ކޯޓުތައްބާރުކަނޑުވާލާނެ - އިލްމުވެރިންއަނގަބަންދުކުރާނެ
- ilyashusein
- Mar 11
- 2 min read
Updated: Mar 12
ކޯޓުތައް އުވާލާނެއެވެ. އިލްމުވެރިން ގަނެލާނެއެވެ. ވާ މުހައްމަދާ ވާ!!
ދުނިޔޭގެ ސިއްރުދައުލަތުގެ ބޭއަޚުލާގީ ވަހުޝީ އަމަލުތައް ފަލީހަތް ކުރެއްވި ހިނދު އާންމުންނަށް ހާމަވެ ފެނިގެންދިޔަ އެޕްސްޓީން ސިސްޓަމަކީ މިހާރުގެ ވޯލްޑުއޯޑަރު، ސިއްރުދައުލަތް މަސައްކަތް ކުރާގޮތެވެ. ސަހުޔޫނީ ނަތަންޔާހޫ އާއި ހިންދުތުވާ މޯދީޖީ އާއި އިވޭންޖަލިކަލް ޓުރަމްޕަކީ ދައްޖާލީ ސިސްޓަމް މި ދުނިޔޭގެ ބިންމަތީގައި ފަތުރާ ދަމަހާއްޓަން ނުކުމެ ތިބި ދައްޖާލީ މަސީހާއިންނެވެ.
ދޮގުވެރި ދައްޖާލުންނެވެ!! ހުރިހާކަމެއް އޮޅުވާލާނެއެވެ!! ހުރިހާކަމެއްގެ ކޮންޓުރޯލް ނަގާނެއެވެ!!
އަރަބި އަދި އިސްލާމީ ގައުމުތަގު ވެރިންނަށް ލާފައި ތިބި ޑިކްޓޭޓަރުން ނަކީ އެބާރުގެ އައުވަނުންނެވެ. މަދަދުގާރުންނެވެ. އޭޖެންޓުންނެވެ. އީރާނަށް ހަމަލާ ދެވުނު ވަގުތާއި ގަޑިއަށް ނަޒަރު ކުރާ އިރު ވަރަށް ގިނަ ކަންތައް ސާފުވެ ދަނެގަނެވެއެވެ. ވިސްނާލުމުން ހާމަވެގެން ދާނެއެވެ.
އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގުޗީ އާ އެކު ސުލްހައިގެ ވާހަކަތައް ހެސްކިޔާފައި ހޫނުކޮށް ގެންދަމުން، އާޔަތުﷲ އަލީ ޚާމަނާއީ އާއި އޭނަގެ ޓީމު ތަހައްޖުދު ނަމާދު ކުރައްވާއި ރޯދަމަހު ހާރުކައިގެން ފަތިސް ނަމާދަށް ފަހު، ތައްޔާރުވެގެން ގައުމީ މަޝްވަރާއަށް ނުކުންނަވާއި އިށީންނެވި ހައްސާސީވަގުތު، ރޯމާދުވާލުގެ އަލީގައި ބާރުގަދަ އެތައް މިސައިލުތަކަކުން މުޅި ޓީމު އެކުގައި ޝަހީދުކޮށްލީ ވަރަށް ސިއްރު ރޭވުންތަކެއް އެތެރޭންނާއި ބޭރުން ރާވައިގެންނެވެ.
ހަމަ އެނޭވާގައި ޅައުމުރުގެ ކިޔަވާ ކުދިންގެ ސްކޫލަކަށް، ބާރުގަދަ ޓޮމަހޯކު މިސައިލުން ހަމަދީ ސަތޭކައަށް ވުރެ ގިނަ ކުޑަކުދިންގެ ފުރާނަ ދުއްވާލާ ޝަހީދުކޮށްލިއެވެ. އަދި ޕާކިސްތާނު ބޯޑަރު ކައިރީ ދެރަށަކަށް އާންމުންގެ ތެރެއަށް ހަމަދީނެވެ. އެއީ ފާކިސްތާނުގެ ޖައްވު މިހަމާ ދިނުމުގައި ބޭނުން ކުރެވުނު ކަން ދައްކާށެވެ. މިހަމަލާގައި ޕާކިސްތާނު އެހީވެދިންކަން ދެއްކުމަށެވެ. އަދި އީރާނުން ފާކިސްތާނަށް ރައްދުގައި ހަމަލާ ދޭތޯ ހިންގުނު ނުލަފާ އުދުވާނެކެވެ.
ފިކުރުކޮށް ވިސްނާށެވެ! މި ހުރީ ދުނިޔޭގެ ސިއްރުދައުލަތުގެ އެ ނުލަފާ ސިސްޓަމު މަސައްކަތް ކުރާގޮތެވެ!!
ދެން ބައްލަވާށެވެ!!
ޕަކިސްތާނުގައި ޖެނެރަލެއްގެ ހިޔާވަހިކަމުގައި ޕާކިސްތާނު ތެރޭގައި އެ ހިންގާ ދާޚިލީ ސިޔާސީ ކަންތަކަކީ ހުސް އިބުރަތެވެ. އަހުރެމެންނަށް ހުރި ބޮޑެތި ފިލާވަޅުތަކެވެ. ދިވެހިރާއްޖެ އަކީ ޒަމާންވީ އިސްލާމީ ދައުލަކަށް ވާތީ މިހަނގުރާމަ ވަރަށް ގާތުން ދިރާސާކުރުން ކޮންމެ ދިވެއްސަކަށް ހުއްޓެވެ. ދިވެހިރާއްގެ ވެރިކަމުގެ ސިންގާސަނާގައި މިވަގުތު ހުންނެވީ، އެމެރިކާ، އިސްރާއީލު، އަދި އިންޑިއާގެ ބާރުގެ ދަށުން ހަރަކާތްތެރިވާ ޑިކްޓޭޓަރަކަށް ވާތީ އަމުދުން ރައްޔިތުން ވަރަށް ސަމާލުވެ ހޭލުން ތެރި ވާން ޖެހެއެވެ.
އޭނާގެ ގާތުގައި އުޚުއްވަތްތެރި ގައުމުތަކަކީ ވަކިފަޅިއެކެވެ. އެމެރިކާ އިސްވެ އީރާނަށް ހަމަލާ ދިން މިހަނގުރާމަ އާ ގުޅިގެން ނެރުނު ރަސްމީ ބަޔާނުން މިކަން ވަރަށް ރީތިކޮށް ސާފުވެގެންދެއެވެ. މިނިސްޓުރީ އޮފް ފޮރިންއެފެއާސް ރަސްމީ ސައިޓުގައި މިހާރުވެސް އެބަޔާން އެބަ އޮތެވެ.

ދިވެހިރާއްޖެގައި ޑިކްޓޭޓަރުމުއިއްޒު ލައްވާ ކުޅުވާ ކުޅިވަރަކީ ވެސް އިބުރަތުން ފުރިގެންވާ ވިސްނާލަން ޖެހޭ ހައްސާސީ ކަންތަކެވެ. ވަކި އަތަކަށް ބުރަވެ ހުރެ ހިންގާ ނުރައްކާތެރި ކަންތަކެވެ. ވަރަށް ދެރައެވެ. ކޯޓުތައް އުވާލާއި އިލްމުވެރިން ގަނެލުމުގެ މާނަ އަކީ މިއެވެ. ހުރިބާ ބާރެއް ދުސްތޫރަށް ބެލުމެއް ނެތި އަމިއްލަ ބާރުދަގެ ދަށަށް ގެންނާނެ ވާހަކައެވެ. ދައުލަތުގެ ބާރުތައް އެއްކުރާނެއެވެ. މާލޭ މޭޔަރުކަމަށް ޖެނެރަލަޖު ނެރެ ހުރިހާ އިންތިޚާބުތަކެއް އެއް ކޮށްލަން އެކުރާ މަސައްކަތަކީ ހަމަ މި ކުޅިގަނޑުގެ ބޮޅެކެވެ.
ޕާކިސްތާނުގައި ޖެނަރަލް އާސިމް މުނީރު ލައްވާ ކުޅުވާ ކުޅިތަކާއި ދިވެހިރާއްޖޭގައި ޑިކްޓޭޓަރުމުއިއްޒު ލައްވާ ކުޅުވާ ކުޅި ތަކަކީ ވަރަށް އެއްގޮތް ހުރި ސިޔާސީ ކުޅިތަކެވެ. ދިވެހިރާއްޖެ ވެސް މިވަގުތު މިއޮތީ ސަހުޔޫނީ ޔަހޫދީ ފޭލިގެ ތެރޭގައެވެ. ވެރި މީހާގެ ދެއަތާއި ދެފައި ވަނީ އެންމެ ފުޅާމިނަށް އެބާރުގެ ކުރިމަތީގައި ހުޅުވާލާފައެވެ. އީރާނަކީ މިއަދު ދިވެހިރާއްޖޭގެ ބުރާދަލީ، އުޚުއްވަތްރި ގައުމަކަށް ނުހެދިއެވެ. ޒަމާނުއްސުރެ ދިވެހިދައުލަތުން ހިފާއްޓަމުން ގެންދިޔަ ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތު މިއަދު އެވަނީ މުގުރާލާފައެވެ.
ލޮބުވެތި ރައްޔިތުން ނޭވެ!! #ދިވެހިތަކުރުން ނޭވެ!! ކެރިގެން ފާޅުގައި ނޫނެކޭ ބުނާށެވެ!! ވޯޓު އޮޅުވާލިޔަ ނުދޭށެވެ!! ހުރިހާ ބާރެއް ނެގިޔަ ނުދޭށެވެ!!
ޑިކްޓޭޓަރުމުއިއްޒުގެ މި ޚުތޫރަތްތެރި ސިސްޓަމާ ދެކޮޅަށް ތެދުވާށެވެ. ކެރޭށެވެ. މިހާރު އެހުރީ ބިރެއް ނެތި މެކުހަށް ޖަހާފައެވެ. އިންތިހާއަށް ފައްކާވެފައެވެ. ގަނެވެން ތިބި އެންމެން ގަނެލާނެއެވެ.
އާދެ! ބައިތުލްމަގުދިސް ސަލީބީ ބާރުން މިނިވަންކޮށް ދެއްވި، ސަލާހުއްދީން އައްޔޫބީ ހިތްވަރު ލިބިވަޑައިގަތީ މިފަދަ ދުނިޔެވީ، މިއިން ސިސްޓަމަކުން ނޫނެވެ. އިލުމިނާޓީ ޝައިތޯނީބާރަކުން ނޫނެވެ. ހަމަ އެކަނި ރޫހަނީ ބާރުންނެވެ. ފައިސާއަކުން ނޫނެވެ. ވަރުގަދަ އަގީދާ އާއި އީމާންތެރި ކަމުންނެވެ.
ކުރެއްވި ހުރިހާ ޖިހާދެއް ކުރައްވާއި ސަލީބީލަޝްކަރުގައި ތިއްބެވި ބޮޑެތި ކެތަލިކު ބާރުތަކުގެ ރަސްކަލުންތައް ބަލިކުރައްވާއި ބައިތުލްމަގުދިސް ފަހަތަކުރައްވައި ނިންމެވުމަށް ފަހު، ހައްޖަށް ވަޑައިގަތުމަށް ނިންމެވި އިރު އަމިއްލަފުޅު އަތްޕުޅުގައި އެދަތުރަށް އަރާވަޑައިގަންނަވާނެ ފައިސާއެއް ނެތެވެ. ޖެހިވަޑައި ގަތީ އަމިއްލަފުޅު އާމްދަނީގެ މަސައްކަތް އިތުރަށް ކުރައްވައިގެން ފައިސާހޯދާއި އެއްކުރާށެވެ. އެކަމަކު އެއީ އޭރުގެ މުސްލިމު ލަޝްކަރުގެ ގާއިދެވެ. ލީޑަރެވެ. ވެރިޔާއެވެ.
ދިވެހި ޒުވާނުން ތައްޔާރު ވާންވީ މިފަދަ ޝަޚުސިއްޔަކަށް ވާށެވެ!! ކެރެންވީއެވެ!! ﷲ ގެ ރޫހާނީ ބާރު މިއަދުވެސް ހޯދޭނެކަން ކަށަވަރެވެ!! އޭގެ ހެކިތައް، ﷲ އައި ކައިރި ވީ ވަރަކުން ތިމާއަށް ދާނީ ލިބި ފެންނަމުންނެވެ. ލިބެމުންނެވެ. ދައްޖާލީ ޝައިތޯނީ ބާރު ދެކެ ނަފުރަތު ކުރާށެވެ. ދެކޮޅު ހަދާށެވެ.
ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!
🇲🇻⚔️🇲🇻



Comments