top of page

އެމެރިކާއިން ޕާކިސްތާނަށް ހަދަންބޭނުންވާ ގޮތް އިންޑިއާއިން ދިވެހިރާއްޖެއަށް ހަދަން ބޭނުންވެއެވެ!

Writer: ilyashusein
ilyashusein
Apr 9, 2022
2 min read

Updated: Mar 12

ލޮބުވެތި ރައްޔިތުންނޭވެ!! ިވެހިތަކުރުން ނޭވެ!!


ރަނގަޅަށް ދަންނާށެވެ. މި ވާގޮތް ދަސްކުރާށެވެ!!


އެމެރިކާއިން ޕާކިސްތާނަށް ސިޔާސީއަވަ ލާފައި އޮންނަ ފަދައިން އިންޑިއާއިން ދިވެހިރާއްޖެއަށް ވަނީ ސިޔާސީއަވަ ލާފައެވެ. ދުވަހަކު ވެސް ފަހަތުން ނުނައްޓާނެއެވެ.


ރައީސް ނާސިރު އިންޑިއާގެ ވޯރާވެރި ތާޖަރުންތައް ފަހާލި ހިސާބުން އިންޑިއާގެ ރޭވުންތައް އިތުރަށް އިސްލާހުކޮށް އާބަދަލު ތަކަކާ އެކު އެމީހުންގެ ސިއްރު ރޭވުންތައް ވަނީ، ހުއްޓުމެއްނެތި ބާރަށް ކުރިޔަށް ގެންގޮސް ފައެވެ!


މިހާރު މި އޮތީ އެތެރެއިން ކުޅޭ އޭޖެންޓުން ހޯދައި ރަނގަޅަށް އަވަލާފައެވެ. އެމީހުންގެ ޑިޕްލޮމެޓިކު އޮފީސްތަކާއި އަސްކަރީ ބާރުތައް ދިވެހި ފަސްގަނޑަށް އަރުވާފައެވެ. ރީތިކޮށް ހުރިހާކަމެއް ހިނެގާނެ މަގު ފަހިކޮށްފައެވެ. ބޭނުން ވަގުތެއްގައި ހުއްދައެއް، ވިސާއެއް ނެތި ދިވެހިފަސްގަނޑަށް އަރާފައިބާ ހަދަމުންއެ ގެންދަނީއެވެ. މިއީ ކޮންކަހަލަ މިނިވަން ކަމެއްތޯ ވަނީ އޮޅުން އަރާފައެވެ.


އާދެ، އެމެރިކާގެ ފޮރިން ޕޮލިސީ ޕުރޮފިސަރެއް ކަމުގައިވާ ޑެނިއަލް މާރކޭ ލިޔުއްވި "ނޯ އެގްޒިޓު ފުރޮމް ޕާކިސްތާން، "No Exit From Pakistan" މިފޮތުގައި ބުނެފައި ވާގޮތުން ތިން ސަބަބަކާ ހެދި އެމެރިކާއަށް ޕާކިސްތާނު ދޫކޮށްލެވޭކަށް ނެތެވެ!!


ފަންސަވީސް އަހަރުވަންދެން މިފޮތްލިޔުމުގެ މަސައްކަތް މުސައްނިފު ކުރައްވާފައިވެއެވެ. ގިނަގުނަ ދިރާސާތަކެއް ހެއްދެވިއެވެ. އިންޑިއާ އާއި ޕާކިސްތާނުގައި މީނާ ގުލޯބަލް ޕޮލިސީތައް ދިރާސާ ކުރުމުގެ ނަމުގައިގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ.


ފޮތުގެ ބަނޑޭރިގަނޑު
ފޮތުގެ ބަނޑޭރިގަނޑު

މިފޮތް ކިޔާލުމުން އެމެރިކާ އިން ޕާކިސްތާނުގައި ކުރަމުންދާ ކަންތަކާއި ރޯލައި މެދު އަންތަރީސްވެ އަޖައިބު ވާނެއެވެ. ޕާކިސްތާނުން ދުވަހަކު ވެސް އެމެރިކާއަށް ހަގީގަތުގައި އިތުބާރު ނުކުރާކަމަށް ލިޔުއްވައެވެ. ޕާކިސްތާނީންނަށް ވީހާގިނަ ފައިސާ ދިންވަރަކަށް އެމީހުން އެމެރިކާ އާ މެދު ނުރުހުންވެ ނަފުތަރުކުރުން ދަނީ އާންމުރައްޔިތުން މެދުގައި އިތުރެވެ.


މިކަން ރަނގަޅަށް ދަނެހުރެ އަހުރެން ބުނަން އޮތީ އަހުރެމެން، އެމެރިކާއަށް ޕާކިސްތާނައި ދުރަށްދެވެން އެއްގޮތަކަށް ވެސް ނެތްކަމަށެވެ. އޭގައި ތިންސަބަބެއް ވެއެވެ. ފޮތުގައި ބުނެދީފައި އޮވެއެވެ.


އެކެއް:


އެޓަމީހަރިޔާރާއި މިސައިލް އުފެއްދުމުގެ ޕުރޮގުރާމް ވަރުގަދަވެފައި ކުރިޔަށް ގެންދާލެއް ބިޔަކަމެވެ!!


ދޭއް:


ޗައިނާ އާ އެކު ސިވިލް އަދި މިލިޓުރީ ގުޅުން މުޅިދުނިޔޭގައި އެންމެ ގަދައަށް ބަދަހިކޮށް ހިންގާ ގައުމަކީ ޕާކިސްތާނަށް ވުމާއި ޗައިނާއަށް ނަޒަރު ހިންގުމަށްޓަކައި ޕާކިސްތާނާ އެކު ގުޅުން ބޭއްވުމަކީ ހެސްކިޔާފަ އިންތިހާއަށް ބޭނުންތެރި އެހާމެ މުހިންމު ކަމެކެވެ!!


ތިނެއް:


ޕާކިސްތާނު ސިފައިންގެ ހިއްވަރާއި ބުންވަރާއި ބާރަކީ ސަރަހައްދުގެ އިތުރަށް މުޅި ދުނިޔެއަށް ވެސް އަރާފާނެ ވަރުގަދަ ލަޝްކަރެކެވެ!!



މިތިން ނުކުތާގެ ބޭނުމުގައި ޕާކިސްތާނަށް ވަންނާނެ އަރާ ތިބެވޭނެ ގޮތްތައް ބުނެދީފައި ވެއެވެ. އަދި އެމަގުފަހި ކުރުމަށް އެތެރެއިން ކުޅޭނެ ގޮތާއި ޕާކިސްތާނު ބޮޑުން ގަނެލެވޭނެ ގޮތްތަކާއި ޕާކިސްތާނަށް ސަވާރު ވާނެ ގޮތްތައް ބުނެދީ އެއީ ދުނިޔޭގެ ސަލާމަތަށް މުހިންމު ކަމެއް ކަމުގައި ކިޔައިދީފައިއެވެ.


ލޮބުވެތި ރައްޔިތުންނޭވެ. ފަހެ ދަންނައެވެ!!


އަވަށްޓެރި އިންޑިއާ އިން ވެސް ދިވެހިރާއްޖެއާ މެދު ގެންގުޅެނީ ހަމަ މި ވިސްނުމެވެ. މިއާ ދާދި އެއް ނަޒަރިއްޔާއެކެވެ. އެއް ގޮތްތަކެވެ. މިއީ ނުރައްކާތެރި އަވަލުމެކެވެ.


ވީމާ އަހުރެމެންގެ ދިވެހިރާއްޖެއަށް އޮތީ އަމިއްލަފައި މަތީގައި މިނިކަންމަތީ އޮވެ ތަރައްގީ ވުމެވެ. އެހެންބާރެއްގެ ދަށު ނުވުމެވެ. ސަރަހައްދުގައި ވަރުގަދައަށް ކުރިއަރާފައިވާ ގައުމަކަށް ވުމެވެ. އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ. ބޭނުމީ ވަކިއަތަކަށް ނުޖެހި އޮވެ ކުރިޔަށް ދިއުމުގެ ވަރުގަދަ އަޒުމަކާއި ހިތްވަރެކެވެ.


ވީމާ ދިވެހިން އޮއްބާފައި ބޭތިއްބުމަކީ އަވަށްޓެރި އިންޑިއާގެ އެންމެ ބޮޑު އަމާޒެވެ. ދިވެހި ސިފައިންގެ ބާރު ކަނޑުވާލާފައި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އަބަދު ވެސް ރާއްޖޭގައި ބޭއްވުމަކީ އެމީހުންގެ ޒަމާންވީ ދުރު ވިސްނުމެވެ. އަދި ވަރަށް ރާވައިގެން ކުރިޔަށް ގެންދާ ސިޔާސަތެކެވެ.


އެތެރެއިން ކުރަމުން ގެންދިޔަ މަސައްކަތުން މިއަދު މި ވަނީ ގިނަބަޔަކު ގަނެލައިގެން އަވަށްޓެރި އިންޑިއާއިން އިންފޯޓުކޮށްފައިވާ އޭޖެންޓު ސަރުކާރެއް ގެނެސްފައެވެ. ރައްޔިތުންގެ ބާރަށް ރީތިކޮށް ސަވާރުވެފައެވެ. އަލުންބަލުން މިނިވަންކަމުގެ ޖިހާދެއް ފަށަން ޖެހިފައެވެ.


އިންޑިއާ ގޮނޑިކޮއްކޮ ޣައްދާރު ސަރުކާރު ފުނޑާލާއި #އިންޑިއާއައުޓު ކުރެވޭނީ ހަމަ އެކަނި ރައްޔިތުންނަށެވެ. ރައްޔިތުންގެ ބާރަށެވެ. ކެރެންވީއެވެ. ދިވެހިންނަކީ ފިސާރި ކެރޭ ތަކުރުންނެވެ. މާޒީގައި ވަނީ އެކަން އަމަލުން ދައްކާފައެވެ. މިއަދި މިއޮތީ އެ ޖިހާދު އިއާދަކުރުން މަޖުބޫރުވެފައެވެ.


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އިންވައިގެން ރައްޔިތުންނަށް އެންމެން އެކުގައި ނުކުތުމަށް އެ ގޮވާލައްވަނީ އެ ނޫންގޮތަކަށް އެމެރިކާ ބޭރުކޮށް ލެވެން ނެތީމައެވެ. ހުރިހާ ބޮޑުން ގަނެލށާފައި ވާތީއެވެ. ދިވެހިރާއްޖޭގައި ވެސް ހަދަމުން ދަނީ މިގޮތެވެ. ހުރިހާ ކަމެއްވެސް ހުރީ ދާދި އެއްގޮތަކަށެވެ.


ރާއްޖޭގައި މިހާރު ވަނީ މުދިންބެ ބަންގި ގޮވާފައެވެ. އިންޒާރުރައް ލިބި ތަކުރާރު ވެފައެވެ. ދެން އޮތީ ބަންގިއަށް ތަބާވެުމެވެ. އަވަހަށް ނުކުންނަންވީއެވެ. ރައްޔިތުން ނުކުމެ މިސްކިތްތަކާއި މަގުތައް ފުރާލުމެވެ. އެންމެން އެކުގައި ޖަމާއަތް ހަދާއި ނަމާދުކޮށްލުމެވެ. އެންމެން އެކުގައި ނުކުމެ އޭޖެންޓުކަން ކުރާ ޣައްދާރުންނައި އެކު، އިންޑިއާ ބޭރު ކޮށްލުމެވެ. ދިވެހީންނަށް ވާނެއެވެ. ތައްޔާރު ވާށެވެ. ދިވެހިތަކުރުންނަށް ކާމިޔާބު ލިބޭނެއެވެ.


ފަސްނުޖެހި އަވަހަށް ނުކުންނާށެވެ. މިސްރާއި ތުރުކީއާއި ސްރީލަންކާ އާއި ބަނގުލަދޭޝްގައި ރައްޔިތުން ނުކުތްގޮތަށް މަގުތައް ފުރާލުމުން ޣައްދާރުންނާއި އިންޑިއާ ފަހާލެވުނީއެވެ!! ނަސްރުލިބުނީއެވެ!!




Recent Posts

See All
ވެދާވޯ- ފެނުގެހަނގުރާމަ

ކުރީގެ އިލްމުވެރިން "ފަހުޒަމާނުގެ ދައްޖާލު ފިތުނައިގެ ތެރެއިން ވާރޭވެއްސާނޭ" ވިދާޅުވުމުން މީހުން މަލާމާތްކޮށް ހީހެދިއެވެ. ހަޖޫޖަހައެވެ. އެހެނަސް މިހާރު ވެދާ ވޯ WEARTHER WAR "މޫސުމުގެހަނގުރާމަ" ދުނިޔޭގ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page