top of page

ފިތުނައިގެ ފެށުން

  • Writer: ilyashusein
    ilyashusein
  • Nov 28, 2023
  • 4 min read

Updated: Oct 30

އޭ! ލޮބުވެތި ރައްޔިތުންނޭވެ!!


ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!!


آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެ ދަރިކަލުން، ކުރެން ކޮންމެ ދަރިކަލަކަށް، قربان އެއް ކުރިމަތިކުރެއްވި ހިނދު، ކަންހިނގި ގޮތުގެ ވާހަކަ އެވެ. ފިތުނައިގެ ފެށުމުގެ ވާހަކައެވެ!!


ފަހެ، އެ ހިނދު ހާބީލުގެ ހިތާއި ނިޔަތް ސާފުކަމުން، ﷲ އޭނާގެ ގުރްބާން ގަބޫލު ކުރައްވައި ފިއެވެ. ގާބީލު، ﷲގެ ހުކުމަށް ނުރުހިގެން ހުރީތީ އޭނާގެ ގުރްބާން، ﷲ، قبول އެއް ނުކުރެއްވިއެވެ. ދެން އެ ހިނދު ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުން ވެސް ކަލޭ، قتل ކުރާ ހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ، تقوى ވެރިންގެ ކިބައިންނެވެ!!


އޭ! ދިވެހީންނެވެ!


މިއީ ފިތުނައިގެ ފެށުމެވެ. އެހިނދު ޤާބީލު ހާބީލަށް ބުންޏެވެ. އަހުރެން ކަލޭ ޤަތުލުކޮށް ކަލޭގެ ފުށުން ސަލާމަތްވާ ހުށީމެވެ. ހާބީލު ޤާބީލަށް ބުންޏެވެ. އަހުރެން އެއްވެސް ކުށަކަށް އަރައި ނުގަންނަނީސް ކަލޭ އަހުރެން ޤަތުލު ކުރަނީ ކީއްވެ ހެއްޔެވެ؟؟ ޤާބީލު ބުންޏެވެ. ﷲ ކަލޭގެ ޤުރުބާން ޤަބޫލުކުރައްވައި އަހުރެންގެ ޤުރުބާން ޤަބޫލު ނުކުރެއްވީތީއެވެ.


ޖަވާބުގައި ހާބީލު ބުންޏެވެ. މާތް ﷲ ޤަބޫލުކުރައްވާހުށީ، އެމީހެއްގެ ނިޔަތް ޚާލިޞްކޮށް، އެމީހެއްގެ ވެރި ރަސްކަލާނގެ އަށް ބިރުވެތިވެ، އެކަލާނގެ ޙުކުމަށް ދެކޮޅު ނުހެދި މީހެއްގެ ކިބައިންނެވެ!! ގާބީލުގެ ދައުރު މިފަހަރު ރާއްޖޭގައި ކުޅެފައި މިވަނީ ޕީއެންސީގެ އަދުރޭއެވެ. ގަސްތުގައި ފިތުނަ ޚިޔާރުކޮށް ގައުމު ފަސާދަ ކުރީއެވެ. އަބަދު ވެސް ފިތުނައެވެ. އެއީ ނިޔަތް ނުބައިވެ ހިތްކަޅު ވީމާ ވާ ގޮތެވެ!


ފަހެ، ﷲގެ ބިމުގައި އީމާންތެރިކަމައި އިހްސާން ތެރިކަމާއި ރީތި ތެދު އަޚުލާގިއްޔާތު ދެމެހެއްޓީ ރައީސްޔާމީނު ފަރާތުން ތަގުވާވެރިވި މިހާރު ޕީއެންއެފް އުފައްދާ މީހުންނެވެ!! އިންގިލާބީ ހަރަކާތުގެ އަޑު ރާއްޖޭގައި އުފުލާ ކުދިންގެ ވާހަކަތަކަށް އަޖައިބުވެ އަންތަރީސް ވާކަށް ނުޖެހެއެވެ. އަދި ދެރަވާކަށް ވެސް ނުޖެހެއެވެ. ހައްގަށް ލޯބި ކުރުމަކީ އިންސާފަށް ލޯބި ކުރުމެވެ! އިންގިލާބީ ހަރަކާތުން އެކުދިން އެކުރާކަމަކީ ދިވެހިރާއްޖެ އިންޑިއާގެ ނިއޯއިސްތުެުމާރުގެ ދަށުން ހަގީގީމިނިވަންކަން ހޯދުމަށް ކުރާ ޖިހާދުގެ މަސައްކަތެވެ!!


ފަހެ ދަންނައެވެ! އިންގިލާބީ ހަރަކާތުގެ ބޭފުޅުންނާއި ޖަމީލާއި މަލީހު ނުކުންނަވައި ދޮގެއް ނުހައްދަވައެވެ. ކަނޑައެޅިގެން ދޮގު ހަދާއި ފިތުނަވެރިވެގަތީ އަދުރޭއެވެ. ރައީސް ޔާމީނަށާއި ދިވެހި ރައްޔިތުންނަށް ދޯކާ ދިނީ ސިދާ އަދުރޭއެވެ! މިއީ ވަރަށް ސާފު ވާހަކައެވެ!!


ރައީސް ޔާމީނު ޕީއެންސީ އުފައްދަވަން އަދުރޭ އަރިހުން އެދިލެއްވީ ޕީއެންސީން ރިޔާސީ ކެނޑިޑޭޓެއް ނުރުމުގެ މަގްސަދުގައެއް ނޫނެވެ. ދުރުރާސްތާގައި ޕީޕީއެމް އަށް ވެދާނެ ގޮތެއްގެ ބެކްއަޕް އެއްގެ ގޮތުގައި ކުޅޭށެވެ. ރައީސް ޔާމީނު ދެޕާޓީވެސް ގެންގުޅުއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ޚުދު އެމަނިކުފާނު ނުކުންނެވުމަށެވެ. އަދި އެއީ އެކަން ނިންމާފައި އޮތް ގޮތް ވެސް މެއެވެ!!


އެހެނަސް ވެރިކަމަށް ފެންބޮވައި ގެންފައި ހުރި މީހެއް ކަމުގައިވާ މިހާރުގެ ރައީސް މުއިއްޒު ހޯދާއި ނެރެ އަދުރޭ ލައްވާ މާފިއާ ބޮޑުންގެ ބަޔަކު ގެންދިޔައީ ދުރާލައި ކުޅުވަމުންނެވެ. އެރޭވުމަށް މުއިއްޒު ހުންނެވި އަތާއަޔް ޖޯޑުކޮށެވެ. އޭނާ ވަނީ، އަދާ ކުރައްވަމުން ގެންދެވި މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން ޕީޕީއެމް/ޕީއެންސީ ތެރޭގައި ތިބި ޒުވާން ސިޔާސީ ކުދިންތައް ގަނެލާއި ޕާޓީސެނެޓުން ޖާގަ ހޯދައި ދީފައެވެ!!


ދަނެ ދެކެ ތިބެ ދަންނާށެވެ! ހަގީގީ ފިތުނަ އަކީ މިއީއެވެ. އިންޑިއާ ޖާސޫސީ އިދާރާ އިސްކޮށް އޮވެ އިންޑިއާ ބޭންކުން ފިޔަފާރިވެރި މާފިއާ ލައްވާ، ރައީސްޔާމީނަށް ޖަލު ކުހުކުމެއް ގެނެސް ނުވީއްލާ ގޮތަށް ދިގުމުއްދަތަށް ބަންދު ހަމަޖެއްސުމުން ޕީޕީއެމް/ޕީއެންސީ އެކުގައި ރަހީނުކޮށް ޖަހައިގަތް ހީލަތްތެރި ބިޔަވަރައިގެ ބާޒަކީ މުއިއްޒެވެ!! އަދުރޭ އަކީ މިފިތުނަ އުފެއްދި މޭސްތިރިޔާއެވެ. އެހެންވެ މިއަދު ވެސް މުއިއްޒު އެހުންނެވީ އަދުރޭއަށް ކުރުނީސް ކުރަން މަޖްބުރުކޮށެވެ! ބޯލަނބަން ޖެހޭގޮތަށް މަޖްބޫރު ކޮށްފައެވެ!


އާދެ! އަދުރޭ އަކީ ޕީޕީއެމް/ޕީއެންސީ މިހާދުވަހު ހިންގައިދީ ބެލެހެއްޓި މީހާއަށް ވުމުގެ ލަގަބު ދިނުން ހައްގު މީހެއްނޫނެވެ. ފަހެ، އަދުރޭއަށް ހައްގު ލަބަކީ، ސާހިބު މީހާއަށް އެންމެ ހިތްވަރާއި މަދަދުދީ ބަސްއަހާއި ކުރިޔަށް ދާންވީ ވަގުތު އެގުރުބާނީއަށް ފުރަގަސްދީ ފިތުނައަށް މަގުފަހި ކުރި އަމިއްލަ އެދުމުގެ ޖާހިލު މީހާއެވެ!!


އާދެ! ޕީޕީއެމް/ޕީއެންސީ ސެނެޓުން ރައީސްޔާމީނުގެ ޕްލޭނާ އެއްގޮތަށް، ޕީޕީއެމުން ކެންޑިޑޭޓެއް ނެރެން ނިންމެވި ނަމަ އެއްވެސް ފިތުނަ އަކަށް މަގުފަހި ނުވެ، ރީތިކޮށް މިކަން ހައްލުވެ ރައީސްޔާމީނު މިނިވަން ވެގެން ދިޔައިހެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަމަޖެހި އޮމާންކޮށް ވެރިކަމަށް އެކެންޑިޑޭޓު ހޮވިގެން ދިޔައިހެވެ. އެހިނދު ރައީސްޔާމީނު ހުންނަވާނީ ސަރުކާރު ހިންގުމުގެ އެދުރަކަށެވެ. މުއިއްޒު ކިތަންމެ ސެނަޓަރުންނެއް ގަނެފައި އޮތަސް، އޭރުވެސް ފަހުން ވެސް މުގޫ އޮންނާނީ ރައީސްޔާމީނު އަތްޕުޅުގައެވެ. މުއިއްޒަށް ޓިކެޓުދޫކޮށްލެއްވުމަކީ ރައީސްޔާމީނު އެޅުއްވި ޅައެއްވެކެވެ. ސިޔާސީގިއްޗެކެވެ!!


ނޫސް "އަދިވެސް" ގައި ޝަބީބު ލިޔުއްވާފައިވާ މަޒުމޫނަކީ، އިންޑިއާ އެމްބަސީން ބަހާ ސިޓީއުރަ އިން އަދުރޭ އުފެއްދި ފިތުނައިގެ ދިފާއުގައިވާ ލިޔުމެކެވެ!!


އާދެ، އަދުރޭގެ މަދަދުގައި މުއިއްޒަށް ކެންޑިޑެންސީފޯމު ހުށަހެޅުއްވޭ ގޮތް މެދުރިވީ، ޝަބީބު އެލިޔުއްވާ ގޮތަށް، ﷲ މެދުވެރި ކުރެއްވީމައޭ ބުނުމަށް ވުރެ ބޮޑަށް އަދުރޭ އިސްވެ ހުރެ ބަޔަކު މީހުން ގަސްދުގައި ތެދުވެރިކަމާއި އީމާނާއި އިހްސާން ތެރިކަމާއި ތަގްވާ އައި ދެކޮޅަށް ރާވައިގެން ހިންގި މާސިންގާ ބޮޑު ފިތުނަ އަކުންނެވެ. ގަސްދުގައި ރައީސް ޔާމީނުގެ އަމުރާ ޚިލާވެ ކޮށްލި ސިޔާސީ ގަތުލަކުންނެވެ!!


ރައީސް ޔާމީނު ކިބުރުވެރިވެ މުއިއްޒުއައި ޖެހިގަތީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ފާޅުގައި ނުރުހި ޣައްދާރުވީމާ އަދުރޭއަށް "ޣައްދާރެކޭ" ރައީސްޔާމީނަށް ވިދާޅުވެ ވޭނެއެވެ. ރައީސްޔާމީނު އިންތިޚާބު ބޮއިކޮޓް ކުރުމަށް އެންގެވީ އެހެންއެއްވެސް ގޮތެއް އަދުރޭގެ ނުކިޔަމަންތެރިކަމާ ހެދި ނެތުމުންނެވެ!!


މުއިއްޒުގެ ކެންޑިޑެންސީ ފޯމު ބާތިލުކޮށް ލެއްވުމުގެ ބާރު އަބަދުވެސް، އެވަގުތު ޖަލުގައި ހުންނެވި ރައީސްޔާމީނު އަތްޕުޅުގައި އޮތެވެ. އެހެނަސް ވަކީލުންލައްވާ އެކަން ނުކުރެއްވުމުގެ ނަތީޖާއަކަށް ވެގެން މިދިޔައީ ގައުމަށް މަތިވި ބޮޑުމުސީބާތަކަށެވެ. ފަހު ވަގުތު ރައީސްޔާމީނު އެންގެވި ގޮތަށް ރިޔާސީއިންތިޚާބު ބޮއިކޮޓު ކުރުން ހިންގުނު ނަމަ ބޭރު ދުނިޔޭގެ ބާރުގަދަ ގައުމުތައް ކަމުގައިވާ ރަޝިޔާ، ޗައިނާ، އީރާން، އަދި ސައުދީ ފަދަ ގައުމުތަކަށް ފެނިގެން ދާނީ، އަދި ގަބޫލު ކުރާނީ، ރައީސް ސާލިހުގެ ސަރުކާރުން އިދިކޮޅުޕާޓީތައް ބައިވެރި ނުވާ އިންތިޚާބަކުން އިތުރު ދައުރަކަށް ރާއްޖޭވެރިކަން ހައިޖެކުކޮށް ދަމައިގަތީ ކަމަށެވެ!!


ގައުމަށް ފައިދާ ހުރި އެންމެ މޮޅު ގޮތަކަށް ވާނީ ޕީޕީއެމް އިން ރައީސަކާއި ނައިބަކު ކުރިން ރޭވިފައި އޮތްގޮތަށް ރައީސްޔާމީނު ގާނޫނީބާރު ބޭނުން ކުރައްވައިގެން ނެރުއްވުމެވެ. އެއީ ފާޅުގައި ސެނެޓަރުން ގަތުމުގެ ރިޝްވަތެއް ޕާޓީތެރޭގައި ރާވައިގެން ބަޔަކު ހިންގާފައި ވާތީއެވެ. ފަހެ، މިއީ ރައީސްޔާމީނަށް ޖަލުގައި ހުންނަވައިގެން ކުރެއްވެން އޮތް މޮޅު ކުޅިއެކެވެ. ވަގުތު ފާއިތުވީމާ އެވާހަކަ ނަގަނަގައިގެން ގިނަ ކުރުމުގެ ބޭނުމެއް ނެތެވެ. އެހެނަސް ދިވެހި ތާރީޚަށްޓަކައި މިކަންކަން ލިޔެވި ފާހަގަކޮށްލަން ޖެހެނީއެވެ!!


އާދެ! އިންތިޚާބު ބޮއިކޮޓު ކުރުމަކީ، އިންޑިއާ އައުޓު ހަރަކާތް ވަރުގަދަކޮށް، އިންޑިއާގެ ނިއޯއިސްތިރުމާރުގެ ބާރު ރައްޔިތުން ނުކުމެ ނައްތާލުމަށް ވަރުގަދަ ބޮޑުބާރަކަށް ވީހެވެ. އަދި އިދިކޮޅުން ރިޔާސީ އިންތިޚާބެއް ބޮއިކޮޓް ކުރުން ވެގެންދާނީ ވަރުގަދަ ހަތިޔާރަކަށެވެ. އިންޑިއާއައުޓު ކުރުން މާ ފަސޭހަވީއެވެ!!


އެހެނަސް އަދުރޭގެ ފިތުނައިގެ ބާރުން ޕީއެންސީން މުއިއްޒު ވެރިކަމަށް ނެރުން، ވެގެން މިދިޔައީ، އަވަށްޓެރި އިންޑިއާ އިން ރާވައިގެން ޖެހި ސިޔާސީ މަޅިއެއްގައި ދިވެހިރާއްޖެ އިތުރަށް ދަށުލާއި އަޅުވެތި ކުރުމުގެ ސިލްސިލާއެއްގައި ގަތާލި މުޅިން އާވައްތަރެއްގެ އާބޮޅަކަށެވެ. އަދި މިސިޔާސީކުޅި އަކީ، ކުއާޑު އިއްތިހާދު ގައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރީތިކޮށް ވަނުމަށް ހުޅުވާލި އާ ދޮރާއްޓެކަށެވެ!!


މީގެ އަލިގަދަ ހެއްކަކީ އޮސްޓްރޭލިއާގައި ވަޒަންވެރިވެގެން އެގައުމުގެ ސަލާމަތީ ލަޝްކަރުގެ ކަންކަމުގައި ހުންނެވި ރާއްޖެއަށް ނިސްބަތްވާ އިސް އޮފިސަރަކު ރާއްޖެއަށް ގެނެސް ރާއްޖޭގެ ގައުމީ ސަލާމަތީކަންކަން ހިންގަން ރައީސް އޮފީހަށް ވައްދާއި ވަކި ޚާއްސަ ކޮޓަރިއެއްގައި މަރުކަޒު ކުރި ކުރުމެވެ!!


މިއީ ހަމަ ސީދާ އެމެރިކާ، އިސްރާއީލު، އަދި އިންޑިއާގެ ދުރުރާސްތާގެ ރޭވުމެއް ކާމިޔާބު ކުރުމެވެ. މިއީ އޮޅުމެއް ނެތް ވާގިއީ ހަގީގަތެކެވެ!! ފަހެ، މިއީ އިތުރަށް އިންޑިއާގެ ދަށުވުން ނޫން ކޯޗެއް ތޯއެވެ؟؟ އަދުރޭގެ މިފިތުނަ އަކީ ރާއްޖެއަށް ދިން ތީރި ދޯކާއެއް ނޫން ކޯޗެއް ތޯއެވެ؟؟


އަދި ދުވާލު ހަތަރު ދަޅައަށް ރައީސްޔާމީނުގެ ފޮޓޯޖަހައިގެން ހުސްގޮނޑި ބަހައްޓައި ގެން ރަށްރަށަށް އަރާއި ބޮޑު ސޮލަވާތް ކިޔަމުން ދުއްވި ދުއްވުމަކީ އާދަކާދައިގެ މަތިން ލެއްގި ކަމަކަށް ހެދުމަކީ ކިހާބޮޑު އޮޅުވާލުމެއް ނޫން ކޯޗެއް ތޯއެވެ؟؟ ރައީސްމުއިއްޒުގެ ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގައި އިތުރަށް އިންޑިއާގެ ދަށުވުން ނޫންކަމެއް ކުރެވުނު ތަނެއް ފެނިފައެއް ނެތެވެ. އިތުރަށް ގެންދަނީ އިންޑިއާ އާ އެކު ހެދިފައި ހުރި ގިނަ އެއްބަސްވުންތައް ގަދަކޮށް ވަރުގަދަކޮށް އާކޮށްފައި ހިންގަމުންނެވެ.


ދިވެހިރާއްޖެއަށް އަރާ ތިބި އިންޑިއާ ސިފައިންގެ އަދަދު ވެސް ހާމަ ކުރެވުނީ ކުރީ ސަރުކާރުން ޑިފެންސް މިނިސްޓްރީން ހާމަ ކުރި އަދަދަށެވެ!!


ވީމާ ދިވެހީންގެ މިނިވަންކަން ދެމެހެއްޓުމަށް އޮތް ހަމަ އެކަނި މަގަކީ ރައީސްޔާމީނު އަލަށް ހައްދަވާޕާޓީއަށް ވީހާ ނިގަ ދިވެހިން ސޮއި ކުރެއް ވުމެވެ. އަދި ޕީއެންސީ ސަރުކާރު ވީހާއަވަހަސް ނިންމާލުމެވެ. އަދި ޕީއެންސީ އަކީ އިންޑިއާ ޕްރޯ ގޮނޑިކޮއްކޮ ސަރުކާރެއެއް ކަމުގައި ދެކި ބަލައިގަނެ ހުރިހާ ގޮތަކުން ވެސް ބަލިކަށި ކުރުމެވެ. ފަލީހަތް ކުރުމެވެ. ޓިކެޓު ހޯދަން ކުރި ވައްކަންތައް އާންމުކުރުމެވެ. ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ބުލޮކް ކުރުމެވެ!! ރައްޔިތުންނޭވެ!! ކުރިޔަށް!! ކުރިޔަށް!! ކުރިޔަށް!! ދިވެހިރާއްޖެ....ޒިންދާބާދު!! 🇲🇻⚔️🇲🇻

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page