top of page

އެމެރިކާގެ ސިޔާސީ ކުޅިގަނޑުން ތަންކޮޅެއް!

  • Writer: ilyashusein
    ilyashusein
  • Aug 4, 2022
  • 3 min read

Updated: Nov 25

ލޮބުވެތި ރައްޔިތުންގެ މުހިންމު ކަމަށް ގެންނަމެވެ!!


ގައުމީ ޣައްދާރުންނަށް ޚަބަރުދާރުވެ، ސަމާލުވެ ތިބުމަށް އަބަދުވެސް ދިވެހިރައްޔިތުން އަޑު އުފުލާން ޖެހެއެވެ. އެއީ ރައްޔިތުން ކުރަން ޖެހޭ އެންމެ މުހިންމު ކަންތަކެވެ. އެހެންނޫނީ މިޒަމާނުގައި ގައުމު އަޅުވެތިކޮށް އަތްދަށު ލާނެއެވެ!!


ދުނިޔޭގެ ސިޔާސީ ކަންކަން ދިރާސާކުރާ ތިންކުޓޭންކު ތަކުގެ ދިރާސާތައް ކިޔާއި އަމިއްލަ ގައުމާ މެދު ވިސްނާއި ފިކުރު ކުރަން ޖެހޭނެއެވެ. ހުޝިޔާރުވެ، ސަމާލުކަން މަތީ އަބަދުވެސް ތިބެންޖެހޭނެއެވެ. ޚާއްސަކޮށް ދިވެހި ޒުވާނުންނެވެ!!


ތިރީގައިވާ ލިންކުގައި މިގެންނަ މަޒުމޫނަކީ، ޓޮމް ހުސައިން ކިޔާ ބޭފުޅަކު ދުނިޔޭގެ ސިޔާސީ ކަންކަން ދިރާސާ ކުރާ އެމެރިކާގެ ޑޮކްޓަރު ޖޮނަތަންސެރޯޑަން @JJSchroden އާއި ސިންގަޕޯ ބޭސްޑް @basitresearcher އަބްދުލްބާސިތު އައި ހަވާދެއްވައި ލިޔުންވާފައިވާ މިހާރުގެ މަސްރަހާ ގުޅޭ ވަރަށް ހަގީގީ، އަދި އެހާމެ ވާގިއީ މަޒުމޫނެކެވެ!!


އާދޭހެވެ! އިއްޔެ އާއި މިއަދަކީ (2،3 އޯގަސްޓު 2022) މިސަރަހައްދަށް ކޮން ކަހަލަ ދުވަހެއްތޯ އަމިއްލަ ޒަމީރައި ސުވާލު ކުރާށެވެ. ޒަމީރަށް ގެންނާށެވެ. ދުނިޔެ މި އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައެވެ!!


މޯދީޖީ ދިވެހިރާއްޖޭގެ ރައީސް ސާލިހު އިންޑިއާއަށް ގެންގޮސް ރާއްޖޭގައި އަޅައިދޭ ދިގުފާލަމެއްގެ ބިންގާ އިންޑިއާގައި އެޅުއްވި ދުވަސްވަރެވެ. މިކަން ހިންގީ ދައުލަތުގެ ދެބާރުގެ ވެރިންގެ ދެމެދުގައި ފިތުނަ އާއި އަރާރުންތަކެއް ހެސްކިޔާފައި އުފައްދުވާއި މެދުވެރި ކުރުވާފައެވެ!!


ރައީސް ސާލިހު އިންޑިއާގައި
ރައީސް ސާލިހު އިންޑިއާގައި

ރައީސް ސާލިހަށް ބޮޑު ގަހެއްގެ ހިޔާ ބޭނުން ހިފުމަށް މަޖުބޫރު ކުރުން މެދުވެރި ކުރުވާފައެވެ. އެހެން ގޮސް ރާއްޖެއަށް އިންޑިއާއިން އަތްގަދަ ކުރުމުގެ އެތައް އެތައް ކަމެއް ރާވައިގެން އެބަ ހިންގައެވެ. ރައްޔިތުންނަށް ސާފުވެ އެނގެނީ އޭގެ ތެރެއިން ވަރަށް މަދު މިންވަރެކެވެ!!


ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ވެރިޔާ ޖެނެރަލް ބާޖުވާ ސާހިބު އެމެރިކާގެ ސެންޓްކޮމްގެ ވެރިޔާއަށް ފޯނުން ގުޅާައި އައިއެމްއެފުން ބޮޑު ލޯނެއް ހަމަޖައްސައި ދިނުމަށް އާދޭސް ދެންނެވިއެވެ!!


ދެން އިވިގެން ދިޔައީ މިކޯލަށް، 48 ގަޑިއިރު ނުވަނީސް އަފުޣާނިސްތާނުގައި ހުންނެވި، އުސާމާ ބިން ލާދިންގެ ގައިމްމަގާމު އައިމަން ޒަވާހިރީ ދިރިއުޅުއްވާ ގެކޮޅަށް ޑުރޯން ހަމަލާއެއްދީ އައިމަން މަރާލި އަޑެވެ!!


ޒަވާހިރީ މަރާލުން
ޒަވާހިރީ މަރާލުން

އަދި އެއަށް ފަހު، ޕާކިސްތާނަނުގެ ބުލޯޗިސްތާނާއި ކަރާޗީ ސަރަހައްދުގައި ހިނގާފައިވާ ހިތާމަވެރި ފެންބޮޑުވުމުގެ ކާރިސާގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އުދުހެމުން ދިޔަ އަސްކަރީ ހެލިކޮޕްޓަރެއް، އެންމެ މަތީ ފެންވަރުގެ ޖެނެރަލަކާ އެކު، އަސްކަރީ މަތީދަރަޖައިގެ އިތުރު ފަސްއަސްކަރީންނާ އެކު ވެއްޓި އެންމެން މަރުވި އަޑެވެ!!


އަަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ޕީޓީއައި ޕާޓީން ނާޖާއިޒުކޮށް ބޭރުފައިސާ ބޭނުންކުރި ކަމަށް ނިންމިތަނެވެ. އުގޫބާތް ދޭންފެށި މަންޒަރެވެ. އާދެ މަތީގައި ހަވާލާދެވުނު މަޒުމޫނުން ބުރަވާ ގޮތުގައި އައިމަން ޒަވާހިރީ މަރާލުމަށް ހަމަލާދިން ޑުރޯން އުދުހިފައި ވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދު ތެރެއިން ބުލޯޗިސްތާނު ސަރަހައްދުން އަފުޣާނިސްތާނަށް ވަދެއެވެ!!


އެނެއްކޮޅުން މިދަނޑިވަޅަކީ، އެމެރިކާގެ ރައީސް ޗައިނާގެ ރައީސް އާއެކު ދެގަޑިއިރު ވަންދެން ވާހަކަ ދައްކަވާއި އެމެރިކާގެ ރައްޔިތުން މަޖިލިސް ކުރާގޭގެ ރައީސް ނޭންސީ ޕުލޯސީ އޭޝިއާ ސަރަހައްދަށް ކުރައްވާ ދަތުރުގައި ޓައިވާނަށް އެކަމަނާ ނާރުވާނެކަމަށް ބުނެ، ޗައިނާއަށް އޮޅުވާލެއްވުމަށް ފަހު، އެންމެ ފަހުވަގުތު އެކަމަނާ ޓައިވާނަށް އަރުއްވާއި ޓައިވާން ހިފުމަށް ޗައިނާ އަށް މަޖުބޫރު ކުރުވި ހައްސާސީ ވަގުތެވެ. މިކަން މިކުރީ ޔުކުރޭން ހިފުމަށް ރަޝިޔާއަށް މަޖުބޫރު ކުރުވި ގޮތަށެވެ.


ބޭނުމަކީ ދުނިޔޭގައި ބޮޑުހަނގުރާމައެއް ފެއްޓުމެވެ. ދުނިޔެ ފަނާކުރުވާނެ ނިއޫކުލިއާ ހަމަލާއެއް ފެށުމެވެ. އެމެރިކާ އޮތީ ތިންވަނަ ބޮޑުހަނގުރާމައައި ކުރިމަތިލާން ތައްޔާރަށެވެ. ކޮވިޑުގެ ވަބާ ދުނިޔެއަށް ފަތުރާލީ ވެސް މިބޭނުމުގައެވެ. ދުނިޔޭގެ އިގުތިސާދައި ކުޅެލާށެވެ. އަދި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށެވެ. އެހެނަސް އެކިގައުމުތަކުން އެޅި ހުޝިޔާރު ކުއްލި ފިޔަވަޅުތަކުން އެކަން އެންމެ ބޭނުވި މިންވަރަށް ކާމިޔާބު ނުކުރެވުނީއެވެ.


ފަހެ، މިހުރިހާ ކަމެއް ރާވައިގެން ހިންގަމުންދާ ދަނޑިވަޅެއްގައި ހިންދުތުވާ އިންޑިއާގެ މޯދީޖީ ރާއްޖޭގެ ރައީސް ގެންގޮސްގެން އެކުޅުއްވަނީ އާދައިގެ ކުޅިއެއް ނޫނެވެ. ސިޔާސީ ބޮޑުކުޅިއެކެވެ. ރައްޔިތުން ވިސްނާއި ފިކުރު ކުރާށެވެ. ރާއްޖޭގެ ހަތަރުއުދަރެސް ވަރަށް ބަނައެވެ!!


ފަހެ، ދަންނައެވެ!!


ޗައިނާއިން ޓައިވާން ހިފުމަށް ހަމަލާ ދޭވަގުތައި ދިމާކޮށް ރާއްޖޭގައި އެމެރިކާ އަސްކަރީން، އިންޑިއާ އަސްކަރީންނާ އެކު، ދިވެހި ފަސްގަނޑުގައި ހަރަކާތްތެރި ވާނެކަން މިހާރު ކަށަވަރެވެ. ޔަގީނެވެ. އައްޑޫ އާއި ހަނިމާދޫގައި އިމްރާނީގޮތުން އެތައްޔާރު ވަނީ އެކަމުގެ މަރުކަޒުތަކެވެ. ރައީސްސާލިހު ގެންގޮސްގެން މުދުނަށް ލުމަށް ފަހު، އެތައްޔާރު ވަނީ، ރާއްޖޭގެ ފަސްގަނޑު އެމީހުންގެ ހަނގުރާމައަށް ބޭނުންކުރާށެވެ!!


ރައީސް ނަޝީދު އެކުރައްވާ ދަތުރުގެ އަޑީގައިވެސް އޮތީ ހަމަ މިކުޅިގަނޑެވެ. އިންޑިއާގެ އަމިއްލަ އެޖެންޑާ އެވެ. ޔަގީންކަން ކަށަވަރު ކުރުމެވެ. މިހާރު އެމީހުން އެތިބީ ބޭނުންވާ ހިނދު ހަތިޔާރާ އެކު އަރައި ދިވެހިރާއްޖޭގެ ފަސްގަނޑު ހަނގުރާމައިގާ ބޭނުން ކުރެވޭ ގޮތަށެވެ.


ރައީސް ނަޝީދު އިންޑިއާގައި
ރައީސް ނަޝީދު އިންޑިއާގައި

މިހާ ހިސާބަށް މިކަންކަން ދިއުމުން، ދިވެހި ރައްޔިތުން ހޭލާ ތިބުން މަޖުބޫރު ވެއްޖެއެވެ. ދިވެހިރާއްޖެ މިއޮތީ އިންޑިއާ އިން ހިފާފައެވެ. އަޅުވެތި ކޮށްފައެވެ. މިއީ މިޒަމާނުގައި މިކަން ކުރާނެ ތަހުޒީބީ ގޮތެވެ.


އިންޑިއާގެ ހިޔަނީގެ ފަހަތުގައި އެމެރިކާ އަދި އިސްރާއީލު، އެ އޮތީ އެވެރިން އުފެއްދި ކުއާޑުގުރޫޕުގެ ހަކަތަ ދިގުއަތް ހެސްކިޔާފައި ދިވެހިރާއްޖެއަށް ދިއްކޮށް ހުޅުވާލައި ގެންނެވެ. ދިވެހިފަސްގަނޑާ އެކު ދިވެހިންގެ މިލްކު ހުރިހާ އެއްޗެއް އެއަތު ތެރެއަށްލާއި މުށްކަވާލާ ގޮތަށެވެ!!


ކުއާޑު ގައުމުތައް
ކުއާޑު ގައުމުތައް

ވެރިކަމުގައި ތިބި ދިވެހިރާއްޖޭގެ ޣައްދާރުންނާއި ސިޔާސީމާފިއާ އަށް ވިސްނައިދީ މަޖުބޫރު ކުރުވާފައި ވަނީ، ބޮޑުގަހެއްގެ ހިޔާ ހޯދައިގެން ބިރެއް ނެތި މަޖަލުގައި އުފާކުރުމުގައި ވެރިކަމުގެ ދައުރު ނިމެންދެން ތިބޭށެވެ. ސިޔާސީ ކުދިންކޮޅަށާއި ސިވިލްޚިދުމަތުގައި ތިބި ކުދިންކޮޅަށް މުސާރަ އާއި އިނާތަޔްތައް ދީގެން ކުރިޔަށް އޮތް ދެތިން އަހަރު ހިފާއްޓާލެވޭ ވަރު ކޮށްދީގެންނެވެ. އެވެސް ދަށުވާ ގޮތަށް ދަރަންޏަށެވެ.


އޭ! މަގޭ، ިވެހިތަކުރުން ނޭވެ! ލޮބުވެތި ދިވެހިރައްޔިތުން ނޭވެ! ގައުމަށް ޣައްދާރުވި ވެރިން ވެރިކަމުން ދުރުކޮށާށެވެ. ގައުމީ ޖިހާދަށް ތައްޔާރު ވާށެވެ. އިންޑިއާ އަސްކަރީންނާއި އެމީހުންގެ އައުވާނުން ކަމުގައިވި ދިވެހި ޣައްދާރުން ވެރިކަމުގެ ބާރުން ބޭރުކުރުން އަވަސް ކުރާށެވެ.


ހައްލަކީ އެއީ އެވެ. ހަނދާންކުރާށެވެ. ދިވެހިން އެއްވެސް ހަނގުރާމައެއްގެ ހިއްސާއަކަށް ވެގެން ނުވާނެއެވެ. ފަހެ، އެ ރުހުން ދެވޭނީ ހަމަ އެކަނި ރައްޔިތުންނަށެވެ. ސަރުކާރަކުން ނުދެވޭނެއެވެ!!


ލޮބުވެތި ގައުމު ގޮވަނީ، ަގީގީމިނިވަންކަން ހޯދުމަށެވެ!! ކުރިޔަށް!!


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!



Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page