top of page

ބުމަރުން

  • Writer: ilyashusein
    ilyashusein
  • Jul 12, 2022
  • 1 min read

Updated: Mar 10

ލޮބުވެތި ރައްޔިތުން ދަންނައެވެ!!


ރައްޔިތުންގެ މަޖިލިސް މިހާރުއޮތީ އެކުގައި އިންސާފުން ނެއްޓި ހައްގުމަގުން އެނބުރިގެންފައެވެ. އެނބުރޭ ބުމަރަކަށް ވެފައެވެ!!


ފަހެ، ހައްގާއި އިންސާފުން ނެއްޓި ޕާޓީވިޕްލައިނާ ޚިލާފުވެފައިވާ އެއްވެސް ބުމަރަކަށް އަނބުރާ ރައްޔިތުންގެ ވޯޓު ހައްގެއްނޫނެވެ. އެއީ ރައްޔިތުންނަށް ފުރަގަސްދީ އެނބުރިގެންފައިވާ މީހުންނެވެ. ބުމަރުންނެވެ. މުންހަރިފީންނެވެ. ހައްލަކީ އެއްވެސް ބުމަރަކަށް ވޯޓުނުދީ އެކަހެރިކުރުމެވެ. ބުމަރުންނަށް ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ނުދިނުމެވެ!!


މުންކަރާތްތައް ދިފާއު ކުރުމަށް ގާނޫނުހަދުމަކީ އެންމެބޮޑު މުންކަރާތެވެ. މިފަދަ ބުމަރުންނަކީ މުޅި އުމުރަށް މަޖިލީހުގެ ތަޅުން ހަރާންކުރަން ޖެހޭ މީހުންނެވެ!!


ބުމަރުން މަޖިލީހުން ބޭރުކުރާށެވެ. ބުމަރުތަކަށް ނޫނެކޭ ބުނާށެވެ. މިނަން "ބުމަރު" އެމީހުންނަށް ހަރުކުރާށެވެ. ބުމަރުންނަށް ފެންނަތާކުން، "ބުމަރޭ" ގޮވާށެވެ. އަދި ފެންނަތާކުން ފަލީހަތް ކުރާށެވެ!!


ދިވެހިރާއްޖެ....ޒިންދާބާދު!!






Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page