top of page

ބޮޑުބަހާރަތު

  • Writer: ilyashusein
    ilyashusein
  • Jan 22, 2023
  • 2 min read

Updated: Nov 24

މަގޭ ލޮބުވެތި ގައުމުގެ އިއްޒަތްތެރި ރައްޔިތުންނެވެ!!


ދެކެ ދެނެތިބެ ވިސްނަވާށެވެ! އަމިއްލަ ލޮބުވެތި ފަސްގަނޑު ހިމާޔަތްކުރާށެވެ!!


އެކަންކުރެވޭނީ ހައްގާއި އިންސާފަށް ވޯޓުދީގެންނެވެ! #ބޮޑުބަދަލު ގެނެސްގެންނެވެ. ހަގީގީމިނިވަންކަން ހޯދައިގެންނެވެ. ދުނިޔެވީ ދައްޖާލީބާރުތަކަށް ވަރަށް ކެރިގެން ނޫނެކޭ ބުނެގެންނެވެ!!


އާދެ! #ބޮޑުބަދަލު ގެންނަންޖެހޭ ސަބަބަކީ، ހިންދުތުވާ އިންޑިއާއިން އެމްޑީޕީގެ ސިޔާސީބޮޑުންނަށް މަދަދުދީ ޚަރަދުކުރާތީއެވެ. އަދި ސިޔާސީމީހުންގަނެ ދިވެހި ވެރިކަމަށް ނުފޫޒު ހިންގާތީއެވެ. އެގޮތުން މިހާރު ވެރިކަން ކުރާ ޕީއެންސީގައި ތިބި ސިޔާސީބޮޑުން ވަނީ ގަނެލާފައެވެ. އެމީހުންގެ ނުފޫޒުގެ ދަށަށް ގެނެފައެވެ. ބޭނުމަކީ ދިވެހިރާއްޖެއަށް ވެރިވުމެވެ. މުޅިން އާ ވައްތަރަކަށް އަޅުވެތި ކުރުމެވެ. އަދި، ބޮޑުބަހާރަތު، އަކންޑުބަހާރަތު ގައިމުކުރުމެވެ!!


ދިވެހިރާއްޖެއަކީ ލާދީނީސެކިއުލާ ދައުލަތަކަށް، ދިވެހި ޖުމްއހޫރިއްޔާގެ ދުސްތޫރުން ހަމަޖައްސާއި އިންޑިއާގެ ބަޔަކަށް، އިންޑިއާ ޔުނިއަންގެ ދައުލަތަކަށް ދިވެހިރާއްޖެ ހަދާލުމެވެ! ބޮޑުބަހާރަތުގެ ޗާޓުގައި މިހާރުވެސް ދިވެހިރާއްޖެ ހިމަނާފައި އެބަ އޮތެވެ. ރައްޔިތުން މަޖްލިސްގޭގައި އެޗާޓު ވަނީ ބަހައްޓާފައެވެ.


ސަހުޔޫނީޔަހޫދީން ބޮޑުއިސްރާއީލު ގައިމުކުރަން ބޭނުންވާ ގޮތަށް، ހިންދުތުވާ އަގީދާގައި ގައިމުވެ ތިބި ހިންދޫންގެ މަގުސަދާއި ތިޔޮރީއަކީ، އަވަށްޓެރި ގައުމުތައް ފަތަހަކޮށް ބިންބޮޑު ކުރުމެވެ. އިނގިރޭސިން ހިންދުކަރައަށް އަރައި މުޅި ހިންދުކަރަ އެއްކޮށް ފަތަހަކޮށް ނެގެން ހުރި ހުރިހާ ފައިދާތަކެއް ނެގުމަށް ފަހު، އެނބުރިދަމުން ވަކިވަކިގައުމުތަކަކަށް ބަހާލި ހުރިހާ ގައުމުތަކެއްގެ ޔުނިއަނެއް ގައިމު ކުރާށެވެ.


މިނިވަން މުސްތަގިއްލު ވަކި ދައުލަތްތަކެއް ގޮތުގައި ވަށައިގެން ހުރި ގައުމުތައް ބިންވެރިކުރުވާކަށް ބޭނުމެއް ނޫނެވެ! އެމީހުންގެ ގަދީމީ ފޮތާއި ގޮތަކީ، ކުޑަބައްރުގެ ހިންދޫޕާކިސްތާނު ހިމެނޭ ސަރަހައްދީ ބިމުގެ މައިދާނަކީ ހިންދުތުވާ ހިންދޫންގެ މުގައްދަސް ބިންތަކެވެ. އެމީހުންގެ އަގީދާ އަކީ މިއެވެ. ސހުޔޫނީޔަހޫދީން ނެކޭ އެއްވެސް ތަފާތެއް ނެތެވެ!!


ފަހެ، އެސަރަހައްދަކީ، ހިމާލިޔާފަރުބަދަތައް ހިމެނޭ މުޅި އެސަރަހައްދީ ބައްރެވެ. ގަންގާ އާއި ޖަމްނާ އާއި ސިންދުކޯރު ބެހިބެހިއޮންނަ ފާގަތިފެހިބިމެވެ. އެކުގައި މުޅި އެސަރަހައްދަކީ، އެއީ ބޮޑުބަހާރަތެވެ. ބަހުރުންހިންދަކީ ދިވެހިކަނޑާ އެކު އެމީހުންގެ މިލްކެކެވެ!


ޒަމާނުއްސުރެ ބަހާރަތަކީ، ޕަރްވައްތާ ކަނލާގެއަށް މިލްކު ބިމެވެ. އަދި އެހެންދޭވަތާއިން ކަމުގައިވާ ސަރަސްވަތީ އާއި ލަކްޝްމީ ކަލާނގެއިންގެ މާތްވެގެންވާ މިލްކުވެރި ބިމެވެ. އެބިމުގައި ދިރިއުޅުމުގެ ހައްގުއޮންނާނީ ހަމައެކަނި ހިންދޫންނަށެވެ. އެހެންބަޔަކަށް ނޫނެވެ. އެހެން ދީންތަކުގެ މީހުން ނެރެލާއި މެރުން ހުއްދައެވެ!!


އާދެ! ހިންދޫދަރިކޮޅަކީ އެމީހުންދެކޭ ގޮތުގައި އެންމެގަދީމީ އިރުންސުރެ އެ މަުގައްދަސް ބަހާރަތު ފަސްގަނޑުގެ އަހުލުވެރިންނެވެ. ވަޒަންވެރީންނެވެ. މިލްކުވެރީންނެވެ!!


ބޮޑުބަހާރަތު، އަކަންޑުބަހާރަތު
ބޮޑުބަހާރަތު، އަކަންޑުބަހާރަތު

ފަހެ، ހިންދުތުވާއިންގެ ނައުރާއަކީ، އަދި އެދުމާއި ގޮވާލުމަކީ، އަދި، ރާޖުޕުތް ދަރިކޮޅާއި ޖާޓު ދަރިކޮޅައި ހިންދުތުވާ ސިދުޔާ ސަންގަޓަން ޖަމާއަތްތަކުގެ މަސައްކަތަކީ، މިފަދަ ހިންދޫދަރިކޮޅު ތަކުން މުސްލިމުންނާއި ކްރިޓިއަނުންނާއި އެހެންދީންތަކަށް ބަދަލުވެފައިވާ އެންމެން އަނބުރާ ހިންދުތުވާދީނަށް ގެނެސް ބަދަލު ކުރުމެވެ. އަކަންޑުބަހާރަތުގައި އެއެންމެން އަނބުރާ ވަޒަންވެރި ކުރުމެވެ. އެއީ އަޒުމާއި ޓާގެޓެވެ. މުގައްދަސް ފޮތުގައިވާގޮތެވެ!!


އަކަންޑުބަހާރަތު ގައި ހިމެނޭ މިޒަމާނުގެ މިނިވަން މުސްތަގިއްލު ދައުލަތްތަކަކީ، އަފުޣާނިސްތާން، ބަނގުލަދޭޝް، ބުޓާން، އިންޑިއާ، ދިވެހިރާއްޖެ، މިޔަންމާރު، ނެޕާން، ޕާކިސްތާން، ސްރީލަންކާ، އަދި ޓިބެޓެވެ. އަކަންޑުބަހާރަތުގެ މުގައްދަސް ފޮތަކީ "ވީދާ" އެވެ. މިއީ ހަތަރުފޮތުގެ މައްޗަށް ބަހާލެވިފައިވާ ވީދާސް އެކެވެ. މިފޮތުގެ އަސްލުބަހަކީ ސަންސުކިރިތުބަހެވެ.


ވީދާ ފޮތްތައް
ވީދާ ފޮތްތައް

ދެންފަހެ ދަންނަ ހުރިއެވެ. އެއީ ހިންދުތުވާ މުގައްދަސް ފޮތާއި އެދުރުން ބުނާ ބޮޑުބަހާރަތު އުފެއްދުމެވެ. ސްރީލަންކާއާއި ދިވެހިރާއްޖެ އަކީ ވެސް އެދަރިކޮޅުގެ މީސްތަކުން ދިރިއުޅުނު އެމީހުންގެ މާތްވެގެންވާ މުގައްދަސް ފައްޅިތައް ހުރި ބިމެވެ. ފަސްގަނޑެވެ!!


މުސްލިމުންގެ މިސްކިތްތަކާއި ކްރިސްޓިއަން ނަސާރާ ފައްޅިތަކާ ހިންދޫން އެހާ ދޯޅުވެގެން އެއުޅެނީ އެހެންވެއެވެ. ކުރީގެ ގަދީމީ ހިންދުތުވާ ފައްޅިތަކުގައި މިހާރު މިސްކިތްތަކާއި ނަސާރާފައްޅިތައް ހަދާފައި ހުއްޓަސް އެތަންތަނާއި އެފަސްގަނޑަކީ އެމީހުންގެ މާތްވެގެންވާ މުގައްދަސް ބިމެވެ! އެ މިސްކިތްތަކާއި ފައްޅިތަކުގެ ހަގީގީ މިލްކުވެރީންނަކީ އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންނެވެ!!


ވީމާ އެސަރަހައްދުގެ ހުރިގާ ބިމަކީ ހިންދުތުވާއިން ދަނެދެކެބަލައިގަނެ ގަބޫލުކުރާ ގޮތުގައި އެމީހުންގެ މުގައްދަސް ބިމެވެ. އަދި ވެރިކަން އޮންނަން ޖެހޭނީ އެމީހުންގެ ބާރުގައި ކަމުގައި ދެކޭ ބިމެވެ. އެހެންބައެއްގެ ވެރިކަން އޮވެގެން ނުވާނެ ބިމެވެ!!


އާދެ! ރަނގަޅަށް ދަންނާށެވެ! އެއީ ހިންދުތުވާއިންގެ ބޮޑުބަހާރަތެވެ. އަކަންޑުބަހާރަތެވެ. އެމީހުންގެ ވަޒަނެވެ. މުޅި ފަލަސްތީނަކީ ސަހުޔޫނީޔަހޫދީންގެ މަސީހުއްދައްޖާލު ވެރިކަންކުރާނެ އެމީހުންގެ ހައްގު މުގައްދަސް ބިންގޮތަށް އޭސިއާ ސަރަހައްދުގެ މިބިންތަކަކީ، ހިންދުތުވާއިންގެ މުގައްދަސް ބިމެވެ. ވެރިންނަކީ ހިންދުތުވާ ބަހާރަތެވެ!!


މުޖާހިދު، #ދިވެހިތަކުރުން ނޭވެ! ހޭލާށެވެ! #ހަގީގީމިނިވަންކަން ކަށަވަރު ކުރަންޖެހެނީ މިބުނެދެވުނު ސަބަބުތަކާ ހެދިއެވެ! ގަބޫލު ކުރާށެވެ! ކިޔައިދެވޭނީ މިވަރަށެވެ. އަހުރެމެން ދިވެހިންގެ ދިވެހިރާއްޖެ އަކީ ސަރަހައްދުގެ އެންމެ ގަދީމީ އިރުން ފެށިގެން ދިވެހިން ދިރިއުޅެމުން ފުރިހަމަ މަންފާ އާއި ފައިދާ ފަސްގަނޑުންނާއި ކަނޑުންނާއި ޖައްވުން ނަގާއި ލިބިގަންނަމުން ގެންދާ ދިވެހިރައްޔިތުންނެވެ!!


އެމްޑީޕީ ތެރެއިން ނެރެގެން އެދައްކާ ރީނދޫ ދެ ގެރީންގެ ކުޅިވަރުތަކަށް ވަޖިދުވެ ނުނަށާށެވެ. ހަމަ އެހެންމެ ޕީއެންސީން ތެރެއިން ގަނެލައިގެން އެގެންގުޅޭ ފިޔާތޮށި ގެރީގެ ކުޅިވަރުތަކަށް އަމުދުން ނުހެއްލޭށެވެ. މިފަދަ މައިބަދަ ބިނދިފައިވާ ކުލަކުލައިގެ އެޖެންޓު ގެރިތަކަށް ވޯޓު ނުދޭށެވެ!! #ބޮޑުބަދަލު ގެނައުމަށް ތައްޔާރުވާށެވެ!! ހަގީގީމިނިވަންކަން ހޯދުމަށް އަޑު އުފުލާއި ގޮވާލައި އަމިއްލަ ދިވެހިވަންތަ ލީޑަރަކަށް ނޫނީ ވޯޓު ނުދޭށެވެ!!


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!




Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

1 Comment


share.fuses.1e
Nov 24

ފާހަގަ ކުރައްވާފައިވާ ޗާޓުގައި ދި ެހިރާއްޖެ ހިމަނާފައިވަނީ އަދު މިދާކަށް ދުވަހަކު ނޫނެވެ. ތެދެކެވެ. އަޅުގަނޑުގެ އުމުރުގެ ވަރަށް ކުރީ ކޮޅުގައި، އަޅުގަނޑަށްވެސް ތިޔަފާހަގަ ކުރެއްވި މަހާބާރަތު ނުވަތަ އާކަންޑު ބާރަތުގެ ކަންތައް އެ މީހުންގެ ކިބައިން ފާހަގަވެފައި ވެއެވެ. އަދި އެ ޗާރޓާއި ގުޅޭ ގޮތުންނާއި ދިވެހިރާއްޖެ އެ ގައުމުގެ ބައެއްގެ ގޮތުގައި ިމަނާފައިވަނީ ކީއްވެތޯ ސުވާލުވެސް ކުރީމެވެ. ނަމަވެސް އެދުވަސްވަރު އެމީހުންގެ ވެރިޔަކަށް ހުރި މީހަކީ މިހާރު އެހުރިފަދަ ހަރުކަށި އަދި ހިންޑުޓުވާގެ ވާހަކަ އެހާ ހާމަ އަދި ފައުޅުކަން ބޮޑުގޮތެއްކާ ދެއްކި މީހަކަށް ނުވީތީ ކަންނޭނގެއެވެ. ކުރެވުނު ސުވާލަށް ސީދާ ސާދާ ޖަވާބެއް ނުލިބުނެވެ. އަދި ދިވެހިރާއްޖެ ހިމަނާފައި އޮތީ ކީއްވެ ކަމެއްވެސް އެދުވަހަކު އަޅުގަނޑަކަށް އޮޅުން ފިލާގޮތެއްވެސް ނުވިއެވެ. ނަމަވެސް އެފަހުން މާގިނަ ދުވަސްތަކެއް ފާއިތު ނުވަނީސް އެކަން އަޅުގަނޑު އޮޅުން ފިލުވީމެވެ. އެއަށްފަހު އެމީހުންނަކާ އަޅުގަނޑުގެ ހިތެއް ނުރުހެއެވެ. ނަތީޖާއަކަށްވީ އރކަމުގެ ސަބަބުން ހުރި ވަޒީފާއިން ވެސް ކުއްލި ގޮތަކަށް ވަކިކުރާނެ ކަމަށް ނުވަތަ ރިޓަޔަރ ވާން ސިޓީލާން އެންގިއެވެ.

Like

© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page