top of page

އެމެރިކާއަށް ޗައިނާގެ ފުރަތަމަ އިންޒާރު!

  • Writer: ilyashusein
    ilyashusein
  • Apr 13, 2021
  • 5 min read

Updated: Mar 17

ލިޔުނި 2021 ގައި - އިލްޔާސް ހުސައިން އިބުރާހީމް


އެމެރިކާގެ އަނިޔާވެރިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުން.


އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުގެ ސްޕޯކުސްޕާސަން ނެޑުޕުރައިސް ދެއްވި ބަޔާނަކާ ގުޅިގެން ޗައިނާ އިން ވަރަށް ހޫނު ޖަވާބެއް ރައްދުގައި ދީފިއެވެ. ނެޑުގެ ބުނެފައި ވަނީ، ޗައިނާގެ ސިންޖިއާންގުގެ ޔުވީޣޫރު ދަރިކޮޅު މުސްލިމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ޗައިނާއިން ހިންގަމުން ދާތީ، އިންސާނީ ހައްގުތަކުގެ ރެކޯޑު ހުރީ އިންތިހާ ދަށުދަރަޖައަށް ވެއްޓިފައެވެ. އާދެ، އަދި މިހާތަނަށް ޗައިނާގައި އޮންނަ ފިނިމޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައި އެމެރިކާއިން ބައިވެރިވާނެކަން ރަސްމީކޮށް އަންގާފައެއް ނެތެވެ.


އެހެންވެ، 2022 ގައި ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިންޕިކްސް ކުޅިވަރުތަކުގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނާ އެކު، އެ ކުޅިވަރިތައް ބޮއިކޮޓުކުރުމަށް ވިސްނަމުންދާ ކަމަށެވެ. މިއީ އެމެރިކާ ސްޓޭޓު ޑިޕާޓުމަންޓުގެ ބަހެވެ.


ދުނިޔޭގެ ގިނަގައުމުތަކުން ބައިވެރިވާ މިފަދަ ކަންކަމަކީ، ޗައިނާއިން އެމީހުންގެ އެންމެ ފަހުގެ ހުނަރުތަކާއި ޒަމާނީ ކުރިއެރުންތަކުގެ އީޖާދީ އުކުޅުތައް ދައްކާލުމަށް އަބަދުވެސް ދެކެމުންދާ ހުވަފެނެވެ.


ޗައިނާގައި މިފަދަ ކުޅިވަރެއް އަދި ބޭއްވިފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ ވެސް ފިނިމޫސުމުގެ އޮލިންޕިކު މި ކުޅިވަރެވެ. އެފަހަރު ވެސް ދުނިޔެ ހައިރާންކޮށްލި ހުނަރުތަކާއި އުކުޅުތައް ޗައިނާއިން ދައްކާލިއެވެ. އަޖައިބު ކުރުވިއެވެ.


ވީމާ، އަދުގެ ޗައިނާ މިފަހަރު އޮންނާނީ އެތައް ގުނައެއް ކުރީގައިކަން އެމެރިކާއިން ރަނގަޅަށް ދަނެއެވެ. މިއީ މިކުޅިތައް ބަލަން އޮންނަން، އެމެރިކާއަށް މާފަސޭހަ މަންޒަރެއް ނޫނެވެ. ހޫނުމޫސުމެގެ އޮލިމްޕިކްސް ކުޅިވަރު ބޭއްވުމުގެ ފުރުސަތު މިހާތަނަށް ޗައިނާއަށް ލިބިފައެއް ނެތެވެ.


އެމެރިކާ ސްޓޭޓު ޑިޕާޓުމަންޓުގެ އިންޒާރީ މިވާހަކަ ތަކަށް ޗައިނާގެ ފޮރިން މިނިސްޓުރީއިން ރައްދު ދިނީ ވަރަށް ހޫނުކޮށް ވަރަށް ނުރައްތެރި ސިފައެއްގައި ހަގީގަތް ހާމަ ކުރަމުންނެވެ. އެމެރިކާ އަކީ، ބާރާއި ނުފޫޒު ބޭނުންކޮށްގެން ބޮޑެތިޖަރީމާތައް ހިންގައި ތަންފީޒުކުރާ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ހެއްކާ އެކު ބުނެދެމުންނެވެ.


ފަހެ، ދަންނައެވެ! މިހާރުގެ ޗައިނާއަކީ ކުރިން މަޑުން އޮތްގޮތައް ކޮންމެކަމެއް ވެސް ހެޔޮކަމަށް ދޫކޮށްލައިގެން އޮންނާނެ ގައުމެއްނޫނެވެ. މިހާރުގެ ޗައިނާއަކީ، އަސްލުޗައިނާ ދައްކާލުމަށް ތައްޔާރުވެފައިވާ އެންމެ ސިއްސުވާލާ ފަދަ ކުޅަދާނަ ކަމަށް އަހުލުވެރިވެފައި ވާ ބާރެކެވެ. މިއަދު ޗައިނާއިން ވަނީ، ފުރިހަމަ އިގުތިސާދަކާ އެކު، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލާފައެވެ.


އެމެރިކާއިން މިދިން އިންޒާރަކީ، ޗައިނާއިން ގަބޫލުކުރާ ވާހަކައެއް ނޫނެވެ. އަމުދުން ކުޅިވަރަކީ މިހާތަނަށް ދުނިޔޭގައި ބޮއިކޮޓު ކުރެވޭ ފަދަ އެއްވުމެއް ނޫނެވެ. އެއީ އެންމެންނަށް ވެސް އެމީހެއްގެ ހުނަރު ދައްކާލުމަށް ލިބޭ މިނިވަން ފުރުސަތެވެ. އެހެންވެ އެކަމުން މަހުރޫމް ކުރުމައީ ކުޅުންތެރިން ރުހޭނެކަމެއް ނޫނެވެ. އެމީހުންގެ ކުރިއެރުމަށް އަޅާ ހުރަހެއްކަމުގައި ދެކޭނެއެވެ. އަމުދުން ގައުމަކުން ކޮށްފިނަމަ އެއީ އެކުޅުންތެރިންގެ މައްޗަށް ކުރެވޭ ވަރަށް ބޭއިންސާފު އަނިޔާއެކެވެ.


އާދެ! އެހެންވެ ޗައިނާގެ ފޮރިންމިނިސްޓީން ދުނިޔެއަށް ހާމަކޮށްދީ، ހަދާންކޮސް ދީފައި ވަނީ، އެމެރިކާއިން މިހާތަނަށް ހިންގާފައިވާ އެންމެބޮޑު ނުލަފާ ފަސްޖަރީމާ އެވެ. އާދެ! އެއީ ވަރަށް ބޮޑު ތެދެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އަހުރެން އެ ފަސްޖަރީމާ ކުރުކޮށް މިތާނގައި ބުނެލާނަމެވެ.


ދަންނައެވެ! މިއީ ކުރީގެ ސޯވިއެޓުޔުނިއަން ނަގާފައި މިހާތަނަށް، އެމިރިކާއަށް ގައުމަކުން ދޭ އެންމެ ވަރުގަދަ، ދޫނުކުރުމުގެ އިންޒާރީ ބަސްތަކެވެ. ވަރަށް ކެރިގެން އެމެރިކާ އައި ދެކޮޅަށް މިފެންވަރުގައި ގައުމަކުން އަނގަހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.


އެމެރިކާއިން ބައިނަލް އަގުވާމީ އުސޫލުތަކައި ޚިލާފަށް ދުނިޔޭގައި ހިންގާ މާސިންގާ ފަސްޖަރީމާ:-


***އެކެއް:


ކޮލަމްބަސް އެމެރިކާ ހޯދުމަށް ފަހު، ފުރަތަމަ ސަތޭކަ އަހަރުގައި އައު އާބާދީ ނިޒާމް ގައިމު ކުރުމަށޭ ކިޔާފައި އެމެރިކާގައި ވަރަށް ފުޅާ ދާއިރާ އެއްގައި އެބިމުގައި ދިރިއުޅެމުން ގެންދިޔަ އަސްލު އަހުލުވެރިންނަށް އަނިޔާކޮށް ގަތުލުއާންމުތައް ރާވައިގެން ހިންގާފައިވެއެވެ.


އެމެރިކާގެ އަސްލު، ހަގީގީރަށް ވެހިން ކަމުގައިވާ އިންޑިއަންސް، ނުވަތަ ރެޑުއިންޑިއަންސް ދަރިކޮޅު އެކީގައި ހެން ކަތިލާއި އެ ނަސްލު ނައްތާލުމުގެ އެތައް އެތައް އަނިޔާވެރި ވަހުޝީ ޖަރީމާތަކެއް އެމެރިކާއިން ހިންގިއެވެ.


އޭގެ ތެރޭގައި އެކިޒާތުގެ ކުދިބޮޑެތި އަނިޔާތައް އެމީހުންނަށް ކުރިއެވެ. ފިރިހެނުން އަޅުންނަށް ހަދާއި އަންހެނުން ޖާރިޔާއިންނަށް ހަދައިގެން ގެންގުޅެ ކުދިއަނިޔާދީ މަރާހެދިއެވެ. އަޅުންގެ ގޮތުގައި ވިއްކާހެދިއެވެ.


ކޮލަމްބަސް ދަތުރުކޮށް ހޯދި ގައުމެއް ކަމުގައި ބުނެވުނަސް އެބައްރަކީ، އާދެ! ފަސްގަނޑަކީ މާކުރިންސުރެ އާބާދުވެފައިވާ އިންސާނީ ދަރިކޮޅެއް ދިރިއުޅެމުން ގެންދިޔަ ތަރޯތާޒާކަން އޮތް ފަސްގަނޑެކެވެ. އަމިއްލަވަންތަ ކަމާ އެކު އުފަލުގައި ކައިބޮއި އުޅެމުން ގެންދިޔަ އަމިއްލަސަގާފަތެއްގައި ދެމި ތިބި ރީތި މުޖުތަމައެކެވެ.


ކޮލަމްބަސްގެ ބަސްތަކަށް ބަލާއިރު އޭނާ އެރަށަށް، އޭނާގެ ނަވުގައި ކައިރިވާން ފެށުމުން ޖިސްމުގައި ބުރަސޫރަ ހުރި ރީތި ފުރިހަމަ އިސްކޮޅެއްގައި ތިބި ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ގިނަބަޔަކު އަތިރިމައްޗަށް ނުކުމެ އެއްބަޔަކު މޫދަށް އެރިތިބެ ހަދިޔާތައް ފަދަތަކެތި ހިފައިގެން އިސްތިގުބާލަށް އައިސް ތިއްބެވެ.


ހަދިޔާގެ ގޮތުގައި ދޫނިސޫފާ ސޫތްޕާއި އޭގެ ފަތުންހަދާފައިވާ ގަހަނާއާއި ބައެއް މައުދަނުގެ ގަހަނާފަދަ ސާމާނު ހަދިޔާއަށް ގެނެސްފައި ހުއްޓެވެ.


އާދެ، އެއީ އެއްގޮތަކަށް ވެސް ހަނގުރާމަތީ ހަތިޔާރު ގެންނުޅޭ ބައެއް ނޫނެވެ. އެހެނަސް ތީރު ލޮންދިފަދަ ރައްކަލަށް ގެންގުޅޜ ބާވަތްތައް އުފައްދައިގެ ބޭނުންކުރެއެވެ. އަދި ގަސްގަހާއި ގެއްސާއި ޖަނަވާރު އާލާކޮށް ގެންގުޅޭ ބައެކެވެ. އެޖަނަވާރުތަކުގެ ހަމުންނާއި ފަތްތަކުންނާއި ކެހެރިން އެކިސިފަސިފައިގައި ޒީނަޔްޔެރިވެގެން ތިބޭ ރީތިމާތް އަޚުލާގެއްގެ މަތިވެރި ބައެކެވެ.


ހަށިގަނޑުން ވަރުގަދަ މަސައްކަތަށް އެހާމެ މުރާލި ކުޅަދާނަ ބުންވަރު ހުރި ހަކަތަ ރަނގަޅު ބައިމަތި ރީތި ބައެކެވެ. ޝިކާރަވެރި އަދި ދަނޑުވެރިކަންކޮށް އުޅޭ ބައެކެވެ. އަމިއްލަ ސަގާފަތެއްގެ އަހުލުވެރި ބައެކެވެ.


މިމަންޒަރުތައް ފެނިފައި ކޮލަމްބަސް އުފަލުން އެނބުރި އޭނާގެރަށް ސްޕޭއިނަށް ގޮސް، ސްޕޭނުގެ ރާނީ އަރިހުގައި މިވާހަކަތައް ދަންނަވައިފިއެވެ. ދެން އޭނާ އެނބުރި އޭނާ ހޯދި ބައްރަށް އެމެރިކާއަށް އައީ، ސްޕޭނުގެ އެންމެ ނުލަފާ ޒާތުބެ ހަރުބީ ހަނގުރާމަވެރި، އަދި ޖިނާއީކުށްތައް ކުރުމަށް އަހުލުވެވެރިވެފައިވާ، ބާރަހާސް މީހުން ގޮވައިގެން ސަތާރަ ނަވުގައެވެ. މިދަތުރުގައި އެމިރިކާގެ ހަގީގީ އަހުލުވެރިންނަށް ބޮޑެތި އަނިޔާތައް ކުރިއެވެ. ތަޅާއިމެރިއެވެ. ބޮޑެތި އަނިޔާކުރިއެވެ.


ހައްދެތް ނެތް އަނިޔާތަށް ކޮލަންބަސްގެ އެމެރިކާއަށް އަރާ އެބިމުގެ ހަގީގީއެމެރިކާނުންނަށް ދިން
ހައްދެތް ނެތް އަނިޔާތަށް ކޮލަންބަސްގެ އެމެރިކާއަށް އަރާ އެބިމުގެ ހަގީގީއެމެރިކާނުންނަށް ދިން

ދެން ފަހެ، އެފަސްގަނޑަށް އަލުންއަރައި މިދެންނެވި ހުރިހާ ޖަރީމާތަކެއް ހިންގައި އެފަސްގަނޑަށް ވެރިވެ އެމެރިކާއޭ މިކިޔާ ގައުމު ބިނާކޮށް އުފެއްދީއެވެ. މިއަދު އެއީ ދުނިޔޭގެ އެންމެވަރުގަދަ އެއްވަނަބާރެވެ. މިހާރު ދެން ބާކީ އޮތީ ޒަވާލު އައުމެވެ.


އާދެ! މިއީ މިހާރުގެ އެފެންނަ އެމެރިކާ، އެމީހުން އުފައްދާއި ބިނާކުރިގޮތެވެ. އަސްލުގައި މިބައްރަށް ވެރިވި އެންމެންނަކީ ޔޫރަޕުން އައި މީހުންނެވެ. ދެން އެފުރިކާއިންނައި އެހެން ހިސާބިތަކުން ގެނާއި މަސައްކަތް ތެރީންނެވެ. މިމީހުންނަކީ، އެފަސްގަނޑަށާއި އެފަސްގަނޑުގެ އަހުލުވެރިންނަށް ހެސްކިޔާފައި އަނިޔާވެރިވެ ގަދަކަމުން އެބިމަށް ވެރިވި ބައެކެވެ. ހަގީގީ އެފަސްގަނޑުގެ އަހުލުވެރިންނެއް ނޫނެވެ.


އާދެ! އެދުވަހުން ފެށިގެން އެމެރިކާ ހޯދި ކޮލަމްބަސްޓީމުގެ މަގުސަދާއި ވިސްނުމަކީ، އެވެރިންގެ ބޭނުންހިފައިގެން އެފަސްގަނޑު އިތުރަށް އާބާދު ކުރުމަށް ފަހު، އެވެރިން އެކުގައި ނައްތާލާނެ ގޮތަކާމެދު ރޭވުންތަކެއް ރޭވުމެވެ. އެވެރިން އަތަށް ފުރަތަމަ ފަހަރަށް ކަނޑި ދިނުމުން އެތައް ބައެއްގެ އަތްތަންތަން ކަޑައިގެން ދިޔަކަމަށް ލިޔެފައިވެއެވެ.


މިއީ ކޮލަމްބަސް އެރުމުގެ ފަނަރަހާސް އަހަރު ކުރިން އެމެރިކާގައި ދިރިއުޅެމުން ގެންދިޔަ އިންސާނީ ދަރިކޮޅުގެ ނަސްލެކެވެ. އެމެރިކާ މީހުން ގަސްދުގައި ނައްތާލި ދަރިކޮޅެކެވެ. އެމެރިކާގެ ފުރަތަމަ ފަނަރަ އަހަރު ތެރޭގައި ސާލީސްހާސް އިންޑިއަން ދަރިކޮޅުގެ މީހުންމަރާއި ހުސްކުރިވެ.


އާދެ ޗައިނާއިން މިތާނގައި އެބުނެދިނީ، އެވާހަކަ ތައެވެ. އެމެރިކާ އަކީ ހަގީގަތަށް ރުޖޫއަވެ ބަލާނަމަ އެހެންބަޔަކާ ދިމާއަށް އެރޮގުން އަނގަ ހުޅުވާލެވޭ ވަރުގެ ބައެއްނޫނެވެ. މާޒީ އެއަށްވުރެ މާހުތުރު ބައެކެވެ.


ޗައިނާއިގެ ފޮރިންމިނިސްޓްރީން ބުނަނީ، އެފަސްގަނޑުގައި ދިރިއުޅެމުން ގެންދިޔަ ފަސްމިލިޔަނެއްހާ އިންޑިއަން ދަރިކޮޅުގެ އަސްލު އަހުލުވެރިން ފަނަރަ ވަނަ ގަރުނުން ފެށިގެން ގަތުލުކޮށް މަރަމުން އައިސް ވިހިވަނަ ގަރުނު އައިއިރު ދިރިތިބީ އެންމެ ދެލައްކަ ފަންސާސް ހާސް މީހުނަށް މަދުކޮށްފައިވާ ކަމަށެވެ.


އަދި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުވުމަށް އެފުރިކާއިން އަޅުންގެ ގޮތުގައި ގެނައި ބަބުރުންނަށް ފުރިހަމަ ހައްގުތައް ނުދީ އެންމެދަށު ދަރަޖައިގެ އަޅުންނަށް ހަދައިގެން އެމީހުންގެ އާންމު ޚިދުމަތުގައި ނޯކަރީންނަށް ގެންގުޅުނެވެ. މިއީ އެމެރިކާގައި އިންސާނިއްޔަތަށް އަރައިގަނެފައިވާ މިންވަރެވެ. އެމީހުންގެ ދަރަޖައެވެ.


***ދޭއް:


ބޮޑުކޮށް ތަފާތު ކުރުމާއި ރޭސިޒަމް އާއި ނަސްލަށް އަލުކަން ކުރުމުގެ ގޮތުން، އެމެރިކާގެ އެހެން ނަސްލުތަކަށް އެމެރިކާއިން ދެމުންގެންދާ ބޮޑެތި އަނިޔާތަކެވެ. 1965 އައި ހަމައަށް އެފުރިކާ ނަސްލު އެމެރިކާ ދަރިކޮޅަށް ބޮޑެތިތަފާތު ކުރުންތަކެއް ފާޅުގައި ހުރިހާ ދާއިރާއެއްގައި ގެންގުޅެފައިވެވެ. ސީދާކޮށް ދެމުން ދިޔައެވެ. މިއީ އެމެރިކާ އިން ފާޅުގައި ހިންގާ ޖަރީމާތަކެވެ.


އަދި އެފުރިކާއާއި އޭޝިއާ ދަރިކޮޅުގެ އެމެރިކާ މީހުންނަށް ވަމުންދާ ނަފުރަތާއި ހޭޓު ކުރައިމްސްގެ އަދަދު، 150 ޕަސަންޓު އިތުރުވެފައިވާ ކަމަށް ޔޫއެންގެ ކަމާބެހޭ ކޮމެޓިއިން ބުނެފައިވެއެވެ.


މިއަދު ވެސް އެމެރިކާ ތެރޭގައި ކަޅުނަސްލާއި އޭޝިޔާ ނަސްލުގެ މީހުންނަށް ނަފުރަތާއި ރުޅިވެރި ކަމުގެ މިފަދަ ކަންކަމައި ކުރިމަތިލާން ޖެހެނީ މަދެއް ކޮށެއް ނޫނެވެ. ދާދިފަހުންވެސް ކަޅު މީހަކު މަރާލައިގެން އެމަރާ ގުޅިގެން މުޒާހަރާ ތަކާއި ބައިވަރު ކަންތައް އެމެރުކާގައި ފެނިފައިވެއެވެ.


***ތިނެއް:


އެހެންގައުމުތަކުގެ ސަލާމަތާއި އަމާންކަން ރާވައިގެން ނަގާލުމަށް ތަކުރާރުކޮށް ހިންގާ ޖަރީމާތަކުގެ ވާހަކަތަކެވެ. 2001 އިން ފެށިގެން މިހާތަނަށް އަށްޑިހަ ގައުމެއްގައި އެންޓިޓެރަރިޒަމްގެ ނަމުގައި ހިންގި ހަނގުރާމައިގެ ތެރޭގައި އަށްޑިހަ ހާސް ފުރާނަ ވަނީ ނެތިކޮށް ލާފައެވެ.

މީގެ ތެރޭގައި ތިންލައްކަތިރީސް ހާސް ކުށެއްނެތް މައުސޫމު ސިވިލިއަނުން، ރަށްވެހިން ހިމެނެއެވެ. ކުޑަކުދިންނާއި މުސްލުޅިން އެހާ ގިނައެވެ.


އަރަބިރަބީއުގެ ނަމުގައި އެތައް ފަސާދައެއް އަރަބި އެތައް ގައުމެއްގެ އެތެރޭގައި ރާވައިގެން ހިންގާއި އެތައް ރައްޔިތުންނެއް ވަނީ، މަރުވެ އަނެއްބަޔަކު މުހާޖިރުންނަށް ހަދާފައެވެ. އެތައް އާއިލާތަކެއް ބިކަކޮށްލާފައެވެ. ބަޣުދާދު ފަދަ ދިރިދިރިއޮތް ކުރިއަރަމުންދިޔަ ވެރިކަން ކުރާ ރަށްތައް ސުންނާފަތި ކޮށްލާފައިވެއެވެ. އަރަބި އެތައް ގައުމެއް ހަލާކުކޮށް ފުނޑުފުނޑުކޮށް ލާފައިވެއެވެ. މިއީ އެމެރިކާގެ ފެންނާން ހުރިޖަރީމާތަކެވެ.


***ހަތަރެއް:


އެހެންގައުމުތަކުގެ އެތެރެއަށް ދާޚިލީގޮތުން ވަދެގަތުމެވެ. އޭޖެންޓުން މެދުވެރިކޮށް ނިރުބަވެރިކަން ހިންގުމެވެ. ސިޔާސީގަތުލުތައް ހިންގުމެވެ. ޔޫއެންގެ އާންމު އުސޫލުތަކުން އެހެންގައުމެއްގެ އެތެރޭގެ ކަމަކާ އެހެން ގައުމަކުން ނުބެހެވޭނެއެވެ. އެހެނަސް އެމެރިކާއިން ދަނީ އެހެން ގައުމުތަކުގެ ކަންކަމުގެ ތެރެއަށް އެކިއެކި އެއްބަސްވުންތައް އެމީހުންގެ އޭޖެންޓުންލައްވައި ހަދުވައި ސޮއިކުރުވައިގެން ވަދެ، އެމީހުންގެ މަންފާއަށް ބާރުގެ ބޭނުން ކުރަމުންނެވެ.


އަދި، އެމީހުން އެދޭ ގޮތް ނުހަދާ ގައުމުަކަށް ވިއްޔާ ދަތިކުރުމުގެ ފިޔަވަޅު އަލަމުންދެއެވެ. މިއީ އިންސާނީ ޖަރީމާއެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހއްދަށް ވެސްރަސްމީ ހުއްދައެއް ނެތި ވަނީ ވަދެ ބޮޑެތި ކަންތައްތައް ހިންގާފައެވެ. ކަނޑުގެ އަޑީގައި ހުރިއްޔާ ހުރި ޚަޒާނާތަކަކާއި ގުދުރަތީ މައުދަނުތައް ޖަމާވެފައި ހުރިތަންތަން ވަނީ ޗާޓުކުރަހައި ދިނުމުގެ ނަމުގައި ހޯދާއި ފާހަގަކޮށް ފައެވެ. އަސްލު ހަގީގަތުގައި ޖަރީމާ ހިންގުމަކީ މިއީ އެވެ.


***ފަހެއްއް:


އަމިއްލައަށް ހީރޯއަކަށް ހެދިގެން ރީތިޗާލާކު ވާހަކަ ދައްކައި އުޅޭއިރު އެތެރެއިން ޑަބަލްސްޓޭންޑަޑުކަން ގެންގުޅުމުގެ ބޮޑުޖަހީމާ ހިންގައެވެ. އެމެރިކާގައި ހެސްކިޔާފައި މުސްލިމުންނައި ދެކޮޅަށް އަނިޔާކުރަމުން، ދަތިކުރަމުން ދާއިރު އެހެން ގައުމުތަކުގައި މުސްލިމު ރަށްވެހިންނަށް އަނިޔާ ކުރާވާހަކަ ބޮޑުކޮށްގެން ނަގައި ދަތިކުރުމުގެ ފިޔަވަޅު އަލާނެކަމުގެ އިންޒާރު އަބަދުވެސް ދެއެވެ. އަދި އެކަން އަމަލީގޮތުން ތަންފީޒުކުރެއެވެ.


ޗައިނާގެ ސިންޖިއާންގު މުސްލިމުންގެ ވާހަކަ ނަގަނަގައިގެން ފަތުރާއި ދަތިކުރުމުގެ ވާހަކަ ދައްކާއި އިންޒާރު ދެމުންދެއެވެ. ބޮއިކޮޓުކުރުމުގެ އިންޒާރު ދީހަދައެވެ. މިއީ ދެފުށްދެގޮތް އަމަލުތަކެވެ. މުނާފިގު އަމަލުތަކެވެ.


މިހުރީ ބޮޑެތިވެގެންވާ ޖަރީމާތަކެވެ. ޔޫއެންގެ ގަރާރުތަކައި ޚިލާފަށް އެމެރިކާއިން ހިންގަމުން ގެންދާ ބޮޑެތި މާސިންގާ ޖަރީމާތަކެވެ. އެންމެންނަށް ހަމަހަމަ އިންސާފު ނުދިނުމަކީ އެމެރިކާއިން ގެންގުޅޭ އެންމެ ބޮޑުޖަރީމާއެވެ.


ވީމާ މިމީހުންގެ ބައިވެރިޔާ އިންޑިޔާ ލައްވާ ދިވެހިރާއްޖޭގެ މުޅި ސަރަހައްދު ވެސް ވަނީ މިމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ބަނދަރުތަކާއި އެއާޕޯޓުތައް ހިތުހުރި ގޮތަކަށް ގެންދަނީ ބޭނުން ކުރަމުންނެވެ. އިންޑިޔާއިން ބެހެއްޓި ރާޑަރުތަކުގެ މިލްކުވެރިންނަކީ ހަގީގަތުގައި އެމެރިކާއެވެ.


ދިވެހިގައުމަށް ޣައްދާރުވެ އިންޑިޔާސިފައިންނަށް ދިވެހިފަސްގަނޑު ދޫކޮށްލި ދިވެހިޣައްދާރުންނަށް ވަރަށް ފާޅުގައި ކެރިގެން ނޫނެކޭ ބުނާށެވެ. ހަގީގީ މިނިވަންކަން އަނބުރާ ހޯދާށެވެ. ދިވެހިރާއްޖެ އަޖީ ދިވެހިތަކުރުންގެ ބިމެވެ!


ފަހެ، އެއީ އެންމެމަތީ ޖިހާދެވެ. އެ ޖިހާދު ކުރެވެންހުރި ހުރިހާގޮތަކަށް އަމަލީގޮތުން ކުރާށެވެ. ފަސްނުޖެހޭށެވެ. ދިވެހިންގެ މާޒީން ދަސްކޮށްދެނީ އެފިލާވަޅެވެ.


ވޯޓަކީ އެންމެލުއި ހަތިޔާރެވެ!! ފުރިހަމައަށް ހެޔޮ ގޮތުގައި ބޭނުން ހިފާށެވެ!! އޭރުން އޮތީ ނަސްރެވެ!!


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!






Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page