top of page
ސިޔާސީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުން، ޓެރަރައިޒްކޮށް، އެމްޑީޕީ މެންބަރުންގެ ބާރުގެ ދަށަށް ގެނައުން.
7 ފެބްރުއަރީ 2012 ވީއަނގާރަ ދުވަހު، ދިވެހިންނަށާއި މުޅިދުނިޔެއަށް، ﷲ ދެއްކެވި ކުޅަދުންވަންތަ ކަމުގެތެރެއިން ވުޖޫދަށްއައި ހަމަހިމޭން ސަރުކާރުން އަދާކުރަންޖެހޭ ދުސްތޫރީ ވާޖިބެއް ކަމުގައިވާ ރިޔާސީ ބަޔާން ރައްޔިތުންނަށް އިއްވުމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އެކަން ބޭއްވެވުމަށް އިއުލާނު ކުރެއްވީ، 1 މާޗް 2012 ވީބުރާސްފަތި ދުވަހުގެ، ދިހައެއް ޖަހާއިރަށެވެ. ގާނޫނު އަސާސީގެ، 84 އާއި 83 ވަނަ މާއްދާގެ ދަށުން، މިކަން އ
ilyashusein
Mar 9, 20124 min read


ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލުން.
ފަސްވަނަ ފަހަރުގެ ޖަލުހަދާން ފެށުމަށް، އަޅުގަނޑު ގަސްދުކުރަނީ ކުޑަމުޤައްދިމާއަކާ އެކުގައެވެ. މިއީ، 4 ވަނަ ފަހަރާއި، 5 ވަނަ ފަހަރާދެމެދު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ ފާހަގަ ކޮށްލެވޭ ބޮޑެތި ބަދަލުތަކެވެ. 2003 ސެޕްޓެމްބަރ 19-20 ގެޙާދިޘާއަށް ފަހު، ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް ކުރިޔަށް ގެންދެވުނީ ރާއްޖެއިން ބޭރުގައި މަރްކަޒު ކުރެވިގެންނެވެ. އެމަސައްކަތް ކުރާނެ މަރްކަޒީ އިދާރާތަކެއް ގައިމު ކުރެވިގެންނެވެ. ސްރީލަންކާއާއި އިނގިރޭސި ވިލާތުގައެވެ. އެމެރިކާގައާ
ilyashusein
Nov 9, 2011174 min read
ޖަވާހިރުވާދީ އިލްޔާސް، ހަތަރުވަނަފަހަރު ޖަލަށްލުން.
ޙަސަން އީވާން ނަސީމް، މ.އޭޝިޔާ މާލެ އަށް ޖަލުގައި އަނިޔާކޮށް މަރާލުމާއި ޖަލުގައި ގައިދީންގެ ތެރެއަށް ބަޑިޖަހައިގެން ބަޔަކުމަރާލުމަކީ ދިވެހިގައުމު ސިއްސުވާލި އާދަޔާޚިލާފު ކުއްލިޝޮކެކެވެ. މިކަމާޝައްކު އުފައްދާނެ ދިވެއްސެއް ނުހުންނާނެކަން ކަށަވަރެވެ. ފަހެ ދަންނާށެވެ! 19 އަދި 20 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ، ދިވެހިތާރީޚުގައި ފާހަގަކޮށް ފަވާލެވިފައިވާ ވަރަށްތާރީޚީ ދެދުވަހެވެ. އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެނުން ވެގެންދިޔައީ ޒަމާންވީ ވެރިކަމުގެ މިސް
ilyashusein
Aug 12, 201178 min read


ޖަވާހިރުވާދީ އިލްޔާސް ތިނަވަނަފަހަރު ޖަލަށްލުން، ބާބު އެކެއް.
ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ތިންވަނަފަހަރު ދޫނިދޫޖަލަށްލައި ކުޑަގޮޅިއެއްގައި ބަންދުކުރީ، މާލޭ ސަލްޓަންޕާކްގައި ގޮއްވާލެވުނު ގެވެހި އުފެއްދުމެއް ކަމުގައިވާ، “ކަޓޫރަބޮން” ސަލްޓަންޕާކްގައި ގޮއްވާލިކަންތަކާ ގުޅުވައިގެން ސިފައިންކުރި ތުހްމަތުތަކެއްގެ މައްސަލައިގައެވެ. މިކަންތައް ހިނގާދިޔައިރު، އަޅުގަނޑުހުރީ، ދޫނިދޫޖަލުގައި ކުޑަގޮޅީގެ ބަންދެއްގައެވެ. އެހެނަސް ރައީސް މައުމޫނުގެ އޯޑަރަށް މިކަމުގައި އަޅުގަނޑު ތާށިކޮށް ޖަލުގެ ބޮޑުހުކުމެއް އިއްވުމަކީ، ސިފައިންގެ އެންމެބޮޑ
ilyashusein
Jan 17, 201198 min read


ޖަވާހިރުވާދީ އިލްޔާސް ދެވަނަފަހަރު ޖަލަށްލުން.
ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ދެވަނަފަހަރު ދޫނިދޫ ޖަލަށް ލެވުނީ، 1990 ވަނަ އަހަރު ޖޫން މަހު، 01 ގައި ދިވެހި ސަރުކާރުގައި “ސިޔާސީ މަޖައްލާ” އެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ މަޖައްލާއެއްގެ ނަމުގައި އަލަށް ނެރެވުނު ސިޔާސީ މަޖައްލާ ކަމުގައިވާ، “މަންތިރި” މަޖައްލާގެ މައްސަލާގައެވެ. މިއީ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި އެނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ މަޖައްލާއެވެ. ސިޔާސީ މަޖައްލާ އެއްގެ ނަމުގައި ރަޖިސްޓްރީކުރީ، ފ
ilyashusein
Sep 3, 201019 min read
ޖަވާހިރުވާދީ އިލްޔާސް ފުރަތަމަފަހަރު ޖަލަށްލުން.
ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މުޅިހަޔާތުގައި ފުރަތަމަފަހަރު އަލަށް ޖަލަށްލެވުނީ، އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތާ ގުޅިގެން، އަލްފާޟިލް މާކުން އަބްދުއް ސައްތާރު (ސަޓޯ) ކ.ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި މިނިސްޓްރީ އޮފް ޑިފެންސުން ތަހްގީގަށް ބަންދުކުރެވިފައި ވަނިކޮށް، ސިފައިންގެ ވެރިޔާގެ ނައިބު، އަދި މިނިސްޓަރ އޮފް ޑިފެންސްގެ އޭރުގެނައިބު އަލްފާޟިލް އެންދެރިމާގޭ އިލްޔާސް އިބްރާހީމް، ސަޓޯއައި ކޯޑްލެސްފޯނަކުން ސިއްރުގޮތަކަށް ދެއްކެވި، ތަހްގީގާގުޅުންހުރި ވާހަކަތައް ރެކ
ilyashusein
Aug 8, 201021 min read
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެން އެކުގައި ޗުއްޓީ ނެންގެވުމަކީ ގައުމަށްހުރި ސީދާ ގެއްލުމެއް!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދިވިދިގެން ދެމަސްދުވަހުގެ ޗުއްޓީއެއް، ހުރިހާމެންބަރުން އެކުގައި ނެންގެވުމަކީ ވަރަށް ބޮޑުގޯހެކެވެ. ރަނގަޅު ކަމެއްނޫނެވެ. ގައުމަށްހުރި ބޮޑުނުބައެކެވެ. ގައުމަށް ފައިދާހުރި ގޮތެއް ނޫނެވެ. ދައުލަތުގެ ތިންބާރުންކުރެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް، 60 ދުވަހުގެ ދިގުމުއްދަތަކަށް ޗުއްޓީއެއްގައި ބޭއްވުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. މުޅިގައުމު ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން އުޅޭދުވަސް ވަރެއްގައި ރައްޔިތުންގެ މަޖިލިސް އ
ilyashusein
Mar 31, 20103 min read
ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޚުޠްބަތުލް ޢަރްޝި، 2010 !!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެމަސްދުވަހުގެ ދިގުޗުއްޓީއަށް ފަހު، މަޖިލީހުގެ އާދައުރެއް މާޗްމަހު އެކެއްގައި ފެށިއްޖެއެވެ. 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާދައުރެއް ފެށިގެން ދިޔައީ ދިވެހިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާ އަލްފާޟިލް މުހަންމަދު ނަޝީދު ގެ ޚުޠްބަތުލް ޢަރުޝިއާ އެކުގައެވެ. ދައުލަތުގެ ވެރިޔާގެ ކުރިމަތީގައި ހުރި ޕޯޑިއަމް ތެރެއިން ފެންނަންހުރި ސްކްރީނަކުންނާއި ކަނާއަތްފަރާތާއި ވާއަތް ފަރާތުގައި ހުރިރީތިހިމަ ދަނޑިއެއްގައި ހަރުކޮށްފައިވ
ilyashusein
Mar 20, 20103 min read
އިސްލާމްދީނުގައި ޑިމޮކްރަސީ.
މިމައުޟޫ، މުހިންމު މައުޟޫއަކަށް އަޅުގަނޑު ބަލައިގަނެ އިޚްތިޔާރު ކުރަންޖެހުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް، ރައީސްމައުމޫނުގެ ސަރުކާރުން ދެވަނަފަހަރަށް އަނެއްކާވެސް، ގޮވާލެއްވުމާ ގުޅިގެން އެމަސައްކަތް ކުރުމަށް އެކުލަވާލެވުނު ރައްޔިތުންގެ ޚާއްޞަމަޖިލިސް، ކަމުގައިވާ ރައްޔިތުންގެ ބޮޑުމަޖިލީހުން، ބުރަބޮޑު، ޤައުމީ މަސައްކަތް ކުރިޔަށް ގެންދާދުވަސް ވަރަކަށް ވާތީއެވެ.އަދި އެމުހިންމު މަސައްކަތާދޭތެރޭ ގައި، އެންމެހާރައްޔިތުން ވިސްނައި ފިކުރުކޮށް ގޭތެރޭގައާ
ilyashusein
Feb 10, 2010114 min read
ނުފޯދޭ ރުކަކުން އެތްހޯދުމާއި ނުވިހާކުއްޖެއްގެ ފޫޅުހޯދުން. ރައީސް މައުމޫނު އުފެއްދެވި ތިން ބަޣާވާތް.
އޭ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! މިމަޒްމޫނުގައި އަލިއަޅުވާލަން އަޅުގަނޑު މިއުޅެނީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ވިސްނާލަންޖެހޭ ވަރަށްމުހިންމު ދިމާއަކަށެވެ. ފަހެ، ނުފޯދޭރުކަކުން އެތްހޯދުމާއި ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަކީ، އެންމެގިނައިން އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަން ސާބިތުކޮށް މުޅިއުމުރަށް ދެންމުމަށްޓަކައި ކުރާބުރަ މަސައްކަތެކެވެ. ހަމަ އެފަދައިން މިމަސައްކަތައް ނުވިހާކުއްޖެއްގެ ފޫޅުހޯދުމޭ ވެސް ބުނެވިދާނެއެވެ. މިދެކަންތައް މަޖާޒީގޮތުން، މާނަވީދޭހައެއްނެތި އަޅުގަނ
ilyashusein
Jan 16, 20107 min read
ވެރިކަން ކުރުމަށް ނިޒާމެއް ހޯދުމުގެ ބަހުސުގެ ތެރެއިން!
ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދަނީ ކުރިޔަށް އޮތްތާގައި ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ގެންގުޅޭނެ ގޮތަކާމެދުގައެވެ. ބޮޑުމަޖިލީހުގެ 83 ވަނަ ޖަލްސާއާއި 84 ވަނަ ޖަލްސާގައި މިބަހުސް ވަރަށް ތަފްސީލުކޮށް ކުރިޔަށް ގެންދެވިއްޖެއެވެ. އަދި މީގެކުރިން ވެސްވަނީ، މިމައުޟޫއަށް ދިގުކޮށް ވާހަކަ ދައްކާފައެވެ. އުންމީދުކޮށްގެން މިތިބީ، އިރާދަ ކުރެއްވިއްޔާ، 2006 މެއި 7 ވާ އާދީއްތަ ދުވަހު އޮންނަ، 85 ވަނަ ޖަލްސާގައި ވޯޓަށ
ilyashusein
Jan 12, 20106 min read
އަތޮޅުވެރިންގެ ބައްދަލުވުމުގެ ފަހަތް!
އެންމެ ފަހުންބޭއްވުނު ގައުމީ ފެންވަރުގެ ބޮޑުޖަލްސާއަކީ، އަތޮޅުވެރިންގެ ބައްދަލުވުން، 11 މާލެ، 9-18 މެއި 2006 އެވެ. 1980 ވަނަ އަހަރުން ފެށިގެން، މިއީ ގައުމީފެންވަރުގައި މިނިސްޓަރީ އޮފް އެޓެލްސް ޑިވެލޮޕްމަންޓުން ބާއްވަމުން ގެންދާ، ސިލްސިލާ ބައްދަލުވުމެކެވެ. އަޅުގަނޑަކީ، އަތޮޅުވެރިންގެ ބައްދަލުވުން ތަކުގައި އަމަލީގޮތުންނާއި ޖިސްމާނީ ގޮތުންނާއި ހުރިހާގޮތަކުން ވެސް ބައިވެރިވުމުގެ ނަސީބުލިބިފައިވާ މީހަކީ މެވެ. ޚާއްސަކޮށް ލ.އަތޮޅުގެ ބައްދަލުވުމާއި ބ.އިތޮޅުގެ ބައްދަލުވުން ތަކުގައި އެ
ilyashusein
Jan 5, 20106 min read
ބޮޑުމަޖިލީހުގެ ރައީސް ޢައްބާސް އިބްރާހީމަށް ޢިތުބާރު ކުރާކަށް ނެތިން ނުވެސް ކުރާނަން.
ނޯޓު: މިގެނެސްދެނީ، 2006 މާޗް 26 ވަނަ ދުވަހުއޮތް ބޮޑުމަޖިލީހުގެ، 75 ވަނަ ޖަލްސާގައި، އެމަޖިލީހުގެ ރައީސް އޮނަރަބްލް އައްބާސް އިބްރާހީމްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް ހުޅަހެޅުނު މައްސަލައާ ގުޅިގެން ބޭއްވުނު ބަހުސްގައި، އދ.އަތޮޅު މެންބަރު އިލްޔާސް ހުސައިން އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މިވާހަކަތައް މިގޮތަށް އެސަންދާނުގެ، 50 (ފަންސާސް) ވަނަ އަދަދުގައިވަނީ، އަކުރުން އަކުރަށް ޝާއިޢުކޮށް ފައެވެ. އަޅުގަނޑުގެ ސައިޓްގައި މިވާހަކަކޮޅު މިގެނެސްދެނީ ކިޔުންތެރިންނަށް ބަލ
ilyashusein
Jan 5, 20108 min read
ރައީސް ޖަމާލް އަބްދުއް ނާސިރުގެ ދީނީ އިންގިލާބާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދީނީ އިންގިލާބު.
ޒަމާންވީ މުސްތަބިއްދު ރަސްކަމަކަށް ސިއްކަޖަހައި ނިމުންގެނެވުނު ދުވަހެކެވެ. 1952 ވަނަ އަހަރުގެ 23 ވީ، ބުދަދުވަހުގެ ތާޒާއަލިކަމާ އެކު، އެދުވަހު ހެދުނު 7.30 ގައި މިސްރުގެ ގޭގެއަށާއި މުޅިދުނިޔެއަށް އަޑުއިވޭ ގޮތަށް، މިސްރުގެ ޓީވީސްޓޭޝަނާއި ގައުމީ ރޭޑިޔޯ މަރުކަޒު ސިފައިންގެ ގްރޫޕަކުން ހިފުމަށްފަހު، އިއުލާނު ކުރެވިގެން ދިޔައަޑަކީ، މިސްރަށް މިލިޓަރީ އިންގިލާބެއް ގެނެވުނު އަޑެވެ. މިކަން އިއުލާނުކޮށްދެއްވީ، އޭރުގެ މިލިޓަރީ އޮފިސަރެއްގެ ގޮތުގައި ސިފައިން ތެރޭގައި އިސްކޮށް ހުންނެވި، މުހަ
ilyashusein
Jan 2, 201010 min read
ރައީސް މައުމޫނުގެ 29 ބޭކަލުން ބޮޑުމަޖިލީހުން ބޭރުކުރުން!
ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު އައްޔަން ކުރައްވާފައި ތިއްބަވާ، 29 އިއްޒަތްތެރި މެންބަރުން ތިއްބަވައެވެ. މިއީ މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި މިކަން ލިޔެވިފައި އޮންނަގޮތެވެ. ބޮޑުމަޖިލިސް އެކުލެވިގެން ވާގޮތް ބަޔާންކުރަނީ، ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައެވެ. އަސާސީގައި އެމާއްދާ ލިޔެފައި އޮންނަގޮތް އަކުރުން އަކުރަށް ދަންނަވާ ލާނަމެވެ.
“ރައްޔ
ilyashusein
Dec 30, 20097 min read
ދިވެހި ދައުލަތް ހިންގާނެ ނިޒާމެއް ފާހެއްނުވި!
ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް (ބޮޑު މަޖިލިސް) ގެ 83 ވަނަ ޖަލްސާގައި ބަހުސްކުރަން ފެށުނު، ވެރިކަން ހިންގުމުގެ ނިޒާމާބެހޭ މައްސަލާގައި ވޯޓަށް އެއްސެވީ، 87 ވަނަ ޖަލްސާގައެވެ. ފަސްދުވަހުގެ ދިގު ބަހުސް ތަކަކަށް ފަހުގައެވެ. ދައުލަތާއި ވެރިކަން ހިންގުމަށް އެންމެ މަޝްހޫރު ތިންނިޒާމަށް ވަކިވަކިން ވޯޓަށް އައްސަވައިގެން މިއިން އެއްވެސް ވައްތަރެއް ފާހެއް ނުވިއެވެ. ދުނިޔޭގައި މިހާތަނަށް ތަޖްރިބާކުރެވިފައި ހުރިހުރިހާ ވެރިކަމުގެ ނިޒާމުތަކަކީ، މިތިންވައްތަރުން ބޭރު ވައްތަރު
ilyashusein
Dec 27, 20096 min read
ދުލުގެ މިނިވަންކަން!
ދަންނާށެވެ! ދުލަކީ، ﷲ ގެ ކުޅަދުންވަންތަ ކަމުގެ އަލާމާތެކެވެ. ވަރުގަދަ ހެއްކެކެވެ. ދުލަކީ، ﷲ ދެއްވި އެންމެމާތް އަދި އެންމެ މަތިވެރި ގުނަވަނެވެ. ދުލަކީ، ވަރަށް ޝަރަފުވެރި އަމިއްލަ ޒާތުގައި މުސްތަގިއްލު އެއްޗެކެވެ. ހަށިގަނޑުގައި އެކުލެވޭ، އެންމެ ވަރުގަދަ މާއްދާއިން އުފެދިފައިވާ ވަރުގަދަ ދަތްތަކުން ވަށާލެވިފައިވާ، ހަކަތަ ފާރެއްގެ ތެރޭގައި ޙިމާޔަތް ކުރެވި، ތެތްކަން ލިބިދޭ އަރާމުދާނެއްގައި އޮންނައިރު، ދުލުގެ އެންމެފުރިހަމަ ގޮތުގައި، އޭގެވަޒީފާ އަދާކުރަމުން ގެންދެއެވެ. އެއްގޮތަކަށް
ilyashusein
Dec 25, 20098 min read
ދިވެހިންގެ ފަތުރުވެރިކަން ތަރައްގީކުރުމަށް އުފެއްދި ކުންފުންޏަކީ، ހައެއްކަ މަހުޖަނުންގެ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ހަދާލިޔަދީގެން ނުވާނެއެވެ.
ގާނޫނު ނަންބަރު: 96/10 ކުންފުންޏާބެހޭ ގާނޫނުގެދަށުން އުފައްދާފައިވާ، ދަރަންޏަށް ޒިންމާވާ، ރައްޔިތުންގެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުމަކީ، އާކަމެއްނޫނެވެ. އެހެނަސް، 2006/280 / ސީ ނަންބަރު ކުންފުނި، 2006 އޭޕްރީލް 9 ގައި ރަޖިސްޓްރީ ކުރެވި، ސަތޭކަ ރުފިޔާއަށް ހިއްސާއެއްގެ މަގުން އެއްމިލިޔަން ރުފިޔާގެ އާންމުހިއްސާ، ދިވެހި ރައްޔިތުންނަށް ވިއްކުމަށް ނިންމުމަކީ، އުފަލެއް ކަމުގައިދުށް ދިވެހީން މަދެއްނޫނެވެ. ޚުދު އަޅުގަނޑުވެސް ދިވެހި ރައްޔިތުން ހިއްސާވާގޮތަށް ގައުމީ ފަ
ilyashusein
Dec 20, 20096 min read
އެންމެ މޮޅޫ ގޮތަކީ އިސްތިއުފާ ދެއްވުމަށް ވިސްނެވުމެވެ.
އަޅުގަނޑުގެ މިމަޒްމޫނަކީ، ވަރަށް ހެޔޮހިތުން ރައީސް މައުމޫނަށް އަރުވާ ނަސޭހަތެކެވެ. ޢުމުރުފުޅުގެ ކޮންމެވެސް ދުވަސްވަރެއްގައި މިމަޒްމޫނު ވިދާޅުވެލައްވާނެ ކަމުގެ އުންމީދުކުރަމެވެ.
ފަހެ، ދަންނާށެވެ! ސަރުކާރުން ގާނޫނު އަސާސީއަށް އިހްތިރާމް ނުކުރާހާ ހިނދަކު، ރައްޔިތުންގެ އިހްތިރާމެއް ނުހޯދޭނެއެވެ. ގާނޫނު އަސާސީއެއް ލިބިގަންނަން ޖެހެނީ، ރައްޔިތުންގެ ހައްގުތަކާއި ހުރިހާކަމެއް އިންސާފުވެރި ހަމަހަމަ ގޮތުގައި ދެމެހެއްޓުމަށެވެ. މުޖްތަމަޢުގެ ޢަދާލަތު ގައިމު ކުރުމަށެވެ. އިންސާނާ ކާމިޔާބ
ilyashusein
Dec 16, 20096 min read
2008 ގެ ރިޔާސީ އިންތިޚާބުން ނުކުމެދާނެ ނަތީޖާއެއް.
ދިވެހިންގެ ލޮބުވެތި ދިވެހިރާއްޖޭގައި، ރިޔާސީ އާދައުރެއް ފެށުމަށް ދެންއޮތީ އެންމެ، 22 މަސްދުވަހެވެ. ބަދަލަކަށް ކާރިވަނީއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވާންއޮންނަ އެންމެފަހު، ފަސްދޮޅަސް ދުވަސް ފެށުމާއެކު، ރިޔާސަތުގެ އާދައުރަށް މީހަކު އިންތިޚާބުކޮށް ރިޔާސަތުގެ ދައުރު ހަމަވުމުގެ ހަތްދުވަސް ކުރިން އިންތިޚާބާ ބެހޭ ހުރިހާކަމެއް ނިންމަންވާނެ ކަމަށް އަސާސީއާއި ގާނޫނުތަކުގައި ބުނެއެވެ.
ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ވެރިކަން،
ilyashusein
Dec 12, 20095 min read
bottom of page