ޒުވާން ރަސްގެފާނު އެމްބީއެސް ގެ ކެރުމާއި ހިތްވަރު
- ilyashusein
- Jul 18, 2022
- 1 min read
Updated: Nov 26
ދުނިޔޭގެ އެންމެ ބާރުގަދަ ދާރާސިންގު ހެދިގެން އުޅުއްވާ ރައީސް ޖޯބައިޑަން، އެމެރިކާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރުން އަރައިގަތުމުގެ ރޭވުންތަކުގެ ތެރެއިން، ތެލަށް ސަލާންޖަހުމަށް މެހުމާނެއް ގޮތުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެން، އެ މަމްލަކަތުގެ ޒުވާން ރަސްގެފާނު، MBS އަށް އަތުގެ މުއްގަނޑު ދައްކާއި ސަލާންގަލާން ކުރެއްވިއެވެ!!

އެއަށް ފަހު، ދެގައުމުގެ ދެމެދުގައި ރަސްމީކޮށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، އެމްބީއެސް އަށް މުޚާތަބު ކުރައްވައި ބައިޑަން ވިދާލުވީ ސީއައިއޭ އިން ހިންގާފައިވާ ތެދު ތަހުގީގުރިޕޯޓުން އެނގޭ ގޮތުގައި ސައޫދީ ނޫސްވެރިޔާ ޖަމާލް ޚަޝައުގީ މަރާލި ގާތިލަކީ ރަސްގެފާނު އޭ، "ބޮޑުމަސް ކުޑަމަހަށް ބިރުދައްކާއި ފަހާއި ކާލާ ގޮތަށް" ބިރު ދެއްކުމުގެ ގޮތުން ވިދާޅުވިއެވެ!!
ދާރާސިންގު ބައިޑަންގެ މިވާހަކައަށް ރަސްގެފާނު ވަރަށް ކެރި ހުންނަވައިގެން ރައްދު ދެއްވިއެވެ. އެއްވެސް ޖެހިލުމެއް ބިރެއް ނެތި ވިދާޅުވިއެވެ. ތިމަންނާ މީހަކު ނުމަރަމެވެ. އެމެރިކާ ރައްޔިތެއް ކަމުގައިވާ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ގަތުލާއި އަބޫޣުރައިބު ޖަލުގެ އިންސާނިއްޔަތައި ޚިލާފު ވަހުޝީ އަނިޔާތަކާއި މަރުތަކުގެ ފަސްމަންޒަރު ނިކަން ދެކޭށެވެ!!
ކަލޭމެންގެ އިމޭޖު ވަނީ މުޅިދުނިޔޭގައި ޚަރާބުވެފައެވެ. ތިޔައީ ދުނިޔޭގެ ބޮޑެތި ޒާލިމުންނެވެ. އަނިޔާވެރިންނެވެ. އަހަންނާއި ޚަޝައުގީގެ ވާހަކަ ނުދައްކާށެވެ. އޭރުން މާ ރަނގަޅު ވާނެއެވެ!!
ފަހެ ދަންނައެވެ!!
އަހުރެމެން ދިވެހިން ދިވެހިރާއްޖޭގެ ވެރިއަކަށް ބޭނުމީ ރާއްޖެއަށް އެކިގޮތްގޮތުން ބިރުދައްކާއި އަޅުވެތިކޮށްފައިވާ ހިންދުތުވާ އިންޑިއާގެ ކުރިމަތީގައި ސައުދީ މުހައްމަދު ބިން ސަލްމާނު ރަސްގެފާނު ގޮތަށް ކެރިގެން ބިރެއް ޖެހިލުމެއް ނެތި ބަސް ބުނަން ކެރޭ ވެރިއެކެވެ. ދިވެހިލޭ ހުރި އަމިއްލަވަންތަ ދިވެހި ދަރިއެކެވެ!!
ޑިޕްލޮމެޓިކު ހަމަތައް ފަހަނައަޅާއި ގޮސްފައިހުރި އިންޑިއާގެ ސަފީރު ކަލޭގެ ހާޒިރުކޮށް ދިވެހި ދުސްތޫރުގެ އަމުރުމައުރޫފު އޭނާގެ ކުރިމަތީގައި ހިންގަން ކެރޭ ރައީސެކެވެ. އަދި ދިވެހިރާއްޖެއަށް ރައްޔިތުންގެ ރުހުމެއް ނެތި ބާލާފައި ތިބި ބިދޭސީ ލަޝްކަރު ފަހާލަން ކެރޭ ބަތޮލެކެވެ!!
މާޒީގައި ދިވެހިންނަށް ކެރުނު ގޮތަށް، އިސްނަގާއި ނުކުންނަން ކެރޭ ޒުވާން #ދިވެހިތަކުރުން ނޭވެ!!
ދިވެހިރާއްޖެއަށް ޣައްދާރުވެ ބިދޭސީ އަސްކަރީން ރާއްޖޭގެ ފަސްގަނޑުގައި އަސްކަރު ކުރުވި ސިޔާސީ ޣައްދާރުންނާއި އިންޑިއާގެ ނުފޫޒާއި ބާރު ފޯރުވަމުން ގެންދާ ސީދާބާރުތަކާއި ނުސީދާބާރުތައް ލޮބުވެތި ދިވެހި މިނިވަން ފަސްގަނޑުން ބޭރު ކުރުމަކީ ކުރިޔަށް އޮތް މާތް މަތިވެރި ޖިހާދެކެވެ!!
ދިވެހިންގެ ޖިހާދަށް ތައްޔާރުވާށެވެ. #ހަގީގީމިނިވަންކަން ލިބިގަތުމަށެވެ!!
ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!


Comments