top of page

އިންޑިއާއައުޓު ކުރުމުގެ ޖިހާދަކީ ކުރަންޖެހޭ ޖިހާދެކެވެ!

  • Writer: ilyashusein
    ilyashusein
  • Apr 5, 2022
  • 4 min read

Updated: Mar 13

މެދުއިރުމައްޗަށް އެމެރިކާއިން ގެނައި ރަބީއުމޫސުމަށް ފަހު، އޭޝިއާ ގައުމުތަކަށް ސިޔާސީ ގަނޫރޯޅިއެއް ސިފައިގައި، އިމްޕޯޓުކޮށް ގެންނަމުން މިދަނީ ނުވިސްނައި ތިބެގެން ވާނެ ޚަރާބުކުރުމުގެ މޫސުމެއް ނޫނެވެ. ޒަމާނީ އަޅުވެތި ކުރުމެވެ. އަދި، އަޅުވެތިކަމުގެ އެންމެ ބޮޑު ފަސާދައެވެ. ހަންފެތުރުމުގެ ސިޔާސަތެވެ. ދިވެހިރާއްޖެއަށް ވަނީ އެފަސާދަ އަރާފައެވެ. އަބަދު ވެސް ދިވެހިރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އެފަދަ ތަޖުރިބާތައް ކުރަން ފަށަނީ ދިވެހިރާއްޖެއިންނެވެ.


މެދުއިރުމައްޗަށް ރަބީއު ގެނައުމަށް ތައްޔާރު ވުމުގެ ގޮތުން ކުރީ ތަޖުރިބާ އަކީ ރައީސް ނަޝީދުގެ ވެރިކަން އިންގިރޭސިން އަޑީގައި ތިބެގެން ގެނައުމެވެ. ރައީސްމައުމޫނު ސަރުކާރުގެ ފަހު ދުވަސްވަރު ކެބިނެޓުގައި ތިއްބެވި ޒުވާން ވަޒީރުންނައި އިނގިރޭސި ސަފީރު މެދުވެރިވެ ރައީސްނަޝީދާ ބައްދަލު ކުރުވާ ސިއްރު ކަންތައްތަކެއް ރާވައިގެން ހިންގުނެވެ.


މިފަހަރުގެ ރަބީއު އަކީ ޗައިނާ އާއި ރަޝިއާ އިން ގެންގުޅޭ ދުނިޔެ އިގުތިސާދީ ގޮތުން ކުރިއަށް ގެންގޮސް ބިނާކުރުވުމުގެ އެކުވެރި ސިޔާސަތު އެކުގައި ފަނާކޮށްލުމުގެ މޫސުމެވެ. އާދެ! ޕާކިސްތާނުގެ މަޖިލިސްކުރާ ގޭގައި ބޮޑުވަޒީރު އިމްރާން ޚާނަށް އިތުބާރު ނެތްކަމުގެ ވޯޓެއް ގެނެސް ވެރިކަން ބަދަލު ކުރަން ފާޅުގައި އުޅެފިއެވެ.


ސުރީލަންކާ އަށް މިތޫފާނުގެ އަސަރު ގަދައަށް ކޮށްފިއެވެ. އަދި އަނބުރާ ހޭރިޔާކޮށް މެދުއިރިމައްޗާ ދިމާއަށް މިތޫފާނު ވަނީ ގެންގޮސްފައެވެ. ޕާކިސްތާނާއި ސުރީލަންކާ ފަދައިން، ސައޫދިއާ އާއި ޔޫއޭއީ އިން ޗައިނާގެ އިގުތިސާދީ ބެލްޓު އެންޑު ރޯޑު އިނިޝިއޭޓިވް އައި ގުޅުމުންނެވެ. އަދި އެމަގުން އެދުއިރުމަތީގެ ގިނަ ގައުމުތައް އެނބުރިގެން ހިނގައިދާނެ ކަމުގެ ބިރަށް ކުވައިތަށް ވެސް މިތޫފާނު ވަނީ މިސްރާބު ޖަހާފައެވެ.


މިކަމަށް އެކިނަންނަމުގައި އެމެރިކާގެ ކުޅަދާނަ ގީދަޅު މުވައްޒަފުން ހޮވައިގެން ކަނޑައަޅާފައި ތިބެއެވެ. އޭގެ ތެރޭގައި މިސަރަހައްދަށް ފާހަގަ ކުރެވިފައި ތިބޭ މީހުންގެ ތެރޭގައި އިސްކޮށް ފާހަގަކުރެވޭ މީހުންނަކީ، ޑޮނަލްޑު ލޫ އާއި ޚަލީލްޒާދާ އެވެ. މިމީހުންނަކީ ކަނޑިބަޑީގެ ހަނގުރާމައަކައި ނުލާއި ފައިސާއިން ކުޅެ އެތެރެއިން ރިޖީމްތައް ބަދަލުކޮށް ލުމުގެ ހުނަރުވެރި މޭސްތިރިންނެވެ. ސީއައިއޭ އިން ބަލަހައްތަމުން ގެންދާ ސިއްރު ޖާސޫސީ މަންދޫބުންނެވެ.


ސުރީލަންކާގެ ޚަރާބީއާއި ޕާކިސްތާނުގެ ޚަރާބީގެ އަޑީގައި ހުރީ ޑޮނަލްޑުލޫ އެވެ. ދިވެހިރާއްޖޭގައި ވެސް ކޯނާއެއް، އެއްކަނެއްގެ ގޮތުގައި އެމެރިކާގެ ސީއައިއޭ އޮފީހެއް ހަދާފައި ހުރެއެވެ. މިގައުމުތަކަށް އިންޑިއާ އާ އެކު މީނާ ވަނީ ދަތުރުތަކެއް ރަސްމީ ތާކިހަލުގައި ކުރައްވާފައެވެ.


ޕާކިސްތާނު ފަދައިން ސުރީލަންކާ ގައި ވެސް ހިންގަމުން އެދަނީ ހަމައެއް ކަމެކެވެ. އަދި ކުވައިތަށް ފޯރާފައި ވަނީ ވެސް ހަމައެއް ޚަރާބު ކުރުމެވެ. ސިއްރުން ފޮރުވި ތިބެ ސީދާ ފަނާ ކުރުމެވެ. ދާޚިލީ ސިސްޓަމާ ތޮޅުމެވެ. ފަހަތުގައި ސިއްރުކޮށް އޮތީ އެމެރިކާ އާއި އިސްރާއީ އިނގިރޭސި ވިލާތުގެ ޖާސޫސީ އިދާރާތަކެވެ. ބޭނުމާއި މަގުސަދަކީ ކުރިއަރާއި ދުނިޔޭގެ ބާރަކަށް ވަމުންދާ ޗައިނާ ރަޝިޔާގެ އިގުތިސާދީ ގުޅުމުގެ ބާރު މިގައުމުތަކުގައި ކަނޑުވާލާއި ހުއްޓުވާ ލުމެވެ. އަދި އެމީހުންގެ އޭޖެންޓު ސަރުކާރިތައް ގައިމުކުރުވުމެވެ.


އިންޑިއާ އިން މެދުމިން ގަނޑެއްގައި ރަޝިއާއައި އެކު ވިޔަފާރި ކުރަމުން ދާއިރު ވެސް، އެކުވެރި ބާރުވެރި އަތެއްގެ ގޮތުގައި މޯދީޖީ ގެންގުޅެމުން އެދަނީ މާސިންގާބޮޑު ސަބަބެއް ފަހަތުގައި އޮވެގެންނެވެ. ޗައިނާ އާއެކު ހަނގުރާމަ ކުރެވޭނީ އިންޑިއާ ބޭނުންކޮށްގެން ކަމުގައިވާތީއެވެ. އަދި ދިވެހިކަނޑަށް ބާރުފޯރުވިގެން ކަމުގައި ވާތީއެވެ.


ޕާކިސްތާނާއި ލަންކާގައި ވެސް ބޭނުންވަނީ، މިމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ގައިމުކޮށްފައި ބާއްވާށެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށްލި ގޮތަށް ފައިސާއަޅައިގެން ޕާކިސްތާނާއި ސްރީލަންކާގެ ވެރިކަމަށް އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް އިމްޕޯޓުކޮށް ސަވާރުކުރާށެވެ.


އިމްރާންޚާނުގެ ހިތްވަރުން އިތުބާރުނެއްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށް ލުމުން ސުޕްރީމްކޯޓު މެދުވެރިކޮށް ވެސް، އެކިގޮތްގޮތުން އެބަލަނީ އެކަން ރުޖޫއަކޮށްލެވޭތޯއެވެ. އަނބުރާލެވޭތޯއެވެ. އެތެރޭގައި ވަރުގަދަކޮށް ތިބީ އެމީހުންގެ އޭޖެންޓުން ކަމުގައި ވާތީ އެކަން ކާމިޔާބުކޮށް އިމްރާންޚާނަށް ލޮޓިއެއް ދޭނެއެވެ. ޕާކިސްތާނުގެ ސިފައިންގެ ޗީފައި ޚަލީލްޒާދާ ބައްދަލު ކުރައްވައިފިއެވެ.


އަދި ޕާކިސްތާނުގައި އިމްރާނުޚަނަށް އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި އިރު ޑޮނަލްޑުލޫ ހުންނެވީ އިންޑިއާގައެވެ.

ތައްޔާރުވެ ހުންނެވީ ޕާކިސްތާނަށް އެމީހުންގެ ޕަޕެޓު އާ ބޮޑުވަޒީރު އިމްޕޯޓުކޮށް ސަވާރުވުމުން ކުރަންޖެހޭ މުހިންމު ކަންކަން ވަގުތުން ކުރައްވާށެވެ. އެހެނަސް އެދުވަހު އިމްރާނުޚާން ކުޅުއްވި ސިޔާސީ ކުޅިއަކުން އާސަރުކާރަށް އެދުބަހު އެކަންކުރަން ބޭނުންވި ގޮތަށް އާދެވޭގޮތެއް ނުވިއެވެ. އެކުޅިގަނޑު އެނބުރި ދިޔައީ އާ އިންތިޚާބަކާ ދިމާއަށެވެ. ދެން ކުޅިގަނގު މިސްރާބުޖެހީ އިންތިޚާބު އޮޅުވާލައި މަޖިލީހުގެ ގޮނޑިތައް ނާޖާއިޒުކޮށް ނަގާށެވެ.


ފަހެ، ދަންނައެވެ!! މިއީ އެމީހުންގެ ރޭވުންތައް ހުންނަ ގޮތެވެ!!


މިކަން ބިނާވެފައި އޮތީ ރިޖީމް ބަދަލުކޮށްލާއި އިދިކޮޅަށް ވެރިކަން ހޯދައިދިނުމާ ހަމައަށް އެކަންޏެއް ނޫނެވެ. މާފުނަށް ރާވާފައެވެ. އެކަމުގެ ފަހަތުގައި މާބޮޑެތި ސިއްރުތައް އެކުލެވިފައި އެބަ ހުއްޓެވެ. ރާއްޖޭގެ ޣައްދާރު ސަރުކާރުން ބުނަމުންގެންދާ ގޮތަށް ޕާކިސްތާނުގެ އިދިކޮޅުގައި ތިބި ބޮޑެތި ޣައްދާރުން ވެސް ބުނަމުން ދަނީ ހަމަ އެކައްޗެކެވެ. ކިޔަނީ އެއް ލަވައެކެވެ. ބޭރުގެ މުޝިރުން ހުތްލައި ދީފައިހުރި އެއް ރިވާޔަތެކެވެ.


ދުނިޔޭގެ ބޮޑުބާރެއް އަހަރުމެން ފަހަތުގައި ނެތި އަހުރެމެން، "ސަލާންޖަހާ ފަގީރުންނަށް ސާހިބުންނަކަށް" ނުވެވޭނެއެވެ. ޔައުނީ އަހުރެމެންނަށް ދެމި ތިބެވޭނީ ބޮޑުބާރެއްގެ ހިޔަލުގެ ދަށުގައި ތިބެ ސަލާން ޖަހައިގެންނެވެ. ވަރަށް ހެއްވައެވެ. އަމިއްލަވަންތަ ކަހަތަ ނަގާލީއެވެ. މައިބަދަ ވާކޮށްލީއެވެ. އަމިއްލައަށެވެ. އެމީހުންދޭ ވެންޓިލޭޓަރުތަކުގެ އެހީގައި ނޭވާލައިގެން ނޫނީ ދިރި ނުތިބެވޭނެ ކަން ގަބޫލުކުރީއެވެ. މިއީ މާއްދީބާރަކަށް އަޅުވެތިވުމެވެ. އެމީހުން މަސްމަހުން، ނޫނީ ވަގުތުން ވަގުތަށް ދޭ ބިހާއި ފިޔާއަލުވި ކޮޅު ނުލިބޭނަމަ ފުރާނަމުއްތި ނުވާނެކަން އަމިއްލައަށް ގަބޫލުކޮށް، ﷲ އަށް ފުރަގަސް ދިނީއެވެ!!


ހަމަ މިރާގަށް ޕާކިސްތާނުގައި ނަވާޒުޝަރީފު ޕާޓީންނާއި ބުއްޓޫގެ ޕާޓީން ރައްޔިތުންނަށް ބުނެދެމުން ދަނީ ހަމަ މިވާހަކަ ތަކެވެ. ކިޔައި ދެމުންދަނީ އެމީހުންގެ ފަރާތުން ވާރިދު ވެފައި ހުރި މިރިވާޔަތްތަކެވެ. ޖަހަމުންދަނީ މިލަވައެވެ. ދިވެހިރާއްޖޭގެ ޣައްދާރު ކޯލިޝަން މާފިއާއިން ރައްޔިތުންނަށް ހުތްލައިދެމުން ގެންދާ ރިވާޔަތްތަކައި ހަމަހިލާ އެއްވެސް ތަފާތެއް ނެތެވެ. އެއްފަސާނާއެކެވެ. ޖަހަނީ އެއްލަވައެކެވެ.


ހަމަ ކަށަވަރުން ސާފުކޮށް އެނގޭއެއްޗަކީ، އަރައިގެން މިއުޅޭ ސިޔާސީ ނަގޫރޯޅިއަކީ އެމެރިކާ އާއި އިސްރާއީލާއި ނޭޓޯއިން އީޖާދުކޮށް ގެން އުޅޭ ރޯޅިއެއްކަމެވެ. ބޮޑު ޚަރާބީއެއް ކަމެވެ. މިއަވާގައި ޖެހިފައި ތިބޭ ޣައްދާރުން ރައްޔިތުންގެ ހިތްތަކަށް ވައްދައިދޭނީ މިބާވަތުގެ ރިވާޔަތްތަކެވެ. ފަސާނާތަކެވެ. މީގެ ފަހަތުގައި ފޮރުވިފައި އޮތީ ފަނާކުރުމެވެ. ބިނާކުރުމެއް ނޫނެވެ. އާރުލާ ފޭރާމެއް ނެތެވެ.


ޗައިނާ އާއި ރަޝިޔާ މާކުރިން މިކަން ދަނެ އިސްނަގައި ފަށާފައި ވަނީ އެންމެން ގުޅިގެން މާލީގޮތުން ދުނިޔެ ބިނާކުރުމެވެ. އެއީ "ބީއާރުއައި" ބެލްޓު އެންޑު ރޯޑު އިސްނެގުމެވެ އެއީ ބިނާކުރުމެވެ. ފަނާކުރުމެއް ނޫނެވެ. ފަށުވިމަގެވެ. ދިވެހިން ބަލައިގަންނަވީ މަގެވެ.



އެހެނަސް އަހުރެމެން ދިވެހިން ވެސް މިތިބީ ސިޔާސީ އޭޖެންޓުންގެ އަޅުވެތިކަމުގެ ފަސާނާ އާއި ރިވާޔަތް ތަކުގައި ރީތިކޮށް ޖެހި ޣަރަގުކޮށް ލާފައެވެ. ރައްޔިތުންގެ ބޮޑުބައެއް މާއްދިއްޔަތަށް ޖެއްސުމަށް ފަހު، ވެރިކަމަށް އެމީހުންގެ އޭޖެންޓު ގޮނޑިކޮއްކޮއެއް ގެނެސް ސަވާރު ކޮށްފައެވެ.


މިހަގީގަތް ވަނީ ޑިކްޓޭޓަރުމުއިއްޒު ލަންކާގެ ވިކްރަމްހިންސަ ގާތުގައި އަމިއްލަ ދޭފުޅުން ހާމަކޮށް ދެއްވާފަ
މިހަގީގަތް ވަނީ ޑިކްޓޭޓަރުމުއިއްޒު ލަންކާގެ ވިކްރަމްހިންސަ ގާތުގައި އަމިއްލަ ދޭފުޅުން ހާމަކޮށް ދެއްވާފަ


މިއީ ރޭވުމެއް ދަށުން ގަދަބާރުން އިމްޕޯޓު ކުރާ ވެރިކަމެވެ. ތަބީއީ ވެރިކަމެއް ނޫނެވެ. ދެން ވޯލްޑުބޭންކާއި އައިއެމްއެފާއި އިންޓަނެޝެނަލް މުޖުތަމުގެ އެކިޖަމާއަތްތައް ލައްވާ ގައުމު ކުރިއަރުވާއި ޚިދުމަތް ދިނުމުގެ ނަމުގައި އިއާދަ ނުކުރެވޭ ވަރަށް ގައުމު ދަރުވާލާނެއެވެ. ހެސްކިޔާފަ ފަގީރުކޮށްލާނެއެވެ. އޭރުން މައިބަދަ ބިނދިފައި އޮތް ގައުމަކަށް ބަދަލުވެ ނިމުނީއެވެ.


އެހާލަތުގައި ދައުލަތް އޮންނާނީ ދައުލަތުގެ ބޮޑެތި އިމާރަތްތަކާއި އަގުހުރި އެސެޓުތައް ބޭރު ކުންފުނިތަކަށް ރަހުނު ކުރުވާފައެވެ. އަދި ހުރިހާ ފިޔަފާރިއެއް އޮންނާނީ އެމީހުންގެ ކުންފުނިތަކުން ދަށުލާފައެވެ. ރައްޔިތުންގެ ލިބެންޖެހޭ ހުރިހާ ފައިސައެއް ދާނީ ބޭރަށެވެ. އަދި ސިފައިންގެ ބާރު ކަނޑުވާލާއި އަމިއްލަފައިސާގެ އަގުވައްޓާލާއި ރައްޔިތުން ބަޑަށް ޖައްސާލުމަށް ފަހު، އެމީހުންގެ މަގުސަދުތައް ހާސިލުކުރުމުގެ ހުރިހާ މަގެއް އޮމާންކަމާ އެކު ކޮށާނެއެވެ.


ދެން އެހާލަތުން އަރައިގަތުމަށްއެހީގެ ގޮތުގައި ކޮށްދޭ ކަންތައްތަކުގައި ގައުމުގެ މުސްތަގިއްލުކަމާއި މިނިވަންކަމުގެ ބާރު ނަގާލާއި އެކުގައި ގެއްލުވާލާނެއެވެ. ޕާކިސްތާނުގައި ނަމަ، އެޓަމީ ޕުރޮގުރާމުގައި ހުރި ނިއުކުލިހަތިޔާރަށް ޔުކުރޭނުގައި، 2014 ގައި ހެދިގޮތަށް ހަދާފައި ފައިނޭންޝަލް އެހީތަކާއި ލޯނުތައް ރީތިނަންނަމުގައި ދީ ގައުމު ތަރައްގީކޮށް ދޭނަމޭ ބުނެ އެސެޓުތަކާއި އެހަތިޔާރުތައް ފަނާކޮށް ނައްތާލާނެއެވެ.


ފަހެ، ދަންނައެވެ!!


އެމީހުންގެ މަގުސަދު ހާސިލު ކުރަނީ މިފަދަ އެތައް ގެއްލުންތަކެއް މުސްލިމް ދައުލަތްތަކަށް ދިނުމާ އެކުގައި ފަނާކޮށްލާފައެވެ. ދެން އިއާދަވާން މަދުވެގެން ގަރުނެއް ނަގާނެއެވެ. މިއއަށް ކިޔަންވީ ބޮޑުސުންނާފަތި ކުރުމެވެ. ގައުމު ނައްތާލުމެވެ.


ޝައިތޯނީ މި ސިސްޓަމުގެ ހުރިހާ ވެސް ބޭނުމަކާއި އަމާޒަކީ މިނިވަން ގައުމުތައް އަޅުވެތިކޮށް އެމީހުންގެ ދަށުލާފައި ބޭތިއްބުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މީސްތަކުން މުއްސަނދިވެ ކުރިއަރާއި ތަރައްގީ ވިޔަ ނުދިނުމެވެ. ދިވެހިރާއްޖެއަށް ވެސް އިންޑިއާ ލައްވާ ޖައްސުވާފައި މިވަނީ އެހާލަތެވެ. މިހާރު މިއޮތީ ދިވެހިތަކުރުން އަލުންބަލުން ނުކުމެ ދިހާދެއް ފަށަން ޖެހިފައެވެ.


ވީމާ އަވަށްޓެރި އިންޑިއާގެ ޒަމާނީ އަޅުވެތިކަމުން ދިވެހިންނާއި ދިވެހިރާއްޖެ މިނިވަންވާޖެހެއެވެ. އެކަން ކުރެވޭނީ ރައްޔިތު އެންމެން ނުކުމެ ހަގީގީ މާނާގައި، #އިންޑިއާއައުޓު ކޮށްލެވިގެންނެވެ!!





Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page