަދި އުމަރުގެފާނު މިސްކިތް، އަދި ޤިބްލަމިސްކިތް

ޔަހޫދީންނާއި ނަޞާރާއިންގެ މަޞްދަރުތައް ބުނާގޮތުގައި މިތިން މިސްކިތް ވެސް ބިނާ ކުރެވިފައިވަނީ، ސޮލަމަން ޓެންޕަލް (އަޤްޞާ މިސްކިތް) ގައެވެ. ވީމާ މުޅި މިއޭރިއާ އަކީ ޤަދީމީ ޤުދުސްގެ ޙަރަމްފުޅެވެ. މި އޭރއާ ވަނީ ފާރެއްލައި ފާހަގަކޮށް، 15 (ފަނަރަ) ދޮރާށިލާފައި އެވެ. އެކިދީންތަކަށް ބަހާފައިވާ ސަރަޙައްދުތައް ވަނީ، ގުދުސްގެ މިއޭރިއާ ތެރޭގައެވެ. ސެޕަލްޗަރ ފައްޅި ވެސް ހުންނަނީ، މިޙަރިންމަ ތެރޭގައެވެ.


އާދެ! މިމިސްކިތަކީ، މުޅި އިންސާނީ ތާރީޚަށް މުސްލިމުންގެ ޢިމާރާތް ކުރުމުގެ ފަންނާއި ހުނަރު ވަރަށް ރީތިކޮށް ދައްކުވައިދޭ ބޮޑުރީތި ބިނާއެކެވެ. މިސްކިތެކެވެ. ﷲގެ ގެއެކެވެ. ފަހެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢްރާޖްއަށް އަރާވަޑައި ގަތްއިރު އެހިލަގަނޑެއްގައި އެކަލޭގެފާނުގެ ޤައިމުވެ ވަޑައިގެން ހުންނެވި މަޝްހޫރު ހިލަކޮޅުވަނީ މިމިސްކިތު ތެރޭގައެވެ.


މިމިސްކިތަށް ޤުއްބަތުއްސަޚްރާ އޭކިޔަނީ އެހިލަފުޅަށް ނިސްބަތްކޮށެވެ. އަދި މީސްތަކުންގެ މެދުގައި އެމިސްކިތް، މުހިންމު ވެގެން ގޮސްފައި ވަނީވެސް މިހިލަފުޅަށް ޓަކައެވެ. ފަހެ، މިފަދަ ތަނެއް މުސްލިމުން އަތުން ބީވިޔަދީގެން ވާނެ ތޯއެވެ؟ ނޫނެކެވެ. ނުވާނެއެވެ!


ޤުއްބަތުއްޞަޚްރާ މިސްކިތް 1920 ގައި ނެގުނު ފޮޓޯއަކުން ފެންނަގޮތް
ޤުއްބަތުއްޞަޚްރާ މިސްކިތް 1920 ގައި ނެގުނު ފޮޓޯއަކުން ފެންނަގޮތް

ޝާމްކަރައިގެ ބިމުގައި ފަލަސްޠީނުގައި އަދިވެސް ބައިވަރު މަޝްހޫރު މިސްކިތްތައް ހުރެއެވެ. އެގޮތުން ޢުމަރުގެފާނު މިސްކިތް ފާހަގަކޮށް ލެވެއެވެ. އެއީ މަސްޖިދު ޢުމަރުއެވެ. ހުންނަނީ ކުރިންބުނެވުނު، ޗަރޗް އޮފް ހޯލީ ސެފަލްކަރ ކައިރީގައެވެ. މިއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބް ފަލަސްޠީންއައި ހަވާލުވުމަށް ވަޑައިގެން މީލާދީން، 12 މެއި 636 ވީ އާދީއްތަ ދުވަހު ހިޖްރީގޮތުން، ބަލާއިރު އެދުވަހަކީ ހިޖްރައިން، 15 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ، 1 ވަނަ ދުވަހު، ނަމާދުފުޅު ކުރެއްވި މިސްކިތެވެ.


އަޤްޞާމިސްކިތް 1900 ގައި
އަޤްޞާމިސްކިތް 1900 ގައި

އަދިވެސް، ފަލަސްޠީނުގެ ރަމްލާގައި، ޞާލިޙްގެފާނަށް ނިސްބަތް ކުރެވޭ މަޤާމްފުޅެއް ހުރިތަނުގައި އުމަވީ ޚިލާފަތުގެ ދުވަސްވަރު ބިނާކުރި މަޝްހޫރު މިސްކިތެއް ހުރެއެވެ. އެއީ ހުދުމިސްކިތެވެ. މިހާރު ރަމްލާ އޮންނަނީ ޒައޮނިސްޓް ޔަހޫދީންގެ ވެރިކަމުގެ ބާރުގެ ދަށުގައެވެ.


ފަހެ، ފަލަސްޠީން ގައިވާ މުޤައްދަސް ތަންތަނުގެ ތެރެއިން، ދެން އެންމެ މުހިންމުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އިބްރާހީމްގެ ފާނުގެ މިސްކިތެވެ. މިމިސްކިތަށް ކިޔަނީ، މަސްޖިދު އިބްރާހިމީ އެވެ. މިމިސްކިތް ހުންނަނީ، އިބްރާހީމްގެފާނު ޙަޔާތްޕުޅުގެ ފަހުބައި ހޭދަކުރެއްވި ރަށް ކަމުގައިވާ، ޚަލީލްޝަހަރު ގައެވެ. އެއީ ހަބްރޫން ސިޓީގައެވެ.


ފަހެ، އިބްރާހީމްގެ ފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ އާއި އިސްޙާޤްގެ ފާނާއި އެކަލޭގެފާނުންގެ އަނބިކަނބަލުން، ރަފްޤާ އާއި ޔަޢްޤޫބްގެފާނާއި އެކަލޭގެފާނުންގެ އަނބިކަނބަލުން ކަމުގައިވާ، ލައްޔާ ވެސް ފަސްދާނުލެވިފައި ވަނީ، ޚަލީލްޝަހަރު ގައެވެ. ބައެއް މުއައްރިޚުން ބުނާގޮތުގައި އިންސާނުންގެ ބަފައިކަލުން، އާދަމްގެފާނު ފަސްދާނުލެވިފައި ވަނީވެސް، ހަބްރޫން ސިޓީގައެވެ. އެއީ ޚަލީލްޝަހަރެވެ. އަދި، ޔަޢްޤޫބްގެފާނުގެ ދަރިކަލުން ކަމުގައިވާ، ޔޫސުފްގެފާނާއި ބިންޔާމީންގެ ފާނުގެ މަންމާފުޅު، ރާޙިލް ފަސްދާނުލެވިފައި ވަނީ، ބައިތުލްލަޙްމުގަ އެވެ.


އަދި، މިބެއިކަލުންގެ އިތުރުން، ލޫޠްގެފާނާއި ޔޫސުފްގެފާނާއި ދާއޫދްގެފާނާއި ސުލައިމާންގެ ފާނާއި ހާރޫންގެފާނާއި މޫސާގެފާނާއި ޒަކަރިއްޔާގެފާނާއި ޔަހްޔާގެފާނާއި އިލްޔާސްގެފާނާއި އިލްޔަސައުގެ ފާނާއި މަރްޔަމްގެފާނު ވެސް ފަސްދާނު ލެވިފައިވަނީ، ފަލަސްޠީނުގެ މާތް ބަރަކާތްތެރި ބިމުގައެވެ.


އިބްރާހީމީ މިސްކިތަށް ޒައޮނިސްޓުން ވަނީ، 1967 ގައި ޚަލީލް ޝަހަރު ހިފުމަށް ފަހު، ވަރަށް ބޮޑެތި ގެއްލުންތައްދީ ސުންނާފަތިކޮށް ފައެވެ. އެމިސްކިތުގެ ވަޅުކޮޅާއި އިރުމަތީ ދޮރާށިކޮޅާއި މުންނާރުކޮޅެއް ވަނީ، ހަލާކުކޮށް ލާފައެވެ. އަދި، 1972 ގައި އިސްރާއީލް ދައްލަތުގެ ސްޕްރީމްކޯޓުން އެމިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރުމުގެ ހުއްދަވަނީ ދީފައެވެ. އޭގެފަހުން މުސްލިމުންނާ އެކު ޔަހޫދީން ގެންދަނީ އެމިސްކިތް ބޭނުން ކުރަމުންނެވެ.


އަދި، 1994 ވަނަ އަހަރުގެ، 25 ފެބްރުއަރީ ގައި ޒައޮނިސްޓް ޓެރަރިސްޓެއް ކަމުގައިވާ، ޑޮކްޓަރ ގޯލްޑްސްޓީން މި މިސްކިތު ތެރޭގައި ހިންގި ޤަތްލުއާންމެއް ގައި، 60 މުސްލިމުން ޝަހީދުކޮށް، 200 އަށްވުރެގިނަ މުސްލިމުން ޒަޚަމްކޮށް ލިއެވެ. މިޢުދްވާން ހިންގި ޓެރަރިސްޓް ކަލޭގެއާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްރާއީލު ސަރުކާރުން ނިންމީ، އެފަދަ ޙާދިޘާއެއް ހިނގަންޖެހުނީ މުސްލިމުން ނާއި ޔަހޫދީންނަށް ވަކީން އަޅުކަން ކުރެވޭ ގޮތަށް ހަމަޖެހިފައި ނެތުމުން ކަމަށެވެ.


ފަހެ، މިގޮތަށް ނިންމުމަށް ފަހު، އިބްރާހިމީ މިސްކިތް ދެބަޔަށް ބަހާލީއެވެ. ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައިގައި މިއަދު ވަނީ، ޔަހޫދީން އަޅުކަންކުރާ ފައްޅިއަކަށް ބަދަލުކޮށް ފައެވެ. މުސްލިމުންގެ ތެރެއިން މިސްކިތަށް ވަނުމުގެ ފުރްސަތުދެނީ ފަހަރަކު، 300 މީހުންނަށް ވުރެ ގިނަނުވާ ގޮތަށެވެ. އަދި، މުސްލިމުން ނަށް މިސްކިތުތެރެ އަށް ވަދެވެނީ، ޔަހޫދީންގެ ވަރުގަދަ ސެކިއުރިޓީ ސިސްޓަމެއްގެ ތެރެއިން ލާފައެވެ. ފުރިހަމައަށް ޗެކް ކުރެވިގެންނެވެ.


ފަހެ، ދަންނާށެވެ! މީގެ އިތުރުން ވެސް ފަލަސްޠީނުގެ ބިމުގައި މުސްލިމުންނާ ރޫޙާނީގޮތުން ގުޅިފައިވާ ބައިވަރު އާޘާރުތައް އެބަހުއްޓެވެ. މުޅި ޝާމްކަރައަކީ ވެސް މުސްލިމުންގެ ރޫޙާއި ގުޅިފައިވާ ބިމެއްކަމާ މެދު ޝައްކެއް ނެތެވެ. އެއީ އަހަރުމެން މުސްލިމުންގެ ބިމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަކީ މިއެވެ.


“ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ ޝާމްކަރާގައި ބަރަކާތް ލައްވާނދޭވެ!”


އާދެ! ޒައޮނިސްޓް ޔަހޫދީން ފަލަސްޠީނުގެ ބިމަކީ، އެމީހުންގެ ވާރުތަބިމެއް ކަމުގައި ކުރަމުން ގެންދާ ދަޢްވާގެ ބިންގަލެއް ކަމުގައި، އެމީހުންބުނަނީ އެބިމަކީ، ﷲ އެމީހުންނަނަށް ހިބައިން ދެއްވާފައިވާ ބިމެއް ކަމުގައެވެ. ޔަހޫދީންނަށް “ވަޢްދު ކުރެއްވިފައިވާ ބިމެއް” ކަމުގައި ބުނެ ކުރާ ދައުވާ އަކީ އަޞްލެއް ނެތް ދަޢްވާއެވެ.


ޒައޮނިސްޓުންގެ މިދަޢްވާގައި ޙަޤީޤަތުގައި އެއްވެސް އަސާސެއް ނެތެވެ. މިދަޢްވާގެ އަސާސްވަނީ ގެއްލިފައެވެ. އެއީ އަމިއްލައަށް އުފެއްދި ވާހަކައެކެވެ. މިވާހަކަތައް ދެއްކެން ކިރިޔާވެސް ޗާންސް އޮތީ، ﷲ ބާއްވާލެއްވި ފޮތުގެ އަހްވެރި ހަގީގީ ޔަހޫދީން ނަށެވެ. އަމިއްލައަށް ހެދިގެން މިއަދު މިއުޅޭ ޒައޮނިސްޓް ޔަހޫދީންނަށް މިދަޢްވާ ކުރުމުގެ އެއްވެސް ޙައްޤެއް ނެތެވެ.


ޙަރަމްފުޅުގެ ތަފްސީލީފޮޓޯއެއް
ޙަރަމްފުޅުގެ ތަފްސީލީފޮޓޯއެއް

ﷲގެ ވައްދުފުޅު:


ތަނާޚް ނުވަތަ ހިބްރޫ ބައިބްލްގައި އޮންނަގޮތުން، ﷲ އިބްރާހީމްގެ ފާނާއި އެކަލޭގެ ފާނުންގެ ދަރިކަލުން، އިސްޙާޤްގެ ފާނާއި އެކަލޭގެ ފާނުންގެ ކާފަދަރިކަލުން، ޔަޢްޤޫބްގެފާނަށް ކުރެއްވި ވަޢްދުފުޅު ތަކުގެ ތެރޭގައި “މުޤައްދަސް ބިން” އިސްރާއީލުގެ ދަރިކޮޅަށް، ނުވަތަ އިސްރާއީލުންގެ ދަރިކޮޅަށް ހިބަކޮށް ދެއްވިއެވެ.


ތަނާޚް (TANAKH) އަކީ، ހިބްރޫބައިބްލް އެވެ. ހިބްރޫބައިބްލް އެކުލެވިގެން ވަނީ، 24 ފޮފުގެ މައްޗަށެވެ. މި، 24 ފޮތްވަނީ، 3 ބަޔަށް ބަހާލާފައެވެ. އެއީ ތަވްރާތްގެ، 5 ފޮތް (ޓީޗިންގްސް) އާއި ނެވިމްގެ ފޮތް (ޕްރޮފެޓްސް) ތަކާއި ކެތްވިމްގެ ފޮތް (ރައިޓިންގްސް) ތަކެވެ. މުޅި ހިބްރޫބައިބްލް އަކީ މިއީއެވެ. އަދި ކްރިސްޓިއަން ބައިބްލް އަކީ ވެސް މިއީއެވެ. ހިބްރޫބައިބްލްގެ ފުރަތަމަބައި، ތަވްރާތްގެ، 5 ފޮތަކީ، އެމީހުން އެބުނާ، އޯލްޑް ޓެސްޓްމަންޓް (OLD TESTAMENT) އެވެ.


ތަނާޚްގެ ޖެނިސިސް ފޮތުގެ، 15 ވަނަ ބާބުގެ، 31 ވަނަ އާޔަތާ، އަދި ޑިޔުޓަރޮނޮމީ ފޮތުގެ، 1 ވަނަ ބާބުގެ. 8 ވަނަ އާޔަތުގައި މިދެންނެވި ވަޢްދުގެ ވާހަކަ ގެނެސްފައި ވެއެވެ. ޒައޮނިސްޓުންގެ މާތްފޮތެއް ކަމުގައިވާ، ތަލްމޫދް ގައި “މުޤައްދަސް ބިން” ކަމުގައި ބަޔާން ކޮށްދީފައި ވަނީ، “މިޞްރުގެ ކޯރުން ފެށިގެން ފުރާތުކޯރުގެ ދެމެދުގެ ރަށްތަކާއި ރަތްކަނޑުން ފެށިގެން، މެޑިޓަރޭނިއަން ކަނޑާދެމެދުގައި އޮންނަ ސަރަޙައްދު،” ކަމަށެވެ. މިސަރަޙައްދުގައި ޝާމްކަރައިގެ ހުރިހާރަށެއް ހިމެނެވެ. މިއީ ލިވާންޓް އެވެ.


މިޞްރުގެ ބަޔަކާއި ޢިރާޤްގެ ބަޔަކާއި ސަޢޫދި ޢަރަބިޔާ އިން ބަޔެއް ހިމެނެއެވެ. މަދީނާމުނައްވަރާ އާ ހަމައަށް މިމީހުންގެ ޕްރޮޓޮކޯލް ތަކުގައި ލިޔެވިފައި ވެއެވެ. މިއީ ޒައޮނިސްޓުން އެބުނާ، ބޮޑު އިސްރާއީލް އެވެ. ލޭންޑް އޮފް އިސްރާއީލް އެވެ. ބޮޑުއިސްރާއީލީ ދައުލަތެވެ. ލިވާންޓަށް ވެރިވެ، އަމިއްލަ ބާރުވެރި ވެރިކަމެއް ޤައިމުކުރުމަކީ، މިމީހުންގެ އެންމެބޮޑު އެދުމެވެ. މިހާރަކަށް އައިސް ކުރަމުންގެންދާ ހުރިހާ ކަމެއް ބިނާކޮށް ފައިވަނީ، މިމަޤްޞަދު ޙާޞިލް ކުރުމަށެވެ. އެމެރިކާގެ ވެރިކަން މިޒަމާނުގައި ބަލަހައްޓަނީ، ދުނިޔޭގައި ތިބި އެންމެ ބޮޑެތި ޒައޮނިސްޓުންނެވެ.


އާދެ! ޒައޮނިސްޓް ޔަހޫދީންނަކީ، ފޮތުގެ އަހްލުވެރި، އަދި އިބްރާހީމްގެ ފާނުގެ ކާފަދަރިކަލުން އިސްރާއީލްގެ ފާނުގެ ދަރިކޮޅު މީހުންނެއް ނޫނެވެ. އެހެނަސް އެނަމުގައި ހެދިގެން އުޅޭ ބައިގަނޑެކެވެ. ރޭސެކެވެ. ދަރިކޮޅެކެވެ. ފަހެ، ޒައޮނިސްޓް ޔަހޫދީންނަކީ، ފޮތުގެ އަހްލުވެރި ބަނީ އިސްރާއީލް ދަރިކޮޅަށް، ﷲ ދެއްވި، ﷲ ގިނަގުނަ ނިޢްމަތްތަކުގެ ވާހަކައާއި އެނިޢްމަތްތަކަށް، ބަނީ އިސްރާއީލް ބާގައިގެ މީހުން، ފުރަގަސްދީ، ފުރައްސާރަ ކޮށް، ކޮޅުފައިން ޖަހާއި ނަބީންނާއި ރަސޫލުންގެ ބަސްފުޅުތައް އަނބުރާ ރައްދުކޮށް، އެބޭކަލުން ޤަތުލްކޮށް ހެދި ވާހަކަތައް އެއްގޮތަކަށް ވެސް ދައްކާބައެއް ނޫނެވެ.


މިއިން އެއްވެސް ވާހަކައެއް ޒައޮނިސްޓް ޔަހޫދީންނެއް ނުދައްކާނެއެވެ. އަބަދުވެސް އާކޮށް، އާކޮށްގެން ދައްކަމުން ގެންދާ ވާހަކައަކީ، ﷲ ވަނީ ފަލަސްޠީނުގެ ބިން އެމީހުންގެ ބިމެއްކަމަށް، ވަޢްދުވެ ވަޑައިގެންފައިވާ ކަމުގެ ވާހަކަތަކެވެ. ޕްރޮމިސްޑްލޭންޑް ގެ ވާހަކައެވެ. ކަނޑައެޅިގެން މިއީ ދޮގެކެވެ. އެހެންވެ މިބަހުސްކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. ނުވެސް ވާނެއެވެ.


ފަހެ، އެމީހުންގެ އެދަޢްވާއަށް، އެމީހުންގެ ފޮތުން، ތަނާޚްގެ ސާމް ފޮތުގެ، 25 ވަނަ ބާބުގެ، 12 އިން ފެށިގެން، 14 ވަނަ އާޔަތަށް ބަލާލުމުން ޖަވާބުލިބެއެވެ. ކަނޑައެޅިގެން ބަޔާންވެފައި ވަނީ، ﷲ އަޅުތަކުންގެ ތެރެއިން ޞާލިޙް އަޅުންނަށް އެކަލާނގެ ދެއްވާބިން ވާރުތަ ކުރެވޭނެއެވެ. ބަނީ އިސްރާއީލް ދަރިކޮޅުގެ ތެރެއިން، ﷲ އަށް ތެދުވެރިވުންމަތީ ދެމިތިބި ބަޔަކަށެވެ. ޙައްޤާއި ހެޔޮމަގުގައި ޘާބިތުވެ ތިބި ބަޔަކަށެވެ. ޞާލިޙު ތެދުމަގުގައި ތިއްބެވި އަޅުންނަށެވެ. އެއީ މުސްލިމުން ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.


އަދި، ނަންބަރސް ފޮތުގެ، 20 ވަނަ ބާބުގެ، 7 އިން ފެށިގެން، 12 ވަނަ އާޔަތާހަމައަށް ހުރި އާޔަތް ތަކުން އެނގެނީ، ބަނީ އިސްރާއީލުން، ﷲ އަށް އުރެދިގަތުމުގެ އަދަބަކީ، މުޤައްދަސް ބިން އެމީހުންނަށް ޙަރާމްވުން ކަމެވެ.


ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި ބަނީ އިސްރާއީލުން ނަކީ، ﷲ އަށް އުރެދުންތެރި ކަމުގައި އެއްވެސް ޙައްދެއް ނެތް ބައެކެވެ. ﷲ ދެއްވި ހުރިހާ ނިޢުމަތަކަށް ފުރަގަސްދީ، އުރެދިގަތް މީހުންނެވެ.


އެކްސޮޑަސް ފޮތުގެ، 32 ވަނަ ބާބުގައި މިވާހަކަ ވަރަށް ތަފްޞީލްކޮށް ބަޔާން ކުރެވިފައި ވެއެވެ. ބަނީ އިސްރާއީލުން ނަކީ، އެންމެން އެކެއްޗެއް ކިޔައިގެން ރަނުންގެރި ހަދައިގެން، ﷲ ފިޔަވައި އެގެރިއަށް އަޅުކަންކޮށް، ޤުރްބާންކޮށް ހަދައި ﷲ އަށް އުރެދުނު މީހުންނެވެ.


ފަހެ، ދަންނާށެވެ! އެމީހުންނަކީ، އެތައް ހެކިތަކަކާއި ދަލީލުތަކަކުން ޘާބިތުވާ ގޮތުގައި ޔަހޫދީންގެ ތެރެއިން އުރެދި ކާފިރުވެގަތް މީހުންނެވެ. ﷲގެ ބަސްފުޅުތައް އޮޅުވާލާއި ތައްރާތަށް ބޮޑެތި ބަދަލުގެނެސް ހެދިމީހުންނެވެ. މިކަން އެމީހުންގެ ފޮތްތަކުންނާއި ޤުރްއާނާއި ސުންނަތުން ޘާބިތުވެއެވެ.


އަދި، ޤުރްއާންގައި ވަނީ، މިފަދއިން އަންގަވާފައެވެ. ތައްރާތުގެ ފަހުން ޒަބޫރުގައި، ﷲ ވަހީކުރައްވައި ލިޔުއްވާފައި ވެއެވެ. ބިންވާރުތަވެ ލިބޭނީ، ﷲގެ ޞާލިޙް ހެޔޮ އަޅުންނަށެވެ. ސޫރަތުލް އަންބިޔާގެ، 105 ވަނަ އާޔަތް މުޠާލިޢާކުރަށް ވާށޭވެ!


وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ



"ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަން ﷲ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަން ﷲގެ صالح އަޅުންނަށެވެ."


ފަހެ، މިބަސްފުޅު ތަކުން ވަރަށް ސާފުކޮށް އެނގިގެންދަނީ، ބަނީ އިސްރާއީލްގެ އަހްލުވެރިން، ﷲ އަށް އުރެދިގަތުމުން، މުޤައްދަސް ބިމަށް، ﷲ ދެއްވި ޙައްޤު އެމީހުން ކިބައިން ގެއްލިގެން ގޮސްފައިވާ ކަމެވެ. ޝައްކެއް ވަސްވާހެއްނެތް ގޮތުގައި އެމީހުންނަކީ، ﷲ އަށް އުރެދިގަތް މީހުންނެވެ.


އެމީހުންގެ މުޤައްދަސް ފޮތްތަކުން މިކަން އެނގެއެވެ. އެހެނަސް އެމީހުން މިއަދު މިވާހަކައެއް ނުދައްކައެވެ. އަދި، ދައްކާކަށް ބޭނުމެއް ވެސް ނުވެއެވެ. އެހެނަސް ދައްކަމުން ގެންދަނީ، ބިންބޮޑުކޮށް ބޮޑު އިސްރާއީލެއް ޤައިމްކުރާ ވާހަކަތަކެވެ. ބޮޑު އިސްރާއީލީ ދައުލަތުގެ ވާހަކައެވެ. ދުނިޔޭގައި އެންމެ ވަރުގަދަ ބާރަށް ވެ، ދުނިޔޭގެ ވެރިކަން ކުރުމުގެ ވާހަކައެކެވެ. ދުނިޔޭގައި އެމީހުން، ސަހްޔޫނީންގެ "ވަން ވޯލްޑް އޯޑާ" ހުކޫމަތު ގައިމުކުރާށެވެ!


ހިތާމައިގެ ކޮޅެއްނެތް ކަމަކީ، މިއަދު މިފެންނަނީ އިބްރާހީމްގެ ފާނާއި އިސްޙާޤްގެ ފާނާއި ޔަޢްޤޫބްގެފާނު ނިޢްމަތެއްގެ ގޮތުގައި ގެނެސް ދެއްވި ހުރިހާކަމަކަށް ކާފިރުވެގަނެ ފުރަގަސްދިން ބަޔަކު، ފަލަސްޠީނަށް އަރާއި، ﷲ އިބްރާހީމްގެ ފާނަށް ދެއްވި، ވަޢްދުފުޅުގެ ވާހަކަގޮވައި އާކޮށްގެން ފަލަސްޠީނުގެ ބިމަށް ވެރިވެގެން، އެބިމުގައި ވަޒަންވެރި ވެގެންތިބި މުސްލިމުން ކަތިލާއި މަރަމުން ގެންދާތަނެވެ. މިފަދަ ބަޔަކަށް ހަލާކު ހުއްޓެވެ! އާމީން!


ފަހެ، މުޤައްދަސް ބިމުގެ ޙައްޤުވެރިންނަކީ، އިބްރާހީމްގެ ފާނުގެ ދީނާއި މިއްލަތަށް ތެދުވެރި އިޚްލާޞްތެރި ވެ، އެކަލޭގެފާނު ދެއްކެވި ހެޔޮމަގުން ހިނގާމީހުންނެވެ. އެމީހުންނަކީ، ތެދުވެރި މުއްމިނުންނެވެ. ﷲ އަށް ކިޔަމަން ގަންނަމުން ގެންދާ ތެދުވެރި މުސްލިމުންނެވެ. އެމީހުންނަކީ، މުޤައްދަސް ބިމުގެ ރޫޙާނީ އަހްލުވެރިން ނެވެ. އަދި ހުރިހާ ގޮތަކުން ވެސް ޙައްޤުވެރިންނެވެ.


މިއަދުގެ ޒައޮނިސްޓުން ނެއްނޫނެވެ. ޒައޮނިސްޓުން ނަކީ، ބަނީ އިސްރާއީލުން ނެއް ނޫނެވެ. ޚުރާފި އަދި ދީނީ މަޛްހަބެއްގެ ބައެކެވެ. އިސްތިޢްމާރީ ޖަމާޢަތެކެވެ. މުސްލިމުން ދެކެ، ޙަސަދަވެރި ވެގަނެގެން އުޅޭ ނުލަފާ ބައެކެވެ. ޝައިތާނީބާރުން ބާރުހޯދައިގެން ދައްޖާލުގެ ވެރިކަން އަވަސް ކުރުމަށް ތެޅިފޮޅޭ މީހުންނެވެ.


މިއަދު ބަނީ އިސްރާއީލުންގެ ގޮތުގައި ފަލަސްޠީނުގެ ބިމަށް އަރައިގަނެ އެބިމުގައި ޒައޮނިސްޓް ދައްލަތެއް އުފައްދައިގެން މިއުޅޭ ޚުރާފީ، އަދި އަޞަލެއްނެތް މަޛްހަބުގެ މީހުންގެ އަޞްލަށް ބަލާއިރު އެމީހުންނަކީ، ޔަހޫދީންނައި އެއްވެސް ކަހަލަ ލޭގެ ގުޅުމެއް އަދި ނަސްލީ ގުޅުމެއް، ތިމާގެ ގުޅުމެއް ވެސް ނެތް ބައެކެވެ. ޙަޤީޤަތުގައި އެމީހުންނަކީ، ބަނީ އިސްރާއީލުން ނެއް ވެސް ނޫނެވެ. އަސްލު ޔަހޫދީންނެއް ވެސް ނޫނެވެ. މަށްސަހްޔޫނީންނެވެ!


ފަހެ، އެމީހުންނަކީ، އަމިއްލައަކަށް ޔަހޫދީ ދީނެއް ހަދައިގެން އެދީނުގެ ސިއްކަ ޖަހައިގެން އުޅެމުން އައިސް މިހާރު ޔަހޫދީންގެ ޖަމާޢަތުގެ ބައެއްގެ ގޮތުގައި ހެދިގަނެގެން ތިބި ދީނުން ބޭރު ބައެކެވެ. މިއަދު މިމީހުން ވަނީ، ހަކަންލީތަރީގެ ޒައޮނިސްޓް ކާލިގަނޑު ޖެހި، ދައްލަތުގެ އެންމެމަތީ ގައި އަރާތިބީ، ޔަހޫދީންނަށް ވެފައެވެ.


ދާއޫދުގެފާނުގެ ވާރިޘުންނަށް ވެގެންފައެވެ. އެހެނަސް މިޖަމާއަތަކީ، އަމިއްލަ އަކަށް އުފައްދައިގެން އުޅޭ، އަޝްކެނާޒީންގެ ޔަހޫދީންނެވެ. އަދި ޒައޮނިސްޓް އިސްރާއީލްގެ މައިބަދައަކީ، އަޝްކެނާޒީ ޔަހޫދީންނެވެ. އިސްރާއީލްގެ އާބާދީގައި ހިމެނޭ، 6 މިލިއަނަށް ވުރެ ގިނަ ޔަހޫދީންގެ ތެރޭގައި ގިނައީ އަޝްކެނާޒީ ޔަހޫދީންގެ އަބާދީއެވެ.


ޙަޤީޤަތުގައި އަޝްކެނާޒީ ޔަހޫދީންނަކީ މީލާދީން، 6 ވަނަ ޤަރުނު ފެށިގެންއައި ދުވަސްވަރު ކެސްޕިއަން ކަނޑުގެ ހުޅަނގު އައްސޭރީގައި އާބާދުވި ފަރުބަދަމަތީ ޤަބީލާއެކެވެ. ޚަޒާރީންގެ (KHAZARS) ނަމުން މަޝްހޫރުވި މިޤަބީލާ އަކީ، ނަސްލީގޮތުން ބަލާއިރު މުޣޫލީންނާއި ތުރުކީންނާއި އެއް އަޞްލަކުން އައި ބައެއްކަމަށް ބުނެވެއެވެ. ޢަރަބިބަހުން މިމީހުންނަށް ކިޔަނީ، ޚަޜަރުން (ޚަޒަރުން) ނެވެ. އެބައިމީހުން ކެސްޕިއަންގެ އައްސޭރީގައި، އިތިލް އޭ ކިޔުނު ސަރަޙައްދުގައި ކުޑަވަރެއްގެ ރަސްކަމެއް ޤައިމުކުރިއެވެ.


މީލާދީން، 9 ވަނަ ޤަރްނާ ހަމަޔަށް އައިއިރު، އެބައިމީހުންގެ ބާރު ރަޝިޔާގެ ކްރައިމިއާގެ ސަރަޙައްދަށް ވެސް އޮތީ ފެތުރިފައެވެ. އެދުވަސް ވަރަކީ، އިސްލާމީ އުންމަތުގައި ޢައްބާސީ ދައްލަތުގެ ޚިލާފަތު އޮތް ދުވަސްވަރެވެ. އަދި އޭޝިއާ މައިނަރ އާއި އިރުމަތީ ޔޫރަޕްގައި ބައިޒެންޓައިން ދައްލަތް (BYZANTINE EMPIRE) ޔޫރަޕްގެ މެދުތެރެއާއި ހުޅަނގު ފަރާތުގައި ރޯމަން އެންޕަޔަރ (ROMAN EMPIRE) އޮތް ދުވަސްވަރެވެ.


ޚަޒާރީން ގެންގުޅުނު ސިޔާސަތަކީ، މީގެތެރެއިން އެއްވެސް ބަޔަކާ ދެކޮޅުވެރި ނުވެ، ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ދައްލަތްތަކާ ވެސް ވިޔަފާރީގެ ގާތް ގުޅުމެއް ބާއްވައިގެން، ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ގެންގުޅުމުގެ ސިޔާސަތެކެވެ.


ޚަޒާރީން ޔަހޫދީ ދީން އިޚްތިޔާރު ކުރީވެސް މަޝްހޫރު މުއައްރިޚް އަރތަރ ކޮއެސްލަރ ފަދަ މުއައްރިޚުންގެ ނަޒަރުގައި ވަކިފަރާތަކަށް ނުޖެހި މިނިވަންކޮށް ތިބުމުގެ ސަޔާސަތުގެ ދަށުންނެވެ. އަދި، އިސްލާމް ދީނާއި ކްރިސްޓިއަން ދީނަށް ފުރަގަސްދީގެން ތިބުމަށް ޓަކައެވެ.


އެމެރިކާގެ ބައެއް މުއައްރިޚުން ބުނާގޮތުގައި، ޚަޒާރީންގެ ބޫލާން، ޔަހޫދީ ދީން ޚިޔާރުކުރައްވާއި އޭނާގެ ރައްޔިތުން އެދީނަށް ވެއްދީ މީލާދީން، 740 ގައެވެ. އަދި ޚަޒާރީންގެ ވެރިކަން މީލާދީން، 10 ވަނަ ޤަރްނާ ހަމައަށް ދެމިއޮތެވެ. ޚަޒާރީންގެ ވެރިކަން ނިމުމަކަށް އައީ ރޫސީންގެ ބާރުދަށަށް އެބައިމީހުންގެ ސަރަޙައްދުތައް ދިޔުމާ ގުޅިގެންނެވެ. ދެން އައި އަހަރުތަކުގައި ޚަޒާރީޔަހޫދީންގެ ޖަމާޢަތްތައް އިރުމަތީ ޔޫރަޕްގެ ޤައްމުތަކަށް ހިޖްރަކުރީއެވެ.


މިމީހުން ހިޖްރަކުރި ޤައްމުތަކުގެ ތެރޭގައި ޕޮލޭންޑް އާއި ލިތުއޭނިއާ އާއި ހަންގޭރީ އާއި އޮސްޓްރިއާ ފަދަ ޤައްމުތައް ހިމެނެވެ. މިފަދަ ޤައްމުތަކުގައި އުފެދި ފެތުރިގެން ދިޔަ ޔަހޫދީ މުޖްތަމަޢު ތަކަކީ، ޚަޒާރީންގެ މުޖަތަމަޢުތަކެވެ. މިހާރު ތިއްބެވި ރަބާއީންގެ ގާތުގައި މާވަރުގަދަކޮށް މިއުޅުއްވާ "ނަތަންޔާހޫ" އަކީ މިދަރިކޮޅުގެ ޕޯލެންޑް މީހެކެވެ!


ފަހެ، ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައްލަތެއްގެ ޤައިމުކުރުމުގެ ފިކްރު ވުޖޫދަށް ގެނެސް ފޮތްލިޔުއްވި މޭސްތިރިއާ، ތިއޮޑޯރ ހާޓްޒުލް އަކީ، ޚަޒާރީންގެ ތެރެއިން އުފެދުނު އަޝްކެނާޒީ (ASHKENAZI) ޔަހޫދީ އެކެވެ. ހައިޒް ވައިޒްމަން އަކީވެސް މީގެ ޔަހޫދީއެކެވެ. އަޝްކެނާޒީ ޔަހޫދީން (ASHKENAZI JEWS) ނަކީ، މިހާރު ޖަރުމަނާއި އޮސްޓްރިޔާގެ ޔަހޫދީންނެވެ.


އަދި ޔަހޫދީދީނުގައި އަޅުކަމެއްގޮތުގައި މިހާރު މިފެންނަ ކަބާލާ ޖާދޫ އާއި ޝައިތާނީބާރަށް، ބަޢަލްބުދަށް ލޭގުރުބާން ކުރުމާއި އެލޭ ބުއިމާއި ނަފްސުތާހިރު ކުރުމާއި އިރާއި އަލިފާނަށް މުޑިނަގާއި ވަޖިދުވުމާއި ޖިންސީ އިމޯޝަންތަކާއި އިހްސާސްތައް ހައްދެއް ނެތި ފުއްދުމާއި ލިބިގަތުމާއި އެއްޖިންސުން ކައިވެނިކުރުން ފަދަ ނުބައިނުލަފާ ހުރިހާ ކަމެއް ސަހްޔޫނީ މިޖަމާއަތުން ހުއްދަކުރީއެވެ.


އަދި ޔަހޫދީންނަށް މަނާކުރެވުނު ހޮނިހިރު ދުވަހުގައި ނުކުމެ ސަބާތު ފާހަގަކުރުމާއި މަނާކުރެވުނު ހުރިހާ ކަމެއް ހައްދެއް ނެތި ހުއްދަ ކުރީއެވެ. އަދި ގަވާއިދުން އެ އަމަލުތައް ރާވައިގެން ހިންގަން ފެށީއެވެ. މިފަދަ އަމަލުތަކުން ޝައިތާނީބާރު ހޯދާއި ދައްޖާލުގެ ފަރާތުން އޭނާއަށް ލިބިގެންވާ ޓެކްނޮލޮޖީގެ އިލްމުން ބޮޑުބައެއް ހޯދާއި ދުނިޔެއަށް ގެނެސް ފުރިހަމަ ކުރަނީއެވެ!


މިމީހުންނަކީ ފަލަސްޠީނުގެ ބިމާ އެއްވެސް ކަހަލަ ތާރީޚީ ގުޅުމެއް ކަމެއްވެސް އޮތްބައެއް ނޫނެވެ. މިވާހަކަތަކުން އެނގި ސާފުވެގެން މިދަނީ ޒައޮނިސްޓް އިސްރާއީލްގެ ލީޑަރުން، ފަލަސްޠީނުގެ ބިމާ މެދު ކުރާ ދަޢްވާގެ އަޞްލެއް އަދި ޙަޤީޤަތެއް ނެތް މިންވަރެވެ. އަދި އިބްރާހީމްގެފާނާއި އިސްޙާޤްގެފާނާއި ޔަޢްޤޫބްގެފާނާއި މޫސާގެފާނާއި ޢީސާގެފާނަށް ފުރަގަސްދީ ކާފިރުވެގެންފައި ތިބި މިންވަރެވެ.


ފަހެ، ދަންނާށެވެ! ފަހު ބަހަކީ، ފަލަސްޠީން އާއި މުޤައްދަސް ބިމުގެ އެހެނިހެން ވަށައިގެންވާ ބިމުގެ ޙައްޤުވެރިން ނަކީ، އިބްރާހީމްގެ ފާނުގެ މިއްލަތަށް ތަބާވި އަދި މުޙައްމަދުގެ ރިސާލަތަށް ތަބާވެ ޘާބިތުކަން މަތީގައި ތެދުވެރިކަމާ އެކު، ތެދުމަގުގައި ތިބި މުސްލިމުން ކަމެވެ. ފަހެ، މުޤައްދަސް ހުރިހާ ބިމެއްގެ ޙައްޤު ވެރިން ނަކީ، އަދި މިލްކުވެރިން ނަކީ މުސްލިމުންނެވެ. މައްކާއާއި މަދީނާއާއި ޤުދުސްގެ ބިމުގެ މިލްކުވެރީން ނަކީ، ޝައްކެއްނެތް ގޮތުގައި މުސްލިމުންނެވެ.


އާދެ! ދެން އަޅުގަނޑު ބަލައިލާނީ، ފަލަސްޠީނުގެ ޤަދީމީތާރީޚަށެވެ. ފަލަސްޠީން އަކީ، ތިން ކޮންޓިނެންޓް، އޭޝިޔާއާއި އެފްރިކާއާއި ޔޫރަޕްއާއި ގުޅުވައިދޭ ފާލަމެކެވެ. ފަލަސްޠީން އަކީ، ޢަރަބި ދުނިޔޭގެ ހުޅަގާއި އިރައި ދެމެދު ގުޅުވައިދޭ ހިތެވެ. ފަލަސްޠީން މީހުންނަކީ، އަޞްލު ސާމީ ދަރިކޮޅުގެ މުސްލިމުންނެވެ.


ޤަދީމީ ފަލަސްޠީން:


ފަލަސްޠީން އަކީ، މެދުތެރޭ ކަނޑު (އަލްބަހްރުލް މުތަވައްސިޠް) ގެ އިރުން، ސޫރިޔާގެ ދެކުނުން، އުރްދުންގެ ހުޅަނގުބިތުން ޑެޑްސީ (އަލްބަޙްރުލް މައްޔިތް) އައި އެއްއިން ވެގެން އޮންނަ މާތްކުރައްވާ ފައިވާ ބިމެވެ. މިއީ ޢަރަބިންގެ ވަރަށް ޤަދީމީ ދައްލަތެއް ފެށިފައިވާ، ޙުރުމަތްތެރި ވެގެންވާ ބިންތަކު ތެރެއިން ބިމެކެވެ. އެފަސްގަނޑަކައި ތާރީޚް އެކުލެވިގެންވާ އެތައް، އެތަކެއް ތާރީޚީ ކަންތައްތަކެއް ހަނދާނުގެ ފަތްފުއްތަކަށް ގެނެސްދީފައިވާ، ޒަމާންވީ ގަދީމީ ބިމެކެވެ.


އެއީ އެވޭލާ ޒަމާނުއްސުރެ އިންސާނީ ތާރީޚްގައި އެންމެ މުސްކުޅި ތާރީޚެއް އޮތްބިމެވެ. ސޯޅަ ހަނގުރާމައަށް ވުރެ ގިނަ ހަނގުރާމަތަކެއް ހިންގާފައިވާ ޝަހަރެކެވެ. ދެފަހަރަކު ޤުދުސް ޝަހަރު ވަނީ އެކުގައި ސުންނާފަތިކޮށް ލާފައެވެ. ފަންސާސް ދެފަހަރު ޙަމަލާދެވި، ތޭވީސް ފަހަރު ވަށާލާފައި ވެއެވެ. ސާޅީހަށް ވުރެ ގިނަ ފަހަރު، އެޝަހަރު ހިފައި އަޅުވެތިކޮށް، އަނެއްކާ ދެވަނަފަހަރަށް އެކަން ތަކްރާރު ކުރެވިފައި ވެއެވެ.


ފަލަސްޠީންގެ ބިމާބެހޭ ގޮތުން ރޯމަން ފިލޯސަރ ސިސިރޯ (MARCUS TULLIUS CICERO, 3 JAN 106 BC – 7 DEC 43 BC) ގްރީކްގެ އަތަންސް (އަޘީނާ) އަށް ނިސްބަތްކޮށް، ބުނެފައިވާ މިބަސް ބުނެވިދާނެއެވެ.


“އަހަރުމެންގެ ފައިތިލަތައް އެބިމުގައި އެޅެމުން ދިޔަވަރަކަށް، އަހަރުމެންނަށް ހިނގެމުން އެދަނީ، ތާރީޚްގެ މަތީގައެވެ.”


ޖޯޣްރަފީ ގޮތުން އެބިން އޮންނަތަނުގެ ގޮތުންނާއި ގިނަގުނަ ރޫޙާނީ، އަދި ސިޔާސީ ތާރީޚްތަކަކައި އެބިން ގުޅިފައި އޮތުމުގެ ސަބަބުން، ވަރަށްގިނަ ފިނި އަދި ހޫނު ހަނގުރާމަތަކެއް، އެބިމުގައި ވަނީ ކުރެވިފައެވެ. އަދި އެބިމުގެ އަހްލު ވެރިންނާ ކުރިމަތިލާން ޖެހިފައެވެ.


ފަހެ، އެބިމުގައި އަދިއަދާ ހަމައަށް ވެސް ދަނީ، ޒަމާން ތަކަކަށް ދެމި ހުންނާނެ، ތާރީޚީ ކަންތައްތަކެއް ހިނގަމުންނެވެ. އަދި ކުރިޔަށް ދައްކަމުން މިދާގޮތުން، އެބިމުގެ މާދަމާތަކުގައި ވެސް އޮތީ، ތާރީޚާއި ތާރީޚެވެ. ހަނގުރާމަ އާއި ހަނގުރާމަ ތަކެވެ. ލޭއޮހެރުމެވެ.


އެކިދުވަސް ވަރުގައި އެކިއެކި ވަންހައިގެ، މީހުންގެ ފަރާތުން ފަލަސްޠީނުގެ ބިމަށް ދެވިފައި ހުރި ނަންތަކު ތެރޭގައި އެބިމަށް ކިޔުނު އެންމެ ޤަދީމީ ނަމަކީ، މިޞްރުގެ ޤަދިމީބަޔަކު ދިންނަމެއް ކަމަށް ބުނެވޭ، ނަމެކެވެ. އެނަމަކީ، އެބިމުގެ އުތުރުބިތަށް، ރަތީނޫ (RETJENU or RETENU) އާއި ދެކުނުބިތަށް، ޚާރޫ (خارو) އެވެ. މިއީ މިހާރު ބޭނުން ކުރެވޭ ނަންނަމެއް ނޫނެވެ. އެވޭލާ ޒަމާނުގެ ނަންތަކެކެވެ.


މިއަށްފަހު އެންމެ ޤަދީމީކޮށް ފަލަސްޠީނުގެ ބިމަށް ކިޔުނު ނަމަކީ، ކަންޢާންގެ ބިން “އަރްޟު ކަންޢާން” (LAND OF CANAAN) ނުވަތަ ކަންޢާން އެވެ. ކަންޢާން އަކީ ތަވްރާތްގައި ފަލަސްޠީނަށް ބޭނުން ކުރެވިފައިވާ ނަމެވެ. ކަންޢާން، މިނަން އެންމެ ފުރަތަމަ ބޭނުންކުރެވެން ފެށުނުކަމަށް ތާރީޚީ ފަތްފުށް ތަކުންނާއި އެކިއެކިހޯދުން ތަކުން ދައްކަނީ، މީލާދީތާރީޚް ޖަހަން ފެށުމުގެ ކުރިން، 1500 ނުވަރަ 2000 އަހަރު ކުރިން ކަމަށެވެ.


މިކަމަށް ހެކިލިބެނީ، ތައްލުލްޢަމާރަނާ (TELL AL-AMARNA) ކޮނުމުގެ ތެރޭގައި ފެނުނު އާޘާރު ތަކުންނެވެ. މިކޮނުމުން ފެނުނު އާޘާރީ ހެކިތަކުގައި ލިޔެފައި ހުރީ، ކީނާހީ (KINAHI) ނުވަތަ ކީނާހްނާ (KINAHNA) އެވެ. މިބަހުގެ އަޞްލަކީ، ކަނާން (KANAAN) ކަން އެނގުނެވެ. ފަހެ، އެއީ ކަންޢާން (CANAAN) އެވެ.


މިހެކިތައް ދައްކާގޮތުގައި، ޖޯރޑަން ކޯރުގެ ހުޅަގު އައްސޭރި އެކުލެވޭ ބިމަކީ ސޫރިޔާ އާ އެކު ކަންޢާން އެވެ. މިބިމަށް، ހިބްރޫ ތަވްރާތްގައި ނަންގަނެވިގެން ވަނީ، ކަންޢާން އެވެ. ކަންޢާންގެ އަހްލު ވެރިންނައި ބަނީ އިސްރާއީލް ބާގައިގެ މީހުން ހަނގުރާމަކޮށް، ފަލަސްޠީން އަތުލުމަށް ފަހު، މިބިމަށް އިސްރާއީލް މީހުން ކިޔަންފެށީ، “އަރްޟު އިސްރާއީލް” އެވެ.


ޒައޮނިސްޓުން އެބުނާ (LAND OF ISRAEL) އަކީ މިއީއެވެ. މިބެމެވެ. ކަންޢާނީން ނަކީ، ފަލަސްޠީނުގެ ޙަޤީޤީ އަހްލު ވެރިންނެވެ. ކަންޢާން ދަރިކޮޅަކީ، ސާމީ ދަރިކޮޅުގެ މީހުންނެވެ. ފަލަސްޠީންގެ އަޞްލު މީހުންނަކީ، ސާމީ ދަރިކޮޅުގެ ކަންޢާނީންނެވެ. އެއީ މުސްލިމް ބައެކެވެ.


ސާމީން:


ފަލަސްޠީން އާބާދުވެ، ފަލަސްޠީނުގެ އަޞްލު މީހުންނަކީ، ސާމީ ދަރިކޮޅުގެ މީހުންނެވެ. ސާމީ ދަރިކޮޅުގެ އަޞްލަކީ ޢަރަބިކަރައިގެ ދަރިކޮޅެވެ. ކަންޢާން މީހުންނާއި އަމޫރީ (AMORITES) މީހުންނަކީ، މުސްލިމް ޢަރަބި ދަރިކޮޅުތަކުން އައިސްފައިވާ އާބާދީތަކެވެ. އަމޫރީ މީހުން ނަކީ، ޤަދީމީ ސޫރިޔާ (ލިވާންޓް) ގައި ބިލާދުއްރާދިފީން ބިމުގެ ވަޒަންވެރީން ނެވެ.


މިދެދަރިކޮޅަކީ ވެސް މުސްލިމް ޢަރަބީންގެ ދަރިކޮޅުތަކެވެ. ޢަރަބި ދަރިކޮޅު ތަކުގެ މީހުން ޝާމްކަރައިގެ ފަލަސްޠީނުގައި ވަޒަންވެރި ވެފައިވަނީ، މީލާދީ ތާރީޚްޖަހަން ފެށުމުގެ، 3500 (ތިންހާސް ފަސްސަތޭކަ) އަހަރު ކުރިންނެވެ.


އެއީ ސްޓޯން އޭޖް ދުވަސް ވެރެވެ. ގަލުންއޭތިމީތި ބޭނުންކުރި ދުވަސް ވަރެވެ. އަދި މީލާދީ ތާރީޚްޖަހަން ފެށުމުގެ 5500 (ފަސްހާސް ފަސްސަތޭކަ) އަދި 6000 (ހަހާސް) އަހަރުކުރިޔަށް ދެމިގެން ދިޔަ އެވޭލާ މުސްކުޅި ވާހަކައަށް ބަލައިލާއިރު ވެސް، ބައެއް މުއައްރިޚުން ބުނެފައިވަނީ، ފަލަސްޠީނުގެ ބިމުގައި އެޒަމާނުއްސުރެ އާބާދުވެ، އޭރާގުޅޭ ޙަޟާރަތެއް އުފައްދާފައި ވަނީ، ޢަރަބި ސާމީ ދަރިކޮޅުގެ ކަންޢަނީން ކަމަށެވެ. ސާމީންނަކީ، އެމިބުގެ ދިގުތާރީޚުގައި އެބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވި ދަރިކޮޅެވެ. އަމޫރީ ނުވަތަ އާމޫރީ ދަރިކޮޅު އުފެދިފައިވަނީ، 2400 މކ. ގައެވެ.


ދެން އެބިމުގައި ވަޒަންވެރިވީ، ޔަބޫސީން (JEBUSITES) ދަރިކޮޅުގެ މީހުންނާއި ފަރްޒަވީ (PERIZZITES) ދަރިކޮޅުގެ މީނުންނާއި ޣިރްޣާޒަވީ (GIRGAZITES) ދަރިކޮޅުގެ މީހުންނާއި ހަޔަވީ (HIVITES) ދަރިލޮޅު މީހުންނާއި މިހުރިހާ ދަރިކޮޅެއްގެ މީހުންނަކީ ވެސް ސާމީ ދަރިކޮޅުން އައިސްފައިވާ ދަރިކޮޅު ތަކެވެ.


އަމޫރީ ދަރިކޮޅުން ކަފިވެގެން ދިޔަ ޙައިޘަމީ (HITTITES) ދަރިކޮޅު މީހުންނަކީ، ސާމީ ދަރިކޮޅުބައެއް ނޫންކަމުގައި ބުނެވެއެވެ. މިމީހުންނަކީ، އަނަޓޯލިއާ ބައެއް (ANATOLLIAN) ކަމަށް މުއައްރިޚުން ބުނެއެވެ. މިއީ ކަންޢާންގެ ބިމަށް އަރައި، 1178 އިންފެށިގެން، 1600 މކ. އަށް، ރަސްކަމެއް ޤައިމު ކުރިބައެކެވެ. މިއީ ޔޫރަޕުން އެރި ދަރިކޮޅެކެވެ.


އާދެ! އެވޭލާޒަމާނު ގައި ސާމީ ދަރިކޮޅުގެ މީހުން ޢަރަބި ކަރައިން ނުކުމެ، އެކިދިމަދިމާއަށް ހިޖްރަކުރަމުން ގެންދިޔައެވެ. މިހިޖްރަތައް ފެށިފައިވަނީ، ކަނޑައެޅިގެން ކޮންތާރީޚެއް ގައިކަން ކަށަވަރުކޮށް ދަންނަވާކަށް އެއްވެސް ޢިލްމުވެރިއަކަށް ނޭނގެއެވެ. އެހެނަސް މުއައްރިޚުން ލިޔުއްވާފައި ވާގޮތުގައި، 3500 މކ. އިން ފެށިގެން ކުރިޔަށް، 5500 މކ. އާހަމައަށް ދެމިގެންދިޔަ ހިޖްރަތަކަށް ވެއެވެ.


ފަހެ، އެދުވަސް ވަރުގައި ސާމީ ދަރިކޮޅުގެ މީހުން ޢަރަބިކަރައިން ނުކުމެ އެކިދިމަދިމާއަށް ބައިބައި ވެގެންދިޔަ އެވެ. އެތަންތަނުގެ ތެރޭގައި މިޞްރާއި ސޫރިޔާ އާއި ޢިރާޤާއި ލުބްނާނައި ފަލަސްޠީން ހިމެނެއެވެ. މިގޮތުގެ މަތިން، އާދަމް ގެފާނުގެ ދަރިކަލެއް ކަމުގައިވާ ސާމްގެ ދަރިކޮޅުންނާއި، ނޫޙްގެފާނުގެ ދަރިކަލުން ޙާމްގެ ދަރިކޮޅުން، ކަންޢާންގެ ދަރިފަސްކޮޅުގެ ޢަރަބިންގެ ބަޔަކު، ފަލަސްޠީނުގައި ވަޒަންވެރިވީ ކަމަށް މުއައްރިޚުން ލިޔުއްވާފައި ވެއެވެ. މިދެންނެވުނު ކަންޢާން ދަރިކޮޅުގެ މީހުންނަކީ، ފަލަސްޠީން ގައި އެންމެފުރަތަމަ ވަޒަންވެރިވި މީހުންނެވެ. އެއީ، ﷲ އަށް އީމާންވެގެން ތެދުމަގުގައި ތިބި މުސްލިމުންނެވެ.


ފަހެ، މިގޮތަށް ޢަރަބިކަރައިން ނުކުތް، ޢަރަބިދަރިކޮޅުގެ މީހުން، އެސަރަޙައްދުގެ އެކިބިމުގައި ޒަވަންވެރިވެ އެކިއެކި ދައްލަތްތައް އުފެއްދިއެވެ. އެދައްލަތްތަކަކީ، އެޒަމާނުގައި ގަދަޔަށް ބާރުވެރިކޮށް، ރަސްކަންތައް ހިންގި ތަންތަނެވެ. މިބައި މީހުން ކަފިކަފިވެގެން ދިޔަ ދައްލަތް ތަކަކީ، ބިލާދުއް ރާދިފިން އާއި މިހާރުގެ ޢިރާޤް އޮންނަ ހިސާބުގައި އާޝޫރީންގެ ދައްލަތަކަށާއި ބާބިލީންގެ ދައްލަތަކަށެވެ.


އަދި މިހާރު ލެބްނާން އޮންނަ ހިސާބުގައި އަމޫރީންގެ ދައްލަތެއް އަދި ފިނީޤީންގެ ދައްލަތަކަށެވެ. މިއީ ލިވާންޓް ސަރަޙައްދުގައި އެޒަމާނުގައި ޤައިމުކުރެވުނު މުސްލިމްދައްލަތްތަކެވެ.


ފަލަސްޠީންގެ ބިމުގައި މުޅި އިންސާނީ ތާރީޚްދުށް އެންމެ ފުރަތަމަ ދައްލަތް ޤައިމްކުރީ ކަންޢަނީ ދަރިކޮޅުންނެވެ. މިދައްލަތަކީ، އެބިމުގައި އުފެދުނު އެންމެފުރަތަމަ ދައްލަތަށް ވެފައި އެދައްލަތް ބިނާކުރި މީހުންނަކީ، ކަންޢާން ދަރިކޮޅުގެ އަޞްލު ސާމީ ޢަރަބިންނަށް ވުމުން، އެނގޭ އެއްޗަކީ ފަލަސްޠީންގެ އަޞްލު މީހުންނަކީ، ޢަރަބި މުސްލިމުން ކަމެވެ. އެހެންދެވަނަ ބައެއް ނޫންކަމެވެ. މިދެންނެވުނު ދައްލަތްތައް ފެށުނީ ޢަރަބި ދަރިކޮޅުންނެވެ. ފަހުން އެކިދީންތައް އެކި މީހުން ޚިޔާރުކުރީއެވެ. ﷲ އަށް އުރެދިގަތީއެވެ. ތެދުމަގު ދޫކޮށް ލީއެވެ.


އާދެ! ކަންޢާން މީހުންނަކީ، އެއްވެސް އޮޅުމެއްނެތް ގޮތުގައި ސާމީ ދަރިކޮޅުގެ ޢަރަބި މުސްލިމުން ނެވެ. އެއްބައި ފަހަރަށް ފަލަސްޠީނަށް ގަދަބާރުން އަރައި ދިރިއުޅެމުން ގެންދާ، އިސްރާއީލީ ޔަހޫދީ މީހުން ފިޔަވައި ދެން އެބިމުގައި ދިރިއުޅޭ ހުރިހާ ޤަބީލާއެއްގެ މީހުންނަށް، ކަންޢާން މިނަމުން ބޭނުންކުރެއެވެ.


ކަންޢަނީންނާ ބެހޭ ގޮތުން، އެމެރިކާގެ އާކިއޮލޮޖިސްޓެއް ކަމުގައިވާ ތާރީޚީ ޢިލްމުވެރިޔާ ޖޭމްސް ހެންރީ ބްރެސްޓެޑް (JAMES HENRY BREASTED, 27 AUG 1865 – 2 DEC 1935) ލިޔުއްވާފައި ވެއެވެ.


“ހަމަކަށަވަރުން ކަންޢާން މީހުންނަކީ، 2500 މކ. ގައި ފަލަސްޠީނުގައި ވަޒަންވެރިވި ޢަރަބި ޤަބީލާތަކުގެ މީހުންނެވެ.”


އަދި، ޢަރަބި މުއައްރިޚެއް ކަމުގައިވާ އަލްޠަބަރީ ދެކެވަޑައި ގަންނަވާ ގޮތުގައި ކަންޢާން އަކީ، “ނޫޙްގެފާނުގެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަދި، އެބޭފުޅާއަށް ޢަރަބިން ކިޔާއުޅެނީ، “ޔާމް” އެވެ. މިގޮތުގެ މަތިން އެމީހުން ބުނެ އުޅެއެވެ! ހަމަކަށަވަރުން، ހާމް އަކީ އަހަރުމެންގެ ބޮޑުބޭބެ “ޔާމް” އެވެ.”  އަބީ ޖަޢްފަރު މުޙައްމަދު ބިން ޖަރީރުލްޠަބަރީ ލިޔުއްވި (ތާރީޚުލްޠަބަރީ) މިފޮތް، “ތާރީޚުލް ރުސުލި ވަލްމުލޫކި” ބައްލަވާ ލައްވާށެވެ!


އަލްޠަބަރީ އޭނާގެ ފޮތުގެ އެހެން ހިސާބެއްގައި ވިދާޅުވެފައި ވެއެވެ!


“ހަމަކަށަވަރުން ކަންޢާން އަކީ، ޙާމްގެ ދަރިއެވެ. ޙާމް އަކީ، ނޫޙްގެ ދަރިއެވެ.”


އެއްވެސް ޙާލެއްގައި މިފަދަ ވަރުގަދަ ދަލީލުތަކާއި ހެކިތައް ފާޅުކޮށް ފެންނަން ހުއްޓައި، މިއަދު ފަލަސްޠީނުގައި ދިރިއުޅެމުންދާ ޢަރަބިންނާ މެދު އެބައި މީހުންނަކީ، ކަންޢާނީ ނުވަތަ ޔަބޫސީ ދަރިކޮޅުން އައިސްފައި ތިބި ބައެއް ނޫން ކަމުގައި ދެކި، ޝައްކުތައް އުފެދިގެން ނުވާނެއެވެ.


އަޅުގަނޑު މެންނަށް ވަރަށް ފާޅުކަންބޮޑުކޮށް، އެނގޭގޮތުގައި ފަލަސްޠީނުގެ ޒަމާންވީ ދިގު ތާރީޚްގައި ޔަހޫދީންނަކީ ހަމައެކަނި ދަތުރުވެރި ބަޔަކު ތަނެއްގައި މަޑުކޮއްލާ ބީދައިން ފަލަސްޠީނު ބިމަށް އެރިބައެކެވެ.


މިހާރު އެބިމަށް ގަދަވެގެން ތިއްބަސް، އެބިމުގެ ޙަޤީޤީ އަހްލު ވެރިންނާ އެއްވެސް ނަސަބީ ގުޅުމެއް ހުރިބައެއް ނޫންކަން އަބަދުވެސް ހަނދާން ކުރަން ޖެހޭނެއެވެ. އަދި އެބިމަށް ގަދަކަމުން އެރި ޒައޮނިސްޓް ޔަހޫދީން އުފުލާ ދަޢްވާ ތަކަކީ، މުޅިން ދޮގު ދަޢްވާ ތަކެއްކަން ޔަޤީން ކުރަން ޖެހޭނެއެވެ.


އާދެ! ކަންޢާނީންނަކީ، އިސްރާއީލް ދަރިކޮޅަށް ވުރެ އެތައް އެތަކެއް ގުނައެއް ކުރިއެރުމާއި އަމިއްލަ ޙަޟާރަތެއް ޤައިމުކޮށް، މާކުރީ ސަފުގައި ތިބި، ޙަޟާރަތެއްގެ ބައެއްކަމުގައި މިހާރުގެ މުއައްރިޚުން ލިޔުއްވާފައި ވެއެވެ. ކަންޢާނީން ނަކީ، އަމޫރީންގެ ދަރިކޮޅެވެ. އަމޫރީންނަކީ، ޙަޤީޤީ ސާމީ ދަރިކޮޅުގެ ދިރިއުޅުމާއި އާދަކާދަތައް ތަމްޘީލްކޮށް ދިން ބައެކެވެ.


އެމީހުން މި އާދަކާދަތަކާއި ހުނަރުތައް ވާރުތަކުރީ އެމީހުންގެ ކާބަފައިން ކަމުގައިވާ، ޢަރަބި މުސްލިމުންގެ ކިބައިން ކަމަށް މުއައްރިޚެއް ކަމުގައިވާ ޖަފްރޭޒް އެނާގެ ފޮތް ކަމުގައިވާ، “ފަލަސްޠީން އިލައިކުމުލް ޙަޤީޤާ” މިފޮތުގައި ލިޔުއްވާފައި ވެއެވެ.


އަމޫރީންގެ އަޑު މަޑުމަޑުން އޮބެމުން ގޮސް ފަނޑުވެ ގެއްލިގެން ދިއުމަށް ފަހު ކަންޢާނީންގެ ނަން މިއަދާ ހަމައަށް ވެސް ދިރިދެމި އޮތީއެވެ. އެގޮތުން “ކަންޢާނީން” މިނަން ފަލަސްޠީނުގެ ވަޒަންވެރިންގެ ނަމަކަށް ޚާއްޞަވެގެން ދިޔައީއެވެ.


ފަހެ، ފަލަސްޠީނުގައި ދިރިއުޅޭ އިސްރާއީލް މީހުން ނޫން އެންމެންނަށް މިހާރު ބޭނުންކުރެވެނީ، ކަންޢާނީންގެ ގޮތުގައި އެނަމެވެ. މަޝްހޫރު ޔަބޫސީންނަކީ، ކަންޢާނީ ދަރިކޮޅުން ކަފިވި ބައެކެވެ.


އެވޭލާ ޒަމާނުއްސުރެ ފަލަސްޠީނުގައި އޮތީ، ކަންޢާން ދަރިކޮޅުގެ ރަސްކަމެވެ. އެއަށްފަހު، 1550 މކ. ގައި މިޞްރުގެ ޤަދީމީ ރަސްކަމުގެ (NEW KINGDOM OF EGYPT. [EGYPTION EMPIRE]) ދަށަށް ފަލަސްޠީން ދިޔައެވެ.


އެހެނަސް ޔަބޫސީން ގެންދިޔައީ މިޞްރުގެ ފިރްޢައުނުންގެ ރަސްކަމަށް، ތަބާވެ ތިބެގެން ޖިޒީ ދައްކަމުން ނެވެ. ޔަބޫސީން ވެރިކަން ކުރި ދުވަސްވަރަކީ، ކުރިއެރުންތަކެއް ފެނިފައިވާ ޙަޟާރަތެއް އޮތް ރަސްކަމެކެވެ. ވެރިރަށަކީ، ޤުދުސް އެވެ. ޤުދުސް އަށް އޭރު ކިޔަނީ އޫރް ސާލިމް (ސަލާމަތް ތެރިކަމުގެ ރަށް) އެވެ.


ތައްލުލް ޢަމާރަނާގެ ކޮނުންތަކުން އޫރްސާލިމްގެ ރަސްކަލެއްގެ ހަނދާންތައް ފެނިފައި ވެއެވެ. މިވާހަކަތައް “ދަ ހޭންޑްބުކް އޮފް ޕެލަސްޓައިން” (HARRY CHARLES LUKE, 1884 – 1969 & EDWARD KEITH-ROACH, 1885 – 1954. THE HANDBOOK OF PALESTINE & TRANSJORDAN. 1922) ލިޔުއްވާފައި ވެއެވެ. 140 އަހަރު ވަންދެން، ޔަބޫސީން (ކަންޢާނީން) ބަނީ އިސްރާއީލް ދަރިކޮޅު މީހުންނާ ވަރުގަދައަށް ހަނގުރާމަ ކުރިއެވެ. މިހަނގުރާމައައި ހެދި އޫރްސާލިމް (URSALIM) ފަތަޙަ ނުކުރެވި ދުވަސް ތަކެއް ލަސްވެގެން ދިޔައެވެ. ޤުދުސް އަށް، ބަނީ އިސްރާއީލު މީހުންނަށް އެރުނީ ދާއޫދުގެފާނުގެ ވެރިކަމުގައެވެ.


ފަހެ، ބަނީ އިސްރާއީލް މީހުންގެ، ދިގުލައިގެން ދިޔަ މިހަނގުރާމައިގެ ލީޑަރަކީ، ޔޫޝަޢު ބިން ނޫން (JOSHUA) އެވެ. މިހަނގުރާމަ ދެމިގެންގޮސް، 1049 މކ. ގައި ދާއޫދުގެފާނު ވެރިރަށް ކަމުގައިވާ ޤުދުސްޝަހަރު ފަތަޙަ ކުރެއްވީއެވެ. އަދި ޤުދުސް ޝަހަރު ގައި ދައޫދުގެފާނު އެއްކައުވަންތަ ކަމުގެ ރަސްކަމެއް ބިނާކުރެއް ވިއެވެ. މިއީ ބަނީ އިސްރާއީލް މީހުން ފަލަސްޠީން އަށް އަރައި ކުރި ހަނގުރާމައިގާ ޤުދުސް ހިފި ފުރަތަމަ ފަހަރެވެ.


ބަނީ އިސްރާއީލުންގެ މިއެރުމާ ހަމައަށް ފަލަސްޠީން ގައި ރަސްކަންކުރީ، ކަންޢާނީ ދަރިކޮޅުގެ ޔަބޫސީންނެވެ. އަދި އެއަށް ފަހު ވެސް ފަލަސްޠީން ގައި ސާމީ ދަރިކޮޅުގެ ޢަރަބި ކަންޢާނީ މުސްލިމުން މިއަދާ ހަމައަށް ވެސް ދިރިއުޅެމުން އެބަގެންދެއެވެ. އެމީހުންނަކީ ފަލަސްޠީނުގެ ޢަރަބި މުސްލިމުންނެވެ. މިއަދު ވެސް އެބިމުގައި އުޅެމުން އެގެންދަނީ މިމީހުން ކަމުގައިވާ ޢަރަބި މުސްލިމުންނެވެ.


ފަހެ، އެބިމުގައި ވަޒަންވެރި ވެގެން ތިބި، ސާމީ ދަރިކޮޅުގެ ނޫންމީހުންނަކީ، ދަތުރުވެރިންގެ ގޮތުގައި އެބިމަށް އެކިދުވަސް ވަރުގައި އެރި، ދަތުރުމަތީ މީހުންނެވެ. އަޞްލު ވަޒަންވެރިންނެއް ނޫނެވެ. ޔަހޫދީންނަކީ ވެސް އެގޮތުގައި އެބިމަށް އެރި ބައެކެވެ.


އާދެ! ސާމީ ދަރިކޮޅުގެ ކަންޢާން މީހުން، ފަލަސްޠީނުގައި ވަޒަންވެރިވެ ދިރިއުޅެމުން ގެންދަނިކޮށް، އެބިމަށް ގަދަކަމުން އަރައި ގަދަވެގަތް ބަނީ އިސްރާއީލްގެ ޔަހޫދީން، އެބިމަށް އެމީހުންގެ ޢިބްރާނީ ބަހުން އެކިނަންނަން ކިޔާހަދާފައި ވެއެވެ. އެގޮތުން އެބިމަށްދިން އެއްނަން ކަމުގައިވާ، “އިސްރާއީލްގެ ބިން” (އަރްޟު އިސްރާއީލް) ޚާއްޞަ ގޮތަކަށް ފާހަގަކޮށް ލެވެއެވެ.


މިބީދައިން އެބިމަށް އެރި އިސްރާއީލްގެ ދަރިކޮޅުން އުފެއްދި އިސްރާއީލުގެ ބިން، އެޒަމާނުގައި ވެސް، ކަންޢާނީން ދިރިއުޅެމުން ގެންދިޔަ ބިމަށް ވުރެ މާކުޑަބިމެއް ކަން، އެމީހުންގެ ހިބްރޫ ބައިބްލް ޖަޖްސް (އަލްޤުޟާތް، JUDGES) ފޮތުގެ، 1 ވަނަ ބާބުގެ، 11 ވަނަ އާޔަތުގައި އައިސްފައި ވެއެވެ.


ފަހެ، ކަންޢާންބިން އެކުލެވެނީ، ފިލިސްތިޔާ (PHILISTIA) “ޠާގެ ބަދަލުގައި ދެނުކުތާޖެހިތާ އާއެކު ލިޔުނީމާ އޮންނަގޮތަށް” އާއި ފީނީޤިޔާ (PHOENICIA) ދަރިކޮޅުގެ މީހުން ދިރިއުޅެމުން ގެންދިޔަ ސަރަޙައްދު ހިމެނޭގޮތަށް މުޅި އެސަރަޙައްދަ ށެވެ. ފިލިސްތިޔާ ބިމަކީ މިހާރުގެ ފަލަސްޠީންގެ ސާހިލީ ރަށްތަކާއި އެރަށްތަކުގެ ބިމެވެ. އަދި ފީނީޤިޔާ ބިމަކީ މިހާރު ލެބްނާން ބިމުގެ ސާހިލީ ރަށްތަކާއި އެރަށްތަކުގެ ބިމެވެ. މުޅި މިސަރަޙައްދަކީ، ފަލަސްޠީންގެ ބިމެވެ. ސޫރިޔާ ޖުނޫބިއްޔާ އޭ މިކިޔަނީ މިސަރަޙައްދަ ށެވެ.


ފިލިސްތިޔާ:


ފިލިސްތިޔާ (PHILISTIA) ބިމަކީ، ފިލިސްތިޔާގެ އަހްލުވެރިން (PHILISTINES, 1175 BCE – 722 BCE) މީލާދީ ތާރީޚް ޖަހަންފެށުމުގެ ކުރީގައި ވަޒަންވެރި ވެގެން އުޅުނު ބިމެވެ. ފިލިސްތިޔާ ގައުމެވެ. މިއީ ކަންޢާނީންގެ ބިމެކެވެ. މިމީހުންނަކީ، ކަންޢާނީން އެބިމުގައި އުޅެނިކޮށް އެތަނަށް އަރައި ރަސްކަމެއް ޤައިމްކުރި ދަރިކޮޅެކެވެ.


ފިލިސްތިޔާގައުމު (ރަތްކުލައިގާ)
ފިލިސްތިޔާގައުމު (ރަތްކުލައިގާ)

ފިލިސްތިޔާގެ ބިމަކީ، ލިވާންޓް ސަރަޙައްދުގެ އައްސޭރި ފަށުން، މިހާރުގެ ލެބްނާންއަށް ވާ ބައިގެ އައްސޭރީގައި ވާ، 5 ރަށަށް ހިމެނޭގޮތަށް އޮތް ސަރަޙައްދެވެ. ފިލިސްތިޔާ މީހުންނަކީ، ގަދަކަމުން އެބިމަށް އަރައި އެސަރަޙައްދު ގައި ވަޒަންވެރިވި މީހުންނެވެ. އޭރު ބަނީ އިސްރާއީލު މީހުން ފަލަސްޠީނުގައި އަރާތިއްބެވެ.


ފަހެ، އެފަސް ރަށަކީ، ޢަސްޤިލާން (ASHKELON) އާއި އިސްދޫދް ނުވަތަ އަޝްދޫދް (ASHDOD) އާއި އިކޯން (EKRON) އާއި ގަތް ނުވަތަ ގެތް (GATH) އާއި ޣައްޒާ (GAZA) އެވެ. ގަތް ނުވަތަ ގެތް އަކީ، ތަލްއަލްޞާފީ އޭ ކިޔުނު ޝަހަރެވެ. އެއީ ޖާލޫތް (GOLIATH) އާއި އެކަލޭގެ ފާނުގެ އަޚުންގެ ރަށެވެ. މިބިމުގައި އުޅެމުން ގެންދިޔަ ދަރިކޮޅަށް ކިޔަނީ، ފިލިސްތީނީން ނެވެ.


މިބާގައަކީ، މިޞްރުގެ ރެމްސީސް ތިނެއް (RAMSES 3) ރަސްގެ ފާނުގެ ދުވަސްވަރުގައި ކަނޑުމަތީގެ މީހުން (SEA PEOPLES) ގެ ނަމުގައި މެދުތެރޭކަނޑު މަތީގައި އަބަދުހެން އުޅެމުން، މިޞްރަށް އެރުމަށް ދިމާކުރުމުން، ރެމްސީސް އަތުން ބަލިވުމުން، ދެންދާނެ ދިމާއެއް ނެތުމުން، އެބިމަށް ފުންމާލާއި ގަދަކޮށްލި ބައެކެވެ.


ދެން ކަންޢާނީން ދުރަށް ފަހާލައި އެހިސާބުގައި ވަޒަންވެރިވީ އެވެ. މިމީހުން ބަލިކޮށް އެސަރަޙައްދު ހިފީ، 722 މކ. ގައި އާޝޫރީން (ASSYRIAN) ނެވެ. ފަހުން ފިލިސްތިޔާގެ ނަން، ހެލެނިކް (HELLENIC) އާއި ރޯމަން (ROMAN) އިރުގައި މިހާރު މިކިޔާ ގޮތަށް ފަލަސްޠީނަށް ބަދަލުވީއެވެ.


ފީނީޤިޔާ:


ފީނީޤިޔާ އަކީ، ފީނީސިޔާ (PHOENICIA, 1200 BC – 539 BC) ދަރިކޮޅުން އުފެއްދި ރަސްކަން ހިންގި ބިމެވެ. މިއީ ވެސް ހަމަ ކަންޢާން ދަރިކޮޅުގެ ބިމެވެ. ފީނީޤީންނަކީ ވެސް ޤަދީމީ ލިވާންޓް ސަރަޙައްދުގެ އައްސޭރިފަށް، މިހާރު ލެބްނާންގެ އައްސޭރީގައި ހުރިރަށްތަކެއް ކަމުގައިވާ، ޖުބައިލް (BYBLOS) އާއި ޞައިދާ (SIDON) އާއި ޞޫރް (TYRE) ފަދަ ރަށްތަކުގައި، 2300 އިން ފެށިގެން، 1200 މކ. ގައި ވަޒަންވެރިވެ މަޝްހޫރު ވުމަށް ފަހު، 1200 މކ. ކުރީގައި ކަންޢާންގެ ބިމުގައި އުފެއްދި ރަސްކަމެކެވެ.


ފީނީޤިޔާ ދައުލަތް އަދި ބޮޑެތިތަށްތައް
ފީނީޤިޔާ ދައުލަތް އަދި ބޮޑެތިތަށްތައް

މިދަރިކޮޅުގެ އަޞްލާމެދު މުއައްރިޚުން ޚިލާފްވެއެވެ. އެއްބަޔަކު ބުރަވަނީ، ކިނާހީ ނުވަތަ ކިނާހްނާ އިންގެ ދުވަސްވަރުގައި ކަންޢާނީންގެ ތެރެއިން، އަމިއްލައަކަށް އުފެދިގަތް ދަރިކޮޅެއް ކަމުގައެވެ. އަނެއްބަޔަކު ބުނަނީ، މެދުތެރޭ ކަނޑުގައި އުޅެމުންދިޔަ ބައެއް އެބިމަށް ގަދަކަމުން އެރީ ކަމަށެވެ.


އަނެއްބަޔަކު ލިޔަނީ، މިހާރުގެ ބަހްރައިން ހިސާބުން، ޕާޝިއަން ގަލްފު ތެރެއިން އައިސް އެހިސާބުގައި ވަޒަންވެރިވި ބައެއްކަމަށެވެ. ރަސްކަމެއްގެ ގޮތުގައި މިދަރިކޮޅު ދެމިއޮތީ، 1200 އިން ފެށިގެން، 539 މކ. އަށެވެ. ފާރިސީންގެ ލަޝްކަރު ސައިރަސް ދަ ގްރޭޓް (CYRUS 2 OF PERSIA, CYRUS THE GREAT) ގެ ޤިޔާދަތުގެ ދަށުގައި އެބިމަށް އަރާއި، 539 މކ. ފިނީޤިޔާ ހިފަންދެން، މިރަސްކަން ދެމިއޮތެވެ.


އާދެ! ޝާމްގެ މިސަޙައްދަށް ބާލަސްތީންގެ ނަމުން ބޭނުން ކުރެވުނެވެ. ދެން ފިލަސްޠީން އޭ ކިޔުނީއެވެ. މިނަން އުފެދި ކިޔާފައި ވަނީ، ފަލަސްޠީންގެ އުތުރުގައި ދިރިއުޅެމުން ދިޔަ، ފިލިސްތީނީންނަށް ނިސްބަތްކޮށް ކަމަށް މުއައްރިޚުން ބުނެއެވެ. އެބައި މީހުން މަޝްހޫރުވެފައި ވަނީ، އަލްފިލިސްތީނިއްޔޫން (ފާފުގައި އިބިފިލި، ދެނުކުތާ ޖެހިތާއަކުން) މިނަމުންނެވެ.


ބާލަސްތީން، މިނަމަށް އިޝާރާތް ކުރެވިފައި މިވަނީ، “ބަލާސްތޫ” މިބަހުން ކަމަށް ވެދާނެއެވެ. ބަލާސްތޫ މިނަމަކީ، އާޝޫރީ ރަސްކަން (ASSYRIAN EMPIRE) ކުރެއްވި ރަސްކަލެއް ކަމުގައިވާ، އަދާދް ނިރާރީ ހަތަރެއް (ADAD-NIRARI 4) ފިލިސްތިޔާގެ އައްސޭރި ރަށްތަކަށް ދެއްވި ނަމެކެވެ.


އަދާދް ނިރާރީ ހަތަރެއް އަކީ އަދާދް ނިރާރީ ތިނެއްގެ ދަރިކަލުންނެވެ. އަޞްލުނަމަކީ، ޝަލްމަންސީރް ހަތަރެއް (SHALMANESER 4, 783 – 733 BC) އެވެ. ފަހެ، މިރަށަކީ އަލްފިލިސްތީނިއްޔޫން (ފިލިސްތީންގެ މީހުން) ދިރިއުޅެމުން ގެންދިޔަ ރަށެވެ. ކަންޢާން ދަރިކޮޅުގެ ބިމެވެ. ފިލިސްތިޔާ އާއި ފިނީޤީންގެ ބިމަކީ ވެސް ކަންޢާނީންގެ ބިމެވެ.


ދެވަނަ ރިވާޔަތެއް ބުނާގޮތުން ފިލިސްތިޔާ އަށް، ބާލަސްތީން މިނަން ކިޔިފައި މިވަނީ، ރޯމަން ވެރިކަމުގެ ރަސްކަލެއް ކަމުގައިވާ، ވެސްޕާސިއަން (VESPASIAN) އެވެ. ލެޓިން (LETIN) ބަހުން، މިރަސްގެފާނުގެ ފުރިހަމަ ނަމަކީ، (TITUS FLAVIUS CAESAR VESPASIANUS AUGUSRUS) އެވެ. ރަސްކަމުގައި އޮފީހުގައި އިންނެވީ، 1 ޖުލައި 69 އިން ފެށިގެން، 23 ޖޫން 79މ. އަށެވެ. މީނާއަކީ، ރޯމަން އެންޕަޔަރގެ، 9 ވަނަ ރަސްކަލެވެ.


ފަހެ، މިރަސްގެފާނު އޭނާގެ ފައިސާ، އެނަމުގައި ޖެއްސެވުމުން ނެވެ. މިކަން ކުރައްވާފައި ވަނީ، މީލާދީން، 70 ވަނަ އަހަރު، ރޯމަނުން އެންމެ ފުރަތަމަ ފަހަރަށް ޤުދުސް ޝަހަރު ހިފުމުގެ މަޤްޞަދުގައި ވަށާލުމަށް ފަހުގައެވެ.


ތިންވަނަ ބުނުމެއްގައި ބުނެފައި ވަނީ، އެވޭލާ ޢަރަބިން އެމީހުންގެ ފައިސާއަށް، އެންމެ ފުރަތަމަ ފިލްސް ކިޔާތީއާއި ޠީން އަކީ މަށިކަމަށް ވުމުން އެދަރިކޮޅު މީހުން، މިބިމަށް ފިލިސްތީންއޭ ކީކަމަށެވެ. މިހާރުވެސް ޢަރަބިން ސަޢޫދިޔާގައި ފައިސާއަށް ބޭނުންކުރަނީ ފުލޫސް އެވެ. ލާރިއަކީ ފިލްސް އެވެ.


ހިބްރޫބައިބްލް ގައި އެބިމަށް ފިލިސްތިޔާ ބޭނުންކުރެވިފައި ވެއެވެ. ޔޫއީލް ފޮތުގެ، 3 ވަނަ ބާބުގެ، 4 ވަނަ އާޔަތް ބައްލަވާށެވެ.


“އޭ! ޞޫރްގެ މީހުންނޭވެ! އަދި، ޞައިދާގެ މީހުންނޭވެ! އަދި ހުރިހާ ދާއިރާއެއްގެ ފިލިސްތިޔާ މީހުންނެވެ…..ނިމެންދެން.”


ޙަޤީޤަތަށް ބަލާއިރު، އެންމެފުރަތަމަ ޝާމްކަރައިގެ ބިމުގެ އެހިސާބަށް، ބާލަސްތީންގެ ނަމުން ނަން އިޚްތިޔާރުކުރި ބަޔަކީ، ކުރީޒަމާނުގެ ޔޫނާނީން (ގްރީކް މީހުން) ޔޫނާންގެ މީހުންނެވެ. ބާލަސްތީން މިރަށް ރޯމަން މީހުންނަށާއި ބައިޒަންތީން މީހުންނަށް ދަސްވީ، ގްރީކް މީހުންގެ ފަރާތުންނެވެ. ރޯމަނުންގެ އިރުގައި، ބާލަސްތީން ގެންގުޅުނީ ތިންބަޔަކަށް ބަހާލައިގެން ނެވެ.


އިސްލާމީ ފަތަޙައައި ހަމައަށް މިބެހުން މިގޮތަށް ދެމި އޮތެވެ. މިނޫން ވެސް ބައެއްނަން ޝާއިރުންގެ ޅެންވެރިކަމުގެ ބަގިޗާގައި ރަމްޒީ ގޮތުން، ފަލަސްޠީނަށް އެކިނަން ނަމުގައި ބޭނުން ކޮށްފައި ވެއެވެ. އޭގެތެރޭގައި މިސާލަކަށް، “ބިލާދުއްތަވްރާތް” (ތަވްރާތްގެ ރަށް) އާއި “ބިލާދުއްއާބާއީ” (ކާބަފައިންގެ ރަށް) އާއި “އަލްބިލާދުލް މުޤައްދަސް” (މާތް ބިން) މިފަދަ ނަންނަން ހިމެނެއެވެ.


އާދެ! ފިލިސްތިޔާ އިން ބާލަސްތީނަށް ދެން، ފިލިސްތީން އަށް، އަދި އޭގެ ފަހުން، މިއަދު މިބޭނުން ކުރެވޭ ގޮތަށް، ފަލަސްޠީން އޭ ކިޔުނީ މިދެންނެވި ގޮތްތަކުގެ މަތީންނެވެ. ލިޔެކިއުން ތަކުގައި މިހާރު ބޭނުންކުރެވޭ ގޮތަށް ފަލަސްޠީން، ބޭނުންކުރަން ފަށާފައިވަނީ، އިސްލާމީ ފަތަޙައަށް ފަހު، ޢުމަރުގެފާނު ލިޔުއްވި ޢަހްދުނާމާ (އެއްބަސްވުން) އިން ކަމަށް ވެއެވެ.


އޭގެ ކުރިން އަރަބިން މުޅިންވެސް ބޭނުންކުރަމުން ގެންދިޔައީ ޝާމްކަރައިގެ ވެރިކަން ކުރާރަށްރަށުގެ ނަމެވެ. ފަލަސްޠީން ބަލަމުން ގެންގޮސްފައި ވަނީ، ސޫރިޔާ ދެކުނު (ސޫރިޔާ އަލްޖުނޫބިއްޔާ) ގެ ނަމުންނެވެ. ޢުޘްމާނީ ޚިލާފަތުގައި ވެސް އެކިއެކި ސިޔާސީ ކަންކަމާއި އިދާރީކަން ކަމުގަޔާއި އެހެނިހެން ލިޔެކިޔުން ތަކުގައި ބޭނުންކޮށް ފައިވަނީ، ސީދާ ނަމަކުން ނޫނެވެ. އަލްޤުދުސް އާއި ބައިރޫތްގެ ނަމުންނެވެ.


ކްރިސްޓިއަން އަދަބުގައި އެންމެ މަޤްބޫލު ނަމަކަށް ބޭނުންކޮށްފައި ވަނީ، ބާލިސްތީން އެވެ. އެހެނަސް ބަލްފޯރ ވަޢްދުގައި އަދި އެހެނިހެން އިނގިރޭސި މޭންޑޭޓްގައި އޮތްދުވަސް ވަރުގެ ރަސްމީ ލިޔެކިޔުން ތަކުގައި ބޭނުންކޮށް ފައިވަނީ، މިހާރުގެ ގޮތަށް ފަލަސްޠީން އެވެ.


ބަނީ އިސްރާއީލް:


ދުނިޔޭގެ ކަންތައްތައް ހަމަޖެހި، އިންސާނުން ދުނިޔޭގައި ވަޒަންވެރިވެ އުޅެން ފެށީއްސުރެ ވެސް، އެބައިމީހުންގެ މެދުގައި ހަމަނުޖެހުމާއި ޙަސަދަވެރި ކަމާއި އަރާރުމުގެ މައްސަލަތައް ވަނީ، ހިނގަމުން އައިސްފައެވެ. އެކިއެކި ނަބީންނާއި ރަސޫލުންގެ ދުވަސް ވަރުގައި އެ ޤައްމުތަކުގައި ވެސް އޮތީ އެގޮތްތަކެވެ.


ބަނީއިސްރާއީލާއި އިސްރާއީލީ ދައުލަތުގެ ތާރީޚު ފެށެނީ އިބްރާހީމްގެފާނުން ފެށިގެންނެވެ. އިބްރާހީމްގެފާނަކީ، ﷲގެ ޚަލީލެވެ. މާނަ އަކީ، ﷲގެ މިތުރާއެވެ.އަންބިޔާއިންގެ ބައްޕާފުޅެވެ. ކީރިތި ގުރްއާނުގައި އިބްރާހީމްގެފާނާ މެދު އައިސްފައި ވަނީ މިފަދައިންނެވެ!


وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا


ﷲ އަށް ކިޔަމަންތެރިވެ، އެކަލަނގެ ހަރާމްކުރައްވާފައިވާ ކަންކަމައި ދުރުހެލިވެ، އިބްރާހީމްގެފާނު އެދީނެއްގެ މަތީގައި ހުންނެވި ހައްގުދީން ކަމުގައިވާ އިސްލާމްދީނަށް ތަބަޢަވެ، އެދީނުގެ މަންހަޖުގައި ތެދުވެރިކަމާ އެކު ގައިމުވެ ހުރި ހާލު، ﷲގެ އަމުރުފުޅާ އެއްގޮތަށް އަމަލުކޮށް، އެކަލާނގެ ހުކުމްފުޅަށް ބޯލަނބައި، އެކަލާނގެއަށް އަމަލު ޚާލިސްކުޅަ މީހާއަށް ވުރެ ހެޔޮކަަން ބޮޑު އެއްވެސް މީހަކު ނުވެއެވެ. ﷲ ވަނީ އިބްރާހީމްގެފާނަކީ، އެކަލާނގެ ހޮއްވަވައި ޚާއްސަކުރައްވާފައިވާ ބޭފުޅެއްކަމުގައި ލައްވާފައެވެ. ﷲ އެކަލޭގެފާނު ހޮއްވެވީ، އެކަލޭގެފާނުގެ ތެދުވެރިކަމާއި ލޯތްބައްޓަކައެވެ. މިގޮތުން، ﷲ ވަނީ، އިބްރާހީމްގެފާނަކީ، މިތުރެއް ކަމުގައި ހައްދަވާފައެވެ.


އިބްރާހީމްގެފާނަށް ހާޖަރުގެ ބަޑުން، އިސްމާޢީލްގެފާނު ލިބިވަޑައި ގެންނެވިއެވެ. އަދި، ސާރާގެ ބަޑުން، އިސްޙާޤްގެފާނު ލިބިވަޑައި ގެންނެވިއެވެ. އިސްޙާޤްގެފާނަށް ޔަޢްޤޫބްގެފާނު ލިބިވަޑައި ގަތެވެ. ޔަޢްޤޫބްގެފާނަކީ، އިސްރާއީލްގެ ފާނެވެ. ދުނިޔެއަށް އިސްރާއިލީ ދަރިކޮޅު ފެތުރިގެން ދިޔައީ ޔަޢްޤޫބްގެ ފާނުގެ ފަރާތުންނެވެ.


ދުނިޔެއަށް ޢަރަބި ދަރިކޮޅު ފެތުރިގެން ދިޔައީ އިސްމާޢީލްގެ ފާނުގެ ފަރާތުންނެވެ. މިދެ ދަރިކޮޅުގެ ވެސް އަޞްލަކީ، އިބްރާހީމްގެ ފާނެވެ. އިބްރާހީމްގެފާނު ފޮނުއްވުނީ، ގާތްގަޑަކަށް، 2000 (ދެހާސް) މކ. ގައި އޫރް (UR) ޝަހަރަށެވެ. މިހާރު މިރަށަކީ، ޢިރާޤްގެ ޝަހަރެކެވެ. އޭރު އެއީ ހެސްކިޔާފައި ބުދަށް އަޅުކަންކުރި ގައުމެކެވެ. އެޤައްމުގައި އެކަލޭގެ ފާނާއި އެޤައްމުގެ މީހުންނާ ދެމެދު ހިނގާދިޔަ އަނިޔާވެރި ކަންކަން ހިނގާދިއުމުން، އެކަލޭގެފާނު ޢިރާޤުން ނުކުމެ ވަޑައިގެން، ފުރާތުކޯރު ހުރަސް ކުރައްވައި ކަންޢާނުގެ ބިމަށް ވަޑައިގަތެވެ. މިދަތުރު ކުރެއްވީ، ﷲގެ އަމުރުފުޅަށެވެ.


މިހުރަސް ކުރެއްވުމަށް “އަބީރޫ” ނުވަތަ “ހަޕީރޫ” ނުވަތަ “ޢިބްރީ” ނުވަތަ “ހިބްރޫ” އޭ ކިޔުނެވެ. ޢިބްރާނީންނަކީ، މިކޯރު ހުރަސްކޮށް ފަލަސްޠީނަށް އެރިމީހުން ކަމުގައި ބުނެއުޅެއެވެ. އަދި އިސްޙާޤްގެފާނުގެ ދަރިކަލުން މޫސާ (MOSES) ގެފާނާ އެކު، މިޞްރުން ފިރްޢައްނުގެ އުނދަގުލާ ހެދި ނުކުތް، މީހުންނަކީ، ޔައްޤޫބްގެ ފާނަށް ނިސްބަތްވާ ބަނީ އިސްރާއީލްގެ ދަރިކޮޅުގެ މީހުންނެވެ. މިއީ އަޞްލު ޔަހޫދީ ދަރިކޮޅެވެ. މިމީހުންނަކީ ޢިބްރާނީންނެވެ.


ތާރީޚަށް ބަލާއިރު މުއައްރިޚުންގެ ބަހަކީ، އިބްރާހީމްގެފާނު ޢިރާޤް ދޫކުރައްވައި ކަންޢާންނަށް ވަޑައިގަތީ، ކަންޢާނީން އެބިމުގައި ވަޒަންވެރިވެގެން އުޅޭތާ، އެއްހާސް އަހަރާއި އެއްހާސް ތިންސަތޭކަ އަހަރާދެމެދުގެ މުއްދަތެއް ފާއިތުވި ފަހުންނެވެ. އިބްރާހީމްގެފާނު ވަޒަންވެރި ވެވަޑައިގަތީ، ހިބްރޫން ނުވަތަ ހަބްރޫން އަވަށުގައެވެ. އެއީ މިހާރު ފަލަސްޠީނުގެ އަލްޚަލީލް ޝަހަރެވެ.


އަލްޚަލީލް މިޝަހަރަކީ ރާޝިދޫން ޚިލާފަތުން ފަލަސްތީން ފަހަތަކުރުމުގައި މުސްލިމުން އެރި އެންމެ ފަހު ޝަހަރެވެ. އެދުވަސްވަރު މިޝަހަރު ވެގެން ދިޔައީ މިސުރުގެ ވިޔަފާރިވެރިންގެ މަޝްހޫރު މަރުކަޒަކަށެވެ. އަދި ދަމިޝްޤުމަގުން ހައްޖަށްދާ މީހުންގެ މަރުކަޒަކަށެވެ. އިބްރާހީމްގެފާނު ފަސްދާނުލެވިފައިވާ އެކަލޭގެފާނުގެ މިސްކިތް މުންނާރަކާ އެކު ރީތިކޮށް ބިނާކުރެވުނީ އެފަތަހައަށް ފަހުގައެވެ.


އެކަލޭގެ ފާނުގެ ދެދަރިކަލުން، އިސްމާޢީލްގެ ފާނާއި އިސްޙާޤްގެފާނު ވެސް، އަދި އިސްޙާޤްގެ ފާނުގެ ދަރިކަލުން ޔަޢްޤޫބްގެފާނު ވެސް، އުފަންވެވަޑައި ގަތީ، ހިބްރޫންގައި އެކަލޭގެފާނު ވަޒަންވެރިވެ ވަޑައިގަތް ފަހުންނެވެ. އަދި ޔަޢްޤޫބްގެފާނުގެ، 12 ފިރިހެން ބޭފުޅުން ލިބިވަޑައިގަތީ ވެސް ކަންޢާން ބިމުގައެވެ. ހިބްރޫންގައެވެ. އެއީ ޝާމްކަރައެވެ. މިހާރުގެ ފަލަސްޠީނެވެ. ޔަޢުޤޫބްގެފާނުގެ މިބާރަބޭފުންގެ ނަންތައް ފަހުން ގެނެސްދޭނަމެވެ.


“އިސްރާއީލް” އަކީ ޔަޢްޤޫބްގެފާނުގެ ނަންފުޅެކެވެ. ބަނީ އިސްރާއީލް (ISRAELITES) ގެ މާނައަކީ، “އިސްރާއީލުގެ ދަރިފަސްކޮޅު” އެވެ. އިސްރާއީލް ދަރިކޮޅު ނިސްބަތްވަނީ، ޔަޢްޤޫބްގެ ފާނަށެވެ. ފަހެ، އެއީ އެކަލޭގެފާނުގެ، 12 ބޭފުޅުންގެ މުޅި ދަރިފަސްކޮޅެވެ. އިސްރާއީލްގެ ބާރަ ޤަބީލާ (TWEIVE TRIBES OF ISRAEL) އަކީ މިދަރިކޮޅެތަކެވެ.


އިސްރާއީލްގެ ދަރީން (SONS OF ISRAEL) ތަކަކީ މިދަރިކޮޅެވެ. މިނަސްލެވެ. ބަނީ އިސްރާއީލް މީހުން ވަކި ޖަމާޢަތެއްގެ ގޮތުގައި ވުޖޫދުވެ، ނަސްލީ ޖަމާޢަތެއްގެ ސިފައާއި މިނަން ޚިޔާރުކުރީ، ޔަޢްޤޫބްގެފާނުގެ ޙަޔާތްޕުޅުގައެއް ނޫނެވެ. އަދި "ބަނީއިސްރާއީލް" ވަކި ނަސްލެއްގެ ގޮތުގައި އުފެދި ފާޅުވީ، އެދުވަސްވަރު ކަންޢާނު ބިމުގައެއް ވެސް ނޫނެވެ. އަދި ޔަޢްޤޫބްގެފާނާ އެކު، މިޢާއިލާ ކަންޢާންގެ ބިން ދޫކޮށްލައްވައި ދާއިމަށް އެހެން ބިމަކަށް، މިސްރުގެބިމަށް ހިޖުރަވެވަޑައިގަތީ އެބޭފުޅުންގެ އަމިއްލަ އިޚްތިޔާރު ގައެވެ. އެއްވެސް މަޖްބޫރު ކަމެއް ނެތިއެވެ.


އެނގިވަޑައި ގަންނަވާނެ ފަދައިން، މިމީހުންނަކީ، އަޞްލު ޔަހޫދީންނެވެ. އިލާހީ ފޮތެއްގެ އަހްލުވެރިން ނަށް ވުމުގެ ނަޞީބު ދެއްވީ، މިދަރިކޮޅުގެ މީހުންނަށެވެ. އެއީ ﷲގެ މިތުރާގެ ދަރީންނަށް ވާތީއެވެ. އެހެނަސް އެބައިމީހުންގެ ޙަސަދަވެރިކަން ހުރި މިންވަރަކީ، ޔަޢްޤޫބްގެފާނުގެ ދޮށީ، ދިހަ ފިރިހެން ބޭފުޅުން، އެބޭފުޅުންވެގެން އެބޭފުޅުންގެ ތުއްޕުޅު ކޮއްކޯފުޅު، އަދި ޔަޢްޤޫބްގެފާނުގެ އެންމެ ލޯބިފުޅުވާ ދަރިކަލުން ޔޫސުފްގެފާނު ގެންގޮސް ސަހަރާގެ ތެރޭގައި ހުރި ވީރާނާ ހަނަފަސް ހިސާބުގެ ވަޅަކަށް އެއްލައިލެއްވީއެވެ. ވައްޓާލެއްވީއެވެ.


އެވަޅުން އެކަލޭގެފާނު ނަގައިގެން މިޞްރަށް ގެންގޮސް “ކަންޢާނީ އަޅުކުއްޖެއް” ގެ ގޮތުގައި މިޞްރަށް ވިއްކާލީ ޢަމާލިޤުން (AMALEKITES) ގެ ވިޔަފާރިވެރި ޤާފިލާއެއްގެ މީހުންނެވެ. ޢަމާލިޤާއިންނަކީ، މައްކާގެ ޙަރަމްފުޅު ބިމުގައި އެވޭލާޒަމާނުގައި ވަޒަންވެރި ވެގެން އުޅުނު ޤަބީލާއެއްގެ މީހުންނެވެ. މިޞްރުގެ ޙުކްސޫސީ ރަސްކަމުގެ އެންމެމަތީ ބާރާއި ޢިއްޒަތް، އެކަލޭގެ ފާނަށް ފަހުން ލިބިވަޑައި ގަތެވެ.


ދެން ފަހެ، ޔޫސުފްގެ ފާނު ހެޔޮޙާލުގައި މިޞްރުގައި އުޅުއްވާކަން އެނގިވަޑައި ގަތުމުން ޔަޢްޤޫބްގެފާނު ކަންޢާންގެ ބިން ދޫކުރައްވައި ޔޫސުފްގެފާނު އަރިހަށް މިޞްރަށް ވަޑައިގަތެވެ. ހިޖުރަކުރެއްވީއެވެ. އެކަލޭގެފާނު މިޞަރަށް ވަޑައިގަތީ، 11 ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެއްގެ އިތުރުން އަޅުންނާއި އަހްލުންނާ އެކު، 70 ވަރަކަށް މީހުންގެ ޤާފިލާއެއް ގައެވެ.


މުއައްރިޚުންގެ ލިޔުންތަކުގައި ވާގޮތުން، ޔަޢްޤޫބްގެފާނު މިޞްރަށް ވަޑައިގެން ވަޒަންވެރިވެ ވަޑައިގަތީ، ގޫޝާން (GOSHEN) ޝަހަރު ގައެވެ. އޭރު މިޞްރުގެ ޢަޒީޒްއަކީ، އަދި ވެރިއަކަށް ހުންނެވީ އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފްގެފާނެވެ. އެހެންވުމާ އެކު، މިބޭފޫލުން މިޞްރުގައި އުޅުއްވަމުން ގެންދެވީ ވަރަށް ތަނަވަސް ދިރިއުޅުއް ވުމެކެވެ. މިދަރިކޮޅުން ދަރިންލިބި ދަރިފަސްކޮޅެއް އުފެދި، އެ ޢާއިލާ ވަކި ޤަބީލާއެއްގެ ގޮތުގައި ފުރިހަމަވެ، ބާރު ގަދަވެގެންދިޔައީ މިޞްރުގައެވެ. ފަހެ މިޞްރުގައި ޔަޢްޤޫބްގެފާނުގެ ދަރިކަލުންގެ ދަރިކޮޅު ދެމިގެންދިޔަ އެވެ.


ޔަޢްޤޫބްގެ ފާނާއި ޔޫސުފްގެފާނު އަވަހާރަވުމަށް ފަހުގައި މިޞްރުގެ ވެރިކަން ފުރޮޅިގެން ދިޔައީ ޙުކްސޫސް (HYKSOS) މީހުންގެ އަތްމައްޗަށެވެ. ބަނީ އިސްރާއީލް މީހުންނަކީ، ކުރީގެ ރަސްކަމުގެ ދަރުބާރުގައި މަޤާމްތަކެއް ލިބިފައިވާ ބަޔަކަށް ވުމުން، ޙުކްސޫސް މީހުން މިޞްރުގެ ވެރިކަން، 1550 މކ. ގައި އަތުލައި ގަތުމަށް ފަހު، ބަނީ އިސްރާއީލް މީހުންގެ މައްޗަށް އެންމެ ފުރަތަމަވެސް ބަލަންފެށީ، ދުޝްމަނުންގެ ލޮލަކުންނެވެ.


މިދެކޮޅުވެރި ކަމުގެ ނަތީޖާއަކީ، ބަނީ އިސްރާއީލް މީހުން ޙުކްސޫސް މީހުންގެ އަޅުންގެ ދަރަޖައަށް ވެއްޓިގެން ދިއުމެވެ. މިއަޅުވެރި ކަމުގައި ދުވަސްގަނޑަކު ތިބެންޖެހުނެވެ. މިހާލުގައި ޖެހެންޖެހުނު ސަބަބަކީ، ބަނީ އިސްރާއީލް މީހުންނަކީ، ބޭރުންއަރާ ތިބި ބިދޭސީ މުހާޖިރު ޤަބީލާއަކަށް ވުމާއި އެމީހުންނަކީ، މިޞްރުގައި އޮތް ވަޘަނިއްޔަތާ ޚީލާފަށް އެއްކައުވަންތަ، ﷲ އަށް އީމާންވާ ބަޔަކަށް ވާތީއެވެ.


ޙުކްސޫސުންގެ ފިރްޢައުނީ ރަސްކަމުގެ އަޅުންތަކެއްގެ ދަރަޖައަށް ބަނީ އިސްރާއީލް މީހުން ވެއްޓިގެން ދިޔައީ މިކަމާހެދިއެވެ. ފަހެ، ނުހަނު އަނިޔާ ލިބެމުންދިޔަ ބައެއްގެ ގޮތުގައި ފިރްޢައުނުންގެ ދަރުބާރުގެ ބާރުގެ ދަށުގައި، 200 ވަރަކަށް އަހަރުވާންދެން މިޙާލުގައި ބަނީ އިސްރާއީލް މީހުން ތިބެންޖެހުނެވެ. ފަހެ، ބަނީ އިސްރާއީލް މީހުންނަށް މިއަނިޔާތަކުން މިންޖުވުމުގެ ނަޞީބު ލިބުނީ، 1350 މކ. ގައި ﷲގެ ރަސޫލް މޫސާގެފާނު މެދުވެރި ކުރައްވައެވެ.


ފަހެ، މޫސާގެފާނުގެ ދުވަސްވަރު، ﷲ ބަނީ އިސްރާއީލުގެ މީހުން ފިރްޢައުނުގެ ކިބައިން ސަލާމަތް ކުރައްވައި ޝާމް ކަރައިގެ ސީނާ ސަހަރާއަށް ގެންދެވުމަށް ދަތުރު ފެއްޓެވިއެވެ. މިގޮތުގެ މަތިން، އެބައިމީހުން ފިރްޢައުނު އާއި އެނާގެ ބޮޑު ލަޝްކަރުން ސަލާމަތް ކުރެއްވީ، ކަނޑު ފެޅުއްވުމުގެ މުޢްޖިޒާ ދައްކަވައި ގެންނެވެ. ފަހެ، ޢަދާވަތްތެރިން ޣަރަޤްކުރެއްވީ، ﷲގެ އިލާހީ ރިސާލަތައިގެން ޝާމްކަރައަށް، ފަލަސްޠީނަށް އެނބުރި ދިއުމަށް ޓަކައެވެ.


ކަންޢާން މީހުންގެ ބިމަށް އަރައި ކަންޢާނީންނައި ހަނގުރާމަކޮށް ގެން އެބިން ފަތަޙަ ކުރެއްވުމަށެވެ. އެހެނަސް އެބައި މީހުންގެ ދަތުރައިގެން މާކުރިޔަށް ނުދެވި، ސީނާގެ ސަހަރާތެރޭގައި ތިބިތިބުމުގައި މޫސާގެފާނާއި އެކަލޭގެފާނުގެ ބޭބޭފުޅު، ހާރޫނު (AARON) ގެފާނު، މިދެބެއިންނައި އެބައިމީހުން ދެކޮޅުހަދައި އަރާރުންވެ، ދެންނެވިކަމަށް ތައްރާތުގެ އަލްޢަދަދު ފޮތުގެ، 28 ވަނަ ބާބުގެ، 31 ވަނަ އާޔަތާއި، 33 ވަނަ އާޔަތުގައި އައިސްފައި ވެއެވެ.


“ކަންޢާނީންނަކީ، ހަށިތައް މާބޮޑެތި މާވަރުގަދަ ބައެކެވެ. އެމީހުންގެ ގާތުގައި އަޅުގަނޑު މެންނަކީ، މަސްކާށި ދޫނިތަކެއް ފަދަ ބައެކެވެ. އެމީހުންގެ ޝަހަރުތައް ހުންނާނީ ވަށައިގެން ވަރުގަދަ ފާރުތައް ލާފައެވެ. އަޅުގަނޑު މެންނަކަށް ހަނގުރާމައެއް ކޮށްގެން އެމީހުން ބައްޔެއް ނުކުރެވޭނެ އެވެ.”


“އޭ! މޫސާގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ވަޑައިގެން އެމީހުންނާ ހަނގުރާމަ ކުރައްވާށެވެ! އަޅުގަނޑުމެން މިތަނުގައި އިށީދެ ލައިގެން ކުޅިބަލަން ތިބޭނަމެވެ!”


އަދި ވެސް ތައްރާތުގައި އައިސްފައި ވެއެވެ.


“ތިމަންމެން މިޞްރުގައި އެތިބިގޮތަށް ތިބެ މަރުވިނަމަ، މާރަނގަޅު ވީހެވެ. ތިޔަ ދެބޭފުޅުން ވެގެން ތިމަންމެން އެންމެން ފަޤީރުކަމާއި ދަތިކަމުގެ ތެރެއަށް ތިޔަ ނެރުއްވީ، ތިމަންމެން ބަނޑުހައިހޫނު ކަންމަތީ މަރާލާށެވެ. ތިމަންމެން މިޞްރުން ތިޔަ ނެރުއްވީ، ތިމަންމެންނާއި ތިމަންމެންގެ ދަރީންނާއި ތިމަންމެންގެ ގެރިބަކަރި ފަދަ ޖަނަވާރުތައް ބަނޑުހައިހޫނު ކަންމަތީ މަރާލައްވަން ތޯއެވެ.”


އަދި ޤުރްއާންގެ އަލްމާއިދާ ސޫރަތުގެ، 24 ވަނަ އާޔަތުގައި، ﷲ ވަޙީކުރައްވާ ފައި ވެއެވެ.


قَالُوا يَا مُوسَىٰ إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُوا فِيهَا ۖ فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ


“އެބައިމީހުން (ބަނީ އިސްރާއީލްގެ މީހުން) ދެންނެވިއެވެ! އޭ! މޫސާގެފާނެވެ! ހަމަކަށަވަރުން އެބައި މީހުން އެރަށުގައި ދެމި ތިބިހައި ހިނދަކު، ދުވަހަކުވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ! ފަހެ، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެއާއި ކަލޭގެފާނު ވަޑައި ގަންނަވާށެވެ! އަދި، ތިޔަދެކަލުން އެބައި މީހުންނާއި ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން ހަމަކަށަވަރުން މިތާނގައި އިށީދެ ތިބޭނޫއެވެ.”


ފަހެ މިއީ ކާފިރުވާ ފަދަ ބަސްތަކެއް ބުނެ، އަދަބުކުޑަކަން ދެއްކުމެވެ. ﷲ އާއި އެކަލާނގެ ރަސޫލާ، މޫސާގެފާނަށް މަލާމާތްކޮށް އުރެދުމުގައި ހައްދުފަހަނައަޅާ ދިއުމެވެ. އަދި މިކަމުގައި ހުތުރު ބަހުން މުޚާތަބުކުރުން ވެސް ހިމެނެއެވެ. މިއީ އެމީހުންގެ މޮޔަކަމެވެ. ބަދުރުހަނގުރާމަ ޖެހުނު ހިނދު، ކީރިތިރަސޫލާ އަސްޙަބުންނަށް، މުޝްރިކުންނާ ހަނގުރާމަ ކުރުމަށް ދެންނެވުމުން މުސްލިމުން ދެއްވި އިޖާބައަކީ، "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާ އެކު ކަލޭގެފާނު ވަޑައިގެން ހަނގުރާމަ ކުރައްވާށެވެ. އަހަރުމެންވެސް އެކުގައި ގޮސް ހަނގުރާމަ ކުރާނަމެވެ."


ނިކަންބައްލަވާށެވެ. މުސްލިމުންގެ މިރިވެތި ޖަވާބާއި އެމީހުންގެ އެ ހުތުރު ޖަވާބާ ދެމެދު ހުރި ތަފާތު ދެކޭށެވެ. އެއީ ފަހެ، ﷲ އާއި އެމީހުންގާތަށް ފޮނުއްވުނު ނަބިއްޔާއަށް އުރެދުނު ނުލަފާ މޮޔައިންނެވެ! ގޮތްދޫނުކޮށް ބޯހަރުވެގަތް މީހުންނެވެ. ބަނީ އިސްރާއީލް މީހުންނަކީ، ހުރިހާ އިރެއްގައި ވެސް، ﷲ އަށް ކިޔަމަންވުމުގެ ބަދަލުގައި އުރެދެމުންދިޔަ މޮޔަ ބައެކެވެ.


ﷲ އެމީހުންނަށް ޓަކައި ސީނާގެ ބިމުގައި އެބައިމޫހުންގެ އެދުރުންގެ ޢަދަދަކީ، 12 ކަމުގައި ވާތީ، އެޢަދަދަށް ފެނުގެ އާރުތައް ނެރުއްވައި ދެއްވިއެވެ. އަދި، އެބައިމީހުންނަށް ރިޒްޤު ދެއްވުމުގެ ގޮތުން، ރަނގަޅު ކާނާއެއް ކަމުގައިވާ، މަންނު (MANNA) އާއި ސަލްވާ (QUAILS) ކޮންމެ ދުވަހަކު ބާއްވާލެއްވި އެވެ. މިއީ ފޮނި މީރުކާނާ އަކާއި މީރުމަހެއްގެ ކާނާއެވެ. އަދި، ﷲ އުޑުން ވިލާފަތުރައްވައި ގެން، އެމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އެހާވެސް އިހްތިރާމާއި ގަދަރު އެމީހުންނަށް ދެއްވުމުން ވެސް މަގުފުރެދުނު މީހުންނެވެ. މޮޔައިން ކަމުގައި ބަލަންޖެހެނީ އެހެންވެއެވެ!


އަދި، މޫސާގެފާނު ޠޫރުފަރުބަދަ (MOUNT SINAI) އަށް އެބައިމީހުންގެ ތެރެއިން، އެބައިމީހުން އިޚްތިޔާރުކުރި، 70 މީހުން ގޮވައިގެން، ﷲ އަށް މުނާޖާ ދެންނެވުމަށް އަރާވަޑައި ގެންނެވީ، ޤައްމުގައި ބާކީ ތިބި އެންމެން ހާރޫނުގެފާނައި ޙަވާލު ކުރައްވާފައެވެ. ފަހެ، އެހިނދުކޮޅު ވެސް، ހާރޫނުގެފާނަށް ނުކިޔަމަންތެރިވެ، ސާމިރީއޭ ކިޔުނު މީހަކު، އެބައިމީހުންނަށް ހަދައިދިން ރަންބުދަކަށް އަޅުކަން ކުރަން ފެށިއެވެ.


އެމީހުން، އަޅުކަންކުރަންފެށި ރަންބުދަކީ ސާމިރީ ރަނުން ހަދައިދިން، "ރަންގެރި" އެވެ. މިގެރި އަކީ އެމީހުންގާތުގައި އެމީހުންގެ ކަލާނގެއެވެ. ފާފަފުއްސަވާ އިލާހެވެ. މިހާރުގެ ސަހުޔޫނީ ޔަހޫދީން ވެސް، ރަންކުލައަށްދާ ރަތްގެރި ހޯދައިގެން އެގެރިތައް ބަލަހައްތަމުން ދަނީ، މަސްޖިދުޤުއްބަތުއްޞަޚްރާ ހުރި ބިނަގަލުގެ މަތީގައި، އެމީހުންގެ ބޮޑިރަސްކަމުގެ ދަރުބާރު ކަމުގައިވާ ތިންވަނަ ޓެމްޕަލްގެ ބިންގާއަޅައިދޭ ރަބާއިން އެގެރި ކަތިލާއި އޭގެލެއިން ފެންވަރާ ހުރިހާފާފައަކުން ތާހިރުވެ ސާފުވުމަށެވެ.


ފަހެ، އެބައިމީހުންގެ ޙާލު ދުށުމަށް މޫސާގެފާނު ސާޅިސްރޭ ވެފައި ވަޑައިގެންނެވި އިރު، އެމީހުން ތިބީ މުރުތައްދުވެ ބުދަށް އަޅުކަންކުރާ މީހުންނަށް ވެފައެވެ. ދެން، ﷲ އެބައި މީހުންނަށް އަމުރުކުރެއްވީ، އެއްބަޔަކު އަނެއްބަޔަކަށް ޤަތްލުކޮށް އެކަމާމެދު، ﷲ އަށް ތައްބާ ވުމަށެވެ. އެބައި މީހުން އެއަމުރަށް ކިޔަމަންވެ އެކަން ތަންފީޒުކުރަން ފެށުމުން، ﷲ އެބައި މީހުންގެ މައްޗަށް މަޢާފުދެއްވައި އެއަމުރު ނެންގެވިއެވެ.


ދެންވެސް އެބައި މީހުން، ބޮޑާ ހޭކުމުގެ ގޮތުން މޫސާގެފާނަށް ދެންނެވިއެވެ.


“ތިމަންމެންނަށް ފައުޅުގައި ޙަމަލޮލުން، ﷲ ފެނުމުންނޫނީ ކަލޭގެފާނަށް އެއްގޮތަކަށް ވެސް އީމާނެއް ނުވާނަމެވެ.”


އެބައިމީހުން އެހެން ދެންނެވި ހިނދު، ﷲ އެބައިމީހުންގެ މައްޗަށް ގަދަފަދަ ރޯޅިއެއް ފޮނުއްވައި އެބައި މީހުންނަށް މަރު ދެއްކެވިއެވެ. އެއަށް ފަހު، އެމަރުވުމުން އެބައި މީހުން ދިރިއްވުމުން، ﷲ އަށް ބިރުވެތިވެ ކިޔަމަންތެރި ކަމަށް އެނބުރި އަތުވެއްޖެއެވެ.


ދެން، ﷲ މޫސާގެފާނަށް އަމުރު ކުރެއްވިއެވެ. އެބައި މީހުންގެ މައްޗަށް ބާއްވާލެއްވި ފޮތަށާއި، ﷲ އެބައި މީހުންނަށް އެންގެވި ގޮތަށް ޢަމަލު ކުރުމަށް، ޢަހްދު ކަށަވަރު ކުރައްވާށެވެ. އެހިނދު އެބައި މީހުން، އެކަމާ އިންކާރުކޮށް ދެކޮޅު ހެދުމުން، ﷲ އެބައި މީހުންގެ މައްޗަށް އިންޒާރެއްގެ ގޮތުން، ޠޫރުފަރުބަދަ އުފުއްލަވައި ލެއްވުމުން އެބައި މީހުން، އެކަމައި ބިރުންގޮސް ޢަހްދުކަށަވަރު ކުރުމަށް އެއްބަސް ވެއްޖެއެވެ. ބަނީ އިސްރާއީލް މީހުންނަކީ، އަބަދުވެސް ބޯހަރު ބައެކެވެ. ﷲގެ ނިޢްމަތަށް ފުރަގަސްދޭ ބައެކެވެ.


މިހާރުގެ ސަހުޔޫނީޔަހޫދީންގެ ވެސް އެ ހުންނަނީ މިކަހަލަ ބޮޑާކަމާއި ހަރުކަށިކަމެވެ. ބޯހަރުކަމެވެ. ލާދީނީ ސެކިއުލާކަމެވެ. އެމީހުން އޭޖެންޓުންނަށް ނަގައި ހޮވާނީ އެތައްގޮތަކަށް ތަޖުރިބާކޮށް ބަލާފައި އެކަހަލަ ހަރުކަށި ބޯހަރު މީހުންނެވެ. މިހާރު އިސްލާމީ ގައުމުތަކުން ވެރިކަމުގަޔާ ވެރިކަމަށް އެރުމަށް ތެޅިފޮޅޭ މީހުންގެ ތެރޭގައި އެފެންނަނީ ސަހުޔޫނީ ޔަހޫދީންގެ އޭޖެންޓުންނެވެ!


ހަމަ އެހެންމެ ބަނީއިސްރާއީލު މީހުންގެ މައްޗަށް، ﷲ ހޮނިހިރު ދުވަހަކީ، އަޅުކަން ކުރުމުގެ ދުވަހެއްކަމަށް ހަމަޖައްސަވައި އެދުވަހުގައި މަސް ހިފުމަކީ، ޙަރާމްކަމެއް ކަމުގައި އަމުރުކޮށް އެންގެވުމުން، އެކަމާ ވެސް އެބައިމީހުން ޚިލާފުވެ އެކަން ކުރުމުގެ ސަބަބުން، އެބައި މީހުންނަށް އެކަމުގެ ޢިޤާބް ލިބުނެވެ. އަދުގެ ސަހުޔޫނީ ޔަހޫދީންގެ ތަހުޒީބަކީ ވެސް ރާމާމަކުނުގެ ތަހުޒީބެވެ. އެއްޖިންސުން ގުޅުން ހިންގާއި ހިތަށް ވަންނަ، ޒަމީރަށް ގަބޫލު ކުރެވޭ ކޮންމެ ކަމަކީ އެތަހުޒީބުގައި އެންމެ ރަނގަޅު އާދަކާދައެވެ.


އާދެ! މޫސާގެފާނު ބަނީ އިސްރާއީލް މީހުންނައިގެން މަޤައްދަސް ބިމަށް ފަލަސްޠީނަށް އެރުމަށްޓަކައި ސީނާގެ ބިމުގައި ހިންގެވިއެވެ. ދަތުރު ކުރެއްވިއެވެ. ގިނަގުނަ މަސައްކަތް ތަކެއް ކުރެއްވިއެވެ. ފަހެ، އެބައިމީހުންގެ ތެރެއިން ބާރަ ލީޑަރަކު ނަންގަވައި، ﷲގެ މަގުގައި ޖިހާދުކޮށް މުޤައްދަސް ބިމަށް ވަނުމަށް ޓަކައި ހަމަޖައްސަވައި އެމީހުންނަށް، އެބިމުގައި ދިރިއުޅޭ ކަންޢާން މީހުންގެ ޙާލުއަހުވާލު އޮޅުން ފިލުވައިގެން ގެނައުމަށް އަމުރު ކުރެއްވި އެވެ.


އެހިނދު އެމީހުން އެއަމުރަށް ކިޔަމަންވެ، އެކަންކޮށް އެނބުރި އައިސް، މޫސާގެފާނަށް ދެންނެވިއެވެ. މުޤައްދަސް ބިމުގައި ދެމިގެންވަނީ، މާމުއި އާއި ކިރުގެ އާރުތަކެވެ. ދެރައީ އެބިމުގައި ދިރިއުޅޭ މީހުންނަކީ، ޖައްބާރުން ކަމުގައި ވާތީއެވެ. ފަހެ، ދެ ލީޑަރަކު ފިޔަވައި އެހެން އެންމެން ވެސް އެމީހެއްގެ ޖަމާޢަތައިގެން އެކަން ކުރުމަށް ދެކޮޅު ހެދިއެވެ. ބަނީ އިސްރާއީލް މީހުން، ﷲގެ މަގުގައި ޖިހާދު ކުރުމައި ދެކޮޅުހަދައި މޫސާގެފާނަށް ދެންނެވިއެވެ.


އޭ! މޫސާގެފާނެވެ! ހަމަކަށަވަރުން ޖައްބާރު ގަދަފަދަ ބަޔަކު އެތާގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން އެތަނުން ނުކުމެއްޖެއުމަށް ދާންދެން، ތިމަންމެން އެތަނަށް ނުވަންނާނަމެވެ. އަދި އެބައި މީހުން އެތަނުން ނިކުމެއްޖެ ނަމަ، ހަމަކަށަވަރުން ތިމަންމެން އެތަނަށް ވަންނާނެ ބަޔަކީމެވެ.


ފަހެ، އެމީހުންގެ ތެރެއިން، ﷲ އަށް ބިރުވެތިވި ދެ ލީޑަރުން ދެންނެވިއެވެ. އެބައިމީހުންގެ ތެރެއަށް އެރަށުގެ ދޮރާށިން ތިޔަބައިމީހުން ވަންނާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އެރަށަށް ވަދެއްޖެ ނަމަ، ތިޔަބައި މީހުންނީ އެބައިމީހުން ދެރަކޮށް، އެބައިމީހުންގެ މައްޗަށް ގަދަވެ ގަންނާނެ ބަޔަކުކަން ކަށަވަރެވެ.


އަދި ތިޔަބައިމީހުންނީ، އީމާން ވެގެންތިބި ބަޔަކު ކަމުގައި ވާނަމަ، ﷲގެ ކިބައަށް ތިޔަބައިމީހުން ވަކީލު ކުރާށެވެ. މިދެ ލީޑަރުން މިގޮތަށް ނަޞޭޙަތްތެރި ވި ނަމަވެސް، އެބައިމީހުން އެމީހުންގެ ގޮތުގައި ދެމި ތިބެ، މޫސާގެފާނަށް އަނެއްކާ ވެސް ދެންނެވިއެވެ.


އޭ! މޫސާގެފާނެވެ! ހަމަކަށަވަރުން އެބައިމީހުން އެރަށުގައި ދެމިތިބިހާ ހިނދަކު، ދުވަހަކުވެސް ތިމަންމެން އެރަށަށް ނުވަންނާނަމެވެ. ފަހެ، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ އާއި ކަލޭގެފާނު ވަޑައި ގަންނަވާށެވެ. ތިމަންމެން، ހަމަކަށަވަރުން މިތާގައި އިށީނދެ ތިބޭނީއެވެ.


މިކަމައި ވިދިގެން، ﷲ އެބައި މީހުންގެ މައްޗަށް ޢިޤާބެއްގެ ގޮތުގައި މުޤައްދަސް ވެގެންވާ ފަލަސްޠީނުގެ ބިން، 40 އަހަރުވަންދެން ޙަރާމް ކުރެއްވުމުން، އެބައިމީހުން ބިންމަތީގައި ވިއްސިވިހާލިވެ ބަދަވީންގެ ގޮތުގައި އެނބުރިއެނބުރި ތިއްބެވެ. މިގޮތުގައި އެބައިމީހުން ބިންމަތީގައި އެނބުރިއެނބުރި ތިބޭތާ، 40 އަހަރުވީ އިރު، ހާރޫނުގެފާނާއި މޫސާގެފާނު ވަނީ، އަވަހާރަވެ ފައެވެ.


އެމީހުންގެ ބޯހަރުވެފައި ނުކިޔަމަންތެރި ކަމުން، ފަލަސްޠީނުގެ ބިން އެމީހުންގެ މައްޗަށް، 40 އަހަރުގެ މުއްދަތަށް، ﷲ ޙަރާމް ކުރެއްވިއެވެ. މިމުއްދަތުގައި ވިއްސިވިހާލިވެ ވަކި މަންޒިލެއްގައި އާބާދު ނުވެވި، ސީނާގެ ސަހަރާގެ ބިމުގައި ބަދަވީންތަކެއްގެ ޙާލުގައި އެމީހުން އުޅެންޖެހުނެވެ.


މި، 40 އަހަރަށް ފަހު، ބަނީ އިސްރާއީލުން ކަންޢާންގެ ބިމަށް އަރައި ކަންޢަނީންނާ ގަދަޔަށް ހަނގުރާމަކޮށް އެބިމުގެ ބައެއް ސަރަޙައްދުތައް ފަތަޙަ ކުރިއެވެ. ހާރޫނުގެފާނާއި މޫސާގެފާނަށް ފަހު، އެމީހުންގެ ލީޑަރަކަށް، ﷲ އިސްކުރެއްވީ، ނަބީބޭކަލެއް ކަމުގައިވާ، ޔޫޝަޢުގެފާނެވެ. އެކަލޭގެފާނުގެ ނަންފުޅަކީ، ޔޫޝަޢު ބިން ނޫން (JOSHUA) އެވެ. ފަހެ، މި ފަތަޙަ ހިނގީ އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައި، 1300 މކ. ގައެވެ.


ފަހެ، ޔޫޝަޢުގެފާނުގެ ވެރިކަމުގެ ދަށުގައި ބަނީ އިސްރާއީލް މީހުން މުޤައްދަސް ބިމަށް އަރާއި އެބިމުން ބަޔަކަށް އެމީހުންގެ ނަބިއްޔާ މެދުވެރިކޮށް ވަދެ، ﷲ އަށް ޝުކްރު ދަންނަވައި ސަޖިދަކޮށް، ﷲ ދެއްވި ނިޢްމަތްތައް ހަނދާން ކުރުމަށް އަމުރު ކުރެއްވުމުން، އެބައިމީހުން ހެދިގޮތަކީ، އެބައިމީހުންނަށް އެންގެވިގޮތް ނޫންގޮތް ކަމުގައިވާ، އަނިޔާވެރިކަމާއި ބޮޑާވުމުގެ ގޮތްގަނޑު ބޮޑު ކޮށް، ﷲގެ ބިމުގައި ފަސާދަ އުފެއްދީއެވެ. އަދި އަދާ ހަމައަށް ވެސް، އިސްރާއީލް މީހުން، އެގެންދަނީ އެބިމުގައި ފަސާދަ ހިންގަމުންނެވެ. ~ނުނިމޭ~



 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page