ބޮޑުދޮގުތިޔަރީ
- ilyashusein
- Jul 12, 2022
- 2 min read
Updated: Mar 10
ލޮބުވެތިރައްޔިތުން ސަމާލުކަމަށް!!
ރައީސްނަޝީދުގެ ބޮޑުދޮގުތިޔަރީ!!
އާދެ! ދުނިޔެއަށް ފަތުރާއި ތައާރުފް ކުރެވުނު، ބޮޑުދޮގުތިޔަރީ އަކީ، ހިޓްލަރުގެ ފުރަތަމަ ޕްރޮޕެގެންޑާ މިނިސްޓަރު ޕޯލް ޖޯސެފް ގެބްލްސް އުފެއްދެވި މިތިޔަރީއެވެ!!
އެއީ މަށް ބޮޑުދޮގެއްހަދާއި އެދޮގު ތަކުރާރުކޮށް ފަތުރަމުން، ފަތުރަމުން ގޮސް މީސްތަކުންގެ ހިތްތަކުގައި އެއީ ތެދެއްކަމަށް ގަބޫލު ކުރެވެންދެން އެކަން ތަކުރާރުކޮށް ފެތުރުމެވެ. ހެސްކިޔާފައި ރިޕީޓު ކުރުމެވެ. ހަފްލާތަކާއި ޖަލްސާތަކުގެ ޒީނަތަކަށް ހެދުމެވެ.
ދެން ފަހެ، އެދޮގު މެދުވެރިކޮށް ވެރިކަމުގެބާރު ނުވަތަ ސިޔާސީބާރު ދިފާއުކުރުމަށް ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި މިލިޓަރީގޮތުން ނަތީޖާނެރެ ފައިދާނަގާ ދިފާއީ އައްޑަނައަކަށް ލޮބުވެތި މައުސޫމު ރައްޔިތުން ހަދާލުމެވެ!!
މިހާތަނަށް ރައީސްނަޝީދުގެ ޒައާމަތުގައި އެމްޑީޕީން ހޯދި ކާމިޔާބީއެއް ހޯދާފައި ވަނީ ރައީސްނަޝީދު ތައާރުފު ކުރައްވާފައިވާ ބޮޑުދޮގު ތިޔަރީ ބޭނުންކޮށް ގެންނެވެ. ދިގު އުފައްދައި އެދޮގު ހެސްކިޔާފާ ފަތުރައިގެންނެވެ. ރައްޔިތުންނަށް ބޮޑުކޮށް އޮޅުވާލައި ގެންނެވެ. ރައްޔިތުން ޖާދޫގައި ޖައްސާއި ނާޖާއިޒު ފައިދާ ނަގައިގެންނެވެ.
މިއީ ހެޓިލަރު ދޮގުފަތުރައި އޮޅުވާލި ގޮތަށް، އެތަނުން ފިލާވަޅު ދަސްކޮށްގެން ރައީސްނަޝީދު، އޭނާގެ ސިޔާސީ އެޖެންޑާ ފެތުރުމުގެ ތިޔަރީއެވެ. ދިވެހި ޒުވާނުންގެ ތެދުމަގު އޮޅުވާލި ގޮތެވެ. ވަކިކުލައަކަށް ޖާނުދީ، ބުއްދި އަނދިރި ކޮށްލުވި ގޮތެވެ. ބޮޑުންގެ އާއިލާތަކުންނާއި ތޫނުފިލިޒުވާން ކުދިން ޅައުމުރ ުގައި ސިޔާސަތަށް ނެރެގެން މިއެޖެންޑާ ފެތުރުމުގެ މެޝިނަކަށް އޭނާގެ ޕާޓީ ހަދާލީއެވެ!!
އެއްދުވަހެއްގެ ވާހަކައެކެވެ!!
ކުރާނެ ވަކި ޚާއްސަކަމެއް އެޖެންޑާގައި ނެތި ހުސް ދުވަހެއް އަތުވެއްޖެ ނަމަ ކޮންމެވެސް ކަމެއް އީޖާދު ކުރައްވާނެއެވެ. ދުވަހެއް ރައްޔިތުންނަށް އޮޅުވާލުމަސް ކޮންމެވެސް ކަމެއް، އީޖާދުކޮށްހިންގާލުމަކީ މިފަދަ ލީޑަރުންގެ އާދައެވެ. އެއްދުވަހު ކަމެއްނެތި އޮފީހުގައި އިންނަވާފައި މަޖީދީމަގަށް އެންމެން ނުކުންނަން ހިންގަވާށޭ ކަޔާފައި އޮފީހުގައި ތިބި އެންމެން ގޮވައިގެން ހިންގަވާފައި ގޮސް މާފަންނު މާކަރީލައިޓު ކައިރިޔަށް ހުއްޓި ވަޑައިގަތެވެ.
ދެން އެތާގައި ހުންނަވާ އޯކިޑުމަގަށްވާ ގޮތަށް ހުރި ދިހަބުރީގެ އުސް ބިލްޑިލްގު އެންމެ މައްޗަށް ބައްލަވާ ހުންނަވައިގެން ބާރުމިނުގައި ވަޔާ އެކު ދާވިލާތަށް ދައްކަވާފައި އެ އިމާރާތް އެބަ އަރިއަލާލައޭ ކަޔާފައި އިޝާރާތް ކުރައްވައި ހުންނަވައިގެން މޮޅު ޚިޔާލީޖަޒުބާތީ ވާހަކަ ކޮޅެއް ދައްކަވާފައި މީހުންތައް އެއްކުރިއެވެ. މިކުޅިވަރު އެދުވަހު ނިމުނީ ބޮޑު އެއްވުމަކަސް ވެގެންނެވެ. އިވެންޓެއް ކުރިއޭޓު ކޮށްލުމަކީ މިފަދަ ސިޔާސީޖާދޫގަރުންގެ އާދައެކެވެ!!
ލޮބުވެތި ރައްޔިތުންނޭވެ!! ދިވެހިތަކުރުން ނޭވެ!!
ސިޔާސީ ދޮގުވެރިންގެ މިފަދަ ދޮގުތިޔަރީ ތަކުގައި އިތުރަށް ނުޖެހޭށެވެ. ތެދަށް ނޫނީ ތަބާނުވާށެވެ. ހަގީގަތަށް އަބަދު ވެސް ލޯބިކުރާށެވެ. ކެރިގެން ހައްގުބަސް ބުނާށެވެ. މިކަހަލަ އޭޖެންޓުން އަމިއްލަ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ބޮޑެތި ދޮގުތައް ހަދާނެވެ. އަދި އެދޮގުތައް ތެދެއްގެ ގޮތުގައި ހިތްތަކަށް ބަލައިގަނެވެންދެން ފަތުރާނެއެވެ!!
މިފަދަ ސިޔާސީ ޣައްދާރުންނަށް ވަރަށް ކެރިގެން ފާޅުގައި ނޫނެކޭ ބުނާށެވެ. ފެންނަ ކޮންމެތާކުން ފަލީހަތް ކުރާށެވެ!!
އެކިފަހަރު އެކިކުލައިގައި ކުލަބަދަލުކޮށްލައިގެން އާފެށުމަކުން އަލުން ނުތުމަކީ މިތިޔަރީ ދިރުވުމުގައި ގެންގުޅޭ މޮޅު ވަށްތަރެކެވެ. ވަރަށް ހިނގާ އުކުޅެކެވެ. މިހާރު މިކަން ގަބޫލު ކުރެވޭ ވަރަށް އަހުރެމެން ދިވެހީންނަށް ތަޖުރިބާ ކުރެވިއްޖެ އެވެ!!
ހިތްވަރުގަދަ، #ދިވެހިތަކުރުން ނޭވެ!! #ހަގީގީމިނިވަންކަން ހޯދުމުގެ ޖިހާދަށް ތައްޔާރުވާށެވެ. ފޫގަޅާށެވެ!! ކެރިގެން ނުކުންނާށެވެ!!


Comments