ޖެޒުއެޓްސް ޖަމާއަތަކީ ކޮބައިތޯ؟
- ilyashusein
- Oct 13, 2016
- 2 min read
Updated: May 22
ދެހާސް ތޭރައިގައި ރައީސް ނަޝީގު ޑެންމާކަށް ވަޑައިގެން، "ތެދުވެ ހަރަކާތްތެރި ވުމަށް" ގޮވާލެއްވި ޖެޒުއެޓްސް (JESUITS) ޖަމާޢަތަކީ ކޮބައިތޯ؟ ރައީސް ނަޝީދު ދައްކަވާ މިބާވަތުގެ ވާހަކަފުޅު ތަކަކީ ދިވެހިން، އަދި ވަކިން ޚާއްސަކޮށް ދިވެހި ކިޔަވާކުދިން ވަރަށް ރަނގަޅަށް ދަނެ ދިރާސާ ކުރަންޖެހޭނެ ވާހަކަތަކެއްކަން ކަށަވަރެވެ. އެއްގޮތަކަށް ވެސް ނީވޭ އަޑަކަށް، އެއްޗަކަށް ހަދާފައި ދޫކޮށް ނުލާށެވެ. މިއިން ކޮންމެ ކަމަކީ އެއަށްވުރެ މާ ވިހަކަން ގަދަ ކަންތަކެވެ. ފައިސާ އާއި ޑީޕް-ސްޓޭޓާ ގުޅި ޒަހަރު އެކުލެވިފައިވާ ކަންތަކެވެ. އަދި ފަހަތުގައި ބައިވަރު ސިއްރުތައް ނޭނގޭގޮތަށް ފޮރުފައި ހުރި ކަންކަމެވެ.
ސަބަބަކީ އެވާހަކަތަކުގެ އަޑީގައި ފޮރުވިފާ ހުންނަ ބައިވަރު ކަންކަން ހާމަވެ ނޭނގުނަސް ވުޖޫދުގައި އެކަންކަން ދިރިދެމި ވާތީއެވެ. ދިވެހީންގެ ޒަމާންވީ އިސްލާމް ދީނާއި ދުވަސްވީ ސަގާފަތް ނެތިކޮށްލާއި މުޅިން އާ ވައްތަރެއްގެ އެހެން ދީނެއް ދިވެހީންނަށް ދަސްކޮށްދީ، އެހެންރާއްޖެ އަކަށް ގެންދަން އެމަނިކުފާނުގެ ވިސްނުންފުޅު އަމާޒުކޮށްފައިވާ ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުގެ ހުރިހާ މާނައެއް އެކުއެކީގައި ދަނެތިބުމަކީ ކޮންމެ ދިވެއްސަކަށް ވާޖިބުވެގެންވާ ކަމެކެވެ.
އާދެ! ޖެޒުއޭޓުންނަކީ، "ދަ ސޮސައިޓީ އޮފް ޖީސަސް" މިޖަމާޢަތުގެ މެންބަރުންނެވެ. ދަ ސޮސައިޓީ އޮފް ޖީސަސް އުފައްދާފައި ވަނީ، 1534 އޮގަސްޓް 15 ގައި St Ignatius Loyola އެވެ، ކިޔުނު ޢަސްކަރީ ފަހަތެއް އޮތް ބޭފުޅެކެވެ. މީނާއަކީ، ސްޕެއިން ޢަސްކަރިއްޔާގައި މަސައްކަތްކުރެއްވި އަދި ހަނގުރާމަ ތަކުގައި އަމަލީ ގޮތުން ބައިވެރިވި އިލްމީ ފަންނުތަކަށް ހޭލުންތެރި ކުޅަދާނަ ސޯލްޖަރެކެވެ. ފަހުން މީނާ އަކީ ސްޕެއިންގެ ކެތޮލިކް ފާދިރީއެކެވެ.
ހަނގުރާމައެއް ތެރޭގައި މީނާގެ އެއްފައިގައި، ބޮޑުބަޑީގެ އުންޑައެއް ކަމުގައިވާ، ކެނަންބޯޅައަކުން ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބިގެން އެ ފަރުވާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ދުވަސްވަރު މީނާ މުތާލިއާ ކުރަމުން ގެންދިޔައީ، ވިޓާ ކްރައިސްޓް (ލައިފް އޮފް ކްރައިސްޓް) މިފޮތެވެ. މިފޮތަކީ، 1374 ގައި، (Ludolph of Saxony (C.1295 – 1378 (ލުޑޮލްފް) ލިޔުއްވާފައިވާ ކަލަކުވާކަމުގެ ސައިންސާ ބެހޭ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފޮތެކެވެ.

އާދެ! މީނާ, St. Ignatius of Loyola (C. 1491 - 1556) މިފޮތް މުތާލިއާ ކުރައްވަމުން ގެންދެވި ދުވަސްވަރު ފިކުރީގޮތުން ރޫޙާނީ ތަޖްރިބާތަކެއް ކުރަމުން ގެންދިޔައެވެ. ނަފްސާނީ ތަމްރީނު ތަކެއް ހަދަމުން ދިޔައެވެ. އަދި މިއީ ފިކުރީގޮތުން ސިކުޑިއަށް ދެވޭ ތަމްރީނުތަކެއް ކަމުގައި ދެކި، ސްޕިރިޗުއަލް އެކްސަސައިޒް ތަކެއް ފަރުމާކޮށް ކަރުދާހެއްގެ ސިފައިގާ ތަޙުރީރު ކުރެއްވިއެވެ.

އާދެ! ސިކުނޑީގެ މިފަރުވާއަކީ، 4 ހަފްތާއަށް ބަހާލައިގެން، 28 ނުވަތަ، 30 ދުވަހުން ނިންމާލަންޖެހޭ ރޫޙާނީ ފަރުވާއެކެވެ. ސްޕްރިޗުއަލް ތަމްރީނެކެވެ. ޒަމާނީ ގޮތަށް ދަންނަވަނީ ނަމަ، ރިޓްރީޓެކެވެ. ނުވަތަ މެޑިޓޭޝަނެކެވެ.
މިކަރުދާސް ފޮތެއްގެ ސިފައިގައި އެޕްރޫވް ކުރެއްވީ އޭރުގެ ޕޯޕް ޕޯލް 3 އެވެ. މިޕޯލްގެ ނަންފުޅަކީ، Alessandro Farnese އެވެ. ޕޯޕްކަމުގައި ހުންނެވީ، 1543 ން 1589 އަށެވެ. ދުނިޔެއަށް އުފަންވީ، 1520 ގައެވެ. އުމުރުން، 69 އަހަރުގައި އަވަހާރަވީ، 1589 ގައެވެ. ކޮންމެއަކަސް މިޕޯޕްގެ އަރިހުގައި މީނާ ވެގެންދިޔައީ ވަރަށް ގަދަރު ކުރެވޭ މާތްވެގެންވާ އިސް ބޭފުޅަކަށެވެ.
އާދެ! މީނާގެ މިމަސައްކަތުގެ މައްޗަށް ބިނާކޮށް މީނާއާއެކު، ޔުނިވަރސިޓީ އޮފް ޕެރިސްގައި ކިޔަވަމުންދިޔަ، 6 މީހަކާ ގުޅި ހަތްމީހުން ވެގެން، ދަސޮސައިޓީ އޮފް ޖީސަސް ވުޖޫދަށް ގެނައެވެ. ޕެރިސް ޔުނިވަރސިޓީއަކީ، 1150 ހުންފެށިގެން ހިނގަމުން ދިޔަ މުސްކުޅި ޔުނިވަރސިޓީއެކެވެ.
މިހާރު މިޖަމާޢަތުގައި ސައުވީސްހާސް ހަތަރުސަތޭކަ މެންބަރުން (ޖެޒުއެޓްސް) ތިބެއެވެ. މިއަދާ ހަމައަށް، ހަކޮންޓިނެންޓުގެ، 112 ގައުމުގައި 1825 ގެއަށް ވަދެ، އަވަދިނެތި ހަރަކާތް ތެރިވަމުން ގޮސްފައި ވެއެވެ. މިވީ، 455 އަހަރު ތެރޭގައި މިޖަމާޢަތުގެ މީހުން ކަމުގައިވާ ޖެޒުއެޓުން ވަނީ މަތީދަރަޖައިގެ ކާމިޔާބު ތަކެއް ހާސިލްކޮށްފައެވެ.
ދަސޮސައިޓީ އޮފް ޖީސަސް ހިންގަނީ، ރޯމްގައި ގާނޫނީ ބާރުތަކެއް ލިބިގެން، ރަސްމީ ބައްދަލުވުންތައް ގަވައިދުން ބާއްވަމުންނެވެ. މިވަގުތު އެންމެ އިސް ފާދަރ ޖެނެރަލް އަކަށް ހުންނެވީ، ސްޕެއިންގެ ބޭފުޅެއްކަމުގައިވާ، އެޑޮލްފް ނިކޮލަސް އެވެ. މީނާ މިއޮފިހާ ހަވާލުވެލެއްވީ، 2008 ޖެނުއަރީ 19 ގައެވެ. މިއީ މިޖަމާޢަތުގެ ތިރީސްވަނަ ރޫޙާނީބަފައެވެ. އެންމެ ފުރަތަމަ ފާދަރ ޖެނެރަލް އަކަށް ހުނެވީ ބާނީއެއް ކަމުގައި ބެލެވިފައިވާ، ލޮޔޯލާ އެވެ.
މިހިނދުގައި ދަންނަވާލަން އޮތީ، މިރާއްޖޭގައިވެސް މިޖަމާޢަތުގެ މެމްބަރުން އެކިނަންނަމުގައި ހަރަކާތްތެރި ވަމުންދާ ވާހަކައެވެ. ވީމާ ރައީސް ނަޝީދު މިގޮވާލެއްވީ ބިރުވެރި ޖަމާޢަތަކަށް ދިވެހިރާއްޖޭގައި ތެދުވުމަށެވެ. މިއީ އިންތިހާއަށް ބިރުވެރިކަމެކެވެ. މީނާގެ ހަރަކާތްތައް ގައުމުގެ ސަލާމަތަށްޓަކާ ހުއްޓުވަން ޖެހެއެވެ. ދަންނައެވެ! އެހެންވުމުން އެ ހަރަކާތަކީ ފުދޭވަރެއްގެ ބިޔަފަންޑެއް ބޭރުދުނިޔެއިން ލިބިގެން އެކިއެކި ކަންކަމަށް މުޖުތަމައު ތެރޭގައި ޚިދުމަތްކުރާ ޖަމާއަތްތައް ނަމުގައި ފާޅުވާނެ ބައެކެވެ. ދިވެހިން ހޭލާތިބުން ވަރަށް މުހިންމެވެ. ކެރިގެން ރައީސް ނަޝީދުގެ މިފަދަ ހަަކާތްތަކަށް ދިވެހިން ނޫނެކޭ ބުނާށެވެ! ~ނިމުނީ~


Comments