top of page

ސަހުޔޫނީ ޔަހޫދީން، އަދި ޔައުޖޫޖުމައުޖޫޖު!

  • Writer: ilyashusein
    ilyashusein
  • Nov 2, 2023
  • 11 min read

Updated: Feb 2

އަސްލު ޔަހޫދީންނަކީ ސަމާވީދީނަށް އީމާންވި މީހުންނެވެ. ސަމާވީދީނަކީ ތެދުމަގުގެ ދީނެވެ. އެއީ ހަގީގީ ބަނީއިސްރާއީލު ދަރިކޮޅެވެ. ޔައުގޫބުގެފާނުގެ ދަރިފަސްކޮޅެވެ. އިސްރާއީލް އަކީ ވެސް ޔައުގޫބުގެފާނުގެ ނަންފުޅެކެވެ. ހަމަކަށަވަރުން އަސްލު ދީނަކީ އިސްލާމްދީނެވެ. ހުރިހާ ނަބީންނާއި ރަސޫލުން ގޮވާލެއްވީ، ﷲގެ ދީނަށެވެ! ﷲ ލައުނަތްލެއްވި ފިރުއައުނަށް ކުރިމަތިވީ ހަމަ މިދީނެވެ. މިއަގީދާއެވެ.


ފަހެ، ދަންނައެވެ! މޫސާގެފާނު، ގައުމުގެ މީހުންނަށް ވިދާޅުވިއެވެ! "އޭ! އަހުރެންގެ قوم ގެމީހުންނޭވެ! مقدّس ވެގެންވާ ބިމަށް، "ބައިތުލްމަގްދިސް" އަށް ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައި މީހުންނަށްޓަކައި، ﷲ ކަނޑައަޅުއްވާފައިވާ މުގައްދަސް ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ!"


އެހެނަސް އެބައިމީހުން ބަލިކަށިކަމުގެ އުޒުރުދައްކައި، ގޮތް ދޫނުކޮށް ދެކޮޅު ހަދަމުން އެބައިމީހުން މޫސާގެފާނަށް ރައްދުދެއްވާއި ބުންޏެވެ. އެރަށުގައި ތިބީ ޖައްބާރުންގެ ބައެކެވެ. އަހަރުމެންނަށް އެބައިމީހުންނާ ކުރިމަތިލާން ނުކެރޭނެއެވެ. އެއީ ހަށިގަނޑުން މާބިޔަ މާވަރުގަދަ ބައެކެވެ.


އަދި އެބައިމީހުންނާ ހަނގުރާމަ ކުރާނެ ބާރެއް އަހަރުމެންގެ ނެތެވެ. އެބައިމީހުން އެރަށުން ނުކުމެ، ހަނގުރާމައަކާ ނުލައި އަހަރުމެންނަށް އެރަށް ދީފިނަމަ އަހަރުމެން އެރަށަށް ވަދެދާނަމެވެ.


ފަހެ، ދަންނައެވެ! މިކަމުން ފެނިގެން މިދަނީ ޔަހޫދީންގެ ޠަބީޢަތެވެ. އެއީ ފިނޑިކަމާއި ބިރުގަތުމެވެ. އަދިވެސް އިތުރަށް އެމީހުން ދެންނެވޫއެވެ.


އޭ! موسى ގެފާނެވެ! އެމީހުން އެރަށުގައި ދެމިތިބިހައި ހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެމީހުންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ. މިއީ ފެށުމުގައި ވެސް ހަނގުމައަށް ބިރުގަންނަ ބަލިކަށި ބައެކެވެ. މަރަށް ޖެހުލުންވާ މަރަށް ބިރުގަން ސިހި ފަސްޖެހޭ ބައެކެވެ! ދެން މޫސާގެފާނު ވިދާޅުވިއެވެ!


މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ އަޚު ހާރޫނުގެފާނު އާއި، މިއަޅާގެ އަމިއްލަ نفس މެނުވީ މިއަޅާޔަށް މިލްކުވެގެނެއް ނުވެއެވެ! ފަހެ، فاسق ވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާއެއް ކުރައްވައިފާނދޭވެ! މިދުއާ މުސާގެފާނު ދެންނެވުމުން، ބަނީއިސްރާއީލު މީހުންގެ މައްޗަށް އެމުގައްދަސްބިން ސާޅީސް އަހަރު ވާންދެން، ﷲ ޙަރާމް ކުރައްވައިފިއެވެ. ﷲ އެކަން ކުރެއްވީ އެމީހުންނަށް ދެވޭނުދެވޭ ތަނެއް ނޭނގި، ﷲގެ ބިމުގައި ވިއްސިވިހާލިވެގެން އެބައިމީހުން ދިރި އުޅުމަށެވެ.


ބަނީއިސްރާއީލުގެ މިބައިމީހުން، ﷲ އަށް ނުކިޔަމަންތެރިވެ ފުރަގަސްދިނުމުން، މާތްވެގެންވާ އެބިން، ފަލަސްތީނު އިސްރާއީލުގެ ދަރީންނަށް ހަރާމް ކުރެއްވީއެވެ. ﷲގެ މިނިޔާ ނިންމެވީ މޫސާގެފާނުގެ ކުރެއްވިދުއާއަށް ފަހުގައެވެ.


ގުރުއާން ބެނެދެނީ، ﷲ ހަލާކުކުރެއްވި ރަށެއްގެ އަހުލުވެރިން އެނބުރި ނާންނާނެ ކަމަށް އެމީހުންގެ މައްޗަށް ކަނޑައަޅުއްވާފައި ވާ ކަމަށެވެ. ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އަތުވެއްޖައުމަށް ދާނދެނެވެ. ﷲ ހަލާކު ކުރައްވާއި ހަރާމްކުރެއްވި ރަށަކީ ގުރުއާން ބުނާގޮތުން. އެކިނަބީން ފޮނުއްވަވާއި ހުރުމަތްލެއްވި މާތްވެގެންވާ ބައިތުލްމަގްދިސްގެ ބިމެވެ. ފަލަސްތީނުގެ ބިމެވެ. މިހާރު އެކިޔާ ޖެރޫސަލަމެވެ. އެކިޔާ އިސްރާއީލީ ދައުލަތެވެ.


ﷲ ހަރާމް ކުރެއްވީ އެރަށު އަހުލުވެރިން، ބަނީއިސްރާއީލު މީހުން ނުކިޔަމަންތެރިވެ، ﷲގެ އަމުރުފުޅުތަކަށް އަރައިގަނެ ކުށްކުރީމާއެވެ. ވީމާ ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުން ތިބިތާކުން ވީއްލިގެން ނޫނީ އިސްރާއީލަށް، އެރަށަށް އެމީހުންނަކަށް ނޭރޭނެއެވެ. މިއީ މިކަން ލިޔުއްވާފައި އޮތް ގޮތެވެ! ހަދީސްތަކުން އެނގޭގޮތުގައި ޔައުޖޫޖުބާގައިގެ މީހުންނަކީ އިންތިހާއަށް ގިނަގުނަ ބައެކެވެ. ވަގުތު ޖެހުމުން، ފައުޖުފައުޖަށް އުތުރިއަރާނެ ބާގައެކެވެ. ފަހު ޒަމާނުގައި މިވެރިން ނުކުމެގެން އަންނަނީ ބިޔަބޮޑު ބައިގަނޑެއްގެ ގޮތަށެވެ. މިއީ ކޮންމެވެސް ދުނިޔެއެއްގައި މިހާރުވެސް ދިރިއުޅެމުންގެންދާ އިންސާނީވަންތަ ބައެކެވެ.


ފަހެ، އެ މުގައްދަސްބިން، ރާއްޖެއެއް ގޮތުގައި އެމީހުންނަށް ދެއްވީ، ﷲ އާއި އެމީހުންނަށް މަގުދެއްކުމަށް ފޮނުއްވި ނަބީންނަށް ތަބާވެ ރީތިކޮށް އެބިމުގައި ދިރިއުޅުމަށެވެ. އެހެނަސް އެމީނުން، ﷲގެ އަމުރުފުޅުތަކަށް ފުރަގަސްދީ، ބޮޑާވެގަނެ، އެމީހުންނަށް ފޮނުއްވުނު ނަބީންގަތުލުކޮށް، މަރާއި ސޮލީބަށްލައި ހެދުމުން އެމީހުން މިނިކަމެތި ހާލުގައި އެރަށުން ނެރެލެވުނީއެވެ. ބޭރުކޮށްލެވުނީއެވެ. އަދި ވިސްސިވިހާލިވެގެން އެތަންމިތާގައި އުޅެންޖެހުނީއެވެ. މިކަމާ ހެދި، ﷲ އެމީހުންނަށް އެރަށަށް އެރުން، ޔައުޖޫޖުމައުޖޫޖު ވީއްލެންދެން ހަރާމް ކުރެއްވީއެވެ!


ދެން އައީ މުއުޖިޒާތެއްގެ ގޮތުގައި ޚާއްސަ މުއުޖިޒާތްތަކަކާ އެކު އީސާގެފާނު އެބައިމީހުންނަށް ފޮނުއްވުމެވެ. އެއީ ވެސް، ﷲގެ މަގު ޚިޔާރު ކުރޭތޯއެވެ. ބައްޕާފުޅަކައި ނުލާ މަރިޔަމްގެފާނުގެ ދަރިކަލެއްގެ ގޮތުގަޔާއި ނަބީބޭކަލެއް ގޮތުގައި ޢީސާގެފާނު ފޮނުއްވުމެވެ. މަންމަގެ އުނގުގައި ވަރަށް ތުއްޕުޅު އިރު އެކަލޭގެ ފާނު ބަސްފުޅު ވިދާޅުވެ ވާހަކަދެއްކެވިއެވެ. ﷲގެ ނަބީއެއްކަމުގައި ޚުދު އަމިއްލަދޫފުޅުން ވިދާޅުވެދެއްވިއެވެ.


އަދި އެކަލޭގެފާނުބޮޑުފުޅު ވުމަށް ފަހު، އަރިސްބޭކަލުން ކަމުގައިވާ ޙަވާރީންނަށް ވިދާޅުވިއެވެ! ﷲގެ ދަޢުވަތު އިއްވުމުގައްޔާއި، ﷲގެ ދީނަށް ނަޞްރުދިނުމުގައި ތިމަންކަލޭގެފާނަށް ޙިމާޔަތްދީ ތިމަންކަލޭގެފާނަށް އެހީތެރިވާނީ ކާކުހެއްޔެވެ؟ ޙަވާރީން ދެންނެވިއެވެ. ތިމަންމެނީ، ﷲގެ ދީނަށް ނަޞްރުދޭ މީހުންނެވެ. އެހެން ނަބީންނައި ޚިލާފަށް އީސާގެފާނު ފޮނުއްވުނީ ބޮޑެތި ދީންވެރީންނާއި ރައްބީންނާއި ރުހުބާނުންގެ އެދުރުންނާއި މާސިންގާ ކާހިނުންގެ ގާތަށެވެ. އެހެން ހުރިހާ ނަބީން ފޮނުއްވުނީ ޝިރުކާއި ކުފުރާ ދެކޮޅަށެވެ.


ދެން އެއަށް ފަހު، ބަނީ އިސްރާއީލު މީހުން ދެބަޔަކަށް ބެހި ބައިވިއެވެ. އެއްބަޔަކީ އެކަލޭގެފާނަށް އީމާންވީ މީހުންނެވެ. އެއީ ޙަވާރީންނާއި އެކަލޭގެފާނަށް ތަބަޢަވީ ތެދުމަގު ޚިޔާރު ކުރި މީހުންނެވެ. އަނެއް ބަޔަކީ އެކަލޭގެފާނަށް ކާފިރުވީ މީހުންނެވެ. އެއީ ލަޢުނަތްލެއްވި ޔަހޫދީންނެވެ. މިދެބައި މީހުން ބެހުނު ދެބަޔަށް، ﷲ ނަންދެއްވީ ނަސާރާއިންނާއި ޔަހޫދީންނެވެ! މިދެ ޖަމާއަތަކީ ވެސް އަހުލުކިތާބީންނެވެ! ސަމާވީ ފޮތުގެ އަހުލުވެރީންނެވެ!


އީސާގެފާނު، ﷲގެ ދީނަށް ގޮވާލައްވާއި ރިބާގެ ހުރިހާއި ބާވަތްތައް އެކުގައި ހުއްޓާލުމަށް އަމުރުކުރައްވައި ގޮވާލެއްވުމުން ފާޅުގައި ދެކޮޅުވެރިވެ އެކަލޭގެފާނު ގަތުލުކޮށްލުމަށް ސޮލީބަށް ނެގީއެވެ. ދެން އެކަމާ ދެރަވެ ރޮއި ލޮލުން ކަރުނަ ފޭބި މީހުންނަކީ ހަގީގީ ނަސާރާއިންނެވެ. އީސާގެފާނަކީ، ﷲގެ ނަބީއެއްކަން ދޮގުކުރި މީހުންނަކީ، އީސާގެފާނު ސަލީބަށް ނަގައި މަރާލެވުނީ ކަމަށް ނިންމާއި ގަބޫލު ކުރި ނުބައިނުލަފާ ޔަހޫދީނެވެ.


މިއެންމެން ވެސް، ގުރުއާން ބާއްވާއިލައްވަންދެން ގަބޫލުކޮށްގެން ތިބީ އީސާގެފާނު ދަންޖައްސާއި މަރާލެވިއްޖެއޫ ކަމަށެވެ. އަދި މީގެ ފަހުން ގުރްއާނުގައި މިދެބައި މީހުންނަށް ﷲ ދެއްވާފައި ވަނީ، ޔަހޫދު އާއި ނަސާރާއެވެ، ގުރުއާނުގައި ނަންގަނެވިފައި ވަނީ މިދެނަމުންނެވެ. މިގޮތަށް މިނަމުންނެވެ. އިސްރާއީލުގެ ދަރިކޮޅު މީހުންނެކޭ އޭގެފަހުން އައިސްފައި ނުވެއެވެ!!


އާދެ! އާދަމްގެފާނުން ފެށިގެން ގުރްއާން ބާއްވާލައްވަންދެން ވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް، ﷲގެ ބިމުގައި އޮތްތެދު ދީނަކީ އިސްލާމްދީނެވެ. އެހެން ހުރިހާ ދީނަކީ ގުރުއާނުގެ ކުރީގެ ސަމާވީފޮތްތައް ބަދަލުކޮށް އަމިއްލައަށް އުނިއިތުރުކޮށް އަމިއްލައަތުން ލިޔެގެން އުފައްދާފައިވާ ފަލްސަފީ ދީންތަކެވެ. މިހާރު މުޅިންހެން މަޝްހޫރުކޮށް މި ފެންނަނީ އެފަދަ މަސްނޫއީ، ފަލްސަފީ ދީންތަކެވެ!


އެމީހުން، އާދެ، އިސްރާއީލުދަރިން، ޔަހޫދީންނާއި ނަސާރާއިން އަމިއްލަ އެދުމާ އެއްގޮތަށް ސަމާވީ، އިލާހީފޮތްތައް ތަހުރީފުކޮށް ބަދަލުކޮށް ގަތީއެވެ. ﷲ އަށް ނުކިޔަމަންތެރި ވީއެވެ. ނުލަފާވެގަތީއެވެ. މަގުފުރެދިގެން ގޮސްފައިވާ މި ޔަހޫދީންނަށް ހިދާޔަތު ދެއްވުމަށް މޫސާގެފާނަށް ފަހުގައި ވެސް އެކިނަބީން ފޮނުއްވުނެވެ. ﷲގެ މަގަށް، ﷲގެ ހިދާޔަތަށް އިސްރާއީލުގެ ދަރީން އެނބުރި އާދޭތޯއެވެ.


އާދެ! މޫސާގެފާނާއި ހާރޫނުގެފާނަށް ފަހު، އެމީހުންގެ ތެރެއިން، އެމީހުންނަށް ފޮނުއްވުނު ނަބީއެއްކަމުގައި ޔޫޝައުގެފާނު "ޖޯޝައު" ނަބީއެއްގެ ގޮތުގައި ފޮނުއްވުނެވެ. މިއީ މޫސާގެފާނާއި ހާރޫނުގެފާނުގެ ހަޔާތްޕުޅު ދުށް ބޭކަލެވެ. އޭރުގެ އަރިސް ބޭކަލެކެވެ. ޔޫޝައުގެފާނު އެމީހުން ލީޑު ކުރައްވާއި ހިދާޔަތުގެ ޚަބަރުތައް މޫސާގެފާނު ގޮތަށް ދެއްވިއެވެ. ވިދާޅުވިއެވެ. މުގައްދަސް ބިމަށް އެރުމަށް، ﷲގެމަގުގައި ޖިހާދު ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި އެމީހުންނާ އެކު އެޖިހާދު ކުރެއްވިއެވެ.


މިއީ މޫސާގެފާނާއި ހާރޫނުގެފާނު ވެސް ހިންގެވި ތެދު މަގެވެ. ޔޫޝައުގެފާނުގެ ގިޔާދަތުގައި ބައިތުލްމަގުދިސަށް ވަދެ ހުކޫމަތެއް ގައިމު ކުރިއެވެ. ޔޫޝައުގެފާނުގެ ގިޔާދަތު ދުވަސްގަނޑަކަށް ދެމިއޮތެވެ. ޔޫޝައުގެފާނު އެބައި މީހުންނަށް ހެޔޮމަގުގެ ޚަބަރުތަކާއި ހިދާޔަތަށް މަގު ދެއްކެވިއެވެ.


އަދި ތިޔަބައި މީހުންނަށް ހަގީގީމަސީހާއެއް، ނަބީގެފާނެއް ފޮނުއްވާނެ ކަމުގެ އުވާވެރި ޚަބަރު ދެއްވިއެވެ. ޔޫޝައުގެފާނު މި އިޝާރާތް ކުރައްވަނީ އީސާގެފާނަށެވެ. އެހެނަސް އެމީހުން އެވާހަކަތައް ގަބޫލު ނުކޮށް އީސާގެފާނުގެ ނުބުއްވަތު ދޮގުކުރީއެވެ. އީސާގެފާނައި ފާޅުގައި ދެކޮޅުހެދީއެވެ. އަދި އެމީހުން ގަބޫލުކޮށް ގަތީ، އިބްރާނީބަހުން ނަމަ، "މަޝާއު" މަސީހުއްދައްޖާލެއް، އެމީހުން ލީޑުކޮށްދިނުމަށް ފޮނުއްވާނެ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރާނީ މޫސާގެފާނުގެ މިސްކިތް ހުރިތާގައި އެމީހުންގެ ތިންވަނަޓެމްޕަލް އަލުން ބިނާވުމުން ކަމަށެވެ.


އަދި އެ މަސީހުއްދައްޖާލަކީ ޒަމާނީ ތަރައްގީއާއި އެކި ހުނަރުތަކުގެ އާރާއިބާރު ހުރި ގައުމެއް، ހުކޫމަތެއް ބިނާކޮށް ދެއްވާނެ މީހާކަމަށެވެ. މިހާރުގެ ޔަހޫދީން މަސީހުއްދައްޖާލު ގެނެސް ތިންވަނަޓޭމްޕަލް ބިނާކޮށް، ބޮޑުއިސްރާއީލު އުފައްދަން މިއުޅެނީ އެހެންވެ، އެފަދަ މަޝާއެއްގެ ވެރިކަމެއް ފަލަސްތީނުގައި ގައިމުކުރާށެވެ. ރައީސްޓުރަމްޕަކީ ދައްޖާލުކަމަށް ގަބޫލުކޮށް ޔަހޫދީ ބަޔަކު މިހާރުވެސް ފޮތްލިޔެފައި އެބަހުއްޓެވެ.



ޓުރަމްޕަކީ ދައްޖާލުކަމަށް ހަދާއިލިޔެފައިވާ ފޮތެއް
ޓުރަމްޕަކީ ދައްޖާލުކަމަށް ހަދާއިލިޔެފައިވާ ފޮތެއް

މުސްލިމުން ކޮންމެ ނަމާދެއްގެ ފަހުއައްތޮހިއްޔާތުގައި މަސީހުއްދައްޖާލުގެ ފިތުނައިން ސަލާމަތްކޮށް ދެއްވާއި ރައްކާތެރިކޮށް ދެއްވުމަށް އެދި ދުއާކުރަނީ ފަހުޒަމާނުގައި ފާޅުވާނެ މިދައްޖާލުކަލޭގެ، ދޮގުވެރިމަޝާއުގެ ފިތުނައިން ސަލާމަތް ވުމަށެވެ. ހުރިހާނަބީންނާއި އެންމެފަހުގެ ރަސޫލާ މުހައްމަދުގެފާނު ވެސް މަސީހުއްދައްޖާލުގެ މި ފިތުނައިން ރައްކާތެރިވުމަށް ގޮވާލައްވައި އިންޒާރު ދެއްވިއެވެ. އަދި ކޮންމެ ނަމާދެއްގައި އެދުއާ ކުރެއްވިއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ކަހަފު ސޫރަތް އެމުސީބާތުން ރައްކާތެރިވުމަށް ކިޔަވަން އަންގަވާފައި ވެއެވެ.


ފަހެ، މިވެރިންގެ އަގީދާއާއި މަގުސަދަކީ، އެފަދަ ދޮގުވެރިދައްޖާލަކު ވީހާ އަވަހަށް ގެނެސް ޔޫޝައުގެފާނުގެ ދެއްވި މިޚަބަރު މިވެރިން ގަބޫލުކުރާ ގޮތަށް ފުރިހަމަ ކުރާށެވެ. އެފަދަ ދައްޖާލީ ވެރިކަމަކަށް ތަބާވާށެވެ. މިހާރު މިފެންނަ ހުރިހާ މަސައްކަތެއް މިކުރަނީ އެބޭނުމުގައެވެ. އެފަދަ ދައުލަތެއް އުފައްދާއި ދުނިޔޭގައި ގަދަފަދަ ވެރިކަމެއް ކުރާށެވެ. އިސްރާއީލުގައި މިހާރު ފެންނާން އެތިބީ ކާފަރުވި ސަހްޔޫނީ ޔަހޫދީންނެވެ. އެއްވެސް ހާލެއްގައި އެއީ އަސްލު ޔަހޫދީންނެއް ނޫނެވެ.


އެއީ ސަމާވީ އަސްލު ފޮތްތައް ކަމުގައިވާ ތައުރާތާއި އިންޖީލާއި ޒަބޫރަށް އީމާންވާ ބައިގަނޑެއް ނޫނެވެ. ފަހެ، އެއީ މާއްދީފަރާތެއް ކަމުގައިވާ ސެންޓާކުލައުސް އަށް އީމާންވެ، އޭނާއަށް ބޯލަނބައި ތަބާވި ބައިގަނޑެވެ. ޝައިތޯނީ މާއްދީބާރުގެ ފަހުލަވާނުންނެވެ. ސުލައިމާނުގެފާނު ތަޚުތުގައި ސަވާރުވެ އިން ޝައިތޯނީ ޖަސަދަށް ތަބާވާ އިލްހާދީ މީހުންނެވެ. މުލްހިދުންނެވެ. ޝައިތޯނީ ބާރުން ބާރު ލިބިގަންނަ ކަޅުބާރެވެ. އަނދިރިބާރެވެ. ކަބާލާ ޖާދޫން ބާރުލިބިގަންނަ މީހުންނެވެ.


ސެންޓާކުލައުސް
ސެންޓާކުލައުސް

މިއީ ދިމާ ރޫހާނިއްޔަތާ އިދިކޮޅެވެ. ދައްޖާލުގެ ފަހުލަވާނުންނެވެ. ހުނަރުވެރިކަމާއި ޝައިތޯނީ ބާރުން ދުނިޔެއަށް ވެރިވާން ބޭނުންވާ  ގުރޫޕެވެ. ފަހުޒަމާނުގެ ދައްޖާލީ ނިޒާމުގެ ބައިގަނޑެކެވެ. ދައްޖާލަކީ ދަޖަލް އިން އުފެދިފައިވާ ލަފުޒެކެވެ. ބަހެކެވެ. އޭގެ މާނައަކީ ވަރަށް ބޮޑަށް ދޮގު ހަދާ މީހާއެވެ. ދޮގުގެ ސަރުދާރެވެ. ކައްޒާބެވެ. ދޮގުގެ މާސްޓަރު ކަލޭގެއެވެ. މީސްތަކުންނަށް އޮޅުވާލައިގެން ބާރުހޯދާ ދޮގުވެރިޔާއެވެ. މިޒަމާނުގެ ޑިކްޓޭޓަރުންނަކީ މިބާގައެވެ.


އާދެ! އެމީހުން ބުނެ، އަދި ގަބޫލުކުރާ އަގީދާ އަކީ އިސްރާއީލުގެ ދަރީން ބޭރުކުރެވުނު ރަށް، ފަލަސްތީނަކީ، އެމީހުންގެ އަނެއްރާއްޖެ ކަމުގައިވާ މުގައްދަސް ބިމުގެ މިލްކުވެރިން ނޯލައެވެ. ފަލަސްތީނު ބިމަށް، މުގައްދަސްބިން، ހޮލީލޭންޑު، އަނެއްރާއްޖެ މިކިޔަނީ އެނބުރިއައިސް އެބިމަށް ގަދަވެގަނެ މިލްކު ކުރާށެވެ.


ރައީސްނަޝީދު އެމްޑީޕީ ލީޑު ކުރެއްވި ދުވަސްވަރު އަނެއްރާއްޖެ މިނަން ނަންގަވައިގެން ބޭނުންކޮށް އުޅުއްވީ މިތަނުން ނަންގަވައިގެންނެވެ. އެއީ ދިވެހިންނަށް މިވަގުތު ފާކޮށްފައި ހުރި ސަހުޔޫނީ އަނދިރިބާރުގެ ފައްކާ ޔަހޫދީ އެޖެންޓެކެވެ. ފަލަސްތީނު މުގައްދަސް ބިމުގައި ބޮޑުއިސްރާއީލު ބިނާކުރަން އުޅޭ ދައްޖާލުގެ އަހުލުވެރިންނަކީ މިއީއެވެ. ހަގީގަތުގައި ފަހުޒަމާނުގެ ދައްޖާލުގެ އައުވާނުންނަކީ މިއީއެވެ.


ދެހާސް އަހަރަށް ވުރެ ގިނަ ވަންދެން ބިންމަތީގައި އެކިރަށްރަށުގެ އެތަންމިތާގައި ވިއްސިވިހާލިވެ އުޅެފައި ނުކުމެ  ބައިތުލްމަގްދިސް އަކީ އެމީހުންގެ މިލްކު ބިންކަމަށް ދައުވާކޮށް ޣަސްބުން ފޭރި ވެރިވެގަންނަން ހަނގުރާމަ ކުރަމުން އެގެންދަނީ މިބައިގަނޑެވެ. މިއީ އެމީހުންގެ އަނެއްރާއްޖެއެވެ. މުގައްދަސް ބިމެވެ.


ފަލަސްތީނުގައި އަމިއްލަ ތަހުޒީބެއް އުފައްދާއި ބާރުވެރި ވެރިކަމެއް ގައިމުކޮށް، އެ ހުކޫމަތުގައި އެއްޖިންސުން ކައިވެނިކޮށް ރަސްމީ ސެޓިފިކެޓް ހަދައިދީ، އިންސާނީ ދެޖިންސު އޮޅުވާލާއި ބޭނުންޖިންސަކަށް ބަދަލުވެގަނެ އެއީ ޒަމާނީތަހުޒީބުކަމަށް ދެކި، މިނިވަން ލިބަރަލް ޑިމޮކުރަސީއަށް ގޮވާ، އަދި އެ ފަލްސަފާ މުޅި ދުނިޔޭގައި ފަތުރަމުންދާ ޝައިތޯނީ ބައިގަނޑެވެ!


ހަގީގަތުގައި ޔަހޫދީންގެ މިދަރިކޮޅަކީ ސަމާވީފޮތެއް ބާއްވާލައްވާފައި ނެތް ވަކިވެގަނެގެން އުޅުނު ހަނގުރާމަވެރި މާވަރުގަދަ ބައެކެވެ. ފަރުބަދަމަތީ ގަބީލާއެއްގެ ދަރިކޮޅެކެވެ. މުލްހިދު ވައިކިންގުދަރިކޮޅާ ހެސްކިޔާފައި ހަނގުރާމަ ކުރި ބައެކެވެ. އާޒަރުބައިޖާން، ބާކޫގެ އުސްފަރުބަދަތައް މަތީ ހިސާބެއްގެ "ޚަޒާ" އޭ ކިޔުނު އަވަށަކަށް ނިސްބަތްވާ އަޝްކިނާޒީންނޭ ކިޔާ އުޅެނީ، ޔަހުދީ މި ދަރިކޮޅަށެވެ. ގޫގުލްކޮށް ލުމުން ވެސް މިވެރިންގެ ވަނަވަރު ނަސްލަށްދާންދެން ބުނެދޭނެއެވެ.


މިއީ ގުރުއާނުގައި ނަންގަނެވިގެންވާ ޒުލްގަރުނައިންގެފާނު މަޣްރިބާއި މަޝްރިގުގެ ދެކަނޑާއި ދެމެދު، އަދި ފަރުބަދަތަކުން ޝިމާލަށް، މައްޗަށް ކުރެއްވި ދަތުރުގައި ދިމާވި ގަބީލީބައެއްގެ އެދުމަށް ދަނގަޑުފިލާ އާއި ލޮއި މައުދަނު ވިރުވައިގެން ހުރަހެއް ބިނާކޮށްދެއްވައި ހިފޭއްޓެވި ޔައުޖޫޖުމައުޖޫޖު އޭ ކިޔުނު ބަޔަކަށް ނިސްބަތް ކުރެވޭ ޔަހޫދީބަޔެކެވެ.


ޔައުޖޫޖުމައުޖޫޖު ބައިގަނޑަކީ އާދަމުގެދަރިކޮޅު ނަސްލުން އައިސްފައި ތިބި، އިންސާނުންހެން ދިރިއުޅެމުން ދާ ބައެކެވެ. ހަގީގަތުގައި އެއީ ޖިންނީންނެއް ނޫނެވެ. އަދި އެހެން ޕުލެނެޓުތަކުގައި ވަޒަންވެރިވެގެން އުޅޭ އެހެން ވައްތަރެއްގެ މަޚްލޫގެއް ވެސް ނޫނެވެ. މިހާރު މިކިޔާ އުޅޭ، އަދި މިހާތަނަށް ހަގީގަތް ހޯދިފައި ނުވާ، ގޮތް ނޭންގޭ "އޭލިއަނުން" ނެއް ވެސް ނޫންމެއެވެ. ޔައުޖޫޖުމައުޖޫބާގަ އަކީ އިންސާނީ ނައު އެކެވެ. އާދަމުގެދަރީންނެވެ. ވަރަށް ގިނަ އަދަދަކަށް އެމީހުން ލެއްވި ދުނިޔެއެއް، އަދި ބިމެއް ދެނެވޮޑިގެން ވާނީ ﷲ އެވެ.


ބައެއް ތާރީޚީ އިލްމުވެރިން ބުރަވާ ގޮތުގައި ޒުލްގަރުނައިންގެފާނު ބަންދުކުރެއްވި ހުރަހަކީ އެހެން ދުނިޔެއަކާ ގުޅިފައިވާ ޕޯޓަލެއްގެ ދެ ހުޅުވުމެވެ. ޔައުޖޫޖުމައުޖޫބާގައިގެ ހަގީގީނަސްލު ވަނީ އެދުނިޔޭގައި، އެބިމެއްގައި ބަންދު ކުރެވިފައެވެ. ވޯމު، އަދި ބުލެކު ހޯލުތަކަކީ، ހޫނު އަދި ކަޅުހޮރުތަކަކީ މިހާރު ސައިންސުވެރިން ހޯދާފައި ހުރި ހަގީގަތެވެ. އޮއްސޭތަރިތައް އޮއްސޭވަޅުގަނޑެވެ. އެކުސްގެ ވެރިޔާ އިލޯންމަސްކު އުފައްދާފައިވާ ގުރޯކު އޭއައިގެ ލޯގޯއަކަށް އެގެންގުޅެނީ މީގެ ފަލަކީ ހޮރުތަކުގެ ހުޅުވުން ދުރުން ފެންނަ ގޮތް ދައްކުވައިދޭ ގޮތެވެ!



ގުރޯކުއޭއައިގެ ލޯގޯ
ގުރޯކުއޭއައިގެ ލޯގޯ


މިއީ ސައިންސުވެރިން ހޯދާފައިވާ ގޮތުގައި އެހެން ދުނިޔެތަކަށް ދަތުރު ކުރެވޭނެ އެންމެ ކުރު މަގެވެ. ވަގުތާއިގަޑި ނުހިންގާ ހިސާބު ކައުނުގައު ކުއްލިއަވަސް ދަތުރުގެ ރާސްތާއެވެ. ތަރީގެވެ. މަގެވެ. ހަތްދުނިޔެ ވާއިރު ކޮންމެ ދުނިޔެއެއްގައި އަރުޟް އެއް، ބިމެއް ވާނެއެވެ.


ކީރިތި ރަސޫލާ އެންމެ މަތީ އުޑާ ހަމައަށް، އަދި ސިދުރަތުންމުންތަހާއަށް، ﷲގެ ބުރާގުނޫރުފުޅުގައި މިއުރާޖު ކުރެއްވުނީ ބެލެވޭ ގޮތުގައި މިމަގުންނެވެ. ވީމާ ބައިތުލްމަގްދިސް ބިމުން އުޑުތަކަށް ޖިސްމާއިހަޑިގަނޑާ އެކު ދަތުރު ކުރެއްވުމަކީ ވެފައި ހުރި ހަގީގީކަންތަކެވެ. ވީމާ އިންސާނުންނަށް މިފަދަބާރެއް ހޯދުމުގެ ގާބިލުކަން ގުރުއާނުގެ އިލްމުން ހޯގައިގަނެވިދާނެއެވެ. ހަމަލޮލަށް ނުފެން ބާރުތައް، ﷲ ވަނީ ލައްވާފައެވެ.


ބައެއް ސައިސުވެރިން ގަބޫލުކުރާ ގޮތުގައި އެކިޖާޒިބީ ބާރުތައް ޖަމާވާ ސަރަހައްދުތައް މިދުނިޔެއިން ފެނިފައިވެއެވެ. މައްކާ ހަރަމްފުޅާއި ފަލަސްތީނު ހަރަމްފުޅު ސަރަހައްދަކީ ވެސް މިފަދަ ބާރުތައް ޖަވާ ނުކުތާއެއް ކަމުގައި ބެލެވެއެވެ. ގުރުއާން ބުނަކީ ބައިތުލްމަގުދިސް ވަށައިގެން، ﷲ ބަރަކާތް ލެއްވި ކަމަށެވެ.


އަހުރެމެން ތެރޭގައި މަޝްހޫރުވެފައި ހުންނެވި ޔަހޫދީންގެ އެޖެންޓު ރައީސްނަޝީދު އައްޑުއަތޮޅުގައި ސާކުސަމިޓުބޭއްވުމަށް އިމާރާތެއް ބިނާކުރެއްވުމަށް ގަސްދު ކުޅަ ހިނދު، އައްޑޫބިމުގެ އެ ސަރަހައްދު ހަމަޖެއްސެވީ ވެސް ކޮންމެ ވެސް ގޮތަކުން އައްޑޫބިމުގެ އެޕޮއިންޓަކީ ކޮންމެވެސް ކަޅު ބާރުތަކެއް ޖަމާވާ ސަރަހައްދެއް ކަމުގައި ކޮންމެވެސް ފަރާތަކުން ޚަބަރެއް އޭނާއަށް ލިބިފައި ވާތީއެވެ. މިފަދަ ކަމެއް ނެތް ނަމަ، އައްޑުވަށް އެދިމާއަށް ބޭރުގައުމުތަކުގެ ވެރިންތަކެއް ޖަމާކު ކުރައްވާކަށް އޭނާ ނޫޅުއްވީއެފެ. މިހުންނަނީ ޔަހޫދީން ވަރަށް ދުރާލާ ރާވައިގެން ހިންގާ ވަކިމަގުސަދުތަކެއް ހިމެނޭ ވަރަށް ސިއްރު ކަންކަމެވެ.


ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ކީރިތިރަސޫލާގެ ސައްހަ ހަދީސްފުޅެއްގައި ޒުލްގަރުނައިން ބިނާކުރެއްވި ވަރުގަދަ އެ ހުރަހުގައި، އެފާރުގައި ލޯވަޅެއް އެޅި އަދި އެފާރުން، ބަންދު ކުރެވިފައި ތިބި، ޔާޖޫޖުމައުޖޫޖު ބާގަ ވީއްލިއްޖެ ކަމަށް ވަނީ، ހަދީސް ކުރައްވާފައެވެ. މިހަދީސްފުޅު ކުރެއްވީ ރަސޫލާ އެއްފަހަރެއްގައި ނިދިންހޭލައްވައި ކުއްލިހައިރާން ކަމެއް މަތީގައި އިންނަވައެވެ. ނިއްކުރިފުޅާއި މޫނުފުޅުމަތިން ގޮއްދާފޮދު އައިސް ހާސްކަންމަތީ އިންނަވައި ކުއްލިއަކަށް އަތްޕުޅުން މޫނު ފޮއްސަވައި ލެއްވުމަށް ފަހު ވިދާޅުވަނީ، "ވައިލުންލިލްއަރަބް" އަރަބިންނަށް ހަލާކު ހުރި މިހެންނެވެ.


މިގޮތަށް ހާސްކަންމަތީ އިންނަވައި ތިންފަހަރަށް "ވައިލުންލިލްއަރަބް" މިބަސްފުޅު ތަކުރާރުކޮށް ވިދާލުވުމުން، އެވަގުތު އަރިހުގައި ކައިރީގައި އިންނެވި އަނބިކަމަނާ ޒައިނަބު ބިންތު ޖަހުޝް، ވާނުވާ އެއްސަވާއި ސުވާލު ކުރެއްވިއެވެ. ދެން ކީރިތި ރަސޫލާ ބަޔާންކޮށް ދެއްވީ އަތްފުޅުން އިޝާރާތް ކުރައްވަމުން، ޒުލްގަރުނައިންގެފާނު ބިނާކުރެއްވި އެ ހުރަހުގައި، ފާރުގައި ލޯވަޅެއް އެޅުނު ވާހަކަފުޅެވެ. މިއީ ވަރަށް ސައްހަ ހަދީސްފުޅެކެވެ.


ދެން އެއަށްފަހު ވާނީ ކިހިނެތް ތޯ އެކަމަނާ ސުވާލު ކުރެއްވުމުން ހަދީސްކުަރައްވާއި ވިދާޅުވީ މިބާގައިގެ މީހުން އެކި ރަށްތަކަށް ފެތުރި ރިބާ، އާންމުކޮށް އިގްތިސާދީ މައީޝަތުގެ ނިޒާމް ޚަރާބުކޮށް އެމީހުންގެ ފައިދާ އާއި މަންފާއަށް މާލީނިޒާމު ބަދަލުކޮށް ލާނެތެވެ. މިހާރު މިގެންގުޅޭ ކަރުދާސް ފައިސާގެ ނިޒާމަކީ އެމީހުންގެ އުފެއްދުމެކެވެ.


ރަންރިހި އެއްކޮށް ހިފާއްޓާއި ކަރުދާސްނޫޓު އީޖާދުކޮށް ހަދާއި އެމީހުންގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ނޫނީ، މާލީ އެއްވެސް ކަމެއް ރާވައި ނުހިންގޭ ގޮތަށް، އަދި ބައިނޭޅޭ ގޮތަށް ދިރިއުޅުމުގެ އެވެސްކަމެއް، އަދި ފިޔަފާރިއެއް ނުކުރެވޭ ގޮތަށް އެއްބަސް ކުރުވައި މާލީނިޒާމު ބަދަލުކޮށްލީއެވެ. ދައްޖާލީނިޒާމަކީ މިއީއެވެ. ކީރިތިރަސޫލާ ވަނީ، މި ނިޒާމުގެ އަސްލުބިންގާ ކަމުގައިވާ "ރިބާ" އައި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރައްވާފައެވެ.


އަދި އީސާގެފާނު ބައިތުލްމަގުދިސް މިސްކިތަށް ވަންނަވާއި ޔަހޫދީން ރިބާ ހިންގަމުން ގެންދިޔަ މޭޒުތައް ވަގުތުން މުގުރާލެއްވިއެވެ. އިސްރާއީލުގެދަރީން ރުޅިގަދަވެ އެންމެބޮޑަށް ދެކޮޅު ހެދީ މިކަމާހެދިއެވެ. އަދި އެދުވަސްވަރު އެސަރަހައްދުގެ ބަލަދުވެރިފަރާތަކީ، ރޯމަނުންނަށް ވާތީ ރޯމަނުންގެ ރަސްގެފާނު ގާތުގައި ޝަކުވާ އުފުލައި އީސާގެފާނުގެ އިސްތަށިފުޅުގައި ދޮގުބަދުނާމެއް އަޅުވާއި ގަތުލުކޮށްލުމަށް ސޮލީބަށް އެރުވުމަށް ރޭވި އަސްލު ސަބަކީ ރިބާ އައި ދެކޮޅު ހެއްދެވުމެވެ.


އާދެ! މަޝްހޫރު މި ހަދީސްފުޅަކީ ވައިލުލްލިލްއަރަބި ނަމުން މަޝްހޫރުވެފައިވާ ހަދީސްފުޅެވެ. މިއީ ބުޚާރީމުސްލިމް ރިވާކުރެއްވި ހަދީސްފުޅެކެވެ. ސައްހަ ހަދީސްފުޅެކެވެ. ތާރީޚީގޮތުން މުއައްރިޚުން ލިޔުއްވާ ގޮތުގައި މިހަދީސްފުޅު ކީރިތިރަސޫލާ ހަދީސް ކުރެއްވި ދުވަސްވަރައި އާޒަރުބައިޖާން، ބާކޫ ސަރަހައްދު ހިމެނޭ ކެސްޕިއަންކަނޑުން ފެނުގެ ބޮޑުސައިލެއް، ސުނާމީއެއް އެރި ދުވަސްވަރައި ދިމާވެއެވެ.


ޒުލްގަރުނައިން ލެއްވި ފާރު އެކުގައި ގެއްލިދިޔައީ މިސޭލުން އުފެދުނު ފުލަޑުގެ ވަރުގަދަ އޮއިވަރުގައި ބެހިގެން ދިޔަ ފެންގަނޑާ އެކުގައި ކަމަށް ބެލެވިދާނެއެވެ. އެސަރަހައްދުގައި މިހާރަކު ފާރެއް ފެންނާކަށް ނެތެވެ. އަދި ފާރެއްގެ އަސަރެއްވެސް ނެތެވެ. އެހެނަސް ޚަޒަރު އަވަށުގެ، އަޝްކިނާޒީ ފަރުބަދަމަތީ ޔަހުދީން ދިރިއުލޭ އަވަށް މިހާރު ވެސް ފާހަގަ ކުރެވެއެވެ.


އަލީގެފާނާއި ބައެއް ތަބާތާބިއީންގެ ބަސްފުޅުތަކުގައި ޒުލްގަރުނައިނަކީ މިދުނިޔެއިން އެހެން ދުނިޔެތަކަށް ބާރުސްޕީޑުގައި، ﷲގެނޫރުފުޅުގެ ބާރުގައި ދަތުރުކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިވާ މަޚުލޫގެކެވެ. އަލީގެފާނަށް ނިސްބަތްކޮށް ޒުލްގަރުނައިނަކީ އުޑުގެވިލާތަކުމަތިގައި ދަތުރު ކުރެއްވި ބޭކަލެއްކަމަށް ބުނެވިފައި އެބަހުއްޓެވެ.


މިހަދީސްފުޅަށް ބުރަވާ އިރު ޔައުޖޫޖުބާގަ ވަނީ މިހާރު ވީއްލިފައެވެ. އިންސާނުންގެ މި ދުނިޔޭގައި ދައްޖާލީނިޒާމު ބޮޑުރޭވުމެއްގެ ދަށުން ފަތުރަމުން ގެންދަނީ އެބާގައަށް ނިސްބަތްވާ ސަހުޔޫނީ ޔަހޫދީދަތިކޮޅުންނެވެ. އިސްރާއީލުގެ ދަރީން ނެރެލެވުނު ފަލަސްތީނަށް ޣަސްބުން ފޭރިގަނެ އަރާ އެތިބީ މިދަރިކޮޅެވެ.


އެހެނަސް ބޮޑުބައިގަނޑެއް ސިފައިގާ ފައުޖުފައުޖަށް ޔައުޖޫޖުމައުޖޫޖުބާގަ ނުކުމެގެން މިދުނިޔެއަށް އަންނަނީ ހަގީގި ދައްޖާލު ފާޅުވުމުން، އެ މަސީހުއްދައްޖާލަށް މަދަދު ދޭށެވެ. ވާގިވެރިވާށެވެ. ހަގިގީ ދައްޖާލު، ކާފަރުކަލޭގެ ބަލިކޮށް ޔައުޖޫޖުބާގައިގެ އެންމެން ދައްޖާލާ އެކު މަރުވެ ނެތިދާނީ އީސާގެފާނު ދެމަލާއިކަތުންގެ އެހީފުޅުގައި އުޑުން ވަޑައިގަތުމަށް ފަހުއެވެ. އެއީ މަހުދީގެފާނު ފެނި ފާހަގަކުރެވި ފައުލުމުމަށް ފަހެވެ.


ދަންނާށެވެ! ހަގީގަތުގައި ބާކޫސަރަހައްދުގެ އުސްފަރުބަދަ ތަކުގެ މަތީގައި ދިރިއުޅެމުން ގެންދިޔަ އަޝްކިނާޒީ ޔަހޫދީ ދަރިކޮޅަކީ ޒުލްގަރުނައިން ބިނާކުރެއްވި ފާރުގައި ލޯވަޅެއް އެޅި އެފާރު ގެއްލިދިއުމުން ނުކުތް ޔައުޖޫޖުމައުޖޫޖު ބާގައިގެ ދަރިކޮޅައި ގުޅުން ހުރިބައެކެވެ. މިދަރިކޮޅަކީ ފަރުބަދަމަތީ ޔަހޫދީންގެ ގޮތުގައި ތާރީޚުގައި މަޝްހޫރުވި އަޝްކިނާޒީދަރިކޮޅުގެ ޔަހޫދީ މީހުންނެވެ. މިއީ ދައްޖާލީ ނިޒާމުގެ އަހުލުވެރިންނެވެ. ކުރީޒަމާނުގައި މިގަބީލާ ދިރިއުޅެމުން ގެންދިޔައީ މުޅިން ވަކިންނެވެ. އެހެން އިތުރުބަޔަކައި މަސްހުނި ނުވެއެވެ. އިތުރު މީހަކަށް މިގަބީލާ އައި ގުޅުނަކަ ކަނުދެއެވެ.


މިގަބީލާއިން ބޭރު މީހަކައި ކައިވެނި ކުރުން މުޅިން މަނަލެވެ. އެހެނަސް ފަހަކަށް އައިސް އެގަބީލާއައި ފަލަސްތީނުގެ މުގައްދަސް ބިމުން ނެރެލެނު އެހެން ޔަހޫދީންގެ ދަރިފަސްކޮޅައި ގުޅި ބައިބޮޑުވީއެވެ. ސަމާވީ ފޮތުގެ އަހުލުވެރި ޔަހޫދީންނާއި މިގަބީލާގެ އަޝްކިނާޒީޔަހޫދީން މަސްހުނިވެ ގުޅުނީއެވެ. އަދި އެއްވެސް ދީނެއްގަބޫލު ނުކުރާ ވައިކިންގުންގެ، މުލްހިދުންގެ ދަރިފަސްކޮޅައި ވެސް ގުޅުނީއެވެ. މިގޮތުން ފަހަށް އައިސް ސަމާވީފޮތްތަކުގެ ދީން އެކުގައި ގެއްލި ދިޔައީއެވެ. މިބާގަ މަޝްހޫރުވީ ޔަހޫދީ ސަހުޔޫނީން ގޮތުގައެވެ.


އަދި ބޮޑެތި ފައްޅިތައް ބިނާކުރެވި ރައްބީންނާއި ރާހިބުންގެ އެދުރުންނާއި ފާދިރީންތައް ގިނަވެ ދީންބައިބައިކޮށް ގަތުމުން މިއެންމެން ބޭނުންވީ، މިވެރިން ގަބޫލުކުރާ ވަކި ފަލްސަފާއެއް ވުޖޫދުކުރާށެވެ. އަދި ވެރިކަން ކުރާނެ ނިޒާމެއް ވުޖޫދުކުރާށެވެ. އަދި މިގުރޫޕުތައް އެކުގައި ގުޅިގެން ކުރިޔަށް ދާނެ އަސްލުތަކެއް، ޕުރޮޓޮކޯލެއް ލިޔެ އަމަލުކުރަން ފެށީއެވެ.


މިހާރުވެސް އަސްލަކަށް މިވެރިން ބަލައި ތަބާވަނީ އެ ޕުރޮޓޮކޯލްތަކަށެވެ. ބަރާބަރަށް އަހަރީ ބައްދަލުވުންތައް ވެސް ބާއްވައެވެ. ދުނިޔޭގެ ބޮޑެތި ނިންމުންތައް ވެސް ގަވާއިދުން ނިންމާ ހަދައެވެ. ދުރާލައި ވާނެކަންކަމުގެ ކާޓޫނުތަކާއި ފިލްމުތައް ވެސް ހަދާއި ނެރެމުންދެއެވެ.


ގުރްއާނުގައި އައިސްފައި ވާގޮތުން، ބަނީއިސްރާއީލު، ޔަހޫދީ ދަރީން ދެފަހަރެއްގެ މަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން އެޔަބައިމީހުން ބޮޑާވާނޫއެވެ. ފަޚުރުވެރިވެ ބިމުގައި ފަސާދަ ބަރުޕާ ކުރާނޫއެވެ. އިސްރާއީލު ދަރީންގެ ފަރާތުން ފެނިގެންދާނެ ފަސާދަތަކާއި ބޮޑެތި ޖަރީމާތަކުގެ ވާހަކަތައް، ﷲ ވަނީ އެބައި މީހުންނަށް ބާއްވާލެއްވި ފޮތްކަމުގައިވާ ތައުރާތުގައި ޚަބަރު ކުރައްވާއި ނަބީބޭކަލުން ފޮނުއްވައިގެން އަންގަވާފައެވެ.


އެއީ އެބައިމީހުން، އެކަމުގެ ބިރުވެރިކަން އިހުސާސްކޮށް ފަސްޖެހޭތޯ، އެފަސާދަތައް ކުރުމުގެ އުގޫބާތުގެ އިންޒާރު ދެއްވީއެވެ. ތަކުރާރުކޮށް ހަނދާންކޮށް ދެއްވީއެވެ. އެހެނަސް ތަކުރާރުކޮށް ގިނަގިނައިން ފުރުސަތުދެއްވުމުން ވެސް މިމީހުން އެކަން ބަލައެއްނުގަތެވެ. ކިބުރުވެރިވެ ބޮޑާވެގަތީއެވެ.


އެއްގޮތަކަށް ވެސް އެބައިމީހުން އެކަމުގެ ބިރުވެރިކަން އިހުސާސެއް ނުކުރިއެވެ. އަދި އެ ފަސާދަތައް ކުރުމުން ފަސްވެސް ނުޖެހި އޭގައި ދެމިތިބީއެވެ. އަދި ފަލަސްތީނާއި އެރަށުގެ ވަށައިގެންވާ ތަންތަނުގައި ބޮޑު މާސިންގާ ފަސާދައަކުން ފަސާދަ ކުރީއެވެ. އެންމެ ފުރަތަމަ ފަސާދަ އަކީ ތައުރާތުގެ ހުކުމްތަކާ ޚިލާފުވުމެވެ. އަދި ދެން ކުރި ފަސާދަ އަކީ ޒަކަރިއްޔާގެފާނާއި ޔަހުޔާގެފާނު ގަތުލުކޮށް ލުމެވެ. އަދި އީސާގެފާނު ސަލީބަށް ލާއި ގަތުލުކުރަން އުޅުމެވެ. ފަހެ، މިއިންކޮންމެ ކަމަކީ ނުލަފާ ކަމުގައި ހައްދުފަހަނައަޅައި ދިއުމާއި ފަސާދަ ކުރުމުގެ ތެރޭގައި ހިމެނޭ ބޮޑެތި ނުބައި އަމަލުތަކެވެ.


ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ މުގައްދަސް ބިމުގައި ލޭ އޮހޮރުވާއި ނަބީބޭކަލުން ގަތުލުކުރުމުން، އެބައިމީހުންގެ މައްޗަށް، ﷲގެ އަޅުންގެ ތެރެއިން ޖާނުން ވަރުގަދަ ބާރުވެރިވެގެންވާ ޖައްބާރު ބަޔަކު، ﷲ ފާކުރެއްވިއެވެ. އެމީހުން ހެދުނާއި ހަވީރު އައިސް ޔަހޫދީންގެ ގެތަކަށް ވަދެ ފާސްކޮށް އެބައި މީހުން ގަތުލުކޮށް މުދާތައް ފޭރިގަތެވެ. އަދި ބައިތުލްމަގުދިސް އެމީހުންގެ ހައިކަލް ފައްޅި ބިންގަލުން މުގުރާލެވުނެވެ. މިއީ ފުރަތަމަ ޓެމްޕަލްގެ މުގުރާލުމެވެ.


ދެން ތިބި މީހުން ގެދޮރުން ނެރެލައިގެން އިރާގަށް، ގެންދިޔައީއެވެ. މިއީ ﷲ އެމީހުންނަށް ނިންމަވާފައި އޮތް ގޮތެވެ. ﷲ ޔަހޫދީންގެ މައްޗަށް މިފަހަރު ފާކުރެއްވީ، އިރާގުގެ ބާބިލްކަރައިގެ މަޖޫސީ ބުޚްތުނައްސަރު އޭ ކިޔުނު ބާރުވެރި ނުލަފާ ވަރުގަދަ ރަސްކަލެކެވެ. އޭރު އެމީހުން ތެރޭގައި ނަބީއަކަށް ހުންނެވީ އިރުމިއާގެފާނެވެ.


ދެން އެއަށްފަހު، ޔަހޫދީން ދިރިއުޅެމުން ގެންދިޔައީ ބާބިލުގައެވެ. ބުޚްތުނައްސަރު ގިނަބަޔަކު މަރާއި ސުންނާފަތި ކުރުމަށް ފަހު، ދެން ތިބި ބަޔަކު ތެރޭގައި ތިބި ލަފާ މީހުން އޭނާއާ އެކު ބާބިލަށް ގެނައެވެ. އޭގެ ތެރޭގައި މަޝްހޫރު ދާނިއަލްނަބީގެފާނު ހިމެނުނެވެ. ބާބިލަކީ އެއީ ބޮޑު ދެކޯރެއްގެ ދެމެދަށްވާ ރަށަކަށް ވާތީ ވަރަށް ބިންގަނޑު ރަނގަޅު، ފެހި ހިސާބެކެވެ. މިމީހުން ބާބިލްގައި އުޅުނީ، ބާބިލުގެ އަހުލުވެރީންގެ އަޅުންގެ ގޮތުގަ އާއި ނޯކަރީންގެ ގޮތުގައެވެ.



ބުޚުތްނައްސަރު ބާބިލްގެ ޖައްބާރު ރަސްހެފާނު
ބުޚުތްނައްސަރު ބާބިލްގެ ޖައްބާރު ރަސްހެފާނު


ދެން ވެސް، ﷲ އަށް، އަމުރުފުޅުތަކަށް ފުރަގަސްދީ، ބަސްނާހާއި މަގުފުރެދުމުން، ގުރުއާން ބުނާ ގޮތުގައި، ކުރިން ނަންގަނެ ވުނު، ޔޫޝައުއޭ ކިޔުނު ނަބީއަކު، ﷲ ގެމަގަށް ގޮވާލެއްވުމަށް އިސްރާއީލު ދަރިކޮޅަށް މޫސާ އާއި ހާރޫނުގެފާނަށް ފަހު، ފޮނުއްވުނެވެ. ނަބީޔޫޝައުގެފާނު އެބައި މީހުން އެނބުރި ނެރެލެވުނު މުގައްދަސް ބިމަށް އެނބުރިދާނެ ކަމާއި ކަލޭމެންނަށް ހިދާޔަތުގެމަގު ދައްކާނެ މަސީހާ އަކު އަންނާކެކަމުގެ އުފާވެރިޚަބަރުތައް ދެއްވީ ކުރިން ލިޔެވުނު ފަދައިން ޔޫޝައުގެފާނެވެ. ޔޫޝައުގެފާނު އެވިދާޅުވެދެއްވީ އީސާގެފާނު ފޮނުއްވާނެކަމުގެ ވާހަކައެވެ.


އަދި ބަނީއިސްރާއީލު ދަރީންނަށް މުގައްދަސްބިމުގައި އަޅުކަން ކުރާނެ ހައިކަލެއް މިސްކިތެއް ބިނާކޮށ ދެއްވުމުން ވެސް މިވެރިން މަގުފުރެދުމުގައި ދެމި ތިބީއެވެ. އަދި މިނަބީ ޔޫޝައު އަކީ މިވާހަކަތައް ބުނެދޭން، އަނެއްކާ ކާކުހޭ ކިޔާފައި ކީސްތައް ހިފައިގެން ނުކުމެ ޔޫޝައުގެފާނަށް ހަމަލާދީ، ދެފަޅިއަށް ކީހާލައި ގަތުކުރީއެވެ. މިއީ، ﷲގެ ބިމުގައި މަގުފުރެދުމުގެ ނަމޫނާ މިސާލުވެރި ބައެކެވެ.


ދެން ވެސް ބަސްނޭހުމާއި ނާފަރުމާނީގައި ދެމިތިބެ ނަބީން ގަތުލުކޮށް ހެދުމުން، ދެވަނަށް ފޮނުއްވި ބާރުވެރިރަސްކަލަކީ ފާރިސްކަރައިގެ ސައިރަސްއަލްއައުޒަމް އެވެ. މިޖައްބާރު ބާރުވެރި ރަސްގެފާނު ވެސް މުގައްދަސް ބިމަށް އަރާއި ޔަހޫދީން މަރާއި މުގައްދަސް ބިމާއި އަދި ބަބިލްކަރަ ވެސް ފަތަހަކޮށް ހިފޫއެވެ. ދެވަނަ ފަހަރަށް ފަހުން ބިނާ ކުރެވުނު ފައްޅި ނެތިކޮށްލީއެވެ. މިހާރު ފެންނަން އެހުންނަ މުސްކުޅިފާރު ފިޔަވާއި ދެވަނަ ފައްޅި، ސެކަޑުޓެމްޕަލް އެކުގައި ނެތިދިޔައީއެވެ.


ފާރިސްކަރައިގެ ރަސްކަންކުރެއްވި ވަރުގަދަ ރަސްގެފާނު ސައިރަސް އަލްއައުޒަމް
ފާރިސްކަރައިގެ ރަސްކަންކުރެއްވި ވަރުގަދަ ރަސްގެފާނު ސައިރަސް އަލްއައުޒަމް


އާދެ، ޔަހޫދީންގެ މިގުރޫޕަކީ އިސްރާއީލާއި އެމެރިކާ އުފެއްދުމުގެ އަސްލު ހަގީގީ ބާގައެވެ. އަދި މިހާރު މިކިޔާ މޮޑާން ވެސްޓާން ސިވިލައިޒޭޝަން އީޖާދުކުރި ބައިވެރީންނެވެ. ފަހެ، ސަހުޔޫނީ ޔަހޫދީންނަކީ މިތަހުޒީބުގެ ބާނީންނެވެ. ދައްޖާލީނިޒާމުގެ ބާނީންނެވެ. މުގުލެވެ.


މިހާރު މިއިން މީހެއްގާތުގައި ތިޔައީ ކޮންދީނެއްގެ ކާކުތޯ ސުވާލުކޮށްލައިފި ނަމަ، ފަޚުރުވެރިކަމާ އެކު ބުނާނީ "އައި އެމް އަ ބުރިޓިޝް" ނޫނީ "އައި އެމް އަ އެމެރިކަން" ނޫނީ "އައި އެމް އަ އިސްރާއީލީ" އެވެ. އަހުރެންނަކީ ޔަހޫދީ، ޖޫ އެކޭ ނޫނީ، ކުރިޝްޓިއަނެކޭ ނޫނީ، އެހެން މަޒުހަބެއްގެ މީހެކޭ ނުބުނާނެއެވެ.


މިމީހުން ދުނިޔެއަށް ގެނައި އާތަހުޒީބަކީ ދުނިޔޭގައި އޮތް އެކިއެކި ސަގާފަތުގެ ދަރިކޮޅުތައް ދިރިއުޅުމަށް ވަކި ހުދޫދެއް ހިމެނޭ ސަރަހއްދީ ބިންތައް ކަނޑައިދީ އެމީހުންގެ އަމިއްލަ ތަހުޒީބައިގެން ކުރިޔަށް ދާނެ މަގު ދެއްކީއެވެ. އަރަބީންނަށް ކަރައެއް ފާރިސީންނަށް ކަރައެއް މިހެންގޮސް މިގޮތަށެވެ.


ކަރުދާސް ފައިސާ އުފައްދާއި ރިބާގެ ވިޔަފާރި އާންމުކޮށް އަންހެނުން އާންމުކޮށް ބޭރުތެރެއަށް ނެރެ ތުނބުގައި ސިނގިރޭޓު ޖައްސާއި އަންހުނުންގެ ރީތީގެ މުބާރާތްތައް ދެފޮތިކޮޅެއްގެ ނިވާކަންމަތީގައި ތިބެގެން ސޫރަ ދައްކާލެވޭ ގޮތްތައް ތައާރުފު ކުރީއެވެ. އަދި ޖިންސުންލަތީފުންގެ ފައިގެ ބޮޑުވައި އިނގިލިން ފެށިގެން ބޮލު އިސްތަށިގަނޑައި ހަމައަށް ޒީނަތްތެރި ކުރުމުގެ ސާމާނުތައް ތައާރުފުކޮށް އުފައްދާއި އެފިޔަފާރި ފެށީއެވެ.


ހަށިތައް ވެސް އެމީހަކު ހިތްހަމަޖެހޭ ޖިސްމަކަށް، ބައްޓަމަކަށް ބަދުލުކުރަން ފެށީއެވެ. އޮރިޔާމުން އުޅެވޭނެ ރީތި ގޮނޑުދޮއްތައް އުފެއްދީއެވެ. މިއީ، 1917 ގައި ބަލްފޯ އެއްބަސްވުމަށް ފަހު އުފެދިގެން އައި ތަހުޒީބެވެ. ޒަމާނީ މި ތަހުޒީބުން ހިންގީ ދުނިޔެ ފަސާދަކުރުމުގެ ބޮޑެތި ދައްޖާލީ ޖަރީމާތަކެވެ. މުސްލިމުން އަޅުވެތިކޮށް ކުރިއެރިޔަ ނުދޭށެވެ.


ބަލްފޯގަރާރު
ބަލްފޯގަރާރު

މިހިސާބުން ސަހުޔޫނީންގެ ފައުޖުތައް ތަލްއަވީވަށް އަރައި ވަޒަންވެރިވާން ފެށީއެވެ. އަދި ޔަހޫދީންގެ ތެރެއިން ހިޖުރަކުރާ މިގުރޫޕުތައް ވަޒަންވެރި ކުރުމަށް ޚަރަދު ކުރަމުން ގެންދިޔައީ ރޮތްޝީލްޑު އާއިލާގެ އިނގިރޭސި ސައުދާގަރުންނެވެ. އިބުރާނީ ބަސް ކިޔަވައިދިނުމާއި ބައިލޮޖިކަލް ހަތިޔާރުތައް އުފެއްދުމުގެ އިލްމީމަރުކަޒުތައް ގައިމުކުރަން ފެށީއެވެ. އަދި އެކިއެކިބަހަނާތައް މެދުވެރިކޮށް ހަނގުރާމަކޮށް ބިންބޮޑު ކުރަންފެށީއެވެ.


މިމީހުންގެ އެންމެ ނުލަފާކަމަކީ، މުސްލިމުންލައްވާ އިސްރާއީލުގެ ސިއްރު މަގުސަދުތައް ހިމާޔަތް ކުރުވުމެވެ. އިބްރާހީމްއެކޯޑޭ ކިޔައިގެން ކުރަންމިއުޅެނީވެސް އޭގެ ތެރެއިންވާ ވިހައިން ފުރިފައިވާ ރޭވުމެކެވެ. އިނގިރޭސިން ބައިތުލްމަގްދިސް ބިން ފަތަހަކުރި ޖެނެރަލް އެލަންބީގެ ފައުޖުގެ ލަޝްކަރުތަކުގައި އިންޑިއާގެ މުސްލިމް ފައުޖީން ދެމިލިއަނަށް ވުރެ ގިނައިން ހިމެނުނެވެ. އެގޮތުގެ މަތިން މިހާރުވެސް ބޭނުންވަނީ މުސްލިމް ގައުމުތަކުގެ ސިފައިން ގެންގޮސްގެން އިސްލާއީލުގެ މަގްސަދުތައް ހިމާޔަތް ކުރާށެވެ. ރައީސްޓުރަމްޕުގެ ޕީސްބޯޑަކީ ވެސް މިބާވަތުގެ އާވައްތަރެއްގެ އީޖާދެކެވެ. ވިހައެކެވެ.


އާދެ! އީސާގެފާނު ދެމަލާއިކަތުންގެ އެހީގައި އެނބުރި މި ދުނިޔެއަށް ވަޑައިގެން މަހްދީގެފާނު އިސްވެ އިމާމަކަށް ހުންނަވައި އީސާގެފާނައި އެކު ހުރިހާ މުސްލިމުން އެކުގައި ޖަމާއަތުގައި ފަތިސްނަމާދު ކުރައްވާނެތެވެ. އޭރު ޝާމްކަރައިގެ އެމިސްކިތުގެ ބޭރުގައި އެއްލޮލުގެ އަހުލުވެރި ހަގީގީ މަސީހުއްދައްޖާލާއި ލައުނަތް ލެއްވުނު ޔަހޫދީންގެ ލަޝްކަރުތައް ޔައުޖޫޖުމައުޖޫޖު ބާގައިގެ އެންމެނާ އެކު އެމިސްކިތުގެ ސަރަހައްދު، ބޭރުން ވަށާލާފައި ވާނޫއެވެ.


މަހުދީގެފާނު އިސްވެ ހުންނަވައި ކޮށް ދެއްވާ ފަތިސްނަމާދަށް ފަހު އީސާގެފާނު މިސްކުތުން ބޭރު ބަލާލެއްވުމާ އެކު އީސާގެފާނުގެ ރޫހާނީ ނޫރުފުޅުގެ ބާރުން މާއްދީ ޝައިތޯނީބާރުގެ ހަގީގީޖައްޖާލުގެ ބާރުތައް ހަށިގަނޑާ އެކު ވިރެން ފަށާނޫނެވެ. ދެން އެލަޝްކަރުގެ މައްޗަށް، ﷲ މަތިން ފޮނުއްވާ ވަރުގަދަ ބައްޔެއް، ވައިރަހެއް ކަންދުރާއިން މައިބަދައަށް ޖެހި މުޅި އެލަޝްކަރު އެކީގައި އެއްފަހަރައި މަރުވެ ނެތި ދާނީއެވެ. މަރުވިހަށިތަކުން މުޅިއެމައިދާން ފުރޭނެއެވެ. އެހާވެސް އެމީހުން ގިނަވާނެއެވެ.


ދެން ކާފަރުންގެ އެފައުޖުގެ ހަށިތައް ތުބުން ނަގައި ކަނޑަށް އުކާލާނެ އެތްތަކުގެ ހޮނޑުފަދަ ވަރުގަދަ ކަރެއްލީ ބަދަހި މާސިންގާދޫނިތަކެއް ނުކުމެގެން އައިސް މުޅި އެބިން ސާފުކުރާނޫއެވެ. އަދި ވާރޭވެހި މުޅިއެބިން އަލުން ފެހިވެގެން ދާނީއެވެ. ޔައުޖޫޖުބާގައިގެ މީހުން ނުކުތްގޮތަށް ބޮޑެތިބާރުގަދަ ކަރެއްގެ އަހުލުވެރި މިދޫނިތައް އެހެން ދުނިޔެއަކުން ފޮނުއްވުމަކީ، ﷲ ވޮޑިގަތުމުގައި ފޮރުވިފައި އޮތް ބާރެކެވެ.


ދެން އައަށްފަހު، މަހުދީގެފާނާއި އީސާގެފާނާ އެކު ހުރިހާ މުސްލިމުން އެކުގައި ސުލްހަވެރި ދުވަސްތަކެއް، ހިދާޔަތާއި ތެދުމަގު މަތީގައި އެންމެހާ މީސްތަކުން ދެކޭނޫއެވެ. އެދިވަސް ވަރަކީ ވަރަށް ފާގަތި ދުވަސްވަރަކަށް ވާނެތެވެ. މިދެނަބީބޭކަލުންގެ ގިޔާދަތުގައި މިކަން މިގޮތަށް އެންމެން ގުޅި އެކުވެގެން ހިނގާނެ ކަމަށް ގަބޫކުރާ ފަޅީގައި މިއަދު މިދުނިޔޭގައި ތިބީ، އިސާގެފާނު ދުނިޔެއަށް އެނބުރި ވަޑައިގަތުން ގަބޫލުކުރާ ރަޝިޔާއާއި އެމީހުންގެ ބައިވެރިންނެވެ!!


ފަހެ، ﷲގެ ބަސްފުޅަކީ މިއެވެ:-


ފަހެ، إيمان ވި މީހުންނަށް، އެމީހުންގެ އަދުއްވުންގެ މައްޗަށް ތިމަން، ﷲގެ ގަދަކަން ދެއްވީމެވެ. ފަހެ، އެމީހުންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ! އާދެ! ކާފިރުވީ މީހުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވީމެވެ! ފަހެ، އީމާންވެ މުސްލިމްވީ އެބައިމީހުންވީ ގަދަކަން ލިބިގެންވާ މަތިވެރި، ﷲގެ އަޅުންކަމުގައެވެ! އަބަދުވެސް ކާމިޔާބު ލިބި ގަދަކަން ލިބި ނަޞްރުލިބެނީ ޙައްޤުމަގުގައި ދެމި ތިބޭ މީހުންނަށެވެ!


ﷲ ވަހީ ކުރައްވާފައިވަނީ: وَإِنْ عُدتُّمْ عُدْنَا "އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ (عقوبات ދެއްވުމަށް) އެނބުރި ވޮޑިގެންވާ ހުރީމެވެ. އަދި كافر ންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ!"


ވީމާ ބައިތުލްމަގްދިސް އަކީ ކާފިރުވީ ލައުނަތްލެއްވި ސަހްޔޫނީ ޔަހޫދީންގެ ބިމެއްނޫނެވެ. އީމާންވީ މުސްލިމް މުއުމިނުންނަށް ބަރަކާތްލެއްވި ހުރުމަތްތެރި ވެގެންވާ މާތްބިމެވެ! އެއީ ތާއަބަދަށް ހުރުމަތްތެރި ކުރެއްވި ބިމެކެވެ! އޭ! އަޅަމެންގެ ވެރި، ﷲ އެވެ!! ﷲގެ ދީނަށާއި، ފޮތަށާއި، ހެޔޮލަފާ އަޅުންނަށް ނަޞްރުދެއްވާނދޭވެ! އާމީން!!

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page