top of page

އަދުގެ އިސްލާމީދުނިޔެ، 1914 އިން، 2014 އަށް! (ނުވަވަނަބައި)

Writer: ilyashusein
ilyashusein
Aug 11
12 min read

*ދެއިރް ޔާސީންގެ ކަތިލުން:

*ލެހި: 


*ޢަރަބި ހަނގުރާމަ، 1936 – 1939:

*ބްރިޓިޝް މޭންޑޭޓް ފޯރ ޕަލެސްޓައިން: 


*ލޯރޑްމޯޔިން އެއްވަނަ ޤަތުލްކޮށް ލުން: 


*އިނގިރޭސި ހުދުކަރުދާސް 1939:


ދެއިރް ޔާސީންގެ ކަތިލުން: 


ދެއިރް ޔާސީން (DEIR YASSINE) އަކީ ފަލަސްޠީންގައި ޤުދުސްއާ ކައިރީގައި އޮންނަ އަވަށެކެވެ. ދެއިރް ޔާސީން އަށް، ޒައޮނިސްޓް އިރްހާބީ ޖަމާޢަތެއް ކަމުގައިވާ، އިރްގޫން ޖަމާޢަތުގެ ހަނގުރާމަ ވެރިންނާއި ލެހި ޖަމާޢަތުގެ ހަނގުރާމަވެރިން އެރީ، އެކަތިލުން ހިންގި ދުވަހުގެ ހެދުނުއެވެ. މިދެޖަމާޢަތަށް އެހީތެރިވެދިނީ ހާގާނާ އާއި ބަލްމާޚް އިންނެވެ. މި ކަތިލުމަށް ދެވިފައިވާ ނަމަކީ، ދެއިރް ޔާސީންގެކަތިލުން، مذبحة دير ياسين އެވެ. މިކަތިލުން ހިންގީ، 9 އެޕްރީލް، 1948 ގައެވެ.


ފަހެ، މި ކަތިލުން ފެށީ އެދުވަހު ހެނދުނު ހުރިހާ ފިރިހެންވެރިން ދަނޑުގޮވާން ކުރުމަށް އަވަށުން ބޭރަށް ނުކުތުމުންނެވެ. ހަވީރު ފިރިހެނުންތައް ދަނޑުތަކުން އެނބުރިއައި އިރު ހުރިހާގެއެއްގެ ތެރެގައި ތިބި އަންހެންވެރިންނާއި މުސްކުޅިންނާއި ކުޑަކުދިންތައް ވަނީ މަރާލާފައެވެ. ކަތިލައި ނިންމާފައެވެ. އަތްފައިބުރިކޮށް ހަދާފައެވެ. ކުދިކުދިކޮށް ކޮށާލައި ހަދާފައެވެ.


ބޭނުންކުރަން ހުރި ފެންގަނޑު ގަނޑަށާއި ވަޅުތަކަށް ހުރީ، ޖެއްސުން ކުރުމުގެ ގޮތުން ހަށިގަނޑުތަކާއި އެކިބައިތައް އުކާހަދާފައެވެ. މުޅި އަވަށް ވަނީ ލެއިންތަތްތެޅި ފައެވެ. ފަލަސްޠީންގެ މުސްލިމުން މަރާހުސް ކުރުމަކީ، މިޖަމާޢަތްތަކުގެ ޢަޒުމް އެވެ. މިޙަމަލާއަށް ފަހު، އެޖަމާއަތުން އާންމުކުރި މެސެޖް އަކީ، ” ދެއިރް ޔާސީން އިން، މިފެންނަނީ އެހެން ޢަރަބި އަވަށްތަކުން ފެންނަމުންދާނެ ކަންތަކެވެ.”


ފަހެ، މިދައްކާލެވުނީ އެހެން އަވަށްތަކުގައި ކަންކުރާނެ ގޮތުގެ ކޮޕީއެކެވެ. ރީތި މީސާލެކެވެ. ނަމޫނާއެކެވެ. ފަހުން އިސްރާއީލްގެ ފުރަތަމަ ބޮޑުވަޒީރަށްވި، ހައިމް ވައިޒްމަން މިކަތިލުން އިޢުލާނުކޮށް ސިފަކުރީ، “މިއީ ޢަޖައިބެއް ފަދަގޮތަކަށް އަމިއްލަ ބިން ސާފުކުރުމެވެ.” މިފަދައިން ބުނެ އަންގަމުންނެވެ. މުސްލިމުން ފަލަސްޠީނުގައި ކަތިލަން ވީމާ، މިވަނީ އަމިއްލަ ބިން ސާފުކުރުމަށެވެ. ޔަހޫދީން ޖަރުމަނުގައި ކަތިލާއި މެރުމުން މިވަނީ، ހޮލޮކާސްޓް އަށެވެ. ނުވަތަ މާ ހަމްދަރުދީ ވާންޖެހޭ ކަމަކަށެވެ.


ޕްރާސް އާއި ރަޝިޔާ ތަންތަނުގައި ވެސް މަރާލެވުނު ޔަހޫދީންނަށް އެކިއެކި ރީތި ނަންތައް ކިޔާއި ހަމްދަރުދީ މީހުންގެ ހިތްތަކުގައި އުފެއްދިއެވެ. މުސްލިމުން މަރާހުސްކުރަން ޖެހެނީ، އަމިއްލަވަޒަން ސާފުކުރުގެ ބޭނުމުގައެވެ. އިންސާނުންނަށް ލައްވާފައިވާ ލަދުގެ ކަންފުޅެއްހާ ހިސާބު ވެސް މިމީހުންގެ ނެތެވެ. ފަހެ، މިޙަމަލާތައް ދެވުނުއިރު، އިރްގޫންގެ ލީޑަރ އަކަށް ހުރީ، ފަހުން އިސްރާއީލީ ދައުލަތުގެ، 6 ވަނަ ބޮޑުވަޒީރު ކަމަށް އައި، މިނައިހެމް ބެއިގިން (MENACHEM BEGIN, 16  AUG 1919 – 9 MAR 1992) އެވެ.


މީނާއަކީ އޭރު ވެސް، އަދި ފަހުން ވެސް މުސްލިމުން ކަތިލަމުން ގެންދިޔަ ދައްޖާލެކޭ ބުނެވޭވަރުގެ ނުލަފާ އިންސާނެކެވެ. މަލްޢޫނެކެވެ. އަދި މީނާއަކީ، ލިކުޑްޕާޓީގެ ބާނީއެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 21 ޖޫން 1977 މ. އިން ފެށިގެން، 18 އޮކްޓޯބަރ 1983 މ. އަށެވެ. ދެއިރް ޔާސީން އަށް ދެވުނު ޙަމަލާއަކީ، ވަރަށް ރާވައިގެން ހާގާނާ އާއި އިރްގޫން އާއި ލެހި ޖަމާޢަތުގެ މީހުން އެކުވެ އެކުގައި ތަންޒީމް ވެގެން ތަންފީޒުކުރި ޤަތުލްއާންމު އެކެވެ. ގޫގުލްކޮށް ލެއްވުމުން ފޮޓޯތަކާއި މިޖަމާއަތުން ނެރުނު ބަޔާނާއި އިތުރު މަޢްލޫމާތު ލިބިވަޑައި ގަންނަވާނެ އެވެ.


ދެއިރް ޔާސީންގެ ކަތިލުމުގެ މަންޒަރެއް
ދެއިރް ޔާސީންގެ ކަތިލުމުގެ މަންޒަރެއް

އާދެ! އެ އަވަށުގައި ޙަމަލާ ނިންމާލި އިރު ފުރާނަހުރި އެއްވެސް މީހަކުވެސް، އަދި ޖަނަވާރެއް ވެސް ނެތެވެ. ހުރިހާ އިންސާނުން ތަކާއި ޖަނަވާރުތައް މަރައި ސުންނާފަތިކޮށް ނިންމާލީއެވެ. އިރްގޫން އާއި ލެހި ޖަމާޢަތުން ނެރުނު ބަޔާނުގައި ބުނާގޮތުން، 254 މީހުން މަރުވިއެވެ. އެހެނަސް މިއީ ދޮގެކެވެ. ގިނަވެގެން، އެއްހާސް މީހުން މަރާލިއެވެ. ބައެއް މުއައްރިޚުން، 800 އާއި 1000 އައި ދެމެދު ގައި ޢަދަދުކުރެއެވެ.


މީގެ ތެރޭގައި މިނައިހެމް ބެއިގިންގެ ބައޮގްރަފީ ލިޔުއްވި، އެރިކް ސިލްވަރ ހިމެނެއެވެ. މިޤަތުލްއާންމު ހިންގުމުގައި އިރްގޫން އާއި ލެހި ޖަމާޢަތުން، 120 ހަނގުރާމަވެރިން ޢަމަލީގޮތުން ބައިވެރިވިއެވެ. 80 މީހުން އިރްގޫން ޖަމާއަތުންނެވެ. އަދި، 40 މީހުން ލެހި ޖަމާޢަތުންނެވެ.


ފަހެ، މިކަމާގުޅިގެން ހިތާމަފާޅުކޮށް ދަ ޖުއިޝް އެޖެންސީ ފޯރ އިސްރާއީލް، The Jewish Agency for Israel އިން އޭރުގެ ޓްރާންސް ޖޯރޑަންގެ ރަސްގެފާނު، ޢަބްދުﷲ އެކެއްގެ އަރިހަށް މަޢާފްއަށް އެދި ސިޓީއެއް ފޮނުވިއެވެ. އެހެނަސް އެރަސްގެފާނު، އެސިޓީ ބަލައިގަނެވުނު ސިޓިއަކަށް ނުހައްދަވައެވެ. އެކަމާ ދެކެވަޑައިގަތީ ނުރުހުމުގެ ނަޒަރުންނެވެ. ސިޓީ ރައްދުކުރެއްވީއެވެ. އިސްރާއީލީ ދައްލަތް އުފެދުމުގެ ކުރިންވެސް ވަޙްޝީޙަމަލާތައް ޒައޮނިސްޓް އިރްހާބީ މިފަދަ ޖަމާޢަތް ތަކުން ދެމުންގެން ދިޔައެވެ. އަދި މިހާރުވެސް އިސްރާއީލީ ދައްލަތުގެ ޢަސްކަރީން (އައިޑީއެފް) އިން މިފަދަ ވަޙްޝީޙަމަލާތައް ފަލަސްޠީންގެ މުސްލިމުންނަށް ދަނީ ދެމުންނެވެ.


އަދި، ޖައްވުތެރެއިން މަތިން ޙަމަލާތައް އޮއްސަމުން ގެންދެއެވެ. މިކަމާ އަޅާލާނެ ޢަރަބި ޤައުމެއް ނެތެވެ. މިއަދު މިހާރުވެސް ގެންދަނީ ޙަމަލާތައް ދެމުންނެވެ. ފަލަސްޠީންގެ ޢަރަބި މުސްލިމުން މަރާ ހުސް ކުރަނީއެވެ. އިސްލާމީ މަދު ޤައްމަކުން ބުނާ އެއްޗަކީ މާބޮޑު އަސަރެއްކުރާ ކަމަކަށް ނުވެއެވެ. އެމެރިކާ އާއި ބައިނަލް އަޤްވާމީ ޖަމާޢަތް އޮތީ، ވާގިވެރިވާ ފަރާތެއްގެ ގޮތުގައެވެ.


މިއަދު މުސްލިމުންނަށް އޮތީ، ﷲ ޙަޞްރަތުގައި އިޚްލާޞްތެރި ދުޢާ ދެންނެވުމެވެ. އެނޫންކަމެއް ކުރެވޭކަށް އަދިއެއް ނެތެވެ. ދުޢާ އަކީ މުއްމިނުންގެ ހަތިޔާރެވެ. އެންމެހައި މުސްލިމުންނަށް އޮތީ، އެއްބަޔަކަށް ވުމެވެ. ވަހުދަތެއް އިފެއްދުމެވެ. އަދި، ފަލަސްޠީން ރައްޔިތުންނަށް ވެވެން އޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށް ދިނުމެވެ. ދެން އަޅުގަނޑު ބަލާލާނީ، ލެހި ޖަމާޢަތަށެވެ.


ލެހި:


ލެހި (LEHI) މިޖަމާޢަތަކީ ވެސް ފަލަސްޠީން އިންގިރޭސި މޭންޑޭޓްގެ ދަށުގައި އޮތްއިރުގެ، ހަތިޔާރު އެޅި ޢަސްކަރީ އަންޑަރގްރައުންޑް އިރްހަބީ ޖަމާއަތެކެވެ. އިރްގޫން ޖަމާޢަތުން ކަފިވެގެން ބައިވި ޖަމާޢަތެކެވެ. މިޖަމާޢަތް މަޝްހޫރު ވެފައިވަނީ، “ފައިޓާރސް ފޯރ ދި ފްރީޑޮމް އޮފް އިސްރާއީލް”، Fighters for the Freedom of Israel ނަމުގައެވެ. މިއީ މިލިޓެންޓު ގުރޫޕެކެވެ.


ފަހެ، މިއީ ފަލަސްޠީން ތެރޭގައި ޒައޮނިސްޓް ޔަހޫދީން އުފައްދައިގެން ގެންގުޅޭ ގޭންގްތަކެވެ. ޢަރބި މުސްލިމް އަވަށްތައް ނެތިކޮށް ލުމުގައި އެންމެ ވަޙްޝީކޮށް ހަރަކާތްތެރި ވަނީ، މިޖަމާޢަތް ތަކުންނެވެ. ރަސްމީކޮށް، ލެހި ޖަމާއަތް އުފެދުނުކަން ޢާންމުކޮށް ހާމަކުރީ، 1940 މ. ގައެވެ. ފަހެ، ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކޮށް ވަރަށްގިނަ ޙަމަލާތައްދީ، އިނގިރޭސި ސިފައިންނާއި ބައެއް އިސްވެރިން މަރާއި އިނގިރޭސި ސިފައިންނާއި ފުލުހުންގެ ހަތިޔާރުތައް ވަގަށްނަގައި މިޖަމާއަތްތަކުން ހެދިއެވެ.


މިޖަމާއަތް ވުޖޫދަށް ގެނެސް އިންތިޒާމްކުރީ އިރްގޫން ޖަމާޢަތުގެ އިސްމެންބަރެއްގެ ގޮތުގައި އުޅުނު، އަބްރާހާމް ޝްތީރަން، أبراهام شتيرن (AVRAHAM STERN, 23 DEC 1907 – 12 FEB 1942) އެވެ

.

އަބްރާހާމް ޝްތީރަން
އަބްރާހާމް ޝްތީރަން

މީނާ މަޝްހޫރުވެފައި ވަނީ، “ސްޓަރން ގޭންގް” ގެ ނަމުންނެވެ. މީނާގެ ވަނަމަކީ، "ޔާސިރު" އެވެ. މީނާއަކީ ވެސް އަސްލު ޔަހޫދީއެއް ނޫނެވެ. އަމިއްލައަށް ޔަހޫދީއަކަށް ވެގަނެގެން އުޅޭ ޕޯލޭންޑުގެ ރައްޔިތެކެވެ. ފަލަސްޠީން އަށް ހިޖްރަކުރި މީހުންގެ ތެރެއިން މީހެކެވެ. ލެހި ޖަމާޢަތުގެ ރަމްޒު ނުވަތަ ލޯގޯއަކީ، ދެއިނގިލި ތެދުކޮށް ހުޅުވާފައި އަނެއްދެ އިނގިލި ލައްޕާފައި ބޮޑުވައި އިނގިލި މަޅާފައި އިން ދެއިނގިލި ކައިރިޔަށް ވާގޮތަށް މަޅާލާފައި އިންނަ ކަނާއަތުގެ އަތްތިލަ އެކެވެ. އެ އަތްތިލާއިގެ ދަށުގައި ޖެހިގެންވާ ގޮތަށް ބޭންޑެއްގެ ތެރޭގައި ހިބްރޫބަހުން ލެހި ލިޔެފައި އިންނަ ރަމްޒެކެވެ.


ލެހި ޖަމާޢަތުގެ ލޯގޯ އާއި ދިދަ
ލެހި ޖަމާޢަތުގެ ލޯގޯ އާއި ދިދަ

ދިދައަކީ ހުދުފޮތި ގަނޑެއްގެ މެދުގައި ނޫކުލައިން މިލޯގޯ ޖެހާފައި އިނުމެވެ. ސްޓަރން ގޭންގް މަރާލީ، އިނގިރޭސި ސިފައިން އޭނާ ހޯދުމަށް އިޢްލާންކޮށް އޭނާގެ ބޮލަށް ފައިސާގެ މިންވަރެއް ކަނޑައަޅާފައި ވަނިކޮށެވެ. އަދި އޭނާ އެއްގެއިން އަނެއްގެއަށް، އެއްފުލެޓުން އަނެއްފުލެޓަށް ބަދަލުވެ ފިލައިގެން އުޅެނިކޮށް ބަޑިޖަހައިގެން، 12 ފެބްރުއަރީ 1942 މ. ވަނަ ދުވަހުއެވެ.


އިރްގޫން ވުޖޫދަށް ގެނެވުނީ، ހާގާނާއިން މުސްލިމުންނާ ދެކޮޅަށް ކުރަންޖެހޭ ކަންތައް، މާސްކަތިލުންތައް ކުރަމުން ދާލެއް ލަސްކަމުން އެކަން ހަމައަކަށް އަޅުވައި ރަނގަޅު ކުރުމުގެ މަޤްޞަދުގައެވެ. ދެއިރް ޔާސީން ކަތިލުމުން އެ ދެއްކި ނަމޫނާއައި އެއްގޮތަށް ފަލަސްޠީންގެ ޢަރަބި އަވަށްތައް ހުސްކޮށް ވީހާ އަވަހަށް، ފަލަސްޠީން ގައި މިނިވަން ދައްލަތެއް ޤައިމުކޮށް އެ ދައުލަތް ބޮޑު އިސްލާއީލަށް ހެދުމަށެވެ.


މީގައި ޢަޖައިބު ވާން ޖެހެނީ، އިސްރާއީލުގެ ޙައްޤުތަކޭ ކިޔައިގެން ވާހަކަދައްކާ ފަރާތްތަކަށް، އަދި ވެސް އިސްލާއީލުގެ ރަސްމީ ޙުދޫދު ކަށަވަރު ނުކުރެވޭތީއެވެ. ޒައޮނިސްޓް ޔަހޫދީ ދައްލަތުގެ ޙުދޫދް ރަސްމީކޮށް އިނގޭރަސްމީ ފަރާތެއް އަދިވެސް ނެތެވެ. މިހާތަނަށް ވެސް އެހުދޫދު ރަސްމީކޮށް ކަނޑައަޅާފައެއް ނުވެއެވެ. ލީގް އޮފް ނޭޝަންސް އާއި ޔުނައިޓެޑް އޮފް ނޭޝަންސް އިން ފާސްކުރި ޤަރާރުތައް ހުރީ، ހުރިތަނެއް ގައި ވަޅުޖެހި ފަސް އެޅިފައެވެ. ބޮޑު ބުރެކީގައެވެ. ޒައޮނިސްޓް ޔަހޫދީން ހަދަމުންދާ ގޮތްތައް ދަނީ، ހުއްޓުމެއް ނެތި ކުރިއަށެވެ. ބޮޑެތި ޤައްމުތަކުން ދަނީ ފާޅުގައި ރުހުން ދެމުންނެވެ. ތާއީދާއި މަދަދު ދެމުންނެވެ.


ފަލަސްޠީން ތެރޭގައި ޓެރަރިސްޓު، އިރްހާބީ ޢަމަލުތައް ހިންގަމުން ގެންދާ ޖަމާޢަތް ތަކަކީ، ޔޫރަޕްގެ އެތަންމިތަނުން ފަލަސްޠީން އަށް ހިޖްރަކޮށް، އެބިމަށް އެރިފަރާތްތަކެވެ. މިފަދަ ޓެރަރިސްޓް ޖަމާޢަތްތައް އަރަބިންނާ ދެކޮޅަށް އުފެއްދީ، ޢަލްޔާ ތަކުގައި ފަލަސްޠީން އަށް ހިޖްރަކުރި މީހުންނެވެ. ފަހެ، މިހާރު މިޙަމަލާތައް ހިންގަނީ ރަސްމީކޮށް އިސްރާއީލްގެ ޑިފެންސް ފޯރސް (އައިޑީއެފް) އިންނެވެ. ޓެރަރިސްޓް ޖަމާޢަތްތަކުގައި ހަރަކާތްތެރި ވަމުންދިޔަ އެންމެން އިސްރާއީލީ ދައްލަތް އުފެދުމުން އައިޑީއެފް އަށް ބަދަލުކުރީއެވެ.


ފަހެ، އިރްހާބީ މިޖަމާޢަތް ތަކުގައި ހިމެނުނު މީހުންނަކީ، ޕްރޮފެސަރުން ނާއި ފަލްސަފާވެރިންނާއި ޕައިލެޓުންނާއި ހަތިޔާރު ފަރުމާކުރަން ދަންނަ މީހުންނާއި ލީޑަރޝިޕް އުގެނިގެންތިބި އުސްތާޒުންނާއި މޮޅަށް ޢަސްކަރީ ތަމްރީންތައް ހަދާފައިވާ ކުޅަދާނަ ޢަސްކަރީމީހުންނެވެ. މިމީހުންގެ ފޮތްތަކާއި އަމިއްލަ ލިޔުންތައް ލިޔެފައި އެބަހުއްޓެވެ. “މިލިޓަރީތަމްރީނުތަކުގެ މެނުއަލްސް” އާއި އެކިކަރުދާސްތައް، 240 ޞަފްޙާއަށް ވުރެ ގިނައިން މީގެތެރެއިން އިސްމީހެއް ކަމުގައިވާ، ޑޭވިޑްރެއިޒަލް (DAVID RAZIEL, 19 DEC 1910 – 20 MAY 1941) ލިޔުއްވާފައި ވެއެވެ.


އަދި “ދަ ކޮންޕައިލްޑް އެންޑް އެކްސްޕެންޑަޑް ގައިޑް ޓު ޑްރިލް އެކްސަސައިޒަސް” ވަކި ކަރުދާހެއްގެ ގޮތުގައި ކިޔަވައިދިނުމަށް މީނާ ލިޔުއްވާއި އެކުލަވާލައްވާފައި ވެއެވެ. މިއީ، 284 ޞަފްޙާގެ ކަރުދާހެކެވެ. ޢަސްކަރީ އެކިކަންކަމާގުޅޭ ޢިލްމީ ތިއޮރީތައް ހިމަނާފައި ވެއެވެ. އަދި ވެސް މިޖަމާޢަތްތަކުގެ ބޮޑުން ލިޔުއްވާފައި ހުރި ފޮތްތައް ހޯދެން އެބަހުއްޓެވެ. މުސްލިމް ކިޔަވާ ކުދިން މިފޮތްތައް ހޯދައި ކިޔާލުން ވަރަށް ބޭނުމެވެ.


އާދެ! މީނާއަކީ ބްރިޓިޝް މޭންޑޭޓްގެ ދަށުގައި ފަލަސްޠީން އޮތްއިރު ކުރެވުނު، ޒައޮނިސްޓް ޔަހޫދީ އަންޑަރގްރައުންޑް ހަނގުރާމައިގެ ބައްޕައެވެ. ރަޝިޔާ ދަރިކޮޅުގެ ރަޝިޔަން އެންޕަޔަރ ދަށުގައިއޮތް އަވަށަކަށް އުފަން މީހެކެވެ. އަސްލުޔަހޫދީއެއް ނޫނެވެ. އެއްވަނަ ދަރަޖައިގެ ޒައޮނިސްޓެކެވެ. މީނާ އަކީ، "އިރްގޫން" ޖެރޫސަލަމް ގޮފީގެ ކޮމާންޑަރ އިންޗީފްއެވެ. ޢަރަބިންނާ ދެކޮޅަށް އާންމު ތަންތަނަށާއި ބާޒާރުތަކަށް ޙަމަލާތައް ދެވުނީ މީނާގެ ވެރިކަމުގެ ދަށުގައި އިރްގޫން އޮތްދުވަސް ވަރުގައެވެ.


ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން އިރްހާބީ މިގްރޫޕްތަކުން ވަގަށް ހަތިޔާރު ފަލަސްޠީން އަށް އެތެރެކޮށް އެހަތިޔާރުތައް މޮޑިފައިކޮށް ހަދައިގެން މުސްލިމުންނާ ދެކޮޅަށް ބޭނުންހިފަމުން ގެންދިޔައެވެ. އަދި ވިއްކާވެސް ހެދިއެވެ. ވަގަށް ހަތިޔާރު އެތެރެކުރަނީ ޔޫރަޕްގެ ޤައްމުތަކުންނެވެ. ޚާއްޞަކޮށް އިޓަލީންނާއި ޕޯލޭންޑުންނާއި ޗޮކްސްލޭވާކިޔާ ފަދަ ތަންތަނުން، ފަލަސްޠީން އަށް ހެސްކިޔާފައި ހަތިޔާރު ސްމަގްލް ކުރަމުން ގެންދިޔައެވެ.


އެމެރިކާއިން ނާއި ރަޝިޔާއިން ހިލޭދެމުންދިޔަ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެސް ދެގުނައަށް ބާރުގަދަކޮށް އެހެން ވަސީލަތްތައް އެއުޅަދު ފަހަރުގައި ބޭނުންކުރެވޭ ގޮތްތަކަށް މޮޑިފައިކޮށް ހަދައިގެން ބޭނުން ހިފަމުން ގެންދިޔައެވެ. އަދި އެބޯޓުތައް ފަހުން އެމެރިކާއަށް ބޮޑު އަގުގައި ވިއްކާ ހަދާފައި އެބަހުއްޓެވެ. އެމެރިކާއިން ހިލޭދޭ، އެފް16 ގެ ބޯޓުފަހަރަށް މިފަދަ ބަދަލުތައް ގެނެސްހަދާފައި އެބަހުއްޓެވެ.


ފަހެ، ފަލަސްޠީން އަށް ހިޖްރަ ކުރަމުން ގެންދިޔަ ޢަލިޔާ ޔަކުގެ ގްރޫޕްތަކުގައި ތިބީ ވަރަށް ފުންނާބު އުސް ހުނަރުވެރި ފަންނީ މާހިރުންނެވެ. ފަލްސަވާވެރި އުސްތާޒުންނެވެ. މިޖަމާއަތްތަކުން ޖެރޫސަލަމް ގައި ވޯކްޝޮޕްތައް އުފައްދާއި ހަތިޔާރުގެ ސްޕެއަރޕާރޓްސް އުފައްދާއި ލޭންޑްމައިންސް އާއި ހޭންޑްގްރެނޭޑް ފަދަ ތަކެތި އުފައްދައި ބޭނުންކުރަން ފެށީއެވެ. އަދި މީގެ އިތުރުން، އިނގިރޭސި ފުލުހުންނާއި ސިފައިންގެ އަތުން އަސްކަރީ ހަތިޔާރުތައް ވަގަށް ނަގާއި ފޭރިގަނެ އެހަތިޔާރު ތަކަށް ބަދަލުގެނެސް ބޭނުންކޮށް ހަދަމުން ގެންދިޔައެވެ.


އަދި ޓްރޭނިންގް ކޭންޕްތައް، 1930 މ. ގައި އުފައްދާއި އެތަންތަނުން ގިނަ ޓެރަރިސްޓުން ތަކަކަށް ތަމްރީންދީ ދަސްކޮށްދީ ހަދަމުން ގެންދިޔައެވެ. އަންހެނުންނާއި ފިރިހެނުންގެ ޓްރޭނިން ކޭންޕްތައް ހަރަކާތްތެރި ކުރުވިއެވެ. ޔަހޫދީންނަކީ ޢަސްކަރީ ކަންކަމުގައި އަންހެނުންގެ ބޭނުން އިންތިހާއަށް ހިފާބައެކެވެ. ޖާސޫސުކުރުގައި ވެސް އިސްކޮށް ގެންގުޅެނީ ބަލައިލަންރީތި އަންހެން ކަނބަލުންނެވެ.


އާދެ! ފަލަސްޠީން ތެރޭގައި ޒައޮނިސްޓް ބިރުވެރި، ޓެރާރ ޖަމާޢަތްތަކުން ދާޚީލީ ހަނގުރާމަ މިހާގަދަ ކުރަން ޖެހުނީ، ބަލްފޯރ ވަޢްދުގެ ދަށުން ލީގް އޮފް ނޭޝަންސް އިން ޒައޮނިސްޓުން ނަށް ދޭންބުނި މިނިވަން ދައްލަތް ނުދީ އިނގިރޭސިންގެ އިދާރީ ބެލެހެއްޓުމުގެ ދަށުގައި އެބިން ޓަރާންސް ޖޯރޑަން ގެނަމުގައި ބަލަހައްޓަމުން ގެންދާތީ އެވެ.


މިކަން މިހެންއޮތުމާއި ފަލަސްޠީން ޢަރަބި މުސްލިމުންގެ ފަރާތުން، ފަލަސްޠީން އަށް ޒައޮނިސްޓް ޔަހޫދީން ހިޖްރަކުރަމުން ދާލެއް އާދަޔާޚިލާފަށް ގިނަކަމުން، އެކަންތައް އިނގިރޭސިން ނަށް ހުށައެޅުމުން އެކަމާ ގުޅިގެން އިނގިރޭސިން ޢަލިޔާތައް އައުން ހުއްޓުވާއި ކޮންޓްރޯލް ކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމުންނެވެ.


ފަހެ، މިދުވަސްވަރަކީ، ހިޓްލަރ ޖަރުމަނުގެ ވެރިކަމަށް އެރުމުން ގިނަ ޢަދަދެއްގެ މީހުން ޔަހޫދީންނަށް ވެގެން އެކިދިމަ ދިމައިން ފުރައިގެން ފަލަސްޠީންއާ ދިމާއަށް ދަތުރުހަދާއި ހިޖްރަކުރަމުން ދިޔަދުވަސް ވަރެވެ. އިނގިރޭސިންގެ ރަސްމީ ބޯހިމެނުން ދައްކާގޮތުގައި، 1933 މ. ވަނަ އަހަރުގައި، 30000 (ތިރީސްހާސް) ޔަހޫދީން ފަލަސްޠީން އަށް ހިޖްރަކުރިއެވެ. އަދި، 1934 މ. ވަނަ އަހަރުގައި، 42000 (ސާޅީސް ދެހާސް) ޔަހޫދީން ފަލަސްޠީން އަށް ހިޖްރަކުރިއެވެ. އަދި، 1935 މ. ވަނަ އަހަރުގައި، 61000 (ފަސްދޮޅަސް އެއްހާސް) ޔަހޫދީން ފަލަސްޠީން އަށް ހިޖްރްކުރިއެވެ.


މިހާބާރު ސްޕީޑެއްގައި ޢަލިޔާތައް އިތުރުވަމުން ގޮސް ޢަދަދު މައްޗަށް ދާލެއް އަވަސްކަމުން، މިކަމާ ކަންބޮޑުވުން ފާޅުކޮށް ފަލަސްޠީންގެ ޢަރަބިން، އިނގިރޭސިންނަށް ޝަކުވާގެ މައްސަލަތައް ހުށަހެޅުމުން، އިނގިރޭސިން އެޅިފިޔަވަޅަކީ، ހިޖްރަކުރުމުގެ މި ޢަލިޔާތައް މިގޮތަށް ހައްދެއްނެރި އައުން މަދުކުރުމަށް ވަކިމިންގަނޑު ތަކެއްކަނޑައަޅާއި ލިމިޓްކުރުމަށް ނިންމީއެވެ. އެކަމާ ހާގާނާ އާއި އިރްގޫން އާއި ލެހި ފަދަ ޖަމާޢަތްތަކުން އިންތިހާއަށް ރުޅިގަދަވެ، އިނގިރޭސިންނާ ދެކޮޅުހެދުމުގެ ދާޚިލީ ހަނގުރާމައެއް ފަށައި ފާޅުކޮށާއި ސިއްރުގައި ހަރަކާތްތައް ވަރުގަދަ ކުރީއެވެ.


އަދި ޢަރަބި ފަލަސްޠީން އަވަށް ތަކަށް އެކަމުގެ ނުރުހުން ފާޅުކޮށް ވަޙްޝީޙަމަލާތައް ސިއްރުގައި ފާޅުކޮށް ދޭންފެށީއެވެ. މި ޙަމަލާތައް ވަރުގަދަ ކުރުމުގެ ސަބަކަށް ވެގެން ދިޔައީ، ޢަރަބި ހަނގުރާމައެއް ފަލަސްޠީން ގައި، 1936 މ. އިން ފެށިގެން، 1939 މ. އަށް ފެށި ހޫނުކޮށް ހިނގައި ގަތުމެވެ. ފަލަސްޠީން ގެ ދާއިމީ އަހްލުވެރި މުސްލިމުން އިސްނަގައިގެން ޢަރަބި ހަނގުރާމައެއް ފެށީއެވެ.


ޢަރަބި ހަނގުރާމަ، 1936 – 1939:


މިހަނގުރާމަ އަކީ، ފަލަސްޠީން ގައި ޢަރަބިން ހިންގި ހަނގުރާމަ (1936 – 1939 ARAB REVOLT PALESTINE) އެވެ. މިހަނގުރާމަ ހިންގީ އިނގިރޭސިންގެ އިދާރީ ބެލުމުގެ ދަށުގައި ފަލަސްޠީން އޮތްދުވަސް ވަރު، އަރަބިންނާއި އިނގިރޭސިން ނާއި ޒައޮނިސްޓް ޔަހޫދީންނާ ދެމެދުގައި ފަލަސްޠީން ބިމުގައި ކުރެވުނު ހަނގުރާމަ އެއްގެ ގޮތުގައެވެ. ފަލަސްޠީން ކޮޅުގައި ތިބީ، ފަލަސްޠީން ޢަރަބިންނާއި “އަރަބް ހަޔަރ ކޮމެޓީ” އާއި “ސެންޓަރަލް ޖިހާދު އިން ޕަލެސްޓައިން” އެވެ.


ފަހެ، ފަލަސްޠީނުގެ ޢަރަބިންނަކީ، ފަލަސްޠީނު ގައި ޒަމާނުއްސުރެ ވަޒަންވެރިވެތިބި ފަލަސްޠީނު ގައި ދިރިއުޅެމުން ގެންދާ، ފަލަސްޠީންގެ އަހުލުވެރި މުސްލިމު ރައްޔިތުންނެވެ. އަރަބް ހަޔަރ ކޮމެޓީ އަކީ، “އަލްލަޖްނަތުލް ޢަރަބިއްޔަތުލް ޢުލްޔާ”، اللجنة العربية العليا (ޢަރަބިންގެ އެންމެމަތީ ކޮމެޓީ) އެވެ. މިކޮމެޓީ އުފެއްދީ، 25 އެޕްރިލް 1936 ގައި ޤުދުސްގެ މުފްތީ އަލްޙާއްޖު މުޙައްމަދު އަމީން އަލްޙުސައިނީ، محمد أمين الحسيني (1974 – 1897) ގެ އިސްނެންގެވުމުގެ މަތީންނެވެ.


މުޙައްމަދި އަމީން އަލްޙުސައިނީ
މުޙައްމަދި އަމީން އަލްޙުސައިނީ

މިކޮމެޓީގައި އެންމެ އިސްކޮށް ތިއްބެވީ، އަޙްމަދު ޙިލްމީ ޕާޝާ (1963 – 1883) އާއި ރާބިޣް އަލްނަޝާޝީބީ (1951 – 1881) އެވެ. އިނގިރޭސިން މިކޮމެޓިއެއް ޤަބޫލެއް ނުކުރެއެވެ. އެހެނަސް، 1948 ގައި ހިނގި ޢަރަބި އިސްރާއީލީ ހަނގުރާމަ ފެށެންދެން މިކޮމެޓީ ޢަމަލީ ސިފައެއްގައި މަސައްކަތް ކުރިއެވެ. އަދި ދެމިއޮތެވެ. އަދި، ސެންޓަރަލް ކޮމެޓީ އޮފް ނެޝަނަލް ޖިހާދު އިން ޕަލަސްޓައިން (CENTRAL COMMITTEE OF NATIONAL JIHAD IN PALESTINE) މިކޮމެޓީއަކީ، ޢަރަބި ހަނގުރާމައިގެ އެންމެވަރުގަދަ ޖިސްމެވެ. ބޮޑީއެވެ. މިކޮމެޓީ އުފެއްދުނީ ހަނގުރާމައިގެ ދެވަނަ މަރްޙަލާގައި ނޮވެންބަރ 1937 ގައެވެ.


މިކޮމެޓީގެ މައިމަރްކަޒަކީ، ސޫރިޔާގެ ދަމިޝްޤް އެވެ. އިނގިރޭސިން ވަނީ، މިކޮމެޓީގެ ގިނަލީޑަރުން ފަލަސްޠީން އިން ބޭރުކޮށް ލާފައެވެ. ފަހެ، މިކޮމެޓީގެ އިސް ލީޑަރ އަކަށް ހުންނެވީ، މުޙައްމަދު ޢިއްޒަތު ދަރްވަޒާ، محمد عزة دَرْوَزَة (IZZAT DARROAZA, 1888 – 1984) އެވެ. މީނާއަކީ، ލިވާންޓް ސަރަޙައްދުގައި ގްރޭޓަރ ސޫރިޔާ އުފެއްދުމުގެ ޚިޔާލް ގެންގުޅުއްވި ބޭފުޅެކެވެ. އަދި، ޢުޘްމާނީ ޚިލާފަތުގައި އުފެދުނު ޤައްމީ ޖަމާޢަތެއް ކަމުގައިވާ އަލްފަތާތް (ALFATAT) ގެ އިސްބޭފުޅެކެވެ.


މުޙައްމަދު ޢިއްޒަތު ދަރްވަޒާ
މުޙައްމަދު ޢިއްޒަތު ދަރްވަޒާ

އަދި ޖަމާލް އަލްޙުސައިނީ، جمال الحسيني (1982 – 1894) އަކީވެސް މިކޮމެޓީގެ އިސް ބޭފުޅެކެވެ. މީނާއަކީ، ފަލަސްޠީން އަށް އުފަން ބޭފުޅެކެވެ. ފަހެ، އަލްޙުސައިނީ ޢާއިލާއަކީ ވަރަށް ނުފޫޒުގަދަ ފައިސާވެރި އަދި ފަލަސްޠީނު ގައި “ޕަލެސްޓައިން އެރަބް ޕާޓީ” ގެ ފައުންޑަރއެވެ. މިއީ، 1935 ގައި ފަލަސްޠީން ގައި އުފެއްދުނު ސިޔާސީ ޕާޓީއެކެވެ. 1936  – 1939 ޢަރަބި ހަނގުރާމައިގާ މިޢާއިލާއިން ވަރަށް އިސްދައުރެއް އަދާކުރިއެވެ.


ޖަމާލް އަލްޙުސައިނީ
ޖަމާލް އަލްޙުސައިނީ

އަދި ހަނގުރާމަވެރި ގެރިއްލާ ލީޑަރެއް ކަމުގައިވާ، ޢަބްދުލްޤާދިރް އަލްޙުސައިނީ (ABD al-QADIR al-HUSAYNI, 8 APR 1948 – 1907) އަކީ ވެސް މިކޮމެޓީގެ އިސް ވެރިއެކެވެ. އަދި މިޢަރަބި ހަނގުރާމައިގާ ވަރަށް އިސްރޯލެއް ކުޅުއްވި މުޖާހިދެކެވެ. އަދި ފަލަސްޠީން އަށް އުފަންބޭފުޅެކެވެ. ކެމިސްޓްރީ އިން ގްރެޖުއޭޓް ވެވަޑައިގަތީ ކައިރޯގައި ހުންނަ އެމެރިކަން ޔުނިވަރސިޓީން ނެވެ.


ފަހެ، ޢަރަބި މިހަނގުރާމައިގައި ޢަރަބި މުޖާހިދުންނާ ދެކޮޅަށް ނުކުތީ، ބްރިޓިޝް އަރމީ އާއި ބްރިޓިޝް ޕަލަސްޓައިން ޕޮލިސް ފޯރސް އާއި ޔަހޫދީ ޒައޮނިސްޓް އެކިއެކި އިރްހާބީ ޖަމާޢަތްތަކެވެ. ހާގާނާ އާއި އިރްގޫން އާއި ލެހި މި ޖަމާޢަތްތަކެވެ. ޙަޤީޤަތުގައި ފުރަތަމަ ފަހަރަށް އެއްވެސް ބެލުމެއްނެތި ޢާންމުންގެ ތަންތަން، ގޮއްވާލަން ފެއްޓި ޓެރަރިސްޓުން ނަކީ، ޒައޮނިޒަމްގެ މިޖަމާޢަތްތަކެވެ. މުސްލިމުންނެއް ނޫނެވެ. މުސްލިމުން ދުނިޔޭގައި ތިބެންޖެހިފައިވާ ގޮތުން އަބަދުވެސް ދިފާޢުގައި ނޫންގޮތަކަށް ޙަމަލާދީފައެއް ނެތެވެ.


ފަހެ، ޢަރަބި މިހަނގުރާމައިގައި، 5000 (ފަސްހާސް) އަރަބިން ޝަހީދުކޮށް ލިއެވެ. އަދި، 15000 (ފަނަރަހާސް) ޢަރަބިންނަށް ބޮޑެތި ޒަކަމްތަކާއެކު އަނިޔާލިބުނެވެ. އަދި، 12622 (ބާރަހާސް ހަސަތޭކަ ބާވީސް) ޢަރަބިން ޑިޓެއިން ކުރެވުނެވެ. 108 މުޖާހިދުން ދަންޖައްސައި މަރާލެވުނެވެ. އަދި އަރަބިންގެ، 5 ބޮޑުން ޤައްމުން ބޭރަށް އަރުވާލެވުނެވެ. ބްރިޓިޝް ސެކިއުރިޓީ ފޯރސްގެ ތެރެއިން، 262 ޓެރަރިސްޓުން މަރާލެވުނެވެ. 550 ޓެރަރިސްޓުން ނަށް ޒަޚަމްވެ އިނިޔާވިއެވެ. 300 ޓެރަރިސްޓުން އަރުވާލެވުނެވެ. އަދި، 4 ޓެރަރިސްޓުން ދަންޖައްސާ ޤަތުލުކުރެވުނެވެ.


އާދެ! މިއީ، ޢަރަބި ހަނގުރާމަ 1936  – 1939 ގެ ކަންތައްގަނޑު ހިނގައި ނިމި ދިޔަ ގޮތެވެ. ވަކިބަޔަކަށް ބޮޑުނަޞްރެއް ލިބުމެއްނެތި، ޢަރަބިންނަށް ބޮޑުގެއްލުންތަކެއް ލިބިގެންދިޔަ ހަނގުރާމަ އެކެވެ. ރަސްމީކޮށް މި ހަނގުރާމަ ނިންމާލިޔަސް ވަކިވަކި ޙަމަލާތައް، 1948 ގެ ޢަރަބި އިސްރާއީލް ހަނގުރާމަ އާ ހަމައަށް ކުރިޔަށް ދިޔައެވެ.


ބްރިޓިޝް މޭންޑޭޓް ފޯރ ޕަލެސްޓައިން:


ފަލަސްޠީން ގައި އިނގިރޭސި މޭންޑޭޓް ވުޖޫދަށް ގެނައީ ލީގް އޮފް ނޭޝަންސް (LN) އިންނެވެ. ފަލަސްޠީން އާއި ޓްރާންސް ޖޯރޑަން އަށް އެލްއެން އިން ކަނޑައެޅި މެމަރަންޑަމްގެ، 22 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި ބުނާގޮތުން، ކޮންމެ ބަޔަކަށް ވެސް އެބައެއްގެ އަމިއްލަ މިނިވަން ބިމެއް ފަލަސްޠީންގައި އޮންނަން ޖެހެއެވެ. އެހެނަސް އިނގިރޭސި މޭންޑޭޓްގެ ދަށުން، އިނގިރޭސިން ނާއި އެލްއެން އިން މިބުނާ ބިމަކާއި މިބުނާ މިނިވަންކަމެއް، ޢަރަބިންނަށާއި ޒައޮނިސްޓް ޔަހޫދީންނަށް ވެސް ދީފައެއް ނެތެވެ.


ފަލަސްޠީނު ގައި ވެރިކަން ކުރަމުން ގެންދަނީ ސީދާ އިނގިރޭސިން ނެވެ. ޒައޮނިސްޓް ޖަމާޢަތްތަކުން އިނގިރޭސިންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމައެއް ފަށަން ޖެހުނީ، މިކަމާހެދިއެވެ. އިނގިރޭސިންނާ އެކު ވަޢްދުވި މިނިވަންކަން އަވަހަށް ހޯދުމަށެވެ. އަދި ޢަރަބިންނަށް އެއްވެސް ގޮތަކަށް، ފަލަސްޠީން އިން ޖާގަނުދިނުމަށެވެ.


އާދެ! މިދެންނެވި ޢަރަބި ހަނގުރާމަ ފެށުނީ، ފަލަސްޠީން އަށް ޒައޮނިސްޓް ޔަހޫދީންގެ ހިޖްރަކުރުން އިންތިހާއަށް އިތުރުވެ، ޢަރަބި އަވަށްތަކަށް އިންތިހާއަށް ދުއްތުރާތައް ދިމާކުރުވާއި ކަތިލުންތައް އިތުރުވެ، ޒައޮނިސްޓުން ގަދަބާރުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ބިންތައް އިތުރު ކުރަންފެށުމުން ނެވެ. މިދެންނެވި ޢަރަބި ހަނގުރާމަ ކުރެވުނީ، އިނގިރޭސިން ނާއި ޒައޮނިސްޓް ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށެވެ. ލީގް އޮފް ނޭޝަންސް އިން ނިންމާފައިވާ ގޮތަށް ކޮންމެބަޔަކު ވެސް އެބައެއްގެ ޙައްޤު ބިންހޯދުމަށެވެ.


ޢަރަބިންގެ މަޤްޞަދަކީ އެމީހުން ޒަމާނުއްސުރެ ދިރިއުޅެމުން ގެންދިޔަބިން ޙިމާޔަތްކޮށް އަބަދަށް މިލްކުގައި ބޭއްވުމެވެ. ފަހެ، ފަލަސްޠީން އަށް ހިޖްރަކުރަމުން ދިޔަ، ޢަލިޔާތައް އިންތިހާއަށް ގިނަވުމުން މިމައްސަލަ ފަލަސްޠީނު ޢަރަބިން އިނގިރޭސިން ނަށް ރަސްމީކޮށް ހުށަހެޅީއެވެ. އަދި އެކަމައި ގުޅިގެން އިނގިރެސިން އެޅި ފިޔަވަޅުތަކާ ގުޅިގެން، ޒައޮނިސްޓުން ނުރުހުން ފާޅުކޮށް ހަނގުރާމަ ކުރަންފެށީއެވެ. ޒައޮނިސްޓުންގެ މަޤްސަދް އަކީ، އިސްރާއީލް ބިމުގައި ވީހާއަވަހަށް އިސްރާއިލީ ދައްލަތް އުފެއްދުމެވެ. މިގޮތުން މި ޖަމާޢަތްތަކުން ހިންގި ބޮޑެތި ބައެއް ޖަރީމާތަކަށް މިހާ ހިސާބުން ބަލައިލަމާތޯއެވެ.


ލޯރޑްމޯޔިން އެއްވަނަ ޤަތުލްކޮށް ލުން:


ޒައޮނިސްޓް ޖަމާޢަތެއް ކަމުގައިވާ އިރްގޫން އަށް ނިސްބަތްވާ ލެހި ޓެރަރިސްޓް ޖަމާޢަތުން ހިންގި އެންމެ ބޮޑެތި ޖަރީމާތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ، ލޯރޑްމޯއިން އެއްވަނަ މަރާލުމެވެ. މިއީ އެރުވޭ ލަޤަބެކެވެ. ފަހެ، ލޯރޑްމޯޔިން (LORD MOYNE) އަކީ، އިނގިރޭސި ވިލާތުގެ ވަރަށް ފުންނާބުއުސް ސިޔާސީ ބޭފުޅެކެވެ. ފުރިހަމަ ނަމަކީ، ވޯލްޓާރ އެޑްވާރޑް ގިނަސް، Walter Edward Guinness, 1st Baron Moyne އެވެ.


މީނާއަކީ، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރއެކެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ފޯރދަ ކޮލޮނީސްގެ މަޤާމުގައި، 8 ފެންރުއަރީ 1941 އިން ފެށިގެން، 22 ފެބްރުއަރީ 1942 މ. އަށް ރަސްމީކޮށް ހުންނެވި ބޭފުޅާއެވެ. އަދި، ލީޑަރ އޮފްދަ ހައުސް އޮފް ލޯރޑްސްގެ މަޤާމްވެސް ހަމަ އެމުއްދަތުގައި ފުރުއްވިއެވެ. އަދި، 1942 އޯގަސްޓް އިން ފެށިގެން، 6 ނޮވެންބަރ 1944 މ. އައި ހަމައަށް، ބްރިޓިޝް މިނިސްޓަރ އޮފް ސްޓޭޓް އިންދަ މިޑްލްއީސްޓްގެ މަޤާމު ފުރުއްވިއެވެ. އެއީ ރަށުން ބޭރުގައި މިޞްރުގައި ހުންނަވާ މިނިސްޓަރ އެއްގެ ގޮތުގައެވެ.


ދަލޯޑްމޯޔިން
ދަލޯޑްމޯޔިން

މަސައްކަތް ކުރެއްވީ މިޞްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އިނގިރޭސި އެމްބަސީގައެވެ. ފަލަސްޠީނު ގައި، 1936 – 1939 ޢަރަބި ހަނގުރާމަ ލީޑްކުރަމުން ގެންދިޔަ ލީޑަރ މުޙައްމަދު އަމީން އަލްޙުސައިނީ އަށް ނުފޫޒު ހިންގުން ހަވާލު ކުރެވިފައި ވަނީ ލޯރޑް މޯޔިން އާ އެވެ. ޒައޮނިސްޓް ޔަހޫދީ ޓެރަރިސްޓުން މޯޔިން ޤަތުލްކޮށްލީ މި މަޤާމްގައި ހުންނަވަނި ކޮށް މިޞްރުގައެވެ.


ލޯރޑް މޯޔިން ދެކެ ޔަހޫދީ ޒައޮނިސްޓް ޖަމާޢަތްތަކުން ކުރި ތުހުމަތު ތަކަކީ، ޒައޮނިސްޓް ހަރަކާތްތަކާ ދެކޮޅަށް ޢަރަބިންނަށް ހަމްދަރުދީ ވުމުގެ މައްސަލައެވެ. ލެހި ޓެރަރިސްޓް ޖަމާޢަތުން މަރާލި އެންމެމަތީ ފެންވަރުގެ އިނގިރޭސި އޮފިސަރަކީ، ލޯރޑް މޯޔިން އެވެ. މޯޔިން އަކީ، ފަލަސްޠީނު ގައި އިނގިރޭސި ޕޮލިސީތައް ތަންފީޒު ކުރަންހުރި އިސް މީހާއެވެ. އަދި ހިޖްރަ ކުރަމުންދިޔަ ޢަލިޔާ ގްރޫޕްތަކުގައި ޔަހޫދިންގެ ޢަދަދު ކޮންޓްރޯލްކޮށް ހިފާއްޓާއި އިމިގްރޭޝަންގެ ކަންތައް ބަލަހައްޓަމުން ގެންދިޔަ ފަރާތެވެ.


ފަލަސްޠީން އަށް ހިޖްރަކުރުން ލިމިޓްކުރި ކުރުމުގެ ދަށުން، 1939 އިން ފެށިގެން ފަލަސްޠީން އަށް އަހަރަކު ހިޖްރަ ކުރެވެނީ އެންމެ، 15000 (ފަނަރަ ހާސް) ޔަހޫދީންނަށެވެ. ލޯރޑް މޯޔިން ދެކެ ޒައޮނިސްޓުން ރުޅިގަދަވީ، މިސަބަބު ތަކާ ހެދިއެވެ. ޒައޮނިސްޓް ބިރުވެރި ޖަމާޢަތްތަކުން، ލޯރޑް މޯޔިން ދެކެ، އެންމެގަދައަށް ރުޅިއެރިކަމަކީ، ޔަހޫދީންގެ ހިޖްރަ ކުރުން ކޮންޓްރޯލް ކުރުމުންނެވެ. މިމީހުން ދެކުނީ މިކަން މި ހިންގަނީ، ލޯރޑް މޯޔިން އާ ޢަރަބިންނައި އޮންނަ ހަމްދަރުދީ އެއްގެ ސަބަބުން ކަމަށެވެ. އެހެންވެ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން، ލޯރޑް މޯޔިން މަރާލީއެވެ.


އަދި، ފަލަސްޠީން ތެރޭގައި އެތައް ޤަތުލްއާންމެއް ހިންގައި ފަލަސްޠީންގެ އެތައް ޢަރަބި މުސްލިމުންނެއް މަރާލީއެވެ. ޤުދުސްގައި ޓެރަރިސްޓް ޙަރަކާތްތައް ހިންގަންފެށި މީހުންނަކީ، މި ގޭންގް ގްރޫޕްތަކުގެ ޒައޮނިސްޓް ޔަހޫދީންނެވެ. ފަލަސްޠީން ޢަރަބި މުސްލިމުން ދޭޙަމަލާ ތަކަކީ އަބަދުވެސް ދިފާޢުވުމަށް ދެމުންދާ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކަލަށްދޭ ކުދިކުދި ދިފާޢީޙަމަލާތަކެވެ. ޢަލިޔާ ތަކުގެ ހިޖްރަ ކުރުންތައް ލިމިޓްކުރެވުނީ، 1939 ގައި އިނގިރޭސިން ފާސްކުރި ހުދު ކަރުދާހެއްގެ މައްޗަށް ބިނާ ކޮށެވެ.


މިކަންތައް ތަންފީޒުކުރުމަށް އިސްކޮށް ހުންނެވި، ލޯރޑް މޯޔިން މަރާލީ، 6 ނޮވެންބަރ 1944 މ. ގައި ޒައޮނިސްޓް އިރްހާބީ ޖަމާޢަތެއްގެ ދެމީހުން ވެގެން މިޞްރުގައެވެ. ވަރަށް ރާވައިގެން ސިއްރު ގޮތެއްގައި ތަންފީޒުކޮށް ނިންމާލި ސިޔާސީ ޤަތުލެކެވެ. އެހެނަސް އިނގިރޭސިން މިކަންކުރި ދެމީހުން ހޯދުމަށް ފަހު، މި ދެމީހުންނާ މެދު ޝަރީޢަތްކޮށް، 11 ޖެނުއަރީ 1945 މ. ގައި ދަންޖެއްސުމަށް ޙުކުމްކޮށް، 22 މަރޗް 1945 މ. ގައި ދަންޖައްސައި މަރާލިއެވެ. ދެން ބަލާލާނީ، 1939 މ. ގައި އިނގިރޭސިން ފާސްކުރި ހުދު ކަރުދާހަށެވެ.


އިނގިރޭސި ހުދުކަރުދާސް 1939:


އިނގިރޭސިންގެ މިޕޮލިސީ ކަރުދާސް އެކުލަވާލީ ސޭންޓް ޖޭމްސް ޕަލަސް، St. James's Palace ގައި ފެބްރުއަރީ 1939 ގައި ބޭއްވުނު، ލަންޑަން ކޮންފަރެންސް ގައެވެ. މިކަރުދާހުގެ މަސައްކަތް ކުރުމުގައި އިސްކޮށް ހުންނެވީ، އާތުރް ނޭވީން ތްޝާމްބަރްލީން، آرثر نيفيل تشامبرلين (ARTHUR NEVILLE CHAMBERLAIN, 18 MAR 1869 – 9 NOV 1940) އެވެ. މީނާއަކީ، އިނގިރޭސި ވިލާތުގައި، 28 މެއި 1937 އިން ފެށިގެން، 10 މެއި 1940 މ. އަށް ޕްރައިމިނިސްޓަރ ކަން ކުރެއްވި ކޮންޒަވޭޓިވް ޕާޓީގެ ބޭފުޅެކެވެ

.

ނޭވީން ތްޝާމްބަރްލީން
ނޭވީން ތްޝާމްބަރްލީން

މީނާ މިހުދު ކަރުދާހުގެ މަސައްކަތް ކުރެއްވީ، ފަލަސްޠީން ޢަރަބިންގެ ބޮޑުން ލަންޑަނަށް ގެންނަވައި ގެންނެވެ. އެވަފުދު ތެރޭގައި އަލްރަމްލާ (RAMLA) ގެ ވަރަށް އިސް ލީޑަރެއް ކަމުގައިވާ، ޔަޢްޤޫބް އަލްޣުސައިން (YAGUB ALGHUSSEIN, 1899 – 1948) އާއި ޖަމާލް އަލްޙުސައިނީ އާއި ޢައުނީ ޢަބްދުލްހާދީ (1970 – 1889) ހިމެނެއެވެ. ޢައުނީއަކީ، ފަލަސްޠީންގެ ނާބްލަސް (NABLUS) ގެ ސިޔާސީ ވަރަށް އިސް ބޭފުޅެކެވެ.


ލަންޑަން ކޮންފަރެންސް 1939މ. ވާއަތްފަރާތުގައި ފަލަސްޠީން ވަފުދު
ލަންޑަން ކޮންފަރެންސް 1939މ. ވާއަތްފަރާތުގައި ފަލަސްޠީން ވަފުދު

އަދި މީގެ އިތުރުން ވެސް ބައެއް ބޭފުޅުން ބައިވެރި ކުރެއްވިއެވެ. ފަހެ، މިހުދު ކަރުދާސް ހައުސް އޮފް ކޮމަންސް (HOUSE OF COMMONS) އިން، 23 މަރޗް 1937 މ. ގައި، 286 ވޯޓް 179 ވޯޓުން ފާސްކޮށް ތަންފީޒް ކުރަން ފެށިއެވެ. ތަންފީޒް ކުރުމުގެ ޢަމަލީ މަސައްކަތާ ޙަވާލުވީ މިޞްރުގައި ހުންނެވި އިނގިރޭސި މިނިސްޓަރ ލޯރޑް މޯޔިންއާ އެވެ.


ޒައޮނިސްޓުން، ލޯރޑް މޯޔިން މަރާލުމަށް ނިޔަތްގަތީ މިކަމާ ގުޅިގެންނެވެ. ޢަލިޔާ ހިޖްރަ ކުރުންތައް މިކަރުދާހުގެ ދަށުން، ލިމިޓްކޮށް ތަންފީޒް ކުރަމުންދިޔަ މީހާއަށް ވާތީއެވެ. މިކަރުދާސް ބުނާގޮތުން، 10 އަހަރު ތެރޭގައި ފަލަސްޠީނު ގައި މިނިވަން ފަލަސްޠީނީ ދައްލަތެއް އުފައްދަން ޖެހެއެވެ. އަދި އެސަރުކާރު ހިންގާނީ، ފަލަސްޠީން ޢަރަބިންނާއި ޞަހްޔޫނީ ޔަހޫދީންނެވެ. އަދި ކުރިޔަށް އޮތް، 5 އަހަރު، 1940 އިން ފެށިގެން، 1944 އަށް ހިޖްރަކުރެވޭނީ، 75000 (ހަތްދިހަފަސް ހާސް) ޔަހޫދީންކަމަށް ބުނެފައި ވެއެވެ.


ކޮންމެ އަހަރަކަށް، 15000 (ފަނަރަ ހާސް) މަގުންނެވެ. މިހާރުވެސް ފަލަސްޠީން ގައި 450000 (ހަތަރުލައްކަ ފަންސާސްހާސް) ޔަހޫދީން އެބަތިބިކަމަށް އެކަރުދާހުގައި ހާމަކޮށްފައި ވެއެވެ. ތިންވަނަ ކަމަކަށް ހައިކޮމިޝަނަރ އަށް އެއްބަޔަކު އަނެއްބައެއްގެ ބިންބޮޑުކޮށް ހެދުން މަނާ ކުރުމުގެ ފުރިހަމަ ބާރު ދެވުނުކަމަށް ލިޔެފައިވެއެވެ. ތިން ނުކުތާގެ މައްޗަށް ތިން ސެކްޝަނެއް މިކަރުދާހުގައި ތަފްސީލްކޮށް ލިޔެވިފައި ވެއެވެ. ގޫގުލްކޮށް ލެއްވުމުން، މިކޮންފަރެންސްގެ ފޮޓޯތަކާއި އެހެނިހެން އިތުރު މަޢްލޫމާތު ހޯއްދެވޭނެ އެވެ.


ފަހެ، ލީގް އޮފް ނޭޝަންސް އާއި ޔުނައިޓެޑް ނޭޝަންސް އިން ފާސްކުރާ އެއްވެސް ޤަރާރް އަކަށް ޢަމަލެއް ނުކުރެއެވެ. ޒައޮނިސްޓުން މަސައްކަތް ކުރަނީ ބިންބޮޑުކޮށް ގްރޭޓަރ އިސްރާއީލް ބިނާ ކުރުމަށް ގަދައަޅާ ހަނގުރާމަ ކުރެވޭތޯއެވެ. މުސްލިމުން މަރަމުން މުޅި ފަލަސްޠީން ޒައޮނިސްޓުންގެ ތަނަކަށް ހަދަމުން ގެންދަނީއެވެ. ފަހެ، ޔޫރަޕް ޤައްމުތަކުން ފަލަސްޠީން އަށް އެރި ޒައޮނިސްޓުން ބޭނުންވަނީ މުޅި ފަލަސްޠީން މިލްކުކުރާށެވެ.


އެމެރިކާއަށް ވެސް މިއަދު ވެރިވެގެން އެތިބީ، އެތާގައި ދިރިއުޅެމުން ގެންދިޔަ އަސްލު ވަޒަންވެރިން ކޭމްޕްތަކަށް ލައި ރަށުންބޭރުކޮށް އެގޮތްމިގޮތް ހެދުމަށް ފަހު، ޔޫރަޕުން އެރި ޔަހޫދީ މީހުންނެވެ. ހަމަ ފަލަސްޠީން އެކޭ އެއްގޮތަށެވެ. މިއީ ޔޫރަޕްގެ ޔަހޫދީންގެ މާކުރީގެ ނިޔަތާއި ޢަޒުމެވެ. މުޅި ދުނިޔެއަށް ބާރުހިންގޭތޯ އެމީހުން އެކުގައި ނެތިދިއުމަށް ދާންދެން ބަލާނެއެވެ. މަސައްކަތް ކުރާނެއެވެ.


ފަހެ، އިރްގޫން އާއި ހާގާނާ އާއި ލެހި ފަދަ ޖަމާޢަތްތަކަކީ، އިނގިރޭސިންނާ ދެކޮޅަށް ފަލަސްޠީނު ތެރޭގައި ގަދަޔަށް ހަނގުރާމަ ހިންގިފަރާތް ތަކެވެ. އަދި ފަލަސްޠީނީން މެރި ޓެރަރިސްޓު ފަރާތްތަކެވެ. އިނގިރޭސިންގެ ބޮޑުން މަރާއި އިނގިރޭސިން ޖެރޫސަލަމް ގައި ތިބޭތަންތަން ގޮއްވާއި އެތައް ޢުދްވާން ތަކެއް ހިންގި ލަޢުނަތް ލިބިގެންވާ މީހުންނެވެ.


މި ޓެރަރިސްޓު ޖަމާއަތްތަކުން، 1945 މ. ގައި އުފެދުނީ، ޖުއިޝް ރެސިސްޓަންސް މޫވްމަންޓް (JEWISH RESISTANCE MOVEMENT) އެވެ. މިއެންމެހައި ހަނގުރާމަ ވެރިންގެ އިރްހާބި މަސައްކަތުން، ފަލަސްޠީން ގައި ހިންގަމުން ގެންދިޔަ އިނގިރޭސި މޭންޑޭޓް ނިމުމަކަށް ގެނެސް ފަލަސްޠީނުގައި، 14 މެއި 1948 މ. ގައި ޖުއިޝް ސްޓޭޓް (JEWISH STATE) ވުޖޫދަށް ގެނެސް ރަސްމީކޮށް އުފެއްދީ އެވެ.


ހަމަ އެހިނދު މަދުގަޑި އިރުތަކެއްގެ ތެރޭގައި އެދަޢްލަތް އެމެރިކާއިން ޤަބޫލްކުރީއެވެ. އިސްލާއީލީ މި ދައްލަތުގައި ބޮޑުންނަކީ، ޒައޮނިސްޓް ޓެރަރިސްޓް ޖަމާޢަތްތަކުގައި މުސްލިމުން ކަތިލަން އުޅުނު މީހުންނެވެ. ފަހުން، ޖުއިޝް އެންޑް ޑިމޮކްރެޓިކް ސްޓޭޓް އަކަށް ވެގެން ދިޔައީ، ސްޓޭޓް އޮފް އިސްލާއީލް އަށެވެ. އެއީ މިހާރު މިފެންނަ އިސްރާއީލީ ދައްލަތެވެ.


މިއަދު، 2014 ގައި ވެސް ފަލަސްޠީން ގައި މުސްލިމުން މަރަމުން އެގެންދަނީ އެއްބަޔެކެވެ. ހަމަ ސަހުޔޫނީ ޔަހޫދީންނެވެ. ފަހެ، މިއީ ޔޫރަޕުން އިސްލާމީ އުންމަތާ ދެކޮޅަށް ފެއްޓި ވަޙްޝީ ބޮޑު ހަނގުރާމަ، ދެވަނަ ނިންމާލި އިރު، އިސްލާމީ ދުނިޔެ މިއަދު ފެންނަން އޮތްގޮތުގެ ކުރު ޚުލާޞާ އެކެވެ. ﷲ ތަޢާލާ މުސްލިމުންނަށް، މުސްލިމުންގެ ބިންތައް އަނބުރާ ދެއްވާށިއެވެ. އާމީން!


ނޯޓް: މިމަޒުމޫނަކީ، ދިވެހިރާއްޖޭގެ ޔުނިވާރސިޓީތަކާއި ކޮލެޖްތަކާއި މަޢްހަދުތަކާއި ޤުރްއާން މަރްކަޒް ގައި ކިޔަވަމުން އޭރު ގެންދިޔަ ބައެއް ދަރިވަރުން، މިއަދުގެ އިސްލާމީ ދުނިޔެއާ ގުޅިގެން ބައެއް މަޢްލޫމާތުތައް ހޯދުމަށް އަޅުގަނޑު ކައިރިޔަށް އިސްލާމީމަރްކަޒުގެ ލައިބްރެރީއަށް ޒިޔާރަތްކޮށް އެދުމުން، އެކުދިންނަށް އެކިދުވަހުމަތިން ލިޔެދިން ނޯޓުކަރުދާސް ތަކުން އެކުލަވާލާއި ލިޔެވުނު ދިގު މަޒްމޫނެކެވެ. މިމަސައްކަތް ކުރެވުނީ އަހުރެން އިސްލާމީމަރްކަޒުގައި ވަޒީފާ އަދާކުރި ދުވަސްވަރުއެވެ. ބައެއް މަދު ތަކުރާރުތައް، އިސްފަސްވުމާ އެކު ހިމަނާފައި އެވަނީ ގަސްދުގައެވެ. ކިޔަވާ ކުދިން މިމަޒްމޫނު ކިޔަމުން، އަދި ދިރާސާ ކުރަމުންދާ އިރު ފަސޭހައިން ހިތުތެރޭގައި އެދުވަސްވަރުގެ ހާދިސާތައް ހަރުލެއްވުމުގެ ބޭނުމުގައެވެ. އަޅުގަނޑު ކިބައިން މިކަމަށް އެދުނު ހުރިކާ ކުދިންނަށް، އަޅުގަނޑު ލައްވާ މި މަސައްކަތް ކުރުމަށް ހިތްވަރު އެރުވީތީ، މަރްޙަބާ އާއި ޝުކުރިއްޔާ ދަންވަމެވެ. އަދި ހެޔޮދުޢާ ކުރަމެވެ! الحمد لله! އާމީން! ~ނިމުނީ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page