top of page

ޝައިތޯނީ ބާރު، ކަބާލާޖާދޫ

  • Writer: ilyashusein
    ilyashusein
  • Dec 27, 2025
  • 13 min read

Updated: 2 hours ago

އަހުރެންގެ ލޮބުވެތި ރައްޔިތުންނޭވެ!! #ދިވެހިތަކުރުން ނޭވެ!!


ހޭވައްލާ ތައްޔާރު!! ހުޝިޔާރު ވާށި!! ވޯލްޑުއޯޑަރު!!


ސުލޭމާނުގެފާނު ތަޚުތުގެދަށުގައި ޖިންނީންނާއި ޝައިތޯނުންނަށް ނުނެގޭ ގޮތަށް ވަޅުލެއްވި ކަބާލާ ޖާދޫގެ އިލްމީ ފޮތްތައް އިންސާނުން ލައްވާ ނަގާއި ކަބާލާޖާދޫ އަލުން އީޖާދުކޮށް އަނބުރާ ދުނިޔެއަށް ގެނެސް ހުރިހާބާރެއް އަތްދަށުލާއި ބޮޑު އިސްރާރާއީލު އުފެއްދުމުގެ އަޑީގައި ތިބީ ސަހުޔޫނީ ޔަހޫދީބާރެވެ. އެއީ ވަކި ޕުރޮޓޮކޯލްތަކެއް އަމިއްލައަށް އުފައްދައިގެން ގެންގުޅޭ ދުނިޔޭގެ ސިއްރުދަލަތެވެ. ދުނިޔެ ހިންގުމަށް އޯޑަރުނެރޭ ފަރާތެވެ. ދައްޖާލީ ސިސްޓަމުގެ ވެރިންނެވެ.


ޝައިތޯނީކަބާލާ ބާރު ހޯދުން
ޝައިތޯނީކަބާލާ ބާރު ހޯދުން

އިންސާނުން އުފައްދަވައި މި ދުނިޔެއަށް ފޮނުއްވުމުގެ ކުރިން، ދުނިޔޭގައި ﷲ ލެއްވީ މަލާއިކަތުންނާއި ޖިންނި ޝައިތޯނުންނެވެ. މި ދެމަޚުލޫގުންނަކީ ވެސް އިންސާނުންނަށް އޭގެ އަސްލުޒާތުގައި ނުފެންނަ އަމިއްލައަށް ސިފަބަދަލު ކުރެވޭ ގޮތަށް އުފައްދަވާފައިވާ މަޚުލޫގުންނެވެ.


ދެބާވަތުގެ މި މަޚުލޫގުންނަކީ ހަނގުރާމަތައްކޮށް ގަދަކޮށް، ﷲގެ އަޅުވެތިކަމުގެ ދަށުގައި ތިބި މަޚުލޫގުންގެ ފައުޖެކެވެ. ﷲ އިންސާނުން އުފެއްދެވުމަށް އިރާދަފުޅު ކުރެއްވި ހިނދު، އެކި މަރުހަލާގެ މަތިން ހަށިގަނޑެއް، އުފެއްދެވީއެވެ. އެއީ މަށީންނާއި މައްޓައި ފެން އެއްވެގެން އުފެއްދެވި ސުލާލާ އިންނެވެ. ސުލާލާ އަކީ އެއެއްޗެއްގެ އަސްލެވެ. ޚުލާސާއެވެ. ކަޅުކިނލަބުމައްޓައި ފެން އެކުވެގެން އޭގެ ތެރެއިން ނެރެވުނު ނުސާފުކަމެއް ނެތް، އެއްވެސް ކިލަނބުކަމެއް ނުވާ އެންމެ ސާާފުކޮށް ފުރޭނިގެންވާ މަށީގެ ޚުލާސާއެވެ.


ސުލާލާ، އެމަށި ހިކިގެންގޮސް މުރަނަވުމުން، ކަޅުކުލައަކަށް ހުންނަ މަށީގެ ސަލްސާލަށް ވެދެއެވެ. ސަލްސާލަކީ، އޭގައި ޓަކިޖެހުމުން އަޑު އިވޭވަރުގެ ހަރު ހިކި މައްޓެވެ. މަށީގެ ފުފޭތަކުގައި ޓަކި ޖެހީމާ އެ އިވޭކަހަލަ އަޑެއް އިވޭވަރަށް ހަރުވެ މުރަނަވެފައި ހުންނަ ހަރު މައްޓެވެ.


ދެން، ﷲ ގެ އަމިއްލަފުޅު ރޫހުން ހޫރެއްލެވި ހިނދު އެ ހަށިގަނޑު އާދަމްގެފާނަށްވީއެވެ. އާދަމްގެފާނު ޚަލްގުކުރެއްވުމަކީ މަލާއިކަތުންނާއި ޖިންނީންނަށްވީ ބޮޑުކަމަކަށެވެ. ﷲ މުޅިން އާނަސްލެއް ނައުއަށް ދެމިގެންދާ ގޮތަށް އުފައްދަވާތީއެވެ. އެވެރިން ދެކުނު ގޮތުގައި، ﷲ އަށް މަގުފުރެދިގަންނާނެ، އަދި ބިމުގައި ފަސާދަ އުފައްދާނެ ބައެއްގެ ބޭނުމެއް ނެތެވެ. އަހުރެމެން މިތިބީ، ﷲ އަށް ތަބާވެ، ﷲ ގެ އަމުރުފުޅު މަތީގައެވެ. ﷲގެ ކުޅަދުންވަންތަ ކަމަށް އަބަދާއި އަބަދަށް ތަބާވެގެންނެވެ. ވީމާ އަހުރެމެން ފުދޭނެއެވެ. އެހެން ބައެއްގެ ބޭނުމެއް ނެތެވެ.


ދެންފަހެ، އާދަމްގެފާނު ޚަލްގު ކުރައްވައި، ﷲ ގެ ރޫހުފުޅުން ރޫހު ލެއްވެވުމަށް ފަހު ހުރިހާ މަލާއިކަތުންނާއި ޖިންނީންނަށް، އާދަމްގެފާނަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވެމުން، ޖިންނިންތެރެއިންވާ އިބްލީސް ފިޔަވާ އެހެން ހުރިހާ މަލާއިކަތުންނާއި ޖިންނީން ސަޖިދަ ކުޅައޫއެވެ. ﷲގެ އަމުރުފުޅަށް ތަބާވޫއެވެ. ﷲ އަށް ކިޔަމަންވެ ތަބާނުވީ ޖިންނީންގެ ތެރެއިންވާ ލައުނަތް ލެއްވި އިބްލީހެވެ.


ޖިންނީންގެތެރެއިން ނުކުމެ ފައުޅުވި އިބްލީސް އައި ﷲ އާ ދެމެދު ދެކެވުނު ވާހަކަތައް ގުރުއާނުގައި ގެންނަވާއި އަންގަވާފައި ވެއެވެ. އެ ވާހަކަތަކުގައި ލައުނަތް ލެއްވިގެންވާ އިބްލީސް ކަލޭގެ، ﷲ އަށް ދެންނެވިއެވެ.


"ތިމަން އާދަމްގެފާނަށް ވުރެ މާތްވެފަާއި ޝަރަފު ވެރިއެވެ. ﷲ ތިމަން އަލިފާނުން ހައްދަވައި، އާދަމްގެފާނު މަށީންހައްދަވާފައި ވާތީއެވެ. ވީ އިރު މާތްމީހާ އޭނާއަށް ވުރެ ދަށް މީހާއަށް ސަޖިދަކުރާނީ ކުހިނެތް ހެއްޔެވެ؟؟ ދެން ފަހެ، އެހިނދު އިބްލީހަށް، ﷲ ވަހީ ކުރެއްވިއެވެ. ސުވަރުގެ އިން ކަލޭ ނުކުންނާށެވެ. ފަހެ، ކަލޭ ވަނީ، ﷲ ގެ ރަހުމަތާއި ކޮންމެ ހެޔޮކަމަކާއި ﷲގެ ރަހުމަތުން ބޭރު ކުރެވިގެންނެވެ. އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެމައްޗަށް، ﷲ ގެ لعنة ހުއްޓެވެ."


ދެން، އިބްލީސްކަލޭގެ، ﷲ އަށް ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާ ކޮ!! ފަހެ، ޚަލްގުތައް އަލުން ދިރުއްވައި އެއްކުރައްވާ މަހުޝަރު ދުވަސް ކަމުގައިވާ ގިޔާމަތް ދުވަހައި ހަމައަށް ތިމަން އަޅާއަށް މުހުލަތެއް، ފުރުސަތެއް ދެއްވާނދޭވެ!!


ދެން ފަހެ އިބްލީހަށް، ﷲ މިފުރުސަތު، މުހުލަތެއްގެ ގޮތުގައި ދެއްވައި، ﷲ ވަހީކުރެއްވިއެވެ. "ފަހެ، ހަމަކަށަވަރުން، ކަލޭގެ ވަނީ مهلة ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ. ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާންދެނެވެ". އިބްލީސް މަލްއޫނު ކަލޭގެއަށް ދުނިޔެ ފަނާވަންދެން، ﷲ ދެއްވި މުހުލަތުގެ ވާހަކަ އަޑުއިވުމުން، އާދަމުގެދަރީން އެކުގައި މަގުފުރައްދާނެ ކަމަށް، ﷲގެ އިއްޒަތްތެރިކަން ގަންދީ އިބްލީސް ކަލޭގެ އުފަލުން ހުރެ ހުވާކުރިއެވެ.


އިބްލީސް ބާރުން ދުނިޔެދަށުލާގޮތް
އިބްލީސް ބާރުން ދުނިޔެދަށުލާގޮތް

އެއީ ދުނިޔޭގެ އެދުންތައް އާދަމުގެދަރީންނަށް ދައްކާއި ޒީނަތްތެރިކޮށްގެން ނާއި، އެބައި މީހުންގެ ހިތުގައި ޝައްކު އުފައްދައިގެންނެވެ. ދެން، ﷲ ޚިޔާރު ކުރައްވާފައިވާ މުއުމިނު އަޅުންގެ ތެރެއިން އިބްލީހަށް މަގު ނުފުރެއްދޭނެ މީހުން އިސްތިސްނާ ކުރަމުން އިބްލީސް ދެންނެވިއެވެ. "ﷲ ޚިޔާރު ކުރައްވާފައިވާ، ﷲ އަށް އިޚުލާސްތެރި އަޅުން މެނުވީއެވެ. މާނައީ: ﷲ އަށް އިޚުލާސްތެރިވެ މުއުމުނުވި މީހެއް ފިޔަވާ ހުރިހާ މީހުން މަގުފުރައްދާނަމެވެ. އަދި މުހިންމާ އަދާކުރުމުގައި ގިޔާމަތަށް ދާންދެން ދެމި ހުންނާނަމެވެ.


އާދެ! މިއީ، ﷲ އާއި ލައުނަތް ލެއްވި އިބްލީހައި ދެމެދު ވެވުނު އެއްބަސްވުމެވެ. އެގްރީމެންޓެވެ. ވީމާ ދަންނައެވެ! އިބްލީހަކީ ޖިންނިންތެރެއިވާ ބައެކެވެ. އަދި ހުރިހާ ޝައިތޯނުންނަކީ އިބްލީހުގެ ލަޝްކަރެވެ. އެއީ އަހުރެމެން އިންސާނުން ގޮތަށް ކައިވެނިކޮށް ދަރިން ހޯދާއި ޖީންނި ޝައިތޯނުންގެ ލަޝްކަރު ގިނަ ކުރާ ބައެކެވެ. ހަގީގަތުގައި ޖިންނީންގެ އެކި ބާވަތްތަކެވެ.


މި ވާހަކަތައް ގުރުއާނުގެ ސޯދު ސޫރަތުގައި، ﷲ ގެންނަވާފައި ވެއެވެ. ގިނައިން ގުރުއާން ކިޔަވާށެށެވެ. މާނަކިޔާށެވެ. ފަހުމް ވޭތޯ ބަލާށެވެ. ހިދާޔަތުގެ ތެދުމަގަކީ އެއީއެވެ. ހުރިހާ ނުބައިބާރުތަކުން މިންޖުވާނީ އޭރުންނެވެ.


ޖިންނި ޝައިތޯނުންނާއި އިބްލީހުންގެ އެއްވެސް ދެކޮޅުވެރިކަމެއް ދުޝްމަނީއެއް ހެއްދެވި، ﷲ އާ މެދަކު ނެތެވެ. އެއީ ﷲ އަށް ކިޔަމަންތެރި ވެގެން ތިބިބަޔެކެވެ. އެމީހުން އެކުރާ ހުރިހާކަމެއް އެމީހުންނަށް ލެއްވި ބާރުބޭނުން ކޮށްގެން އެކުރަނީ، ﷲ އެމީހުންނަށް ދެއްވި މުހުލަތުގައެވެ. ފުރުސަތުގެ ބޭނުން ހިފާށެވެ.


އޮތީ އަހުރެމެން އިންސާނުންނައި ގިޔާމަތާ އަމައަށް އޮތް، އަދި ދެމި އޮންނާނެ ދުޝްމަނީއެކެވެ. އެވެރީންގެ ދުޝްމަނީ އޮތީ ހަމައެކަނި އަހުރެމެން އިންސާނުންނާއެވެ. ހެއްދެވި ފަރާތް، ﷲ އަކާ ނޫނެވެ. ﷲ ގެ އިޚުލާސްތެރި މުއުމިނުންނަށް ވާން ޖެހެނީ މިފަދަ މަޚުލޫގުންގެ ނުލަފާ ބާރުން ރައްކާތެރިވާށެވެ. ﷲގެ ރޫހާނީބާރު، ނޫރުގެބާރު ގަދަކުރާށެވެ. ވީމާ ދިވެހިތަކުރުންގެ ފޮތަކީ ކީރިތި ގުރުއާން ކަމުގައި ހަދާށެވެ. ހުރިހާ އިލްމެއް ވަނީ އެފޮތުގައެވެ.


ޖިންނިޝައިތޯނުން ގިޔާމަތާ ހަމައަށް ގަބޫލުކުރާ ގޮތާއި އަގީދާ އަކީ، އިންސާނުންނަކީ އެބާގައިގެ އެންމެ ބޮޑެތި އަދުއްވުން ކަމުގައެވެ. އެމީހުންނަށް، ﷲ ދެއްވި މުހުލަތާއި ފުރުސަތުގައި އިންސާނުން މަގުފުރައްދާއި އެމީހުންގެ ދަށަށް ގެންގޮސް ހައްލައިލެވޭތޯ ބަލާނެއެވެ. އިންސާނާގެ ވާއަތުންނާއި ކަނާއަތުންނާއި ކުރިމަތިންނާއި ފަހަތުން ދިމާކޮށް ހަށިގަނޑު ތެރެއަށް ވަންނާނެއެވެ. ވަށައިގެން ދިމާކުރާނެއެވެ. ހުރިހާ ނުބައިކަމަކަށް ވަސްވާސްލައި ދޭނެއެވެ.


ޚާއްސަކޮށް ކޮންމެ އިންސާނަކަށް ދެ މަލާއިކަތުން ޚާއްސަކުރެވިފައި ވާގޮތަށެވެ. އަދި "ޤަރީން" އޭ ކިޔުނު ޝައިތޯނެއް، ކޮންމެ އިންސާނަކަށް ފާކުރައްވާފައި ވާނެއެވެ. ރެއާއި ދުވާލު މި މަލްއޫނު ކަލޭގެ ވަސްވާސް ލައިދޭނެއެވެ. ހުވަފެންތައް ދައްކާނެއެވެ. ނުބައިކަންތަކަށް މަގުފަހި ކުރާނެއެވެ. ރޫހާނީބާރަށާއި ހެޔޮމަގަށް ހުރަސްއަޅާއި އެދޮރުތައް ބަންދު ކުރާނެއެވެ.


ގުރުއާނު ބުނެދެނީ، އާދަމުގެދާރީންނެވެ. ކަލޭމެންނަށް އެމަޚުލޫގެއް ނުފެންނާނެއެވެ. އެހެނަސް އެމީހުން އަބަދުވެސް، ހުރިހާ އިރެއްގައި ވެސް ކަލޭމެން، އިންސާނުން ދެކޭނެއެވެ. އުޅޭތަންތަނުގައި އުޅޭނެއެވެ. އަބަދުވެސް ވިއްދާފައި ހުންނާނެއެވެ. އަދި، ﷲ އައި އިންސާނާ އައި ދެތޭގައި ވާ ތެދުސިރާތުމަގުގައި ދެފައިވަށްކޮށް އިށީންނާނަމެވެ. ހުރިހާ ހެޔޮ ކަމަކަށް ހުރަސް އަޅާނެއެވެ.


އެމަގުން ބޭރުކޮށް ކުރެވެން ހުރި ހުރިހާ ކަމެއް ގަދަބާރު އަޅާއި މަޖުބޫރުކޮށްގެންކޮށް އިންސާނާ އަޣުވާ ކުރާނަމެވެ. ހައްލާއިލާނެއެވެ. ގުރުއާނުގައި ބުނެފައިވާ އަޣުވާ ބަހުގެ ފުރިހަމަ މާނަ އަކީ ކިޑުނެޕުކޮށް ދާން އޮތް ހޮޔެ ތެދުމަގުން އޭނާގެބާރު ބޭނުންކޮށް އެއްކިބާކޮށްލާނެ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ.


މިއީ އަހުރެމެންގެ މައްޗަށް އޮތް، ދުވަހުންދުވަހަށް ހިނގާނެ ހަގީގީ ހަގުރާމައެވެ. ވީމާ މިހަގުރާމަ ބަރާބަރަށް އެހިންގަނީ އެހެންވެއެވެ. ނުރައްކާ ހުރި ކަމެކެވެ. އަދި މިވެރިންގެ ވައުދުގައި، އިސް އެޖެންޑާއެއްގެ ގޮތުގައި ވެއެވެ. ﷲ އުފެއްދެވި އިންސާނުންނަށް ވައުދުވެ ބުނަމެވެ. އަދި ކުރާނަމެވެ. ﷲ އުފެއްދެވި މާތް މަތިވެރި ޚަލްގުކުރުން އޮޅުންބޮޅުންކޮށްލާ ނަމެވެ. އާދަމްގެ ދަރިފަސްކޮޅު އޮޅުވާލާނަމެވެ.


މިއީ މިހާރު މިފެންނަމުންދާ ހުޅަގުގެ ޝައިތޯނީބާރުން، ސިއްރުދަތުން ދުނިޔެއަށް އަމުރުނެރެ ގަވާދުތަކާއި އެއްބަސްވުންތަކުގައި އޮޅުވާލައިގެން ސޮއިކުރުވައި ﷲ އުފެއްދެވި މާތްއިންސާނީ ޚަލްގުކުރެއްވުން ބަދަލު ކުރުމަށް ގަދައަޅައި އެކުރަމުންދާ މަސައްކަތުގެ ވާހަކައެވެ.


ޖިންނިޝައިތޯނުން އިންސާނުންނަށް ހުކުމް ދޭނަމޭ، ވަސްވާސްލައިދީ މަޖުބޫރު ކުރުވާނަމޭ ބުނާ ބުނުމަކީ ދުސްތޫރާއި ގާނޫނުތައް ހަދުވައިގެން ޚަލްގުތައް ބަދަލު ކުރުމަށެވެ. ޖިންސުއޮޅުވާލުމެވެ. އަންހެނުން ފިރިހެނުންނަށް ހަދުވާއި ފިރިހެނުން އަންހެނުންނަށް ހަދުވާނެ ވާހަކައެވެ. އާދަމުގެ ދަރިޔާއަށް ބައިލޮޖިކަލްގޮތުން ބަދަލުގެންނާނެވާހަކައެވެ. އަދި އެޖިންސަށް ހައްގުތައް ހޯދައިދޭނެ ވާހަކައެވެ.


ދާދިފަހުން ނުކުމެގެން އުޅޭ ސަހުޔޫނީބާރުގެ އެދުރެއް ކަމުގައިވާ ޖެފުރީއެޕްސްޓީންގެ ފައިލްތަކުގެ މެއިލް އިން ފަޅާ އެރި ގޮތުގައި އިންސާނާއަށް ބައިލޮޖިކަލީ ބަދަލުގެނެސް އެހެން ހައިވާނީ ސޫރަތަކަށް އިންސާނުނަނަށް ބަދަލުގެނެސްގެން ބަދަލުކުރުން ފަދަ ޖެނެޓިކު ފަންނީ، ތަހުލީލީ މަސައްކަތަށް، އޭގެ އިލްމުދަންނަ އިންޖިނޭރަކަށް ބުލިއަނުންބުލިއަނުން ޑޮލަރު ޚަރަދު ކުރިކަން ވަނީ ސާފުވެފައެވެ.


ޖެފުރީއެޕްސްޓީން ފައިލުގެ މެއިލްތަކުތެރެއިން
ޖެފުރީއެޕްސްޓީން ފައިލުގެ މެއިލްތަކުތެރެއިން

ފަހެ، ޖިންނިޝައިތޯނުންގެ މިހުކުމްތައް، ޝައިތޯނީ ވޯލްޑުއޯޑަރު ތަންފީޒު ކުރާ ގޮތަކީ އިންސާނުންގެ ގިނަ ބައިގަނޑެއް، ގިނަ ދައުލަތްތަކެއް އެބާރުގެ ދަށަށް ގެނެސްގެންނެވެ. ބޯލަންބައިގެންނެވެ. އެމީހުންގެ ކުދިކުދި އެޖެންޓުން އެގައުމުތަކުގައި އުފައްދައިގެންނެވެ. އެތެރޭގައި ތިބެގެން ކުޅޭ ގޮތަށެވެ. މާއްދިއްޔަތުގެ ލޯބިޖައްސާއި ރޫހާނިއްޔަތު އެކުގައި ދުއްވާލާއި ހައްދެއް ނެތި މަޖާކުރުމަށް އިންސާނާއަށް ހުރިހާ ދޮރެއް ހުޅުވައި ދީގެންނެވެ.


ފަހެ މިކަން ކުރާނެ ގޮތަކީ މިހާރަކަށް އައިސް ފަޅާއަރަމުން މިދާގޮތަށްސަހުޔޫނީ ޔަހޫދީބާރުން އެކިކަހަލަ އެކިނަން ނަމުގައި ކުލަބުތައް، ޚާއްސަ ޖަޒީރާތައް ހަދައިގެންނެވެ. އެތަންތަނުގައި ޚާއްސަ އެއްވުންތައް އިންސާނީލެއިން ޝައިތޯނުންނަށް ގުރުބާނީ ދީ، ބޮޑަށް ޝައިތޯނީބާރު ލިބިގަނެ ވަހުޝީވުމުގެ ހުރިހާކަމެއް އެތަންތާގައި ފަހިކޮށް ދީ، ކަންވޮށިގެންވާ ގިނަ ބަޔަކު އެމަޅީގައި ޖައްސާއި އަޣުވާކޮށް ގެންނެވެ. އެޖަމާއަތް ބޮޑު ކޮށްގެންނެވެ. އޭގެ މުޖުތަމައަކަށް މުޅިމުޖުތަމައު ހަދާލައިގެންވެ. މިއީ ހުޅަގުގެ ސިއްރުދައުލަތުން މިކަން ކުރާ ގޮތެވެ. މިއީ ދައްޖާލީ ސިސްޓަމެވެ. އަދި މިއީ އެއްލޮލުގެ ބާރުކަމުގައިވާ މާއްދިއްޔަތު ރަމްޒުކޮށްދީގެން އިންސާނުން މަގުފުރެއްދުމެވެ.


މިއީ ހަގީގަތެވެ. މި ހަގީގަތަށް ނަޒަރު ކުރުމުން ޖިންނިޝައިތޯނުންގެ ތެރޭގައި ގޮތްނޭންގޭ އެތައްއެތައް މަޚުލޫގުންނެއް ހިމެނޭނެއެވެ. އެކިއެކި ޒީނަތްތެރިކަމުގެ ތެރޭގައި މިވެރިން ޘާމިލުވެގެން ދާނެއެވެ. އަދި އެބައިމީހުން އެކިދުޔިތެތަކުގެ ޖައްވު ތަކުގައި އުޅޭ އިރުވެސް އަހުރެމެން އިންސާނުންގެ ވަށައިގެން ވަސްވާހާއި އަވަލުމުގައި ދިރިއުޅެމުން ދާނެއެވެ. ﷲ ހަތްދުނިޔެ އުފައްދަވާފައިވެއެވެ. އަދި އެވެރިން އެއްދުނިޔެ އިން އަނެއް ދުނިޔެއަށް، އެއްއުޑުން އަނެއްއުޑަށް ދަތުރުކޮށް ދެވޭ ގޮތަށެވެ. އަދި ދަތުރުތައް ކުރުމުގެ ގާބިލުކަން އެ މަޚުލޫގުންނަށް ލިބިގެން ވާނެއެވެ.


އިންސާނުންނަށް، ﷲ އަންގަވާފައި ވަނީ ފޮތުގެ އިލްމު، ގުރުއާނުގެ އިލްމު އެގެނި ދަސްކުރުމަށެވެ. ރޫހާނީ ބާރާއި މާއްދީބާރު ވަނީ ދެއްވާފައެވެ. ދުނިޔޭގައި ލައްވާފައެވެ. ދުނިޔޭގައި އާދަމުގެ ދަރީންނަށް ވެސް މިދެބާާރުގެ ޚީޔާރު ކުރުން އޮތީ ލައްވާއި ދޫކޮށްލައްވާފައެވެ. އިބިލީސްގެ ބާރަކީ ޝައިތޯނީބާރެވެ. ﷲ ގެ ރޫހާނީބާރު ދޫކޮށް، ޖިންނި ޝައިތޯނުންނަށް، ﷲ ދެއްވި މާއްދީބާރު ލިބިގަނެ މުޅި މި ދުނިޔެއަށް އެބާރުން ވެރިވާން މަސައްކަތް ކުރާ ބަޔަކީ މި ދުނިޔޭގައި ސިއްރު، އަނދިރި ދައުލަތެއް އުފައްދައިގެން އުޅޭ ސަހުޔޫނީ ޔަހޫދީންނެވެ. މާއްދީބާރަކީ އެއްލޯކަމުގައި ރަމްޒުކޮށްގެން އުޅޭ ބާރެވެ.


މިކަންތަކަށް، މުންކަރާތްތަކަށް އޮތްހަމައެކަނި ހުރަހަކީ، ފަޔާވޯލަކީ އިންސާނާ ރޫހާނީބާރު ގަދަ ކުރުމެވެ. ﷲ ގެ ނޫރުން ބާރުލިބިގަތުމެވެ. ގުރުއާން އަސްލުފޮތަށް، ދުސްތޫރަށް ހެދުމެވެ. ބައިވަރު ކުދިކުދި ކަންތަކުން ޝައިތޯނީބާރު ފަހާލައި ދެކަކުލަށް ވައްޓާލައި މާފަށް އެދި އާދޭސްކުރަމުން ފަހަތުން ދުވާ ހިސާބަށް ދުރައް ފަހާލެވި ދާނެއެވެ. އަހުރެމެން އިންސާނުންނަށް ކެރެންވީއެވެ. ތެދުމަގަކީ އަމިއްލަ ގޮތްކަމުގައި ހަދަންވީއެވެ. ޝައިތޯނީ ވޯލްޑުއޯޑަރަށް ކެރިގެން ފުރަގަސް ދޭންވީއެވެ.


ފަހެ، މިއީ އިލުމިނާޓީންނާއި ފުރީމޭޝަނަރީންނާއި ބޮހީމިއަން ކުލަބުތަކާއި ލަޔަން ކުލަބުތަކާއި ރޯޓަރީކުލަބުތައް އުފެދުނު ގޮތެވެ. ޝައިތޯނީ އަޅުކަމާއި ޝައިތޯނީބާރު ފެށުނު ގޮތެވެ. މިބާރުގެ އަހުލުވެރި މީހުންގެ އަގީދާ އަކީ، ޖިންނި ޝައިތޯނުންގެ ބާރުން، ބާރު ލިބިގަނެގެން، ސުލައިމާހުގެފާނުގެ ތަޚުތީވެރިކަން ދުނިޔޭގައި އެމީހުންނަށް އަނބުރާ ހޯދާއި ގައިމު ކުރުމެވެ. ތިންވަނަ ޓޭމްޕަލް އަނބުރާ ފަލަސްތީނުގެ ބިމުގައި އުފެއްދުމެވެ.


ފުރަތަމަ ސޮލީބީ ހަނގުރާމައިގެ ތެރެއިން ފަލަސްތީނުން ޖަހައިގަނެގެން އިގިރޭސިވިލާތަށް ގެންދިޔަ ސުލައިމާނުގެފާނު ތަޚުތުގައި އިން ހިލައިގެފިލާ އަނބުރާ ގުދުސަށް ގެނެސް އަލުންބަލުން އެމީހުންގެ ޓެމްޕަލް، ފައްޅީގެ ވެރިކަން ބިނާކުރާށެވެ. މި ހިލަ އަކީ އެވެރިން ދެކޭގޮތުގައި ދާއޫދުގެފާނު ބާލީހަކަށް އިށީދެވަޑައިގަތުމަށާއި އޮށޯވެވަޑައިގަތުމަށް ބޭނުންކުރެއްވި ހިލައެވެ. ތަންމައްޗެވެ.


ކަންއާނީންގެ ބިމުން ވަގަށް ގެންދިޔަ ހިލަ ބޭނުންކުރާ ތަޚުތު
ކަންއާނީންގެ ބިމުން ވަގަށް ގެންދިޔަ ހިލަ ބޭނުންކުރާ ތަޚުތު

ސަލީބީހަނގުރާމަ ވެރިންގެ ތެރެއިން ބަޔަކު ކާމިޔާބު ހޯދާއި ބައިތުލްމަގުދިސަށް ވަދެ ފަހަތަ ހޯދި ފުރަތަމަ ބައިގަނޑު އެމީހުންނަށް ނަންދީ ބޭނުންކުރަމުން ގެންދަނީ ނައިޓްސްޓެމްޕުލާ ގެނަމުންނެވެ. މިއީ ސުލައިމާނުގެފާނު ތަޚުތު ބެލެހެއްޓި ޝައިތޯނިބާރަށް ނިސްބަތްކޮށް އެވެރިން ކިޔާފައިވާ ނަމެކެވެ. ކަޅުޖާދޫ ކަމުގައިވާ ކަބާލާ ޖާދޫ ފޮތްތައް ވަގަށް ނަގައިގެން ގެންދިޔަ ސަލީބީ ފައުޖުތަކުގެ މީހުން، އެމީހުން އަމިއްލައަށް އެމީހުންނަށް ދީފައިވާ ޝަރަފުވެރި ނަމެވެ.


މި ގުރޫޕުގެ ތެރެއިން ދެން އުފެދުނީ އިލުމިނާޓީންނާއި ފުރީމޭޝަނަރީންގެ ޖަމާއަތެވެ. އޭގެ ގުރޫޕުތަކެވެ. ކުލަބުތަކެވެ. މިއުޅެނީ އެއްބައެކެވެ. އެކިނަންނަމަށް ބެހިގަތީ އެވެރިންގެ މަގުސަދު ހާސިލުކުރުމަށް ފަސޭހަ އަކަށެވެ. އިލުމިނާޓީންގެ މަރުކަޒަކީ އެމެރިކާއެވެ. އެމެރިކާގެ ނިއޫޔޯކުގެ ކުޑަޖަރީރާއެއް ކަމުގައިވާ، ލިބަޓީއައިލޭންޑު ގައި ބަހައްޓާފައި ހުންނަ ލިބަޓީރަމްޒުކުރާ، އިރަށްރަމްޒުކުރާ އިރުކަލާނގެ ބޮޑުބުދަކީ މައްކާ ގެފުޅުތެރޭގައި ޔަހޫދީން ގެންގުޅު އެންމެ ބޮޑުގެބުދުގެ ރަމްޒެކެވެ.


ރޯމަނުންގެ އިރުގެކަލާނގެ ރަމްޒުކުރާ ލިބަޓީގެ ބޮޑު ބުދު
ރޯމަނުންގެ އިރުގެކަލާނގެ ރަމްޒުކުރާ ލިބަޓީގެ ބޮޑު ބުދު

ހުރިހާ ފަންނެއްގެ ސައިންސުގެ ރޮގުން ކުރިހޯދައި ކުރަމުން އެގެންދާ ހަނގުރާމަ އަކިީ އެމަގުސަދު ހާސިލު ކުރާން ކުރާ މަސައްކަތެވެ. ބޭނުމަކީ ދައްޖާލީ ސިސްޓަމް ދުނިޔެއަށް ގެންނާށެވެ. އަދި ދޮގުވެރި ކައްޒާބު ހަގީގީދައްޖާލު އަވަހަށް ގެނައުމަށް ކުރާ މަސައްކަތެވެ. ހަގީގަތުގައި ކީރިތި ރަސޫލާގެ ޒަމާނުގެ ރޯމަނުންނަކީ މިހާރުގެ ޔޫރަޕެވެ. ސަލީބީ ހަނގުރާމަތައް ފެށީ ޔޫރަޕުގެ ޔަހޫދީންނެވެ.


އެއީ ތިންވަނަޓެމްޕަލްގެ ވެރިކަން ވުޖޫދު ކުރުމަށް ހިންގާހާ ކަންތަކެވެ. ހަނގުރާމައެވެ. ސަލީބީން އިނގިރޭސިވިލާތަށް ގެންދިޔަ ދާއޫދުގެފާނުގެ ތަޚުތު، ފަހުން ސުލައިމާނުގެފާނުގެ އެތަޚުތު އަނބުރާ ގެނެސް އަލުން އެމީހުންގެ ވެރިކަން ކަންއާނީންގެ ބިން، ފަލަސްތީނުގައި ގައިމު ކުރާށެވެ. މިވެރިންގެ އަގީދާ އަކީ ތާޑުޓެމްޕަލް ބިނާ ކުރެވެމުން އެތަޚުތު އިނގިރޭސިން އިސްރާއީލަށް ދޭނެކަމަށެވެ. ހަދިޔާ ކުރާނެކަމަށެވެ.


ހަގީގީދައްޖާލަކީ މިވެރިންގެ އެންމެވަރުގަދަ ބާރެވެ. އެއީ މިވެރިންގެ އެޓަމްބޮމެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި ވެއެވެ. ނޫހުގެފާނަށް ފަހު އައި ހުރިހާ ނަބީންނާއި ރަސޫލުން މަސީހުއްދައްޖާލުގެ ފިތުނައިން ރައްކާތެރިވުމަށް ގޮވާލެއްވިއެވެ. އަމުރު ކުރެއްވިއެވެ. މިއިން ސާފުވާ ގޮތުގައި ހަގީގީދައްޖާލުގެ ޝައިތޯނީ ޖާދުވީ ކުޅިވަރުތައް، ބޮޑު ސިހުރުގެ ބާރެއްގެ ގޮތުގައި ނޫހުގެފާނުގެ ޒަމާނުގައި ތަޖުރިބާ ކުރެވިފައި ވާކަމެވެ.


ނޫހުގެފާނުގެ ކުރިން އާދަމްގެފާނައި ނޫހުގެފާނައި ދޭތެރޭގައި ޝީސްގެފާނައި އިދުރީސްގެފާނާއި އެހެން ބޭކަލުން ވަޑައިގަތެވެ. އާދަމުގެފާނާއި ހައްވާގެ ނަސްލުން ވަޑައިގަތް ޝީސްގެފާނަކީ ގާބީލުގެ ދަރިކަލުންނެވެ. އާދަމްގެފާނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ކަހާނަތުގައި އަރާހުންނެވި އެއިލްމު ވަރަށް ފުންކޮށް ދަނެވަޑައިގަންނަވާ ބޭފުޅެކެވެ.


އަދި އިދުރީސްގެފާނަކީ ލިޔެކިޔުމާއި ފޮތްލިޔުމުގައި އަރާހުންނެވި އިލްމުވެރިއެކެވެ. ފުރަތަމައަށް ގަސްކަނޑައި ލަކުޑި ބޭނުންކުރައްވާއި އިމްރާނީ ކަންކަމުގައި ބޭނުންކުރެއްވިއެވެ. ސުވަރުގެއަށް އުފުއްލަވާއި ޒިޔާރަތެއް ދެއްވިއެވެ. އަދި އޭގެ ފަހުން އުޑަށް އުފުއްލެވި ބޭކަލެކެވެ. އާދަމްގެފާނަކީ ހުރިހާ އާލަމްތަކަށް ޚަލީފާކުރެއްވި ބޭފުޅަކަށް ވާތީ އެކި އާލަމްތަކަށް ކަޅުހޮރުން ދަތުރުކުރެއްވުމުގެ ގާބިލުކަން ދެއްވާފައި ވެއެވެ. އިގުރީސްގެފާނަކީ އެހެން އާލަމްތަކަށް މިދުނިޔެއިން ދަތުރުކުރެއްވި ނަބީއެކެވެ.


އޭރު އޮތީ ޖީންނީންގެ ވަސްވާސް ތަކާއި ކަހާނަތު އިލްމުގެ ޖާދޫގެ ކުޅިވަރުތައް ވަރަށް އާންމުވެފައެވެ. ކަހާނަތާއި ކަޅުޖާދޫގެ ޝައިތޯނީ ބާރު، ދައްޖާލުގެ ވާހަކަތައް މިގޮތަށް ގެނެވިފައެއް އޭރަކު ނެތެވެ. ވާރިދުވެފައި ވެސް ނެތެވެ. އެހެނަސް އެދޭތެރޭގައި ބާރަވަރަކަށް ނަސްލު ދުނިޔޭގައި ދިރިއުޅެފައި ވެއެވެ.


އެދޭތެރޭގައި އެއްވެސް ގޮތަކަށް ދައްޖާލުގެ ބިރުވެރިކަމުން ސަލާމަތް ވުމަށް އެއްވެސް ނަބީބޭކަލަކު ގޮވާލައްވާފައެއް ނެތެވެ. ދައްޖާލުކަލޭގެ އަކީ އެންމެމަތީ އިބްލީހުގެ ބާރެވެ. އެއީ ބޮޑު ސަރުދާރެވެ. ވީމާ ގަބޫލު ކުރެވެނީ އިދުރީސްގެފާނަށް ފަހު ވަޑައިގެންނެވި ނޫހުގެފާނުގެ ދައުރުގައި ޝައިތޯނީބާރުގެ ބޮޑެތި ކަންތައްތަކެއް، ނޫނީ އާދަޔާޚިލާފު ޝައިތޯނީބާރުގެ ހާދިސާތަކެއް މިދުނިޔޭގައި ހިނގާފައި ވާނެ ކަމަށެވެ. އޮވެދާނެކަމަށެވެ. އެދުވަސްވަރު މިއިން ކަޅުހޮރަކުން ދައްޖާލު ވެސް މި ދުނިޔެއަށް އައި ކަމުގައި ބެލެވެއެވެ. މިހާރު، ﷲ ލެއްވިތަނެއްގައި ބަންދުގައި ވީއެވެ.


ގުރުއާން ބުނެދެނީ އިބްލީހުގެ މާސިންގާ ގަބީލާ އަކާއި ބޮޑުބާރެއް ވާނެކަމުގައެވެ. އެމީހުންގެ މުހިންމާތައް، ވަޒީފާތައް ބަރާބަރަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އާދަމްގެފާނުންގެ އިރުން ފެށިގެން ވައުދުވެ އެއްބަސް ވެފައިވާ ގޮތަށް އާދަމުގެ ދަރިން އަޣުވާ ކުރުމާއި ކިޑުނެޕުކުރުމާއި މަގުއޮޅުވާލުން މި ދުނިޔޭގައި ދާނީ ކުރިޔަށެވެ.


އާދަމްގެފާނުގެ ދެ ދަރިކަލުންނަށް ވެސް މިހަމަލާތައް ސީދާކޮށް އައެވެ. އަދި ޝީސްގެފާނައި އެދަރީންގެ ދަރީންލައްވައި ބިމުގެ އެކިހިސާބަށް ގެންގޮސްގެން ބޮޑެތި އާބާދީތައް ހައްދުވާ އުމްރާނީ ގޮތުން ދުނިޔެ އާބާދު ކުރުވިއެވެ. އިމްރާނީ ކަންކަން ގަދަޔަށް ބާރަށް ހިންގުވީއެވެ. އިންސާނީ އާބާދީ ބާރަށް ގަދަކޮށް ކުރިޔަށް ގެންދިޔައެވެ. މިދުނިޔޭގެ އެކި ހިސާބަށް އާބާދީ ފެތުރިއެވެ. އޭގެތެރެއިން އެމުޖުތަމައު ތަކުގައި އެންމެ ފުރަތަމަ އާންމު ކުރުވީ ޒިނޭއެވެ. ދެން ރިބާގެ ފިޔަފާރިތަކެވެ. މިކަން މިގޮތަށް ދެމެމުން އިދުރީސްގެފާނު ދައުރަށް ވާސިލުވީއެވެ.


ދެން، ޝީސްގެފާއި އިދުރީސްގެފާނު ދައުރުތެރޭގައި ޝައިތޯނީބާރު ބިމުގައި ހެސްކިޔާފައި ގަދަކުރިއެވެ. ސިހުރުހާހޫރަ އާންމު ކުރިއެވެ. މިވެރިންގެ އިސް ސަރުދާރުންގެ، ޖެނަރަލުން ފެންވަރުގެ ބާރަވަރަކަށް މީހުން ވެގެން އެމީހުންގެ މެދުގައި ވަރުގަދަ އެބަސްވުމެއް ހެދީއެވެ. އެ އެއްބަސް ވުމުގެ ދަށުން މިދުނިޔެއަށް ޖިންނީންތެރެއިން އިބްލީހުގެ ސަރުދާރުން ފެންވަރުގެ ޖަމާއަތެއް އިންސާނުން ފަސާދަ ކުރުމަށް މިދުނިޔެއަށް ދަތުރުކުރީއެވެ. ދުނިޔޭގެ ބިމަށް ފޭބީއެވެ. އެޒަމާނުގައި ބުލެކުހޯލް، ކަޅުހޮރުން ދަތުރުތައް ކުރެވިފައި ވާކަމަށް ބައެއް ފޮތްތަކުގައި ވާރިދުވެފައި އެބަ ހުއްޓެވެ.


މިކަން ސާފުވެ އޮޅުން ފިލަނީ، ބުކް އޮފު އިނޯކު އިތޯޕިއަން ބައިބަލްގައި މިވާހަކަތައް އައިސްފައި ވާތީއެވެ. އިނޯކު، ޔައުނީ އިޚުނޫކު ނޫނީ އިޚުނޫޚު މިއީ އިދުރީސްގެފާނުގެ އިބުރާނީ ނަންފުޅެވެ. އިދުރީސްގެފާނުގެ ވާހަކައެވެ. އެކަލޭގެފާނަށް ބާއްވާލެއްވި ތިރީސް ސަހީފާއެވެ. އިދުރީސްގެފާނަށް ސަހީފާތަކެއް، އެކަލޭގެފާނަށް ޚާއްސަކިރެވިފައި ހުންނެވި މަލާއިކަތެއް މެދުވެރިކޮށް ލިބިވަޑައިގަތެވެ.


އެންމެ ސައްހަ އެއްބައިބަލް ކަމަށް އަހުރެން ގަބޫލު ކުރަނީ މިބައިބަލެވެ. އެހެނަސް މިއީ ވެސް ބާއްވާލެއްވި ގޮތަށް އޮތް ފޮތެއްނޫނެވެ. މިހާރު އެވަނީ އުނިއިތުރު ގެނެވިފައެވެ. އީސާގެފާނަށް ފަހު އޯމަނުން ދެވަނަ ޓެމްޕަލް ތަޅާލުމަށް ފަހު ގެންދިޔަ ފޮތްތަކު ތެރޭގައި ހިމެނުނު މިބައިބަލް ވަނީ އެމީހުން ސިއްރުކޮށްފައެވެ. ދުނިޔެއަށް ފޮރުވާފައެވެ. އެހެނަސް މިހާރަކަށް އައިސް ޗާޕުކޮށްގެން އެބަނެރެއެވެ.


ބައިތުލްމަގުދިސް ތަޅާލާއި މުގުރާލެވުނު އިރު ތިބި ދީނަށް ލޯބިކުރާ މީހުން އެމީހުން، އެމީހުން އަތުގަޔާއި ޓެމްޕަލްގައި ހުރި ފޮތްތައް ރޯމަނު ސަލީބީންގެ އަތު ޖެހުނަ ނުދިނުމަށް، ނައްތާލާއި އަންދާލިޔަ ނުދިނުމަށް އެކި ހޮހަޅަތަކުގައި ފަހަށްދެމިދާގޮތަށް އެކަމަށް ޚާއްސަ ކުރެވިފައިވާ މަށީގެފުފޭތަކަކަށް ލާފައި ވަޅުލީއެވެ. މިހާރުގެ އުރުދަން ގައި އޮންނަ ޑެޑުސީކައިރި ހިސާބެއްގެ ކުމްރާން ހޮހަޅައިން ފެނުނު ޑެޑުސީސްކުރޯލްސް ތަކުތެރޭގައި އިދުރީސްގެފާނުގެ މިސަހީފާތައް ހިމެނުނެވެ.


އިތޯޕއާ ބައިބަލް ބުކު އޮފު އިނޯކު
އިތޯޕއާ ބައިބަލް ބުކު އޮފު އިނޯކު

އިތޯޕިއާ، ހަބަޝްކަރައިގެ ކުރީގެ ރަސްގެފާނު ނަޖާޝީ ވަނީ މިފޮތުގެ ދިރާސާތަކުގެ އަލީން ކީރީތިރަސޫލާ އައި ބައްދަލުވުމެއް ނެތި، ނުދެކި ހުރެ، އެކަލޭގެފާނަކީ، ﷲ ގެ އެންމެ ފަހުގެ ރަސޫލާކަމުގައި ހިތުގެ އަޑިން ގަބޫލުކޮށް ހަދާފައެވެ. އަދި ދެސިޓީއެއް އޭނަޔައި ކީރިތި ރަސޫލާ އައި ދެމެދު ބަދަލު ކުރެވިފައި ވެއެވެ. މިހާރުވެސް އިސްލާމީ ތާރީޚުގައި އެލިޔުން ފެންނާން އެބަހުއްޓެވެ. މިސީޓީގެ މަތަނަށް، ޖުމްލަތަކަށް ނަޒަރު ކުރާ އިރު ގާތް ދެރަހުމަތް ތެރީންގެ ސިޓީތައް ފަދަ އެކުވެރި ގާތްކަމެއް ފާހަގަވެއެވެ.


މިރަސްގެފާނު، ނަޖާޝީ އަވަހާރަވުމުން ކީރިތި ރަސޫލާ ހުރިހާ ސަހާބީން އެއްކުރައްވައި ޣައިބަށް ކަށުނަމާދު އިމާމުވެ ކުރެއްވިއެވެ. މިއީ ރަސޫލާގެ ޒަމާނުގައި ކުރެވުނު ފުރަތަމަ އަދި ހަމަ އެކަނި ކަށުނަމާދެވެ. މިޚަބަރު ކީރިތި ރަސޫލާއަށް، ނަޖާޝީރަސްގެފާނު އަވަހާރަވެއްޖެ ކަމުގެ ޚަބަރު ގެނެސްދެއްވީ މަލާއިކަތުންނެވެ.


އިތޯޕިއާގެ މިބައިބަލްގެ ފޮތެއް ބުނާ ގޮތުގައި އުޑުން ހުޅުވިފައިވާ ކަޅުހޮރެއް، ދޮރަކުން އިބްލީސްކަލޭގެ ބާރުގަދަ ޖެނެރަލުންގެ ބަޔަކު މިދުޔެއަށް ގެނައި ކަމަށެވެ. އެހެން ސަމާވީ ފޮތްތަކުގައި މިމީހުންަނަށް އުޑުންފޭބި މަލާއިކަތުން ކަމުގައި ފޯލަންއޭންޖަލްސް ގެ ނަމުން ނަންގަނެވިފަ ވެއެވެ. އެއީ ގަދަފަދަ ވެގެންވާ ބުންވަރު ހުރި ބިޔަބައެކެވެ. މިމަޚުލޫގުންނަށް ނަފްތޭލިއަންސް، އަނާކީމްސް، ނަފްލީމްސް އޭ ވެސް ކިޔާ އުޅެއެވެ. ސަރީހަކޮށް މިބައިމީހުންގެ ވާހަކަ ގެނެވިފައި ވަނީ އިކޯކުފޮތުގައެވެ. މިތާގައި އެމީހުންނަށް ކިޔުނު ނަން މުހިންމެއްނޫނެވެ. ފާހަގަކުރަންވީ އިސްކޮޅުން ބޮޑެތި ވަރުގަދަ ބަޔަކު މި ދުނިޔެއަށް އައިކަމެވެ. މިއީ އެމީހުންގެ ބަދަހިވެގެންވާ ވަރުގަދަ ޖެނެރަލުންނެވެ. ކޮމާންޑަރުންނެވެ.


މިޖެނެރަލުންތައް އިންސާނުންގެ ތެރެއިން އަންހެނުންނައި އިޝްގީ ގުޅުން ހިންގައި ކައިވެނިކޮށް ގިނައިން ދަރީން ވެސް ހޯދިކަމަށް ބުނެވެއެވެ. މިވެރިންގެ ޝަހުވާނީ ލައްޒަތު ހުރިގޮތުން އިންސާނުންގެ ތެރެއިން އަންހެންވެރިން ކައިވެނި ކުރުމަށް އަވަސްވެގަތެވެ. މި ކައިވެނިތަކުން ގިނަގުނަ ދަރީންތަކެއް އުފަންވިއެވެ. މިކައިވެނިތަކުގެ ތެރެއިން ޚަލްގުވެ ލިބުނު ދަރީންގެ އަސްލާއި ސޫރަ އޮޅިދިޔައެވެ. މޫނުގެ ސިފަ މުޅިން އެހެން ޖަނަވާރެއްގެ ސިފަ ހުރެފައި ހަށިގަނޑަށް އިންސާނީ ސޫރަލިބިފައި ވިއެވެ.


ދެން މިދަރިކޮޅުގެ ދަރީންގިނަވެ އިތުރަށް ޖަނަވާރުންނާ އެކު ޖިންސީ ގުޅުން ހިންގައި ގިނަބަޔަކު އެގޮތުގައި ވެސް ދުނިޔޭގައި އުފަންކުރީއެވެ. އަދި އާދަމުގެ ދަރިޔާގެ ނަސްލު އޮޅުވާލުމުގެ އޮއްތައް ގިނައިން އިންދެން އޮތް ހުރިހައި ގޮތަކަށް ޖަނަވާރުންނާއި ގަސްގަހާ ގެހީގަޔާއި ބިމުފަސްގަނޑަށް ދާންދެން މިއޮއް އިންދާއި ވަޅުލާ ހެދީއެވެ. ދިރުމުގެ ނަސްލުތައް ބޮޑުކޮށް އޮޅުވާލިއެވެ. ދެން މިގޮތުގައި ނުކުތް މަޚުލޫގުންނަކީ، އިންސާނުންގެ ޚަލްގުބަދަލު ކުރުމަށް ޖިންނި އިބްލީސްވީ ވައު ފުއްދި ގޮތުގެ ނަތީޖާއަށެވެ.


މި ވާހަތައް އައިސްފައި އޮންނަނީ އިތޯޕިއާގެ ބައިބަލުގައެވެ. އިނާކުފޮތުގައެވެ. ސަމާވީ ފޮތްތައް ބަދަލުކޮށް މަސްނޫއީ ބައިތައް އެކުލަވާލާފައި ހުއްޓަސް ފަހުޒަމާނު ބޮޑު ފިތުނަ އާއި ފަހުޒަމާނުގައި ހިންގާނެ ކަންކަން ދެނެގަތުމުގެ ދިރާސާ ކުރުމަށް މި ބައިބަލްތަކުގެ އެހީ ހޯދަން އިލްމުވެރިންނަށް ޖެހެއެވެ.


ލައުނަތްލެއްވުނު އިބްލީސް، ﷲގެ ތަޚުލީގު ބަދަކު ކުރި ގޮތަކީ މިއީއެވެ. ހުސް އޮޅުވާލުމެވެ. މަކަރާއި ދޮގެވެ. ހީލަތުގެ އުކުޅުތަކެވެ. މިއީ ނޫހުގެފާނު ޒަމާނުގައި ޝައިތޯނީ ކުޅިގަނޑު ބިމުގައި ކުޅުނު ގޮތެވެ. ދައްޖާލީ ބާރު ގަދަކުރި ގޮތެވެ. މިހާރުގެ ޑިކްޓޭޓަރުން ވެސް އޮޅުވާލުމުގައި މިގެންގުޅެނީ މިކަންކަމެވެ. އެއީ ދައްޖާލީ ބާރުގައި ބާރު ހޯދާއި ވެރިވެގަތުމަށް މިއީ މަޖުބޫރު މާއްދާއެކެވެ. ހަގީގަތުގައި މަސީހުއްދައްލާކީ މިވައުދާއި އޮޅުވާލުމުގެ ތެރެއިން އުފަންވީ ދައްޖާލުކަލޭގެވެ. އެހެންވެ ދައްޖާލަކީ މިހާރުވެސް އުފެދިފައިވާ ހަށިގަނޑެކެވެ. ޖިސްމެކެވެ. ކޮންމެވެސް ތަނެއްގައި، ﷲ ގެ ގުދުރަތުން ފާޅުވުމުގެ ވަގުތު ޖެހެންދެން ހިފޭއްޓިފައި ވަނީއެވެ. ޔައުޖޫޖުމައުޖޫޖު ބާގަ ގޮތަށެވެ.


މިއީ ހުރިހާ ފޮތްތަކެއް ދިރާސާ ކުރުމުން، ވެދިޔަ ގޮތެއް ކަމުގައި ބެލެވިދާނެއެވެ. ސަތޭކަޕަސަންޓުކޮށް އަހުރެންނަށް ވެސް ބުނާކަށް ނޭނގެއެވެ. އޮތީ ގިނަ ފޮތްތައް ބަލާއި ދިރާސާކޮށް ފިކުރު ކުރުމެވެ. ދިރާސާތައް ކުރުމެވެ. އިލްމު އިތުރަށް ހޯދާއި ލިބިގަތުމެވެ.


މިޒަމާނުގައި ބިންކޮނެހޯދާ އިލްމުވެރިންގެ ގުރޫޕުތަކުން މިހޯދާ ބޮޑެތި ހަށިތަކަކީ އެޒަމާނުގައި މިގޮތަށް އުފެދިފައި ހުރި ބިޔަބޮޑެތި އެކިސިފަސިފައިގެ ހަށިތަކެވެ. އެއްގޮތަކަށް ވެސް މިއީ އާދަމުގެ ދަރިކޮޅުން ސީދާކޮށް އައި ބައެއް ނޫނެވެ. އަދި އާދަމްގެފާނަކީ ރާމާމަކުނުން ތަރައްގީވެ ބަދަލުވަމުން އައިސް އިންސާނަކަށްވީ ހަށިގަނޑެއްނޫނެވެ. މިއީ ސީދާ ގުރުއާނައި ޚިލާފު ތިޔޮރީއެކެވެ.


ދުނިޔޭގެ ހަތަރުބިތަށް ބަލާއިރު ވެސް އިލުމިނާޓީ މީހުންގެ އިސްބުދުގެ ސިފަ ކުރަހައި، އަދި ކޮނުމުން ފެނިފައި ހުރީ އެއް ސޫރައެއްގަ ހުރި ބުދުތަކެވެ. ދެދަޅުލާއި ބަކަރިމޫނެއް، އެމީހުން އެގެންގުޅޭތަން ފެންނަ ގޮތަށް ހުރި ބުދުތަކެވެ. މުޅި ދުޔެއިން ހަތަރުބިތުން އެއްސިފައެއްގެ މުގައްދަސް ސޫރަ، ޝައިތޯނީ ބާރުން ލިބިގަނެގެން މިއުޅޭ އުޅުމަކީ، ޖިންނި ޝައިތޯނުން މި ދުނިޔޭގައި އާދަމުގެދަރީންގެ ޚަލްގު އޮޅުވާލުމުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ޝައިތޯނީ ދައްޖާލީ ބާރުތައް އޭރުގެ އެޒަމާންތަކުގައި އުޅެފައިވާކަމުގެ ހެއްކެވެ.


ހުރިހާ ދިމާ އަކުން ވެސް ފެނިފައި ހުރީ ގޯޓުފޭސް އާއި ދެދަޅުގެ ބޮޑެތި، އަދި ކުދި ބުދުތަކެވެ. ކަނލާގެތަކެވެ. ބާލިޣުނުވާ ޅަކުދިން ގުރުބާންކޮށްގެން ޝައިތޯނީބާރު ލިބިގަނެ ހޯދައިގަންނަ އެޖަމާއަތްތަކުގެ ބުދުކަލާނގެއެވެ. އިދުރީސްގެފާނު ޒަމާނުގައި އުޑުން ހުޅުވުނު ޕޯޓަލްހޮރުން، ދޮރުން މި ދުނިޔެއަށް އައި ނަފްތޭލިއަންސް، އިބިލީހުގެ ޖެނެރަލުންގެ ނަންތަކާއި މިބުދުތަކުގެ ނަންތައް މުޅިން އެއްގޮތެވެ. އިލުމިނާޓީންނަކީ މިހާރު ކުޑަކުދިންނާއި ބެހި އެކުދިން ކަތިލައިގެން ތިބެ އެބުދަށް އަޅުކަންކޮށް ޝައިތޯނީބާރު ލިބިގަންނަ ޔަހޫދީންނެވެ.



ގޯޓުފޭސްބުދުތައް
ގޯޓުފޭސްބުދުތައް


އިންސާނުންގެ ފަހަތުން އޮޅުންބޮޅުން ދުނިޔެއަށް ގެނުވި ބައިގަނޑުވެސް، ދުނިޔޭގެ އެތަންމިތަކަށް ދަތުރުކޮށް ލާމެހި، ދުނިޔޭގެ ހުރިހާ ތަންކޮޅެއްގައި މީގެ ދަރިފަސްކޮޅު ގިނަވާން ފެށުނީއެވެ. ބުދުތަކާއި ބުދުތަކުގެ ނަންތައް މިގޮތަށް އައިސް މިޒަމާނަށް ނޫހުގެފާނަށް ފަހު ވެސް ވާރުތަވެފައި ވަނީއެވެ.


ނޫހުގެފާނު ސާފު ތާހިރު ޝައިތޯނީ އަސަރެއް ނެތް ކޮނެމެވައްތަރަކުން ޖޯޑުކޮޅުތައް ހޮވައިގެން ނާކޮޅަށް އެރުވުމަށް އަމުރު ކުރެއްވީ މޝައިތޯނީބާރުގެ ވަބާއައި ހެދިއެވެ. ދުނިޔެއިން ދައްޖާލީ އެ އަސަރުތައް ކަނޑުވާލުމުގެ ބޭނުމުގައެވެ. އޮޅުވާލި އިންސާނީ އެ ދަރިފަސްކޮޅު ނައްތާލެއްވުމަށެވެ. ނޫހުގެ ފާނު ބޭނުންފުޅުވީ މުޅިން ޖިންނި ޝައިތޯނުންގެ ފަރާތުން އޮޅުވާލި މަޚުލޫގުންގެ ދަރިފަސްކޮޅުން ސާފުވެގެންވާ ދަރިކޮޅެއް އަލުން ދުނިޔޭގައި އާބާދު ވާށެވެ.


ނޫހުގެފާނުގެ ގައުމު މީހުން މަގުފުރެދި އެކަލޭގެފާނަށް ތަބާވާނެ އިތުރު މީހެއް ނެތުމުން އެކަލޭގެފާނާ އެކު އީމާންވެ ތިއްބެވި މަދު، ބޭފޫންނާ އެކު ނަވެއް ބެންނެވުމަށް އަމުރުފުޅު އައެވެ. ދެން ނޫހުގެފާނު އަމިއްލަފުޅަށް އެ މަދު މީސްކޮޅާ އެކު ނާކޮޅު ބަންނަވާއި ފުރިހަމަ ވުމުން، އެނަވަށް އެރުވުމަށް އެންގެވި ތަކެތި އަރުވާ ނިމުމުން ބިންގަނޑު އެކިދިމާތަކުން ފަޅަފަޅައިގެން ގޮސް، ލޯވަޅުތައް ހެދި އެލޯވަޅޫތަކުން ބާރުސްޕީޑުގައި ފެންގަނޑު ނުކުމެ، އިސާހަތަކު ބޮޑުތޫފާނެއް އައިސް މަގުފުރެދިގެންވީ އެގައުމުގެ ނުސާފު އެންމެން މަރުވެ ނެތިދިޔައީއެވެ.


ނޫހުގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ނާކޮޅަށް އަރާށެވެ. އެނާކޮޅު ދުވާ އިރާއި ބަނދަރު ކުރާ އިރު، އޭގެ ދުވުމާއި ބަނދަރުކުރުން ވަނީ، ﷲ ގެ އިސްމުފުޅުންނެވެ! ހަމަކަށަވަރުން އަހުރެމެންގެ ވެރި ރަސްކަލާނގެއީ ރަހީމުވަންތަ ރަސްކަލާނގެއެވެ! އަހުރެމެންނަށް އޯގާތެރިވެ ވޮޑިގެން އަހުރެމެން ޣަރަގުވުމުން ސަލާމަތް ކުރެއްވީ އެހެންވެގެންނެވެ! ގުރުއާން ބުނެދެނީ މިފަދައިންނެވެ.



ނޫހުގެފާނުގެ ނާކޮޅުގެ ސިފަކުރުމެއް
ނޫހުގެފާނުގެ ނާކޮޅުގެ ސިފަކުރުމެއް


މިއަށް ފަހު، ނޫހުގެފާނަށް ފަހު ވަޑައިގެންނެވި ހުރިހާ ނަބީންނާއި ރަސޫލުން ދައްޖާލުގެ އިބްލީސީ މިފަދަ ބޮޑެތި ފިތުނައިން ސަލާމްވެ ރައްކާތެރުވުމަށް އަބަދުވެސް ދުއާކުރުމަށް އަންގަވާއި އަމުރުކުރެއްވިއެވެ.


މިހާރު މިފެންނަކީ އުޑުންގެނައި އެޖެނެރަލުންގެ ނަންތަކަށް ނިސްބަތްވާ ބުދުތަކަށް ގުރުބާނީދީ ޝައިތޯނީބާރު ހޯދައިގަންނަ މިހާރުގެ އިންސާނުންނެވެ. ސަހުޔޫނީޔަހޫދީންނެވެ. ނޫހުގެފާނު ނާކޮޅު އެއައި ތޫފާނުން ސަލާތްމެ އާބާދުވީ މީހުންގެ ދުރުތާ ދަރިފަސްކޮޅެވެ. އޭގެތެރެއިން ޝައިތޯނުންނަށް އަޅުކަން ކުރަންފެށި މީހުންނާއި އޭގެ އެކިއެކި ޖަމާއަތްތަކާއި ލަޝްކަރުތަކެވެ. މިއީ މިދުނިޔޭގެ ބިމުގައި ދެވަނަފަހަރަށް މިފަދަ ގުރުބާނީތައް ދީގެން ޝައިތޯނީބާރު ލިބިގަންނަން ފެށުނުގޮތެވެ.


އޯޑަރު އޮފު އިލުމިނާޓީ ލިޔެވުނު ތާރީޚަކީ، އެކެއް މޭއި، 1776 އެވެ. ހަގީގަތުގައި، އެކެއް މެއި އަކީ މަސައްކަތް ތެރީންގެ ދުވަހެއް ނޫނެވެ. ދައްޖާލީ ޖަމާއަތްތަކުގެ ބޮޑު ދަޖަލެކެވެ. އޮޅުވާލުމެކެވެ. ދައްޖާލު ނުކުމެފައި މިވަނީ ދަޖަލް މިބަހުންނެވެ. އެއީ އޮޅުވާލުމެވެ. ދޮގުހެދުމެވެ. ކައްޒާބުންނެވެ. ދޮގުހެދުމުގެ ސަރުދާރެވެ.


އެމެރިކާ ޑޮލަރުގައި ކުރަހާފައި އެ އިންނަ އެންމެ ލޮލަކީ ޝައިތޯނުގެ ލޮލެވެ. ދައްޖާލުގެ މޫނުގައި އިންނާނެ އެއްލޮލެވެ. ދައްޖާލަށް ފެންނާނީ އެއްލޮލުންނެވެ. އެއީ މާއްދިއްޔަތުގެ ލޮލެވެ. ވަންއައީ އެވެ. މިރަމްޒަކީ ދައްޖާލުގެ މާއްދީއްޔަތު މުޅި ދުނިޔެއަށް ފެތުރުމުގެ އަލާމާތެވެ.



މާއްދިއްޔަތުގެ ލޯ
މާއްދިއްޔަތުގެ ލޯ


ﷲ އައި އެކު، ޝައިތޯނުކަލޭގެ ވައުދުވީ ގޮތަކީ، އޮޅުވާލުމާއި ދޮގާއި މަކަރާއި ހީލަތާއި ރިބާ ފައިސާއިން މިދުނިޔޭގެ ޒީނަތުން އިންސާނުންނަށް ޒީންތަތެރިކަން ހޯދައިދީ، މުޅި ދުނިޔެ އެބާރުން ފުރާލާނެކަމަށެވެ. ﷲގެ އަޅުންނަށް، ﷲ ހަދުމަކޮށް ތެދުމަގަށް މީސްތަކުން ރުޖޫއަވިޔަކަ ނުދޭނޫއެވެ. އެހާ ވަރުގަދަކޮށް ބާރަށް އެއްލޮލުގެ ދައްޖާލީ މާއްދިއްޔަތުގެ ނިޒާމު ދިނިޔޭގައި ތަރައްގީ ކުރާނެ ޖަމާއަތްތަކާއި މީހުންނާއި އެޖެންޓު ހޯދާއި އޭގެ ބާރުގަދަ ނިޒާމެއް ހަމަޖައްސާނެއެވެ.


ދަ ނައިޓްސްޓެމްޕުލާ ނަމުން މަޝްހޫވެފައިވާ ސިއްރު ގުރޫޕަކީ މިގެ މީހުންނެވެ. ރޫހާނީބާރައި ދިމާ އިދިކޮޅު ޝައިތޯނީ ބާރު ލިބިގަންނަ މީހުންނެވެ. މިހާރު މީގެ ޖަމާއަތްތަކަކީ އިލުމިނާޓިންނާއި ފުރީމޭޝަނަރީ ޖަމާއަތްތަކެވެ. މި އަގީދާގެ ގުރޫޕުތައް، އަދި އެކި ކުލަބުތައް މިހާރު ވަރަށް ގިނައެވެ. އެކި ނަންނަމުގައި މުޅި ދުނިޔޭގައި ހަރަކާތްތެރިވެއެވެ.


ކަބާލާޖާދޫ އާއި ކަޅުޖާދޫގެ ބާރުތައް ޖިންނިޝައިތޯނުން ކިބައިން އެގޮތްމިގޮތަށް ހޯދާއި ލިބިގަނެ ދުނިޔޭގެ ހުރިހާ އިންތިޒާމީ ބާރެއް މި މީހުން ހޯދައިގަންނާނެއެވެ. ރެއާއި ދުވާލު އެބައިމީހުންގެ މަސައްކަތަކީ އެއީއެވެ. އެކަން ވިޔަ ނުދޭން މުސްލިމުން ހެސްކިޔާފައި މަސައްކަތް ކުރަންޖެހޭނެއެވެ. މިއީ ދުނިޔޭގެ ސިއްރުބާރުގެ ހަގީގަތެވެ. ކޮންސިޕިރެސީގެ ޚިޔާލީ ވާކަހަކަތަކެއްގެ ކަރުދާސް ކޮތަލަކަށް މިވާހަކަތައް އެއްލާލައި ނައްތާލަނީ އެބޭނުމުގައެވެ. އެކަކު ވެސް ގަބޫލުކޮށް ﷲއަށް، ތެދުމަގަށް ރުޖޫއަވިޔަ ނުދޭށެވެ.


އިންސާނީ އާބާދީތައް އެއްދިމާއަކަށް ހެސްކިޔާފައި ގިނަކޮށް ފެނާއި މުޅި އިގްތިސާދު މީމީހުން ކޮންޓުރޯލް ކުރާނެއެވެ. ކަންމަތީ ކުދިވިޔަފާރިތައް އެކުގައި ހުއްޓި ބޮޑެތި ޝޮޕިންގު ސެންޓަރުތައް ގައިމުކޮށް އެތަންތަނަށް ވިންކަން ގެނެވޭނީ ހަމަ އެކަނި އެމީހުން ބޭނުންވާ ގޮތަކަށް އެމީހުންގެ ކުންފުނިތަކުން އުފައްދާފައި ހުންނަ ސާމާނުތަކެވެ.


ޚާއްސަކޮށް ބޯންބޭނުންވާ މީރުފެން ކޮންޓުރޯލް ކުރާނީ އެބާރުންނެވެ. އެމީހުންނެވެ. ތެލަށް ފަހު ދުނިޔޭގައި ފެނަށް ހަނގުރާމަ ކުރެވޭނެއެވެ. މީރުފެން ތަޣައްޔަރުވެ އެކުގައި ހެން ނެތިދާނެއެވެ. ފެން ކިޔާއެއްޗެއް ލިބެން ހުއްޓަސް އެއީ އިންސާނުން ބޭނުންކުރަން ކަމުދާ ފެނަކަށް ނުވާނެއެވެ. މުޅި ޒިރާއަތާއި މައީޝަތު އެމީހުންގެ ބާރުދަށަށް ގެންނާނެއެވެ.


އަންއާމު ސޫފިތައް އެމީހުންގެ ދަށަށް ޖަމާކުރާނެއެވެ. ބިންގަނޑު ލޮނުކޮށް ބޭނުންވާ ސަރަހައްދެއް ހަނަފަސްކޮށް ބޭނުންވާ ހިސާބަކަށް ވިއްސާރަވެއްސުވާއި ބޭނުންވާ ސަރަހައްދަކަށް ބިންހެލުން ގެނެސް މޫސުން އިންތިހާއަށް، ހެސްކިޔާފައި ޚަރާބު ކުރާނޫއެވެ.


ޖިންނިޝައިތޯނުންގެ މި ބާރުން މިންޖުވާން ދީނާއި ރަސޫރުލުންނާއި ނަބީން ދަސްކޮށްދެއްވާފައި ހުރި ހުރިކަމަކަށް ހަޖޫޖަހާއި އެއިން ވަޒީފާއެއް އަދާކޮށް، ދުއާއެއް ކިޔާނެ މީހަކު ނުވާނެއެވެ. ރޫހާނީބާރު އެކުގައި ގެއްލިދާނެއެވެ. އެއިން ކަމެއް ކުރާމީހަކަށް މަލާމަތްކޮށް މުޖުތަމައުން އެކަހެރި ކުރާނެއެވެ. އާންމު ހައްގުތަކުން މަހުރޫމު ކުރާނެއެވެ. ހުރިހާ އާލިމުންނާއި ދަންބޭކަލުން ތިބޭނީ ސިޔާސީމާފިއާ ދަށުފައެވެ. ބޮޑުންނަށް ސަނާކިއުމުގައި ވަޖިދުވެފައެވެ. ދޮގުވެރިންގެ ފަހަތުގައި ކިބުރު ވެރިކަމާ އެކު ފަޚުރުވެރި ވެފައެވެ.


ޖިންނިޝައިތޯނީ ބާރުން ސަލާމަތް ވުމަށް ދީނުގައި އައިސްފައި ހުރި ހުރިހާކަމެއް އަންގައިދީ، ބުނެދީފައި ވަނީ، މިހާރު މިފެންނަ ދައްޖާލީ ފިތުނައިން ރައްކާތެރިވާށެވެ. އެފިތުނައިން ސަލާމަތްވާށެވެ. ދުއާތައް އައިސްފައި ވަނީ އެކަމަށެވެ. އެބޭނުމަށެވެ. އެހެނަސް...!! ވަރަށް ދެރައެވެ.....!! މިބައިތައް ދޫކޮށް، ﷲ އައި ދުރުވި ވަރަކަށް ޝައިތޯނާ އައި ކައިރިވެ ޝައިތޯނީ ބާރު ހޯދާއި ލިބިގަނެވޭނެއެވެ.


މިސާލަކަށް އައޫޒު ކިޔަންވާ ތަންތަނާއި ބިސްމި ކިޔަންވާ ތަންތަނާއި ކަނާއަތުފަޔާއި ކަނާއަތު އަތް އިސްކުރަން ވީތަންތަން ދީނުގައި ބުނެދީފައި ހުރީ ޖިންނިޝައިތޯނީބާރު ކަނޑުވާލާއި ދަށްކުރުމަށެވެ. އެބާރު ބަލިކޮށް ކަނޑުވާލުމަށެވެ. ތިމާގެ ރޫހާނީބާރު ގަދަކުރުމަށެވެ. އެބާރަކީ ޖިންނި ޝައިތޯނުން ބާރު ހޯދާގޮތަށް ވުރެ މާފަސޭހައިން އިންސާނުންނަށް ލިބިގަނެވޭނެ ބާރެކެވެ. ހޯދޭނެ ބާރެކެވެ.


އިންސާނާ އެންމެމާތް، އަދި އެންމެ ޝަރަފުވެރި މަޚުލޫގެއްގެ ގޮތުގައި، ﷲ އުފެއްދެވީ އެމާތް މަގުސަދު ހާސިލުކުރުމަށެވެ. ޖިންނިޝައިތޯނީ ވަސްވާހުގައި ނުޖެހުމަށެވެ. ﷲގެ ރޫހާނީބާރުން ނޫރުލިގަނެ ނޫރީއަކަށް ވުމަށެވެ. އެތެރެއިންނާއި ބޭރުން އަލިކަން ލިބިފައިވާ އިންސާނަކަށް އެހެން މަޚުލޫގުންގެ ބާރަކުން އެއްވެސް އަނިޔާއެއް ނު ފޯރުވޭނެކަން ކަށަވަރެވެ.


އެހެންވެ ޝައިތޯނީބާރު އިންސާނާގެ މައްޗަށް ގަދަ ވިޔަ ނުދޭށެވެ. ގުރުއާނުން ބާރުހޯދާށެވެ. އިލްމު ހޯދާށެވެ. ރޫހާނީބާރު ލިބިގަންނާށެވެ. ގުރުއާނައި ގާތްވާށެވެ. ގިނައިން ކިޔަވާށެވެ. އެހެނަސް މި ހުރިހާކަމެއް ގަސްދުގައި ދިމާ އިދިކޮޅަށް ކުރުމަކީ މިހާރުގެ އިންސާނާއަށް އެންމެ މަތީ ފަޚުރެވެ. ވެރިން ސޮއިކުރާނީ ވެސް ބޮޑާކަން ދެއްކުމަށް ވާއަތުންނެވެ. ހުރިހާ އަމަލެއް ވެސް ގެންގުޅޭނީ ޖިންނިޝައިތޯނުން އުފާވާ ގޮތަށެވެ. އަވަލާ ގޮތަށެވެ. އެއީ އެފަރާޔްތައް އުފާކުރަން ކުރާކަމެކެވެ.


މަރުކަޒީ ސަރަހައްދުތަކަށް މީސްތަކުން ގިނަކޮށް ގާނޫނެއް ގަވާއިދެއް ނުހިންގޭ ވަރު ކުރާނެއެވެ. ހިނގާ ބިނގާވާ ހުރިހާ މަގުތައް އޮންނާނީ ތޮއްޖެހި ހިރަފުސްބޯވެ ކުޅާއި އަރުދަފުސް އާންމުކޮށް ގިނަވެ ނަޖިސް ވެފައެވެ. އާންމު ފާޚަނާތައް ނުސާފުވެ މަގުމައްޗަށް ކުޑަކަމުދާނެއެވެ. ނޭވާލާނެ ސާފުވައި ގެއްލި ނެތޭނެއެވެ.


ޖައްވު ނުސާފުވެ ގަސްތަކުގެ ފެހިކަން، ވާރޭ ނުވެހުމުގެ ސަބަބުން ހިރަފުސްވެ ފެހިކަން ގެއްލި ދާނެތެވެ. މީގެ އެންމެ ރަނގަޅު، އަދި ރީތި ދިރިހުރި މިސާލެއް މިހާރު ތަޖުރިބާވެގެން ދާނީ ދުވަސްކޮޅަކަށް، ބަނގުލަދޭޝް، ޑާކާގައި މަޑުކޮށް ލުމުންނެވެ. މަގުތަކުން މިމަންޒަރު ސިފަވާނެއެވެ.


ރަށުގެ އާންމުހާލަތު ދަށްވެ މިފެންވަރުގައި އޮންނަ އިރު ވެސް، ހެސްކިޔާފައި ބޮޑެތި މަޝްރޫއުތައް، ދިގު ބިޔަ ކޮންކުރީޓު ފާލަންތައް އެޅުމާ އެކު އުމްރާނީ ތަރައްގީ ބާރަށް ކުރިޔަށް ދާނެއެވެ. އުސް އިމާރާތްތައް ގިނަ ކުރާނެއެވެ. މާލީ ނިޒާމު ދަމަހައްޓާނީ ބޮޑެތި ދަރަނިންނެވެ. ރިބާ އާއި ރިޝްވަތު ނަގަމުން އިމާރާތްތައް ގިނަކުރަމުން ގެންދާނެއެވެ. ބޮޑެތި ޝޮޕިންސެންޓަރުތައް ބިނާ ކުރާނެއެވެ. ކައި ބޮއި ފޭރާން އުނުއަންނަން ޖެހޭނީ އެތަންތަނުން ގަނެގެންނެވެ. ފަރުދީ ގޮތުން ކުރާ ކުދިވިޔަފާރިތައް ބަނގުރޫޓުވެ، އެކުގައި ހުއްޓި ނިމިދާނެއެވެ!!


އަހުރެމެން ދިވެހިން އަވަހަށް ހޭލަންވީއެވެ. ކުރީޒަމާނުގެ ޖަޒީރާ ދިރިއުޅުމަށް ރުޖޫއަވާންވީއެވެ. އަހުރެމެންނަށް ލިބިފައިވާ ބިމަކީ ޖަޒީރާވަންތަ ކުދިރަށްތަކެކެވެ. އިސާހިތަކު މާލޭ ސަރަހައްދު މި ހާލަތަށް ވެއްޓިގެން ދާތަން މިހާރު ވެސް އެބަ ފެނެއެވެ. މިކަން ވާނީ އެއްދުވަހުން ބުނެފައެއް ނޫނެވެ. ދުނިޔޭގެ ސިއްރުދައުލަތުގެ ބާރުން ރާވައިގެން ގެންދާ ހަމަތަކުގެ މަތީންނެވެ. ވެރިކަމަށް އާދެވޭނީ އެމީހުންގެ އެޖެންޓުންނަށެވެ.


ސިޔާސީ ހަރަކާތްތަކުގައި އުޅޭނީ އެމީހުންގެ ފައިސާއިން ގެންގުޅޭ ދަހިވެތި އަމިއްލަ އެދުމުގެ ދޮގުވެރިންނެވެ. އޮޅުވާލާއި މަކަރުހަދާނެ ބައެކެވެ. އެހެން ފަރާތްތަކަށް ފުރުސަތެއް ނުދޭނެއެވެ. އެމީހުން ހަގީގަތުގައި އަޅުކަން ކުރާނީ ޝައިޔޯނީބާރަށެވެ. ވެރިންނަށް އާދެވޭނީ އެބާރުގެ އަޅުކަން ކުރާ އެޖެންޓުންނަށެވެ. މަންދޫބުންނަށެވެ. ފަހުލާވާނުން ނަށެވެ. އެވަރަށް މުޖުތަމައުގެ ތެރެއަށް އެބާރުން އޮންނާނީ ތޮރުފިގަނެފައެވެ.


ދިވެހިރާއްޖޭގެ ބޮޑެތިރަށްތަކުން މިހާރު ވެސް އެފެންނަނީ މިދުވަސް ވަރެވެ. އެ ޒަމާން އަތުވެއްޖެ ތަނެވެ. މާލެ، ހުޅުމާލެ، ވިލިމާލެ ސަރައްދުން ފެންނާނީ ގާނޫނެއް ހަމައެއްލަމައެއް ނެތްތަނެވެ. ތޮއްޖެހިގެން މީހުންތައް މާއްދިއްޔަތައިގެން އަވަދި ނެތި އުޅޭތަނެވެ. ބޮޑެތިމާފިއާ ގުރޫޕުތަކުން. ބޮޑެތި މާސިންގާ ސަރަހައްދުތަކާއި މުޅި މައީޝަތާއި އިގުތިސާދުގެ ހުރިހާކަމެއް އެކުގައި ނަގާއި ކޮންޓުރޯލް ކުރާ ތަނެވެ.


ދިވެހީންނެވެ!! ހޭލާށެވެ!! ފޮތާއި ދީނުގައި ހިފާށެވެ!! ގުރުއާނާއި ދުސްތޫރުގައި ހިފާށެވެ!! ފޮތާއި ދީނާއި ދުސްތޫރާ ދެކޮޅު ބާރުތަކަށް ނުރުހި ވަރަށް ކެރުގެން ނޫނެކޭ ބުނާށެވެ. އެމީހުން ފަހަތުން އާދޭސް ކުރަމުން ދުވާވަރު ކުރެވޭނެއެވެ. އަމިއްލައަށް އަމިއްލަ ނަފުސު ކޮންޓުރޯލް ކުރާށެވެ.


ކޮންމެ މީހަކުވެސް ވެރިރަށާއި ދުރުގައި އަމިއްލަ ސާފުޖައްވެއްގައި ސާފުފެނާއި ކާންބުއިމަށް ބޭނުން ހިފޭނެ ގަސްގަހާއިގެއްސާއި ޖަނަވާރާ އެކު ދިރިއުޅެވޭނެ މަގެއް އަމިއްލައަށް ހޯދުމުގެ ވިސްނުމެއް މިހާރުއްސުރެ ގެންގުޅޭށެވެ. ދިވެހިން ކުރީޒަމާނުގައި ހިތްހަމަޖެހިގެން އުޅުނުތޮތްތައް ހަނދާންކުރާށެވެ. ނޫނީ ސަލާމަތެއް ނެތެވެ!! ފިތުނައެވެ!! ޝައިތޯނީ، ދައްޖާލީ ނިޒާމު އައިސް ވަށާލާނެއެވެ. ފިތުނަ އާންމު ވާނެއެވެ. މިކަންކަމަށް ނަޒަރު ކުރާނެ އަމިއްލަ ދިވެހިވަންތަ، ހަގީގީމިނިވަންކަން ދަމަހައްޓާނެ ސަރުކާރެއް ހޯދާށެވެ. އަވަހަށް އެފަދަ ސަރުކާރެއް ގެންނާށެވެ.


އާދެ! #ބޮޑުބަދަލު އަވަހަށް ލިބިގަންނާށެވެ. އެޖިހާދު ކުރާށެވެ. މަޑުން ހުރިހާކަމަކަށް ހުރިގެން ނުތިބޭށެވެ. އަމިއްލަ އިޚުތިޔާރުގެ ބޭނުން ކުރާށެވެ. ޣައްދާރު ދޮގުވެތި، ކައްޒާބު ސަރުކާރަށް ނިކަން ކެރިގެން ނޫނެކޭ ބުނާށެވެ. ރޫހާނީބާރު ހޯދާށެވެ!! އާމީން!!


ދިވެހިރާއްޖެ....ޒިންދާބާދު!!

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page