top of page

ވެދާވޯ- ފެނުގެހަނގުރާމަ

Writer: ilyashusein
ilyashusein
Jul 12, 2022
1 min read

Updated: Mar 10

ކުރީގެ އިލްމުވެރިން "ފަހުޒަމާނުގެ ދައްޖާލު ފިތުނައިގެ ތެރެއިން ވާރޭވެއްސާނޭ" ވިދާޅުވުމުން މީހުން މަލާމާތްކޮށް ހީހެދިއެވެ. ހަޖޫޖަހައެވެ. އެހެނަސް މިހާރު ވެދާ ވޯ WEARTHER WAR "މޫސުމުގެހަނގުރާމަ" ދުނިޔޭގައި ދަނީ، ބޮޑެތި ސިޓީތަކާއި ކުދި ޖަޒީރާ ތަކުގައި ދުނިޔޭގެ ސިއްރު ދައުލަތް އިސްވެ އޮވެގެން ތަޖުރިބާ ކުރަމުންނެވެ!!


މިއީ ދުނިޔޭގެ އެންމެބޮޑު ހަނގުރާމަ އެވެ. މިހަނގުރާމަ ވަނީ މިހާރު ފެށިފައެވެ. ޗައިނާއަށް، ޕާކިސްތާނަށް، އަދި އިންޑިއާ އަށް ފާޅުގައި މިހަނގުރާމައިގެ އަސަރުތައް އެބަކުރެއެވެ. ބިރު އުފެދޭ ހިސާބަށް ބައެއް ސިޓީތަކާއި ޖަޒީރާތަކުގައި ފެން ބޮޑު ވެއެވެ!!


ޗައިނާ ސައިންސްވެރިން ބުނާ ގޮތުގައި އިންޑިއާވަރުގެ ސަރަހައްދެއް އެކުގައި ގިރާލާވަރަށް ވާރޭވެއްސުމުގެ ޓެކްނޮލެޖީ އެމީހުންގެ ލަޝްކަރުތަކުގައި އެބަހުއްޓެވެ!!


ބައެއް ސިޓީތަކާއި ރަށްތައް އާދަޔާޚިލާފަށް ފެންބޮޑުވެ އައްސޭރިފަށުގެ ރަށްތަކަށް މީސްތަކުންގެ ހިތްތަކުގައި ބިރު އުފެދޭ ވަރަށް އެބަ އުދައަރައެވެ. ކުދިބޮޑު ހުރިހާ އެއްޗެއް އޮއިވަރާ އެކު އެބަ ގިރާލައެވެ. ބަލަބަލާ ތިއްބައެވެ!!


ފަހެ، ސައެންސުގެ ރޮނގުން އިލްމީކުރިއެރުން މިހާހިސާބަށް ދިއުމަކީ ކުރީގެ ގައުމުތައް ނެތި ދިޔަގޮތަށް، ރަށްތައް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވާން ފެށުމެވެ!!


ވިއެޓުނާމް ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިން މައްޗަށް، ހަވާއަށް، ފަޒާއަށް، އުޑަށް އެތައްހާސް ގުނައަކަށް ބާރުގަދަ ކެމިކަލް (ލޮނާއި ރިހި އެކުލެވޭ ވިހަ ތާސީރެ) އެއް، އެކުލެވޭ ވަޒަންތަކެއް، ވާރޭވެއްސުވާއި ވިއެޓުނާމު ސިފައިންގެ ލަޝްކަރަށް ދަތުރު ނުކުރެވޭ ވަރަށް ބިންގަނޑު ކިސަޑުކޮށް ޗަކަހައްދާއި ހަލާކުކޮށް ލުމުގެ ބޭނުމުގައި ފޮނުވާލާއި ވާރޭ ވެއްސުވިކަމަށް، ފިޒިކްސް އިލްމުގެ ފުންނާބު އުސް، މިހާރުގެ ސައިންސު ވެރިއެއް ކަމުގައިވާ މިޗިއޯ ކާކޫ ވަނީ އޭނާގެ އިލްމީ ހާމަކުރެއްވުން ތަކުގައި ބުނެދެއްވާފައެވެ!!


އާދޭހެވެ!!


އިންސާނުން ޝައިތޯނީބާރުން ހޯދާއި ލިބިގަންނަ މަސްނޫއީ އިލްމީކަންކަމުން މިންޖުވުމަށް އޮތް ހަމަ އެކަނި މަގަކީ، ﷲއަށް ރުޖޫއަ ވުމެވެ. ރޫހާނީ ބާރު ގަދަ ކުރުމެވެ. އަދި އަމިއްލަ ދީނާއި ފޮތާއި ގޮތުގައި އަޚުލާގުގައި ދެމި ތިބެ، ލޮބުވެތި ގައުމާއި ފަސްގަޑު ބިދޭސީ، ދައްޖާލީ ބާރުތަކުން އާޒާދުކޮށް މިނިވަން ކަންމަތީ ތާއަބަދަށް ބޭއްވުމެވެ!!


އަދި، އަމިއްލަ ދަހިވެތިކަމާއި އެދުންތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއާ ތޮޅެމުން އައި ހިންދުތުވާ އިންޑިއާއިން "ބޮޑުބަހާރަތު" އުފެއްދުމުގެ ފިކުރުގެ ދަށުން ރާއްޖެއަށް އަރާ ތިބި ހަތިޔާރުއެޅި ލަޝްކަރު ދިވެހިފަސްގަނޑުން ފަހާލެވިގެންނެވެ!!


އަދި، ިންޑިއާއައުޓު ކޮށް، ަގީގީމިނިވަންކަން ދިވެހިރާއްޖެއަށް ހޯދިގެންނެވެ. ކަށަވަރުކޮށް ލިބިގަނެވިގެންނެވެ!!


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!


🇲🇻⚔️🇲🇻

1 Comment


davidthom.a.s.282.55
Aug 08

Mình thỉnh thoảng cũng lướt mấy bài phân tích xổ số miền Bắc cho vui thôi, kiểu đọc để xem người ta suy luận thế nào chứ không đặt niềm tin tuyệt đối. Hồi trước toàn nghe bạn bè nói miệng, thấy ai bảo “cầu này ngon” là ghi theo, nhưng trật vài lần liên tiếp nên mình bắt đầu để ý hơn tới thống kê và cách giải thích. Có bữa tình cờ đọc một bài trên soicauxsmb.pro, mình mới thấy nhiều “cầu” thật ra chỉ là nhìn dữ liệu theo cảm giác, nên tự nhiên bớt kỳ vọng hẳn. Từ đó mình coi việc xem số như giải trí, có chọn thì chọn ít, thử vận may cho…

Like

© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page