ގޮޓާބެ ފިލުވުން
Updated: Mar 10
ލޮބުވެތި ދިވެހި ރައްޔިތުންނޭވެ!!
ސަމާލު ވާށެވެ. ވިސްނަން މަޖުބޫރު ވެއްޖެއެވެ!!
ރައީސް ނަޝީދު އިސްވެ ހުންނަވައި ގޮތަބަޔާ ރާޖަޕަކްޝާ ރާއްޖެއަރުވާއި ލަންކާ ރައްޔިތުން ދިވެހިން ދެކެ ނަފުރަތު ކުރުވާއި ރުޅިއެރުވީ، ހިންދުތުވާ އިންޑިއާގެ ނުލަފާ ރޭވުމުގެ ދަށުންނެވެ. އަޑީގައި ފޮރުވި އޮވެގެންނެވެ. ލަންކާ ރައްޔިތުންނާއި ދިވެހިންނައި އޮންނަ ގަދީމީ
ރިވެތި ގުޅުމަށް ބުރޫއަރުވާ ލުމަށެވެ!!
އާދޭހެވެ!! ކުޑަކޮށް ވެސް ޝައްކެއް ނެތެވެ!!
ސްރީލަންކާ ރައްޔިތުންނަކީ އެންމެ ގަދީމީ ޒަމާނުއްސުރެ އިޖުމާއީ އެދުމެއް ނެތި ދިވެހި ރައްޔިތުންނައި ގާތްގުޅުމެއް ބާއްވައި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާ އެކު ކޮށްދީފައިވާ ރައްޔިތެކެވެ!!
އޭގެތެރޭގައި ދިވެހި ދަރިވަރުންނަށް ކިޔަވައިދިނުމާއި ގޭގެއަށް ފައިބާ ތިބެ ދިވެހި އާއިލާތަކަށް ޚާދިމުންގެ ގޮތުގައި ރެއާއި ދުވާލު ޚިދުމަތްކޮށް ދިނުން ހިމެނެއެވެ. ދަންނަވަން ޖެހެނީ، މިހެންގޮސް އެމީހުންގެ ޚިދުމަތް ނުލިބޭ އެއްވެސް ދާއިރާއެއް ރާއްޖެއަކު ނެތްކަމަށެވެ!!

ފަހެ، ދަންނައެވެ!!
މިކަމަކީ ފެށުނީއްސުރެ ވެސް ހިންދުތުވާ އިންޑިއާ އިން ރާއްޖެއާ މެދު ހަސަދަވެރިކަން ބާއްވާ ކަމެކެވެ. އިންޑިއާއިން ބޭނުންވަނީ ލަންކާ ރައްޔިތުން ރާއްޖެއަށް ގިނަވިޔަ ނުދީ ރާއްޖޭގެ ހުރިހާ މަސައްކަތަކަށް އިންޑިއާ ރައްޔިތުން ދިވެހި ފަސްގަނޑުގައި ގިނަކުރާށެވެ. އަދި “ބޮޑުބަހާރަތު” ތިޔަރީގެ ދަށުން ރާއްޖެ އަކީ މަލިކުއަތޮޅު އަތުލިގޮތަށް އިންޑިއާ ޔުނިއަންގެ ސަރަހައްދަކަށް ހަދާށެވެ!!
އެމީހުންގެ މި މަގުސަދު ހާސިލުކުރުމަށް މަދު ދިވެހިން ކޮޅެއް އެމީހުންގެ ސިޔާސީ ރާޒުވާބޯޑު މަތީގައި މަނާތަކެއް ގޮތުގައި ކޮޅުކޮޅަށް ދުއްވަން މިހާރު އެބަ ގެންގުޅެއެވެ. މިފަދަ ޣައްދާރުންގެ ރާޒުވާ ކުޅިތަކުގެ އިސް ޖަޑިބަކީ ރައީސް ނަޝީދެވެ. ފަހެ، މިއީ މިހާރު އެންމެން ދަންނަކަމެކެވެ. ބޮޑުގުޅައެވެ!!
މީނާގެ ބޭނުން ހިފައިގެން ހިންދުތުވާ އިންޑިއާއިން ބޭނުންވާ ނަތީޖާ ދިވެހި ރާއްޖޭގައި ރީތިކޮށް ނެރެ ދައްކައި ފިއެވެ. އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް ވަނީ، 2018 ގައި އޮތް ރިޔާސީ އިންތިޚާބުގެ ތެރެއަށް ދިގުއަތް ބާނައިގެން ރާއްޖެއަށް އިމްޕޯޓުކޮށް ފައެވެ. އައަށް ފަހު، އޮޅުވާލުމާއި އަޑިނޭނގޭ އެއްބަސްވުންތަކުގެ ދަށުން އިންޑިއާގެ ލަޝްކަރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނާއި މާލެއަށް ބާލާއި މުގީމު ކޮށްފައެވެ. އަސްކަރުކޮށް ބަނޑަހަ ޖަހާފައެވެ!!
އަދި ރައީސްނަޝީދު ލައްވާ އިންޑިއާގެ ދެވަނަގޯލް ކާމިޔާބު ކުރުވީ ލަންކާ ރައްޔިތުން އެރަށުގެ ސަރުކާރާ ދެކޮޅަށް އުތުރި އެރުމުން، ގައުމުދޫކޮށް ފިލަން ބޭނުންވި އެތާގެ ރައީސް ގޮތަބަޔާ ރާޖަޕަކްޝާ ފިލުވުމަށް އެހީތެރިވެ ދީގެންނެވެ. ގޮތަބަޔާ އާއި އޭނާއާއި އެކު ދަތުރުކުރި ޓީމަށް ރާއްޖޭގެ ފަސްގަނޑުން ޖާގައާއި ހިމާޔަތްދީ، ދެގައުމުގެ ރައްޔިތުން ރުޅިއަރުވާ އެއްބަޔަކު އަނެއްބަޔަކަށް ޖައްސުވާފައެވެ!!
ލަންކާ ރައްޔިތުންގެ ފަރާތުން ނުރުހުމުގެ ބަސްތައް މިހާރު ދަނީ، ރައީސްނަޝީދަށާއި ރާއްޖެއަށް ހެސްކިޔާފައި އިވެމުންނެވެ. މިއީ އަލިފާން ޖެހުން ފަދަ ބޮޑުފިތުނަ އެކެވެ. ބަޔަކު މަރާލުމަށް ވުރެ ނުބައި ޖަރީމާއެކެވެ!!
ރައީސް ނަޝީދު، ގޮތަބަޔާ ފިލުވީ އިންޑިއާގެ ރުހުމުގައެވެ. މިކަހަލަ ހުރިހާ ނުބައެއް ހެދުމަށް ބޭނުން ހިފަނީ ބުމަރެއްހެން އެބުރޭ "ބޮޑުބުމަރު" ރައީސްނަޝީދެވެ. ރައްޔިތުން ތަމްސީލުކުރާ މަގާމެއް މިފަދަ ޣައްދާރަކަށް އެއްވެސް ހާލެއްގައި ހައްގެއް ނުވާނެއެވެ!!
ދަންނާށެވެ! މިހުންނަނީ ކުޑަކަންކަމެއް ނޫނެވެ. އުޚުއްވަތްތެރި ދެގައުމުގެ ރައްޔިތުން ގަސްދުގައި ޖައްސުވާއި ފިތުނަ ކުރުވީއެވެ. މާސިންގާ ނުލަފާ ރޭވުމެކެވެ. މިއަށް ވުރެ ބޮޑު ޣައްދާރީއެއް މީހަކަށް ވެވޭނެ ތޯއެވެ؟؟
އާދޭހެވެ!! ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ވައްޓާލުމަށް ފަހު، އަވަށްޓެރި ލަންކާގެ ރައްޔިތުން ރުޅިއަރުވާލީއެވެ. ޒަމާންވީ އަވަށްޓެރި ދެރައްޔިތެއް މެދުގައި ދެމިގެންދާނެ ދުޝްމަނީއެއްގެ ތެރެއަށް ގަސްދުގައި ލޮބުވެތި ގައުމު ގަންބާލީއެވެ. ބޮޑުޖަރީމާއެކެވެ!!
ލޮބުވެތި، #ދިވެހިތަކުރުން ނޭވެ!!
ދިވެހިން ތެރޭގައި ތިބި ސިޔާސީ ޣައްދާރުންނާ ދެކޮޅަށް ތެދުވެ، ފާޅުގައި އަޑު އުފުލުން، ގައުމީލޭ ހުރި ކޮންމެ ދިވެހި ދަރިއަކަށް މިހާރު މަޖުބޫރު ވެއްޖެއެވެ. ގައުމަށް ދެމުން މިދަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުމެވެ. މަޑުން ބަލަން ނުތިބޭށެވެ. ގައުމު އިސްކުރާށެވެ!!
#ހަގީގީމިނިވަންކަން ދިވެހިރާއްޖެއަށް އަނބުރާ ހޯދުމުގެ މާތް މަތިވެރި ޖިހާދަށް ފޫގަޅާލާށެވެ. ލިބުނު ހަތިޔާރެއް އުކުޅަށް ނަގާށެވެ. ޣައްދާރުންގެ މި އަމަލުތަަކަށް ފާޅުގައި ދެކޮޅުހަދާށެވެ. އެއީ އީމަންކަމުގެ މިންވަރު ތަކުގެ ތެރެއިންވާ ހެޔޮ އަމަލެކެވެ!!
ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!
🇲🇻⚔️🇲🇻


Mình chơi xổ số kiểu cho vui là chính, coi như giải trí nên cũng không đặt nặng chuyện trúng đậm. Trước đây nghe người ta bàn về “cầu kèo” các kiểu mình thấy hơi mơ hồ, nửa tin nửa ngờ. Nhưng theo dõi một thời gian thì cũng có lúc thấy vài chi tiết lặp lại, nên mình thử ghi chú lại cho đỡ quên. Mình hay đọc vài nhận định rồi tự tóm tắt, sau đó mở https://soicauxsmb.io/so-ket-qua.html để đối chiếu xem có phải mình đang tự tưởng tượng ra quy luật không. Có hôm trúng được chút thì vui thật, nhưng cũng không ít lần lệch hoàn toàn nên mình luôn nhắc bản thân đừng phụ thuộc.…