top of page

ހަށިވިއްކުން، މިއީ ދުނިޔޭގައި އުފެދުނު ފުރަތަމަ ވަޒީފާއެވެ!

  • Writer: ilyashusein
    ilyashusein
  • Jan 30, 2023
  • 2 min read

Updated: Nov 23

މަގޭ ގައުމުގެ ލޮބުވެތި އިއްޒަތްތެރި ރައްޔިތުންނޭވެ!!


ލޮބުވެތި ދިވެހިގައުމު ބިދޭސީބާރުތަކުން މިނިވަން ކުރާށެވެ. ހަގީގީމިނިވަންކަން ހޯދާށެވެ!!


މިއަދަކީ ވެސް ވޯޓެއްގެ ދުވަހެކެވެ. ވޯޓުލުމުގައި މިބުނެދޭ ކަންކަމަށް ނަޒަރުކުރުން ހުއްޓެވެ. ވަރަށް މުހިންމެވެ!!


ދުނިޔޭގެ އެންމެ ބާރުގަދަ، އަދި އެންމެ މުއްސަނދި އެއްހާސް ކުންފުނީގެ ފަހަތުގައި މުގުލެއްގެ ގޮތުގާ އޮތީ، "ޑަބްލިއޫ އީ އެފް" ވޯލްޑު އިކޮނޮމިކު ފޯރަމް އެވެ. ދުނިޔޭގައި ހުރިހާ ނުބަޔަކާއި އަދި މަދުރަނގަޅެއް ވިޔަސް ރާވާއި ހިންގަނީ މިޖަމާއަތުންނެވެ!!


އަދި ނުފޫޒާއި ބާރުފޯރުވަން ބޭނުންވާ ދުނިޔޭގެ ހުރިހާ އިންތިޚާބަކަށް ޕަންޕުކޮށް ފައިސާ އަޅާ މެޝިނަކީ މިގުރޫޕުގެ ފަހަތުގައި ފޮރުވިފައި އޮންނަ ބާރެވެ! ބޭނުމަކީ، ﷲ ގެ ދީން، އިސްލާމްދީން ނިކަމެތިކޮށްލުމެވެ. ފުނޑާލުމެވެ. އާ އަޅުވެތިކަމަކަށް ގެންދިއުމެވެ!!


ދާވޯސް ބައްދަލުވުން
ދާވޯސް ބައްދަލުވުން

ފަހެ، ދަންނައެވެ!!


ދިވެހިރާއްޖޭގައި އެމްޑީޕީ ފުޅާކޮށް ދިރުވަނީ މިމީހުންނެވެ. މިފަދަ ޖަމާއަތްތަކުންނެވެ. އެހެން ވަނީ، އެމްޑީޕީގައި ސިޔާސީ ބޮޑުންނަށް ތިބީ މިފަދަ ޖަމާއަތްތަކުގެ އެޖެންޓުންނަށް ވާތީއެވެ. އެހެންވެ، މަދަދާއި އެކިފާޑުގެ އެހީތައް ހޯދަން ފަސޭހަ ވަނީއެވެ. އަދި އެމެރިކާ، ފްރާންސް، އިންޑިއާ ފަދަ ހުޅަގު ގައުމުތަކުން ރާވާއި މިކަން ހިންގަނީ، ބޮޑު ޑިމޮކްރަސީގެ ނަމުގައި ގެންގުޅޭ ސިއްރު އެޖެންޑާ ތަކެއްގެ ދަށުންނެވެ. ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކުގެ ރިޔާސީ އިންތިޚާބީ ލީޑަރުންނަށް މި ގުރޫޕުތަކުން މަދަދުދީ ދަށު ލުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.


މިއީ މިމީހުން ރާވައިގެން ކުރާކަމެކެވެ. މުޖުތަމައުގައި އިސްކޮށް ތިބޭ ސިޔާސީ ލީޑަރުން އެގޮތްމިގޮތުން ހޯދައިގެން އެމީހުންގެ އެޖެންޓުންގެ ގޮތުގައި ވަރަށް ފަސޭހައިން ހަދާލައެވެ. ދިވެހިރާއްޖެއިން ވެސް މީގެ މިސާލުތައް ފެންނާން އެބަހުއްޓެވެ.


މިކަންކަން އެޖަމާއަތްތަކުން ރާވައިގެން ހިންގަނީ، އިސްލާމްދީނާ ދެކޮޅަށް ބޭނުން ހިފާ ނުރައްތެރި ހަތިޔާރެއްގެ ގޮތުގައެވެވެ!!


ވީމާ މިފަދަ ލީޑަރުންނަށް، އަދި ލިބަރަލް، ސެކިއުލާ ލާދީނީ މީހުން އިސްވެ ތިބޭ ސިޔާސީޕާޓީތަކަށް ވޯޓު ނުދޭށެވެ! ކެރޭވަރަކުން ފަހަތަށް ޖެހި ނަފުރަތު ކުރާށެވެ. ފާޅުގައި ވޯޓުން ނޫނެކޭ ބުނާށެވެ. ރައްޔިތުންގެބާރު ބޭނުން ކުރާށެވެ!!


އަހަރަކު އެއްފަހަރު މިމީހުން، ރީތި ނަމެއްގެ އެޖެންޑާއެއްގެ ދަށުން އެއްވެއެވެ. ފަހެ، މިޖެނުއަރީ މަހުގެ ކުރީކޮޅުގައި އެވެރިންގެ ބައްދަލުވުމެއް، ސްވިޓްޒަލެންޑުގެ ދަވޯސް ގައި ބޭއްވުނެވެ. ހުރިހާ ނުބައެއް ހިންގަނީ މިބައްދަލުވުމުގެ ފަހަތުގައި ފޮރުވިގެން ތިބެ ސިއްރުކޮށެވެ!!


މިފަހަރުގެ ބައްދަލުވުގެ ފަހަތުގައި އެއްކުރީ، ދުނިޔޭގައި ފައިސާލިބޭވަޒީފާއެއް، އާދެ! ޕުރޮފެޝަނެއްގެ ގޮތުގައި މިހާރު ބޮޑުކޮށް ބެލެވިފައިވާ، ޕްރޮސްޓިޓިއުޝަން "ހަށިވިއްކުން" މިވަޒީފާގައި އުޅޭ އެންމެ އިސްމީހުންނެވެ!!


ދާވޯސް ބައްދަލުވުމުގައި ހަށިވިއްކާ މީހުން
ދާވޯސް ބައްދަލުވުމުގައި ހަށިވިއްކާ މީހުން

މިމީހުންނަކީ ނަވާރަސަތޭގައިގެ ކުރީކޮޅު އަހަރުތަކުގައި އަންހެނުންގެ ތުނބުގައި ސިގިރޭޓު ޖައްސާފައި އެމެރިކާގެ މަޝްހޫރު ރީތި ގޮނޑުދޮށެއްގައި ތީރީގެ މުބާރާތް ފެއްޓި މީހުންނެވެ. އަދި ދެންއައި އަހަރު އެމުބާރާތް ކުޑަދެފޮތިކޮޅެއްގެ "ބިކިނީ" ފޭރާމަށް ޒީނަތްތެރި ކުރުވީ ސައުދާގަރުންނެވެ! އެކަނބަލުން އަޅުވެތި ކުރި މަހުޖަނުންނެވެ!!


ތިރީގައި މިގެންނަ ލިންކުން ދަވޯސް ގައި އޮތް ބައްދަލުވުގެ ފަހަތުގައި ހިންގުނު ސިއްރު ކަންތަކުގެ ވާހަކަތައް ކިޔާލެއްވުމަށް ގެންނާނަމެވެ!!


އާދެ! ދުނިޔޭގެ ގައުމުތަކުގެ ވެރިކަންތައް ބަދަލުކުރުމަށް ފައިސާއަޅާއި މުޅިދުނިޔެއަށް ވެރިވާންވެގެން އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތަކަށް މުޅި ދައުލަތްތައް ހަދާލާ ބިރުވެރި ސިއްރު ޖަމާއަތެވެ. ބޮޑު ވިހަ ހަރުފައެވެ. ކުލަބަދަލު ކޮށްލާ ބޯވައެވެ!!


ވީމާ ގައުމެއް އިސްލާހު ކުރެވޭނީ ސިއްރު މިނުފޫޒުތަކަށް ފާޅުގައި ނޫނެކޭ ބުނަން ކެރޭ، #ބޮޑުބަދަލު ގެންނަން ކެރޭ ވަރުގެ ލީޑަރަކަށެވެ. ފަހެ، ރައްޔިތުން އޭގެ ކެރޭ ލީޑަރުން ހޯދާނެއެވެ. އެއްގޮތަކަށް ވެސް މިހާރު މިފެންނަ ސިޔާސީ އެޖެންޓުންނަށް ވޯޓު ނުދޭށެވެ.


އޭ! ކެރޭ މުޖާހިދު، #ދިވެހިތަކުރުން ނޭވެ! #ހަގީގީމިނިވަންކަން ރާއްޖެއަށް ގެނައުމަށް މިހާރު މިފެންނަ އެކިކުލަތައް ދައްކައިގެން ރައްޔިތުންނަށް ބޮޑުމަޖަލާއި ހައިޖާނުގެ ތެރެއިން އޮޅުވާލަމުންދާ، އަދި ރައްޔިތުންގެ މުދާތައް ފޭރިގަނެ މަދުބަޔަކަށް ބައިއަޅައިގެން ކަމުންދާ ޣައްދާރު ސިޔާސީލީޑަރުންތަކަށް ވޯޓުން ފާޅުގައި ނޫނެކޭ ބުނާށެވެ. ބަދުނާމު ކުރާށެވެ. ފަލީހަތް ކުރާށެވެ.


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!




Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page