top of page

ޖަވާހިރުވާދީ އިލްޔާސްގެ ރަސްމީފޯނުއަޑުއެހުން

  • Writer: ilyashusein
    ilyashusein
  • Mar 29, 2024
  • 2 min read

Updated: Oct 19

~އިލްޔާސް ހުސައިން އިބްރާހީމް~


މިއީ ދިވެހިރާއްޖޭގައި ބަޔަކު ހިންގާފައިވާ ބޮޑުޖަރީމާ އެކެވެ.


ދެހާސް އެކެއް (2001) ވަނަ އަހަރުގައި ދިވެހިދައުލަތުގައި ރަސްމީކޮށް ވަޒީފާގެ ގޮތުން އަހުރެން ޚިދްމަތްކުރަމުން ގެންދިޔަ މޭޒުގައި ހުންނަ ފޯނުން ދައްކާ ވާހަކަތައް ބަޔަކު އަޑުއަހަމުން ގެންދިޔައެވެ. ސިޔާސީކަންކަމަށް ޝައުގުވެރިކަން ހުންނަ ކުދިން ވަގުތު ހޯދައިގެން މިފޯސްޓާއެކު މިހިމަނާ ލިޔުންތައް ކިޔާލުމުން އެކަން ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް ސަފުވާނެއެވެ.


ޑިފެންސަށް ދިން ބަޔާން ސަފްހާ 1
ޑިފެންސަށް ދިން ބަޔާން ސަފްހާ 1
ޑިފެންސަށް ދިން ބަޔާން ސަފްހާ 2
ޑިފެންސަށް ދިން ބަޔާން ސަފްހާ 2


ޑިފެންސަށް ދިން ބަޔާން ސަފްހާ 3
ޑިފެންސަށް ދިން ބަޔާން ސަފްހާ 3

އެދުވަސް ވަރަކީ ރާއްޖޭގެ އިސްލާހީހަރަކާތް އެންމެ ފޯރީގައި ހިނަގަމުން ކުރިޔަށް ދިޔަ ދުވަސްވަރެވެ. އޭރު ވެސް އަބަދުވެސް އަހުރެންނަކީ ދައުލަތަށް ޚިދްމަތްކުރުމުގައި ސަރުކާރު އެތެރޭގައި ހުރެގެން އިސްލާހާއި އިންސާފަށް ގަދަޔަށް ކުޅެމުން ގެންދިޔަ ސިޔާސީމީހެކެވެ.


އެއްވެސް ކަމެއް ސިއްރު ނުކޮށް ފާޅުގައި ކަންކަން ހާމަކުރަމުން، އޮޅުވާލުންތަކެއް ނެތި ގައުމަށް ހެޔޮނިޔަތުގައި އިހްސާންތެރިކަމާއެކު ޚިދްމަތް ކުރީމެވެ. އެ ދިގުމުއްދަތުގައި އަހުރެންގެ ވެރިންނާއި ވަޒީރުންނަށް ތިއްބެވި ބޭފުޅުންނަށް އެކަން ސާފުކޮށް އެނގިލައްވާނެއެވެ. އަމިއްލަ ޚިޔާލު ވަރަށް ކެރިގެން ފާޅުކުރަމުން އެދިވަޑައި ގަންނަވާގޮތަށް ދައުލަތަށް ޚިދްމަތް ކުރަމުން ގެންދިޔައީމެވެ.


އަހުރެންގެ ރަސްމީފޯނު ލައިނުން ކުޑަކުޑަ ޑިވައިސް އެއް ފެނުމުން އެހިފައިގެން އަހުރެން ދިޔައީ މައިޒާން އަހުމަދޭ ކިބައިން އެދުރުވެފައި ހުރި، (ކުޑަހުސެއިން) އޭރު ދިވެހިރާއްޖޭގެ އަޑު ގައި ނޫނީ ޓީވީއެމްގައި މަސައްކަތްކުރައްވާ ޓެކްނީޝަނެއްގެ ގާތަށެވެ. އަހުރެންގެ ފޯނުން ފެނުނު އެޑިވައިސް މަސައަކަތް ކުރާގޮތް ހޯދުމަށެވެ.


ފޯނުއަޑުއަހަން ބޭނުންކުރި ޑިވައިސް ބޮޑުމިން އެނގޭގޮތަށް
ފޯނުއަޑުއަހަން ބޭނުންކުރި ޑިވައިސް ބޮޑުމިން އެނގޭގޮތަށް

އޭނާގެ ގޭގައިހުރި އޭނާގެ ވޯކްޝޮޕްގައި އިން ފޯނުލައިނެއްގައި ގުޅައިގެން އެޑިވައިސް މަސައްކަތް ކުރާގޮތް ހޯދާއި އަހުރެންނަށް ކިޔައި ދެއްވިއެވެ.


ފޯނު ނަރުގެ ދެނަރުން އެއނަރު ކަނޑާލާފައި އެދެކޮޅުގައި މިޑިވައިސް ހަރުކުރުމުން އެފޯފުން ވާހަކަ ދައްކާ ވަގުތުތަކުގައިު އެފްއެމް ބޭންޑު ހުންނަ ކޮންމެ ރޯޑީއޯއަކުން ވަރަށް ސާފުކޮށް އަޑުއިވެއެވެ. ދެން ބޭނުންވާ ވާހަކަތަކެއް ރިކޯޑު ކުރަންވީއެވެ. މިޓެކްނީޝަނުގެ ގެ ހުންނަނީ މައްޗަންގޯޅި މާވެޔޮމަގު އެހިސާބުގައެވެ.


ފޯނުއަޑުއަހަން ބޭނުންކުރި ޑިވައިސްގެ އިތުރުޕޮޓޯއެއް
ފޯނުއަޑުއަހަން ބޭނުންކުރި ޑިވައިސްގެ އިތުރުޕޮޓޯއެއް
ފޯނުއަޑުއަހަންބޭނުންކުރި ޑިވައިސްގެ އިތުރުފޮޓޯއެއް
ފޯނުއަޑުއަހަންބޭނުންކުރި ޑިވައިސްގެ އިތުރުފޮޓޯއެއް

އޭނާގެއިން ފޯނު ގުޅައިގެން ހުއްޓާ ކުޑައެފްއެމް ރޭޑިއޯއަކުން އަހުރެން އަޑު އަހަމުން ހެންވޭރު ލޮނުޒިޔާރަތްކޮޅާ ހަމައަށް ދިޔަ އިރު ވެސް ކިޔާނުކިޔާއެއްޗެއް ސާފުވާ ވަރަށް އަޑު ލިބެއެވެ. މިޓެކްނީޝަން ކައިރިއަށް ދިއުމަށް އަހުރެން މަގުފަހިކުރީ މަޝްހޫރު ޔޫސޭ، ޔޫސުފްރަފީއުގެ އެހީގައެވެ.


ފޯނުއަޑޫއެހާކަން ރައީސްމައުމޫނަށް އެނެގިސިޓީގެ ސްކޭނެއް
ފޯނުއަޑޫއެހާކަން ރައީސްމައުމޫނަށް އެނެގިސިޓީގެ ސްކޭނެއް

ރައީސްމައުމޫނު ދެއްވި ޖަވާބު
ރައީސްމައުމޫނު ދެއްވި ޖަވާބު

ރާއްޖޭގައި އެއްޕާޓީއަށް ވުރެ ގިނަސިޔާސީޕާޓީ ނިޒާމް ވަރަށް ޅަފަތުގައި ޚަރާބުކޮށް ބަރުބާދުކޮށްލީ ބާރުގައި ތިބި ބަޔަކު ގަސްދުގައި ރާވައިގެންނެވެ. ޑީއާރުޕީ ބޭނުންކޮށް މަގުމަތީ ގިނަ ޖަރީމާތަކެއް ރާވައިގެން ހިންގައިގެންނެވެ. އަލިފާންބޯޅަ އުކުމާއި ސިފައިންގެ ޚާއްސަ ފޯހެއް ނެރެގެންނެވެ. މަގްސަދަކީ އިސްލާހީ ހަރަކާތް ނައްތާލާއި ފުނޑާލުމެވެ. ގާނޫނުން ލިބިދޭ ފުރިހަމަ ބާރު ނުދީ ވެރިކަމުގެ ބާރުން ބޭނުންވި ގޮތަކަށް ދައުލަތުގެ ބާރުގެ ބޭނުންކޮށް އެގޮތްމިގޮތް ހަދައިގެންނެވެ.


ވީމާ މިއަދު ދިވެހިރާއްޖެ މިއޮތީ ވަރަށް ގައުމަށް އިޚްލާސްތެރި ތެދުވެރި އިހްސާންތެރި ލީޑަރަކަށް ބޭނުންވެފައެވެ.


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!


🇲🇻⚔️🇲🇻

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page